” ދެންހެވޭ.. ތިކަން އެނގޭ އަހަންނަށްވެސް.. ބޭނުންވީ އެއައިޝާ ލަދުގަންނަވާލަން.. އެކަން ބަރާބަރަށްވެއްޖެ.. ކަލޭމެންނަށް ވަރަށް ޝުކުރު.. ދެން ހިނގާދާން ކާން.. މިހާރު އޭނަ ގޮސްދާނެ” ހަބީބާ އޭނާގެ ރައްޓެހިން ގޮވައިގެން އަނެއްކާވެސް ކާމޭޒު ކައިރިއަށް ދިޔައެވެ. އަދި މާޝައަށް ގޮވާލަމުން ރިހަ އެޅިފަހުރިތަން ސާފުކުރުމަށް ބުނެލިއެވެ. ގެއަށް ވަދެވުމާއެކު އައިޝާއަށް ބާރަށް ރޮވެން ފެށުނެވެ. އަަބދުވެސް އައިޝާ ހީކުރަމުން ދިޔައީ މަންމައެއްގެ ފަރާތުން ނުލިބުނު ލޯބި މައިދައިތަގެ ފަރާތުން ލިބޭނެ ކަމަށެވެ. ނަމަވެސް ހަބީބާ އާއި […]
ެ. އެތެރެއަށް ބޯދިއްކޮށްލުމާއެކު ފެނުނު މަންޒަރުން އައިޝާ ނޭވާ ހުއްޓުނު ކަހަލައެވެ. އަޑު ނެތްތާކަށް ގޮވާލެވުނީ ހުޝާމްއަށެވެ. އައިޝާގެ އަޑުއިވިފައި ހުޝާމް އައިކޮޅަށް ދުއްވައިގަތެވެ. ލޫޝާ ކޮޓަރިއަށް ދެވުނު އިރު ޓައިލްސްތައް މައްޗަށް ވެއްޓިފައި އޮތް ލޫޝާގެ ބޯ އައިޝާ އޭނާގެ އުނގަށް ލަނީއެވެ. އައިޝާ ލޫޝާއަށް ގޮވަންފެށިއެވެ. ހުޝާމްވެސް އަވަހަށް ފެންތައްޓެއް ހިފައިގެން އައިސް ލޫޝާގެ މޫނުގައި ކާތަމުން ގޮވަންފެށިއެވެ. ބިރުވެރިކަން އިތުރުވެގެން ދިޔައީ ލޫޝާ ލޯހުޅުވާލުމަށްފަހު އަނެއްކާވެސް ހޭނެތުމުންނެވެ.އެވަގުތު ލޫޝާގެ ނޭފަތުން ގިނަ އަދަދަކަށް […]
“ޒާން!!!” އައިމަނަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ. އެ ހިނދު އަޒާން ސައިކަލު މަތިން އެއްލިގެން ގޮސް ތާރު މަގުގެ އަނެއްފަޅީގައި ޖެހި އޭނަގެ ސައިކަލު ބިންމައްޗަށް ވެއްޓުނީއެވެ. ލޮލުން ފެނުނު މަންޒަރު ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި އައިމަނަށް ހުރިތާ ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެތަނަށް މީހުން އެއްވާން ފެށުމުން އޭނައަށް ވެސް ފަޔަށް ލެވުނުހާ ބާރަކާއެކީ އެ ދިމާލަށް ދުއްވައިގަނެވުނެވެ. އޭނަގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައިރު ލޮލަށް ކަރުނަތައް ޖަމާވާން ފެށީ […]
އިރުކޮޅަކުން ދޮރު ހޫޅުވާލާފައި ވަން އީޝަލްފެނުމާއެކު ނީމާއާށް އިންތަނުން ތެދުވެވުނެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅުވެސް މަޑިޖެހވުނީ އީޝަލްގެ މޫނުމަތީގައިވާ ޒަހަމްތައް ފެނުމުންނެވެ. އަޅައިގެން ހުރި ބޮޑު ބުރުގާގެ ކަންގަނޑުވެސް ވަނީ ވީދައިގެން ގޮސްފައެވެ. ހާރޫނު ދަރިފުޅާއޭ ގޮވާލުމާއެކު އީޝަލްއަށް އަޑުން އަޑުން ނަގާފައި ރޯންފެށުނެވެ. ނީމާ ބާރަށް ހިނގާފައި ގޮސް އީޝަލް ގައިގާ ބައްދައިގަތެވެ. އަދި ކެތްތެރިވުމަށް ނަސޭހަތްތެރި ވިއެވެ. ނަމަވެސް އީޝަލްއަށް ރުއިން ހުއްޓޭނެ ގޮތެއް ނުވިއެވެ. އީޝަލްގެ އެރުއިން އިވި ހަރޫނުވެސް ހިތްވަރު […]
ހުޝާމް ފޭބުމަށް ފަހު އެތެރެއަށް އަތްދިއްކޮލުމުން ހުޝާމް އަތުގައި ހިފާފައި ފޭބީ ލޫޝާއެވެ. ފޭބިއިރުވެސް ލޫޝާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. ނަމަވެސް އޭރު އައިޝާއަށް ފެނުނު ލޫޝާއާއި މިހާރު ފެންނަން ހުރި ލޫޝާގެ ތަފާތު ފެނުމުން އައިޝާގެ ހިތުގައި ރިއްސާލިއެވެ. ލޫޝާ ވަނީ ހކި އަނަރޫފަވެފައެވެ. ދެލޯކައިރި ކަޅުވެ ވަޅުވަދެފައެވެ. މީހާ ވަނީ ހުދުކަފަކޮޅަކަށް ވެފައެވެ. ވަކި ހިސާބަކަށް ހުޝާމްއާއި އެކު އައުމަށްފަހު އެއަތުން ދޫކޮށްލަމުން މަޑުމަޑުން ހިނގާލާފައި ގޮސް އައިޝާގެ އަނެއްފަރާތުން ކައިރީގައި ހުއްޓުނެވެ. “ވަރަށް ހާސްވެފަތަ […]
“ޒުހުރާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ދަރިންނަށް ޝައްކުކުރަން ވާނީ ވެސް ވަކިވަރަކަށް. ޝިޔާ މިހާތަނަށް އައިއިރު ދުވަހަކުވެސް އަހަރުމެން ލަދުގަންނަވާލާ ފަދަ ކަމެއްކޮށްފަވޭތަ؟ ނުވޭ! ވީއިރު ޝިޔާގެ ބޮލުގަ އިލްޒާމް އެޅުވުމުގެ އެއްވެސް ޙައްޤެއް އަހަރުމެންނަކަށް ނެތް!” ނާސިރު ހަރު އަޑުން އަންގާލިއެވެ. ނާސިރު ފުރަތަމަ ފަހަރަށް ގޭގެ ތެރޭގައި އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޒުހުރާއާއި ޝިޔާވެސް ހުއްޓުމަކަށްއައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނާސިރު ޝިޔާގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ. “ދަރިފުޅާ……މަންމައާއި ބައްޕައަށް […]
” ކޮބާ ދަރިފުޅު ވަކި ގޮތެއް ނިންމައިފިންތަ” ހާރޫނު ސުވާލުކޮށްލިއެވެ. އެވަގުތު އައިޝާގެ ދެލޯ ހަނިވެގެން ދިއުމުން ހީލީކަން ހާރޫނަށް އެނގުނެވެ. ” ދަރިފުޅު އެއްބަސްތަ” އައިޝާއަށް ބުނަން ނުކެރޭނެކަން އެނގުމުން ހާރޫނު އަހާލިއެވެ. އައިޝާ އިސްޖަހާލަމުން އާއެކޭ ބުނެލިއެވެ. “އަލްހަމްދުލިﷲ.. ދެން ލަހެއް ނުވެ ބައްޕަގެ ދެދަރިންގެ ކައިވެނި ކުރެވިދާނެ” ހާރޫނުގެ ޖުމްލައިން އައިޝާ ސުވާލުގެ ނަަޒަރަކުން ހާރޫނަށް ބަލާލިއެވެ. ސައިހަދަން ހުރި ނީމާވެސް ހަމަ އެކަހަކަ ބެލުމަކުން ބަލާލިއެވެ. ” ނީމާ އަހަރުމެންގެ ފިރިހެން […]
“އައިމަން؟” ދޮރުމަތިން ފެނުނު މީހަކުން ވިސާމަށް ޙައިރާންކަމެއް ލިބުނެވެ. ދޮރު ރަނގަޅަށް ހުޅުވާލި ވަގުތު އޭނަގެ ކައިރީގައި އަޒާން ވެސް ހުރިތަން ފެނިފައި ވިސާމަށް އެ ނަން ވެސް ކިޔާލެވުނެވެ. “ހެހެ….ހާދަ ނުގަޑިއެއްގަ؟ އަވަހަށް ވަދޭ!” އެމީހުން ދޮރުމަތީގައި ބައިތިއްބާފައި އެތައް ސުވާލެއް ކުރަން ހިތަށް އެރިއެއްކަމަކު މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ވިސާމް އެމީހުން އެތެރެއަށް ވެއްދިއެވެ. “މިއޮތް އައީ މިޝީގެ ޒޯންބެއާ އައިމަންބެ، ދޯ؟ ހެހެ…..ސައިބޮއިގެންތަ ދެކުދިން އައީ؟” ޝަފަޤް މިޝްކާގާތު […]
ސޯފާގައި ހާރޫނު ކައިރީއިން މީހާ ފެނި އައިޝާއަށް ފަހަތަށް ޖެހެވުނެވެ. އީޝަލްވެސް ދެލޯ ބޮޑުކޮށްލާފައި އައިޝާއަށް ބަލާލީ ގަބޫލުނުކުރެވިގެންނެވެ. އެދެމީހުންނަށް ވީގޮތް ފެނި ނީމާ ހައިރާންވިއެވެ. ކޮޓަރިއަށްވަދެ އެއީ ކާކުތޯ ސުވާލުކުރަންފެށިއެވެ. ނަމަވެސް އައިޝާއަށް ޖަވާބެއް ދެވުމުގެ ކުރިން ހާރޫނު ނީމާއަށް ގޮވާލުމުން ނީމާ އަވަސްވެގަތީ ހާރޫނު ގޮވިކަމެއް ބަލަން ދިއުމަށެވެ. ” އީޝޫ ދޮން ވަރަށް ބިރުގަނޭ އެބަ.. ހުޝާމް ކީއްކުރަން މިގެއަށް އައީ..” އައިޝާއަށް އަދިވެސް ހުރެވުނީ މޭގައި ހިފަހައްޓާލައިގެންނެވެ. އީޝަލް ބަހެއް ނުބުނެ […]