Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބީވޭ… ފަންސާސް ތިންވަނަބައި (އިންތިޒާރުން ރޯޝަންވި ހަޔާތް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
July 28, 2026 5 Mins Read
0 Comments

އުފަލަކަށްފަހު އުފަލެކެވެ. ސާއިލުވެސް ބައްޕައަކަށް ވަނީއެވެ. ސިރުހާގެ ބަނޑަށް މިހާރު ތިންމަސް ވަނީއެވެ. އައްޑޫގައި ދިރިއުޅެމުން ދިޔަ ސައިނާވެސް އަލަތު ކައިވެންޏާ އެކު މާލެ ބަދަލުވެއްޖެއެވެ. ރޭޕް އާއި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ސުމާމު މިނިވަންވިއޭ ކިޔާ އަޑުތައްވެސް އިވެއެވެ.

އެކަނިވެރިކަން ނޫނީ ބާސިލުގެ ހަޔާތުގައި ނެތްފަދައެވެ. އެއް އުމުރުފުރާގެ ހުރިހާ ކުދިންހެން މީހުންނާއި އިނދެ ދަރިން ހޯދީއެވެ. އުޅެވުނު ވިޔާ ނުދާ އުޅުމެއްގެ ސަބަބުން ދިރިއުޅުމެއް ފެއްޓޭ ގޮތްނުވީއެވެ. ދެރަ ދެވުނު ކުދިންގެ އަދަދު ދެއަތުން ގުނުމަކީ ވާނޭ ކަމެއް ނޫނެވެ. އެއްފަހަރާއި ފަސް ހަ ލޯބިވެރިން ގެންގުޅު ވިއްޔާއެވެ.

ލިޔަމުން ލިޔަމުން ގޮސް ހަރަކާތް ހުސްވެ ނިދިގެން އަޝްބާ ވެއްޓުނެވެ. ނިދީގެ ފުން ކަނޑުގެ ތެރޭ އަޝް އެކޮށް އަރަޤުވާން ނެގީ މަދު ސިކުންތެކެވެ. ހުވަފެނީ ޒާރަކުން އޭނާއަށް ގޮވާލިއެވެ. މާދާމާއަކީ ކޮންމެގެ ކައިވެނީގެ އިސްތިގުބާލު އޮންނަ ދުވަސް ނޫންހެއްޔެވެ؟ ފަރިހި ކިޔާނެ މީހަކު ހޯދައިފިން ހެއްޔެވެ؟ އެ ލޯތްބަށް އާދެ ނަޒާންގެ ލޯތްބަށް ދޭނީ ކޮން ޖަވާބެއް ތޯއެވެ؟

******************************************************************************

އިރުމަތީ އުދަރެހުން އިރު ފާޅުވިއެވެ. ކަޅު އަނދިރި ރޭގަނޑުގެ ސާލު ކަޝްފުވެއްޖެއެވެ. ރަން އަލިކަމުން މުޅި ފަޒާ އުޖާލާ ކުރަމުން ދިޔައެވެ. ރޭގަނޑުގެ ހިމޭންކަން ކެނޑި، ދޫނިސޫފާސޫފީގެ މަޑުމައިތިރި ގޮވުންތަކުގެ އަޑު އިވެންފެށިއެވެ. ހިމާޔަތުގެ ހެނދުނަކަށް އަލިވިލެން ދުނިޔެ އުޅޭ ފަދައެވެ. ކާޅުގެ އަޑު މިއުޒިކެއް ފަދައިން މުޅި ދޭހުގައި ގުގުމާލިއެވެ. އެސޮރުމެން ދަތުރަށް ފުރީކަން އަންގަމުންނެވެ.

ފަތިހުގެ ތާޒާ ވައިރޯޅިތައް، ކޮޓަރީގެ ވަށައިގެން އެނބުރޭން ފެށި ކަހަލައެވެ. ނަމާދަށް ހުރި އަޝްބާގެ ކޯތާފަތުގައި ބޮސްދެމުންދިޔައެވެ. ނިދިން ހޭލަށްވާލަ ދިނީވެސް އެފަދަ ވައިރޯޅިއެކެވެ. މުނިފޫހި ފިލުވައިދޭ ފަދަ އޯގާތެރިކަމަކާއެކުގައެވެ.

ފިނި ޖެކެޓުއަޅުވާލައިގެން އަޝްބާ ބޭރަށް ނިކުމެލިއެވެ. ފަތިހުގެ ފިނީގައި ހިނގާލުމަށެވެ. ނިކުމެގެން އަތަށް ފައިވާން ބަހައިގެން ދޮންވެލިގަނޑުމަތީ ހުސްފަޔާއި ހިނގަންފެށިއެވެ. ރާޅު ފަށުގައި ގޮސް ހުއްޓިލާފައި ލޮނުފެނުގައި ދެފައި ޖައްސާލިއެވެ. ކަރުގައި އެޅުވި ދަބަސްތެރޭން ފޯނުގައި ތަސްވީރެއް ނަގާލުމަށް އަޝްބާ އަވަސް ވެލިއެވެ. އެތަނަށް ނަޒާންއަށް އާދެވުނު ގޮތެއްވެސް ނޭނގުނެވެ. ފަތިހުގެ މުނާޖާއަށް ތެދުވި ފަހުން ނިދިފިލީމާ ބޭރަށް ނިކުމެލީއެވެ. ފަހަރުގާވެސް އަޝްއާއި ދިމާވެދާނެ ކަމަކަށް ނޫނެވެ.

“ނަޒާން: އައްދޭ މިއާދެވުނީ ކޮންފަދަ މެހެފިލަކަށްބާ” ބަލާކަށް ނުހުރެ ނަޒާން ކަރުކެހިކިއެވެ. އަތުގައި އޮތް ފޯނުވެސް އިޝްބާގެ އަތުން ނުވެށްޓުނީ ކިރިޔާއެވެ. މިފަދަ ފުރުސަތު ދެން ލިބޭނެ ކަމެއް ވެސް ނޭނގެއެވެ. ލިބުނު ފުރުސަތުގައި ހިފަން ނަޒާން ކަމަރު ބަނދެލިއެވެ.

“ނަޒާން: އަމާންކަން އެނބުރި ޒުވާންކަން ނެތި ހިނގައިދާނެ. އޮމާން ދިރިއުޅުމެއް އުޅެން ވިސްނާ ހަޔާތެއް ފަށަން ވާނެ.” ބުދެއްހެން އަޝްބާގެ ކުރިމަތީ ހުއްޓިހުރެ ނަޒާން އިސްނެގިއެވެ.

ކަލާއެވެ. ވޭތުވެދިޔަ އަހަރުތައް ހާދަފަޅެވެ. ކުއްލި އެ ވަކިވުން މިހިތަށް ބަރުދާސްތު ކުރަން ހާދަ ދަތިވިއެވެ. އިތުރު އެހެން ލޯތްބަކަށް މިހިތް ނޭދުނެވެ. ތިނަން ފިލުވާލަން ތި ހަނދާންތަކުން ދުރުހެލިވަން ރާއްޖޭން ބޭރަށް ދިރިއުޅުންވެސް ބަދަލުކުރީމެވެ. އެކަމެއް ނުވިއެވެ. ވެވިފައިވަނީ އެހާ ފަސޭހައިން ފިލުވާލެވޭ ވަރަށް ވުރެ މާ މަތިވެރި މާތް ލޯތްބެކެވެ. އަދި އެހެން އަނދާ އަޅިއަށް ހަދާލެވޭ ކަހަލަގެ ލޯތްބެއް ނޫނެވެ. ދައްކަން ހުރި ވާހަކަ ބައިވަރެވެ. އިރު އެރުމުގެ ކުރިން ނުނިމިދާނެއެވެ.

މިހިތަކީ ކަލާގެ މިލްކެކެވެ. އޭގެ މިލްކުވެރިކަމަކަށް ބަދަލެއް ދުވަހަކު ކޮޅުންވެސް ނުގެނެވޭނެ އެވެ. ތި ނޫން ފަރާތަކަށް މިހިތެއް ނުލިބޭނެއެވެ. ޔަޤީން ކުރާށެވެ. މާޔޫސްނުވާށެވެ. ތި ދެލޮލުން ވެށްޓޭ ކޮންމެ ކަރުނަ ތިއްކަކާއެކު މިހިތް މަރުވާނެއެވެ. އެހާވެސް ލޯބިވެއެވެ. އެކީގައި އުޅެން ބޭނުމެވެ.

ކަލާއެވެ. ކަލާއަށް އިނގޭ ހެއްޔެވެ؟ ތިއީ މި ދެ ލޮލުގެ ނޫރެވެ. މިހިތުގެ ވިންދެވެ. ދިރިހުރުމާއި ފުރާނައެވެ. ތިއީ ހަމަ މި ފުރާނައިގެ ކާނާއެވެ. ހުރިހާވެސް ފިނިކަމާއެވެ. މި ހިނިތުންވުމުގެ އަސްލީ ރާނީއެވެ.

ޖާނު ދޭންވެސް މިހުރީ ތައްޔާރުގައެވެ. ތިވަރަށް ދެން އިމްތިޙާނު ނުކުރާށެވެ. މި ލޯތްބަށް ފުރުސަތެއް ދޭށެވެ. ތާފާތު ދައްކާ ނަމެވެ. ތަފާތު ފެންނާއެވެ.

އުޑަފައިން ނަޒާންތިރިވިއެވެ. ޖީބުގައި އޮތް ފޮށި އަތަށް ނަގައި އޭގައި ވި ރިހި އަނގޮޓި ކުރިމަތީ ހުރި އަޝްބާއަށް ދިއްކޮށްލިއެވެ.

” ނަޒާން: އެންމެ ލޯބިވާ މިހިތުގެ ރާނީ އުމުރަށް މި ހަޔާތަށް ގުޅޭނަންތައް!” ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓިފައި އަޝްބާއަށް ހުރެވުނެވެ. ބުނާނެ އެއްޗަކާމެދު ދެތިން ފަހަރު ވިސްނާލެވުނެވެ. އެދުލަށްވެސް އައީ ހަމަ އެއް ޖަވާބެކެވެ. އެ ނިންމުމަކަށް ނަޒާން އެންމެ އެދިގެންވި ޖަވާބެވެ.

” އަޝްބާ: ދެން ނުވިސްނާނަން! މިބުރު އާއެނކޭ ކިހިނެއް ވާނެބާ؟ ” ގަސްތުގައި އޭނާ ސުވާލެއްހެން ޒާންއަށް ޖަވާބުދިނީ ކަން ކުރާގޮތެއް ބަލާށެވެ. ބަލާކަށްނުހުރެ އެ އަނގޮޓި އަޝްގެ ކަށި އިނގިލީގައި ނަޒާން އަޅުވާލީއެވެ. ނޫނެކޭ ބުނެފާނެކަމުގެ ބިރު ވީތީއެވެ.

” ތިއީއޭ މިހިތުގެ ލޯތްބަކީ، ތިއީއޭ މިހިތުގެ ރޫޚަކީ  އާނއެކޭ ލޯބިވެއޭ، އާނއޭކޭ ލޯބިވެއޭ…”

މީގެ ދެދުވަސް ކުރިން ނަޒާން ރެކޯޑުކުރި ލަވަޖަހާލީ އަޝްގެ އަތުގައި ހިފާލަމުންނެވެ. އެ ލަވައަކީ އަޝްބާގެ ދުލުން އާނއޭކޭ ބުނެފިނަމަ އިއްވާލުމަށް ހަދާލި ޅެމެކެވެ. އެކަންވެސް މި ދުންފިނީގެ ތެރޭ ޙާޞިލުވީއެވެ.  މި ދިގު އިންތިޒާރު ނިމުމަކަށް އައީއެވެ.

ލޯބީގެ ބައުޒަރަށް އަލަށް ވަދުނު ދެލޯބިވެރިން އެކުގައި ފޮޓޯއެއް ނަގާލިއެވެ. ފުރަގަހުން ފެންނަށް އޮތް މޫދުން އެ ފޮޓޯގަނޑަށް ތާޒާކޮށްދިނެވެ. މެދުހަށީ ބައްދާލައިގެން އެކަކު އަނެކަކުގެ މޫނަށް ބަލަން ތިބިއިރު ހީވަނީ ފިލްމެއްގެ މަންޒަރެއް ކުރިމަތިން ސިފަވިހެންނެވެ. ފަތިހުގެ ރަންއަލި މޫނަށް އެޅިފައިވީއިރު ދިގު އިންތިޒާރެއްގެ ނިމުން ދައްކަމުންދިޔައެވެ.

އަތު ހިފައިގެން ދޮންވެލި ގަނޑުމަތީ ނަޒާންމެން ހިނގައިލިއެވެ. ދެހިތަށްވެސް ބަޔާންކުރަންދަތި ތަސައްލީއެއް ލިބިގެން ގޮސްފައިވާ ކަހަލައެވެ. އެހާވެސް ހިތްހަމަޖެހުން ފެންނަމުންދިޔައެވެ.

ހެނދުނުގެ ނަސްތާ ނަގަން އެންމެން ދިޔައީ ބުފޭއަށެވެ. އެތައި ނަން ހުސްކޮން އެެއްޗެހި ހުއްޓެވެ. ރޮށި،ކުޅިމަސް، ފަތުމަސްހުނި، ހުނިރޮށި ނޫންނަމަ ޕާންނެވެ. ސޮސެޖާއި ބިސްގަޑާއި އެކިވައްތަރުގެ ކޭކުތަކެވެ. ދިވެހިންގެ ހާއްސަ ކުޅި ރިހާކުރެވެ. ކިޔާނެ ކަމެއް ނެތެވެ. ނެތް އެއްޗެއްނެތެވެ. ބުއިންތައް އަދި ކޮބާ ހެއްޔެވެ؟ ފަސް ހަވަށްތަރުގެ ޖޫހާއި ކޮފީއާއި ސައިތަށްވެސް ހުއްޓެވެ. މަސާލާ، ބޮންބެޓީއެވެ.

ބޮޑުދައިތަގެ އާއިލާވެސް ވަނީ އޭރު ހަމަވެފައެވެ. ކައިވެނީގެ ބައެއް ކަންކަމާއިވެސް ސައިބޮން ތިބެ ބަހުސްކޮށް ހިޔާލު ތަފާތުކޮށް ހެދިއެވެ.

ހަނީމު ހަދާނީ ބޭސްފަރުވާއަށް ވާ ގޮތަކުން ކަމަށް ނިންމީ ޒުކާންއެވެ. އަޝްބާ ރަނގަޅު ވާނެ ތޯ ނުވާނެ ތޯ ޒުކާން އެގެން ބޭނުމެވެ. އެއަށްވުރެ ބޮޑު ކަމެއް ކުރާކަން ނޯންނާނެއެވެ. އެންމެ ލޯބިވާ އަޝޫއަށްޓަކައި އޭނާ މުޅި ރޫޚޫވެސް ދޭން ތައްޔާރެވެ. ދެލޯ ނަގައިފައި ދޭން ޖެހުނަސް ދޭނެވެ. އެހާވެސް ލޯބިވެއެވެ.

 

ހިތުގައި ޖެހި އެންމެ ދެރަވާ އެއްސަބަބަކީ އަޝްބާގެ ލޮލަށް ނުފެނެއެވެ. އެހާ ލޯބިން ކަންތައްތައް ކޮށްދީ ހަދާއިރުވެސް އެދެލޮލަށް ނުފެނުނުމުގެ ފަޅުކަން އިހްސާސްކުރެވެއެވެ. ބީހުންތަކުގެ އަސަރުން އިންސާނުން ވަކިވުމާއި ކަތަންމެ ކައިރީ ހުއްޓަސް ނުފެނުމަކީ ވޭނެކެވެ. ބަރުދާސްތު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަޑުވެސް އިވެނީ އެހާ ބާރަށް ބަސް ބުނެގެންނެވެ.

މެންދުރު ފަސްވުމުން ބާރަޖަހާ ބޮޑުވުމުން ފެންވަރާއި ޒީނާތްވުން ފެށިއްޖެއެވެ. ނަމާދު ކުރެވޭ މީހުން ދެނަމާދު އެއްކޮށް ކޮށްލިއެވެ. އަންހެންވެރިން އެ އުގުޅާ އެއްޗެހިތަކުން ވުޞޫސަހައްނުވާނެތީއެވެ. އެންމެ ފުރަތަމަވެސް ނަލަ ކުރަން ރީތިވާ މޭޒުދަށައް ގެނައީ އިޝްބާއެވެ. އެ ކައިވެނީގެ ރަސްރާނާއެވެ. ރަސްގެފާނުގެ ގަނޑުވަރުގެ ތަހުތައް މަރުޚަބާ ކިޔާ ރާނީއެވެ.

” އަޝްބާ: ބަލަން ނުތިބެ ތި އެހީއެއް ޗެނަލް!” ފަހަތުގައި ބަލަން ތިބި ނަޒާންމެންނަށް އަޝްބާ ބުނެލިއެވެ. ފަނޑަކަށް ނިތްއަރުވާލަފާއި ނަޒާން ތެދުވިއެވެ. އެވަރުންވެސް ޒުކާން އިނީ ކޮށްދޭނެ ކަމެއް ނޭނގިފައެވެ. ޕާޓީއަށް ހުރިހާ ކުދިން މޭކާޕްކުރުމާއި ހަވާލުވެވުފައިވަނީ އަޝްބާއާއެވެ. އޭނާއާއި ލައްކަ ބައިވަރު ސަމާނު ހިފައިގެންނެވެ. ފިހިއެކަނިވެސް ވިއްސަށްވުރެ ގިނައިން ގެނައެވެ.

“ނަޒާން: އަސްލު މިކަން ކުރަން ޖެހޭ މީހާ އެ އިންނަނީ އަވާރާވެފައި. އަހަރުމެންނަށް ދޯ ހުރިހާ ކަމޭ އަޝް.” އެނދުމަތި ހުރި ފިހިތަށް ހިފައިގެން ގޮސް ނަޒާން ޒުކާންއަށް އިއްވާލިއެވެ.

ކުރީމް އުގުޅައިދެމުން ދިޔަ އަޝް ފަހަތަށް އެނބުރި ބަލާލިއެވެ. ދާދި ކައިރީ ހުރި ނަޒާން ބަލާލާފައި ހީލިއެވެ. ބަދަލުގައި ނަޒާންވެސް އެއްލޯ މަރާލިއެވެ.

“ޒުކާން: ދޮންބެ ތިހީރު ދޮންތައަށް އެހީވާން. އެހެންނޫނަސް ކައިވެނި ވެވޭ ރަސްގެފާނު ނުޖެހޭނެ ކަމެއް ކުރާކަށް.”

އެނަގެ ކޮޅު ގަދަކުރަން ޒުކާން ބުނެލިއެވެ. އެވަގުތަކީ މަންމަމެންނަށް އާދެވުނު ގަޑިއަށެވެ.

” މަންމަ ސޮފިއްޔާތައް: ދަރިފުޅު ކަމެއް ކުރަން ނުޖެހެންޔާ ދާންވީނު ފެންވަރަން ވަގުތު ކުޑަތަން ވެދާނެ.”

އައިގޮތަށް އައިސް މަންމަ ރައްދުދިނެވެ. އާ އެހެންޔާ ކަމެއް ކުރަން ނުޖެހެންޔާ މިތާ އިނުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟

ތަބީއަތުގައި ވެސް އަނގަ މަނޑުންލައިގެން ނުތިބެވޭ މީހުން އުޅޭނެއެވެ. ސޮފިއްޔާތައަށްވެސް ބަހެއް ބުނެނުލައި ނީނދެވޭނެއެވެ. މިތަނަނަށް އައިފަހުން އަދި އެއަގަ ނުހުއްޓެއެވެ.

” މަންމަ ސޮފިއްޔާތައް: ދަރިފުޅުމެން ދޮން ކުދިން އެވަރަށް ތި އެއްޗެހި ނޫގުޅިޔަސް ރީތިވާނެޔޭ.”

ފައުންޑޭޝަން ކާތަމުން ދިޔަ އަޝްބާއަށް ބަލާލިއެވެ. އެހުރިހާ އިރަކު އޭނާއަކަށް ކެތެއް ނުވާނެއެވެ. އުގުޅަށް ހުރި ތަކެތިތައް ހުރީއެވެ. ލޮލުގައިވެސް ފަސް ހަ ކުލަ އުގުޅާނެއެވެ.

އެސްފިޔަ އާއި ކަޅި ކޮބައި ހެއްޔެވެ؟ ބުމައިގައި ރަންކުލަވެސް ޖައްސާފާނެއެވެ. ތުންފަތް ފަންސޫރުން ފަވާނެއެވެ. ލިޕްސްޓިކް ޖައްސާނީ އޭގެ ފަހުގައެވެ. ގިނަ އިރު ކުލަ ފިލިޔަ ނުދޭން ދިޔާ ފުޅި ފުޅި ކާއްތާނެއެވެ.

ކޯތާފަތް ޖައްބުކުރުން ހަނދާން ނެތޭނެ ހެއްޔެވެ؟ ބޮޑު ފިހި ދެކޮލުގައި އުގުޅާއިރު ހީލިވެސް އަރާނެއެވެ. ނިންމާ ފުށާއި ސެންޓުވެސް ހުންނާނެއެވެ. ނޭފަތްމާތީވެސް ކުލަ އުގުޅާނެއެވެ.

ބުރުގާ އެޅުންވެސް އޮންނާނެއެވެ. އެއްވެސް ވާ ކަމެކެވެ. ބޮލުމަތީ މާގަނޑު އެޅުވުމާއި ކަންތައްތައް ހަމަ ކުރަން ޖެހޭނެއެވެ.

“އަޝްބާ: ދެން މަންމަ ރީތި ކުރުން ދޯ އޮންނާނީ ޒާން. ”

އަޝްބާ ސޮފިއްޔާތައަށް ބަލާލަމުން ނަޒާންއަށް ދޯ އެއްލިއެވެ. ވަގުތުން ދައްތަގެ އަޑު މަޑު ވެއްޖެއެވެ. ދުލުން ބަހެއް ވެސް އިއްވާނުލިއެވެ. މުޅި މީހާ ހުއްޓުން އެރީ ފަދައެވެ.

” ނަޒާން: އާ ދޯ ދެން މަންމަ އެ ގޮނޑީގައި އިންނަން ޖެހޭނީ މިއަދު ސަލާމަތެއް ނުވެވޭނެ އިނގޭ.”

އެވަރުން ސަމާސާ ކޮށްލީމަވެސް މަންމަ އިނީއެވެ. އެއްޗެއް ބުނެ ނުލައެވެ. މޭކަޕްކުރަން ޖެހުނީތީ މީހާ ބިރުގަތީ ކަހަލައެވެ. އަލަށްވެސް ނުކުރާ ކަމެއް ކުރަން ނޫގުޅާ އެއްޗެއް އުގުޅަން ޖެހުނީމާ އެހެންވާނެއެވެ. އެދެން އަހާރުމެންނަށް ވެސް ވާގޮތް ގޮތެވެ.

އެކެއް ޖެހި ފެށިގޮތަށް އިޝްބާ ރީތިކޮށް ނިންމްލެވުނު އިރު ދޭއްޖަހައި ބޮޑު ވެގެން ގޮއްސިއެވެ. އާއިލާތަކުގެ އެހެން ކުދިން ކުރީ ބަލާލަށް ފަސޭހަ ގުދުރަތީ ލުއި މޭކަޕެވެ. އަޝްބާއަށް ކުލަ އުގުޅަން ވަގުތެއް ވީ އެންމެން ދިއުމުންނެވެ. އަވަސް އަރުވާލައިގެން ކޯޓު ވަށްދަމުން ނަޒާން އަޝްގެ ކޮޓަރިއަށް ވަދެގަތެވެ.

ތެޅެމުން ފޮޅެމުން އުޅުނު ނަޒާން ފެނި އޭނާއަށް ހިނިއާދެވުނެވެ. ހީވަނީ އާ ކަމެއް ކުރާހެންއެވެ.

“އަޝްބާ: ހީވަނީ އަލަށް ކޯޓެއް ލާހެން. އަބަދު ލައިގެން އުޅޭއިރު ވެސް” އަޝްބާ ހެމުން ހެމުން ސަމާސާ ކޮށްލިއެވެ.

“ނަޒާން: ދެން ވެސް މި ރަނގަޅު ކޮށްލަބަލަ. ފަހުންވެސް ހެވޭނެ.” އާދޭހުގެ ބެލުމަށް ނާޒާން ބަލާލިއެވެ. އެ ބެލުމުގެ އަސަރުގައި ޖެހިވެސް އެކަން ކޮށްނުދޭނީ ކާކު ހެއްޔެވެ؟

ކަރުގައި ފަށް ދެ އަތުގައި ގަހަނައަޅައި ހަދައިގެން ގަޔަށް އަޝް ސެންޓުބުރުވާލިއެވެ. އެދިމާލަށް ބަލަން ހުރެލާފައި ނަޒާން ތައުރީފު ކޮށްލިއެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟ ޝާއިރުންވެސް ލަދުން އިސްޖަހާނެކަން ޔަޤީންނެވެ. ބޭނުންވި ގޮތަށް ހުރިހާ ކަންތައް ވި ހެއްޔެވެ؟ އެއްވެސް މުހިންމު ކަމެއް ހަނަދާނުން ކައްސާލި ހެއްޔެވެ؟ އެވަރަށް ފަރި ބަލަމުން ކައިވެނީގެ އަޤުދު އިއްވާ ނިމޭއިރު ވެސް ދެވިދާނެ ބާއެވެ؟

ނުނިމޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

ވާހަކަ މިދުވަސްކޮޅު ގެނެސްދެވެން އަންނަނީ ހަފްތާއަކު ދެބައެވެ. ކިޔުންތެރިންނަށް ބަލައިގަނެވޭނެކަމަށް އުންމީދުކުރަމެވެ. ލިޔެފަ ފޮނުވާ ދުވަހަކު އަދި ކިޔާލަކަށް ނުލިބޭނެއެވެ. ޕެންޑިއަންފަހު އެސްފިޔައިން ޝާއިރުކުރުމުން ނޫނީ ކިޔާލާކަށް ނުލިބޭނެއެވެ. އަޅުގަނޑު މިބަލަނީ ހަފްތާގެ ހޯމަ، ބުދައިގައި ގެނެސްދެވޭތޯއެވެ.  ދެބައިގެ ކުރުވާހަކަތައް މިދަނީ ކިޔުންތެރިންނަށް ގެނެސްދޭން ލިޔަމުންނެެވެ. އަވަސް މުސްތަގުބަލެއްގައި ކިޔާލަން ލިބޭވަރު ވާނެއެވެ. ޅެންވެރިކަމުން އަޅުގަނޑުގެ ޅެންތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކިޔާލަން ލިބެމުން ދާނެއެވެ. ތިދޭ ލޯތްބާއި ތަރުހީބަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.

ޝުކުރިއްޔާ!

🫶🥰❤️🥀😊

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ލޯބި-41

Previews
July 27, 2026

ލޯބި-41



All Right Reserved!