ފެހި ކުލައިގެ ފުޅާ މުސައްލައެއްގެ މަތީގައި އަންހެންކުއްޖަކު ދުޢާކުރުމަށްޓަކައި ދެއަތް މައްޗަށް އުފުލައިގެން އިނެވެ. އަޅާފައިވާ ހުދުކުލައިގެ ދޮޅި ފަންކާއިން ޖެހެމުންދިޔަ ވައިން ވިހުރުވަމުންދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ތިރިއަށް ފައިބަމުން ދިޔައެެވެ. ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުރިއިރު މަޑު މަޑު ގިސްލުމެއްގެ އަޑުވެސް އިވެމުންދިޔައެވެ. ކުއްލިއަކަށް އެއަންހެން ކުއްޖާ ސިއްސައިގެން ދިޔައީ…………………………. އިންޝާﷲ ވަރަށް އަވަހަށް މިވާހަކަ އެސްފިޔައިން ފެނިގެންދާނެ ވާހަކަ ދަންނަވަން… -ހައްޔު-
ނޯޓް: މިއީ 28 ޖޫން 2010 ގައި ޔަނާބީ ޑޮޓް ކޮމް ގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ. އަދި މިއީ ޙަޤީޤީ ޙާދިޘާއެއް ކަމުގައިވެސް ދަންނަވަމެވެ. އަހަރެން އެންމެ ފުރަތަމަ ޔުނިވަރސިޓީ ފެށިއިރު އެހެން މުސްލިމު އަޚަކާ ބައްދަލުވިއެވެ. އަހަރެމެން އެކުވެރި ރަހުމަތްތެރިންތަކަކަށް އިސާހިތަކު ބަދަލުވެއްޖެއެވެ. އެހެނަސް މިއީ އާދައިގެ ރަހުމަތްތެރިކަމެއް ނޫނެވެ. އަހަރެން ހުރީ އޭނާއަށް ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށެވެ. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ މީހެއް ފަދައެވެ. ޔުނިވަރސިޓީގެ އެންމެ ފަހު އަހަރު، މިއަޚާ […]
ލޯތްބަކީ ބާރުގަދަ އެއްޗެކޭ މީހުން ބުނާ އަޑު އަހަމެވެ. އެހެނަސް އެ ލޯތްބަކީ ތޫފާނެއްފަދަ އެއްޗެއްކަން އަހަރެން ނުދެނަހުރީމެވެ. އެއީ އަހަންނަށް އެކަން ތަޖުރިބާ ކުރެވުމުގެ ކުރިންނެވެ. އަހަރެންގެ ޢުމުރުގެ އެހެނިހެން ފިރިހެންކުދިންނެކޭ އެއްފަދައިން ޙަޔާތުގެ ބައިވެރިއަކަށް ހަދާނެ ރީތި އަންހެން ކުއްޖަކު ހޯދަން އަހަރެން ބޭނުންވިއެވެ. ކަން ދިމާވީވެސް އެހެންނެވެ. އަހަރެން ކައިވެނީގެ ގޮތުން ގުޅުނީ އެހެން އަންހެން ކުދިން ޙަސަދަވެރިވާފަދަ ރީތި ކުއްޖަކާއެވެ. އެ ކައިވެނި ކުރެވުނީ ދެ ޢާއިލާގެ ވެސް […]
އަހަރެން ކިޔަވައި ނިމުމާއެކު ވަޒީފާއަކަށް ދާން ފެށީމެވެ. އަހަރުގެ ކުރީކޮޅު ދިޔައީ ނުހަނު އޮމާންކޮށެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ޙަޔާތަށް ކުދިކުދި ބަދަލުތަކެއް އަންނަން ފެށިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ކުއްޖަކާއި ރައްޓެހިވީމެވެ. އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވީމެވެ . އަދި އޭނަ ބުނާ ކޮންމެ ކަމެއް ފަސްނުޖެހި ކުރަމުން ދިޔައީމެވެ. ފިރިއަކަށް ދޭންޖެހޭ މަތިވެރި މަޤާމް އަހަރެންގެ ހިތުން އޭނައަށް ދިނީމެވެ. ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން އަހަރުމެންގެ ބައްދަލުވުންތައް އިތުރުވަމުން ދިޔައެވެ. […]
އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. ނަމާދަށް އަވަހަށް އަންނާށޭ ގޮވާލުމާއިއެކު އެއްބައި މީހުން ވުޝޫކޮށްގެން އަވަހަށް ނަމާދަށް އަރަން އަވަސްވެގަތް އިރު އަނެއްބައި މީހުން ތިބީ ބަންގި ގޮވުމުންވެސް އެމީހެއްގެ އަމިއްލަ މަސައްކަތެއްގައި އަވަދިނެތިއެވެ. ކުރާނީ ކީއް ހެއްޔެވެ؟ . މިއީ މި ދުނިޔޭގެ އާދައެވެ. އެއްބައި މީހުން ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާއިރު އަނެއްބައި މީހުން ހޭދަ ކުރަނީ އުފަލާއި މަޖާ ކުރުމުގައެވެ. “މިހާރު އަހަރެންނަކީ އުމުރުން ބާވީސް އަހަރު ފުރިފައިވާ ޒުވާން […]
ފޭސްބުކުން ފެންނަން އިން އަަހަރެންގެ ފޮޓޯއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެއީ އަހަރެންގެ ދޮންތަގެ ކައިވެނި ޕާރޓީގައި ދޮންތައާއި އެކު އަހަރެން ނަގާފައިވާ ފޮޓެއެކެވެ. އެކަނި ހުންނަ ފޮޓޯ ފޭސްބުކަށްލުމަކީ މިހާރު އަހަރެން ކުރާކަމެއްނޫނެވެ. ރަށްޓެހިންގެ ވަރަށް ގިނަ ކޮމެންޓްސްތަކާއި ލައިކްތައް އެ ފޮޓޯއަށް ލިބުނެވެ. . ހުސް އެ ފޮޓޯގެ ރީތި ވާހަކައެވެ. ހެދުން އަޅާފައިހުރި ގޮތް ރީތި ވާހަކައާއި އަހަރެންނާއި ވަރަށް ގުޅޭ ވާހަކައެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. ހިތަށްއެރިއެވެ. އަސްލުވެސް ޖިލްބާބު ލާފައި ތިބޭ […]
“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ. އޭނައަށް ހިނދުކޮޅެއް ވަންދެން އެއީ ކާކުގެ އަޑެއްކަން ޔަޤީންކުރަން ދަތިވެފައި އިނދެވުނެވެ. “ނަޞް….ރާ؟” ޔޫނުސްއަށް ކިޔާލެވުނެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ނަޞްރާ ދެލޯ މަރާލުމުން އޭނަގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ. ޔޫނުސްގެ އަޑު އިވުނަސް ޔޫނުސް ހުރީ އޭނައާއި ކިހާ ދުރުގައިކަން އެނގުންވީ ހިނދު ނަޞްރާގެ ދެލޯ ތަގުޅިވެ އޭނައަށް ރޮވެން އުޅުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު […]