Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ފަންސާސްހަވަނަބައި (ސާދަވިލޭރޭގެ ނުރައްކާތެރި އިންޒާރު)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
August 6, 2026 6 Mins Read
0 Comments

ރީތި ކޮންމެ ރެއަކު މިހިތުގެ ވިންދަކީ ކަލާއެވެ.  އެމުނެމުން ގުޅިގެން ދާއިރު މިނާރު ބުރިވާނެބާއެވެ؟ ވަޢުދާއި ޢަހުދުގެ ދަރުބާރުތައް ފެށެން އޮތީއެވެ. ދިރިއުޅުމުގެ ދަތުރު އެއުޅޭނީ ފެށޭށެވެ. ފަހުން ވާނެ ގޮތެއް ނޭނގުނަސް މިއަދަށް ހިނިތުންވަމާހެވެ. ލިބުނު ނިޢުމަތްތަކަށް ޝުކުރުވެރިވަމާހެވެ. އެއްވެސް ކަމެއް އަބަދު  އެއްގޮތަކަށް އޮތުން އެކަށޭނައެއް ނޫނެވެ. އެއްގޮތް ވާކަށްވެސް ނުޖެހޭނެއެވެ. ހިތާމައިގެ ކަޑުގައި ފީނުން ހުއްޓާފައި އަމާން ބަނދަރަކަށް ދާންވެއްޖެއެވެ. ރެއާދުވާލު ރޮއެގެން ދެލޯ ރަތްވެ ދުޅަވުން ނޫން ކަމެއް ނުވާނެއެވެ. ހެވިލާފައި މަޖާކޮށް އުޅެންވެސް ވާނެއެވެ.

ފަނާވެ ނުދަނީސް ހަލާކުވެ ހަނދާންތަކުން މިންޖުކުރަށްވާތޯ އަޝްބާއަށް ދުޢާކުރެވެއެވެ. ނޭވާ ހުއްޓުނަސް ކޮއްކޮއަށްޓަކައި މީ އޭނާ ކުރަން ޖެހޭ ކަމެކެވެ. މި ފިޔަވަޅުއަޅަށް އެހީވާން ނަޒާން ހުރީ އެއަތުގައި ހިފައިގެންނެވެ. އެ ޔަޤީންކަން ޒާންވަނީ ދީފައެވެ.  އެހަނދާނުން  އަޝްބާއަށް ލަނދުން އިސްޖަހާލެވުނެ ގޮތެއްވެސް ނޭނގެއެވެ.

” ނަޒާން: ތި ލޯބި ހަނދާންނައްތާލެވޭ ވަރަށް ލޯބި ދޭން މިހިރީ ތައްޔާރަށް.”  އަޝްއަށް ހިވީ ކަންފަތްދަށުގައި ނަޒާން އެ ބަސްތައް ތަކުރާރުކޮށްލިހެންނެވެ. އެހެން ބުންޔަސް އެކަން ވެދާނެ ބާއެވެ؟ އެވަރު ހިތްވަރު ހުރެދާނެބާއެވެ؟ ނަޒާންގެ ލޯބިން ޒުކާން ދެކެ އަޝްބާ އެވާ ލޯބި ފިލުވައިލެވިދާނެބާއެވެ؟
**************************************************************************************
މަލާފާތުގެ ފުރިހަމަ ހުނަރުވެރިކަން ފެނިފައިވެސް އެތެރެ ބަލާހިތް ނުވާނީ ކާކުހެއްޔެވެ؟ ދިވެހިންގެ އަތު މަސައްކަތް ދައްކުވައިދޭ މަލާފާތަކީ އިހުގެ ފަރުމާއެކެވެ. ކާބަފައިގެން އުފެއްދުމެކެވެ.

ދިވެހި ރަހަތަަކަކީ ޚާއްސަ ދުވަސް ދުވަހު ނޫނީ ކާލަށް މިހާރު ލިބޭ އެއްޗެއްނޫނެވެ. ފޮނިފޮޅި ކޮޅިފޮޅި ހިތާނީ ކެއުންތަކުއިވެސް ބޭނުން ކުރާނެއެވެ. ބަތާއެކު ކާލަށް އޭރުގައި އެއީ އެއްވަނަ އެވެ. މިއަދުގެ ޒުވާނުންނަށް ކަމުނުގޮސްފާނެއެވެ.

ބަނބުކެޔޮ ބަތް، ރޫސިޔާ ބަތް ކިޔާނެ ކަމެއް ނެތެވެ. ބަތްޕެންވެސް އަދި ހުންނާނެއެވެ. ބޮޑިބަތް ދެވައްތަރު ވާނެއެވެ. ފިހުނު މަސް، ލޮނުމިރުސް، ތެލުލީފަތެވެ. ފިޔާ، މިރުސް، ލުނބޯ ރިހާކުރު ކޮބާ ހެއްޔެވެ؟ ކުއްޅަވަކު ސައްޓި ފަދަ ކާއެއްޗެހި ފެނުމުން ނުކާން ހުއްޓަސް ކާން މަޖުބޫރު ކުރާނެެެވެ. މަސްފެނާއި ގަރުދިޔަ ބޯ މީރުނުވެ ދާނެ ހެއްޔެވެ؟

ކުކުޅުގެެ ބާވަތްތައްވެސް ހުންނާނެވެ. ރާނބާފަތުން އައްސާފައި ހުންނަށް ހިވެހި ހަވާދުގެ ރިހަގަނޑު ސިފަކޮށްލަންވެސް ދައްޗެވެ. ތާޒާރަލާއި ކުރުނބާފެން ކާށިފެނަކީ އެޒަމާނުގެ ބުއިންތަކެވެ. މިހާރަކަށް އައިސް ކިރުޖޫސްވެސް ހިމެނެއެވެ. ފެނުކެއްކި ބިހާއި ދޮންކޭލައި ހަކުރު, ބޯކިރުވެސް ދިވެހި ކެއިންތަކުގައިވާނެއެވެ.

ކާން ދިއައިރު ލޯޖެހި މަލާފަތްތައް ސަތަރިމަތީ އަތުރާލާފައި ހުއްޓެވެ. ހަމީހުންނަށް ނުވަތަ ހަތަރު މީހުން ކިއެއްތަ ދިހަ މީހުންވެސް އެކަތިން ކާންވީއެވެ.

ގުރޫޕުތަކައް ބެހިގެން ކާން އިށީނދެ ހަމަޖެހިލިއެވެ. ނަޒާން އާއި އަޝްބާގެ އިތުރުން އިޝޫއާއި ޒުކާން ތިބީ މެދުގައެވެ. ބޮޑުދޮންތަގެ ދޮރީ ދަރިއާއި އޭނާގެ ފިިރިމީހާއެވެ.

“ރިޔާން ޅިޔަނު: އަޝްގެ ދެން އޮތީތޯ ނަޒާން ޓޭ.” ދިމާކޮށްލާހިތުން ކެތްނުވެގެން ނީދޮންތަބެ ބުނެލިއެވެ. ނީދޮންތަވެސް އެރީ ޅިޔަނު ކޮޅަށެވެ. ނަޒާންއަށް ލަދުން އެއްޗެއް ބުނަށް ނުކެރިގެން އުޅެނިކޮން ޒުކާން ރައްދު ދީފިއެވެ.

“ޒުކާން: ޅިޔަންބެވެސް ދޯ. ދޮންތަމެން އެތިބީ ތުރިކީގައި އިންނާށޭ. މީހަކަށްވެސް ނުގޮސްވާނެ އެއްނު އެހާ ދުރަށް.” ކޮއްކޮއަށް ޒާން ދެލޯ އަޅާލިއެވެ. މިގެއަށް ލިބިފައި ހުރި އެއީ ދެގޮތެއް ނުވާ އަނގަ ގަދަމިތުރެކެވެ. ބައްޕައާއި ވައްތަރުވި އިރު މަންމަގެ އަގަތެޅުން އެހުރީ ލިބިފައެވެ. މަޑުމައިތިރި މިޒާޖެއް ނުލިބުނެވެ. މަންމަ އާއި ވައްތަރުގޮތެއް ހުރީ ނަޒާންއެވެ. އެކަމަކު ލިބުނީ ބައްޕަގެ ސިފަތަކެވެ.

ރަނގަޅަށް ކައި ހަދައިގެން ނިދަން ދެވުނުއިރު ދިހަގަޑި ބައިވެއްޖެއެވެ. ކިތަންމެ ލޮޑުވިޔަސް އަޝްބާ ނިދާކަށް ބޭނުމެއް ނުވިއެވެ. ދިގު ހެދުން ބައްދަލުކޮށްގެން އުޅެގަތީ ލިޔާށެވެ. ލިޔުން ނޫންކަމެއް އަޝްބާ ކުރާކަށް ބޭނުމެއް ނުވިއެވެ. ނަޒާން ހިނގާލަންދާން ބުނީމަވެސް އިންކާރުކުރީއެވެ. ނުލިޔެވޭތައި މާގިނަ ދުވަސް ވަނީއެވެ. އެހެންވާކަށް އަޝްނޭދެެެއެވެ. އަވަސްކަމާއެކު ވާހަކަ ނިންމާލުމުގެ ނަސީބު އެދި ދުޢާކޮށްލަމުން އޭނާ ފަށައިގަތެވެ.

އަވަދިނެތި އަލިފުޅުބޭ އުޅުނީ ކިޔެވެލި ކިޔެވުމުގައެވެ. ހޯދަން ބުނި ސާމާނުތައް ޚަބީބުމެން ގެނެސްދިނުމުން ލަސްކުރަން ބޭނުންނުވީއެވެ. މިކަމާ އުޅޭތާއި މަހެއް ފަހަނައަޅައި ގޮއްސިއެވެ. ގިނަދުވަސް ވާވަރަކަށް އެ އިފުރީތުގެ ބާރު ދާނީ ގަދަވަމުންނެވެ. އަތްނުފޯރާ ހިސާބަށް ދިއުމުން އާއިލާ އެކަށް ފަނާވެ ދިއުމާކީ ވެދާނެ ކަމެކެވެ.

މިފެށުނު މަހުގެ ސާދަވިލޭރޭގެ ކުރިން ވަކި ކޮޅެއްގައި ނުޖެހުނިއްޔާ ނިމުނީއެވެ. އެކަކަށްވެސް ސަލާމަތެއް  ނުވެވޭނެ އެވެ.

” މިލީހަމް: ސާދަވިލޭރޭ އަންނަނީ އަންނަނީ          ދުނިޔެ ނިމެނީ ނިމެނީ ”  ގޭތެރެއިން އެނޫން އަޑެއް ނީވެއެވެ. މިލީހަމްގެ ދެތަލި ނުޖެހެއެވެ. ރޭ ވީމާ ކަންތައް ގަނޑު މާ ފަލައެވެ. ޤުރުއާނުން މިންވަރެއް ކިޔަވާލަންވެސް ދަތިވާހާ އަޑު ބާރެވެ. މިހެން ބުނުމަކުން އިހުސާސްވެސް ނުކޮށްލެވޭނެއެވެ. އެކަމެއް އުނދަގޫ އެނގޭނީ ތަހައްމަލު ކުރަން ޖެހުމުންނެވެ.

މާއިޒުހެވެ. މިހުތުގެ ފިނިކަން ހެއްޔެވެ؟ ތިދިޔައީ ކޮންތާކަށް ހެއްޔެވެ؟  ކުރީގެ ލޯބި އޮޔާލީހެވެ. މި ގުޅުން ކަނޑުފެތޭނީ ހެއްޔެވެ؟ ސަލާމާތްކުރަން އަތެއް ނުދޭދަން ދޯ އެވެ. ހާލު ބަލާލާއި ފިރުމާލި ދުވަހެއް ހަނދާން ކޮށްބަލާށެވެ. މާޒީއަށް ގޮސް ފަސްއެޅި ފޮރުވެނީއެވެ. ފަސްނަގައި އެހެންވިޔަ ނުދޭށެވެ. އާދޭސް މި ކުރަނީއެވެ. ދެފައިގައި ހިފައި ސަލާންޖަހަނީއެވެ. އެކަމަކު މިގުޅުން އެއްވެސް އަގެއް ނެތް ގުޅުމަކަށްވެއްޖެއެވެ. ފުރުސަތު ދީދީ ވަރުބަލިވެއްޖެއެވެ. ކެތްކޮށްކޮށް ހިތްހަލާކުވެއްޖެއެވެ.

ރުއީމާއި ހިތާމާ ލީނިޔާގެ ދިރިހުރުމަށް ވެއްޖެއެވެ. މާއިޒުގެ ފިކުރުތަކުން އެލިބޭ ތަދު ބަޔާންކޮށް ދޭނީ ކިހިނެއް ހެއްޔެވެ؟ ލިނީ ހިކިގެން ގޮސްވެސް ކަށިކޮޅަކަށް ވަނީއެވެ. ހަށިގަނޑުގައި އިނީ ތިރީހަކަށް ކިލޯއެވެ. މާބަނޑު މީހަކަށް ބަލާފައި ދެރަވެސް ވާނެއެވެ. ހަތްމަސް ބަނޑަށް ފާއިތުވެއްޖެއެވެ. ހާލަތު ދަނީ ދައްވަމުންނެވެ. އިންސާނާގެ ކެތްތެރިކަން ކޮޅުން ލީމައި ވާނީވެސް އެހެންނެވެ. އުންމީދުތައް ފަނާވީމައި ކުރެވޭނެ ކަމެއް ވަކި ނޯންނާނެއެވެ. ލިބެން އުޅޭ ކުޑަ ފުރާނައަށްޓަކައިވެސް  އޭނާއަށް މި ނޫންގޮތެއް ނެތީ ފަދައެވެ. ދަރިފުޅަށް ބައްޕައެއްގެ ލޯބި މުހިންމު ވާނެ ވަރު ލީނިޔާއަށް އަންދާޒާ ކޮށްލަށްވެސް ދައްޗެވެ. ދޮންބައްޕަ އެއްގެ ލޯބިން ހެދި ފޯދުނަސް އުފަން ބައްޕަ ދެކޭ ހިތް ވާނެތާއެވެ. މަޤާމަކާއި ލޯބީގެ މިންވަރެއް ވާނެތާއެވެ.

ކިޔެވުމުގައި އަވަދިނެތި އުޅުނު ނަމަވެސް ޚުބާބަށް ރޮވެއެވެ. ލޯބި ކާމިޔާބު ވުމުން އުޅެން ޖެހޭގޮތް މިހިރީ އެވެ. މިލީހަމް އޭނީ ވިހަން ކައިރިވެފައެވެ. ނުވަމާހާއި ނުވަދުވަސް މިމަހު ސާދައިގައިވަނީއެވެ.  އިންސިއެއްގެ ނަސްލަކުން  ޖިންނިއެއް އުފަންވަނީއެވެ. ދުނިޔެއަށް ނޭވާ ލަނީއެވެ.

ބޭރުން ކައިގެން ގެއަށް ވަން ބާސިލަށް ގުޑިވެސް ނުލެވުނެވެ. އެގޭގައި އޭނީ  ލީނިޔާއެވެ. އަތްދަނޑިމަތީ  ނާނާ ކިޔަމުން ކުއްޖަކު ނިންދަވަމުންދިޔައެވެ. “ލީނިޔާ: ނާނާޔޯ ނާނާނާ ދޫނީ ނިދާލާލާ..” ބޭރުން ލެއްޕުނު ދޮރުގެ އަޑަށް ލިނީ ބަލާއިވެ. އަތުން ސަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން އަޑުމަޑުކުރަން ބުނެލިއެވެ.

” ލީނިޔާ: ސޫ،ސޫ،ސޫ. ” މާ ބޮޑަށް ބިރުގަނެވުނީ ނިދަމުން ދިޔަ ތުއްތު ކުއްޖާގެ ސިފަފެނިއެވެ. ހެޔޮ އެއްޗެއް ދުލަކުން ކިޔާނެ ނައެވެ. އެ އޮތްބޮޑު ފިރިހެނާ ތުރުތުރު އަޅަންފެށިއެވެ.

ކޮޅަށް ތެދުވެގެން ލިނީ އެއްކުއްޖާ ގޮވައިގެން ވަދުނީ ބާސިލުގެ ކޮޓަރިއަށެވެ. މަންޒަރު ބަލަން ހުރިތާ  ހުރެވުނީއެވެ. ފޯނުނަގައި ޚުބާބަށް ގުޅޭތޯ އޭނާ އަވަސްވެލިއެވެ. ރޭންޖެއް ގެއަކަށް ނުލިބެއެވެ. މެސެޖު ކުރެވޭތޯ އުޅެގަތެވެ. މެސެޖު ފޮނުވާލެވުނުކަމެވެ. އެހެރަ އަންނަނީ ނިކުމެގެން ލީނިޔާއެވެ. ރަތްކުލައިގެ ވިދުންގަދަ ހެދުމެވެ. ބުުރުގަލުން ފޮރުވާލެވިފައިވާ ލިނީގެ އިސްތަށިގަނޑު އެއޮތީ ހާމައަށެވެ.  އޮޅަބޯށީގައި ޖެހެމުން ދިޔަ ފަން އިސްތަށިތައްް ހީވަނީ ކަޅުކަން ގަދަ ރޭގަނޑެއް ހެންނެވެ. ދެލޮލޯ  އަދުންގަޑެއްހެން ފަދައެވެ. ގަދަ ރަތްކުލައިގެ ދެތުންފަތުން ލޭތިކި ފޭދެމުން ދިޔައެވެ. ކައިރިވަމުން ކައިރިވަމުން ގޮސް މިލީހަމް ބާސީލުގެ ވަސްޖެހޭ ހާއި ކައިރީ ހުއްޓި ލިއެވެ. ބިރުން ބާސީލު ބޭރު ދޮރާ ދިމާލަށް ދުއްވައިގަތެވެ.  ތަޅު ހުރީ ލެވިފައެވެ. ހުޅުވަން އުޅި އުޅި ނުވިއެވެ.

” މިލީހަމް: ބާސީ، ދަނީތަ ނުދެވޭނެ، އަހަރެން ހުތުރީތަ. ލިނީއޭ މީ.” އެ އަޑުގައި ތަފާތެއް ވިއެވެ.  ބަރު އިރު ހަލުވި ކަމެއްވިއެވެ. ހަނދާނެއް ގޮތް ހުސްވެގެން ބާސިލް ތެޅި ފޮޅެން ފެށިއެވެ. ސަލާމަތެއް އޭނާއަކަށް ނެތެވެ. މީހަކަށް ގުޅޭތޯ ޖީބުން ފޯނު އަނެއްކާވެސް ނެގިއެވެ. މިބުރު ވެއްޓުނީ ބިންމައްޗަށެވެ. އެ ނަގަން ތިރިވި ބާސިލަކަށް އެޔެއް ނަގާކަށް ނުކެރުނެވެ. ކުރިމަތީ ފެންނަށް ހުރި ލިނީގެ ފައެއް މުށިތައްމަތީ ނުޖެހެއެވެ. ޖިންނިއެއްކަށް އެގުމާއެކު މީހާއަށް ރޮއެގަނެވިއްޖެއެވެ.

މޭގައި ފިރުމާލަމުން ލާއިލާހަ ކިޔާލެވޭތޯ ބާސީލު އުޅުނެވެ. ދިރި ހުރެވޭނެ ކަމުގެ އުންމީދު ގެއްލުނީ ކަހަލައެވެ. މިރޭ އޭނާގެ މަރު ލިޔެވިފައި އޮތީ ކަމަށް އޭނާ ނިންމީއެވެ.  އިއްޔެ މެންދުރު ވީ ކަމެއް ހެން ލީނިޔާއަށް ހަދާލެވުނު ހިތި ގޮތް ތަމްސީލު ވެގެންދިޔައެވެ. ހީވަނީ ބޮލުގެ ނާށިގަނޑުގައި ބާރު އެތިފަހަރެއް ޖަހާހެންނެވެ. ލިނީއާއެކު ހޭދަ ކުރެވުނު ދުވަސްވަރު ލޯ ކުރިމަތިން ސިފަވަމުންދިޔަ އިރު  ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.

” ލީނިޔާ: ހައްހައްހާ ބާސީ ދޫނީ ހާދަ ފިންޔޭ.” މަސްތީ އެނަޒަރުގައި ބާސީލުގެ ވިންދު އަތަށް ނައީ ކިރިޔާއެވެ.  ދިގު ނިޔަފަތިތަކުން އެހެރަ އަލިފާން ކަނިތަޅަނީއެވެ.

ޖެހިލި ބާރު ވައިރޯޅިއާއެކު ލިނީގެ އިސްތަށިގަނޑު ވަޔަށް ވިހުރި ލިއެވެ. ކަންފަތުގައި އިން ވިދުންގަދަ ޖަވާހިރު ފެނުނީ ދެނެވެ.

މިއީ ދުނިޔެ މަތީގެ ކަމެއްބާއެވެ. އޭނާގެ ހިތަށް އެރިއެވެ.  މާނެވާ ލެވެމުން ދިޔަ ބާސީލުގެ އެތަން މިތަނުގައި އޭތި ބީހެންފެށިއެވެ. އަތުން ފިރުމަމުން ބޮސްދެމުން ދިޔަ އިރު ބާސީއަށް ލިބެމުންދިޔައީ އަނިޔާއެވެ. ހަށިގަނޑުގެ އެތަން މިތަނުން ލަކުނު ތައް ފާޅުވާންފެށިއެވެ.

ގަދަ ހަދައި ގަންނަމުން ބާސީލު ދުއްވައިގަތެވެ. ސިޑިން އަރައިގެން ދުވެފައި ގޮސް ބެލްކަންޏަށް އެރިއެވެ. އެތަނުން ގޮސް ޖެހެވުނީ ލީނިޔާގެ ކުރިމައްޗަށެވެ.

އުޑުގައި ތަރިތައް ފިޔަޖަހަމުން ދިޔައެވެ. ހަނދުފަޅި ބޯއަރުވަމުންދިޔަ ފަދައެވެ. ތުރުތުރު އަޅަމުން ދިޔަ ދެއަތެއް ނުހުއްޓެއެވެ.

” ބާސިލު: ލިނީ އާދޭސްކުރަން! އަހަރެން މާރާނުލާ ސަލާމާތްކޮށްދީ. މަންމަ އަށް ވާނެ ގޮތެއްވެސްނޭނގެ. ކޮއްކޮމެން ބަލާނެ މީހަކުވެސް ނުހުންނާނެ.”

އޭނާއަށް ބުނެވުނު ހާވެސް އެއްޗަކީ އެއެވެ. ލީނިޔާ ބާސީލުގެ ކަރުގައި ހިފިއެވެ. ނޭވާ ހާސްވެގެން ގޮސް ވޭނީ އާހެއްގެ އަޑު މުޅިތައި ގުގުމާލިއެވެ.

 

 

” ލީނިޔާ: މާފެއް ނުދެވޭނެ. މަގޭގެ މުޅި ޒުވާން އުމުރު ހަނާކޮށްލީ ކަލޭ ތީ. މިހިތައް ނެތް ތަސައްލީއެއް ކަލޭ ދުނިޔޭގައި ހުރެގެން.” ބާރުބާރަށް ބުނަމުން ބާސިލު ނަގާ އުފުލާލި އެވެ. ތަނުގެ ވަހާއި ކުލަ ކުނިގޮޑަކަށް ވިއެވެ. މަސް ލޭ ކުނިވަހުން ނޯއްދަމާލަށް ދައްޗެވެ.

މައްޗަށް ނަގާފައި ތިރިއަށް ބާސީލު ވައްޓާލިއެވެ. ދެން ބާސިގެ ކުރިމަތިން ފެންނަށް ފެށީ އޭނާ ލޯބީގެ ގޮތުން ގުޅުނު އަންހެން ކުދިން ތަކެވެ.

ފަހުގެ ހަމަލާއާއެކު ބޮޑު ރަތް ދެލޯ އެހުޅުވާލީ މިލީހަމްއެވެ. އެންމެ ފަހުން ކަރުގަނޑުގައި ވަސްދޭން އުޅުނު މަލެވެ. ރީތީގެ ދެވަނައެއް ނުވާ ލާމަސީލު މިސާލެވެ. އަނގައި ހުޅުވާލިއިރު ފާޅުވި ތޫނު ދެދަތް ވަޅިއެއްގެ ތިލަ ފަދައެވެ. ލޭގެ ކޯރެއް ވަނީ ހެދިފައެވެ. ބާސީލުގެ އެތައް މިތަނުން ދިޔައީ ހާލީސް ލޭ ފައިބަމުންނެވެ. ނިޔަފަތިތައް ބާސީލުގެ ކަރަށް ހަރާލަމުން ރެއިލިންގައި އޭނާ އެލުވާ ލިއެވެ. ތިރިން ފެންނަމުން ދިޔައީ އަނދިރި ވަޅުގަނޑެކެވެ. ސަލާމަތައް އެދި އެދެއަތް ގުޑުވާލީއެވެ. އެކަމަކު މިއޮތް ދަންވަރު އެތައް ފެންނާނީ ކާކަށް ހެއްޔެވެ؟ އެހީތައެއް ދިއްކޮށްލެވޭނީ ކިހިނަކުން ހެއްޔެވެ؟

އިރުއަރާނީ މާލޭއަށް ގޮށްޖަހާލަމުންތާއެވެ. ބިރުވެރި ކަމާ ނާމާންކަމާއެކު ރޮއްވާލަމުންނެވެ. މި ޒާހިދުގައި ފަހެ ސަލާމަތް ވާނީ ކާކު ހެއްޔެވެ؟ ރަހުމެއްނެތް އެއީ ޖިންނިއެއްގެ އަމަލެއް ނޫން ހެއްޔެވެ؟  ކައިރިވަމުން އަންނަން ސާދަވިލޭރޭ ހަމަލާތަކުގެ ހޫނުކަށް މި ފެށުނީބާއެވެ؟

 

 

 

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. “އާއެކޭ ލޯބިވޭ…”  ބުދަދުވަހުގެ ބައިގެ ” ކަވަރ” ފޮޓޯގައި އެވަނީ އެންމެން ހައިރާން ކުރުވި ފޮޓޯއެވެ. ކައިވެނިވި ދެ އަރޫޝޫންގެ ދެފަރަރާތުގައި ތިބެ ނަޒާން އާއި އަޝްބާ ނެގި ޚާއްސަ ތަސްވީރެވެ. ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ. ކައިވެނި ނިމިގެން މިބަޔާއެކު ދިއުމާއެކު ކުރިއަށް ދެން އޮންނާނީ ތިޔަ އިންތިޒާރު ކުރެވެމުންދާއި ބައިތަކެވެ. ޖިންނި މާއިޒާއީ ލީނިޔާއެވެ. ޚުބާބާއި މިލީހަމްއެވެ. ސިހުމާއި ޚަބީބެވެ. ޒާއިނާއާއި އަޒީލެވެ. އަޅިފުޅުބޭ އާއި ފޯރިގަަދަ ފަންޑިތައެވެ. ނާމާންކާއި އިންތިހާ ބިރުވެރިކަމުގެ ބައިތަކަށް ހުރިހާ ކިޔުންތެރިންނަށް މަރުހަބާ ކިޔަމެވެ. ވާހަކައިގެ ސީދާ ބޮޑު ހަނގުރާމަ ފެށޭއިރު އަންނާނީ ކޮންކަހަލަ ނިންމުމެއްކަމާމެދު ކިޔުންތެރިންގެ ހިތުގައި ސުވާލު އުފެދޭނެއެވެ. މިލީހަމް ވަނީ މަރު ތޯ އެވެ؟ ދުނިޔެއިން މޮޔަވާނީ ތޯއެވެ؟ ޖިންނި ދަރިއަށް ވާނީ ކިހިނެއް ތޯއެވެ؟ ހުސް ޖަވާބު އެގެންވޭނުންވާނެ ސުވާލުތަކެވެ؟ މި ހުރިހާ ސުވާލެއްގއ ޖަވާބާއެކު އާއެކޭ ލޯބިވޭ ގެ ނިމުން އަރާއި ހަމަކުރަނީއެވެ. އަޅުގަނޑުގެ ވާހަކަތަކަށް ތިދޭ ލޯތްބާއި ތަރުހީބަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. ކިޔުންތެރިންގެ ތަރުހީބާއެކު މާތް ﷲގެ ތަނަވަސް ރަހުމަތާއެކު ލިޔުންތެރިންކަމުގައި އަޅުގަނޑު ދާނީ ކުރިއަށެވެ. އަޅުގަނޑުގެ ރީތިވާހަކަތައް ކިޔާލަން ލިބެމުން ދާނެއެވެ. މިދނޑިވަޅުގައި އަދި އެއްވާހަކަ ބުނެލާ ހިތްވެ އެވެ. ވާހަކައެމްވީއަށް އަޅުގަނޑު ވާހަކަ ލިޔަމުންދައި އައިޑީއަށް ނުވަދެވުގެން އުޅޭތީ އެ ނޫހަށް މިވަގުތު އެއްވެސް ވާހަކަ އެއްޗެއް ނުލެވޭ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ. ހަމައެޔާއެކު ވާހަކަ އެމްވީގެ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މާފަށްވެސް އެދެމެވެ. މައްސަލަ ހައްލުވެ އައިޑީއަށް ވަދެވުނުހާއި އަވަހަށް ވާހަކަތައް ޝާއިރުކުރަން ފަށާނަމެވެ.  ފަށްފަށުން އަދިވެސް އެއްފަހަރު ހިތުގެ އެންމެ ފުނުން ޝުކުރު ދަންނަވަމެވެ. “އާއެކޭ ލޯބިވޭ…” ނިމުމާއެކު “ރިމާލް”ގެ ފަހުބައިތައް ގެނެސްދޭން ފަށާނަމެވެ. ފޫހިކަމެއްނެތި ރިމާލް ކިޔާލާހިތުން ތިބޭނެ ކަމަށް ހީކުރަމެވެ.

😊🥀♥️🫶🥰

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ލޯބިން ބުނާތީ 40

Next

އެންމެ ފަހު ސިޓީ ــ3

Next
August 6, 2026

އެންމެ ފަހު ސިޓީ ــ3

Previews
August 6, 2026

ލޯބިން ބުނާތީ 40



All Right Reserved!