Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ ފަންސާސް އެއްވަނަބައި (ޅެމަކުން އަމުނާލި ހިތުގެ އުދާސް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
July 20, 2026 5 Mins Read
0 Comments

” ނިމިދިޔަ ބައިން ހަނދާން އާކޮށްލަމުން ”

ކޮއްކޮ ދެކެ އޭނަ ފުރާނަ ފަދައިން ލޯބިވާ އަޝްބާ ލޯބިވިކަން ހާމަވެއްޖެވެ. އެކަން އެހާމަ ކޮށްލީ ހުދު އަޝްބާގެ ދުލުންނެވެ. އެހާ ފަސޭހައިން އޭނާގެ ލޯބި ހާސިލުނުވެގެން އުޅޭ ސަބަބަކީ އެޔެވެ. އިއްތިފާޤަކުން ޖަޒުބާތުގައި ޖެހި ދެކެވުނު ވާހަކައެއްގެ ތެރޭ ބުނެވުނީ އެވެ. ބުނެވޭ ބަހެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ ދުލުން ބުނެވުމަށްފަހު އަނބުރައި ނުއެއް ގެންދެވޭނެއެވެ.

 

ނަޒާންއަށް ހުރިހާ ހަޤީޤަތެއް އެނގުނީއެވެ. ހަޤީޤަތާއި ކުރިމަތި ލުމުގެ ހިތްވަރު ހުންނާނެ ހެއްޔެވެ؟  އޭނާގެ ހިތް އަޝްބާއަށްޓަކައި ހިތްހެޔޮކޮށްފާނެބާއެވެ؟ ބޭނުންވި ލޯތްބަށްޓަކައި އަޝްބާގެ ހިތްހަމަޖައްސައިދީފާނެ ހެއްޔެވެ؟ އެއްވެސް ގޯސް ފިޔަވަޅެއް އެޅިޔަނުދީ ހިފެހެއްޓިދާނެބާއެވެ؟

 

ނަޒާން މަޑުމަޑުން ގޮސް އަޝްބާގެ ނަމުން ” ނަޒާން: އަޝްބާ… ” ގޮވާލިއެވެ. އެ ދެއަތުގައި ހިފާލިއެވެ. އަދި އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަތައް ފުހެލަދިނެވެ. ” ނަޒާން: އަޝް… އަހަންނަށް މާފު ހައްޤެއް ނޫން. އަހަރެނަށް ގަދަ ކަމުންތަ ތި ލޯބި ހޯދަން މިއުޅެވުނީ. އަޝް އަހަރެންދެކެ ލޯބިނުވާ ސަބަބު މި އެނގުނީ. ވަރަށް ދެރަވެއްޖެ. ހިތުގައި ޖެހިއްޖެ. ހިތް ކުދިކުދިވެ ފޮތިފޮތި ވެއްޖެ. ދެންވެސް ބުނެލާ ހިތްވަނީ. އަޝް ތިވީ ބޮޑު ޤުރުބާނީއެކޭ. ތިވީ ޤުރުބާނުގައި މިހިތް އިތުރަށް ތި ލޯތްބަށް ފެން ބޯވައިގެންފި. އަޝްބާ… ނުޖެހޭނެ ތިހުރިހާ ކަމަކާއި އެކަނި ކުރިމަތިލާކަށް. ތިހެން މަރުގެ ވާހަކަ ނުދައްކާތި ދެން. އަޝް އެކަނިވާކަށް ދުވަހަކުވެސް ދޫނުކުރާނަން. އެކުގައި އަބަދު ވާނަށް.”

 

އެވަގުތު ދެމީހުންގެ ދެމެދަށް ވެރިވެގެން ދިޔައީ ފުން ހަމަހިމޭންކަމެކެވެ. ނަމަވެސް މާދަމާއަކީ އިޝްބާ އާއި ޒުކާންގެ ކައިވެނީގެ ދުވަހެވެ. މި ސިއްރު ފާޅުވުމުން، މާދަމާގެ ކައިވެންޏަށް ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ މި ވާހަކަ ނަޒާންގެ ފުށުން އެހެން މީހަކަށް ގޮސްދާނެ ބާއެވެ؟ ކޮޓަރީގެ ދޮރު މަތީ ބަޔަކު އަޑުއަހަށް ތިބިބާއެވެ؟

 

******************************************************************************

ލޮލުން ފައިބަމުންދިޔަ ކަރުނަޔަކަށް ބަދަލެއް ނައެވެ. ދެމީހުންވެސް އެއް ރާގެއްގައި ރޮމުން ދިޔައެވެ. ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަދެގެން އައީ އިޝްބާއާއި ޒުކާންއެވެ. އަތުގައި ސުޕީކަރަކާއި ދެމައިކު އޮތެވެ. ލަވެއް ނިމިގެން ފެށުމަށް ތައްޔާރުވަނީކަން އިވެމުން ދިޔަ މިއުޒިކުން އެނގެމުން ދިޔައެވެ. އަލީ ރަމީޒުގެ އަޑު ޖެހުމާއެކު ދެމީހުންނަށް ހަމަ ބިމަށް ތިރިވެވުނު ކަހަލައެވެ.

 

” އަނިޔާ ހިތަށް ނުދޭށޭ، ތިޔަހެން ސަޒާ ނުދޭށޭ

ވާ ޒަހަމުން މި ހިތް ރޮތީ، އެދޭނީ ޔާރު އެހީވާށޭ

އެދޭނީ ޔާރު އެހީވާށޭ…

އަނިޔާ ހިތަށް ނުދޭށޭ، ތިޔަހެން ސަޒާ ނުދޭށޭ،

ވާ ޒަހަމުން މި ހިތް ރޮތީ، އެދޭނީ ޔާރު އެހީވާށޭ

އެދޭނީ ޔާރު އެހީވާށޭ… ”

 

ނުނިދާއި ހޭލައި ހިތާމަ ކުރި ހަނދާންތައް ދެމީހުންގެ ސުކިނޑިއާއެކު ބޮއްސުންލައިގެން ދިޔައެވެ. ބޭވަފާތެރި ވެވުން ހެއްޔެވެ؟ ވީނަމަ ބޭވަފާ މިވީ ކާކު ހެއްޔެވެ؟ ކޮންމެ އަކަސް ދެހިތަށްވެސް ފިނިކަމެއް ނުވެއެވެ. ލިބެމުން ދަނީ އަނިޔާއީ ސަޒާ އެވެ.

 

” ކެހެވެރިވީމާ ހާލު އިނގޭހޭ، އަހަރެން ހޭލާ ރޯން ޖެހެނީހޭ

ކެހެވެރިވީމާ ހާލު އިނގޭހޭ، އަހަރެން ހޭލާ ރޯން ޖެހެނީހޭ

ތިޔަހެން ބާކީކޮށްލާފައި ދާތީ، އެދޭނީ ޔާރު އެހީވާށޭ

އެދޭނީ ޔާރު އެހީވާށޭ… ”

 

ކެހިވެރިކަމަކީ ބައެއްގެ ދިރިއުޅުން ހަފުސްކޮށްލާނެ މަކަރު ގަދަ ހަތިޔާރެކެވެ. ނޭވާ ކުރުވެ މީހާ ޑިޕްރެޝަންގެ ހަޅުތާލެއް ތެރެއަށް ގަންބާލުމަކީ އޭގެ ކުޅާދާނަ އުކުޅެކެވެ. ދުނިޔެމަތިން ފޫހިކުރުވާއި އިންސާނާ ފަނާކޮށްލަން ކެހި ވަރަށް މޮޅުވާނެއެވެ.

 

” ދޭހަވެވޭ މީ އިސްޤުގެ މާޒީ، އޭރު އެކީގައި ވަޢުދު ވެފައިވީ

ދޭހަވެވޭ މީ އިސްޤުގެ މާޒީ، އޭރު އެކީގައި ވައުދު ވެފައިވީ

އެހަނދާން ވެވިފައި ހުންނަށް ވާތީ، އެދޭނީ ޔާރު އެހީވާށޭ

އެދޭނީ ޔާރު އެހީވާށޭ….. ”

 

މާޒީގައި ވި ފޮނި ޚިޔާލުތަށް އިސްޤީ އޮއެވަރާއެކު ބަދަލުވެއެވެ. ފަހުން އެ ސުވާސްތަކުން ކުރާނީ ފުން ޒަޚަމެކެވެ. ދުލުން ބުނެލަން ގަލަމުން ލިޔެލަން ކުޅަދަނާ ކަމެއް ނެތް އިހްސާސްތަކެކެވެ. ހުރިހާ އަސަރުތަކެއް ވެއްޔާއެކު އެކުވެ ނެތި ފަނާވެ ދާހެންނެވެ.

 

” ހާމަ ވެދާނީ ހިތުގެ އުދާހޭ، ނާހަމަ ތެދެކޭ ލޯބި މަލާއޭ

ހާމަ ވެދާނީ ހިތުގެ އުދާހޭ، ނާހަމަ ތެދެކޭ ލޯބި މަލާއޭ

ނުފިލާ ހިތުގައި އެހަނދާންތައް ވާތީ، އެދޭނީ ޔާރު އެހީވާށޭ

އެދޭނީ ޔާރު އެހީވާށޭ…”

 

ލޯބި ފަހުމުނުވަނީ ފަހުމު ކުރަން ނޫޅެވޭތީއެވެ. އަނިޔާ ލިބެނީ ކޮންމެ ގޮތެއް ވަރިހަމަ ވީމަ އެވެ. ވޭނާއި ސަޒާއަށް ކެތްކުރަންޖެހޭނީ ގޮތް ދޫނޫކެރެވޭތީއެވެ. ރޫޚު ނިމިގެންދަނީ މަޑުމޮޅިކަމާއެކުއެވެ. ވަޔާއި ވައި އަތްވަސްވާ ބީދާއަކުން ނޫންހެއްޔެވެ؟

 

” އަނިޔާ ހިތަށް ނުދޭށޭ، ތިޔަހެން ސަޒާ ނުދޭށޭ

ވާ ޒަޚަމުން މި ހިތް ރޮތީ، އެދޭނީ ޔާރު އެހީވާށޭ

އެދޭނީ ޔާރު އެހީވާށޭ، އަނިޔާ ހިތަށް ނުދޭށޭ،

ތިޔަހެން ސަޒާ ނުދޭށޭ، ވާ ޒަޚަމުން މި ހިތް ރޮތީ

އެދޭނީ ޔާރު އެހީވާށޭ…

އެދޭނީ ޔާރު އެހީވާށޭ …

އެދޭނީ ޔާރު އެހީވާށޭ…

އެދޭނީ ޔާރު އެހީވާށޭ…”

ނަފްސު ހިސޯރުކުރަނީ ނައްސި ފިކުރުތަކެވެ. ދިރިހުރުން މުހިންމު ނޫންކަން ބުނެދެނީ ޒަމީރެވެ. ދީވާނާވެ އާވާރާވަނީ ދެވަނައެއް ނުވާ ތިމާގެ ހިތެވެ. ފިސްފިސްވެ ކުދިކުދި ވަނީ ހަމަ އެ ނާޒުކު ހިތެވެ. ގޮތް ހުސްވެ ހާންތި ވަނީވެސް އެ ނިކަމެތި ހިތް ނޫން ހެއްޔެވެ؟

” އިޝްބާ: ތި ނުރޮއެ ބަލަދޯ ދޮންތަމެން. މިތަނަން ތިއައީ ރޯންތައް. އަހަންނަށް މިހާ ހާއްސަ ދުވަހަކު ދޮންތަ ރޮންޔާ ކިހިނެއް އަހަންނަށް ވާނީ.”

އުދާސްތައް އަތް ނޭވައިގައި ބޭރުކުރަން ހަދައިގެން އިޝްބާގެ ބޮލުގެ އެއްފަޅިއަށް އެގުންވެލިއެވެ.

” އިޝްބާ: މި ދެލޮލަށް ނުފެނުނަސް ހިތަށް ފަހުމްވޭ. ދޮންތަގެ ލޮލުން ކަރުނަ ވިދާ ބަބުޅާކަން އިނގޭ. މިހިތަށް އިހްސާސް ވޭ. ހުދު ކޮއްކޮވެސް ދެރަވޭ.” ވާހަކަ ކުރިއަށް ގެންދަން އިޝޫއަށް ދަތިވީ ކަހަލައެވެ. ފަރާތް ފަރާތް ބަލަން ފެށުމުން އަޝްބާ ކޮއްކޮ އެނދުމަތީ ބާއްވާލިއެވެ.

” އަޝްބާ: ކޮއްކޮ ކުޑަކޮން އަރާމުކޮށްލާ. މާ ވާހަކަ ގިނަނުކުރޭ. ބަލާ މިހާރު ތިއޮތް އޮތްދާވެސް ހިއްލަނީ.” ވަރަށް ލޯބިން ކޮއްކޮގެ ބޮލުގައި އަޝްބާ ފިރުމާލިއެވެ.

” އިޝްބާ: ދޮންތާ، މިރޭ މިއައީ ލަވަކިޔަން. ވަރުބަލިވިޔަސް ލަވަ ކިޔާފައި ދާނީ.”

ކުޑަކޮން ތެދުވެ އެނދުގެ ހެޑު ބޯޑުގައި ބޯއްޖައްސާލަމުން އިޝްބާ ބުނެލިއެވެ. މިއައީ ލަވަކިޔާށެވެ. ކޮންމެ ހާލެއްގައިވެސް ލަވަ ކިޔާނަމެވެ. ވަރުދެރަވިޔަސް ފަރުވާލެއްނެތެވެ.

މާގިނައިރަކު ކޮއްކޮއަކަށް ކޮޅަކަށް ނުހުރެވޭނެއެވެ. ވާހަކަދެއްކުމަށް އެހާ ދަތިވާނެއެވެ. އަޑު އިވުމުގައިވެސް މައްސަލަތައް އުޅޭނެއެވެ. ބޮލުގެ އެއްފަޅި މަސައްކަތެއް ނުކުރާނެއެވެ. ބަނޑުގައި ރިއްސުމާއި ގޭހުގެ ކަންތައް އެހާ މަތިވާނެއެވެ.

 

 

ގޮތް ދޫނުކުރާނެކަން އިނގުމުން އެންމެފަހުން އަޝްބާވެސް އެެއްބަސްވިއެވެ. މަޖާކޮށް ލަވަކިޔައި ހޭ ހަދަން އުނދަގޫ ވިޔަސް ކޮއްކޮއަށްޓަކައި އޭނާ ހިނިތުންވިއެވެ. އެ ހިނިތުންވުމުން ނަޒާންގެ ލޮލާ ހަމަލަށް ފޯރުމާއެކު ލަދުވެތިކަން އެ ހިތުގައި ފަވާލިއެވެ.

 

“ޒުކާން: ލަސްނުކޮން ފަށަން ވީނު. މިހާރު އެ އޮތް ގެން ދިހައެއް ޖަހަން ގާތް ވަނީ.” ލަސްވަމުންދާތީ ޒުކާން އިސްނެގިއެވެ.

“ނަޒާން: ލަވަބާޒީތަ، ކަރޯކޭތަ” މަޑުން ނީނދެވިގެން ނަޒާނަށް އަހާލެވުނެވެ. ލަވަކިޔަން އޭނާ މިރޭ ބޭނުމެވެ. އުދާސްތައް އަޝްބާގެ ކުރިމަތީ ބަންޑުންކޮށްލައި ހިތް ވެއެވެ.

 

 

“އިޝްބާ: މިރޭ ލަވަބާޒީ… ޒުކޫ ފަށާނީ ދޯ؟ ޒުކާން.” ފުންކޮން ނޭވާއެއް އިޝޫލިއެވެ. ފެށުމަށް ވާން އުޅޭ ފިރިމީހާއަށް ހަވާލުކޮށްފައެވެ.

 

 

ދެއަތާ ދެއަތާ ހާސްވެގެން އުޅޭ މީހެއްހެން ޒުކާން މޮޑެން ފެށިއެވެ. ކިޔާނެ ލަވައެއްވެސް އެސިކުނޑިއަކަށްނައެވެ. އަޅެ ކިޔާނީ ކޮން އެއްޗެއް ހެއްޔެވެ؟ ހިތާއި ސުވާލުކުރަމުން އޭނާ ދިޔައެވެ. އާނއެކެވެ. ކޮންމެވެސް ޅެމެއް ހަދާލާނީއެވެ. ޒުކާން ނިންމިއެވެ. އަމިއްލަ އުފެއްދުމެއް އިއްވާލާށެވެ.

 

” ޒުކާން: ދަންވަރުގެ ހަމަހިމޭންކަމުގައި ލޯބީގެ ފޮނިކަމާއެކުގައި                 ބިނދެލުން މަގޭ އަމާޒަކީ ލޯބީގެ ދާނުގައި   ބިނދެލުން މަގޭ އަމާޒަކީ ލޯބީގެ ދާނުގައި”

 

ޒުކާން ނިންމާލުމާއެކު އިޝްބާފެށިއެވެ. އަލިފުން ކިޔަން އޭނާ ތައްޔާރުގައި އިންފަދައެވެ.

“އިޝްބާ: އަތާ ހިތާ ގުޅާލަދިން މިއީ ލޯބި ދޯ   ހިތާ އަތާ ގުޅާލަދިން މިއީ އިސްޤު ދޯ        ވަޔާއެކީ ހިމޭންވެފައި ހުރުން ފޫހި ދޯ.         ހަނދުން އެދޭ ވިދުން ރީތި ދޯ”

ނޭވާ ހިފަހައްޓަމުން މޭމަތީ ފިރުމަމުން ގޮސް ކޮއްކޮއަށް ނިންމާލެވުނީ ދޯ އަކުންނެވެ. ދާލާކުން ފަށަށް ޖެހުނީ އަހަންނާއެވެ.

“އަޝްބާ: ދައުރު ވާ ރޯޅިއާއި ހިތްކުރާ އިންތިޒާރު  ދައުރު ވީ ހީނލުމުން ލޯކުރާ އިންތިޒާރު       މައުނަވީ އާލަމުން އަޑުއައީ މުޅި ހިތުން     މައުނު މައުނަށް ވިދާ ފަރި އަލިތަކުން”

ނަޒާން އިނީ އަޝްބާ ނިންމާނެ އިރެއްގެ އިންތިޒާރުގައެވެ. ސިކުންތެއްވެސް ނުވެ ނޫނަކުން އެފެށީއެވެ.

“ނޫނަކުން އަލިވި ވޮށެކޭ، ނޫނޫ ބޭނުން ނެތީހޭ   ނޫނަކުން އަލިވި ވޮށެކޭ، ނޫނޫ ބޭނުން ނެތީހޭ    ހިތް މިތަޅުވަން ފެށީހޭ، ނޫނޫ ބޭނުން ނެތީހޭ      ހިތުގެ އަޑު ނީވެނީހޭ، ނޫނު ބޭނުން ނެތީހޭ      އަލިފު ބުނެދީ ބަލާށޭ، އަލިފު ބުނެދީ ބަލާށެ”

ލޯބީގެ ލަވަތަކާއި ހިތާމައާއި މަޑުމޮޅިކަމުގެ ރާޅުތައް ދޫކޮށް ނަޒާން އިއްވާލީ އާދޭހުގެ ޝުއޫރުތަކަކެވެ.  އޭގައި ފުރަތަަމަވެސް ކޮށްލީ ސުވާލެކެވެ. ނޫނަކުން އަލިވިއިރު ނޫނު ބޭނުން ނެތީ ހެއްޔެވެ؟ ދެން ބުނަނީ ހިތް ތަޅުވަން ފެށީހެއްޔެވެ؟ ހަމަ ނޫނު ބޭނުން ނެތީ ހެއްޔެވެ؟ އެހިތުގެ އަޑު ނީވެނީ ތޯއެވެ. ނޫނީ ނޫނު ބޭނުނުން ނެތީ ތޯއެވެ. ޖަވާބު ދޭން އަންގަމުން އަލިފު ބުނެދީ ބަލާށޭ ތަކުރާރުކޮށްލިއެވެ.

އެ އަޑު އަހަން އިން އަޝްބާގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. އެލޯތްބަށް ނަޒާން ސަލާންޖަހަނީއެވެ. ޅެން ރައިވަރު އަމުނަނީއެވެ. ލަވަކިޔަނީ އެވެ. ހިތުގެ ހާލު އަންގައި ތެޅިފޮޅޭވަރު އިއްވަނީއެވެ. އެކަމަކު ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

މިއީ ހާދަ އުނދަގޫ ރާސްތާއެކެވެ. ކެތްކުރަން ދަތި ދަނޑިވަޅެކެވެ. އެއްކޮޅުން ކޮއްކޮގެ ދެވަނަ ކައިވެންޏެއެވެ. އަދާކުރަމުން މިދާ ވަޒީފާއެވެ. ބޭހަށް ރާއްޖޭން ބޭރަށް ކޮއްކޮ ދިއުން އަދި ކުރިއަށް އެބޯތެވެ.  މާސްޓާސް އަށް ކިޔެވުން ކޮބައި ހެއްޔެވެ؟ ހުސްކުރަން ހުރި ކަންކަމާއި ކުރަން ރޭވި ނިމިފައި ވި ކަންކަމެވެ. ގޮތެއް ދެން ފަހެ ނިންމޭނީވެސް ކިހިނެއް ތޯއެވެ؟

އާނއެކޭ، ބުނާ ހިތްވެސް ވެއެވެ. ޖެހިލުން ވަނީއެވެ. ބިރުހީވަނީއެވެ. ގެއްލުނީމާ މާ ހިތާމަ ލިބޭނޭއެވެ. ފާރުތަކުން އުޅެން ޖެހޭނީ މިންޖުނުވެވުގެންނެވެ. މީގެ އަހަރުތަކެއް ކުރިން ރެނދުލި ތަންތަން އަދި ފަސޭހަ ނުވެއެވެ. ޤަވައިދުން ބޭސްމަލަން ނޭޅުނިންޔާ ދޮސްއަޅައި މުޅިތައް ޗަކަވެއެވެ. ކުނިވެ ރިހުން އިންތިހާ ގަދަވެއެވެ. ވޭނަށް ރޯލަ ރޯލަ ހިރިނުލެވޭ އެތައް ދުވަހެއް މިހަޔާތުގައި ދިމާވެއެވެ. ކަށިން ހިތްވަރުލައިގެން ނަމާދުން ވާގި ހޯދަނީއެވެ.

 

އެ ސުވާލުތަކުން ފުރިގެން ޅެންބައިތުތަކުގެ ސިއްރު ނޭނގޭ ހަމައެކަކުވެސް ނެތެވެ. ކުޑަކޮން ވެސް ރޭކާނުލީ އިޝްބާއަށެވެ. ވާނީވެސް އެހެންތާއެވެ. ނަޒާން އެ ޅެން އަމުނާލިއިރު އޭނާއަށް އޮތީ ނިދިފައެވެ. ލޯ އަޅަމުން ޒުކާން ދޮންބެއަށް ސަމާސާއި ކޮށްލިއެވެ.

 

” ޒުކާން: ވާވާ ދޮންބޭ، ކިޔާ ބާތުހޭ ހަމަ ޝާއިރެއް ނު ތީ އިނގޭ.” ލަދުން ނަޒާންއަށް އިސްޖަހާލެވުނު ގޮތެއް ވެސް ނޭނގެއެވެ. އަޝްބާވެސް ޒުކާންއާއި އެއްބައި ވެލަމުން ހޭންފެށިއެވެ. އެ މަންޒަރުން ނަޒާންގެ ހިތުގައި ހުވަނދުމައި ފޮޅުނެވެ.

 

“ނަޒާން: ދެން މާ ލަސްވަނީ ދޯ… އަވަހަށް ނިދަން ދަމާ ހިނގާ،” ނަޒާން ވާހަކަ އޮއްބާލަމުން ތެދުވިއެވެ. އޭނާގެ އަޑުގައި ހުރި ކެޑުން އެންމެންނަށްވެސް ފާހަގަވިއެވެ. އެކަމާ އިތުރު ސުވާލެއް ނުކޮށްދޫކޮށްލީ އިޝްބާއަށްވެސް ނިދިފައި އޮތީމައެވެ.

 

ވަރަށް ދުވަސްކޮށްލާފައި، މިގޮތަށް ބައްދަލުވެ،ހިތުގެ އުދާސްތައް ޅެން ބައިތުތަަކަކުން ބޭރުކޮށްލެވުމުން އެ ހިތްތަކަށް ކުޑަ ލުޔެއް ލިބުނެވެ. ނަމަވެސް، އެއީ އަޝްބާއާއި ނަޒާނަށް ވަގުތީ ފިނިކަމެއްފަދައެވެ. މާދަމާ އިރުއަރާއިރު ވާނެ ގޮތެއް ނޭނގެއެވެ. ކުރިމަތިލާން ޖެހޭނެ ކޮން ހަޤީޤަތަކާއި ކަމެއްވެސް ނޭނގެއެވެ. ހަޤީގަތެއް ވިއްޔާ މާ ބޮޑުވާނެއެވެ. ދުނިޔޭގެ އާދައަކީ އެއެވެ.

 

އެންމެން ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އަނެއްކާވެސް އަޝްބާ އެކަނިވީއެވެ. އޭނާ ބެލްކަންޏަށް ނިކުމެލިއެވެ. ބޭރު ބަލާލިއެވެ. ހުޅުދާންވެފައި އޮތް އުޑަށް ބަލާލިއެވެ. ދަންވަރުގެ ފިނިކަން އިހްސާސް ވުމާއެކު އަޝްބާ ދެލޯ މަރާލިއެވެ. ނަޒާންގެ ރީތި ސޫރަ ހިތުގައި ކުރަހާ ލަމުންނެވެ. މާދަމާ ވާނީ ކިހިނެއް ބާއެވެ؟ ކުރިމަތި ލާން ޖެހޭނީ ކޮންކަމަކާ ބާއެވެ؟ އެއްވެސް ކަމެއް ރަނގަޅު ވާނެ ހެއްޔެވެ؟

 

ނުނިމޭ

 

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ދެވުނީ ވޭނޭ 84 (ފަހުބައި)

Next

ލޯބި-36

Next
July 20, 2026

ލޯބި-36

Previews
July 20, 2026

ދެވުނީ ވޭނޭ 84 (ފަހުބައި)



All Right Reserved!