ލޯތްބަކީ ބާރުގަދަ އެއްޗެކޭ މީހުން ބުނާ އަޑު އަހަމެވެ. އެހެނަސް އެ ލޯތްބަކީ ތޫފާނެއްފަދަ އެއްޗެއްކަން އަހަރެން ނުދެނަހުރީމެވެ. އެއީ އަހަންނަށް އެކަން ތަޖުރިބާ ކުރެވުމުގެ ކުރިންނެވެ. އަހަރެންގެ ޢުމުރުގެ އެހެނިހެން ފިރިހެންކުދިންނެކޭ އެއްފަދައިން ޙަޔާތުގެ ބައިވެރިއަކަށް ހަދާނެ ރީތި އަންހެން ކުއްޖަކު ހޯދަން އަހަރެން ބޭނުންވިއެވެ. ކަން ދިމާވީވެސް އެހެންނެވެ. އަހަރެން ކައިވެނީގެ ގޮތުން ގުޅުނީ އެހެން އަންހެން ކުދިން ޙަސަދަވެރިވާފަދަ ރީތި ކުއްޖަކާއެވެ. އެ ކައިވެނި ކުރެވުނީ ދެ ޢާއިލާގެ ވެސް […]