Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ފަސްދޮޅަސްތިންވަނަބައި (މަލާހާގެ އެނގިގެންދިޔަ ހަޤީޤަތް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
August 27, 2026 6 Mins Read
0 Comments

“އަޒީލު: ޒާއީ ރޮނީތަ! ތި ހުއްޓާލަބަލަ ދެރަ ގޮތެއް ނުވާނޭ. އަހަރުމެންގެ މިލީ ސަލާމާތްވާނެ” އަޒީލު ޒާއިނާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

ގިސް ޖަހަމުން ދިޔަ އަނބިމީހާ ފެނި އަޒީލުވެސް ދެރަވިއެވެ. އެހިތަށްވެސް ތަދުވެލިއެވެ. ކައިވެންޏަށް  ތިރީސްއަހަރު ވިއިރުވެސް މިވަރު ކަމަކާ ދިމާނުވެއެވެ.  މިކަމާ ހެދި ކަންބޮޑުވުން ފިލައިގެން ނުދެއެވެ.

“ޒާއިނާ: މިއީ އެންމެ ނުރައްކާތެރި ވަގުތުތައްދޯ ” ޒާއިނާ މަޑުމަޑުން ބުނެލިއެވެ. ” އަޒީލު: އާ އެހެން ކަންތައްތައް މިވަނީދޯ.” އަޒީލު ވަކި މިކަމުގައި ކުރާނީ ކީއްހެއްޔެވެ؟

ފަހުން ވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟ މި މުސީބާތުން މާދަށްވެސް އަލިވިވެދާނެ ނޫން ހެއްޔެވެ؟ މިވޭތުވައި ކަޅު ދުވަސްތައް ބަދަލުވާނެ ގޮތަކީ ފަހެ ކޮބައި ބާއެވެ؟ ********************************************************************

ފޯނު ކަނޑާލުމުން އަލިފުޅުބޭ ތެދުވިއެވެ. ލަސް ކުރެވޭކަށް ނެތޭ ކިޔާފައެވެ.  މާދަމާ ރެއަކީ އެކިޔާ ސާދަ ވިލޭރެއެވެ. މިލީހަމް ވިހާނެ ދުވަހެވެ.

ޚުބާބަށް އެ ފެނުނީ އިފުރީތުގެ ސޫރައެވެ. މިއީ ވަކި ކުޑަކަމެއް ނޫނެވެ. އާއިލާ ނައްތާލަފާނެ ކަމުގެ ކޮޅު މަތި އެވަނީ އަޅާފައެވެ. ނުރައްކާތެރިކަން އެވަނީ ބޮއްސުންލާފައެވެ.

ހަސްފަތާލުގެ އެނދުމަތީގައި އޮތް ޚުބާބު ދިޔައީ ވިސްނަމުންނެވެ. އެފެނުނީ ކާކު ހެއްޔެވެ؟  ފަން އިސްތަށިގަނޑެވެ. ދިގު އިސްކޮޅެވެ. ސާދާ ދޮން މޫނެވެ. ކަސްރަތީ ހަށިގަނޑެވެ. ތާކުން ދެކުނު ހަނދާންވެސްވެއެވެ. ނޭނގެނީ ކޮންތާކުން ކޮންއިރަކު ކަމެވެ.

ބައްޕަމެން ކައިރީވެސް ބުނާކަށް އޭނާއަކަށް ނުކެރުނެވެ. ބިރުން ހޭނެތިގެންވެސް ވެއްޓިދާނެތީ އެވެ.

“ޚަބީބު: ދަރިފުޅާ، ތިވަރަށް ނުވިސްނާ! އަލިފުޅުބޭ އެއުޅެނީ ތި ހުވަފެނުގެ އަޞްލު ހޯދަން. ބޭބެ ބުނަނީ އެވާނީ މިލީހަމް އަވަލައިގެން އުޅޭ އިފްރީތަށޭ ވާނީ. ދަރިފުޅަށް އެފެނުނީ.” ޚުބާބު ނުބުންޔަސް އެކަން އެގިފައިވިކަން ޚަބީބު ހާމާކޮށްލިއެވެ.

“ޚުބާބު: ބައްޕާ… މާފުކުރަށްވާ ބިރުން ނުކެރުނީ ބުނަން އެ ސޫރަ… އެއީ އިންސާނެއް ނޫން.  އެވަރު އަޅުގަނޑަށް ވެސް އިނގޭ. އެދެލޯ ދެން ސަލާމަތެއް ނެތޭ ބުނާ ކަހަލަ ހަމަ.” ޚުބާބުގެ އަޑު ތުރުތުރުއަޅަމުން ދިޔައެވެ.

ޚަބީބަށް ވީ ގޮތެއްވެސް ނޭނގުނެވެ. އެދެލޯ އެދެނީ އިންޒާރެވެ. މި އާއިލާގެ ނިމުން ކައިރިވާކަމުގެ އިސާރާތެވެ. އެނގުން މީހަކަށް އެނގުނީއެވެ.

އަޒީލާއި ޒާއިނާ ތިބީ ސިހުމާގެ ކައިރީއެވެ. ހާލު ކިޔާނެ ކަމެއްވެސް ނެތެވެ. ވަކިމީހެއް ނޫނެވެ. ކަރުނަ ފުހެފުހެފައި ތިން މީހުން ރޮނީއެވެ. ޒާއިނާގެ ކަރުނަ  ހަމަ ހުއްޓޭގޮތެއް ނުވެއެވެ.

ކުއްލިއަކަށް ދިއްލާފައި ހުރި ބޮކިތައް ފަނޑުވާން ފެށިއެވެ.  ބާރު ގުގުރިއާއެކު ނިވިގެންދިޔައެވެ. ވަށައިގެންވި މާހައުލަށް ފިނިކަން ވެރިވިއެވެ. ބޭރުން ވާރޭގެ އަޑު ކަނޑައިގެން ނުދެއެވެ.

“ޒާއިނާ: އަޒީލޫ! ބަލާބަލަ ފޯނު ދިއްލަބަލަ!” ޒާއިނާ  އަޒީލުގެ އަތުގައި ހިފަހައްޓާލަމުން އޮޅުލައިގަތެވެ.

ކުޑަދޮރުގެ ބިއްލޫރިގަނޑުގައި އިނގިލިތަކެއް އަޅުވާފައި ދަމައިގަނަމުން ދިޔައެވެ. ކަޅުކުލައިގެ ދުމެއް ފާޅުވަމުން ދިޔައެވެ. އަނދިރީގައިވެސް އަޒީލަށް ސާފުކޮށް ފެންނަމުންދިޔައެވެ.  ބޮޑަށް ވަށްތަރީ ހިޔަންޏަކާއެވެ. އެހިޔަނި ގޭތެރެއަށް ވަންނަށް އުޅޭހެން ވެސް އަޒީލަށް ހީވާ ފަދައެވެ.

“އަޒީލު: އާޔަތުލް ކުރުސި ކިޔަމާ! ޒާއީ، އަވަހަށް އުޅެމާ ހުސީ ކިޔާ!” އަޒީލު ބާރަށް އާޔަތުލް ކުރުސި ކިޔަވަން ފެށިއެވެ.

އަޒީލުގެ ކިޔެވުމުގެ އަޑާއެކު، އެ ދުންގަނޑު މައްޗަށް އަރައިގެން، ދިޔައެވެ. އެ ބާރު އަޑާއެކު ކުޑަދޮރު ވިއްސައިގެން ނުދިޔަކަން ނަސީބެވެ. ސިހުމާވެސް ދިޔައީ ތެޅިގަނެގެންނެވެ. ކަރަންޓު ލިބުނީވެސް އެހިނދުންނެވެ.

މި ނޫން ދުވަހެއް ނާދެއެވެ. ދުވާލެއް ރޭގަނޑެއް ނެތެވެ. ނިވެންވީމައި ނިމެނީއެވެ. ދޮންނަ މެޝިނުންވެސް އެއްޗެހި ދޮވެވެނީ ހުކުރުގައެވެ. އެހެން ދުވަހަކު އެއަކަށް ކަރަންޓެއް ނުލިބޭނެއެވެ.

“ސިހުމާ: ޒާއީ، ޒާއިނާ މީ އަހަރުމެން އުޅޭ ހާލަކީ؟  މިއަޑުފަންގަނޑަށްވެސް ނިމުމެއް ނެތްފަދަ. ކަރަންޓު ކެނޑުނަސް ކެނޑެންވީ.” ސިހުމާ ދެލޯ ތަޅުވާލިއެވެ.

އަޒީލު ލަސްނުކޮށް އަލިފުޅުބޭއަށް ގުޅައި ހޫނު ޚަބަރު ދިނެވެ.

“އަލިފުޅުބޭ: އަޒީލޫ، ކީކޭ ކިހިނެއް ވީއޭ؟ ދުންއެރީއޭ ހިޔަންޏޭ އެވާނީ އެ ޖިންނީގެ ކަމަކަށް ބިރުނުގަނޭ. ގިނަގިނައިން ހެޔޮ އެއްޗެހި ކިޔާ ވުޞޫމަތީ ތިބެން އާދަކުރޭ!” ބޭބެ ހަދަންވީގޮތް ކިޔައިދިނެވެ.

މި ވަގުތު ކުރެވެން އޮތް ކަމަކީ ދީނީ ކަންތަކަށް ފަރުވާތެރިވުމެވެ. ސަލާމަތް ވެވެނީ އޭރުންނެވެ. ހަމަގައިމުވެސް ނަމާދު ކުރާ މީހެއްގެ ގައިގައި ޖިންނިއަކަށް އަތެއް ނުލެވޭނެއެވެ. މިހެން މާމަމެންވެސް ކިޔައި އުޅޭނެއެވެ. ގެއަށް ވަދެނިކުމެ އުޅޭއިރު ދުޢާކިޔާއި ޒިކުރުތައް ހެނދުނާ ހަވީރު ކުރާށެވެ.  އޭރުން ސިހުރެއްގެ އުނދަގުލެއް ވެސް ނުޖެހޭނެކަމަށް ވެއެވެ.

އެނދުމަތީގައި އޮތް ކަޅުކުލައިގެ ފޮށި އަލިފުޅުބޭ ހުޅުވާލިއެވެ.  ގިނަ ދުވަސްވެގެން މެއްޔަބޮއެފައި އޮތް ފޮށިގަނޑެކެވެ. އެތެރޭގައި ތެއް ފޮނި ކުރެއްޕާއި މަރުވެފައި އޮތް ކުޑަ ހިކައްޖެއް އޮތެވެ. އެއްޗެއް ވަކި ނުވާ ވަރަށް ހުރީ މަކުނުވާއި ފުރިފައެވެ.

ހުދު ކަރުދާސްލާފައި އޮތް ފޮތެއް އޭގެން ނެގިއެވެ. އެނދި ކަޅު ކުލައިގައި ހުރި ގަނޑުތަކުގައި ލިޔެވާފައި އެއްޗެއް ކިޔޭ ހާއެއް ނޫނެވެ. ކޮން ޒަމާނެއްގެ ފޮތެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ. ބާލީސް ދަށަށް އަތްވައްދާލަފައި ބޭބެ އައިނެއް ނެގިއެވެ. ލޮލުގައި އެ އަޅާލުމާއެކު ގަނޑުތައް ނިއުޅިގެން ދާން އެފެށީއެވެ. ހަލުވިކަމުގެ ވާހަކަ ދައްކާނެ ކަމެއްވެސް ނެތެވެ. ޤަބޫލެއް އިންސާނަކަށް ކުރާކަށް ފަސޭހައެއް ނުވާނެއެވެ. ހާދަހާވައި ހަލުވިއެވެ.

ޒައިތޫނި ތެޔޮފުޅިއަކަށް ހުވަނދުމައި އަޅައިގެން ކިޔަވަން ތަރަފާލިގަނޑު މަތީ އިށީނދެލިއެވެ. އައުޒޫ ބިސްމިން ކިޔާފައި އެކިޔަވައި އެއްޗެއް ކިޔަވާފައި ތިންބުރު ފުމެލާފިއެވެ. މާމުއި ފުޅިއަކުން އޭގެ ސަބުސަލެއް އަޅާފައި ގުޑުވާލިއެވެ.

ހަށި ރައްކަލަކަށް ބުއިމަށް ތައްޔާރު ކުރެވޭ އެއްޗެއް ފާޑު ޖަހައެވެ.  އެކަަމަކު ޒައިތޫނި ތެޔޮ ބޯނީވެސް ކިހިނެއް ހެއްޔެވެ؟ ލާނީވެސް ކޮންފަދަ ރަހައެއް ހެއްޔެވެ؟ އަނގައިޖެހުމުގެ ކުރިން ހޮޑު އަންނާނެއެވެ.

ޚުބާބުގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ.  ކިރިޔާ އަޑެއް އިވޭ އިރަށް ސިއްސައިގެން ދަނީއެވެ. އެލާމު ވިޔަސް ހިފަހައްޓައި ނުލެވެއެވެ. މާ ބޮޑުވަރު ވެދާނެތީ ހަސްފާތާލުގައި އެދިގެން ގެއަށް ޚުބާބު ބަދަލުކުރިއެވެ. މޮޔަވެސް ގޮވަނީއެވެ. ބާރަށް ހެނީއެވެ. ހީވަނީ ހަމަ މޮޔައެއް ހެންނެވެ.

އަތްފައި އަނބުރަނީއެވެ. އަނގައިން ކުޅު ބުރުވަމުންދިޔައެވެ. އޮލަ ކަމެއް އެކުޅުގައިވިއެވެ.  ޖެހޭ ކޮންމެ ތާކު ދަނީ ތަރަވެގެންނެވެ. ދެލޯ  އޮންނަނީ މައްޗަށް އުފުލައިގެން ފަދައެވެ. “ސީލިންގ” އަށް ނޫނީ ނުބަލައެވެ. ކަޅި ބައެއް ފަހަރު  އެ އޮންނަނީ ހުއްޓިފައި ހެންވެސް ހިވާ ކަހަލެއެވެ.

ޚަބީބު ދަރިފުޅުގެ ކައިރީ އިނދެ ހަރު އަޑުން ކިޔަވަން ފެށުމުން ތެޅެން ފަށައެވެ. އޭނާއަށް މަޖުބޫރުވަނީ ކިޔެވުން ހުއްޓާލައި ޚުބާބު މައިތިރި ކުރާށެވެ. ހަޅޭއް ލަވާއިރު މިލީހަމަށް ވުރެ ބާރެވެ.

ބާރަށް ހިފަހައްޓައިގެން ހުރެ، އާޔަތުލް ކުރުސި ކިޔެވޭތޯ އުޅުނެވެ. ކަރުނުން ދެލޯ ފުރިފައިވިއިރު ޚަބީބުގެ ރިހުން ހާމަވާނެއެވެ.

” ޚުބާބު: ދުރަށް ދޭ، ދޫކުރޭ. އަތުން މީނަ ފެންނަ މުސްކުޅިޔާ ދުރަށްދާށޭ!” ދަރީގެ އަނގައިން އެބޭރުވަނީ ޚުބާބުގެ އަޑެއް ނޫނެވެ.

ރޭގަނޑުގެ ކޮއްތު ހިފައިގެން ހުއްބާއަށް އާދެވުނީ އެންމެ ގޯސްވި ގަޑިއަށެވެ. ދޮންބެދައްތަގެ އަޑާއި ދޮންބެގެ އަޑު ހުރީ މެދު އުޑުންގައި ޖެހިފަ އެވެ. ތަށިތައްވެެސް ނުލާ ދުވެފައި އޭނާ ދިޔައީ ދޮންބެގެ ކޮޓަރިއާއި ދިމާލަށެވެ. އެތަން ހުރީ ތަޅުލާފައެވެ. އެތެރެއިން ޤުރުއާން ޖަހާފައި ހުރި ކަން  އެނގެއެވެ. ޖެހިގެން މިއުޅެނީ ވާ ކަމެއް ތާއެވެ؟ ޚުބާބުވެސް އެއުޅެނީ ހިފަހައްޓައިފި ނުލެވިގެންނެވެ.

” ހުއްބާ: މަންމާ … އެއްޗެއް ކާލަންވީނު  ދެވުވޭ ދެން. ބޭސްކާގަޑި ޖެހެނީ މިއޮތްގެން. ތެވުވޭ އާ. އަވަހަށް… ” ހުއްބާ ނިދިފައި އޮތް މަންމައަށް ކާން ގޮވާލިއެވެ.

” ސިހުމާ: ދަރިފުޅާ! ތިއައީ ދޯ. ދޮންބެ ކައިރިއަށް ވަދެލައި ފިންތަ. ގެއަށް ގެނެސްފި އޭ.” ވަރުބަލިކަން މަންމަގެ ރާގުގައި ވިއެވެ.

ބަތާއި ރިހައިގެ އިތުރުން ގަރުދިޔަވެސް ހުއްބާ ގެނައެވެ. ކުޅި އެއްޗެހި ކެއުން ޑޮކްޓަރުން މަންމައަށް މަނާކޮށްފައި ވީތީއެވެ. ކެއުމަށް ބަލަން ޖެހިފައި ހުރިއިރު ކޮންމެ ކޮންމެ އެއްޗެއް ނުވެސް ކެވެއެވެ. ކެބެޖު ކިއުކަންބާ ރޯޓޮމާޓޯ ކެއުން މަނަލެވެ. މޭވާގެ ކެވޭ އިނީ ދެވައްތަރެވެ. “މެލަންއާއި ސައްކޭލެއެެވެ. ރާއްޖެއިން ލިބެންވެސް އެންމެ ދަތިހެން ހީވާ ދެ މޭވާއެވެ.

” ސިހުމާ: މަލާހާ އާއި ގުޅޭނެެ ނަންބަރެއް ނެތް ތަ ދަރިފުޅާ. ” ސިހުމާ މަލާގެ ނަންބަރެއް އިނގޭތޯ ހުއްބާ ކުރެން އަހާލިއެވެ.

“ހުއްބާ: ނޫން މަންމާ ނޭނގެ. އައިޖީ. އެމް. އެޗް. ގެ ކައުންޓަރަށް ގުޅާލައިގެން ހޯދިދާނެ. ބޮޑުބޭގެ ޒަނާ އިންނަނީ އެތައެއްނު.” ހުއްބާ ނަންބަރު ހޯދާނެ ގޮތެއެއް ބުނެލިއެވެ.

ބައްޕަ ފަރާތު ބޮޑުބޭބެ ނޫރައިން އަކީ އިންޖިނިއަރެކެވެ. އަންހެނުންނަކީ މަދަރުސާގައި ކިޔަވައިދެއްވާ މުދައްރިސެކެވެ. ދޮށީ ފިިރިހެން ދަރިއަކީ ޕައިލޮޓެކެވެ. ދިިރިއުޅުއްވަމުން އެދަނީ “އަޒަރުބައިޖާން” ގައެވެ. ތިއްބަވާނީ ދެފިރިހެން ކުދިންނާއި އަންހެން ކުއްޖެކެވެ. ޒަނާނަކީ ހުރި ހަމައެކަނި އަންހެން ފުރާނައެވެ. ނަރުސްކަން ކިޔަވައިގެން މަސައްކަތް އެކުރަނީ އައި.ޗީއެމް. އެޗް. ގެ “ރިސެޕްޝަން” ގައެވެ.

“ސިހުމާ: ދަރިފުޅު، ޒަނާއާއި ގުޅާ ލަބަލަ. އެމަންޖެ އަށް ނޭނގިނުދާނެ. ހެޔޮކޮށް އަގަގަދަވާނެ. މީގެ އެންމެނަށް ވާވަަށް އަންގަ ތަޅާނެ.”  ޒަނާގެ ނަމާއެކު ސިހުމާ ހިނިއައެވެ.

ޚުއްބާ “ކޯޑު”ޖަހައި ޒަނާނަށް ގުޅާފައި ސުޕީކަރަށް ލިއެވެ. އެންމެ ރިންގަކާއެކު ނަގައިފިއެވެ. ދޮންތައޭ ކިޔައި ގޮވާއި ގެންފައި ކިހިނެއް ވީހޭ އަހައިފިއެވެ. ނަރުހެއްގެ ނަންބަރު ހޯދާލަން ކަމަށް ޚުއްބާ ބުނެ ނަންވެސް ބުނެލިއެވެ. އެނަށް ކިޔާއި ނަރުހެއް ނޫޅޭކަމަށް  ޒަނާ ބުނުމާއެެކު ސިހުމާއަށް ތެޅިގަނެވުނެވެ.

މަޖާ މިޒާޖުގެ އެކުވެރި ކުދިންނެކޭ އެއްގޮތަށް ހިމޭން ކުދިންވެސް ތިބޭނެއެވެ. އަނގައިން ބަހެއް ނުކިޔާ ތިބޭ ކުދިންވެސް އުޅޭނެއެވެ. ބާކި ކުރުމާއި ތަފާތު ކުރުންތައްވެސް ހުންނާނެއެވެ. ގުޅުން އުފައްދަނީ ވެސް ވަކި ބަޔަކާއެވެ. ހިމޭން ކުއްޖާ އިންނާނީ އެކަނި ކޮށްލާފަ އެވެ.

” ޒަނާނު: ކޮން އުމުރެއްގެ ނަރުހެއްތަ އަނެއްކާ ދޮންތަމެން ތި ހޯދަނީ. ” ޒަނާ ނޭވާ ހިފައިހައްޓައިގެން އިނދެ އަހާލިއެވެ.

މަލާހާއަކީ މީގެ އަހަރުތަކެއް ކުރިން މަރުވެފައިވާ ކުއްޖެކެވެ. “ޔުނިވާރސިޓީގެ” ދަނާލުގައި ދަންޖެހިފައި ހުއްޓައި މަލާހާ ފެނުނީ އެކޮޓަރީގައި އުޅޭ ޔަނާލަށެވެ. މިއަދާ ހަމާލަށްވެސް  ހަޤީޤަތެއް އެމަރުގައި އެނގިފައި ނުވެއެވެ.

“ސިހުމާ: ވާނީ ހަމަ ޒަނާނު މެން އުމުރު ދަރިފުޅާ…” ސިހުމާ  ބަނޑުހިންދާލައިގެން އިނދެ ބުނެލިއެވެ.

ދިހަ އަހަރު ފަހަނައަޅައި މަލާގެ މަރަށް ގޮސްދާނެ އެވެ. މިކިޔަނީ ދެހާސްސޯޅަ ވަނަ އަހަރުގެ ވާހަކައެކެވެ. ޖޫން ސޯޅަ ގައި ދަންޖެހިފައި ހުއްޓައި ދަނާލުން ފެނުނު މަލާހާގެ ވާހަކަތާއެވެ.

“ޒަނާނު: މަލާހާ އަކީ އަޅުގަނޑު މެންނާއެކު ކިޔަވަން އެއްކުލާހުގައި އުޅުނު ކުއްޖެ. ވީގޮތެއްވެސް ނޭނގެ ހަމަ ދަންޖެހިފައި ހުއްޓާ ފެނުނީ. އެއްކޮޓަރީގައި އުޅުނީވެސް ދޯ. އަޅުގަނޑަށް ފެނުން މަލާ.” ޒުނާނުއަށް ފުރިހަމައެއް ނުކުރެވުނެވެ. ވަކި ހިސާބަކުން ހުއްޓުން އެރީއެވެ.

އިވެމުންދިޔަ ވަރަކަށް ޚުއްބާވެސް ތުރުތުރުލާން ފެށިއެވެ. އޭނާ އެހެރީ މަލާހާގެ މަރު އަޑު އެހިތާއެވެ. ސިހުމާއަށް ވަނީ ދިރިއުޅުމުގެ ބައިވަރު ކަންތައްތައްވެސް  ހިއްސާ ކުރެވިފައެވެ. މުޅި އާއިލާ މާލާހާގެ ކުރިމަތީގައި ކުރެހުން އަޅާދެވިފައެވެ.

ދެން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ނުކިޔައިދޭ ކަމަށް ހެދޭނެ ހެއްޔެވެ؟ އަލަތު ކައިވެނީގެ ތަސްވީރުތަކަަށް ދަން ދެން ދެއްކިއްޖެއެވެ. މައުސޫމު މާމަދަރިންތައްވެސް ދެއްކުނީއެވެ. ކުރެވޭނީ ކީއްހެއްޔެވެ؟

މަރުވެ ގޮސްފައިވާ މީހެއްގެ ސޫރަ ނަރުހަކަށް ވެގެން އައީއެވެ. ބަލިމީހަކަށް އޯގާވެ ޚިދުމަތް ދިނީއެވެ. އިތުބާރު ހޯދައި ގާތްކަން އުފެއްދީއެވެ. ވަގުތު ހޭދަކޮށް ހީ ސަމާސާއި ކުރީއެވެ. ޤަބޫލު ކުރެވޭ ހެއްޔެވެ؟ ރޫޚެއް އެރީއެވެ.

އަލިފުޅުބޭ ފުޅިހިފައިގެން މިސްރާބުޖެހީ މާލެއަށެވެ. ޚަބީބުމެންގެ ގެއަށް ދާށެވެ. އަވަހަށް ޚުބާބަށް މިދެވޭތޯ ދާށެވެ.

ކާރު ދުއްވާފައި ދިޔައިރުވެސް އަލިފުޅުބޭއަށް ޚުބާބު ފެންނަ ފަދައެވެ. ހަޅޭލަވަމުން ތެޅިފޮޅެނީކަށް އެނގެއެވެ. ހުއްޓައި ނުލައި ތުންތަޅުވަމުން ބޭބެދިޔައެެވެ. ދުއްވަން އިން މީހާއަށް ވެސް ފާހަގަކުރެވުނީ ކަހަލައެވެ. “ސުޕީޑު” ގަދަކޮށްލިއެވެ.

ހުޅުމާލެއަށް މޫސުން ރީތި ދުވަހަކަސް މާލެއަށް ދިޔައީ ވެހެމުންނެވެ. ބައެއް މަގުތަކުގައި ފެންގަނޑު ބޮޑުވެގެން ހިއްކުމުގައި ސިފައިން އުޅެމުން ދިޔައެވެ.

އަލިފުޅުބޭ ކާރުގައި މަޑުކޮށްލި އިރު މަގުމަތީ ކުޑަ ހިފައިގެން އަޒީލު ނިކުމެ ހުއްޓެވެ. ބޭރުގައި މަޑުކުރުމެއް ނެތި އެތެރެއަށް ވަދުނީއެވެ. މަންމަ ގޮވައިގެން ހުއްބާވެސް ދިޔައީ ބޭރަށް ބައްޕަ ބުނެގެންނެވެ. ގޭގައި މިވަރު ބޮޑުކަމެއް ވާއިރު ހުރުން ރަނގަޅުކަމަށް ނުފެންނާތީއެވެ.

ތިން ފިރިހެނުންނާއި އަލިފުޅުބޭ މަސައްކަތް ފެށިއެވެ. އެގެނައި ފުޅިން ތަށްޓަކަށް އަޅައިގެން ޚުބާބަށް ބޯންދިނެވެ. ފަޔާއި އަތުގެ އެތައް މިތަނުގައި އުގުޅަން ފެށިއެވެ. ކިރިޔާވެސް ހުއްޓުމެއް ލިބުނީ ދެނެވެ. ދެލޯ މެރިގެން ގޮސް ޚުބާބަށް އެއްކޮށް ނިދުނެވެ.

“ޚަބީބު: އަލިފުޅުބޭ، މިސޮރު މި ރަނގަޅުވީތަ. ދެން މިހެންނެތް ނުވާނެތަ.” ޚަބީބު ބިރުންހުރެ އަހާލިއެވެ.

ހަމަ ނިދި ނުލިބޭތާއި ޚަބީބަށްވެސް ހަފްތާއެއް ވަނީއެވެ. ހަސްފާތާލުގައި ރޭކުރަން ޖެހުނު އެންމެ ރެއަކުވެސް ނިދޭގޮތެއް ނުވެއެވެ. ދެލޯ މަރާލިޔަސް ނާމާންކަމާއި ވަޚުމުތަކުން ހިތް ފުރިގެންދެއެވެ. އެއިވޭ ބެރުގެ އަޑަކުންވެސް އޭނާއަށް އޯށޯވެ އޮންނަށް ވެސް ދަތިވަނީއެވެ.

“އަލިފުޅުބޭ: މިވަގުތައް ހުއްޓިފައި ތިއޮތީ. އަނެއްކާވެސް ވީމައި މި ފުޅިން އެތިކޮޅެއް ދީފައި. ގައިގައި އުގުޅާލައި. ” އަލިފުޅުބޭ ވާން ވީ ގޮތް ކިޔައިދިނެވެ.

އެހާ ފަސޭހަކަމާއެކު ޚުބާބެއްވެސް ސަލާމަތެއް ނުކުރެވޭނެއެވެ. މިވަގުތައް ހައްލު ލިބިފައިވިޔަސް ހޭއަރާތަނުން ވުމަކީ އެކަށޭނަކަމެކެވެ. ޤުރުއާނުގެ އަޑު ޖެހުމާކީ ޖިންނި ޝައިޠާނުންނަށް އުނދަގޫވާނެ ކަމެކެވެ. ޚުބާބުގެ ހަށިގަނޑުގައި ޖިންނިއެއް ވާކަމުގައި ވާނަމަ ޤުރުއާނުގެ މޫރިތި އާޔާތްތައް އިވުނީމާ ގޮތް ގޮތް ނުވެ ނުދާނެއެވެ.

“އަޒީލު: އަޅުގަނޑުގެ ދަރިފުޅު މިލީހަމަށް ނެތްތޯ ކޮށްދެވޭނެ މިފަދަގެ ފަރުވާއެއް ވެސް. ސިކުންތުކޮޅަށް ރަނގަޅުވެލާނެވެސް!” އެ ހިތުގައި އިންތިހާ ޖެހިއްޖެ އެވެ.

“އަލިފުޅުބޭ: އަޒީލޫ ކޮއިފޮޅާ، ހިތްވަރުކުރޭ، ބޭބެ މިދަނީ އަލިމަގެއް ފެނޭތޯ ބަލަމުން. އަޒީލުގެ ގޮއްޔެ މިކަމުން މިންޖުކޮށްދެވޭތޯ ބަލަމުން. މާތް ﷲ ގެ ކުޅަދުންވަންތަކަން މީ ހުސް.” ސާބިތުވެހުރެ، އަލިފުޅުބޭ އަޒީލަށް ބުނެލިއެވެ.

ކިޔެވެލިތައް އަލިފުޅުބޭ ކިޔަވަން ފެށުމާއެކު މިލީހަމު ހުއްޓުނެވެ. ހުއްޓާނުލައި ހަޅޭތް ފަޅޭތް ލަވަމުން ދިޔަ މިލީއަށް ވީ ގޮތެއްވެސް ނޭނގެއެވެ. މުށިތައް މަތިން ތެދުވެ ދެލޯ މަރާލަމުން އެނދުގައި އިށީނދެލިއެވެ. ބެޑުސީޓުމަތީ އަތް ކާއްތާލިއެވެ. ދެން މިލީހަމު ފުން ނޭވާއެއް ލުމަށްފަހު ދެލޯ ހުޅުވާލިއެވެ.

“މިލީހަމް: މަންމާ… ބައްޕާ…” ވަރުބަލިކަމާއެކު މިލީ ގޮވާލިއެވެ. އެހެނަސް، އެއަޑެއް ނުނިކުތެވެ.

މައިންބަފައިން ނުފެންނަތާވެސް ހަމަސް ހަތްމަސް ވަނީއެވެ. އަސަރުވެސް ކުރާނެތާއެވެ. ދެރަވެ ހިތުގައި ވެސް ޖެހޭނެއެވެ. ލޯބިން ބައްދާލައި ހިތް ނުވެ ދާނެ ހެއްޔެވެ؟

“އަލިފުޅުބޭ: ދެން ދާންވަނީ އިނގޭ. ދަންވަރު ވުމުގެ ކުރިން ގެއަށް ފޯރާތޯ ބަލަން ޖެހޭނެ. އޭގެ ހަމަލާއެއް އައުމަކީ އެކަށޭނަ ކަމެއް. އިންސިއެއްގެ ސިފައިގަވެސް އަތުވެދާނެ.  އެހާ ނުރައްކާވެފައި މިއޮތީ މިކަންތައްގަނޑު މިހާރު.” ދާން ބޭބެ އެނބުރިލިއެވެ.

އަލިފުޅުބޭއަށް ރަށަށް ދެވިދާނެބާއެވެ؟ މަގުމަތިން ހަމަލާއެއް އަތުވެދާނެ ހެއްޔެވެ؟  ސަލާމަތް އަލިފުޅުބޭ މިރޭ ވާނެ ހެއްޔެވެ؟

ނުނިމޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. ހޯމަގައި ޝާއިރު ނުވިއްޔާ އަންގާރަ ދުވަހު ވާނެއެވެ. ބުދައިގައި ޝާއިރު ނުވިއްޔާ ބުރާސްފަތި ދުވަހު ވާނެއެވެ. މިބައިވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.

🥰🫶🥀♥️😊

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވާނަމޭ ލޯބިން އުމުރަށް- ޗެޕްޓާރ 1&2

Next

މި ލޯތްބާއި ތި ވަޢުދު (33)

Next
August 27, 2026

މި ލޯތްބާއި ތި ވަޢުދު (33)

Previews
August 27, 2026

ވާނަމޭ ލޯބިން އުމުރަށް- ޗެޕްޓާރ 1&2



All Right Reserved!