Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 31

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
November 17, 2024 7 Mins Read
16 Comments

އެ ރެސްޓޯރެންޓާއި ވަރަށް ބޮޑަށް ގާތްވި ފަހުން އަހަރެންގެ ލޮލުގައި އަޅައިގަތީ ވަރަށް ބޮޑަށް ނިވާވެލައިގެން ހުރި ފިރިހެނެކެވެ. ފުދޭވަރަކަށް ދުރުންނެވެ. އޭނާގެ އަތުގައި އޮތް ޑިވައިސަކުން ހިދާޔާގެ ޙަރަކާތްތައް ރެކޯޑް ކުރަމުން ދާކަން އެނގުމުން ހިން ދިރުވާލެވުނެވެ. އަނެއްކާ އެއީ ރަހީނުކުރާ ގުރޫޕު މީހުންގެ ތެރެއިން އައިސްގެން އުޅޭ މީހެއް ހެއްޔެވެ؟ އެމީހުންގެ ބާވީސްވަނަ އަމާޒުފަތްގަނޑަކީ ހިދާޔާ ހެއްޔެވެ؟ އޭނާ އަކީ ކާކުކަން ވެސް ވަކި ނުކުރެވޭ ވަރަށް އެ ހުރީ ފޮރުވިގެންނެވެ. ޝާނާ ޝެހެނާޒު ގޮވައިގެން އައި ދުވަހުވެސް އޭނާއަށް ބަލަން އެކަހަލަ މީހަކު ހުއްޓެވެ. 

އަހަރެންގެ ޚިޔާލަށް އައި ވިސްނުމާއި އެއްގޮތަށް ޢަމަލު ކުރުމުގެ ނިޔަތުގައި ހިދާޔާ ގާތު ރެސްޓޯރެންޓަށް ވަދެ އޯޑަރު ކުރަން ބުނީމެވެ. މުހިންމު ފޯނު ކޯލެއް އާދެޔޭ ކިޔައިފައެވެ. ނުވަންނަން ހުރެފައި ވެސް އޭނާ ވަނީ އަހަރެން ސްޕީޑް ޑައިލަކަށް ޝެހެނާޒަށް ގުޅާ ފޯނުން ވާހަކަ ދައްކަން ފެށުމުންނެވެ. އެހެނަސް ހިދާޔާ އަކަށް ގުޅީ އަހަރެން ކަމެއް ނޭނގޭނެއެވެ. އޭނާ އެތެރެއަށް ވަނުމުން އަހަރެން ޝެހެނާޒު ގާތުގައި އެދުނީ އެ ރެސްޓޯރެންޓަށް އައުމަށެވެ. އޭނާ އާއި ހިދާޔާ ހަވާލުކޮށްފައި އަހަރެން ބޭނުންވާ މަސައްކަތް ކުރެވިދާނެއެވެ. 

ލަފާ ކުރެވުނު ގޮތަށް އެ މީހާ ރެސްޓޯރެންޓާއި ހަމައަށް އައެވެ. ބޭނުންވާ މިންވަރަށް ކައިރިވުމުން އަހަރެންގެ ޖީބުން ނެގި ފްރީޒް ނީޑްލްއެއް އެއް ހޫރާލީމެވެ. އެއީ އޮށްގާ ގޭންގުގެ މީހުން އަހަރެންގެ ގަޔަށް ހަރާލި އެތިން އެއްޗެކެވެ. އެ އާހިލްގަނޑު އަހަރެންގެ ފަށް ނެގި ގޮތަށް އަދިވެސް ނުދޭ ވިއްޔާއެވެ. އެ ހެރުނީ އޭނާގެ ފަޔަށެވެ. އަހަރެން އަވަހަށް ގޮސް އޭނާގެ ކަންފަތާއި އަހަރެންގެ ގަޑި ކައިރި ކޮށްލަމުން ފެއިންޓް ސައުންޑް ޖަހާލީމެވެ. ވަގުތުން އޭނާ ހޭނެތިގެން ވެއްޓެން ދިޔައެވެ. އެހެނަސް އަހަރެން އޭނާގެ އަތުގައި ހިފާ އަތުލަފިކޮށްގެން ކައިރީގައި ހުރި ގަސް ޕާކަކަށް ގެންދަން އުޅުނީމެވެ. ބަލާލާ މީހަކަށް ފެންނާނީ ގައިގައި ވަރު ނެތިގެން އުޅޭ މީހަކަށް އަހަރެން އެހީވާހެންނެވެ. 

ޕާކުގެ އެންމެ ގަސް ބޯ ހިސާބުގެ ތެރެއަށް ވަދެފައި އަހަރެން އޭނާ ވިނަގަނޑު މައްޗަށް ވައްޓާލީމެވެ. ދެން އޭނާ އަތަށް ލައްވާފައިވާ އަންގި ނެގީ އޭނާގެ އަތުގައި ޔާޤުތެއް ޖެހި ރިހި އަނގޮޓިއެއް ވޭތޯ ބަލާލުމަށެވެ. އެހެނަސް އޭނާގެ އިނގިއްޔެއްގައި އެއްވެސް އަނގޮޓިއެއް ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ލީމެވެ. އެއަށްފަހު ގަޑިން ކޮންޝިއަސް ސައުންޑް ޖަހާ އޭނާ ހޭ އެރުވީމެވެ. 

“ކައެ ތީ ކާކު؟ މަ މިތަނަށް އައީ ކިހިނެއް؟ ހޫހް! މިތަން ހާދަ ފިންޏޭ.” އޭނާ ވާހަކަ ދެއްކިއެވެ. އަހަރެން އޭނާ އަޅައިގެން ހުރި މާސްކު ނައިގައިފައި ފްރީޒް ނީޑްލް ދަމައިގަތީމެވެ. އޭނާ އަހަރެންނާއި ދިމާލަށް ބަލައިލީ ފާޑަކަށެވެ. “ބްރޯ! ކަލޭ ދޯ ތި ސުވާލުގެ ޖަވާބު ދޭން ޖެހޭނީ. މީހުންގެ އަނބިންގެ ފަހަތުން އަޅައިގަނެގެން ތި އުޅެނީ. ކަލެއަށް ޝިރާޒެކޭ ކީއޭ ކިޔާފަ ވަކި ޚާއްޞަ ހުއްދައެއް ނުލިބޭނެ ތިވައްތަރަށް ތެޅޭކަށް.” އަހަރެން ބަވާލީމެވެ. 

“ކިހިނެއް މައެގެ ނަން އެނގުނީ؟ ގައިމު ކަލޭ އަކީ މި ރަށު މީހެއް ނޫން.” އޭނާ ތެދުވަންނަން މަސައްކަތް ކުރިއެވެ. “ނޫނުން ނުބުނާނަން!” އަކުރުތަކަށް ދަމާލަމުން އަހަރެން ބުނީމެވެ. ދެން އުޅުނީ ރެސްޓޯރެންޓަށް ދާށެވެ. އެ ސޮރު އެތަނަށް ދޫކޮށްލައިފައެވެ. “އޭތް! މަށަށް ކިހިނެއް ހަދާފަތަ ތި ބަޗަނީ. ހަރަކާތެއް ވެސް ކުރެވެނީއެއް ނޫނޭ.” ޝިރާޒު ދައްކަމުން ދިޔަ ވާހަކައަށް ބީރު ކަންފަތެއް ދެމުން އަހަރެން ހިނގައިގަތީމެވެ. 

“މި އޮއް އައީނުން. ބަލާބަލަ މަ ބަހައްޓާފައި ތަންތަނަށް ގޮސްފަ. ޝެހެނާޒާ ވާ ބުނާކަށް މިއީ ހަމަ ތަފާތު އަންހެނެއް.” ހިދާޔާ އަށް އަހަރެން ފެނުމާއި އެކު ހެން ބުނެލިއެވެ. “އެ ދެން ކުޑަކުޑަ ކަމެއްގައޭ. ތިއެއް ނޫނޭ. ހިދާ ދަންނަ މީހެއްތަ ޝިރާޒު އަކީ؟” އަހަރެން ސަބްމެރީން ކޮޅެއް ނަގަމުން ބުނި ޖުމްލައިން ޑިއު ސްޓޯބެރީ ބޯން އިން ހިދާ ކޮށި އެރިއެވެ. އަހަރެން އޭނާގެ ބުރަކަށީގައި މަޑުމަޑުން ޖަހާލަ ޖަހާލާ އިނީ އޭނާ ހަމައަކަށް އެޅޭން ދެނެވެ. 

“ކާކު ތަ އެއީ؟” ސަބްމެރީން ކޮޅެއް ކާލަމުން އަހަރެން އަނެއްކާވެސް އެހީމެވެ. “ކިހިނެއް ވީ؟” އޭނާ އަހާލިއެވެ. “މަ ދިޔައީ އެ ސޮރު ފަހަތުން ކަމަށް ވާތީ އަހާލީ. ހާދަހާވާ އެހެން ކަހަލަ ސޮރެކޭ.” އަނގައިގައި ވީ އެތިކޮޅު ހަފާ ދިރުވާލަމުން ބުނެލީމެވެ. “އަހަރެންގެ އެކްސެއް.” ދުރު ބަލާލަމުން ހިދާޔާ ބުނެލިއެވެ. “އޯހް! އަދި ވެސް ދީވާނާ ވެގެން ތޯއްޗެ އެ ސޮރު އުޅެނީ. އެކަމަކު ވެސް މިއީ ދެން ބޮޑުވަރު ދޯ!” ޑިއު ސްޓޯބެރީ ތަށިން އެތިފޮދެއް ބޯލަމުން އަހަރެން ބުނެލީމެވެ. “އޭނާ ކީއް ކުރީ؟” ހިދާޔާ އެހިއެވެ. “ކީކޭ ބުނާނީ؟ ކުރުކޮށް ފޮނިކޮށް ބުނާނަމަ ސްޓޯކް ކުރަނީ. ޔޫ އަށް ނޭނގޭގޮތަށް ޔޫގެ ފޮޓޯ ނަގާ ވީޑިއޯ ކުރަނީ.”  އަހަރެން ތަފްސީލު ކޮށްލަދިނީމެވެ. 

ހިދާޔާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. ތުންފަތުގައި ދަތްއަޅާލިއެވެ. “ހިދާ ބޭނުމިއްޔާ ފުލުހުންނަށް ރިޕޯޓު ކުރެވިދާނެ. ބޭނުން ވާ ވަރަށް ވުރެ ގިނައިން އޭނާ އެކަން ކުރި ކަމުގެ ހެކި އެބަހުރި.” އަހަރެން ބުނެލީމެވެ. “އެހެން ނޫނީ އެ ސޮރު ޓްރައުމަޓައިޒް ކޮށްލާފަ ދޫކޮށްލާނީ. ހިދާއަށް ވައި އެޅިލަން ނުކެރޭ ވަރުކޮށްލެވިދާނެ. ޖަސްޓް ގިވް ޔުއާ އެޕްރޫވަލް އެންޑް އިޓްސް އަޕް ޓު މީ.” އަހަރެން އެހެން ބުނުމުން ޝެހެނާޒު އަހަރެންނާއި ދިމާލަށް ލޯއަޅާލިއެވެ. 

“ޕޮލިހަށް ރިޕޯޓު ކުރާނެ ކަމެއް ނެތް. ދެވަނަ ގޮތަށް އަށް އަމަލު ކުރާނީ.” ހިދާޔާ އެހެން ބުނުމުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. މިކަހަލަ މަޖާ ކަމެއް ނުކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. “ފުލުހުންނަށް ރިޕޯޓު ކުރީމަ މާ ރަނގަޅުވާނެ.” ޝެހެނާޒު އުޅުނީ ހިދާޔާގެ ޚިޔާލު ބަދަލު ކުރެވޭތޯއެވެ. “އޭ ޝަހިކްސްގަނޑާ. އެ ސޮރު ފަކީރު ގޮޅިއަކަށް ގަޅާލަފާނެ އެމީހުންގެ އަތަށް ދީފިއްޔާ. އެއީ ހިދާގެ އެކްސް އެކޭ އެ ބުނީނުން.” އަހަރެން މޭޒު ދަށުން ޝެހެނާޒުގެ ފައިގައި ޖަހާލީމެވެ. 

ބިލް ދައްކާފައި ތެދުވެގެން އަހަރެން ހިނގައިގަތީ އެ ޕާކާއި ދިމާލަށެވެ. ހިދާޔާ ގޮވައިގެންނެވެ. ޝެހެނާޒު ފޮނުވާލައިފައެވެ. އޭނާ ގެނެސްފިނަމަ އަހަރެން ބޭނުން އެއް ކަމެއް ވެސް ނުކުރެވޭނެކަން އެނގޭތީއެވެ. މިހާރު އެ ސޮރު ހިރިލެވޭ ވަރު ވެސް ނުވެފައި އޮންނާނެއެވެ. ގަސްތަކުގެ ތެރެއިން ލައިފައި އެތަނަށް ދިޔަ އިރު ވިނަގަނޑު މަތީގައި އޭނާ އޮތެވެ. ފިނިވެގެން ތުރުތުރު އަޅާ ވަރުން ވާހަކަ ވެސް ނުދެއްކިފައެވެ. 

ޝިރާޒަށް ހިދާޔާ ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ތެޅިގަންނަން ވެސް މަސައްކަތް ކުރިއެވެ. އަހަރެންނާއި ދިމާލަށް ބަލައިލީ ނަފުރަތުގެ ކަޅިއަކުންނެވެ. “ހިދާ! ތި ގެއަށް ގެންގޮސްފައި އެކަން ކުރަން މަށަށް ފެންނަނީ. ހައިކީ އަށް ގުޅާބަލަ.” އަހަރެން ބުނެލީމެވެ. “ހައިކީއޭ. އާނ މި ގުޅަނީ.” ހިދާޔާ ގުޅާލުމުން ނުހައިކް އަންނަ ވާހަކަ ބުނެފިއެވެ. 

“މިޔޯ؟ އޭ މަޑުކޮށްބަލަ. އެއީ ހިދާގެ ކްރޭޒީ އެކްސް ދޯ.” ނުހައިކް އަށް އެ ސޮރު ފާހަގަކުރެވުނީ ކަމަށް ވެދާނެއެވެ. “ހައިކީ ތި ބުނީ ހަމަ ރަނގަޅަށް. އެ ސޮރު ހިދާ އާއި އޮބްސެސް ވެގެން އަނެއް އަތަށް އަޅާފަ. ހަމަ ރަނގަޅަށް ވެސް ހުނިފެން ބޮއިގެން އުޅޭ ސޮރެއް. ހިދާގެ ފޮޓޯ ނަގާ ވީޑިއޯ ކޮށް، ޕިސްޕިސް. ދެން ހަމަ ދުލުން ބަސް ހުސްވާ ވަރު ވޭ.” ކާރުގެ ފަހަތު ސީޓަށް އަރާފައި އަހަރެން ބުނެލީމެވެ. ދަތްކުނޑި ވިކާލަމުން ނުހައިކް ޝިރާޒަށް ބަލައިލިއެވެ. އަހަރެން ޝިރާޒުގެ ދަބަސް ނަގާ ހާވާލީމެވެ. އޭނާގެ ފޯނު އަތުޖެހުމުން އެ ހުޅުވާލީމެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ލޮކް ސްކްރީނަށް ލައިފައިވާ ހިދާޔާގެ ފޮޓޯއެކެވެ. 

އަހަރެން އެ ފޯނު ހުޅުވައިފައި ގެލެރީ ގައި ހުރި ނަމަހާ ފޮޓޯ އެއް އެއްފަހަރުން ޕާމިނެންޓުކޮށް ޑިލީޓުކޮށްލީމެވެ. ހުރިހާ ވީޑިއޯ ތަކަކާއި އެކުގައެވެ. ކްލައުޑުގައި ހުރިނަމަ ހާ އެއްޗެއް ވެސް ފުހެލީމެވެ. ފޯނު އެއްކޮށް ރީސެޓުކޮށްލީ އޭގައި ހުރިނަމަހާ އެއްޗެއް ދެން އެންމެ ފަސޭހައިން ފުހެލެވޭނީ އެހެން ކަމަށް ވާތީއެވެ. އެހާ ވަރުން އެ ސޮރު ކުރި މަސައްކަތްތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޔަށް ހަދާލުމުން އޭނާގެ ލޮލުން ކަރުނަ ވެސް އައެވެ. އޭނާގެ ދަބަހުގައި ދެން ހުރިނަމަހާ ޑިވައިސެއްގެ މެމޮރީ އެއްކޮށް ދޮވެލީމެވެ. މިހާރު ގެއަށް ވެސް އާދެވިއްޖެއެވެ. 

“ހައިކީ އޭސީގެ ފިނިގަދަ ކޮށްލައްޗޭ. އެހެން ނޫނީ އެ ސޮރު އެނބުރެން ފަށައިފާނެ.” އަހަރެން ބުނެލީމެވެ. “މި ރިފް ކޮން އިރަކުތަ ނުކް އާ އެހާ ގާތްވީ؟” ހިދާޔާ އޭނާގެ އުނަގަނޑުގައި އަތްވިއްދާލަމުން އެހިއެވެ. “އަހަރެމެން ހަމަ ބަރާބަރޭ. ދޯ ހައިކީ. އަނެއްކާ ހިދާ ޖޭ ނުވައްޗޭ. އައި ވިލް ނޮޓް ސްޓީލް ހިމް.”  އަހަރެން ރައްދުގައި ބުނެލީމެވެ. 

އަހަރެން އެ ގެއިން ނުކުތީ ޝިރާޒު ހޭނެތޭ ވަރަށް ބިރުގަންނަވައިލައިފައެވެ. ހޮޓެލުން އަހަރެންނަށް މަރުޙަބާ ކީ ރުޅިމޫނު ހަދައިގެން އިން ޝެހެނާޒެވެ. “ދެން ތި ގޮތަށް ނުބަލަބަލަ. މަ ހިތް ހުއްޓިދާނެ!” އަހަރެން ފާޑަކަށް ބަލައިލީމެވެ. “ރިފް ތިއައީ އެ ޝިރާޒަކަށް ކީއް ކޮށްފަތަ؟” އޭނާ އަހާލިއެވެ. “ހާސް ކަނޑާލަބަލަ. އޭނާގެ ހުރިހާ ގުނަވަނެއް ހަމައަށް އެބަހުއްޓޭ. ދެން އެކަހަލަ މީހަކު ހިދާއަށް ވައި ނޭޅޭނެ ވަރު ކުރަން ޖެހޭނެ ދޯ!” އަހަރެން ބުނެލީމެވެ. އިތުރަށް އޭނާގެ ލެކުޗަރުތައް އަޑުއަހަން ބޭނުން ނުވާތީ ކޮޓަރިއަށް ވަނީމެވެ.

ލައިގެން ހުރި ހެދުން ބާލާ ސޭޖް ގްރީން ކުލައިގެ ސްވެޓާއެއް ލީމެވެ. ބީންބޭގުގައި އިށީންނަމުން ފޯނު ނެގީމެވެ. އަހަރެން ބަލައިލީ ހޫދުމެންގެ މަސައްކަތެވެ. އެމީހުން މިހާރު ތިބީ މާރަންދޫގައެވެ. އާންމު ނިސްބަތަށް ބަލައިފައި ކުޑަކޮށް މީހުން މަދު ރަށެކެވެ. އުޅެނީ އެންމެ ދެ ހާސް މީހުންނެވެ. އެހެނެއް ކަމަކު އެރަށުގައި ވެސް ދެ ޕޮސިބްލް ޓާރގެޓް ހުއްޓެވެ. ހޫދާއި ރަވާނު ހަވާލުވެގެން އުޅެނީ އިޔާން ޢަލީ ކިޔާ ފިރިހެނަކަށެވެ. މަލަކު ބަލަނީ ރީނާ ޝާފިޢު ކިޔާ އަންހެނެކެވެ. މީގެ ކުރިން އެމީހުން ދިޔައީ އުތީމަށެވެ. އެމީހުންނަށް އެރަށުގެ އެއްވެސް މީހަކަށް ނުރައްކަލެއް ނެތްކަން ޔަޤީން ވުމުން މާރަންދޫއަށް އައީއެވެ. މާރަންދޫ އަކީ އެމީހުންގެ ތިން ވަނަ ރަށެވެ. އެމީހުންގެ ޙަރަކާތް އަހަރެމެންނަށް ވުރެ އަވަހީއެވެ. 

ދެން އަހަރެން ގުޅާލީ މަންމަ އަށެވެ. ކަންފަތުގައި އަޅުވައިފައިވާ ސައުންޑް ބްލޮކް ހެޑުފޯނު ނަގާ ކައިރީގައި ހުރި މޭޒުމަތީގައި ބޭއްވީމެވެ. އެ ވަގުތު މޭޒު ދޮށުގައި ފިލާވަޅެއް ހަދަން އިން ޝެހެނާޒު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ރުޅިގަނޑަށް ވީ ގޮތެއް ވެސް ނޭނގެއެވެ. ހެމުން މަސައްކަތް ހަދަމުން ދިޔައިރު އޭނާގެ އަތުގައި ފޯނު އޮތެވެ. ޔަޤީނުން ވިއްޔާ އެ ‘ޔާން’ އަކަށް މެސެޖު ކުރަމުން މަސައްކަތް ހަދަނީއެވެ. 

މަންމަ އެކޮޅުން ފޯނު ނެގުމުން ޙާލު އަހުވާލު ބަލާ ހެދީމެވެ. މަންމަ ބުނި ގޮތުގައި ނޫރީދޮންތިމެން ހުޅުމާލެއަށް ބަދަލުވެއްޖެއެވެ. ފަސް އަހަރުގެ ނައިރާއައި ހަތަރު އަހަރުގެ ރައުލް މަތިން ހަނދާން ވުމުން އަނބުރާ ހުޅުމާލެ ދާން ވެސް ބޭނުން ވިއެވެ. އެންމެ ފަހުން އެ މީހުންނާއި އެކު ވަގުތު ހޭދަ ކުރެވުނީ ނޫރީންގެ ކޮއްކޮ ނައުފަލް ކައިވެނިކުރި ދުވަހުގައެވެ. ނޫރީން މެންގެ ރަށް ކަމުގައިވާ ފ.ނިލަންދޫގައި އެމީހުން ބޭތިއްބި ސަބަބެއް އެނގޭނީ ރަޒާނަށެވެ. 

އެމީހުން ދެން އުޅޭނީ އަހަރެމެންނާއި އެކުގައެވެ. ފުރަތަމަ ފްލޯގައި ހުރި ހުސްކޮޓަރިތަކުގެ ބޭނުން ކުރަން ފަށާނެ ކަމުން ގޮތަކަށް އުފާވިއެވެ. އަސްރަފީވިލާގޭ އަޅައިފައި ވަނީ ނިސްބަތުން ބޮޑު ބިމެއްގައި ކަމުން ކޮންމެ ފްލޯއެއްގެ ޖާގަ ތަނަވަސް ވާނެއެވެ. އަހަރެމެން އުޅޭ ފުރަތަމަ ފްލޯގައި ވެސް ހަ ކޮޓަރި ހުރެއެވެ. މީހުން އުޅެނީ ދެ ކޮޓަރީގައެވެ. އެއީ އަހަރެންނާއި ރަވާނެވެ. ދެން މިހާރު ހުރިހާ ކޮޓަރިއެއްގައި ވެސް މީހުން އުޅޭނެއެވެ. ގޭތެރޭގެ ފަޅުކަން ފިލާނެއެވެ. 

އަހަރެން މަޣްރިބާއި އެކު އިޝާ ނަމާދު ގަސްރުކޮށްގެން ނުކުތީމެވެ އޭރު ރޭގަނޑުގެ ކެއުން ގެނެސްފައި ހުއްޓެވެ. ޝެހެނާޒަށް ގޮވައިފައި އަހަރެން ކާން އިށީނީމެވެ. ކެއުމަށް ފަހު އަހަރެން އުޅުނީ ޕޯޓަލަށް މަޢުލޫމާތު އަޕްޑޭޓް ކުރާށެވެ. ނިދަން އެރީ އެމަސައްކަތް ނިންމާލުމަށް ފަހުގައެވެ. 

– އެގާރަ ދުވަސް ފަސް –

“ހޫން. ދެން ވެސް އަވަހަށް އާދެބަލަ. ކަލޭ ތަތް ކަމުން ޓިކެޓް ކެންސަލް ވެދާނޭ.” އަހަރެން އާހިލަށް ގޮވީމެވެ. ގަސްތުގައި އަހަރެން ރުޅިއަރުވާން އޭނާ ހިނގައިފައި އައީ ވެސް ލަސްލަހުންނެވެ. އަހަރެން އޭނާގެ އަތުގައި ހިފާ ދަމަމުން ހޮޓެލުން ނުކުމެގެން ގޮސް ލޭންޑް ކެޕްސޫލަކަށް އެރީމެވެ. އެހެން ނޫންނަމަ ސްލޯ މޯޝަންގައި ހިނގަމުން އައިހެވެ. 

މާދަމާގެ ދަތުރުގެ ކަންކަމުގައި މަޑުކުރަން ޖެހެޔޭ ކިޔައިފައި ނައިލާއި ޝެހެނާޒަށް އަހަރެންނާއި އެކު ލައިލާގެ ކައިވެންޏަށް އާދެވޭކަށް ނެތޭ ބުންޏެވެ. އަދި އެކަނި ދިއުން މަނާކޮށްފައި އެންގީ އެ އާހިލްގަނޑާއި އެކު ދާށެވެ. ހާދަ ރުޅިއެއް އައެވެ. އެ އާހިލް ސޮރަށް ކުރަން އެނގޭހާވެސް ކަމަކީ އަހަރެންނަށް ނުހޮރުއްޕާން ކުރުމެވެ. ބޮޑު ބޮލުގައި ރިހުމެއް ކަހަލަ މީހެކެވެ. 

ފެރީ ލޯންޗަށް އަހަރެމެންނަށް އެރުނީ ކިރިޔާއެވެ. ލޯންޗު ނައްޓާލައިފިއެވެ. ސީޓުގައި ހަމަޖެހިލައިފައި އަހަރެން ފުން ނޭވާއެއް ލީމެވެ. ޖެހިގެން ހުރި ސީޓުގައި އިން އާހިލަށް ކަޅިއަޅާލީމެވެ. ދެން ފޯނު ނަގާ ލައިލާ އަށް މެސެޖު ކުރަން އިނީމެވެ. އާހިލް ހުއްޓާލުމެއް ނެތި އަހަރެންނަށް ޖެއްސުން ކުރަމުން ދިޔަ ނަމަވެސް އަހަރެން ކަހާތަން ހިރުވައި ވެސް ނުލަމެވެ. 

އިހަވަންދޫ އަށް ފެރީ ލޯންޗު ގާތް ކޮށްލުމުންް އަހަރެން އެއިން ފޭބީމެވެ. އޭރު ބަނދަރުގައި ހުރި ބެންޗެއްގެ ކައިރިން ލައިލާ ހަނާ އަޅައެވެ. އަހަރެން އެ ދިމާލަށް ދިޔައީމެވެ. ފަހަތުން އެ އާހިލް ސޮރު ވެސް އައެވެ. އެ ރަވާނުގަނޑު އަންގައިފައި ވަނީ މުޅިން ވެސް އެ ސޮރާއި އެކު އުޅުމަށެވެ. މިއަދު އަހަރެންގެ ބްލަޑް ޕްރެޝަރު ލެވަލް އެއް ހަމައެއްގައި ހިފެހެއްޓުން ވާނީ ވަރުގަދަ ޗެލެންޖަކަށެވެ. 

“ރިފޫ! ހާދަ ދުވަހަކަށް ފަހުންނޭ ހަމަ ލޮލަށް މި ފެނުނީ.” ލައިލާ އައިސް އަހަރެންގެ ގައިގައި ބައްދާލިއެވެ. “ދެން ހެވޭ ލައިލީ.” އަހަރެން ލައިލާ ގަޔާ ދުރުކޮށްލަމުން ބުނެލީމެވެ. “މިއީ ތަ ރިފް ބުނި ފްރެންޑަކީ. އޭނާގެ ނަމަކީ ކޮބާ ތަ؟” ލައިލާ އާހިލާއި ދިމާލަށް ބަލައިލިއެވެ. “އޭތް އެނޮއިން ކެޓާ. ލައިލީ އަށް ކަލޭގެ ތަޢާރަފެއް ދީބަލަ.” އަހަރެން ބުނީމެވެ. “މަ ކީއްކުރަން. ބްލޫ އައި ސްޓޯކަރާ، ކަލޭ ބުނަންވީނުން.” އަޅެ ފަހެ މީހަކު ރުޅިއެއް ނާންނާނެ ހެއްޔެވެ؟ 

“އަހްމަދު އާހިލް. މިސްޓަ އެނޮއިން ކެޓް.” އާހިލަށް ދެލޯ އަޅާލައިފައި އަހަރެން ބުނެލީމެވެ. “ފްރެންޑެކޯ. މަށަށް ހީވަނީ ދެމީހުން އެކަކު އަނެކަކާ ޖައްސާލާފައި ހުރި ހެން.” ލައިލާ ފާޑަކަށް ބަލަން ހުރެފައި ބުނެލިއެވެ. ދެން ދިޔައީ ފިރުޝާނުގެ ކާރަށް އަރާށެވެ. ލައިލާ އެރީ ކުރީ ސީޓަށެވެ. ދެން މި ޖެހުނީ އެ އާހިލާއި އެކު ފަހަތު ސީޓުގައި އިންނާށެވެ. 

ކާރަށް އެރިގޮތަށް އަހަރެން އިނީ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. އޮޅިގެން ވެސް އަނެއް ފަރާތަށް މޫނު އަނބުރާ ނުލަމެވެ. ކާރު ގޮސް ހުއްޓާލީ ލައިލާގެ ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ ތަނަށެވެ. އެ ތަނަށް ވަދެވުނު އިރު ހުރީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ދެނީ ރޭގަނޑުގެ ކެއުމެއް ކަމުން މިހާރު ހުރިހާ ޑެކަރޭޝަންތަކެއް ނިންމާލައިފައެވެ. މިހާރު ހަވީރު ވާން ގާތްވެއްޖެއެވެ. 

“ވާވާ ސަޅިއޭ.” އަހަރެން ބުނެލީމެވެ. އެއީ ޙައްޤު ތެދު ކަމަށް ވާތީއެވެ. ހުދާއި މެރޫން ކުލައިގެ ފޮތި މަލާއި ބޮކިފަތިތައް ހަރުކުރެވިފައިވަނީ ވަރަށް ފުރިހަމައަށެވެ. މެރޫން ކުލައިގެ ފޮތިން ވެސް ތަފާތު ޑިޒައިނުތައް ހަދައިފައި ހުއްޓެވެ. ކައިވެނި ކުރާ ދެމީހުން ތިބެން ތައްޔާރު ކުރެވިފައި ވަނީ ވަރަށް ރީތި ބެކެކެވެ. މިރޭ އެތަން ދިއްލާލުމުން އަދި ކިހާ ރީތި ވާނެއޭ ހިތަށް އެރިއެވެ. 

“ހިނގާ ދެން ގެއަށް ދަމާ. ހަމަ ދައްކާލާށޭ މިތަނަށް އައީ.” ލައިލާ ދެން އުޅުނީ އޭނާގެ އެޕާޓްމަންޓަށް ދާށެވެ. ކައިވެންޏަށް ފަހު ވެސް އެ ދެމީހުން އުޅޭނީ އެގޭގައެވެ. އާހިލް ނަމާދަށް ފޮނުވާލީ އެ ޢިމާރާތާއި ހަމައަށް ދިއުމަށް ފަހުގައެވެ. އަހަރެން ލައިލާ އުޅުނު ޔުނިޓަށް ވަނީ އޭނާއާއި އެކުގައެވެ. އަހަރެމެން ދެމީހުން ވަނީ ލައިލާގެ ކޮޓަރިއަށެވެ.

“މި އޮތީ ރިފް އަށް ފެހި ހެދުން.” މެރޫން ކުލައިގެ ހެދުމެއް ނަގާ ދައްކާލަމުން ލައިލާ ބުނެލިއެވެ. އެއީ ފައިތިލައާއި ހަމައަށް އަރާ ދިގު ހެދުމެކެވެ. އެއާއި އެކު އަޅަން ހުދު މިނާފުއްތަކެއް ހުރި މެރޫން ކުލައިގެ ޝޯލްއެއް އޮތެވެ. އަހަރެންނަށް އެނގެއެވެ. އެއީ އަހަރެން ދުވަހަކުވެސް އަދި ނުލާ ވައްތަރެއްގެ ހެދުމެކެވެ. އެ ލީމާ ޖަހާނީ ކޮން ވައްތަރެއް ބާއޭ ހިތަށް އެރިއެވެ. ހެދުން ބަލާލެވުމުން އަހަރެން ދެން އުޅުނީ ޢަޞުރު ނަމާދަށް އަރާށެވެ. 

ނަމާދަށް ފަހު ޒިކުރުކުރަން އިން އަހަރެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ގޭތެރެ އަޑުގަދަވުމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ބަދަލު

Next

ތިނެސްކަން ލޯބި (5)

Next
November 17, 2024

ތިނެސްކަން ލޯބި (5)

Previews
November 17, 2024

ބަދަލު

16 Comments!

  1. Anonymous says:
    November 17, 2024 at 2:12 pm

    Masha Allah
    Varah reethi ehaame furihama part eh
    When will next part upload
    Patiently waiting
    Really love your stories big fan

    1. White rose White rose says:
      November 17, 2024 at 2:24 pm

      A big thnx for the lovely comment Anonymous.
      IA mi week therey kiyaalan libeyne.

  2. No one 007 says:
    November 17, 2024 at 2:12 pm

    Masha Allah
    Varah reethi ehaame furihama part eh
    When will next part upload
    Patiently waiting
    Really love your stories big fan

    1. White rose White rose says:
      November 17, 2024 at 2:25 pm

      Thnx a ton No one 007.
      IA mi week ga submit kohlaanan.

  3. Your fav bab says:
    November 17, 2024 at 2:35 pm

    Nice guess I’m the third
    Hehehe..
    Nice keep it up

    1. White rose White rose says:
      November 17, 2024 at 2:36 pm

      Yeah third.
      thnkuu for the comment.

  4. Lara says:
    November 17, 2024 at 5:21 pm

    Might part ves varah reethi… I’m so curious to see what will happen
    Love this story ❤️❤️❤️

    1. White rose White rose says:
      November 18, 2024 at 2:42 pm

      Thnx Lara.

  5. ❤️ says:
    November 17, 2024 at 6:44 pm

    Ohh this is soo good 👍
    Keep it up
    Waiting impatiently for the next episode
    My fav author

    1. White rose White rose says:
      November 18, 2024 at 2:45 pm

      Thnx ❤

  6. Nawar says:
    November 17, 2024 at 8:43 pm

    Maasha Allah mi part vx varah varah reethi…
    Whn next??

    1. White rose White rose says:
      November 18, 2024 at 2:46 pm

      Thnx Nawar.

  7. Your fav bab says:
    November 18, 2024 at 4:15 pm

    Hi
    Can you tell me the meaning of idk and idc

    1. White rose White rose says:
      November 19, 2024 at 1:28 pm

      Idk means I don’t know.
      Idc means I don’t care.
      😁😁 got it??

  8. Your fav bab says:
    November 19, 2024 at 7:57 pm

    Hehehe I just wanna trick you…
    I do that to my friends first I ask what’s the meaning of idk and idc and they will be like I don’t know and I don’t care and I would be like how rude of you and how dare you stupid idiots…….And blablablaa
    Heheheheheheh……
    But you just said it sweetly thanx dear for been kind unlike my stupid freinds.

    1. White rose White rose says:
      November 20, 2024 at 1:05 pm

      ur welcomme

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 32←


All Right Reserved!