Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމައެހެނިހެންލޯބި

އެ ހަނދާންތައް ފޮހެލައިފިން

aya Level 1
November 14, 2024 5 Mins Read
0 Comments

އިންސާނާ މި ދުނިޔެއަށް އުފަންވަނީ އެންމެ ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންނެވެ. ނަމަވެސް، ބައެއް އިންސާނުންގެ ކިބައިގައި އުނިކަންތައްތަކެއް ހުރުމަކީ ޙަޤީޤަތެކެވެ. އަޅުގަނޑަކީވެސް އުފެދުމުގައި އުނިކަމެއް ހުރި މީހެކެވެ. އުފަންވިއިރު ހިތުގައި ލޯވަޅެއް ހުރުމުގެ ސަބަބުން، އެކަމަށް ފަރުވާ ހޯދަން ޖެހުނެވެ. ﷲގެ ރަޙުމަތްފުޅާއެކު، ބޭސްފަރުވާއިން އަޅުގަނޑު ރަނގަޅުވިއެވެ. އަޅުގަނޑުގެ ނަމަކީ އަޙްމަދު ޝާއިންއެވެ. މިއީ އަޅުގަނޑުގެ ވާހަކައެވެ.

ބޭސްފަރުވާއަށް މާލޭގައި ދެ އަހަރު ހޭދަކުރުމަށްފަހު، އަޅުގަނޑު ރަށަށް އައީ ކިޔެވުން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ. ސްކޫލް ނިންމުމަށްފަހު ކޯހެއް ފެށީމެވެ. ކޮންމެ ފިރިހެން ކުއްޖެއްގެ ހިތުގައިވެސް އުފެދޭ ފަދައިން، އަޅުގަނޑުގެ ހިތުގައިވެސް ރީތި އަންހެން ކުއްޖަކަށް ޝުޢޫރުތަކެއް އުފެދުނެވެ. ނަމަވެސް، އެ ގުޅުން ކާމިޔާބު ނުވެ ދިޔައީ އާއިލާގެ ނުފޫޒުގެ ސަބަބުންނެވެ. އޭނާގެ އާއިލާއިން އެކަން ހުއްޓުވުމަށް އަޅުގަނޑަށް އަނިޔާކޮށް، ހިތާމަވެރި ހާދިސާއަކަށް އެކަން ބަދަލުވިއެވެ. އޭގެ ފަހުން އޭނާއާ ބައްދަލެއް ނުވެއެވެ. ވާހަކައެއްވެސް ނުދެކެވެއެވެ. އެ ދުވަހަށްފަހު އަންހެން ކުދިންނާ ދުރުހެލިވެ އުޅެން ނިންމީމެވެ. ނަމަވެސް، ތަޤްދީރު އެހެން ގޮތަކަށް ނިންމީއެވެ.

އެ ދުވަސްވަރަކީ އިންޓަނެޓާއި މޯބައިލް ފޯނުގެ ޒަމާން ކަމުން، އަޅުގަނޑުވެސް އެ ޓެކްނޮލޮޖީއަށް އަހުލުވެރިވީމެވެ. ރައްޓެހިންގެ ނުފޫޒާއެކު، ސޯޝަލް މީޑިއާގެ ތެރެއިން ފޭސްބުކް ބޭނުންކުރަން ފެށީމެވެ. ކޮލެޖުގެ ދެވަނަ އަހަރުގައި، ކިޔެވުމުގެ އިތުރުން ހުސްވަގުތުތަކުގައި ފޭސްބުކް ބޭނުންކުރުން އާންމު ކުރީމެވެ.

އާދައިގެ މަތިން ފޭސްބުކް ބަލަމުން ދަނިކޮށް، އަޅުގަނޑަށް ‘ފްރެންޑް ރިކުއެސްޓް’ އެއް ލިބުނެވެ. އެއީ ކާކުތޯ ބަލައިލީމެވެ. އަންހެން ކުއްޖެކެވެ. ފޮޓޯއިން ފެންނަ ގޮތުން ވަރަށް ރީތި ކުއްޖެކެވެ. ނަމަކަށް އޮތީ ރިޔާޝާއެވެ. ރީތި ނަމެކެވެ. ހިތަށް ފިނިކަމެއް ގެނުވާ ފަދަ ނަމެކެވެ. އިރުކޮޅަކަށް ވިސްނާލުމަށްފަހު، އޭނާއާ ވާހަކަދައްކަން ނިންމީމެވެ. ފްރެންޑް ރިކުއެސްޓް ޤަބޫލުކުރުމަށްފަހު، ހިތްހަމަޖެހިގެން ފޯނަށް ބަލަހައްޓައިގެން އިނީމެވެ. އޭނާގެ މެސެޖެއް އަންނާނެތޯ އިންތިޒާރުގައެވެ.

ގާތްގަނޑަކަށް ދިހަވަރަކަށް މިނެޓު ފަހުން ރިޔާޝާގެ މެސެޖެއް އައެވެ. އޭނާ ސަލާމް ގޮވާލިއެވެ. އަޅުގަނޑުވެސް “ވަޢަލައިކުމުއްސަލާމް” ކިޔައި ސަލާމުގެ ޖަވާބު ދިނީމެވެ. ހާލު ބެލުމުން ފެށުނު ވާހަކަތައް ނިމުނީ ގޭގެ އެޑްރެހާ ހަމައަށް ދެވުމުންނެވެ. އަދި ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ހިނގާފައިވާ ހާދިސާތައް ހިއްސާކުރަމުން ދިޔައީމެވެ. ދުވަހުގެ ގިނަ ވަގުތު ހޭދަވެގެން ދިޔައީ ދެމީހުންގެ އެކި ވާހަކަތަކުންނެވެ.

ކޮލެޖަށް ދާން ޖެހުމާއެކު، ފަހުން އަނެއްކާވެސް ވާހަކަދައްކާނެ ކަމަށް ވަޢުދުވެ، ރިޔާޝާ ވަކިވެގެން ދިޔައެވެ. އެ ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ މެދުގައި އުފެދުނު ގުޅުމުގެ ފެށުމެއް ފެނިގެން ދިޔައެވެ.

ދެމީހުންގެ ފޭސްބުކުގެ ގުޅުން ބަދަހިވެ، ހަފުތާއެއްގެ ތެރޭގައި ރިޔާޝާގެ އެދުމުގެ މަތިން އަޅުގަނޑު އޭނާއާ ބައްދަލުކުރަން ދިޔައީމެވެ. އަޅުގަނޑުގެ އިންތިޒާރުގައި ހުރި ރިޔާޝާ ފެނުމުން، އަޅުގަނޑަށް ކަޅިވެސް ޖަހައިނުލާ ބަލަން ހުރެވުނެވެ. ކަޅު ކުލައިގެ ހެދުމެއްގައި ހުރި ރިޔާޝާ، އޮއްސެމުންދިޔަ އިރުގެ ފަނޑު އަލީގައި ވިދަވިދާ ހުރި ކަހަލައެވެ. އެހާމެ ހިތްގައިމެވެ. ރީތިއެވެ. ހަށިގަނޑުގެ ކުލަ އެހާ ހުދުނުވިޔަސް، ބަލާލަން ލޯބިވާ ކުލައެއް ހުއްޓެވެ. އޭނާގެ ހިނިތުންވުން އެހާ މީރެވެ. މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އިރުއިރުކޮޅުން އޭނާގެ ހިމަ އަތުކުރީގައިވާ ގަޑިއަށް ބަލައިލައެވެ. އެ ސިފަވެސް އަޅުގަނޑަށް ކަމުދިޔަ ކަހަލައެވެ.

އަޅުގަނޑު ފެނުމުން ރިޔާޝާ ރަކި ހިނިތުންވުމެއް އެރުވުމަށްފަހު ހިނގައިގަތެވެ. މަޑު ހިނގުމެއްގައި އައިސް ކުތިމަތީގައި ހުއްޓުނެވެ. އަޅުގަނޑަށް ހަމައެކަނި ބަލަހައްޓައިގެން ހުރެވުނެވެ. ފަރި ހިނގުމެކެވެ. ފަން އިސްތަށިގަނޑެކެވެ. އަޅުގަނޑު ފެނުމުން އޭނާގެ މޫނުމަތިން ފެނުނު ރީތި ހިނިތުންވުމުން ހިތްތެޅިލި ކަހަލައެވެ. ނޭނގޭ ގޮތެއް ވިއެވެ. އަޅުގަނޑު ބަލާކަށް ނުހުރެ، ކައިރީގައި ހުރި ރެސްޓޯރަންޓަށް ދާން އެދުނީމެވެ. ރިޔާޝާ އުފަލުން “އާއެކޭ” ބުނެ، އަޅުގަނޑާ ދާދި ކައިރީގައި ހުރެގެން ހިނގައިގަތެވެ.

މި ފުރަތަމަ ބައްދަލުވުމުގައި، އަޅުގަނޑުމެންގެ މެދުގައި އުފެދެމުންދިޔަ ގުޅުމުގެ ފުންމިން އިތުރަށް ބަދަހިވެގެން ދިޔައެވެ. އެ ދުވަހުގެ ތަޖުރިބާއިން، އަޅުގަނޑުމެންގެ ގުޅުން އާ މަރުޙަލާއަކަށް ވަދެގެން ދިޔަކަން އިޙްސާސްކުރެވުނެވެ.

ފުރަތަމަ ބައްދަލުވުން ނިމިގެން ދިޔައީ ފޯނު ނަންބަރު ބަދަލުކުރުމާ އެކުގައެވެ. އޭގެ ފަހުން، ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެ، ބައްދަލުވުންތައް އިތުރުކުރީމެވެ. ނަމަވެސް، ކޮލެޖުގެ މަސައްކަތްތައް އިތުރުވުމާއި އިމްތިޙާނުތައް ކައިރިވުމާ ގުޅިގެން، އެހާ ގިނައިން ބައްދަލުކުރުމުގެ ފުރުޞަތު ނުލިބުނެވެ. އެހެންނަމަވެސް، މި ހުރިހާ ބިޒީކަމެއްގެ ތެރެއިންވެސް އަޅުގަނޑު ރިޔާޝާއަށް ވަގުތު ހޯދައި، ވާހަކަދައްކައި ހަދަމެވެ.

އާދައިގެ މަތިން އަޅުގަނޑު ކޮލެޖުގެ މަސައްކަތް ނިންމުމަށް ކިޔަވާ މޭޒުދޮށުގައި އިންދާ، ފޯނު ރިންގުވިއެވެ. ފޯނަށް ބަލައިލިއިރު ރިޔާޝާގެ ނަންބަރު ފެނި، އަވަސްވެގަނެ ނެގީމެވެ. ސަލާމަށްފަހު އަޅުގަނޑުމެން ވާހަކަދައްކަން ފެށީައްކަން ފެށީމެވެ. އޭނާގެ މީރު އަޑު އިވުމާއެކު، އަޅުގަނޑުގެ ހުރިހާ ހާސްކަމެއް ފިލައިގެން ދިޔައެވެ. ކޮލެޖުގެ މަސައްކަތުގެ ބުރަކަން ވެސް ހަނދާންނެތުނު ކަހަލައެވެ. ބުނަން ނޭނގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ.

ރިޔާޝާގެ އަޑުން އިވޭ ހިތްހެޔޮކަމާއި އޯގާތެރިކަމުން، އަޅުގަނޑުގެ ހިތުގައި އޭނާއަށް އޮތް ތަނުގެ ފުންމިން އިތުރުވެގެން ދިޔައެވެ. މި ފޯނު ގުޅުމުން، އަޅުގަނޑުމެންގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް ކުރާ އިތުބާރު އިތުރުވެގެން ދިޔަކަން އިޙްސާސްކުރެވުނެވެ. މި ކުރު މުއްދަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ގުޅުން އާ މަރުޙަލާއަކަށް ވަދެގެން ދިޔަކަން ޔަޤީންވިއެވެ.

ވާހަކައިގެ ތެރޭގައި ހަވީރު ރޭގަނޑުގެ ކަނު އަނދިރިކަމަށް ބަދަލުވިކަމެއްވެސް އަޅުގަނޑަކަށް ފާހަގައެއް ނުކުރެވުނެވެ. ގިނަފަހަރު ވަނީވެސް އެހެންނެވެ. ލޯބިވެސް މަސްތުވާތަކެތި ފަދަ ވަބާއެއް ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އޭގެ ދަލުގައި ޖެހުނު މީހަކު ސަލާމަތްވާނީ މަދު ފަހަރެއްގައެވެ. އަޅުގަނޑަށްވެސް ވީ އެހާކަށްހާ ވަރެވެ. ލޯބީގެ އޮއިވަރުގައި ޖެހި ގެނބުނީއެވެ.

އެދުވަހެއްގެ މަތިން ތާއަބަދަށް އަޅުގަނޑު ހަނދާން ހުންނާނެ ދުވަހެއްގެ ގޮތުގައި ޖުލައި މަހުގެ އެއްވަނަ ދުވަސް ވެގެން ދިޔައެވެ. ބޮޑު ހާދިސާއަކާ މުޅި އާއިލާ ކުރިމަތިލާން ޖެހުނު ދުވަހަކީވެސް އެއީއެވެ. އެ ހަނދާންތައް އާވުމުން ހިތް ބިންދައިގަނެއެވެ. އެދުވަހަކީ އަޅުގަނޑުގެ ދިރިއުޅުން ފުނޑުފުނޑުވި ސަބަބެއްކަމެއް ނޫނީ އާބާދުވާން ހުރަސްކުރެވުނު ހަރުގަނޑެއްކަމެއް ހުދު އަޅުގަނޑަކަށްވެސް ނޭނގެއެވެ.

އެ ދުވަހުގެ ހާދިސާއިން، އަޅުގަނޑުގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސް، ހުރިހާ ކަމެއް އަލުން ވިސްނަން ޖެހުނެވެ. ރިޔާޝާއާއެކު އޮތް ގުޅުމަށްވެސް މި ހާދިސާގެ އަސަރު ކުރިއެވެ. އެހެންނަމަވެސް، މި ދަތި ވަގުތުގައި ރިޔާޝާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނުކަމީ އަޅުގަނޑަށް ލިބުނު ބޮޑު ހިތްވަރެކެވެ. މި ތަޖުރިބާއިން، އަޅުގަނޑުމެންގެ ގުޅުން އިތުރަށް ވަރުގަދަވެ، އެކަކު އަނެކަކަށް ބަރޯސާވާ މިންވަރު އިތުރުވެގެން ދިޔައެވެ.

ހެނދުނުގެ ވަގުތެވެ. އާދައިގެ މަތިން ގޭތެރެ ހަލަބޮލިވެގެން ދިޔައީ ސްކޫލަށާއި އޮފީހަށް ދާ މީހުންގެ ތައްޔާރީތަކުންނެވެ. ބަދިގޭތެރޭގައި މަންމަ ކެއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. އަޅުގަނޑުވެސް ތެދުވެ، ފެންވަރައި ތައްޔާރުވުމަށްފަހު ބޮޑު ފެންޑާއަށް ނުކުތީމެވެ. ނަމަވެސް، ކޮލެޖުގެ ކްލާސް ކެންސަލްވުމާ ގުޅިގެން، އަނެއްކާވެސް އޮށޯވެލީ ނިދުމުގެ ބޭނުމުގައެވެ.

މަންމަ ކޮއްކޮމެންގެ ކަންތަކުގައި އުޅެމުން ދިޔައެވެ. ކުއްލިއަކަށް ދުންތަކެއް ބުރައިގެން ގޮސް މުޅި ގޭތެރެ ކަޅުކޮށްލިއެވެ. އަލިފާނުގެ ކަނިތައް ވިދަން ފެށީ ކަރަންޓު ބޯޑާ ދިމާލަށެވެ. ބަލާކަށް ނުހުރެ މަންމަ އަޅުގަނޑު ގޮވައިގެން ނުކުތީ ބޭރަށެވެ. ބައްޕަ އެވަގުތު ވީ ގޭން ބޭރުގައެވެ.

މި ކުއްލި ހާދިސާއިން އަޅުގަނޑުމެން އެންމެން ސިހިގެން ދިޔައެވެ. މަންމަގެ ހަލުވި ޢަމަލުތަކުން އަޅުގަނޑުމެން ސަލާމަތްވީއެވެ. ގޭތެރެއިން ނުކުތުމާއެކު، އަވަހަށް ފަޔަރ ސަރވިސްއަށް ގުޅައި، އަވަށްޓެރިންނަށް އެންގީމެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ފެށުނު ނަމަވެސް، ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ.

މި ހާދިސާއިން އަޅުގަނޑުމެންގެ އާއިލާއަށް ލިބުނު ނަފްސާނީ އަދި މާއްދީ ގެއްލުން ވަރަށް ބޮޑެވެ. ނަމަވެސް، މި ދަތި ވަގުތުގައި އަޅުގަނޑުމެންގެ އާއިލާގެ ބަދަހިކަމާއި އެކުވެރިންގެ އެހީތެރިކަން ފާހަގަކޮށްލެވުނެވެ. މި ތަޖުރިބާއިން، ދިރިއުޅުމުގެ އަގު އަދި ސަލާމަތްތެރިކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އިތުރަށް ވިސްނުނެވެ.

އަޅުގަނޑަށް ހޭލެވުނީ މަންމަގެ ގޮވުމަށާއި ށާއި ބާރުގަދަ އަޑަކާއެކު ހޫނުވހޫނުވުމުގެ ސަބަބުންނެވެ. ދުމުގެ ވަސް ދުވަމުން ދިޔައެވެ. ލޯހުޅުވާލިއިރު ހުރިހާ ދިމާލަކުން ދުން ހިފާފައި ހުރިތަން ފެނި، ސިއްސައިގެން ކަހަލަ ގޮތަކަށް ތެދުވެ ސަލާމަތްވާން މަސައްކަތްކުރީމެވެ. ނަމަވެސް، ކާމިޔާބު ނުވެ އަޅުގަނޑުގެ ނޭވާ ހާސްވާން ފެށިއެވެ. ވަށައިގެން ވަނީ އަލިފާންގަނޑު ފެތުރިފައެވެ. ބޯ އަނބުރާ ކަހަލައެވެ. ހޫނުގެ ސަބަބުންކަމެއް ދުމުގެ ސަބަބުންކަމެއް ނޭނގެއެވެ.

މަތީގައި ހުރި ކަބަޑެއްގައި ރޯވެ އަނދަމުން ދިޔައިރު އަޅުގަނޑަށް ހުރެވުނީ އެތަނުގައެވެ. ކަބަޑު ވެއްޓި އަޅުގަނޑުގެ ގައިގައި ޖެހުނުކަން އެނގުނެވެ. ގަދަ ވޭނަކަށް އަޅުގަނޑު ހަޅޭއްލެވީމެވެ. އޭގެފަހުން އަޅުގަނޑަށް ވީގޮތެއް ނޭނގުނެވެ. ހޭނެތުނީއެވެ.

ހޭނެތިފައިވާ ހާލުގައި އަޅުގަނޑު ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރު ގައިގެ އެތައް ތަނަކުން ރޯވެ، ހަށިގަނޑު އަނދާފައި ހުއްޓެވެ. އަޅުގަނޑަށް ހޭވެރިކަން އައިއިރު އޮތީ އައި.ސީ.ޔޫގައެވެ. އަޅުގަނޑު ވަށައިގެން ހޯދައިލީމެވެ. މުޅި ގައިން ދިލަނަގައެވެ. ރިއްސައެވެ. އެއީވެސް ވޭންދެނިވި ހިތްދަތި ދުވަސްކޮޅެކެވެ. ޒަޚަމްތައް ލިބުމުގެ ސަބަބުން އަޅުގަނޑުގެ އާބާދުވަމުން އައި ދިރިއުޅުން ހަލާކުވިއެވެ. އަޅުގަނޑުގެ ގައިގައި އެންދުމުގެ ލަކުނު އަދިވެސް އެބަހުއްޓެވެ. އެފަދަ ވޭނެއް މާތްﷲ އެހެން އިންސާނަކަށް ނުދެއްވާށިއެވެ.

“އަޅުގަނޑު މިހާލުގައި ހުރެ ރިޔާޝާ ކައިރިއަށް ދާނީ ކިހިނެއް ބާވައެވެ؟” މި ސުވާލު އަޅުގަނޑުގެ ހިތުގައި އުފެދުނެވެ. މި ހާދިސާއިން އަޅުގަނޑުގެ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ލިބުނު ގެއްލުންތަކާއެކު، ރިޔާޝާއާ ކުރިމރިމަތިލުމަށް ބިރުގަތީމެވެ. ނަމަވެސް، މި ދަތި ވަގުތުގައި ރިޔާޝާގެ އެހީތެރިކަމާއި ލޯތްބަށް އަޅުގަނޑު ބޭނުންވާކަން ވެސް އިޙްސާސްކުރެވުނެވެ. މި ތަޖުރިބާއިން، ހަޤީޤީ ލޯބީގެ ބާރުގަދަކަމާއި، ދަތި ވަގުތުތަކުގައި އެކަކު އަނެކަކަށް ބަރޯސާވުމުގެ މުހިންމުކަން އަޅުގަނޑަށް އިތުރަށް ވިސްނުނެވެ.

ޖުލައި މަހުގައި ރިޔާޝާ އާއިލާއާއެކު ހދ. ހަނިމާދޫއަށް ކުރި ދަތުރު ނިންމާލުމަށްފަހު، އާއިލާއާއެކު ރަށަށް އައެވެ. އޭރު އަޅުގަނޑުގެ ހަށިގަނޑުގެ ލަކުނުތައް ރޯވެފައި ހުއްޓެވެ. ފޯނުން ވާހަކަދައްކާއިރު ރިޔާޝާ ވަރަށް ހިތްވަރުދެއެވެ. ނަމަވެސް، އެދުވަހު ރިޔާޝާއަށް އަޅުގަނޑު ފެނުނީ އޭނާ ދަންނަ މީހެއްގެ ސިފައެއްގައެއް ނޫނެވެ.

އަޅުގަނޑާ ވަކިވާން ރިޔާޝާ އެދުވަހު އެދުނެވެ. އަޅުގަނޑުގެ ހިތުގައި އިތުރު ރެނދެއް ލީ ކަހަލައެވެ. އަޅުގަނޑަށް ބުނެދޭންވެސް ދަތިވިއެވެ. ނަމަވެސް، މިކަންތައް ވެދާނެކަމުގެ އިންޒާރު އަޅުގަނޑުގެ ހަވަނަ ހިއްސު ދިން ކަމުގައިވިޔަސް، ހިތް ބުނަމުން ދިޔައީ ރިޔާޝާއަކީ ބޭރުފުށުގެ ރީތިކަމަށް ބަލާ ކުއްޖެއް ނޫންކަމަށެވެ.

ނަމަވެސް، ކަންތައްވީކީ އެހެންނެއް ނޫނެވެ. އޭނާ އަޅުގަނޑު ދޫކޮށްދިޔައީއެވެ. އެންމެ ލޯބިވާއި ކުލުނު، އަޅާލުމާއި އޯގާތެރިކަން ބޭނުންވި ދުވަހު، ފުނަވަޅުގަނޑަކަށް ވައްޓާލުމަށްފަހު ދޫކޮށްދިޔައީއެވެ. ދަމުން އޭނާ ބުނި ޖުމްލަ އަޅުގަނޑުގެ ކަންފަތުގައި މިއަދާ ހަމައަށްވެސް ގުގުމާ ކަހަލައެވެ. “ޗީޑި، ކަލެއާއެކު އުޅެން ބޭނުންވާނީ ކާކު…؟ ހަމަގައިމު އަހަންނަކަށް ނޫޅެވޭނެ..!” އަޅުގަނޑުގެ އިޙްސާސްތަކަށް ގަދަރެއް، އިޙްތިރާމެއްގެ ކުޑަ މިންވަރެއްވެސް ނެތްކަހަލައެވެ.

މި ހިތާމަވެރި ތަޖުރިބާއިން، އަޅުގަނޑަށް ދިރިއުޅުމުގެ ހިތިކަން އިޙްސާސްކުރެވުނެވެ. ނަމަވެސް، މި ދަތި ވަގުތުގައި އަޅުގަނޑުގެ އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނުކަމީ ބޮޑު ހިތްވަރެކެވެ. މި ހާދިސާއިން، އިންސާނީ ގުޅުންތަކުގެ ނާޒުކުކަމާއި، އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ މުހިންމުކަން އަޅުގަނޑަށް ދަސްވިއެވެ. އަދި ހަޤީޤީ ލޯބި ހޯދުމަށް އަދި ވަގުތު ބޭނުންވާކަންވެސް ވިސްނުނެވެ. މި ތަޖުރިބާއިން އަރައިގަތުމަށް، އަޅުގަނޑު އަމިއްލަ ނަފްސަށް އަޅާލުމާއި، ކުރިމަގަށް އުއްމީދުކުރުމުގެ މުހިންމުކަން ދަސްކުރީމެވެ.

އަޅުގަނޑުގެ ދިރިއުޅުމުގެ އެއްވެސް ޖާގައެއް ދެނެއް ރިޔާޝާއަކަށް ނުލިބޭނެއެވެ. އަޅުގަނޑު އޭނާގެ އެ ޖުމްލަ ހަނދާން ހުންނާނެއެވެ. އަދި މިއަދާ ޖެހެންދެންވެސް އަޅުގަނޑަށް ރިޔާޝާއާ ނުލައި އުޅެވިއްޖެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އުޅެވޭނެއެވެ. ހިތާމައިގައެއް ނޫނެވެ. އުފަލުގައެވެ. އަޅުގަނޑުގެ ރައްޓެހިންނާއި އާއިލާގެ ލޯބި ލިބުން އެއީ އޭގެ އެންމެ ބޮޑު އެއް މެދުވެރިއަކަށް ވިއެވެ.

އެދުވަހަށްފަހު އަޅުގަނޑުގެ ދިރިއުޅުމަށް އިތުރު އަންހެން ކުއްޖަކު އަދި ނާދެއެވެ. ނަމަވެސް އަޅުގަނޑު މިއުޅެނީ އުފާވެރި ދިރިއުޅުމެކެވެ. ރިޔާޝާގެ ޚަބަރެއް ވޭތުވެދިޔަ އަހަރުތަކުގައި ނުލިބެއެވެ. ރައްޓެހިންގެ ފަރާތުން ރިޔާޝާ މީހަކާ އިންކަން އެނގުމުން އުފާކުރީމެވެ. އަދި ފާގަތި މުސްތަޤުބަލެއް މެދުވެރިކުރެއްވުމަށް އެދި ދުޢާކުރީމެވެ.

އަޅުގަނޑު މިއުޅެނީ އުފަލުގައެވެ. އޭނާގެ ނަމުން ލިބުނު ހިތުގެ ޒަޚަމްތަކަކީ ފަސޭހައިން ރަނގަޅުވާނެ ކަމެއް ނޫނެވެ. ހިތަށް ލިބޭ ވޭނަށް އޮތީ އެންމެ ޝިފާއެކެވެ. އެއީ ވަގުތެވެ. ހަލާކުވެދާ އިންސާނާގެ ކަށްޓެއް ފަދައިން ވަގުތު ނަގާ ކަމެކެވެ. އެކަމަކު މިހާރު އަޅުގަނޑު އެކަންތައް ހަނދާން ނައްތާލީމެވެ. އުފަލުގައި އުޅުމުގެ ނިޔަތުގައެވެ.

މި ތަޖުރިބާއިން، އަޅުގަނޑަށް ދިރިއުޅުމުގެ އަގުހުރި ފިލާވަޅުތަކެއް ލިބުނެވެ:

1. އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ މުހިންމުކަން.
2. ހިތާމައިން އަރައިގަތުމުގެ ބާރު އަމިއްލަ ނަފްސުގައި އޮންނަކަން.
3. އާއިލާއާއި ރައްޓެހިންގެ އެހީތެރިކަމުގެ އަގު.
4. ދިރިއުޅުމުގައި ކުރިމަތިވާ ހުރަސްތަކުން ފިލާވަޅު ލިބިގަތުމުގެ މުހިންމުކަން.
5. އަމިއްލަ އުފަލަށް އިސްކަންދިނުމުގެ މުހިންމުކަން.

މި ތަޖުރިބާއިން އަރައިގަނެ، އާ ފެށުމަކާ ދިމާއަށް ދަތުރުކުރުމުގެ ހިތްވަރު އަޅުގަނޑަށް ލިބިފައިވާކަން ފާހަގަކޮށްލަޮށްލަމެވެ. ކުރިމަގު އުޖާލާކަމާއެކު ބިނާކުރުމަށް އަޅުގަނޑު ގަދައަޅައި މަސައްކަތްކުރާނަމެވެ.

– ޙަޤީޤީ ވާހަކައެއްގެ މައްޗަށް ބިނާކޮށް ލިޔެވިފައި ވާ ވާހަކަ އެއް –
~ލިޔުންތެރިޔާ:- ފާތިމަތު އާޔަތު އިބްރާހިމް ހުސެއިން~
~ ނިމުނީ

Share Article

Follow Me Written By

aya

Level 1

Other Articles

Previous

އިންސާފު

Next

އިންސާފް (އޮނަތިރީސްވަނަ ބައި)

Next
November 14, 2024

އިންސާފް (އޮނަތިރީސްވަނަ ބައި)

Previews
November 14, 2024

އިންސާފު



All Right Reserved!