“އަހުމަދު މިޞްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޔޫނުސް ފެނިފައި ޒާހިޔާއަށް ހިނިތުންވެލެވުނު ވަގުތު މިޞްބާޙްގެ ނިތަށް ރޫއެރިއެވެ. “މިއީ ކާކުތަ މަންމާ؟” މިޞްބާޙަށް ޒާހިޔާއާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ. “މިއީ ޔޫނުސް. ރޭ މިޞްބާޙް ހޮސްޕިޓަލަށް ގެންނަން އެހީވެދިނީ މި ބޭބެ. މިޞްބާޙަށްޓަކައި ލޭ ހަދިޔާކޮށްދިނީ ވެސް މި ބޭބެ.” ޒާހިޔާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ގާތަށް އަންނަމުން ދިޔަ ޔޫނުސް […]
ތުންތުންމަތިން އެހެން ދެކެވޭ ވާހަކައަކަށް އިތުބާރު ކުރުމަކީ އޭނަ ގެންގުޅޭ އުޞޫލެއް ނޫނެވެ. އަދި އަމުދުން މިޞްބާޙް ގޯސް ނުވެވެސް ހިނގައިދާނެކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ ކުރިމަތީގައި އިން ގޮނޑި ބަރިން ގޮނޑިއެއްގައި މާޔޫސްވެފައި އިން ޒާހިޔާއަށް ބަލާލިއެވެ. މިޞްބާޙް ހަމައަކަށް އެޅުނު އިރަކުން މިޞްބާޙާއި ޒާހިޔާ ކައިރިން ޙަޤީޤަތް އަހާފައި މެނުވީ މިރޭ ހިނގި ކަންތައްތަކުގެ ވާހަކަ ނުޖަހަން ޔޫނުސް ނިންމިއެވެ. އެންމެ އަވަހަށް ޚަބަރު ނުޖެހުނަސް ޔޫނުސްއަށް މިފަހަރު އެއީ މާ ބޮޑު […]
“ޖަވާބެއްދީ!” އަމީން ހަރު އަޑުން ގޮވާލިއެވެ. މިޞްބާޙް ދެންވެސް އިސްޖެހިފައި ހުރީއެވެ. އޭނަ ހުރިގޮތުން ދުރުގައި ހުރި އޭނަގެ މަންމަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޖަވާބެއް ނުލިބި ގިނައިރު ވުމުން އަމީން އައި ރުޅީގައި ހިނގާފައި ގޮސް މިޞްބާޙްގެ ގަމީހުގެ ގިރުވޯނުގައި ހިފައި ދަމަމުން ގޮސް ފާރަށް މިޞްބާޙް ތަތްކޮށްލިއެވެ. ދުރުގައި ހުރި ޒާހިޔާއަށް މިޞްބާޙޭ ކިޔައި ގޮވާލެވުނެވެ. “ކަލޭ ހުރިތަނެއް މަށަށް ނޭނގޭނެ ކަމަށްތަ ހީކުރީ؟ މުޅި ރަށަށް އެނގޭ އެކަން. ކޮންމެވެސް […]
އަހަރެމެން ކުޅެމުންދިޔައީ ބިރުވެރި ތަމްޞީލެކެވެ. އޭގައި މަރާއި، އަލުން ދިރުމާއި، ލޭ އޮހޮރުވުމާއި، ހަނގުރާމައިގެ މައިދާން ދައްކުވައިދެ އެވެ. އަހަރެން ހަމަޖެހިފައިވަނީ ތަމްޞީލުގެ ބަޠަލާގެ ގޮތުގަ އެވެ. ސަލްމާ އެކުޅުމުގައި އަދާކުރަނީ އަހަރެންގެ ދުޝްމަނެއްގެ ބައެވެ. އިތުރު ކުދިންތަކަކާވެސް އެކު އަހަރެމެން ފަރިތަކުރުން ކުރިއަށް ގެންދިޔައީމެވެ. *** ތަމްޞީލުގައި ދުޝްމަނުން ރަނގަޅުބައިގެ ސިފައިންގެ މީހެއް ވަގަށް ނަގަ އެވެ. މިކަން ރަނގަޅުބައިގެ ލަޝްކަރަށް އެނގިގެންދަނީ އެމީހުންގެ ބަޔަކު ދުޝްމަނުންނަށް ޖާސޫސް ކުރަން ފެށިފަހުންނެވެ. ހަތުރުންނަށް އެމީހުންގެ ދުޝްމަނުންނަށް […]
“ބައްޕާ….ބައްޕާ. ބައްޕާ!” އަފްރީން ބާރުވަމުން ދިޔަ އަޑަކުން ބައްޕައަށް ގޮވަމުން ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ދޮރުގައި އެއްއަތުން ތަޅަން ފެށިއެވެ. ބޭރުގައި ހުރި ޝަރީފަށް އެ އަޑު އިވުމުން އޭނަ ވަގުތުން އެ ދިމާލަށް ދިޔައެވެ. ދޮރާއި ހަމަވެ ތަޅު އަނބުރާލަން އުޅުނު ވަގުތު ތަޅުގައި އެޅުވިފައި އޮތް “ޑޫ ނޮޓް ޑިސްޓާބް” ގެ ނިޝާން ފެނިފައި ޝަރީފްގެ ނިތަށް ރޫގިނަވިއެވެ. ސިކުނޑިއަށް ގޯސް ޚިޔާލުތަކެއް ވެރިވިއެއްކަމަކު ފަހުން ހިތަށް އެރީ މިއީ އަފްރީންމެންގެ މަސައްކަތަށް […]
އިނގިރޭސިވިލާތުގެ ފަރސްޓު ކުލާހުގެ މަތިންދާބޯޓަކުން ދަތުރުކުރަމުންދިޔަ މުސްލިމް ފިރިހެނެކެވެ. ކްރޫގެ ވަރަށް ޒުވާން ޖިންސުއްލަތީފެއް އައިސް މިމީހާއަށް ދިއްކޮށްލީ ތައްޓެކެވެ. ބަލާލިއިރު އެތަށީގައި ހުރީ ރަލެވެ. އެހެންކަމުން، މިމީހާ އެތަށި ބުއިމަށް ދެކޮޅުހެދީ ވަރަށް މަޑުމައިތިރިކަމާއެކުގައެވެ. އަނެއްކާވެސް ހަމަ ކްރޫގެ މިމެންބަރު ދެވަނަ ފަހަރަށް އައިސް މުސްލިމް މީހާއަށް އެތަށި ދިއްކޮށްލިއެވެ. މިފަހަރު އެތަށި ގެނައީ ރީތި ގޮތަކަށް ފަރުމާކޮށްފައި ހުރި ދޮލަނގަކަށް ލައިގެންނެވެ. މިފަހަރުވެސް އެމީހާ ވަރަށް އިޙްތިރާމާ އެކީގައި ތަށި ބުއިމަށް ދެކޮޅުހެދީ ތިމަންނަ […]
މީގެ 4 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރަކީ 17 އަހަރެވެ. ރަށުން އޯލެވެލް ނިންމުމަށްފަހު އިތުރަށް ކިޔެވުމަށްޓަކައި އަހަރެން މާލެ އައީމެވެ. ފުރަތަމަ އަހަރެން ދިއައީ ނައިޓް ކުލާހަށެވެ. އެއީ ފާސްނުވާ ބައެއް މާއްދާތައް އިތުރަށް ކިޔެވުމަށް ޓަކައެވެ. ކުލާސް ތެރެއިން އަހަރުންނަށް އެއް ކަމެއް ފާހަގަ ކުރެވެން ފެށިއެވެ. ބައެއް ފިރިހެން ކުދިން އަހަރެންނާ ދިމާއަށް މާގިނައިން ބަލާކަމެވެ. ދުވަސްތަކެއް އެތަނުގައި ފާއިތުވެ ހިނގައްޖެއެވެ. އަހަރެންނަށް އެމީހުންގެ އުނދަގޫ ފޯރަންފަށައިފި އެވެ.އެކަމާ ހެދި އަހަރެއްނަށް […]
“އެތާ އެއްވެސް މީހަކު ނުހުންނާނެ ދޯ ފަލަކް؟” މިޞްބާޙް ޝައްކު ފިލުވާލުމުގެ ގޮތުން އަހާލިއެވެ. ތިން އަންހެން ކުދިން އެކީގައި ހޫންލައްވާލިއެވެ. މިޞްބާޙް ދެންވެސް ޖެހިލުންވުމަކާއެކީ އެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިޞްބާޙް އެންމެ ފަހަކަށް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ . އެއަށްފަހު އެ ދޮރުގެ ތަޅު އަނބުރާލަމުން ދޮރު ހުޅުވައި ކޮޓަރި ތެރެއަށްވަނެވެ. އެއާއެކު އެނދުމަތީގައި އިން އަފްރީން އިސްއުފުލާލިއެވެ. މިޞްބާޙާއި އަފްރީންގެ ހަތަރުކަޅި ހަމަވީ ވަގުތު […]
ދެރައީ އެބޯ ފޮތުގައި ވާ އެއްޗެއް ނޭނގޭތީ އެވެ. ކުޑަމިނުން އެފޮތް މިތަނުގައި އޮތް ބޭނުންވެސް އެއްގޮތަކަށްވެސް ނުވިސްނޭތީ އެވެ. ތަނަށްވެރިވެފައިވާ އަލިކަންވެސް ހިނދެއް ހިނދަކަށް ފަނޑުވަމުން ބާރު ދަށްވަމުން އަންނާތީ މިހާރު އަލީގެ މައްޗަށް އަނދިރި ބާރުފޯރުވާހެން ވެސް ހީވެ އެވެ. ފެހި ކުލައިގެ އަލި، ގަދަފެހި ކުލައަށް ބަދަލުވެއްޖެ އެވެ. އަހަރެންގެ ހިތުގެ ތެޅުން އަނެއްކާވެސް ގަދަވެއްޖެ އެވެ. ހަލުވި ބާރުމިނެއްގައި އަނދިރިކަން އަލިކަމުގެ މައްޗަށް ކުރި ހޯދައިފި އެވެ. *********************************** ލަސްލަހުން އަހަރެން […]