އާއެކޭ ލޯބިވޭ… ފަސްދޮޅަސްވަނަބައި (އޮޅޭހައި ވައްތަރު ނަރުސްކުއްޖާ)
” މޮނިޓަރުން އަޑު ކިޔާލިއެވެ. ރޫހު ނެތް އެ ރީނދޫ ރޮނގުތައް، ވާހަކަ ދައްކަން ފެށިއެވެ. ދިވެހި ބަހުން މޮނިޓަރު ބުނި ކަހަލައެވެ.
” މޮނިޓަރ: ހިތުން ހަ ބްލޮކް ނެގިޔަސް… ހަ ހޮޅި ތިހުރީ ލައްވާފައޭ. ” ރަޚުމެތް އެ ބަސްތަކުގައި ނެތެވެ.
ހަޅޭއް ލަވައި ގެންފައި ދުއްވާއިގަންނަށްވީއޭވެސް ހުސީ ހިތަށް އެރިއެވެ. އަތުގައި އައިވީ ގުޅާފައި އޮތުމުން ދެވޭ ގޮތެއް ނުވިއެވެ. މެޝިނުތައް ވާހަކަ ދެއްކުމަކީ ބިރު ކުޑަ ކަމެއް ހެއްޔެވެ؟ ބޮކިތަކަށް ވާނެ ގޮތެއްވެސް ބުނާކަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ މީހެއްގެ ނޭވާވެސް ހުއްޓި ދާނެ ނޫން ހެއްޔެވެ؟
*******************************************************************
ސިހުމާގެ ހަޅޭކުގެ އަޑަށް ކޮޓަރީގެ ދޮރު ހުޅުވިއެއްޖެއެވެ. އެތެރެއަށް ވަނީ ނަރުސްކުއްޖެކެވެ.
އަލިކަން އަނބުރާ އިއާދަވެ، މޮނިޓަރު އާދައިގެ މިނުގައި ހިނގަން ފެށިއެވެ. އައިވީ ހޮޅީގެ ތެރެއިން ދިޔަ ކަޅު ކުލައިގެ ދިޔަތަކެއްވެސް ނެތެވެ.
” ނަރުސް: ކިހިނެއްވީ؟ ކަމެއް ބޭނުން ވީތަ. ހުވަފެނެއް ފެނުނިތަ؟” ނަރުސްކުއްޖާގެ ހައިރާން ކަމެއް ނެތެވެ. ކުރިމަތީ އެހެރީ މިލީހަމް ފަދަ އެވެ. ތަފާތެއްވެސް ނެތެވެ.
ހަން އޮމާން ދޮން މޫނު މައްޗެވެ. ފެހި ކުލައިގެ ޔުނީފޯމު ނިކަން ގުޅެއެވެ. ފިޔާތޮށި ކުލައިގެ ދެ ތުންފެން މާ ދުރަށް ފާހަގަ ވަމުންދިޔައެވެ. ލޫޅާފަތި ނަޔާ ބައްޓަށްމެއްގެ ވެރިއެކެވެ.
“ސިހުމާ: ކަމެއް ނުވޭ… މިލީތަ، މިލީހަމްދޯ ކިހިނެއް ގެއިން ނިކުމެވުނީ.” ސިހުމާގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ.
ނަރުސް ހިނިތުންވެލީއެވެ. ވަކި އެއްޗެއް ނުބުނެއެވެ. ސިހުމާގެ މޫނަށް ބަލަން ހުރީއެވެ. އެހެން ހުރެލާފައި ކައިރިއަށް ޖެހިލާއި އައިވީ ފުޅި ހުސްތޯ ބަލާލިއެވެ.
” ނަރުސް: ނޫން… މިލީ އެއްނޫން.. މަލާ، މަލާހާ؟” އެ އަޑުގައިވެސް އެއްގޮތް ކަމެއް ހުއްޓެވެ. ހީވަނީ މިލީހަމް ކުރިމަތީހުރެ ވާހަކަދައްކާ ހެންނެވެ.
ހަށީގައި ދައުރުވަމުން ދިޔަ ލޭ ގަނޑުވި ކަހަލައެވެ. އަތުގެ ހަރަކާތް ހުސްވިއެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. އޯގާތެރިކަމާއެކު ހިދުމަތް ދީފައި ބިރުނުގަތުމަށް ބުނެފައި ނިކުމެގެން މަލާހާ ދިޔައެވެ. މަލާހާ ދިޔަ ދިމާލަށް ބަލަން އޮއެވުނީ ކިހާ އިރަކު ކަމެއްވެސް ހުސީއަކަށް ނޭނގެއެވެ.
މުޅި ކޮޓަރިތެރެއަށް އަނެއްކާވެސް ފެތުރިގެން ދިޔައީ އުނދަގޫ ކަމެކެވެ. ކަންފަތަށް ތަދުވާހާއެވެ. އެކަމަކު މޮނިޓަރުގެ “ބީޕް” އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނީވެއެވެ.
ސިހުމާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. މޭމަތީގައި އަތްއަޅާލާފައި ނިތްކުރީގައި އަތް ޖައްސާލަފާނެވެ. އޮޕަރޭޝަންކުރި ތަނުން ތޫނު ދިލައެއް ނުފިލައި ހުރި ކަހަލައެވެ.
ނަމާދުކޮށްލަން ދިޔަ ފިރިކަލުން އަންނާނެ އިރެއް ނުބުނެއެވެ. ނިދާލާފަވެސް އަތުވެދާނެއެވެ. ރޭ ހަތަރުދަމުވެސް އިނީ ދަމަށެވެ.
ސިހުމާއަށް އެސްފިޔަޖަހާލަންވެސް ނޭނގި ބެލެނީ ހަމަ މަލާހާ ނިކުމެގެން ދިޔަ ދިމާލަށެވެ. އެ ދޮރަށެވެ.
ލެއްޕިގެންދިޔައިރު ބަންވެގެން ދިޔަ އަޑު، އަދިވެސް ނުފިލާ ހަރުލާފައިވި ކަހަލައެވެ. އެ ވަސް މުޅި ކޮޓަރީގައި ފެތުރިފައިވިއެވެ.
ވަމުންދާ ގޮތުން އެކަނިވާން ސިހުމާ އިންތިހާ ބިރުގަނެވެ. އެކި އެއްޗެހި އިންސާނުން ނެކޭ އެއްގޮތަށް ވާހަކަ ދައްކަނީއެވެ. މިއެދު ގަނޑު ކޮޅަށް ޖަހާވެސް ފާނެއެވެ.
ޚުބާބުގެ ހާލެއްވެސް ނޭނގެއެވެ. މިތާ އެ ދަރިވެސް ބާއްވާފައި ވެއްޖެއެވެ. ހުން ތިލަ ވެލި ކަމެއް އެނގޭނީވެސް ދެވިގެން ތާއެވެ. ބަތްޕެން ކޮޅެއް ހަދަލައިގެން ގެނެސް ގެނެސްދޭންވެސް ހުއްބާއަށް އެނގުންބާއެވެ؟
” ސިހުމާ: ހުއްބާ… ދަރިފުޅާ…” އެހެން އޮއްވައި ތަށި ބަރި ހިފައިގެން އެވަދުނީ ހުއްބާއެވެ. އަވަހަކަށް މަރެއްވެސް ނުވާނެއެވެ. ހިތަށް އަރުވާލީ އެއައީއެވެ.
ފުޅާ ހިނިތުންވުމާއެކު މަންމަގެ ހާލު ހުއްބާ އަހާލިއެވެ. ” ހުއްބާ: މަންމަ، ކިހިނެއް ތަ މިހާރު؟”
އާވި އަރައަރާ ހުރި ދިޔާ ނޫޑުލީސްގަނޑުން މީރުވަސް ދުވަމުން ދިޔައެވެ. އެ ފެނިފައި ސިހުމާ ކޮޅަށް ތެދުވެ ލިއެވެ. އެނދު ހުއްބާ ހިއްލާލާއި ފަސޭހަކޮށްދިނެވެ. ފިހުނު މަހާއި ފެނު ކެއްކި ބިސްވެސް ހުއްޓެވެ. ތަރުކާރީގެ ދެތިން ބާވަތްވެސް އަޅާފައި ހުރި އިރު ކޮޅި ހެޔޮވަރެވެ. ކޮށާފައި ހުރި މޭވާ ތަށްޓަކާއި ހޫނު ސައެވެ.
” ސިހުމާ: ދެން އެކަހަލަ ގޮތެއް ދަރިފުޅާ..” ސިހުމާ ސަބުސަލުގައި ހިފާލިއެވެ. އަތުގައި ބާރެއް ނެތެވެ. އެކަން ހުއްބާއަށް ފާހަގަ ވީ ކައްނޭނގެއެވެ. އަތުން ލަވައިދިނެވެ.
ދަރިފުޅުގެ އަޅާލުން ފެނި ސިހުމާގެ ލޮލުން ކަރުނަ ހިލުނެވެ. ބަލިވި ދުވަހު ދެތަނުގައި އުޅެން ޖެހުމުން އުފަލަން ޖެހޭ ތަކުލީފުތައް ތައްސަވަރުކޮށްލާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ސަކުވާއެއްގެ އަޑެއް ނާހަމެވެ. ހުއްބާ ފަދަ ދަރިއަކު ލިބުނީތީ ހުސީ އުފާކުރެއެވެ. އަތުން ދެން ކަމެއް ކުރިއަކަށް ނުދޭނެ ކަން ޔަޤީނެއެވެ. ހުރިހާ ކަމެއް ކޮށް ހަދާނީ ހުއްބާއެވެ.
” ހުއްބާ: މަންމާ… ވަރަށް ބަލައިގެން ދެން އުޅެންޖެހޭނީ.. ވަރަށް ބަލިވެފައި ތިހިރީ މިހާރު…” ހުއްބާ މަންމައަށް ލަވަމުން ބުނެދިނެވެ. އުޅެން ޖެހޭނީ ބަލައިގެންނެވެ. އެކަނި އުޅުން ރައްކާތެރިއެއް ނުވާނެއެވެ.
“ހުއްބާ: ފާޚާނާއަށް ވަނަސް ބައްޕަ ނެތި ނުވަންނާތި އިނގޭ. ކަމެއްވެެގެން ވަދުނަސް ތަޅުލާ ނަހަދާތި! ކޮންމެ ފަދަ ކަމެއްވެސް ވެދާނެ”
ސިހުމާގެ މޭގެ ތަދު ކުޑަވާން ފެށިއެވެ. މޮނިޓަރުގެ ރޮނގުތައް މެދު މިނުގައި، ބާރަށް ދިޔައެވެ.
ކާންދޭން ހުއްޓައި ދޮރު ހުޅުވުނެވެ. ހުއްބާ ފަހަތަށް ބަލާލިއެވެ. ހުރީ މިލީހަމްއާއި ވައްތަރު ނަރުސް ކުއްޖާއެވެ. މަލާހާއެވެ.
“ހުއްބާ: މިލީތަ! ކިހިނެއް؟” ހުއްބާއަށްވެސް ވީ ސިހުމާއަށް ވީ ވަރެވެ. މިލީ ތޯ އަހާލެވުނީއެވެ. ވާނީވެސް އެހެންތާއެވެ. އިސްކޮޅުން ފެށިގެން ހަމުގެ ކުލައިގައި ވެސް އޮޅުމެއްނެތެވެ.
މަންމަ މަލާހާ މަތިން ހަދާންވީ ކުއްލިއަކަށް ކަހަލައެވެ. މާ ބޮޑު ސޮކެއް މަންމައަކަށް ނުލިބެއެވެ. މޫނު މަތީގެ ކުލަވަރު ބަދަލެއްވެސް ނުވެއެވެ. އިން ގޮތަށް އިނީއެވެ. ބޭސް ތަށި ހިފައިގެން އައިސް ކަބަނޑު މަތީ ނަރުސް ބަހައްޓާލިއެވެ. ކައިރީ ހުރި ގޮނޑީގައި އިށީނދެލިއެވެ.
“ސިހުމާ: ދަރިފުޅާ… މިލީހަމް އެއް ނޫން މީ.. ނަރުހެއް މަލާހާ ކިޔަނީ ދޯ މަލާ..” މަންމަ ދަރިއަށް އެއީ ކާކު ކަން އޮޅުން ފިލުވައިދިނެވެ. މިލީ ނޫންކަން ސާފުކޮށްދިނެވެ.
“ނަރުސް: ބޭސް ހިފައިގެން މިއައީ ކާލައިގެން ބޭސް ކާން އުޅެމާ! މިވަގުތު އަނެއްހެން މައްސަލައެއް ނެތް. ވެފައި ހުރި ވަރާބަލާފައި. ރަނގަޅު ވަމުން ދާލެއް އަވަސް. ކިރިޔާ ރިހުމެއް އުފެދުނަސް ލަސްނުކޮށް ބުނަށް ވާނެ.” ނަރުސް މަލާހާ ހުއްބާއަށް އިވޭ ވަރަށް ބުނެދިނެވެ.
“ހުއްބާ: މާފުކުރަށްވާ ނަރުސް، އަޅުގަނޑުމެންނަށް ހީވީ ގޭގެ ކުއްޖަކާއި ވައްތަރުވިމަ. ނޭނގޭނެ އެއްނު.” ނަރުސްކުއްޖާގެ ކިބައިން ހުއްބާ މާފަށް އެދުނެވެ. މާފުކުރަމުން މިލީހަމަކީ ކާކު ތޯ މަލާހާއި އަހާލިއެވެ. ނިވާލާފައި ހުރި ފަންކާތަށް ޖެހިގެން ދިޔައީ ތަން ގުޑުގުޑު ލާފައެވެ.
” ހުއްބާ: ދޮންބެގެ އަންހެނުން މިލީހަމަކީ ދޯ މަންމާ. ލޯބިން ކިޔާ އުޅެނީ މިލީ. ދެމީހުން އުޅޭހައި ވައްތަރު ވީމަ. އަސްލު އެހެން ވީ.” ފޯނުން ފޯޓޮ ގަނޑެއް ދައްކާލަމުން ހުއްބާ ބުނެލިއެވެ.
“ނަރުސް: އޮޅޭހާ ވައްތަރުދޯ ހަމަ. ވެދާނެ އެފަދަ ގޮތެއް. އެކަމު.. ހާދަހާއޭ ވައްތަރީ ދިމާވެލާވެސް ހިތްވެއްޖެއް.” ދިމާވެލާ ހިތްވެއްޖެއޭ ބުނުމުން އަދި ސިހުމާ ކޮށި އަރާ ގޮތްވިއެވެެ. ފެންތަށި ނަގާ މަންމަގެ ތުނބުގައި ހުއްބާ ޖައްސާލީއެވެ. އިރުކޮޅެއްގެ ތެރޭ ރަނގަޅުވެލިއެވެ. އަނގަތަޅާލަން އިނދެލާފައި މަލާހާ ނިކުމެގެން ދިޔައީ ޑިއުޓީ ގަޑި ހަމަވުމުންނޭ ކިޔާފައެވެ. ހިތް މިޒާޖެއްގެ ރިވެތި އަޚްލާޤެއްގެ ވެރި ޒުވާނެއް ފަދައެވެ. ވާހަކަ ދައްކަނީ ހެވިފައި އިނދެއެވެ. ރުޅިވެރި ކަމެއް ނަފުރަތެއް ނެތިއެވެ.
ފާޚާނާއަށް ވަދެ ތަށިތައް ދޮއެ ހަދައިގެން ހުއްބާއަށް ނިކުމެވުނީ ބައްޕަގެ ކުރިމައްޗަށް ކަހަލައެވެ. ހަމަޖެހިލަމުން ޓިޝޫއަކުން ފެން ފިލުވާލިއެވެ. ކޮތަޅު ތެރެއަށް ލާފައި ފެން ތައްޓެއް އެޅިއެވެ. ކުޑަ ދަޅުގައި އިން ބޭސް ގުޅަ ނަގައިގެން މަންމައަށް ދިއްކޮލިއެވެ. އަވަހަށް ކާލާށޭ ކިޔާފައެވެ.
“ހުއްބާ: މަންމާ އަންނާނަށް ދޮންބެ ކައި ނިމުނީތޯ ބަލާލާފައި! ބައްޕަވެސް އައީނު ތިއޮތް” މަންމަގެ ބޮލުގައި ލޯބިން ފިރުމާލިއެވެ. އަތުގައި އަތް ހާކާލިއެވެ. ދިއުމުގެ ކުރިން ބަލައިގެން އުޅެން ބުނެލިއެެވެ.
ބައްޕަގެ ބެލުމުގެ ދަށައް މަންމަ ލާފައި ގެއަށް ދާން ދަބަސް ހުއްބާ އަޅުވާލިއެވެ. ބާރަގަނޑި ބައި ނުވަނީސް އައިގޮތަށް މިއުޅެނީ ނުދެވިއެވެ. މިއޮތް ހެން މިހާރު ހަވީރު ތިނެއް ޖަހައި ބޮޑުވަނީއެވެ. ނިވީމެން ތިބޭނީ ބަނޑުހައިވެސް ވެފައެވެ. ރޯގާ ވައްތަރުވެގެން ހެނދުނުވެސް ކާ އެތިކޮޅަކަށް ވާވަރަށް ކެއީކީ ނޫނެވެ.
” ޚަބީބު: އާ ދަރިފުޅު ދޭ! ކުދިންވެރިންވެސް ހޯދާނެ! ކޮންއިރެއް އައިސްގެން އުޅޭތާއި. ހަވީރަށް އެޅީ ތިއޮތް” ބައްޕަ ދެން ލަސްނުކޮށް ދާށޭ އެންގި އެވެ. ކުދިންކޮޅު މަންމަ ނެތިގެން ނުރޯ ކަމެއްވެސް ނޭނގެއެވެ.
***
މާއިޒުގެ މުޅި ހަށިގަނޑުން ދިލަނަގަމުން ދިޔައެވެ. އާވި އަރަމުން ކެކެމުން ދިޔައެވެ. ހީވަނީ ހޫނު ފެން އެއްޗަކުން ބޮކި އަރާހެންނެވެ. އަލިފުޅުބޭގެ ކިޔެވެލި ގަދަ ކޮށްލި ރެއިން ފެށިގެން އޭނާ އެއުޅެނީ އެހާލެއްގައެވެ. ލޮލު ފިޔެއް ޖަހާލާނެ އަވަދި ނުވެއެވެ.
ހުރަގެެއްގައި ބަންދުކޮށްފައި އިން އަހެއް ފަދައެވެ. އެހެންނޫނަސް އަހެއް ވާނީ އަހަކަށް ތާއެވެ. ލީނިޔާއަށް މާއިޒު ނުފެނިގެން އެއުޅެނީވެސް އެހެންވެއެވެ. ބޮޑު ދެވަރަ ފަޅާފައި ހަތަރު މުއްގަނޑު ޖެހި އަސްލު ސިފައަށް މިވަނީ ބަދަލުވެއެވެ.
ކިޔެވެލި ތަކުގެ ބާރުގައި ޖެހި މާއިޒުގެ ސޫރައަށް އެއުޅެނީ ބަދަލުނުވެވިގެންނެވެ. ލިނީ ކައިރިއަށް ދާންވެސް އެއިން ނަނީ ބޭނުންވެފައެވެ. ނުރުހުމުގެ ނަޒަރަކުން ލީނިޔާ އޭނާއާ މެދެ ދެކޭކަށް ނޭދޭވެއެވެ. އިންސާނެއް ނޫނަސް ހިއްސުތައް ސަލާމަތުން ހުރިއްޔާ އަސަރުވެސް ކުރާނެތާއެވެ.
ވުޝޫކުރަން ސިހުމާ ވައްދައިގެން ޚަބީބު ހުރީ ބޭރުގައެވެ. ތަނުގެ ބޮކިތައް ނިވި ދިއްލޭން ފެށީ އެނގުމަކާ ނުލައެވެ. އެއްކޮން އަނދިރިވެގެން ދިޔައެވެ. މެދުން ހަތަރު މޮއްގަނޑު ލީ އެއްޗެއް ފެނިގެން ދިޔައެވެ. އޭގެ ދެލޯ ދިއްލިގެން ދިޔަ އިރު ރަތް ދަވާދު ފަދައެވެ.
“ތިޔަ ކުރަނީ ފަރުވާތަ ސިހުމާގެ ފުރާނަ ސަލާމަތް ކުރެވޭނެތަ! ހީވެތަ އޭނާގެ ހިތުގައިވާ ހަ ބްލޮކަކީ މަރުވުމުގެ މަގު ފާރެއް ހެން… އިރުއަރާއިރު ބަލާތި!” އިންޒާރެއް ދީފައި މައްޗަށް އަރައިގެން ގޮސް އެ ކުޑަދޮރުން ނިވާވެލިއެވެ.
ބޮކިތައް ދިއްލިގެން ދިޔައިރު ހުސީ ހުރީ ނިކުމެއެވެ. ފިރިމީހާގެ އެހީގައި ގޮޑިއެއްގައި އިނދެގެން ނަމާދުކޮށް ލެވޭތޯ އުޅުނެވެ.
ނަމާދަކީ ކޮންމެ ހާލެއްގައިމެ ކުރަން އަންގަވާފައިވާ އަޅުކަމެކެވެ. މިއަދު ނުކުރަން މާދަމާ ކުރަން ފަށަން ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.
ދުޢާތަކާއި ތަޝްބިހަތާކާއި ކިޔުމަށް އަލިފުޅޫބޭވެސް އޮތީ ޚުބާބު ކައިރީ ބުނެފަ އެވެ. އެހެންކަމުން އިޝާއިން އަވަދިވެގެން އޭނާ އެކަމާ އުޅުނެވެ. ޒިކުރު “އެޕް” ހުޅުވައިގެން ކިޔަމުން ދިޔައެވެ.
ބާރު ވަޔާއެކު ދޮރުފޮތިތައް އުދުހޭން ފެށިއެވެ. އެކި ދިމަދިމާލުން ކޮވެލި ގޮވަން ފެށިއެވެ. “ޓޮއް,ޓޮއް” ބެރު ތަޅާ އަޑުވެސް އިވެމުންދިޔައެވެ. ޚުބާބުގެ ފައި ރަޖާ ގަނޑު ތެރެ ތެތްލެވީ ކަހަލައެވެ. ގުޑުވާވެސް ނުލެވުނެވެ. މާ ބޮޑަށް މިހާ ބިރުގަތީ ހެއްޔެވެ؟ ފިނި ހިފައިގެން ހަދާނެ ގޮތެއް ރޭކާ ނުލީ ބާއެވެ؟ ވިސްނަން ޖެހިގެން އުޅޭ ކަންތައްތައް މާ ގިނަވެގެން ބޯ ގޮވީ ބާއެވެ؟
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. ހޯމަ ދުވަހު ޝާއިރު ނުވިއްޔާ އަންގާރަ ދުވަހު ވާނެއެވެ. ބުދަދުވަހު ޝާއިރު ނުވިއްޔާ ބުރާސްފަތި ދުވަހު ވާނެއެވެ. އަޝްބާ ލިޔަމަން މިދާ ވާހަކަ “އާއެކޭ ލޯބިވޭ” ނިމެންދެން ބޭނުން ކުރާނީ މި “ކަވަރ” ފޮޓޯއެވެ. ކިޔުންތެރިންނަށް މި ބަދަލު ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ނިމިދަބައި ހޯމަ ދުވަހު ކިޔާލަން ނުލިބުނީތީ އެކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ. އުންމީދަކީ ބުދަދުވަހުގެ ބައި ބުދަދުވަހު ކިޔާލަން ލިބޭވަރު ވުމެވެ. ވާހަކައިގެ ފަސްދޮޅަސް ވަނަ ބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް ހީކުރަމެވެ. ވަރަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަމެވެ.
🥰🫶♥️🥀😊
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





