އާއެކޭ ލޯބީވޭ… ފަންސާސްދެވަނަބައި (މާޒީން އަލިވިލުނު ރޭ)
ވަރަށް ދުވަސްކޮށްލާފައި، މިގޮތަށް ބައްދަލުވެ، ހިތުގެ އުދާސްތައް ޅެން ބައިތުތަަކަކުން ބޭރުކޮށްލެވުމުން ހިތްތަކަށް ކުޑަ ލުޔެއް ލިބުނެވެ. ނަމަވެސް، އެއީ އަޝްބާއާއި ނަޒާނަށް ވަގުތީ ފިނިކަމެއްފަދައެވެ. މާދަމާ އިރުއަރާއިރު ވާނެ ގޮތެއް ނޭނގެއެވެ. ކުރިމަތިލާން ޖެހޭނެ ކޮން ހަޤީޤަތަކާއި ކަމެއްވެސް ނޭނގެއެވެ. ހަގީގަތެއް ވިއްޔާ މާ ބޮޑުވާނެއެވެ. ދުނިޔޭގެ އާދައަކީ އެއެވެ.
އެންމެން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އަނެއްކާވެސް އަޝްބާ އެކަނިވީއެވެ. އޭނާ ބެލްކަންޏަށް ނިކުމެލިއެވެ. ބޭރު ބަލާލިއެވެ. ހުޅުދާންވެފައި އޮތް އުޑަށް ބަލާލިއެވެ. ދަންވަރުގެ ފިނިކަން އިހްސާސް ވުމާއެކު އަޝްބާ ދެލޯ މަރާލިއެވެ. ނަޒާންގެ ރީތި ސޫރަ ހިތުގައި ކުރަހާ ލަމުންނެވެ. މާދަމާ ވާނީ ކިހިނެއް ބާއެވެ؟ ކުރިމަތި ލާން ޖެހޭނީ ކޮންކަމަކާ ބާއެވެ؟ އެއްވެސް ކަމެއް ރަނގަޅު ވާނެ ހެއްޔެވެ؟
************************************************
ތަރިތަކުގެ އޮފް ވިދުން އަޝްބާ މާޒީގެ ތެރެއަށް ގަންބާލިއެވެ. އޭނާއި ނަޒާން ދިމާވި ދުވަސްވަރު ކުރިމަތިން ކުލަވެގެން ދިޔައެވެ. އެއީ މީގެ ހަތަރު އަހަރުކުރިއެވެ. ކޮއްކޮ ދިިރިއުޅުން ދުވާފަރަށް ބަދަލުކުރި ހަފްތާއެވެ. ގިނައިން ބައްދަލުވީ ޔުނިވާސިޓީގެ ދޮރުމަތިންނެވެ. ބައެއް ކުލާސްތައް ނައްގަވައި ދެއްވަންވެސް ދުރުވާނެއެވެ. މައުލޫމާތުގެ ސެޝަންތައް ނަގައިދީ ހެދުމުގައި ވަރަށް ފޯރި ހުންނަށް ކަން ފާހަގަވެއެވެ. ކޮންމެ ކަމެއް ކުރިޔަސް އެކަމަކާ ވަރަށް ވެެގެން އުޅޭނެއެވެ. ބުރަވެެގެން ޝަކުވާއެއް ކުރި އަޑެއް ދުވަހަކުވެސް ނާހަމމެވެ.
ކުލާސް ނިންމާލާފައި ދާން އުޅެނިކޮށް ނަޒާން މަޑުކުރުމަށްބުނެލިއެވެ.
” ނަޒާން: އޭ އަޝްބާ ދޯ ކިޔަނީ.” ވާހަކަދެކެވެން ފެށުން ގޮތަކީ އެއެވެ. އިސްވެ ފެށީ ނަޒާންއެވެ. އަހާލީ ނަމެވެ. ގަޑިކީ އޭގެ ދެދުވަސް ފަހުންނެވެ. ބައްދަލުކުރީ ރަސްފަންނުގެ ހިތްފަސޭހަ މާހައުލުންނެވެ. ރޭގަނޑުގެ ހިމޭންކަމާއެކު އޭނަ އެދުނީ ފުރަތަމަވެސް އެކުވެރިކަމަށެވެ. އެކުވެރިކަމުގެ ބިންގާ އެޅުނު އެރޭ ވީ ހަޔާތަށް އާ ބާބެއްގެ ދިރުން ގެނުވި އުފާވެރި ރެއަކަށެވެ.
ރަންދެލިން އެދުވަސް އަޝްބާއާއި ހިލާފަށް ނަޒާން ލިޔެލީ ސީދާ އޭނާގެ މޭގައެވެ. ކަނޑަނަގައިގެން އެމޭތެރޭ އެނަށް ފޮރުވާލީ މުޅި އުމުރަށް އެކީވެވޭނެ ކަމަށް ވަޢުދުވަމުންނެވެ. ހާސްއުފާ ފެށިގެން ދިޔަ އެ ގުޅުމުން ދެހިތަށްވެސް ލިބެމުންދިޔައެވެ. ތަފާތު މެސެޖުތައް ދެމީހުންގެ މެދުގައި ބަދަލުކުރެވުންދިޔައެވެ. ސިއްރު ސިއްރުން އެކަކު އަނެކަކަށް ބޭނުމެވެ. ވަގު ފޮޓޯ ނެގުމެވެ. އެކަނިވުމުން ހިނިތުވެވުމެވެ.
” އަޝްބާ: މުދައްރިސް، ކިހިނެއް ތޯ މިނަންބަރުގައި އެބުނަނީ.” ސުވާލުކުރަން ހުޅުވާލުމުން ސުވާލެއް ކުރީ ހަމައެކަނި އަޝްބާއެވެ. އުޅެއުޅެވެސް އޭނާއަށް އެބައި ނޭނގުނީއެވެ.
” ނަޒާން މުދައްރިސް: ކޮން ސުވާލެއް ދެވަނަ ސުވާލު ދޯ” އެނގިހުރެމެ ނަޒާންވެސް ކޮން ސުވާލެއްތޯ އޮޅުންފިލުވާ ލިއެވެ. އެއަޑު އަހާލާ ބޭނުންވެފައި ހުރުމުންނެވެ.
” ނަޒާން: އޭގައި ވަނީ ދޯ އެކްސް ހޯދާލަންވީ އޭރުން އެ ނިމުނީ އިތުރު ކަމެއް ނީންނާނެ.” ފުޅާ ހިނިތުންވުމާއެކު ނަޒާން ބުނެލިއެވެ. އެހިސާބުން އެ ގަޑިވެސް ނިމުނީއެވެ.
މޭގާ ފިރުމާލަމުން އަޝްބާ އެ ތެރެއަށް ވަދެގަތެވެ. ކޮންފަދަ އުފާވެރި ދުވަސްވަރެެއް ހެއްޔެވެ ؟ ހިނދުކޮޅަކަށްވެސް ޒުކާން ހިތުން ފިލަދިޔަ އަހަރެކެވެ. ޒުކާން ދެކެ ވަމުން އައި ލޯބި އެނބުރޭން އުޅުނު އިރެވެ.
ަ
ލަސްލަހުން ހިނގާލަފައި އައިސް އަލަމާރި ތެރެއިން “ލެޕްޓޮޕް” ނަގައިގެން ސޯފާގައި އިށީނދެލިއެވެ. ލިޔަމުނ ދާ ވާހަކައަށް ހާއްސަކޮށްފައިން ބަޔަށް ވަދެ ލިޔަން ފެށިއެވެ.
ފޯނު އަތަށް ލިބުމާއެކު ޚަބީބު އެންމެ ފުރަތަމަވެސް ގުޅީ އަޒީލުއަށެވެ. ލީނިޔާއާއި ގުޅުމުން އިވިގެން ދިޔަ ވާހަކަތައް ކިޔައިދޭށެވެ.
” ޚަބީބު: އައްސަލާމް އަލައިކުމް، އަޒީލުތައް މީ ޚަބީބޭ މީ އާ ފޯނަކުން ގުޅީމަ ނޭނގި ދާނެތީ ބުނެލީ.” އެކޮޅަށް އެއްޗެއް ބުނަން ފުރުސަތެއް ވެސް ނުދީ ޚަބީބު ފެށިއެވެ. ހުއްޓާލީވެސް އާ ފޯނެއް ލިބުން ވާހަކަ ބުނަމުންނެވެ.
” އަޒީލު: އެހެންތަ މިފަހަރުވެސް އައި ފޯނެއް ދޯ. އެފަހުން ނެރުން ވައްތަރުތައް.” ސަލާމަށް ޖަވާބު ދާރީވާންވެސް އަޒީލު ހަނދާންނެއްފާދައެވެ. އަހާލީ ކޮންކަހަލަ އައި ފޯނެއްތޯއެވެ. ވެގެން އުޅޭ ގޮތް ޚަބީބުގެ ހިތަށްވެސް އައީ ހަމަ ކުއްލިއަކަށެވެ. ދައްކަމުން ދިޔަ މައުލޫ ބައްދަލުކޮށްލިއެވެ. ބިރުން ކެތްވަނީއެއްވެސް ނޫނެވެ. އިވިގެން ދިޔައީ ބަރު އަޑެވެ. ނުރައްކާތެރިކަން އޭނގެ އިންތިހާ އެކުލެވޭ އަޑެކެވެ. ކުރިމަތިން ސޫރަ ސިފަވިއިރުވެސް ހާދަ ބިރުވެރި އެވެ.
” ޚަބީބު: އޭ ޔެއްނޫނޭ. ލިނީ، މި ލީނިޔާއަށް ގުޅިއްޖެ..” ކޮންމެސް ވަރެއްގެ ތުރުތުރު ލުމެއްވެއްވެސް އޭނާގެ ރާގުގައި އެކުލެވިގެންވިއެވެ.
” އަޒީލު: ކީކޭ. ލީނީއާއި ގުޅިއްޖޭ. އެމަންޖެ އެހީއެއް ވެދޭވަރު އެއްޗެއް ބުނިތަ. ކީކޭ ކީ” ބަލާކަށް ނުހުރެ ވީ ގޮތް އަލިފުން ޔާއަށް ޚަބީބު ކިޔާދޭން އަވަސް ވެލިއެވެ.
“ޚަބީބު: އައްސަލާމްއަލައިކުމް، ލީނިޔާ؟” ޚަބީބު އަވަސް އަވަހަށް އަހާލިއެވެ.
ފޯނުން އިވިގެން ދިޔައީ އަންހެނެއްގެ އަޑެއްނޫނެވެ. އިވުނީ ފިރިހެނެއްގެ ބަރު އަޑެވެ. އެހާމެ ބިރުވެރި ނާމާން ރާގަކަށެވެ. “މާއިޒް: ޚަބީބު، ތިކަން ހުއްޓާލާ. ލިނީ އާއި އަހަރެންގެ ދޭތެރެއަށް ވަންނަށްތީ ކާކު. މިލީހަމްއަށްވެސް ސަލާމަތެއް ނޯންނާނެ އެއީ މަގޭ ލޭ.”
“ޚަބީބު: ތީ ކާކު؟ މާއިޒްތަ؟ ނޫނީ އިފުރީތެއްތަ؟ ޚަބީބަށް ބާރު ބާރަށް ބުނެލެވުނެވެ. ” ޚަބީބު: ކޮބާ މަގޭ ދަރިފުޅު؟” އެހިތް ދިޔައީ ނެގިނެގިފައި ތެޅެމުންނެވެ. ޖަވާބު ދާރީ ވަމުން އެދަނީ އިންސާނެއް ކަމާމެދު ސައްކައެވެ. ސަލާމަތުން ލީނިޔާ ހުރިކަމެއް ނެތް ކަމެއްވެސް އެނގެނީއެއް ނޫނެވެ.
“މާއިޒު ޖިންނި: މާއިޒުހޭ. އިފްރީތެއްހޭ.. ހައްހައްހައް… ” ހިނިގަނޑާއެކު ފޯނު ކެނޑިގެންދިޔައެވެ. ބުނާނެ އެއްޗެއްވެސް ކުރާނެ ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. މުޅި މީހާ ގަނޑުވެގެން ދިޔައެވެ. ހާސްވެގެން ގޮސް ބޮލުގެ ދެފަރާތުގައި ޚަބީބަށް ހިފާލެވުނެވެ. ކުރާނީ ވެސް ވަކި ކިއެއް ހެއްޔެވެ؟ ކަންތައްތައް މިހިރީ ބޮއްސުންލާފައިވާ ވަރެވެ.”
އެއްވެސް ކަމެއް ވައްޓައި ނުލާ އޭނާ ވެދިޔަ ހުރިހާ ގޮތްތަކެއް ކިޔާލިއެވެ. އަޒީލަށްވެސް ލިބުނީ ސިހުމެކެވެ. އެހިތްވެސް ބިރުން ގަނޑުވިއެވެ.
އަޒީލުގެ މޫނުމަތިން ފެނުނު ހާސްކަމުން، ޒައިނާއަށް ކަމެއް ވެއްޖެ ކަން ފަހުމްވިއެވެ. އެހެން ނޫންނަމަ މީހަކު ގުޅާލިޔަކަސް އެގޮތެއް ނުވާނެއެވެ. މޫނުމަތި ދާވެސް އެހެރަގެން ހިއްލަނީއެވެ. ފޯނު ކަންފަތުގައި ޖެހި ގޮތަށް ހުއްޓުން އަރާފައި ހުރި ބުއްދެއް ފަދައިން އެހެރީއެވެ. ގުޑިލާންވެސް ނޫޅުނެވެ.
ޒާއިނާއަށްވެސް އިހްސާސް ކުރެވުނު ފަދައެވެ. ދުވެފައި ހެން ގޮސް އަޒީލުގެ ނަމުން ދެފަހަރަކު ގޮވާވެސް ލިއެވެ. ” ޒާއިނާ: އަޒީ…އަޒީލު.އަޒީލު” ރޭކާލާ ގޮތެއް އޭނާއަކަށް ނުވިއެވެ. އިހުނަށްވުރެ ބާރަށް ޒާއިނާ މި ބުރު ގޮވާލިއެވެ. “ޒާއިނާ: އަޒީލު…އަޒީލޫ…” ބާރު ބާރަށް ތެޅިގަނެފައި އޭނާ އަންހެނުންގެ މޫނަށް ބަލާލިއެވެ.
އެއިރު ދެމީހުންގެ މެދުގައި އޮތީ ބަރު ހަމަހިމޭންކަމެކެވެ. މައިޒުގެ އެ ބަރު، ނާމާން އަޑު އަޒީލުގެ ކަންފަތުގައި ޖެހުނު ކަހަލައެވެ. އެއީ ސަލާމަތްވެވޭނީ ކަމެއް ކަމާ މެދުވެސް އޭނާއަށް ސައްކުވެއްޖެއެވެ. އޭގެ ފަހަތުގައިވާ ސިއްރުތަކާއެކު ދަރިފުޅު މިކަމުން މިންޖުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަޒީލު އޭނާގެ ނަފްސާއި އަމާޒު ކޮށްލިއެވެ.
“ޚަބީބު… ކެތްތެރިވޭ. ތިކަމާ މާބޮޑަށް ހާސްވެގެން އުޅެން ހަދައިގެން ކަންތައް މާ ގޯސްވެދާނެ. މިލީހަމްއާއި ލީނިޔާއަށް ކަމެއް ވިޔަނުދީ ސަލާމަތްކުރެވޭނީ މަޑުމައިތިރިކަމާއެކު ވިސްނައިގެން،” އަޒީލު އެހެން ބުނެލި ނަމަވެސް، އޭނާގެ އަމިއްލަ އަޑުގައިވެސް ތުރުތުރުލުމެއްވިއެވެ.
ލެޕްޓޮޕްގެ ކީބޯޑުން އަތްނަގަމުން އަޝްބާ ވިސްނާލީއެވެ. ޚަބީބަށް ކުރަން ޖެހިގެން މިއުޅޭ ހަނގުރާމަ އާއި އަހަރެންގެ ދިރިއުޅުމާއި އަޅާ ކިޔާލެވުނެވެ. ތަފާތެއް ނެތެއް ނޫންހެއްޔެވެ؟ ކިޔުންތެރިން ބުނަނީ ކީކޭ ހެއްޔެވެ؟ ކޮއްކޮއަށްޓަކައި އަމިއްލަ އުފާތަށްވެސް މިހުރީ ޤުރުބާންކޮށްގެންނެވެ. ޖާނާ މާލުން މިދަނީ ފިދާވަމުންނެވެ. އެހީވުމަށް ހުންނާނީ ތައްޔާރުގައެވެ. ދުލުން ބުނެލި ކޮންމެ ކަމެއް އެ ކޮއްކޮއަށްޓަކައި ކޮށްދޭ ނަމެވެ.
ސޯފާއިން ތެދުވެގެން ގޮސް، ކޮޓަރީގެ ބޮކިތައް ފަނޑުކޮށްލަމުން އަޝްބާ އެނދުގައި އޮށޯވެލިއެވެ. “އަޝްބާ: އަދި ޚުބާބު އާއި މިލީހަމް ގެ ބައެއް ލިޔެލާފައި ނިދާނީ. ” މަޑުމަޑުން އަޝްބާ ކިޔާލިއެވެ. ނިދުމުގެކުރިން އަދި ތަންކޮޅެއް ލިޔެލަން ވާނެއެވެ.
ބަލި ރަނގަޅު ވިޔަސް ކެއްސުން ޚުބާބުގެ ރަނގަޅު ވާގޮތެއް ނުވެއެވެ. މަދުމަދުން އެހެން ކެއްސަންޖެހެއެވެ. ކެއްސައި ގަތިއްޔާ ހޮޑުނުލެވި ނުދެއެވެ. މިއިން އަހަރަކު ނުލެވޭހާ ވަރަށް މި ބަލި ގަނޑާއެކު ޚުބާބަށް ހޮޑުލެވިއްޖެއެވެ.
ކޮލެޖަށް ނުދެވި ވެސް ދެހަފްތާއަށްވުރެ ގިނަދުވަސް ފާއިތުވެގެން ހިގައްޖެއެވެ. ލެކްޗަރާއިންނާއި ގުޅައިގެން އެގަޑިތައް ނެގުމަށް ޚުބާބު ވަނީ އެދިފައެވެ. ހަވީރު ހަތަރަކުން ހައްކަށް ގޭގައި ފިލާވަޅުތައް މުތާލިއާ ކޮށް ހަދައިގެން ލެކްޗަރާއި ދުރުވެ އެވެ. އެތައް ލުއިތަކެއް މިކަމުގެ ސަބަބުން ޚުބާބަށް ލިބުނެވެ. ކުރިއަށް އޮތް ހަފްތާގައި ކޮލެޖަށް ދެވޭވަރު އޭނާއަށްވެސް ވާނެއެވެ.
މިލީހަމް ބަނދުވެފައި އިންނަތާ ވީ ދުވަހެއް ވީއެވެ. އަލިކަމުގެ ފާލެއް ނުފެނެއެވެ. މޮޔަ ގޮވާއިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ހުއްބާ ދެ ދަރިން ގޮވައިގެން އައުންވެސް މިކަމާ ހުރެ އެއްކޮން ހުއްޓައިލައިފިއެވެ. މާމަ ކުދިން ދެކޭ ހިތްވިއްޔާ ދާން ޖެހޭނީ އެގޭ ދަށަށެވެ. އެހެންނޫނީ ޕާކަކަށް ތާކަށް ގަޑި ކިޔާށެވެ.
” މިލީހަމް: ހިލިހިލާ ޖަހާނީ ޗޭނު ޖަހާނީ މަރާލާ،އަންދާލާ” މިލީގެ އަޑާއެކު ހީވީ ބޮމެއް ގޮވިހެންނެވެ. މަރާލަން އަންދާލަން ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. ލަވައެއް ކިޔާހެން ކިޔަމުން އެޔެއް ދިޔައިރު ހީވަނީ ދެ ކަންފަތުގެ ތޫރިވެސް ފަޅައިން ގޮސްދާނެ ހެންނެވެ. ރުޅިގަދަވެގެން ގޮސް ސިހުމާ އެ ބިއްފަޅީގައި ބާރު އެތި ފަހަރެއް އައޫޛު ކިޔާފައިޖެހުމުން އަޑު މަޑުވިއެވެ. އެކޮން އެވަރުންވެސް ނުކެނޑެއެވެ. ކުރިން ވީހާ އުނދަގުލެއް ނުވެއެވެ.
ވިހާ ގަދަވަން ދޭ ނޫރީ ގެއަށް ގެންނަށް ވިސްނިޔަސް އެކަން ނުވީވެސް މިލީހަމްގެ ސަބަބުންނެވެ. ދުވަސްނުފުރާއި އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނަގަން ޖެހުމުން ނޫރިޔާގެ ފުރަގަސް އެއްކޮން ފާރުވިއެވެ. ކޮޅަށް ހުރުމާއި އިށީނދެ އިނުން ވޭނަކަށްވެ ޒުވާން އުމުރު ބަލިމީހާކަށް ވެ ނިމިއްޖެއެވެ. ގިނަ ވަގުތުތައް ހުސީގެ އިތުރުން ޭހުއްބާވެސް ހޭދަކުރަނީ ކޮއްކޮގެ ގޭގައެވެ. ތުއްތު ތުއްތު ޔަރީން ފިޓު ޖެހެމުން ދިޔައީވެސް މީހަކު ކޮސްވާވަރަށެވެ. ޔަރީން އެނަން ދެވުނީ ނޫރިޔާގެ ނަމާ ގުޅުވައިގެންނެވެ. ޔަރީން ބިން އަޒީނެވެ. އިދިކޮޅު ނަަން ޔަރިނޫއިން ހެދި ޔަރީންއެވެ. ދެމަފިރިން ނަށްވެސް އިއްތާފުޤުވެވުނު ނަމަކަށް މިނަން ވީތީ ކިއީއެވެ.
އުފަލަކަށްފަހު އުފަލެކެވެ. ސާއިލުވެސް ބައްޕައަކަށް ވަނީއެވެ. ސިރުހާގެ ބަނޑަށް މިހާރު ތިންމަސް ވަނީއެވެ. އައްޑޫގައި ދިރިއުޅެމުން ދިޔަ ސައިނާވެސް އަލަތު ކައިވެންޏާ އެކު މާލެ ބަދަލުވެއްޖެއެވެ. ރޭޕް އާއި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ސުމާމު މިނިވަންވިއޭ ކިޔާ އަޑުތައްވެސް އިވެއެވެ.
އެކަނިވެރިކަން ނޫނީ ބާސިލުގެ ހަޔާތުގައި ނެތްފަދައެވެ. އެއް އުމުރުފުރާގެ ހުރިހާ ކުދިންހެން މީހުންނާއި އިނދެ ދަރިން ހޯދީއެވެ. އުޅެވުނު ވިޔާ ނުދާ އުޅުމެއްގެ ސަބަބުން ދިރިއުޅުމެއް ފެއްޓޭ ގޮތްނުވީއެވެ. ދެރަ ދެވުނު ކުދިންގެ އަދަދު ދެއަތުން ގުނުމަކީ ވާނޭ ކަމެއް ނޫނެވެ. އެއްފަހަރާއި ފަސް ހަ ލޯބިވެރިން ގެންގުޅު ވިއްޔާއެވެ.
ލިޔަމުން ލިޔަމުން ގޮސް ހަރަކާތް ހުސްވެ ނިދިގެން އަޝްބާ ވެއްޓުނެވެ. ނިދީގެ ފުން ކަނޑުގެ ތެރޭ އަޝް އެކޮށް އަރަޤުވާން ނެގީ މަދު ސިކުންތެކެވެ. ހުވަފެނީ ޒާރަކުން އޭނާއަށް ގޮވާލިއެވެ. މާދާމާއަކީ ކޮންމެގެ ކައިވެނީގެ އިސްތިގުބާލު އޮންނަ ދުވަސް ނޫންހެއްޔެވެ؟ ފަރިހި ކިޔާނެ މީހަކު ހޯދައިފިން ހެއްޔެވެ؟ އެ ލޯތްބަށް އާދެ ނަޒާންގެ ލޯތްބަށް ދޭނީ ކޮން ޖަވާބެއް ތޯއެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ތިންދުވަހުއެވެ. ހޯމަ، ބުދަ، ހުކުރު، ނުވަތަ އާދިއްތާ، އަންގާރަ ބުރާސްފަތީގައެވެ. ދިމާވާ ކަމަކުން މިއިން ދުވަހަކު ވާހަކަ ނުގެނެސްދެވުމަކީ އެކަށީގެންވާ ކަމެކެވެ. ބަހެއްގައި ކުށެއް ހިމެނުމަކީވެސް އެކަށޭނަ ކަމެކެވެ. ވަރަށް ވިސްނައިގެން ބަލައިގެން ކުށްތައްވެސް ރަނގަޅުކޮށްގެން ގެނެސްދެވޭތޯ އަޅުގަނޑު އަބަދުވެސް ބަލަމެވެ. ފޮނުވުމަށް ފަހު އަޅުގަނޑުމެންނަށް ޤަވާއިދު އިންނަން ގޮތުން ފޮނުވުމަށްފަހު އެއްވެސް ބަދަލެއް ނުގެނެވޭނެ އެވެ.
❤️😊🫶🥰🥀





