” އަލްހަމްދުލިﷲ.. ވަރަށް އުފާވެރި ހަބަރެއް.. އަނެއްކާ އެއީ ކޮންކުއްޖެއް؟” ހާރޫނު ސުވާލުކޮށްލިއެވެ. ” އެއީ ޖެހިގެން ހުރިގޭ ހާރޫނުބެގެ އައިޝާ” ހުޝާމްގެ ޖުމްލައިން ހެވިފައި އިން ހަބީބާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އަނގައަށް ލާން ނެގި ގުޅަ ތަށިތެރެއަށް ވެއްޓުނެވެ. ނިތްކުރިއަށް ރުގިނަވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހިބާ އާއި ހައިފާ އަށް މޫނު ކުނިކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ހަބީބާއަށްވީ ގޮތް ފެނި ހުޝާމް އާއި ސާމީއަށް އެދިމާއަށް ބަލާލެވުނެވެ. ދެއަތުން މޭޒުމަތީގައި ޖަހަމުން ހަބީބާ […]
ހާރޫނު ރުޅުގަދަވެފައި ސޮފިއްޔާ ކޮބާތޯ ސުވާލުކޮށްލުމުން އީޝަލް ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަދި ހާރޫނު ބާރު ހިނގުމެއްގައި އެދިމާއަށް ދާންފެށުމުން އީޝަލް އައިޝާއަށް ބަލާލީ ކަމަކާ ޝައްކުވެގެން ބަލާލާފަދަ ގޮތަކަށެވެ. އީޝަލްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީ އީޝަލްގެ މޫނުފެނި އައިޝާ އިސްޖަހާލި ގޮތުންނެވެ. އީޝަލް ދެފަރާތަށް ބޯހޫރާލަމުން ސޮފިއްޔާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ކޮޓަރިއާ ހިސާބަށް ނުދެވެނީސް ހާރޫނު ސޮފިއްޔާ އަތުގައި ހިފާ ދަމަމުން ނިކުންނަތަން ފެނުނެވެ. އޭރު ސޮފިއްޔާ އެހެން […]
ސައްދާމް ދޮރު އެތެރެއަށް ބާރަށް ކޮށްޕާލުމާއެކު ދޮރުގައި ހިފަހައްޓައިގެން ހުރި އައިޝާ އަރިއަޅާލައިގެން ވެއްޓުނެވެ. އަދި އެވަގުތު ސައްދާމް އެތެރެއަށް ވަދެ ގޭދޮރު ލައްޕާލައި އައިޝާއަށް ބަލާލިގޮތުން އައިޝާގެ މެޔަށްފިނިވެގެން ދިޔައެވެ. ސައްދާމް އައިޝާ ކައިރިއަށް ދިއުމަށް ފިޔަވަޅެއް އަޅާލުމާއެކު އިންތަނުން ތެދުވެވުނު ގޮތެއްވެސް އައިޝާއަކަށް ނޭނގުނެވެ. ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަން އުޅުނު ވަގުތު ސައްދާމް ދުވެފައި އައިސް ކުރިމައްޗަށް އެރިއެވެ. ” ޕްލީޒް މިތަނުން ދޭ.. އަހަންނަކީ ތިހީކުރާ ކަަހަލަ ކުއްްޖެއް ނޫން” ތުރު ތުރު […]
” އަހަރެން ހަނދާން އެބަހުރި ދޮން ބަދިގޭގައި ހުއްޓަ އަހަރެން ހައިފާގެ ބޭބެ އައިސްގެން އުޅޭ ވާހަކަ ބުނުމުން ދޮން އަށް ވީގޮތް.. އަދި މިއަދު ދޮންތަގެ ހަރަކާތްތައް ހުރިގޮތްވެސް ވަރަށް ރަނގަޅަށް ދުށިން..” އީޝަލް މިހެން ބުނުމުން އައިޝާ އިސްޖަހާލިއެވެ. އަދި ވާހަކަ ދައްކަން އަނގަހުޅުވާލި ވަގުތު ފެނުނު މަންޒަރުން އައިޝާއަށް ހެވުނު ނަމަވެސް ލޮލުން ހޯސްލާފައި ކަރުނަ ފައިބަގަތެވެ. އައިޝާއަށް ވީގޮތް ފެނުމުން އީޝަލް ވެސް ފަހަތަށް އެނބުރި ބަލާލިއެވެ. ވަދެގެން އެ […]
” މަންމަ މިއުޅެނީ ވަރަށް ބޮޑު ވާހަަކައެއް ދައްކަންވެގެން.. މިހާރު އައިޝާ އަކީ ވެސް ބޮޑު ކުއްޖެއް.. މާގިނަ ގިނަދުވަހު އަންހެންކުދިން މީހަކާ ނީނދެ ތިބުމަކީ އެހާ ރަނގަޅު ކަމެއް ނޫން..” ސޮފިއްޔާ ދައްކަން ފެށި ވާހަކައަކުން އައިޝާ ހިތްނުތަނަވަސް ވާން ފެށިއެވެ. ” ސައްދާމް އަކީ ވަރަށް ރަނގަޅުކުއްޖެއް.. މަންމަ އާއި ބައްޕަ އަދި ސައްދާމްގެ އާއިލާ ވާހަކަދައްކާފަ ނިންމައިފިން ވީހާވެސް އަވަހަކަށް ތިދެކުދިންގެ ކައިވެނި ކުރުވަން..” ސޮފިއްޔާގެ ޖުމްލައިން އައިޝާ ސިހިފައި ސޮފިއްޔާއަށް […]
ބެލްކަނީގައި އައިޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ހުޝާމް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އީޝަލް ކިހިނެއްވީތޯ އެހުމުން ކަމެއް ނުވާކަމަށް ބުނެ ގެއަށް ވަންނަން ދިޔައެވެ. ތަޅުދަނޑިން ހުޅުވާލާފައި އެތެރެއަށް ވަން އައިޝާ ފެނުމާއެކު ސޯފާމަތީގައި ރޯންއިން ސޮފިއްޔާ އައިސް އައިޝާ ގައިގާ ބައްދައިގަތެވެ. ހައިރާންވެފައި ހުރި އައިޝާ ހުރީ ގުޑިލަންވެސް ނުކެރިފައެވެ. ކައިރީގައި ހުރި އީޝަލްވެސް ހުރީ ކިޔާނެ ބަހެއް ނޭނގިފައެެވެ. ފެންނަމުން މިދާ މަންޒަރަކީ އީޝާލް ހޭޖެހެން ފެށިއިރުން ފެށިގެން މިހިސާބަށް އައިއިރު […]
” އަހަރެން މިހުރީ އަހަރެން އައިޝާއަށްވީ ވައުދުތައް ފުރިހަމަކޮށްގެން އެނބުރި އައިސް” އައިޝާގެ ކަންފަތުގައި ޖެހުނު އަޑަކުން މުޅިގައިގާ ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ފަހަތަށް އެނބުރެން ނުކެރިފައި ހުއްޓާ އަނެއްކާވެސް އިސް އުފުލާލެވުނީ ދެވަނަފަހަރަށް އެއަޑު އިވުމުނުންނެވެ. ދެންވާން ފެށިގޮތަކުން ފަހަތުން އެމީހަކު ކީއެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. އައިޝާއަށް ތަންތަން ނުސާފުކޮށް ފެންނަންފެށިއެވެ. މުޅިތަން އެނބުރޭހެން ހީވާން ފެށުމުން ބޮލުގައި ހިފަހައްޓާލެވުނެވެ. ފަހަތުގައި ހުރި ހުޝާމްއަށް އައިޝާ އަށް ގޮތެއްވާހެން ހީވާންފެށިއެވެ. އަރިއަަޅާލައިގެން ވެއްޓެން […]
އީޝަލް ކިހިނެއްވީތޯ ސުވާލުކުރުމުން އެބައަންނަމޭ ބުނުމަށްފަހު އައިޝާ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ހުއްޓެން ޖެހުނީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. “ކޮން ވަހެއްތަ އެދުވަނީ.. ރޮށި އަންދާލީ ދޯ” ތަވާ މަތީގައި އޮތް އަނދާފައި އޮތް ރޮއްޓަށް ސޮފިއްޔާ ބަލާލިއެވެ “ކަލޭ ބައްޕަ ފޮނުވާ މަދު ލާރިކޮޅުން އަހަރެން ގަންނަ ކާއެތިކޮޅު އެގޮތަށް ދޯ ކަލޭ ހުސްކުރަނީ.. ހުރެބާ ކުޅިދައްކާލާނަން..” ސޮފިއްޔާ އައިޝާގެ އަތުގައި ހިފިއެވެ. އަދި އުނދުނާ ދިމާއަށް ދާންފެށިއެވެ. އޭރު އައިޝާ […]
ފެހި ކުލައިގެ ފުޅާ މުސައްލައެއްގެ މަތީގައި އަންހެންކުއްޖަކު ދުޢާކުރުމަށްޓަކައި ދެއަތް މައްޗަށް އުފުލައިގެން އިނެވެ. އަޅާފައިވާ ހުދުކުލައިގެ ދޮޅި ފަންކާއިން ޖެހެމުންދިޔަ ވައިން ވިހުރުވަމުންދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް ހުރަސްކޮށް ތިރިއަށް ފައިބަމުން ދިޔައެެވެ. ތުންފަތުގައި މަޑުމަޑު ތުރުތުރެއް ހުރިއިރު މަޑު މަޑު ގިސްލުމެއްގެ އަޑުވެސް އިވެމުންދިޔައެވެ. ކުއްލިއަކަށް އެއަންހެން ކުއްޖާ ސިއްސައިގެން ދިޔައީ އަޅައިގެން އިން ދޮޅިއަށް ބާރުވުމުންނެވެ. އަންހެން ކުއްޖާ ދެލޯމަރާލީ ކާކުގެ ކަމެއްކަން އެނގޭތީއެވެ. ” އަހަރެން އައިޝާއަށް ގޮވާތާ […]