Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ސާޅީސްނުވަވަނަބައި (ނޫ ސާލެއްފަދަ ރަން ގަނޑުވަރު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
June 10, 2026 5 Mins Read
6 Comments

ނަށަމުން ފުމެމުން ދުވަމުން ކުޑަ ކުއްޖަކުހެން އުޅެމުން ދިޔަ އަޝްބާގެ ހަރަކާތްތައް ޒުކާން ފޮރުވާލިއެވެ. އޭނާގެ އަތުގައި އޮތް ފަހުގެ ކެމެރާގައި ރައްކާކޮށްލިއެވެ. އެކި ވައްތަރުތަކަށް އަޝްބާ އެނބުރެމުން ދިޔައެވެ. “މޮޑެލް” ކުރާ ބީދައިންނެވެ.

ފޭދިގެން ހިންގައްޖެޔޭ ހަނދާންތަކެއް މަގޭ ހިތުން،

ހިތް އެދޭ ޕަރީ މިރޭ ދާދި ގާތުގައިވުމުން،

ހިތް އަލުން ދިރިއްޖެޔޭ އިޝްޤުގައި ޖެހިއްޖެޔޭ،

އިސްޖަހާ ލެވިއްޖެޔޭ ބީހިލާފާ ހީލުމުން ހޯއޯ އޯ،

ހިމޭނުން އަހަންނަށް ކެތެއް ދެން ނުވާނޭ،

ހިތަށް ވާގޮތެއް ނޭނގެޔޭ ވާ އަރާމުން،

ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ،

އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ،

ކަލާޔަށްޓަކާ ހިތް މަގޭ ދޫކުރީމާ،

ހިމާޔަތް ލިބޭނޭ ކަމަށް ހީކުރީމޭ..

އެ ހިމާޔާތަށް ދެ ހިތްވެސް އެދެއެވެ. ފަސް ޖެހެނީއެވެ. ވަކިވުމުގެ ބިރު ހިތުގައި ވަނީއެވެ. ކެރި ކުރިމަތި ލާން ނުކެރެނީއެވެ. ކުރިއަށް ފިޔަވަޅެއް އެޅިއްޔާއި ފަހަތަށް ދެފިޔަވަޅު އެޅެނީއެވެ. މި ގުޅުމަށް ވާނީ ކިހިނެއް ބާއެވެ؟ ދުރުވެފައި ވާ ގޮތަށް އޮންނާނީ ހެއްޔެވެ؟  ބަދަލެއް ހަމަ ދެން ނުވާނެ ހެއްޔެވެ؟

**********************************************************************

ލޯންޗުގެ ފަޅަވަށް ވަތް ބާރު އަޑާއެކު ސިހިފައި އަޝްބާ ދެލޯ ހުޅުވާލިއެވެ. ކަރުނުން ފުރިފައިވި ދެލޯ ފުހެލިއެވެ. ހުވަފެނީ ބަގީޗާގައި އޭނާއާއެކު އުޅުނު ނަޒާންގެ ސޫރައެއް ނުފެނުނެވެ. ސިކުނޑިންއަށް އެ ޚިޔާލު ފޭދިގެން ހިނގައްޖެއެވެ. ކުރިމަތިން ފެންނަން އޮތީ ރަށުގެ ފަޅުތެރެއެވެ. ލޯންޗު ރިސޯޓުގެ ފާލަމާ ގާތްކޮށްލިއެވެ. މުޅި މާހައުލުން އިވެން ފެށީ އުފާވެރި ރާގުތަކެވެ. ދޫނި ސޫފާސޫފިތަކުގެ ގޮވުތައް ލުއި މިއުޒިކެއް ފަދައެވެ. ރަށުގެ ހުރިހާ ދިމާލަކުން ފެންނަނީ ސާފުކަމެވެ. ފެހި ނަލަ ކަމެވެ. މާމެލަމެލިން މުޅިތަން އޮތީ އެއްވަސްވެފައެވެ. ހިޔާ ދޭ ބޮޑެތި ގަސް ރުއްތަކެވެ. ކުލަ ކުލައިން ދިއްލެމުން ދިޔަ ބޮކިތައް ތަނަށް ދިރުން ގެނެސްދީފައި ވާ ކަހަލައެވެ. އިރުއޮއްސި ހައެއް ޖަހައި އޭރު ބޮޑު ވަނީއެވެ.

” އިޝްބާ: ދޮންތާ، ފައިބަންވީއޭ… ބަންޤި ގޮވަން ކައިރިވަނީ،” އިޝްބާ އައިސް އަޝްބާގެ ކައިރީ ހުއްޓިލިއެވެ. އަތުގައި ހިފާއި ކޮޅަށް ނެގިއެވެ. ދެކުދިން ލޯންޗުން ފައިބީ އެކުއެކީއެވެ. މެހެމާނުނަށް އިސްތިގުބާލުކުރަން މުޅި ރަށް އޮތީ ޒީނަތްތެރިކޮށްފައެވެ. ކޮންމެ މީހަކަށް މެ މަލުގެ ގުލްދަސްތާ އެއް އެރުވިއެވެ. ފިނިފިނި ކުރުބަލެއްވެސް ދިނެވެ.

އެހީތެރިން ފޮށިތައް ހިފައިގެން ތިބެން ހަމަޖެހިފައިވާ ހޮޓަލާއި ދިމާލަށް ހިނގައިގަތެވެ. ކުރިމައްޗަށް އައިސް ހުއްޓާލި  ބަގީއަށް އެރުމަށް އެނގުމުން އެންމެން އެއަށް އެރީއެވެ. ބޮޑު މަގުން ލާފައި ބަގީ ހުއްޓާލި ރީތި ގެއެއްގެ ކުރިމައްޗަށެވެ. އެންމެ މިޒަމާނީ ފެންވަރަށް ހަދާފައި ހުރި ބަލާލަން ރީތި ގެއެކެވެ. އިހު ސަގާފާތްވެސް ރަމްޒުކޮށްދެމުން ގޭގެ ބޭރުންނާއި އެތެރެއިން ދިޔައެވެ. ފަން އުނދޯލިގެއެވެ. އޮހިފަނުގެ ފާރުތަކެވެ. މަލިކުރުވާގެ ވަސްމީރުކަމެވެ. ދިވެހިންގެ ފަހުރު ޤައުމީ ރުކެވެ.

ޖާގަ ތަނަވަސް ބޮޑު ގެއެކެވެ. ވަށައިގެން ވަނީ ހިތްހަމަ ޖެހުމެވެ. ބަރު، ބޮޑު ދޮރު އަޝްބާ ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ހިތް އަތުލީ އެ ކޮޓަރީގެ ތަނަވަސްކަމެވެ.

އެ ތެރެއަށް ފެތުރިފައިވާ ވަނީ ނަސްރާއި ފަތަހައިގެ ހަމަހިމޭން ކަމެއްފަދައެވެ. މުއްސަނދިކަމުގެ އިންތިހާއެވެ. މިއީ ހަމައެކަނި ނިދާލަން ހަދާފައި ހުރި ކޮޓަރިއެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ހާސްކަމަކާ ދުރުކޮށްދޭނެ މަނާޒިރެކެވެ. ހިތްނރުހޭނެ ރަން ވިދުވަރުގެ ގަނޑުވަރެއް ކަހަލައެވެ. ކޮޓަރީގެ ފުޅާ، އޮމާން ތަޅުން ހެއްޔެވެ؟ ތަޅުމުގައި އަޅާފައިވަނީ ފިނިކަމެއް ގެނެސްދޭ ފިލައެކެވެ. ރާއްޖޭގެ ހުދު ސާފު ދޮންވެލީގެ ކުލައާ އެއްގޮތްކޮށްކަމެއްވެސް ހުރި ފަދައެވެ.

ކޮޓަރީގެ އެންމެ މެދުގައި ވީ ނިދާ އެނދު ރާނީއެއް ފަދައިން ރަސްކަން ކުރަމުންދިޔައެވެ.  އެއީ “ކިންގް-ސައިޒް” ގެ ބިޔަ ބޮޑު އެނދެކެވެ. އެނދުގެ ބޯލަކޮޅައިވީ ދިމާލުން މައްޗަށް ތަސްވީރެއް ވިއެވެ. ލޮނު ފެން މޫދުގެ ހިތްގައިމުކަން އެ ފޮޓޯގަނޑު ދައްކުވައިދެމުން ދިޔައެވެ. އުފުލިފައިވާ ފަލަ ލަކުޑި ކަބަނޑު މަތީ ދެތިން ގަސްބަހައްޓާފައި ހުރުމުން ތަފާތު ކަމެއް ސިފައެވެ. ހަތަރު ދަނޑިގައި މަޑު ނަލަ ވައިރޯޅިއެއް ފަދަ ލުއި ފޭރާމެން އެނދު ވަށައިގެން އެލުވާފައި އޮތެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ނަށާލާނެހެންނެވެ. ވިހުރުން އެހާވެސް ގުޅެއެވެ. އެނދުގައި އަޅާފައިވާ އޮތީ ތާޒާ މަޑު ނޫކުލައިގެ ބެޑްޝީޓެކެވެ. ކުރިމަތީ ކަނޑުގެ ރާޅު ފަށެއް ފެންނަށް އޮތް ފަދައެވެ. ބޯލާނެ މަޑު ބާލީސްތައް ހުރީ އެއްވެސް ރޮދިފަށެއް، ކިއެއްތަ ރޫލެއްވެސް ނެތްހާ ފުރިހަމައަށެވެ. ފާރެއްގެ އަރިމަތީ ރިޔަލު ދޯންޏަކާއި މަސްވެރިކަމުގެ ފޮޓޯގަނޑެއް ވެސް ހަރުކޮށްފައި އިނެވެ. ދިވެހި ސަގާފެއް އެއް ކުރެހުން ތަކުން ވަރަށް ރީތިކޮން ހާމަވަމުންދިޔައެވެ.

މެދުގައި ހުރި އެނދުގެ ދެއަރިމަތީ ހުރި ކުޑަ ކަނބަޑު މަތީ އިހުގެ ގުޅި އެއް ފާޑު ޖަހާ ދެ “ލޭންޕް” ބޮކި ބަހައްޓާފައި އިނެވެ. އެ އެއްޗެހީގެ ފަނޑުއަލި އެޅިގެން ދާއިރު ހީވަނީ ވިދުން ގަދަ އުޑެއްހެންނެވެ. ނަލަ ތަރިތަކުން “ސީލިންގ” ވިދާބަބުޅައިލާފައި އޮންނަށް ކަހަލައެވެ.

ކަނެއްގެ އެއް ފަރާތުގައި ވަނީ ލަކުޑިން ފަރުމާކޮށްފައިވާ ތަނަވަސް ސިޓިންގްރޫމެކެވެ. އެތަނުގައި ހުރި ކަޅު ކުލައިގެ މަޑު ސޯފާގައި އަޝްބާ އިށީނދިލިއެވެ. މުޅި މީހާ ހެން އޭގެ ތެރެއަށް ގެނބިގެންދިއެވެ. އެހާވެސް އަރާމުކަމެއް އިހްސާސްކުރުވިއެވެ. ސޯފާގެ ކުރިމަތީގައި އޮތީ ލަކުޑީގެ ފުރިހަމަކަން ރަމްޒުކޭ މޭޒެކެވެ. އެ މޭޒުގެ މަތީގައި، ރިސޯޓުން މަރުހަބާ ކިއުމުގެ ގޮތުން ބަހައްޓާފައިވާ ތާޒާ މޭވާގެ ވަށިގަނޑައެއް ހުއްޓެވެ. އޭގެ އިތުރުން ދެތިން ވައްތަރުގެ ހެދިކާވެސް ހުއްޓެވެ. ފިނި ދެ ބުއިމެއްގެ ފުޅިއާއި އެކު ދެ ބިއްލޫރި ތަށި ވިދާލަމުންދިޔައެވެ. ހެޔޮވަރު ވަރުގެ ދިގު ފިނި ކުރާ އަލަމާރިއެއް އެކި ބާވަތުގެ ކާއެއްޗެހިން ފުރާފައި ހުރި އިރު މަހުޖަނުކަން އަޝްބާ ހިތަށް އެރިއެވެ. އެހެން ހިތަށް ނާރުވާނީ ކިހިނެއް ހެއްޔެވެ؟ މީ ސަން ސިޔާމުގެ މަޝްހޫރު “ސިޔާމު ވޯލްޑް”އެވެ. ދިވެހިން ބުނަންޔާއި ބުނެވޭނީ ސިޔާމުގެ ދުނިޔެ ނޫން ހެއްޔެވެ؟ ރާއްޖޭގައި މުއްސަނދި ކަމުގެ ފައިތިލަ ޖައްސަވައިގެން ތިބި މީހުންގެ ތެރެއިން ސިޔާމަކީވެސް އެކަކެވެ. ސިޔާސީ ދާއިރާގަވެސް ފާހަގަކޮށްލެވޭ ސަހްސިއްޔަތެކެވެ. މިވަގުތު ދިރިއުޅުއްވަނީ “މޮރޮކޯގެ” ކަނބަލަކާއި ކައިވެނި ކުރައްވައިގެންނެވެ. އެ ކައިވެންޏަށް ވަނީ އެއްމާބަނޑު ދެކުދިން ލިބިފައެވެ. މީގެ ކުރިންވެސް ވަނީ އިތުރު ކައިވެނިތައްވެސް ކުރަށްވާފައެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ކަމާދު ޒާރާއާއި އެ ކުރެއްވެވި ޚިތުބާއެވެ. ނަމަވެސް މިހާރު ވަނީ ކުލަގަދަކޮން ބޭއްވި މި ޚިތުބާވެސް ރޫޅިފައެވެ. ކޮޓަރީގެ އެކި ދިމާލުގައިވާ ކުދިކުދި މާވަށިތަކުން ފޮޅިފައިވާ މާމަލުގެ މީރުވަސް ވެރިކުރުވަމުން ދިޔައެވެ. އެސީގެ ފިނިވައިގެ ތެރޭގައި އެ ވަސްގަނޑުހިފާލާފައި ހުރި އިރު އަޖައިބެއް ފަދައެވެ.

މި ކޮޓަރީގެ އެންމެ ޖާދޫވީ އާދެ ޚާއްސަ ކަމަކީ ވަށައިގެން އޮތް ބިޔަ ބިއްލޫރި އެވެ. ވަކި ހިސާބަކުން ޗާލޫ ނޫ މޫދުވެސް ފެންނަށް އޮވެއެވެ. ތަޅުމުން ފެށިގެން ސީލިންގާ ހަމައަށް އެ ބިއްލޫރިތައް އުފުލާފައި ހުރުމުން ވަރަށް ތަހުޒީބެއެވެ. ބޯ ބިއްލޫރިން ބޭރުން ފެންނަނީ، ކޮޓަރިއާ ގުޅިފައިވާ އަމިއްލަ ރަށްގަނޑެއް ހެންނެވެ. ބިއްދަށުގައި ޕޫލެއް ވެސް އަދި އޮތެވެ. ފިނިފެންމަލުގެ ފިޔަތައް އަޅާފައި އޮތް އެ ޕޫލުގެ ނޫކުލައިގެ ފެންގަނޑު ހީވަނީ ރާއްޖޭގެ ނަލަ ކަނޑުގެ ބައެއް ހެންނެވެ. އޭގެ ބޭރުން ފެންނަން އިރު ހީވަނީ ފަޅުތެރޭގެ ފީރޯޒް ކުލައިގެ މުތީތަކެއް ހެންނެވެ. އެކަތިގަނޑަކަށްވެ ކަނޑާ ހަމަ އެކުވެފައި ވި ކަހަލައެވެ. ދޮރުތަކުގައި ދަމާފައިވާ ބަރު، ގަދަ ނޫކުލައިގެ ދޮރުފޮތިތައް އަޝްބާ އެއްފަރާތްކޮށްލިއެވެ، ރޭނގަޑުގެ ރިހި ކަނޑުގަދަ ކަޅު އުޑަށް ނަޒަރު ސީދާކޮށްލިއެވެ. ބަބުޅަމުން ދިޔަ ތަރިތަކާއި ސާއްބަ ހަނދުގެ ދިހުން މުޅި ބިއްލޫރި ގަނޑަށް އެޅިގެން ދިޔައެވެ. ތަނެއްގައި އަލިފާނުގެ ކުޅިވަރެއް ކުޅޭހައި ފުރިހަމަށް އަލި އެޅިފައިވިއެވެ. ހަވާއެއް ފަދަ މަންޒަރެއް މުޅި ކޮޓަރިއަށް ތަސްދީގު ވެގެން ދިޔައެވެ. އޮރެންޖުކަމާއެކު އެކީ އެކައްޗަކަށް ކޮޓަރިކޮޅު އަލިކޮށް ލި ކަހަލައެވެ.

ކަނާތްފަރާތަށް ބަލާލާއިރު އޮތީ ހީވެސް ނުކުރާހާ ތަނަވަސްކަމުން ފުރިގެންވި ފާޚާނާއެކެވެ. ފާރުގެ އެއް ފަޅީ އަރިއެއްގައި ވަނީ ބޮޑު، ހުދު “ޖަކޫޒީ” ބާތުޓަބެކެވެ. ބާތުޓަބުގެ ކައިރީގައި ހުރީ އުސް މުށީގެ އަށްޓެކެވެ. ތިރީބައިގައި އެއްޗެހި ބަހައްޓާލެވޭ ގޮތަށް ކަބަނޑުތައް އަތުރާލަފައި ހުރީ ދިގު ރުކެއްގެ ބައްޓަމަށެވެ. ބޭރުގެ ކަނޑުގެ ހިތްގައިމު އަޑާއެކު ފެންވަރާލެވޭނެއެވެ. ދެމީހުންނަށް ދެފަރާތުގައި ތިބެވޭނެ ފަދަ ގޮތަށް ހަދާފައިވާ ބޮޑު ސިންކެވެ. އޭގެ މަތީގައި އޮމާންކޮށް ހަރުކޮށްފައި ހުރި ހުދު ސާފު ބޯކިރު ކޮޅެއް ކަހަލަ ލޯގަނޑެކެވެ. ބިއްލޫރި ކަނބަޑު މަތީގެ ހަރުތަކުގެ މަތީގައި އަތުރާލާފައިވަނީ އަގުބޮޑު ސައިބޯންޔާއި ސޭންޕެވެ. ގައިގައިލާ ލޯޝަނުގެ އިތުރުން ސެންޓެވެ. އެ ވައްތަރު ތަކުގެ ފުޅިތަކުން މާހައުލާ ގުޅޭ ތާޒާ ވަހެއް ގެނެސް ދެމުންދިޔައެވެ. ފާޚާނާގެ އެންމެ ބިއްދަށުގައި ހުރީ ފާޚާނާތަށްޓެވެ. ވުޟޫކުރަން ޚާއްސަ އިސްކުރާއި ފެން މާގަނޑުވެސް ހުރީ ވަކިންނެވެ. ކޮންމެ ކަމެއް ކުރަންވެސް ވަކި ބައެއް ކަނޑައަޅާފައިވާ ހުރިފަދައެވެ.

ބިއްލޫރި ދޮރު ކަހާލާފައި އަަޝްބާ ބަލަން ނުހުރެ ފާޚާނާއަށް ދެމިގަތެވެ. ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށް ފެންވާރައި ލުމަށެވެ. ފެންވަރައި ނަލަވެގެން ނަމާދުކޮށް ޤުރުއާން ކިޔަވައި ހަދާލިއެވެ. އާދަވެގެން އަޝްބާ ދެނަމާދު ދޭތެރޭގައި ޤުރުއާނުން މިންވަރެއް ކިޔަވައި ލެވޭތޯ ބަލާނެއެވެ. ހެދިކާ ތަށީގައި ހުރި މީރު ހެދިޔާތަށް މައިކުރޯއަށް ލައި ހޫނު ކޮށްލައިގެން ކައި ހުސްކޮށްލިއެވެ. މިއަދު ކާ އެއްޗެއް އޭނާ އެކާލީއެވެ. ބުރުގައި އަޅާލައިގެން ބޭރުގައި އިން ބެލްކަންޏަށް އަޝް ނިކުމެލިއެވެ. އެކި ދިމަ ދިމާލަށް ދެލޯ އަޅަމުން ދިޔައެވެ. ގުދުރަތުގެ ފުރިހަމަ ކަމާއެވެ.

ރާޅުތައް އައިސް ކޮޓަރީގެ ލަކުޑި ތަނބުތަކުގައި ޖެހިލާފައި ދާ ފަދައެވެ. އަޑުތައް އެހާވެސް ފުރިހަމައެވެ. އަހާ، ފޫހި ނުވާނެއެވެ. ބެލްކަނީގައިވާ ހުރި އަރާމު އުނދޯލީގައި، އަޝްބާ އިށީނދެލިއެވެ. ކުރިމަތިން ފެންނަށް އޮތް މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ޚަޤީޤަތަކަށް ފުދޭނެ ނިސާނެކެވެ. އަލިވިދުވަރާއެކު ދިއްލި އަޅާފައި އޮތް ކަޅު އޮފްއަރާ އުޑެވެ. ތިރީގައި އެއޮތީ ސާދަ ކަނޑާއި މޫދެވެ. ގަޔާވާނެ ކަނޑާ ދިމާލަށް އެލުވާފައިވާ ބޮޑު ދާގަނޑަކީ، ރޭގަނޑުގެ ގެ ހަނދުވަރުގައި ރަށް  ބަލާލަން މީ އެއްވަނައިގެ ބެލްކަންޏެކެވެ. މި ހޮޓަލަކީ ދުނިޔެއިންވެސް ލިބޭނެ އެންމެ ފުރިހަމަ އެއް މަންޒިލަށްވާނެވެ. މި ކޮޓަރީގައި ނެތް ހިދުމަތެއް ކާއެއްޗެއް ބޯ އެއްޗެއްވެސް ނެތެވެ. ހުރިހާ ކަމެއް ފުރިހަމަ ވެ ނިމިފައެވެ. އިތުރަށް ރަނގަޅުކޮށް ލާނެ ކަމެއް ވެސް ނެތެވެ. ނުހަނު ސާފުތާހިރެވެ. މިތާ ހޭދަކުރާ ކޮންމެ ސިކުންތެއް ހިތުގެ ރިހުންތައް ފިލުވައިދޭން އެހީއަކަށް ފުދޭނެއެވެ. ހުވަފެނީ އާލަމަކަށް އިންސާނާ ފޮނުވާލާނެ ފަދަ މިއީ ނަލަ ނޫ ތަނެކެވެ.

“ޒުކާން މަންމަ އާއި ކޮއްކޮ: ދަރިފުޅާ އަޝްބާ، ދޮންތާ ތައްޔާރުތަ؟” ބޭރު ދޮރުގައި ތަޅަމުން ދިޔައެވެ. އެއަޑު އަހާފައި ދުވެފައި ހެން އަޝްބާ ގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ތިބި ކޮއްކޮ އިޝްބާއި ވާން އުޅޭ މައިދައިތަ ޒުކާންގެ މަންމައެވެ. ސޮފިއްޔާތައެވެ. ދައްތަ އައިސް އަޝްބާގެ އަތްތިލައިގައި ހިފާލިއެވެ. ” ސޮފިއްޔާތަަށް: ކާން ދާން ބަލައި މިއައީ. ދަރިފުޅު ބޭރަށް ނުވެސް ނުކުމެލި ވިއްޔަ.” މަންމައެއް ހާއި ދައްތަ އަހަންނަށް ވެސްހެވެ. އަބަދުވެސް ކިޔާނީ ދަރިފުޅެވެ. އެއިން ކޮންމެ ފަހަރަކު މަންމަ ނެތް ކަމުގެ ފަޅު އިހްސާސް ކުރެވެއެވެ. ދުނިޔޭގައި އަހަރެންގެ މަންމަވެސް ހުރި ނަމައޭ ހިތަށް އަރައެވެ. ތަޤުދީރެއް ވާ ބަދަލެއް ނުކުރެވޭނެއެވެ. މާތް ﷲ ގެ ނިޔާފުޅަށް އަހަރުމެންނަށް އޮންނާނީ ރުހިގެން ބޯލެބުމެވެ. ތަޤްދީރު ލިޔުމުގެ ފުރުސަތު އަޝްބާއަށް ލިބުން ނަމަ އޭނާއާއި އެންމެ ގާތުގައި ވާނެ އެކަކަށް މަންމަ އާއި ބައްޕަ ވީހެވެ. ހަމަ ހިލާ އެހެން ވިޔަކަ ނުދޭނެ އެވެ.

އަޝްބާ ބޯޖަހާލަމުން ފައިވާނަށް އެރިއެވެ. އެނދުމަތީ އޮތް ފޯނު އަތު ދަބަސް ތެރެއަށް ލައިގެން ދާން ނުކުތެވެ. ތިން އަންހެނުން މަޑު ހިނގުމެއްގައި ގޮސް މޫދާވީ ފަޅިއަށް ނިކުތެވެ. ވަކި ހިސާބަކުން ގަދަ އަޔެއް ލޮލުގައި އެޅެން ފެށިއެވެ. ކެއުން ހަދާފައި އޮތީ މަޑު ރީނދޫ ކޮޅެއް ފަދަ ހިމުން ވެލިގަނޑުގައެވެ. ރާޅު ޖަހާއި ހިތްގައިމު އަޑު މެދުނުކެނޑި އެތަނަށް އިވެމުން ދިޔައެވެ.

ކައްކާފައި ހުރި ހޫނު ކާއެއްޗެހިތައް ހިފައިގެން އައި  ވަގުތު، މޭފުރި އުތުރި އަރައިގެންދިޔައެވެ. މީރު ވަސްގަނޑު އެހާ ވެސް ގަދައަށް ފެތުރިގެން ދިޔައެވެ. ތަނަށް ވެރިވެގެން ދިޔަ ލުއި ފަތެއްހައި އިހި ވައި ރޯޅިއެއް ފަދައިންނެވެ. ކާ އެއްޗެހި މީރުވާނެ ފާނޑުވެސް ޖަހައެވެ. އެކަމަކު މޫދު ނޫން ދިމާލަށް އަޝްބާގެ ނަޒަރު ގޮސްދާނެ ބާއެވެ؟ އެ ހުވަފެނީ ދަރުބާރުން ސަލާމަތްވެވޭނީ އަޅެ އަޝްއަށް  ކޮން ދުވަހަކުން ހެއްޔެވެ؟ މާދަން ކައިވެނީގެ އަޤްދު އިއްވޭއިރު ނަޒާންއަށް އާދެވިދާނެ ހެއްޔެވެ؟

ނިމުނީ

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ތިންދުވަހުއެވެ. އާދިއްތަ އަންގާރަ އަދި ބުރާސްފަތީގައެވެ. މިއީ އަންގާރަދުވަހުގެ ބައެވެ. ނިމިދިޔަ ދެދުވަހު އެއްވެސް އެއްޗެއް ގެނެސްދެވޭގޮތް ނުވީޔީ ނިހާޔަތަށް މާފަށް އެދެމެވެ. ކުރިއަށް އޮންނާނީ ވާހަކައިގެ ފަންސާސްވަނަބައެވެ. ތިދޭ ލޯތްބާއި ތަރުހީބަށް ނިހާޔަތަށް ޝުކުރުއަދާކުރަނެވެ. މިބަިއވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ. ކިޔާ ހިތްވާނެ ފަދަ މޭރުމަކުން ލިޔެވިފައި ވީ ކަމަށް ހީކުރަމެވެ.

❤️😊🥀🥰🫶

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ލޯބިން ބުނާތީ 19

Next

ތިޔަ ނަން މި ހިތުގާ 23

Next
June 11, 2026

ތިޔަ ނަން މި ހިތުގާ 23

Previews
June 10, 2026

ލޯބިން ބުނާތީ 19

6 Comments!

  1. Inernu_27 says:
    June 10, 2026 at 4:31 pm

    Heii my darling….. How are you
    Vrh rythi MA!
    Ily nd tc 😘❤️

    1. Isnaa says:
      June 10, 2026 at 7:24 pm

      Hii dhoonii 🥰
      I’m ok
      How are you?
      Thank you so much for the lovely comment
      I appreciate your support
      Ilym Tc 🫶🥀❤️

  2. aashaaaa ♥ says:
    June 10, 2026 at 5:11 pm

    Vrh rythi story eh …. Keep It up 💗✨
    Inernu_27…. U said mi vhk tha?

    1. Isnaa says:
      June 10, 2026 at 7:27 pm

      Hii aashaaaa dear 🥰
      How are you?
      Thank you so much for the lovely comment
      I appreciate your support
      Ilym Tc 🫶🥀
      https://www.instagram.com/isnan_ahmed2442?igsh=c2h4bDR0MzlqdHlp
      Follow my page for more information about my stories ❤️😊

  3. Inernu_27 says:
    June 11, 2026 at 12:01 am

    Yeah aashaaaa♥ mi story GE vhk I buni ☺️
    I’m also gud alhamdhulillah 🤲🏻💗

    1. Isnaa says:
      June 11, 2026 at 7:52 am

      ❤️

Comments are closed.



All Right Reserved!