އަހަރެންގެ އަޑުއަހާނެ އެއްވެސް މީހަކު މިދުނިޔެއަކު ނެތް. އަހަރެންގެ މޭގައި މި ރިއްސާ ރިއްސުން އަދި ހިތުގައި އަޅާވޭން އެނގެން ބޭނުންވާ އެކަކުވެސް ނެތް. އަހަންނަކަށް އަހަރެންގެ ދަރިންގެ އެ ފޫހިވެފައިވާ މޫނު އަބަދު ބަލާކަށް ކެތެއްނުވޭ. މި ހިތްދަތިކަމަކީ ނިމުމެއް ނެތްކަމެއްފަދަ. އަހަރެން މަރުވުމުންނޫނީ މި ހިތްދަތިކަމަކަށް ނިމުމެއްނާންނާނެ ކަންނޭގެ. އެހެންބުނެވުމާއެކު އެ ދައްތައަށް ގިސްލެވެން ފެށުނެވެ. ސާރާ އަވަސް އަވަހަށް އެ ދައްތަގެ ކޮނޑުމަތީ އަތް ބާއްވާލީ ހިތްވަރުކުރާށޭ ބުނާފަދައިންނެވެ.
އެއްބަޔަކު އެގަދަ ކަނޑުގެ ރާޅުތަކުތެރޭގައި އެއްގަމަށް ނާދެވިގެން ރޮއިހޭރޭއިރު އަނެއްބަޔަކު އެގަދަ ކަނޑަށްއެރި މަރުވާން ބޭނުންވަނީއެެވެ. އެއްބަޔަކަށް ދަރީން ނުލިބިގެން ގޮތްހުސްވެފައިވާއިރު އަނެއް ބަޔަކަށް ދަރީންނަކީ އެމީހުންގެ ދިރިއުޅުމުގެ ހަލާކު ކަމަށް ދެކެނީއެވެ. އެއްބަޔަކު މައިވަންތަކަމުގެ ލޯބިން މަޙުރޫމު ވެފައިވާއިރު އަނެއްބަޔަކު އެ މައިމީހާ ކޮއްޕާ ދުރުކުރަނީއެވެ. ދުނިޔޭގައި ހުރިހާ ކަމެއްވެސް ހުންނަނީ މިގޮތަށެވެ. އަދި ދުނިޔޭގެ ނިމުން އައުމާހަމައަށްވެސް މިކަންތައްތައް ދެމިގެންދާނީ ހަމަ މިގޮތައް ކަންނޭނގެއެވެ. ދުނިޔޭގެ ކަންތައްތަކާމެދު އެފަޅި ސިކުންތުކޮޅުގައި ސާރާއަށް ވިސްނާލެވުނެވެ.
އެ ދައްތަ ރޯލަން ވަގުތުކޮޅެއް ދިނީ ސިކުނޑިއަށް ލުޔެއް ދިނުމަށެވެ. ޓިޝޫއިން އެކަރުނަތައް ފުހެމުންދިޔަނަމަވެސް ފައިބުމަކަށް ހުއްޓުމެއްނުވާ ކަހަލައެވެ. އިރުއިރުކޮޅާ ނޭފަތްވެސް ދަމާލަމުންދިޔައިރު ގިސްލުމުގެ އަޑު ކެނޑެމުންދިޔައެވެ. އެއަށްފަހު އިރުކޮޅަކަށްނަމަވެސް އެދެލޮލުން ކަރުނަ ފޭބުން ހުއްޓިއްޖެއެވެ. ނަމަވެސް އެދެލޯވަނީ ރަތްވެފައެވެ. އަދި މޫނުމަތިވަނީ ދުޅަވެފައެވެ. ދެމީހުންގެ ދޭތެރޭގައި ހިމޭންކަމުގެ ވަގުތުކޮޅެއް ހިނގާ ދިޔައެވެ. ނަމަވެސް އެހިމޭންކަން މާގިނައިރު ބާއްވާކަށް ސާރާ ގަސްތެއް ނުކުރިއެވެ.
ހުރިހާ ކަމެއްގައިވެސް ﷲގެ ކުޅަދުންވަންތަކަން ހާދަ ބޮޑޭދޯ؟ މައިމީހާއަށް އެކުރެވޭ އިހްސާސްތަކަށް ވިސްނާލަބަލަ. ދަރިންނަށްޓަކައި މައިމީހާގެ ހިތުގައި ﷲ އެ އިހްސާސްތައް ނުލެއްވިނަމަ މައިމީހާގެ ފަރާތުން ދަރިންނަށް ލިބިދެވޭ އެ ލޯބި ނުލިބޭނެ ވިއްޔަ. އެ ލޯތްބަކީ އެއީ ހާދަ އަގުބޮޑު ލޯތްބެކޭ. ހާދަބޮޑު ނިޢުމަތެކޭ. މައިމީހާ ދަރިންދެކެއެވާ ލޯތްބަކީ އެހެން އެއްވެސް ހިތެއްގައި އަށަ ގަންނާނެ އެއްޗެއް ނޫންވިއްޔަ. އެ ލޯތްބަކީ އެއްވެސް ޝަރުތަކާއި ނުލާ ވެވޭ ލޯތްބެއް. ދަރިންގެ ކިބައިން އެއްވެސް އެއްޗެއް، އެއްވެސް ކަމެއް ބަދަލުގައި ނުލިބުނު ނަމަވެސް އެވާ ލޯތްބަކަށް އުނިކަމެއް ނާދޭ. އަދި އޭގެ ބަދަލުގައި ދަރިންނަށް އަންގަވާފައި އެވަނީ ބައްޕައަށްވުރެވެސް ތިންގުނަ މަންމަ މަތިވެރިކުރަން. އެގޮތުން އެވަނީ މައިމީހާގެ ކުރިމަތީގައި ޗުއްޕުވެސް ނުބުނަން އަންގަވާފަ. އެހާވެސް މަތީ ޤަދަރެއް މަންމަ އަށް ދެވިފައިއެވަނީ. ކަމަކަށް ގެއްލިފަ އިން ގޮތަކަށް ކުރިމަތީގައިވާ މޫދައް ބަލަހައްޓައިގެން އިނދެ ސާރާ ވާހަކަދެއްކިއެވެ.
އެހެންވީމަ މައިމީހާ އަބަދުވެސް ދަރިންގެ ކިބައިން އެ މަތީ މަޤާމަށް އެދޭނެދޯ؟ މަންމަގެ ހިތުން އަބަދުވެސް އެދެމުންދާނީ އެ މަންމަ އަށް އެ މަޤާމު ލިބުމަށްއެދިދޯ؟ ސާރާ އެނގެން ބޭނުންވާފަދައަކުން އެދައްތައަށް ބަލާލައިފާ ސުވާލުކޮށްލިއެވެ. އެދައްތަ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެހެންވެއްޖެއްޔާ މާތް ﷲ ވެސް އަހަރެމެން ކިބައިން ހާދަ އުންމީދެއް ކުރާނެއޭ. ސާރާ އިސްދަށަށް ޖަހާލަމުން އެހެންބުނިއިރު ހިތާމައިގެ އަސަރު އެ މޫނުމަތިން ފެނުނެވެ. ނަމަވެސް ސާރާ އެބުނީ ކީކޭ ކަމެއް އެ ދައްތައަކަށް ފަހުމެއް ނުވިޔެވެ. އަދި އެ ދައްތަގެ ހިތާމަތަކާ އެ ބުނި އެއްޗަކާއި އޮތްގުޅުމެއްވެސް ނުވިސްނުނެވެ. އެހެންކަމުން ހައިރާންވެފައި ސާރާއަށް ބަލާލާފައި ތިބުނީ ކީކޭހޭ އަހާލިއެވެ.
އަހަރެން ބުނަންމިއުޅެނީ އެކަލާނގެ އޯގާވަންތަ ވާހަކަ. ނިކަށް ވިސްނާލަބަލަ. މި ދުނިޔެއާއި ދުނިޔޭގައި ވާހާ އެއްޗެއްގެ ވެރި ރަސްކަލާނގެ އެއީ. އެކަލާނގެއީ އެންމެ ބާރުގަދަވެސް ރަސްކަލާނގެ. އެކަލާނގެ ބާރުގެ ދަށުން މި ދުނިޔެ އުފައްދަވާ އަހަރެމެން މިތަނުގައި ލެއްވެވީ ހަމައެކަނި އެކަލާނގެ އަށް އަޅުކަން ކުރަން. މައިމީހާއަށް އެހާ ބޮޑު ޤަދަރެއް ދެއްވަވާ އެގޮތުގައި ހެއްދެވީވެސް އެކަލާނގެ. ނަމަވެސް މައިމީހާއަށްވުރެވެސް އެތައްގުނައެއް އޯގާވަންތަ އަދި މައިމީހާއަށްވުރެވެސް އެތައް ގުނަޔަކަށް އެކަލާނގެ އަޅުތަކުންދެކެ ލޯބިވާކަން އަންގަވާފައިވޭ. ވީހިނދު މައިމީހާއަށްވުރެވެސް އެކަލާނގެ މަތިވެރި ކުރުމަކީ އަހަރެމެންނަށް ވާޖިބުވާނެކަމެއްތާ. އެހެންވީއިރު މައިމީހާ ދަރީންގެ ލޯތްބަށް އެދޭ ފަދައިން އެކަލާނގެ، އެކަލާނގެ އަޅުތަކުންގެ ފަރާތުންވެސް އެތައް ކަމަކަށް މައިމީހާއަށްވުރެ މާބޮޑަށް އުންމީދުކުރާނެތާއޭ.
އެކަމަކު އަހަރެމެންނަށް މިކުރެވެނީ ކީއް؟ ހަމައެކަނި ފަސްވަގުތު ނަމާދު އެންމެ ބޮޑުވެގެންވެސް ގިނަ މީހުންނަށް ވާވަރަކީ. އަނެއްބަޔަކަށް އެވަރެއްވެސް ނުވޭ. އެކަލާނގެ އެންގެވި އެއްވެސް ކަމެއް ނުކޮށް، ހަރާމްކުރެއްވި އެތައް ކަމެއް ކުރާއިރުވެސް އެކަލާނގެ އޯގާވަންތަކަމުން ނޫންތަ އަހަރެމެން ދުނިޔޭގަ މިތެބެނީ؟ ދައްތަގެ ދަރީން ދައްތަގެ ބަސްނާހާ، ދައްތައަށް އިޚްތިރާމް ކުޑަކުރާހިނދު، އެތަން ދެކެން ދައްތަ އަށް ކެތް ނުވެގެން ތިއުޅެނީ. އެކަލާނގެ ކިހާ ކެތްތެރި. މިއޮށް އެންމެން ފާފަ ކުރާއިރުވެސް އެކަން ދެނެވޮޑިގެންވާ ހާލު މި އެންމެންގެ ފާފަތައް ފުއްސެވުމަށް ރެޔާއި ދުވާލު ވޮޑިގެންވަނީ. އެކަލާނގެ އަޅުތަކުންނާމެދު އުންމީދު ކަނޑާލާ ފާފަކުރަމުން އެކަލާނގެ އެންގެވިމަގުން ނުހިނގާ އެންމެންނަށް ވަގުތުން އަޒާބުގެ ރަހަ ދެއްވުމުގެ ބާރު ލިބިވޮޑިގެންވާ ހިނދުވެސް، ތައުބާވުމަށް އަންގަވަނީ. މިއިން އެކަލާނގެ އޯގާވަންތަކުމުގައި ވަކި މިންވަރެއް ނެތްކަން ސާބިތު ވެއެއްނޫންތަ؟.
ދައްތަ ދައްތަގެ ދަރީން ބުނިހާކަމެއް އެކުދީންގެ އުފަލަށްޓަކައި ކުރާނަންތަ؟ ސާރާ އަނެއްކާވެސް ކޮށްލީ ސުވާލެކެވެ. އެ ދައްތަ އާނއެކޭ ބުނުމުގެ ގޮތުން އިސްޖަހާލިއެވެ. އަދި އިތުރު ކޮށްލިއެވެ. ގޯސްކަމެއް ނޫނިއްޔާ ބުނި ކަމެއް ކޮށްނުދީ މިހިތަކަށް ހަމަޖެހުމެއް ނުލިބޭ. އެހެންކަމަށްވާނަމަ ދައްތަ އެދޭކަމެއް ދައްތަގެ އުފަން މަންމައަށްވުރެވެސް ދައްތަދެކެ އެތައް ގުނަޔަކަށް ލޯބިވެވޮޑިގެންވާ ރަސްކަލާންގެ ނުކޮށްދޭނެކަމަށް ދައްތައަށް ހީވަނީތަ؟ އަނެއްކާވެސް ސާރާ ކޮށްލީ ސުވާލެކެވެ. އެދައްތަ އަށް އެއްޗެއް ވިސްނައިދޭން އުޅޭފަދައަކުންނެވެ.
ސާރާ ވިސްނައިދޭން އެއުޅޭކަމެއް އެދައްތަ އަށް ފަހުމްވީދެނެވެ. އެވަގުތު ހިތައް ކުރެވުނު އިހްސާސަކުން އިސްދަށަށް ޖަހާލެވުނީ ކުއްވެރިއެއްފަދައިންނެވެ. އެކަލާނގެ މިދުނިޔޭގައިވާހާ ކަމެއް ދެނެވޮޑިގެންވޭ. މިތިބަ އުޅޭ ކުޑަކުޑަ ހިނިތަކުން ފެށިގެން އެހަރަ ގަހުން ވެއްޓޭ ފަތައްދަންދެން. ވީމާ އެކަލާނގެ އިންސާނުން އެހެން ހުރިހާ އެއްޗަކަށްވުރެ މާތް ކުރައްވާފައިވާހިނދު ތިހިތުގެ އުދާސްތައް، ރިހުންތައް އެކަލާނގެ ދެނެވޮޑިގެންނުވާ ކަމަށް ޤަބޫލުކުރާކަށް ނުވާނެއްނު. އެކަލާނގެއީ އެންމެ އަދުލުވަންތަ ކަލާނގެއަށް ވީ ހިނދު އެކަލާނގެ ދައްތަގެ ކަންތައްތަކުގައި އަދުލު ނުވާނެޔޭ ހިތައްއަރުވާކަށް ނުވާނެއްނު. އެކަލާނގެ އެއީ ހުރިހާކަމެއްގެ ހިސާބު ބައްލަވާ ކަލާނގެ. ހުރިހާ ކަމެއްގެ ޚަބަރު އެކަލާނގެ ދެނެވޮޑިގެންވޭ. ސާރާއަށްވެސް މިފަހަރު ވާހަކަދެއްކުނީ ރޮވިފައިވާ ގޮތަކަށް އަޑުކުރަކިވަމުންނެވެ.
ދައްތަވެސްތީ އިރެއްގައި ކުޑަކުޑަ ކުއްޖެއް. ބޮޑުވެ ފުރާފުރިހަމަވުމުން މީހަކާއިނދެ ދަރިންލިބިފައިވޭ. އެންމެ ކުޑަ އިރުން ފެށިގެން މިއަދާ ހަމައަށް ވިސްނާލަބަލަ. ދައްތައަށް އެއްވެސް އުފަލެއް ލިބިފައިނުވޭތަ؟ މައިންބަފައިންގެ ލޯބި. މީހަކާ އިނުމުގެ އުފާ. މަޔަކަށްވުމުގެ އުފާ. މިހެންގޮސް އެތައް ކަމެއް. ނޫނީ ދައްތަ ފެށުނީންސުރެ އުޅުނީ ހަމަ ތިހާ ހިތާމައިގައިތަ؟ އަނެއްކާވެސް ސާރާ ސުވާލު ކުރިއެވެ. އެ ދައްތަ ލޮލަށް ކަރުނަ ޖަމާވަމުން ދިޔަހިނދު ނޫނެކޭ ބުނުމަށް ބޯ ހޫރާލީ އިސްތަށަށް ޖަހައިން އިނދެގެންނެވެ. ދެން އެހެންވީއިރު ބުނެދީބަލަ. ދައްތަ މިއޮށް ހުރިހާ ދުވަހު އުޅުނީ މުޅިންވެސް އުފަލުގަތަ؟ ހިތާމައާއި އުފާވެރިކަން އެކި ހިނދުގައި ނާދޭތަ؟ ސާރާ ސުވާލު ކުރަމުން ދިޔައީ މަޑުމައިތިރި އޯގާތެރި ރާގެއްގައެވެ. ނަމަވެސް މިފަހަރު އެ ސުވާލަށް ލިބުނީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. އިސްދަށަށް ޖަހާލައިގެން އެ ދައްތަ އިން އިރު ހީވަނީ ދޭނެ ޖަވާބެއް ނޭނގުނީހެންނެވެ.
ދުވާލުގެ އަލިކަން ރޭގަނޑުން ވަކިވެގެންދާ ފަދައިން ހިތާމަވެސް އުފާވެރިކަމުން ނިމެއެއްނު. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާ ހިނދު ކެތްތެރި ނުވާންވީ ސަބަބެއް ނެތެއްނު. ޤިޔާމަތްދުވަހުން، ހުރިހާ ކަމެއްގެ ހިސާބު ބައްލަވާ ދުވަހުން ދައްތައަށް ސުވަރުގޭގެ އުފާވެރިކަން ލިބުނީ މިއަދު ތިވާ ކެތްތެރިކަމުންކަން އެނގޭހިނދު ތިވޭނާއި އުނދަގުލާއި އަދި ހިތްދަތިކަމުގެ ޝަކުވާ ދެންވެސް ކުރާނެތަ؟
ދައްތާ! އަހަރެން މިބުނަނީ ދައްތަގެ ދަރީންގެ އަމަލުތައް މަތީން ހަނދާން ނައްތާލާށެކޭ ނޫން. މަންމަޔަކަށް ވާހިނދު އެ ދަރިންގެ މައްޗައް ދައްތައަށް މަޤާމެއްވޭ. އެކުދިންނަށް ނަސޭހަތްދީ، ދައްތަގެ އުދާސްތައް ކިޔައިދީ މައްސަލަ ހައްލުކުރެވޭތޯ ބަލަން ޖެހޭނެ. ﷲ ކެތްތެރިވުމަށް އަންގަވަނީ ލިބޭހާ އަނިޔާއަކަށް ބަސްނުބުނެ، އެކަން ތަހައްމަލް ކުރާށޭ ބުނާފަދައަކުންނޫން. އެމީހަކަށް ކުރެވޭކަމެއް އެކަން ހައްލު ކުރަން ކުރަންޖެހޭނެ. ނުކުރެވޭ ކަންތައްތައް ހުރިހާ ކަމަކަށް ކުޅަދުންވަންތަ ﷲ ކިބައިން އެދެން އަންގަވާފައިވަނީ. އަދި އެކަލާނގެ އެކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި، އެންމެ ރަނގަޅު ވަގުތު ދައްތައަށް ފަހި ކޮށްދެއްވާނެ. އެކަލާނގެއަށް ފުރިހަމަ އިތުބާރަކުން އިތުބާރުކުރަންޖެހޭނެ.
ދައްތަ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ﷲ ގެ މަޤާމާއި، އެކަލާނގެ މަތިވެރިކަން ހަނދާން ނެތިގެން ދިޔަ ފަދައިން ދައްތަގެ ދަރީންނަށްވެސް ދައްތަގެ މަޤާމާއި، ދައްތައަށް އަދާ ކުރަންޖެހޭ ވާޖިބުތައް ހަނދާން ނެތުން އެއީ ވެދާނެކަމެއްކަމަށް ދައްތަ ޤަބޫލު ކުރަންތަ؟ ސާރާ މިފަހަރު ސުވާލުކުރީ ސީދާ އެ ދައްތަގެ ދެލޮލަށް ބަލަހައްޓައިގެން ހުރެއެވެ. ސާރާ އެ ދެއްކި ވާހަކަތައް އެ ދައްތައަށް ރަނގަޅަށް ނަގައިގަނެ ވިއްޖެތޯ ބަލަންބޭނުންވާ ފަދައެވެ. އެ ދައްތަ އާއެކޭ ބުނުމަށް ބޯ ޖަހާލި އިރު މިހާރު އެ މޫނުމަތީގައިވާ ހިތާމައިގެ އަސަރު ނެތިގޮސްފައިވެއެވެ. ނަމަވެސް އެކަންކަމާ ފިކުރު ކުރަމުންދާހެން ހީވެއެވެ.
…………………………………….
އައްސަލާމް އަލައިކުމް!
މިއަދުގެ ޕާޓް މިގެނެވުނީ ތަންކޮޅެއް ކުރުކޮށް. ނަމަވެސް މިހިސާބުން ނިންމާލަން ގަސްތުކުރީ ވަގުތުގެ ދަތިކަމުން. އެކަމަށް މާފަށް އެދެން. އަދި ދެންއޮތް ޕާޓަށް އިންތިޒާރުކުރާނެ ކަމަށް އުންމީދުކުރަން. މިޕާޓް ކުރުނަމަވެސް މިއިން ފޯރުކޮށްދޭން މަސައްކަތްކުރި މެސެޖް ފުރިހަމަގޮތުގައި ފޯރުކޮށްދެވިއްޖެ ކަމަށް އުންމީދުކުރަން. އަދި މަތީގައި ދެކެވިފައިއެވާ ވާހަކަތަކަށް އިތުރު ބާރެއް ދިނުމުގެ ގޮތުން އެޔާއި ގުޅޭ ޤުރުއާނުގެ ބައެއް އާޔަތްތަކުގެ މާނަ ތިރީގައި ހިމަނާލީމެވެ. ﷲ ތި އެންމެންނަށް ރަޙްމަތް ލައްވާށި.
“އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ދެއްވާފައިވާ އެއްޗެއްގެ މިންވަރަށް މެނުވީ، ﷲ ތަކުލީފެއް ނުޖައްސަވައެވެ. ދަތިކަމަކަށްފަހު، ފަސޭހަކަމެއް ﷲ ލައްވާހުއްޓެވެ.” (65:7)
“އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމް ކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރު ކުރާށެވެ! އަދި ނުބައި ކަންތައް ނަހީ ކުރާށެވެ! ތިބާޔަށްޖެހޭ މުސީބާތައް ކެތްކުރާށެވެ.” (31:17)
“އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކުގައެވެ.” (8:46)
“އެއުރެންނަށް ކަލޭގެފާނު އޯގާވެރިވެ ވަޑައިގަތީ، ﷲގެ ހަޟްރަތުންލެއްވި ރަޙުމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި ޚުލްޤުނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނުވިނަމަ، ކަލޭގެފާނުގެ އަރިހުން އެއުރެން ވަކިވެގެން ހިނގައްޖެއީހެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު އަފޫ ކުރައްވާށެވެ! އަދި އެއުރެންނަށް ފާފަފުއްސެވުން އެދި ދަންނަވާށެވެ! އަދި ކަންކަމުގައި ކަލޭގެފާނު އެއުރެންނާ މަޝްވަރާކުރައްވާށެވެ! ފަހެ، ކަމަކާމެދު ކަލޭގެފާނު އަޒުމް ކަނޑައަޅުއްވައިފިނަމަ ފަހެ، ކަލޭގެފާނު ﷲއަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން ވަކީލު ކުރައްވާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.” (3:159)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




v v v v v ves furihama haadha aguhuri vaaHaka kolhekek thikahala iburathun furigen vaa ginavaahakathah misaitun fenigen dhiumakii kurevey v v v v v ves bodhu ummiidheh
Jazaak Allah Khair. Alhuganduves kuraa unmeedheh thee.. Iraadha kurehviyyaa fennaane.
maasha allaah.. allah thibaa thikuraa masakkathuga barakaaiy lavvaashi..
Jazaak Allah Khair
Varah reethi .masha allah.abadhuves mikahala reethi vaahaka ah ummydhu kurevey.
جزاك الله خيرا و بارك لك فيك
Wa iyak, wa feek.
Ramazan Mubarak. Masha Allah varah reethi! May Allah bless you!!! ???
Ramazan Mubarik. Thibaa ah ves Allahge heyo rahumaih lavvaashi. 🙂
Maasha allah v iburaytheri vaahaka kolheh. Jazaakallah khaira n ramazan mubaarak to oll
Wa iyak & Ramazan Mubarik to u also.
Rovijje kiyaa nimunu iru.. adhi baeh meehun vissnan jehey vaahaka akiy, thimaage mamma ah kiyamanvumuge kurin thimaage rabb ah kiyamanvaan jeheykan..
Yes. Aee v muhimmu enmenahves engenjehey kameh. Allah ah kiyamanve, biruvethivaa myhakah mamma ah ihaanethikoh hithaakah nukereyne. Jazaak Allah Khair