Skip to content
އެސްފިޔަ

ޞާދިޤުލް ވަޢުދިލް އަމީން

Listen to this story Audio · 1:39 Powered by Esfiya Voice
0:00 1:39

މަދަހަ: ޞާދިޤުލް ވަޢުދިލް އަމީން

މާނަ: ތެދުވެރި، ވައުދުފުއްދަވައި، އަމާނަތްތެރިޔާ

(ޞާދިޤުލް ވަޢުދިލް އަމީނޭ، މާތްވި ނޫރުލް ޢުޔޫނޭ

އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ) 2x

ޞާދިޤުލް ވަޢުދިލް އަމީނޭ…

ދޭހުގައި ވިދަވިދާ ވީ ޞާދިޤުލް މާތް ޒަމާނޭ

ދޫފުޅުގެ ތެދުކަމާއި ހައްޤު ބަސްބުނުމަގައި 2x

ޞާދިޤުލް ވަޢުދިލް އަމީނޭ

އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ

ޞާދިޤުލް ވަޢުދިލް އަމީނޭ…

ވަޢުދުވުމުގައި އެއީ ފަރިވި ވަޢުދިލް ޔަޤީނޭ

ޢަހުދު ކަށަވަރުކަމާއި އުނިނުވާ ފުއްދުމުގައި 2x

ޞާދިޤުލް ވަޢުދިލް އަމީނޭ

އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ

ޞާދިޤުލް ވަޢުދިލް އަމީނޭ…

ބިންއެ މައްކާގައި ބަބުޅާ އަމީނުލް މުއްތަޤީނޭ

ބިސްމިޔާއި ތައުހީދާއި ދީން އެޤުރުއާނުގައި 2x

ޞާދިޤުލް ވަޢުދިލް އަމީނޭ،

މާތްވި ނޫރުލް ޢުޔޫނޭ

އާލަމަށް އަލިވި ނޫރޭ، ރަޙްމަތުލް ޢާލަމީނޭ

ޞާދިޤުލް ވަޢުދިލް އަމީނޭ…

ޞާދިޤުލް ވަޢުދިލް އަމީނޭ…

ޞާދިޤުލް ވަޢުދިލް އަމީނޭ…

 

1 އޮގަސްޓު 2026

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިއީ އަޅުގަނޑުގެ ފުރަތަަމަ މަދަހަ ޅެމެވެ. އެންމެ ފުރިހަމަ ނުވެދާނެ އެވެ. ރަނގަޅުކުރަން ޖެހޭ ކަންކަން ވެސް ހުންނާނެކަން ޤަބޫލުކުރަމެވެ. މަދަހަ ކިޔާލަފައި ދެކޭ ގޮތް ހާމަކޮށްލަދެއްވާށެވެ. ކަމެއް ރަނގަޅު ކޮށްލަށް ޖެހުނަސް ބުނެލާށެވެ. މާނައެއް ނޭނގުނަސް ބުނެލާށެވެ.  އަޅުގަނޑުގެ މި މަސައްކަތް ވެސް ރީތި ވާނެ ކަމަށް އުންމީދުކުރަމެވެ.

🥰♥️🫶🥀😊

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Alaika_22

    Hiiii girl…..
    This is awesome 😎👍
    Curiously WAITING for the next madhaha
    Whn nxt?????
    Lysm and Tc 💓✨

    1. Isnaa
      Alaika_22

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      އަޅުގަނޑުގެ އާ މަދަހައެއް ވަރަށް އަވަހަށް ކިޔާލަށް ލިބޭނެ.
      ވަރަށް ލޯބިވޭ..
      ބަލައިގެން އުޅެއްޗޭ

      🫶❤️😊🥀🥰

  2. Ikaan_22

    Vvv rythi madhaha eh MA 😍
    hurihaa story ehvess kiyan…. comment eh nukoh levunas huriha story ehvess vrh rythi MA 💕

    1. Isnaa
      Ikaan_22

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      ވަރަށް ލޯބިވޭ

      🫶❤️😊🥀🥰

Comments are closed.