Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ‘ހަދިޔާ’ ފަސްދޮޅަސްއެއްވަނަބައި (ބެރުގެ އަޑާއި ކުލުނުގެ ހީލުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
August 20, 2026 5 Mins Read
0 Comments

“ތިޔަ ކުރަނީ ފަރުވާތަ ސިހުމާގެ ފުރާނަ ސަލާމަތް ކުރެވޭނެތަ! ހީވެތަ އޭނާގެ ހިތުގައިވާ ހަ ބްލޮކަކީ މަރުވުމުގެ މަގު ފާރެއް ހެން… އިރުއަރާއިރު ބަލާތި!” އިންޒާރެއް ދީފައި މައްޗަށް އަރައިގެން  ގޮސް އެ ކުޑަދޮރުން ނިވާވެލިއެވެ.

ބޮކިތައް ދިއްލިގެން ދިޔައިރު ހުސީ ހުރީ ނިކުމެއެވެ. ފިރިމީހާގެ އެހީގައި ގޮޑިއެއްގައި އިނދެގެން ނަމާދުކޮށް ލެވޭތޯ އުޅުނެވެ.

ނަމާދަކީ ކޮންމެ ހާލެއްގައިމެ ކުރަން އަންގަވާފައިވާ އަޅުކަމެކެވެ. މިއަދު ނުކުރަން މާދަމާ ކުރަން ފަށަން ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

ދުޢާތަކާއި ތަޝްބިހަތާކާއި ކިޔުމަށް އަލިފުޅޫބޭވެސް އޮތީ ޚުބާބު ކައިރީ ބުނެފަ އެވެ. އެހެންކަމުން އިޝާއިން އަވަދިވެގެން އޭނާ އެކަމާ އުޅުނެވެ. ޒިކުރު “އެޕް” ހުޅުވައިގެން ކިޔަމުން ދިޔައެވެ.

ބާރު ވަޔާއެކު ދޮރުފޮތިތައް އުދުހޭން ފެށިއެވެ.  އެކި ދިމަދިމާލުން ކޮވެލި ގޮވަން ފެށިއެވެ. “ޓޮއް،ޓޮއް” ބެރު ތަޅާ އަޑުވެސް އިވެމުންދިޔައެވެ. ޚުބާބުގެ ފައި ރަޖާ ގަނޑު ތެރޭ ތެތްލެވީ ކަހަލައެވެ. ގުޑުވާވެސް ނުލެވުނެވެ. މާ ބޮޑަށް މިހާ ބިރުގަތީ ހެއްޔެވެ؟ ފިނި ހިފައިގެން ހަދާނެ ގޮތެއް ރޭކާ ނުލީ ބާއެވެ؟ ވިސްނަން ޖެހިގެން އުޅޭ ކަންތައްތައް މާ ގިނަވެގެން ބޯ ގޮވީ ބާއެވެ؟ ********************************************************************

ޚުބާބު ފައިތިލައިގައި އަތްޖައްސާލިއެވެ. އެހިނދު، އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. ރަޖާގަނޑު ދަށުން އޭނާގެ ފަޔަށް ގަނޑުފެން އެޅެންވީ ކީއްވެ ހެއްޔެވެ؟ އަތް ކޮށްޕާފައި ބަލާލުމަށް ނެގިއިރު ހަތަރެސްކަނަށް އޮތް ގަނޑު ގަނޑެކެވެ. އޭގެން ތަޅަމުން ދިޔައީ ފެނެއް ނޫނެވެ. ޑަންލަޕު ފާޑު އޮލަ އެއްޗެކެވެ.

“ޓާ… ޓީ… ޓޫ… ޓޮއް…”

ބެރުގެ އަޑު  ގާތްވަމުން ދިޔައެވެ.  ހަސްފަތާލުގެ ތެރެއިން އަންނަ އަޑަކާއި ވައްތަރެއް ނޫނެވެ. އެ އަޑު އަންނަނީ ސީދާ މި ކޮޓަރީގެ ފާރުތަކުގެ ތެރެއިން ފަދައެވެ.  ދެންމެ ދެންމެ ރެނދުލާފައި ފާރު ފުނޑުފުނޑު ވެގެން ބޮލަށް ވެއްޓިދާނެ ހެން ހީވާ ފަހަރުވެސް އާދެއެވެ. ޚުބާބުގެ ކަނާއަތް އަކުނިވަޔަށް ދަމައިގަތެވެ. ހަރަކާތެއް ކޮށްލެވޭ ވަރެއް ނުވިއެވެ.

ފޯނު ނަގައި، ޚަތިމު ހުޅުވައިގެން ޤުރުއާން ޖަހަން އުޅި އުޅި އަތެއް ނުގުޑިއެވެ. ގަދަކަަމުން ދުރަށް އަތް ފޮޅުވަން ފެށުމުން ލުއި ލިބުނެވެ. ލިބިގެން ދިޔަ ލުޔާއެކު އަވަަހަށް ނާސި ތިން ސޫރަތް ޖަހާ ބާރު ކޮށްލިއެވެ. ސޫރަތުލް އިޚްލާޞް، ފަލަޤިއާއި ނާޞި އެވެ. ކޮންމެ ސޫރަތެއް ތިންފަހަރު ނިންމާލުމަށްފަހު ބަޤަރާ ޖައްސާގޮތަށް ޚުބާބު ހެދިއެވެ.

ޤުރުއާނުގެ މޫރިތި އާޔާތްތަކުގެ އަޑު ޖެހުމާއެކު ކުރިން ވީ އުނދަގޫތައް ކެނޑިގެން ދިޔައެވެ. ފައިކޮޅު ލުއިވެ، އެ ކަމުން ސަލަމާތް ވިއެވެ.

” ބައްޕަ: ޚުބާބު…! ކިހިނެއް؟ ދަރިފުޅާ؟” ބައްޕަ ވަދެގެން އައިސް ދަރިފުޅާއި ދިމާލުގައި ހުއްޓިލިއެވެ. ހާލު ބަލައިލިއެވެ.

ގޮނޑީގައި ޖައްސާލަމުން ވަށައިގެން ބަލާލިއެވެ. ފޯނުން މެދުނުކެނޑި ޤުރުއާނުގެ އަޑު އިވެމުންދިޔައެވެ. މީގެ އިރުކޮޅެއް ކުރިން ހިނގައި ދިޔަ ކަމުގެ ހަނދާން  އޭނާ އާވާ ގޮތްވިއެވެ.

“ޚުބާބު: އަޅުގަނޑު ރަނގަޅު ދެން މަންމަ، ކިހިނެއް ތަ؟ ބައްޕާ.” ޚުބާބު އެނދުގައި ހަމަޖެހިލިއެވެ. މަންމަ ގެ ހާލު އަހުވާލު ރަނގަޅު ތޯ އަހާލިއެވެ. އެވަރު ބޮޑު ކަމެއް ދިމާވި އިރު ކައިރީގައި ނުހުރެވޭތީ ދެރަވާކަން ހާމާކޮށްލިއެވެ.

އެވަގުތު ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވުނެވެ. އެތެރެއަށް ވަނީ ހުއްބާއެވެ. އަތުގައި ރޭގަނޑުގެ ކެއުން ހުއްޓެވެ. އޭނާގެ މޫނުމަތީގައި ވަރުބަލިކަމެއް ނެތެވެ.

ކާން ގެނެސްފައި ހުރީ ޓޮމާޓޯ ބަތާއި ތަރުކާރީ އެވެ. ފޮނި އެއްޗަކަށް “މެގްނަމް ޕުޑިން”އެވެ. ޚުބާބަށް މީރުވާނެ ހެން ހީވާ އެއްޗެއްސެވެ. ކަރާ ފަންޔާއި ފޮތި ކުރި އަފާލެވެ. އޮރެންޖާއި ހުއިތް އަނބު މަޖަލެވެ.

“ޚުބާބު: ހާދަ އެއްޗެކޭ ދޮންތާ؟ ގެއަށް ދޫކޮށްލާއިރު ފަލަ ވާނެ ކަލޭނޭ.” ޚުބާބަށް ކާ އެއްޗެހި ގިނަވީއެވެ.  އެކަމާ ޝަކުވާ ކޮށްލިއެވެ.  ފަލަވެދާނެތީއެވެ.

އުލާ ސަމުސާ ނަގައިގެން ބިސްމިނުގެ ބަރަކާތުން ޚުބާބު ކާން ފެށިއެވެ.  ފާރަވެރިކަމާއެކު ޚަބީބު މުޅި ތަން ދިރާސާކުރަމުންދިޔައެވެ. ކަމެއް އުޅޭ ހެން އޭނާއަށް ހަމަ ހީވަނީއެވެ. ކަންފަތަށް އުނދަގޫވާ ފަދަ ގޮތެއް މިތާ އެބަހުއްޓެވެ. ” ޓައް، ޓައް، ޓޮއް” ކަންފަތް ދަށުގައި ބެރެއް ޖަހާ ފަދައެވެ.

“ހުއްބާ: ދެން މަދުން ކާނީއޭ ދޯ ބައްޕާ؟” ހުއްބާ ސަމާސާ ރާގުގައި ބުނެލިއެވެ. “ހުއްބާ: އެހެން ނޫނަސް އަދި ނޭނގެ ފަންސާސް ކިލޯއަށް އެެރިކަމެއް ؟”

ދޮށީ ދެދަރިން ގެ ހުނުމުގެ އަޑާއެކު އުފާވެރިކަން ޚަބީބަށް އިހުސާސް ވިއެވެ. އަންހެނުން ބަލިވި ފަހުން އެފަދަ އުފަލެއްވެސް ލިބުނު މީ ފުރަތަަމަ ފަހަރެވެ.

” ޚުބާބު: މިލީ، ހަލޭތް ލަވާ ނަހަދާ ދުވަހެއްތަ. މިއަދުވެސް ކުކުޅު ދޯ ކާން އުޅުނީ. އެ ލަވަ ގަނޑު ހުއްޓައި ނުލާނެ. ގޭ މީހުން ކިތަންމެ ހާލު ދެރަވެގެން އުޅުނަސް!” ހުދު ޚުބާބުވެސް މިލީހަމްގެ ހާލަށް ހަމްދަރުދީވެއެވެ. އެއީ އޭނާގެ އަނބިމީހާއެވެ.

މަލާހާއަށް އެ އާއިލާގެ އިތުބާރު ލިބިއްޖެއެވެ. ހެނދުނުވެސް ޚަބީބު އޮފީހަށް ދަނީ މަލާއާއި ސިހުމާ ހަވާލުކޮށްފައެވެ.  ނޫރިޔާގެ ކަންތައްތައް ކޮށްދީ ހަދާފައި ހުއްބާވެސް ހެނދުނު ނުދެއެވެ. ނަރުސްގެ އަތްމައްޗަށް ދޫކޮށްލަނީއެވެ. އިއްތިފާޤަކުން އެހާ ބަލިމީހުންނަށް ރަޚުމުކުރާ ކުއްޖަކު ލިބުނީއެވެ. އައި.ޖީ.އެމް.އެޗް އިން މަންމަގެ ކަންކަން ބެލުމަށް މަލާހާ ހަމަޖެއްސީތީ ޝުކުރުވެރިވާހާއެވެ. އެވަނީ ހާދަ ބޮޑު ޤުރުބާނީއެކެވެ.

” ސިހުމާ: މަލާހާ ހާދަ ރަނގަޅޭ. ބަލިމީހުންނަށް ހާދަ އޯގާތެރި އޭ ދޯ. ތި ކަހަލަ ކުދިން ގިނަގިނައިން ނަރުހުންނަން ވާންވީ.” ސިހުމާ މަލާހާއަށް ތަޢުރީފު ކޮށްލިއެވެ.

ސިހުމާގެ ބަސްތަކާއެކު، މަލާހާގެ މޫނުމަތި އިހުނަށް ވުރެ ބޮޑަށް އުޖާލާވިއެވެ. އޭނާގެ މޫނުމަތިން ކުލުނު ވިދަން ފެށިކަހަލައެވެ. ހުސީގެ އަތުގައި ހިފާލިއެވެ.

” ނަރުސް: ޝުކުރިއްޔާ ދައްތާ! މިއީ އަޅުގަނޑުގެ ވާޖިބު. ބަލިމީހުންނަށް ހިދުމަތް ދިނުން.” މަލާ ދައްތަގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ.

ދިރިއުޅުމުގެ އެތައް ވާހަކަތަކެއް ސިހުމާ ކިޔައިދެމުން ދިޔައެވެ. މަލާހާ ކަނުލާ އަޑުއަހަމުން ދިޔައެވެ. ތިން ދަރިންނާއި އެކުދިންގެ ގުޅޭ މިޒާޖެވެ. މާމަ ދެ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ހުންނަކަމަށް ބުނެދިނެވެ. ހަގު ދަރިއަށް އަދި އަހަރެއްވެސް ނުވާނޭ ބުނެލިއެވެ. ދެކޭ ހިތްވާވަރުން ލޮލަށް ނިދިވެސް ނާނދެއޭ ސިހުމާ ބުނެލީ ތެދަށެވެ.

ދެ ފަހަރަކު ދިމާވެގެން މީހަކަށް މިހާ ބޮޑަށް އިތުބާރު ކުރެވުނީތާއެވެ. އެހެން ނޫންނަމަ ހަޔާތުގެ ފަލްސަފާއާއި ދަރިންގެ ވާހަކަ ކިޔައި އެއް ނުދޭނެއެވެ. ބޭރުފުށުން މާ ހެޔޮވެގެން އެތެރޭން ހުޅު ރޯ ކުރަމުން ދާ މީހުން އުޅޭވެސް މީ ޒަމާނެކެވެ.

ހެޔޮ އެދެނީ ކާކު ކަމެއް ނޭނދެނީ ކާކު ކަމެއް ނޭނގޭހާ ދުނިޔެ މިވަނީ ބަދަލުވެފައެވެ. ތަހުޒީބުވެ ކުރިއަރައި ގޮއްސައެވެ. ލޮލަށް ވަޅި ހަރާފައި ދިޔަޔަސް ރޭކާ ނުލާނެއެވެ.

” ނަރުސް: ދެން މާގިނަ ދުވަހެއް ނުވެ ގެއަށް ދޫކޮށްލާނޭ ދައްތާ. އެކަމަކު، ކުދިވެރިން އުރާ ހަދާއިރު ވަރަށް ވިސްނަން ވާނެ އިނގޭ. ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްފައި ތިހިރީ! ” ލޯތްބާއި ކުލުނާއިއެކު ނަރުސް ނަސާހަތްތެރިވިއެވެ.

ފޯނުން މާމަކުދިންގެ ތަސްވީރުތައް ދައްކަމުން ދިޔައެވެ. މުލުކު ދައްކާފައި މީ ބޮޑު ދަރިއޭ ބުނެލިއެވެ. ނިވީ މެދަށް ލިއިރު ޔަރީން ވީ ހަގެވެ.

” ނަރުސް: މާޝާ ﷲ. ދައްތަގެ ކުދިންކޮޅު ދައްތައާއި ވައްތަރު ވަރަށް.”  ވައްތަރޭ ބުނުމުން  ސިހުމާ ބޯހުރާލިއެވެ.

“ނަރުސް: ހަމަސް ވަރު ސަލާމަތް ވާން ނަގާއިރު ބޮޑަށް ރަނގަޅުވާނީ އެހާތަނަން ކަމެއް ނުކޮށް ހުރިއްޔާ ދައްތަ.”

ސިހުމާ، “އާ, ހޫ” ކިޔަމުން ދިޔައެވެ. އެހެން ބުނެދީ ހަދާނީ ހަމްދަރުދީ ވާތީ ތާއެވެ. އެހެންނޫނަސް އަހަރުމެން މީ ކޮން ބައެއް ހެއްޔެވެ؟ އެހާ ވަރުން އުޅެން ޖެހޭ ހެއްޔެވެ؟ ހިތުގައި އޯގާގެ މިންވަރެއް ނެތި މީހުންނަކަށް އަޅައެއް ނުލެވޭނެއެވެ.

ވަގުތުތައް ފާއިތުވަމުން ގޮސް މެންދުރުން ފަސްވިއެވެ. ބާރަގަޑި ބައިވެެގެންދިޔައެވެ.

“ސިހުމާ: އެކޮއެގެ، މަންމަމެން ކިހިނެއް ތަ! ހާލު އަހުވާލު ރަނގަޅު ދޯ. ދައްތަގެ ސަލާމް ބުނެދެއްޗޭ.” މަޢުލޫ ބަދަލުކޮށްލަމުން ސިހުމާ މަލާހާގެ މައިންބަފައިންގެ ހާލު އެހިއެވެ.

އެ ސުވާލާއެކު ކުރިން ފެނުނު އުޖާލާކަން މަލާގެ މޫނުމަތިން ގެއްލުނެވެ. މިލައިގެން ދިޔައެވެ.

” ނަރުސް: ނޭނގެ ނުދެކެން ދުވަހަކުވެސް. ދައްތައެއް އަޅުގަނޑު ބަލަނީ.”   މަލާހާ ކިޔައިދިނެވެ. އިތުރަށް އަހާކަށް ހުސީއަކަށްވެސް ނުކެރުނެވެ. ހުއްބާވެސް އޭރު އަތުވެއްޖެއެވެ.  ގަޑިން އެކެއްޖަހައި ފަނަރަވެސްވުމާއެކު މަލާހާ ކާން ފޮނުވާލީއެވެ. ގެއިން އައިރު މަލާއަށްވެސް ކާއެއްޗެހި ހުއްބާ ގެނެސްދިނެވެ.

ފޫހިވެގެން ގޮސްވެސް ޚުބާބު އަވަދި ވާވަރު ވެއްޖެއެވެ. ގެއަށް ފޮނުވާލާކަށްވެސް ނޫޅުނެވެ. ކުރާނެ ކަމެއްވެސް އޮތީކީ ނޫނެވެ. ” ގޭމެއް” ކުޅޭ ހިތެއްވެސް ނުވިއެވެ. އެހެން ފިކުރީ ކަނޑުގައި ފަތަނިކޮށް ސާއިލުގެ ދެމަފިރިން އަތުވެއްޖެއެވެ.

އަތުގައި ކުޑަ ވަރެއްގެ މަތިޖެހި ތައްޓެއްވެސް ހުއްޓެވެ. މޭވާ ވަށިގަނޑަކާއި މާ ބޮޑިއެއް އެއްވެސް އަތުގައި އޮތެވެ. ‘އަވަސް ޝިފާއަކަށް އެދެން’ ޖަހާފައިވި މާ ބޮނޑި އިއްލެ ދިއްކޮލިއެވެ. ޚުބާބާު އޭގައި ހިފާއި ޝުކުރުއަދާކޮށްލިއެވެ.

” ސިރުހާ: ޚުބާބު…ޚުބޭ … ކޮބާ ހުން ގަނޑު ކިހިނެއް ތަ!” ސިރުހާގެ ގޮތުގައި އަހާލިއެވެ. އޭނާއަކީ މަޖާ ހިތްތިރި އެކުވެރިއެކެވެ.

ނުގުޅޭ ވަކި މީހެއް ނުހުންނާނެއެވެ. ކެއްކުމަށް ވަރަށް ފޯރިނަގާނެއެވެ. ގިނައިން އުޅޭނީ ފޮނި ބައިގައެވެ. ކުޅި ބައިގައި ހޭކިލާނީއެވެ. ފިޔާއެއް ކޮށާލާ ލޮނުމެދެއް ސާފުކޮށްލައި އެހެންނެވެ. އެކަމަކު ކޭކެއް ހެދިޔަސް ކުރީގައި އެކަކަށް ސިރުހާ ހުންނާއެވެ.

“ޚުބާބު: މެގްނަމް ޕުޑިން!” ޚުބާބުގެ ކުޅު ދިޔާވިއެވެ. ސިރޫ ހަދާ ފޮނި އެއްޗެހި އައްޑޫގައި އުޅުން އިރުވެސް އެހާ ކެވުނެވެ. މީރުކަމުން އެންމެ އުޅުން މީހާ މިއަދު ނެތްތާއެވެ. އާ ބާސިލު ނިޔާވިތާ ހަފްތާއެއް ވަނީއެވެ.

“ސާއިލު: އާ ޚުބޭގެ އެންމެ މީރު އެއްޗެއްނު މެގްނަމް ޕުޑިންއަކީ. ހެނދުނު ހެނދުނާ ހަދާފައި. ފިނިކޮށްލައިގެން މިގެނައީ ވެސް.  ކާއިރު ފިނިވީމައެއްނު މީރުވާނީ ދޯ. ” ސާއިލު އެއްލޯ މަރާލަމުން ބުނެލިއެވެ.

” ޝިރުހާ: މިލީހަމް! މިލީ ކޮބާ؟” ޝިރުހާ އަވަސްއަވަހަށް އަހާލިއެވެ.

“ޚުބާބު: ގޭގައި ވާނީ. އަދި ނުވޭ ގޮތަކުން ކުރެ ގޮތެއް. މިކަމުގައި ނޭނގެ ވާނެ ގޮތެއް. އަލިފުޅުބޭވެސް ވަރަށް މަަސައްކަތް އެބަކުރޭދޯ. ވާނެ ގޮތެއް ހަމަ ނޭނގޭ.” ވަކި އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ މީ ކޮންފަދަ އާފާތެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ.

ބަލިވެ މިހެން  އެނދުމަތިވެފައި އޮންނައިރު ދެރަނުވެ ނުދާނެއެވެ. އަނބެއް ހުރެ އަޅާލުމެއް ލިބެން ނެތީމައީ ހިތުގައި ނުރިއްސާ ނުދާނެއެވެ.  އެހެން ފެންނަށް މަންޒަރު ތަކުންވެސް ލޯ ތެންމާލާނެއެވެ.

“ސާއިލު: ހިތްވަރުކުރޭ އިރާދަކުރެއްވިޔާ ދެރަގޮތެއް ނުވާނެ. އެއްގޮތް ނެތިއްޔާ އަނެއް ގޮތްވެސް އޮންނާނެ މިލީހަމް މިކަމުން ސަލާމަތްވުން އަހަރުމެން އެންމެގެ ދުޢާއާކީވެސް.” ސާއިލު ޚުބާބުގެ އަތުގައި ހިފާލަމުން ހިތްވަރުދެރަ ނުކުރަން އެދުނެވެ. އެކުގައި ތިބިކަން ހާމާކޮށްލިއެވެ.

“ޚުބާބު: އޭ މިހާރު ކިތައް މަސް ވެއްޖެތަ. ތި ބަނޑަށް ބައްޕައަކަށް މަންމައަކަށް ވާއިރު. ހާދަ އުފަލެކޭ ދޯ ޝިރޫ. މި އިއްލެ ކިހިނެއް ތަ އުޅެނީ ގޭގައި. ”  ލާނެއް ކަމެއްވެސް މި ޚުބާބުގެ ނުކެނޑޭނެއެވެ. އެބުނެލި ބަސްތަކެއްތާއެވެ.

“ޝިރުހާ: އާ ހަތަރު މަސްވެ ނިމުނީ. އިއްލެ ހަމަ ދަރިފުޅާ ދުވާލަކު ދެއިރު ވާހަކަ ދައްކާ.” ޚުބާބަށް އެއްކޮޅަށް އަރަމުން ޝިރޫވެސް ސާއިލާއި ދިމާކޮށްލިއެވެ.

ރަހުމަތްތެރިން އެއްތަން ވިއްޔާއި އޮންނާނީ ސަމާސާ ކުރުމާއި ދިމާކޮށް ހެދުމެވެ. އެކަކު އަނެކަކަށް ދިމާކޮށްލުމަކީ ގުޅުން ވަރުގަދަ ވެ ކުރި ފަަޅާ ކަމެއް ކަހަލައެވެ. ހީ ހެދުމާކީ ސިއްހަތަށްވެސް ނުހަނު ފައިދާ ލިބެނިވި ކަމެކެވެ.

“ސާއިލު: ބައްޕަ ކުއްޖެކޭ އެއީ. ބައްޕަ ކިޔަން ދަސްކޮށްދޭން ޖެހޭނު. މަންމަ ކިޔާފާނެ ވިއްޔާ ފުރަތަަމަ ބައްޕަ ނުކިޔާ.” ދެރަނުވާން ވެގެން އިއްލެ ބުނެލިއެވެ.

“ޝިރުހާ: އާނއެކޭ އެކަމަށް ހަމަ ދެއިރު އެފަރިތަކުރަނީ ޚުބޭއަށް އިނގޭތަ!” ޝިރުހާ ހެމުން ހެމުން އިއްވާލިއެވެ.

“ޚުބާބު: ސާބަސް އިއްލޭ. ފުރަތަަމަ ތިހެންޔާ ކިޔަނީ ޝިރޫއަށް މަންމަ.” ޚުބާބަށް ވެސް ހެވޭވަރުން ނޯއެވުނެވެ. ބާލީސް ފަޑީގައި ޖައްސާފައި ހަށިގަނޑު ސީދާ ކޮށްލިއެވެ.

“ސާއިލު: ހުސީއްތަ ކައިރީ ތިބެލާފައި މިއައީ ކުރިއަށް ވުރެ ރަނގަޅުތަން ފެނުނީމަ ވަރަށް އުފާވި. ހާދަ ހިތްވަރުގަދަ އޭ އަސްލު ވެސް.” ސާއިލު ޚުބާބު މަންމަގެ ހިތްވަރުގަދަކަން ފާހަގަކޮށްލިއެވެ.

މަންމައިންނަކީ އަބަދުވެސް ކެތްގަދަބައެކެވެ. ވިހެއުމުގެ ވޭނުގައިވެސް އެކަން އެނގޭނެއެވެ. ނުވަމަހާއި ނުވަދުވަހު އެ އުފުލާ ތަކުލީފުތަކަކީ ހާދަހާ ހިތްވަރެއް ނޫން ހެއްޔެވެ؟ މިފަދަ ދަނޑިވަޅެއްގައި ވަކި ފިނޑިވާނެ ވާނެ ހެއްޔެވެ؟ ކުރިމަތީ މިއޮތީ އަދި ވާއެއް ނުވާއެއް ނޭނގޭ އޮޅިގަނޑެއް ނޫންތޯއެވެ؟ ކެތްނުވެ ވާނެ ހެއްޔެވެ؟

ނުނިމޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. މިއީ އާއެކޭ ލޯބިވޭގެ ‘ހަދިޔާ’ ބައެވެ. ހުރިހާ ކިޔުންތެރިންނަށް ވެސް ކަމުދާނެ ކަމަށް ހީކުރަމެވެ. ވާހަކަ އަވަހަށް ނިންމާލުމަށް ކުރިއަށް އޮތްތާއި ހޯމަ ބުދައިގައި ނޫނަސް ވާހަކައިގެ ބައިތައް ކިޔާލަން ލިބެމުން ގޮސްދާނެ އެވެ. މި ގެނެވޭ ބަދަލުތަކުން ކިޔުންތެރިން އުފާވާނެ ކަމަށް ހީކުރަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އަވައްޓެރިޔާ! – 4

Previews
August 20, 2026

އަވައްޓެރިޔާ! – 4



All Right Reserved!