ހިތް ދިނީ އެކުގައި އުޅެން ލޯބިވީތީއޭ ހިތް އަލުން ދޭކަށް ނެތީމޭ ލޯބިވީތީއޭ އުމުރަށް ދިނަސް ވަސްއުކާ ޔާރު ދުވާނީ އުމުރުން ދާނީ ވަގުތޭ މިތާ ބޭކަރުވީއޭ ބަހަކުން ބަހެއް އިވި ދޭހޭ ވަފާތެރިކަންމަތީ ތެދު ތަދު ނުވާމީ އަނދިރީ ޒަމާނާއޭ ވަކިވުމުން މީ ކިހާދެން ވޭނީ އަސަރެއްހޭ ވަކިވިރޭ މިހިތަށް ލިބުން ތެދޭ ޒަޙަމުގައޭ ދޫނި އުދުހޭނޭ އުޙުރަވީ މީ ހަޔާތޭ ދޫނި ދަތުރު ކުރެއޭ ފޮނިބޮމުން އާއޭ ވަޢުދު ފުއްދޭނީ އަޙުދު ލޯބިން […]
މަތިވެރިވީ ދޭހުން ލިބިފައިވީ މީ ނިޢުމަތެކޭ މައިން ބަފައިން ބެލުމުގެ މާތް ނިޢުމަތެކޭ ރަންމުތަކަސް ވަކިކޮށް މީ ނުކިރޭނެ ލޮތްބެއްދީ ރަން މިރަނަށް ހަދައިދިން މޮޅުވި ޖަވާހިރެކޭ އިސްލާމީ ހިދާޔަތު ބުނެދޭން އިސްކަމެއްދީ އިސްވެ ބުނީ މިސްކީނުން،ފަޤީރުން ރަޙުމަތެކޭ ރިވެތި ހުލްޤުން އުޅެން މިތާ މަގުކޮށައިދީ ރިވެތިކަމާއެކު ބުނެދިން އެއްވަނަ ހަމަ ނޫރެކޭ ބަލިވެ މުސްކުޅި ހާލުގައި ވާނަމަ ހައްޤުދީ ބަރިބަރިއަށް ދުވެ ނަގަމުން ފުމުނަސް އުފަލެކޭ ނުރުހޭހެން ރުޅިދައްކާ އަޅައިނުލައި ބަސްދީ ނުރުހުނަކަސް މައިން ބެލުން […]
ތެޅެމުން ފޮޅެމުން އުޅުނު ނަޒާން ފެނި އޭނާއަށް ހިނިއާދެވުނެވެ. ހީވަނީ އާ ކަމެއް ކުރާހެންއެވެ. “އަޝްބާ: ހީވަނީ އަލަށް ކޯޓެއް ލާހެން. އަބަދު ލައިގެން އުޅޭއިރު ވެސް” އަޝްބާ ހެމުން ހެމުން ސަމާސާ ކޮށްލިއެވެ. “ނަޒާން: ދެން ވެސް މި ރަނގަޅު ކޮށްލަބަލަ. ފަހުންވެސް ހެވޭނެ.” އާދޭހުގެ ބެލުމަށް ނާޒާން ބަލާލިއެވެ. އެ ބެލުމުގެ އަސަރުގައި ޖެހިވެސް އެކަން ކޮށްނުދޭނީ ކާކު ހެއްޔެވެ؟ ކަރުގައި ފަށް ދެ އަތުގައި ގަހަނައަޅައި ހަދައިގެން ގަޔަށް އަޝް […]
އުފަލަކަށްފަހު އުފަލެކެވެ. ސާއިލުވެސް ބައްޕައަކަށް ވަނީއެވެ. ސިރުހާގެ ބަނޑަށް މިހާރު ތިންމަސް ވަނީއެވެ. އައްޑޫގައި ދިރިއުޅެމުން ދިޔަ ސައިނާވެސް އަލަތު ކައިވެންޏާ އެކު މާލެ ބަދަލުވެއްޖެއެވެ. ރޭޕް އާއި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ސުމާމު މިނިވަންވިއޭ ކިޔާ އަޑުތައްވެސް އިވެއެވެ. އެކަނިވެރިކަން ނޫނީ ބާސިލުގެ ހަޔާތުގައި ނެތްފަދައެވެ. އެއް އުމުރުފުރާގެ ހުރިހާ ކުދިންހެން މީހުންނާއި އިނދެ ދަރިން ހޯދީއެވެ. އުޅެވުނު ވިޔާ ނުދާ އުޅުމެއްގެ ސަބަބުން ދިރިއުޅުމެއް ފެއްޓޭ ގޮތްނުވީއެވެ. ދެރަ ދެވުނު ކުދިންގެ އަދަދު ދެއަތުން […]
ވަރަށް ދުވަސްކޮށްލާފައި، މިގޮތަށް ބައްދަލުވެ، ހިތުގެ އުދާސްތައް ޅެން ބައިތުތަަކަކުން ބޭރުކޮށްލެވުމުން ހިތްތަކަށް ކުޑަ ލުޔެއް ލިބުނެވެ. ނަމަވެސް، އެއީ އަޝްބާއާއި ނަޒާނަށް ވަގުތީ ފިނިކަމެއްފަދައެވެ. މާދަމާ އިރުއަރާއިރު ވާނެ ގޮތެއް ނޭނގެއެވެ. ކުރިމަތިލާން ޖެހޭނެ ކޮން ހަޤީޤަތަކާއި ކަމެއްވެސް ނޭނގެއެވެ. ހަގީގަތެއް ވިއްޔާ މާ ބޮޑުވާނެއެވެ. ދުނިޔޭގެ އާދައަކީ އެއެވެ. އެންމެން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އަނެއްކާވެސް އަޝްބާ އެކަނިވީއެވެ. އޭނާ ބެލްކަންޏަށް ނިކުމެލިއެވެ. ބޭރު ބަލާލިއެވެ. ހުޅުދާންވެފައި އޮތް އުޑަށް ބަލާލިއެވެ. ދަންވަރުގެ […]
” ނިމިދިޔަ ބައިން ހަނދާން އާކޮށްލަމުން ” ކޮއްކޮ ދެކެ އޭނަ ފުރާނަ ފަދައިން ލޯބިވާ އަޝްބާ ލޯބިވިކަން ހާމަވެއްޖެވެ. އެކަން އެހާމަ ކޮށްލީ ހުދު އަޝްބާގެ ދުލުންނެވެ. އެހާ ފަސޭހައިން އޭނާގެ ލޯބި ހާސިލުނުވެގެން އުޅޭ ސަބަބަކީ އެޔެވެ. އިއްތިފާޤަކުން ޖަޒުބާތުގައި ޖެހި ދެކެވުނު ވާހަކައެއްގެ ތެރޭ ބުނެވުނީ އެވެ. ބުނެވޭ ބަހެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ދުލުން ބުނެވުމަށްފަހު އަނބުރައި ނުއެއް ގެންދެވޭނެއެވެ. ނަޒާންއަށް ހުރިހާ ހަޤީޤަތެއް އެނގުނީއެވެ. ހަޤީޤަތާއި ކުރިމަތި ލުމުގެ […]
ދުނިޔޭގެ ދިރިއުޅުން ވަގުތީމި ދިރިއުޅުން ދުނިޔެވީ މި ކާއިނާތުން ފަނާވާނެ ދިރިއުޅުން ނެތި ރަޚަމު ދާނޭ ދިިރިހުރެ އެންމެން މިހިތުގެ ކުށެއް ކަމުން މީ ދުނިޔޭގެ ފަލްސަފުން ވަގުތާއި ހަލަތާއެކު ދާނޭ އެކީ ޒަމާންވެސް ކުރެވޭ ޤަބޫލު ފަނިވީ ހިތި ވީ ހަޤީޤަތުން އެކުގަވިޔަސް ދުރުގައިވިޔަސް ވަކިވާނޭ ހިތީ މިކަމުން ރެކޭނެ އެއްގޮތް ނެތޭ މި އާލަމުން ފެނި ފުރާނަދައި އިރެއްގައި ފޫހިވާމި ގޮތެއްގައި ފެނިފައި ޒުވާން މި ހިތްތައް ރޯލާނެ ހަޔާތުން އިހު ރަން ޒަމާނު […]
އަޝްބާ ބޯޖަހާލަމުން ފައިވާނަށް އެރިއެވެ. އެނދުމަތީ އޮތް ފޯނު އަތު ދަބަސް ތެރެއަށް ލައިގެން ދާން ނުކުތެވެ. ތިން އަންހެނުން މަޑު ހިނގުމެއްގައި ގޮސް މޫދާވީ ފަޅިއަށް ނިކުތެވެ. ވަކި ހިސާބަކުން ގަދަ އަޔެއް ލޮލުގައި އެޅެން ފެށިއެވެ. ކެއުން ހަދާފައި އޮތީ މަޑު ރީނދޫ ކޮޅެއް ފަދަ ހިމުން ވެލިގަނޑުގައެވެ. ރާޅު ޖަހާއި ހިތްގައިމު އަޑު މެދުނުކެނޑި އެތަނަށް އިވެމުން ދިޔައެވެ. ކައްކާފައި ހުރި ހޫނު ކާތަކެތި ހިފައި އައި ވަގުތު، މޭފުރި އުތުރި […]
ނަށަމުން ފުމެމުން ދުވަމުން ކުޑަ ކުއްޖަކުހެން އުޅެމުން ދިޔަ އަޝްބާގެ ހަރަކާތްތައް ޒުކާން ފޮރުވާލިއެވެ. އޭނާގެ އަތުގައި އޮތް ފަހުގެ ކެމެރާގައި ރައްކާކޮށްލިއެވެ. އެކި ވައްތަރުތަކަށް އަޝްބާ އެނބުރެމުން ދިޔައެވެ. “މޮޑެލް” ކުރާ ބީދައިންނެވެ. ފޭދިގެން ހިންގައްޖެޔޭ ހަނދާންތަކެއް މަގޭ ހިތުން، ހިތް އެދޭ ޕަރީ މިރޭ ދާދި ގާތުގައިވުމުން، ހިތް އަލުން ދިރިއްޖެޔޭ އިޝްޤުގައި ޖެހިއްޖެޔޭ، އިސްޖަހާ ލެވިއްޖެޔޭ ބީހިލާފާ ހީލުމުން ހޯއޯ އޯ، ހިމޭނުން އަހަންނަށް ކެތެއް ދެން ނުވާނޭ، ހިތަށް ވާގޮތެއް ނޭނގެޔޭ […]