ޚަބީބުގެ ހިތް ހިތްވަނީ ފުނޑުފުނޑު ވާއިރު އެހެން ކަމެއް ހެންނެވެ. ގެއަށް ދިއުމަކީ މިވަގުތު އެންމެ ރައްކާތެރި ގޮތް ބާވައެވެ؟ އޭނާގެ ޒަމީރު ކުރެން އަހާލިއެވެ. ސިހުމާ ފެންވަރަށް ފޮނުވަން ވެގެންއެވެ. ގޭގައި އެ ހުރި ނާމާންކަމުގެ ތެރެއަށް ހުސީ ގެންދިއުމަކީ ބުއްދިވެރި ކަމެއް ބާވައެވެ؟ އޭނާ އަޒީލުގެ ލޮލަށް ބަލާލިއެވެ. ޒާއިނާއަށްވެސް ރޭކާލިއެވެ. “ޒާއިނާ: ހުސީ ގޮވައިގެން އަހަރުމެން ދެމީހުން ގޮސްފާނަށް ޚަބީބު މަޑުކޮށްލާ.” ހަމަޖައްސާލަމުން ޒާއިނާ އެންގިއެވެ. ގެއިން ކުރިމަތި ވާނީ ކޮންފަދަ […]
“ސިހުމާ: ނޫނޭ! ދަރިފުޅާ މަޑުކުރޭ! ތިފުޅި ހުސްވަންދެން!” ސިހުމާ ލޯބިން ބުނެލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ނަރުހެކެވެ. އޭނާގެ އަތުގައި އޮތީ ހުދު ކަރުދާސް ގަނޑެކެވެ. އޭނާގެ މޫނުމަތީގައި އެކުލެވިގެން ވަނީ ސީރިއަސްކަމެވެ. “ނަރުސް ކުއްޖާ: ޚުބާބު… ކިހިނެއް. މި އެކެއް ޖަހާކަށް ހާއިރު ގެއަށް ދޫކޮށްލާނެ! ދެރަނުވޭ ހުރިހާ ކަމެއްވެސް ރަނގަޅު. މާ ބޮޑު ކަމެއް ދިމާވެފައި ހުރިކަމަކަށް ނުބެލެވޭ.” ނަރުސް ކުއްޖާގެ އޯގާތެރި އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެހާ […]
ލޯބީގެ ރީތި ކަމާއި ފޮނިކަމުގެ އާހުގައި ޚުބާބު ގެ ހިތް ވަނީ ހުއްޓިފައެވެ. ގޮތް ނޭނގޭ ކަންތައް ގަނޑެއްގެ ތެރޭ ގައިދުވެފައެވެ. ” ހާދަހާ ވޭ ކުރާހިތް ސަމާސާ ރީތި ހީލުންތަކުން ވޭ ދިލާސާ ހާދަހާ ވޭ ކުރާހިތް ސަމާސާ ރީތި ހީލުންތަކުން ވޭ ދިލާސާ ތި އަރާމާ އެދޭ މީރު ފޮނިކަން ވޭނެކޭ ހިތް ނިކަން، ތިޔަ ނަލަ ފަރިކަން ނާޒުކީ ރީތިކަން، ތިޔަ ނަލަ […]
ޒާއިނާގެ ބައްޕަ އާއި އަލިފުޅުބޭގެ ބައްޕައަކީ ކުޑައިރުއްސުރެ ގާތް ދެ ރައްޓެހިންނެވެ. އެވަރު ބޮޑު ކަމަކު ޖެހިގެން ޒާއިނާ އައި އެއީ ފުރަތަމަވެސް ފަހަރެވެ. އެކަން ނުކޮށްދީ ފަސްޖެހޭނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ ނެތް ދުވަހު ބައްޕަގެ އޯގާތެރިކަމާއި ފިރުމުންތައް ދިނީ ނަޒީރުބެއެވެ. ޒާއިނާގެ ބައްޕައެވެ. އެއްބަނޑުގައި ކުއްޖަކު ނެތް ކަމުގެ ފަޅުކަން ފިލުވައިދިނީ ޒާއީއެވެ. އޭނާ ކިޔާއި އުޅުނީވެސް ޒާއިނާއަށް ޒާއީކޮއްކޮވިއްޔާއެވެ. އެހާ ދިގު މުއްދަތަކަށް މިކަމާއި ދުރުގައި ހުރެފައި ކުރާއިރު ކަންތައްތައް ރަނގަޅު […]
މުޅި ހޯލުގައި ގުގުމަމުން ދިޔައީ ތަށި ސަމުސާ އޫ ފަދަ ތަކެތީގެ ޖާދުވީ އަޑުތަކެވެ. ޕާޓީއަށް ޒިޔާރަތް ކުރަމުން ދިޔަ ގޭކުދިންއާއި އެކުވެރިންގެ ހުނުމުގެ އަޑުތަކުން އުފާލިބެމުންދިޔައެވެ. ދެފަރާތުގެ އާއިލާ މީހުން ކައިވެނީގެ ޖޯޑަގެ ޝަރަފުގައި މުބާރިކުބާދީ އިއްވަމުންދިޔައެވެ. ނަސާހަތްދީ ހިތްވަރު ލައިދެމުންނެވެ. ބަލާލި ކޮންމެ ދިމާލަކުން ޒާއިނާއަށް ސިފަވނީ ފަންޑިތަވެރިޔާގެ ގެކޮޅެވެ. ދުވަމުން ދިޔައީ އެގެއިން ދުވި ފުޅަވަސްގަނޑެވެ. ނުތަނަވަސްކަމާއިއެކު އުޑަށް މައްޗަށް ބަލަހައްޓައިގެން ޒާއިނާ އިނެވެ. ކައިރީ އައިސް ފިރިމީހާ ހުއްޓާލި […]
މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން **************************** ހަޔާތުގެ ބަހާރާ، މަގޭ ދުނިޔެ ދަރިފުޅު ހަޔާތަށް ގެނެސްދިން، އަރާމާއި ލައްޒަތު ހަޔާތެއްގެ އަލިކަން، ދިރިހުރި ނިޝާނު ހަޔާތުން ހަރީފީ، ފިލުވާލި އުންމީދު **************************** މަގޭ ލޮލުގެ ނޫރާ، ފިދާވެސް މަވާނަން މަގޭ ލޮލުގެ ކޮއިތީ، ފުރާނަ މަ ދޭނަން **************************** ތި ދަރިފުޅުގެ […]
ޒާއިނާއަށް ހީވީ އޭނާ ހުރީ ދިރޭ ދުނިޔެއަކު ނޫން ކަމަށެވެ. ޖިންނި ފުރޭތޭންގެ ބިންގަރާހެއްގައި ކަހަލައެވެ. ބިރުން ނުގަންނަން އުޅުނަސް އޭނާގެ ދެފައިވެސް ދިޔައީ ތުރުތުރު ލަމުންނެވެ. މިއީ ހަމަ ކޮންމެވެސް ނުބައި ބާރެއްގެ ފައްޅިފަދައެވެ. މައްޗަށް އެރުނުތަނާ އޭނާގެ ހަށިގަނޑު ރޫރޫއަޅައިގަތެވެ. އެއްވެސް އަޑެއް އިވޭތޯ އޭނާ މަޑުކޮށްލިއެވެ. ތަނުން އިވެމުންދިޔައީ އޭނާގެ ހިތުގެ ތެޅުމުގެ އަޑު އެކަނި ނޫންކަން އޭނާއަށް ޔަގީންވިއެވެ. މުޅި ތާއި ހަރުލާފައި ހުރީ ނާމާން ކަމުން ފުރިފައިވި ރާގެކެވެ. […]
“ޚުބާބު: ކޮއްކޮ، ދޮންބެ ޤަބޫލު ބައްޕަމެން އެދޭ ހެން މިލީ މިލަދުން ސަލާމަތްކުރަން. އޭނާއަށް އިންނަށް!” ނޫރިޔާގެ ކަންފަތް ދަށުގައި ހީވީ ބާރު އެތިފަހަރެއް މީހަކު ވިއްލާލި ހެންނެވެ. މިކަމުގައި އެކަމަކު އޭނާއަށް ވަކި ކުރެވޭނީ ކީއްހެއްޔެވެ؟ އެއް ހުވަފެނެެއް ތަކުރާރުކޮށް ލީނިޔާއަށް ފެންނަތާއި ދުވަސްކޮޅެއްވެއްޖެއެވެ. ހޭލެވޭ އިރު ކައިރީ ހަމަގައިމުވެސް މާއިޒު ނިދާފައި އޮވެއެވެ. މިލީހަމްއަށް ޤަވައިދުން އެއް ކަންތައްތަކެއް ވާންފެށިއެވެ. ބާރު އަޑު ފަންގަޑާއި ބަނޑު ފުފުމެވެ. ޖަނާވެރެއް ފަދަ އެއްޗެއް ބަނޑުތެރޭގައި ހަރަކާތްތެރިވާ […]
“މާއިޒް: އެކަމާ ހާސްނުވޭ އެއީ އަހަރުމެން ވިސްނަން ވީ ކަމެއް ނޫން” އެނދުގައި ލިނީ ރީތިކޮން ބާއްވާލަމުން މާއިޒް ފިރުމާލިއެވެ. ލަސްތަކެއް ނުވެ ލީނިޔާއަށް ނިދިގެން ދިއައެވެ. ކުރަން ތައްޔާރުވެގެން އޭނާ ހުރި ކަންތަކަަށް ފަސޭހަވި އެއީ އިތުރު ބޮޅެއް ކަހަލައެވެ. ކޮޓަރީގެ އަލި އެއްކޮން މަޑުވެގެން ދިޔައެވެ. ކުޑަދޮރުގެ ހުޅުވިގެންދިޔައެވެ. ބޭރުގެ އަލިފިޔަވައި އިތުރު އަޔެއް ނެތެވެ. ކޮޅަށް ތެދުވެ މާއިޒް ހިނގާލާފައި ގޮސް ހުއްޓާލިއެވެ. އިސާހިތަކު މީހާ ބަދަލުވެގެން ދިޔައެވެ. ދިގު ހަތަރު ފައި […]