Skip to content
އެސްފިޔަ

ނިމުންނެތް ބާޝާރާތު

Listen to this story Audio · 1:13 Powered by Esfiya Voice
0:00 1:13

މަދަހަ: ނިމުންނެތް ބާޝާރާތު…

 

ނިމުންނެތް ބަޝާރާތޭ މިބުމުގައިވަނިއާ

ނިޢުމަތްތަކުން އުތުރޭ ރަންމުއިތްތަކުންވާ 2x

ނިމުންނެތް ބަޝާރާތޭ މިބިމުގައިވަނީއާ…

 

(މާތްވީ އިލާހުގެ ނަށް އިއްވާލަދެންހޭ

މުޙައްމަދު ނަބިއްޔާއަށް ސަލަވާތް ކިޔަންހޭ) 2x

މާތަށް ވަޔާ ކިޔަމަންވެގެން ލުފިގެންވިހޭ

މުއުމިނު އަޅުންނޭ އާދެ ވަގުތުދަނީނުހޭ

ނިމުންނެތް ބަޝާރާތޭ މިބިމުގައިވަނީއާ…

 

(ދޮރުތައް ޝުވަރުގޭގެ ހުޅުވޭނެ ރަމަޝާން

ގިނަގުނަ ނަމާދުން ފަރިވާނެ މުސްލިމުން) 2X

ތަރާވީހު ތެދެކޭ ވިތުރީގެ އަލިވުން

ޤަދުރީގެ މާތްކަން ދޭހުން ވިދާލުން

ނިމުންނެތް ބަޝާރާތޭ މިބިމުގައިވަނީއާ

 

(ޤުރުއާން އެ މަތިވެރިވީ ކިޔާށޭ ދަރިންނޭ

އޭގެން އުގެނި ހޯދާ ފިލާވަޅު ކުދިންނޭ) 2x

ހަތިމެެއް ވެވޭތޯ އުޅެންވާނެ ނޫންހޭ

މާތްވީ މި މައްޝަރު ދިއުމުގެ ކުރިން

ނިމުންނެތް ބަޝާރާތޭ މިބިމުގައިވަނީއާ

ނިޢުމަތްތަކުން އުތުރޭ ރަންމުއިތްތަކުންވާ

ނިމުންނެތް ބަޝާރާތޭ މިބިމުގައިވަނީއާ 2x

(ކިޔުންތެރިންގެ ސަމާލުކަމަށް)

އަޅުގަނޑުގެ މި މަދަހަވެސް ކަމުދާނެކަމަށް އުންމީދުކުރަމެވެ.

 

 

 

Comments (8)

  1. Shaba_17

    Heyy isnaa long time no sees 😭🤗
    How are youuuuuu? Miss Yuhh so muchhh
    I want to read a kuru vhk sooooo badly
    School ga buxy kamun comment eh kohnuleveny 😭
    Mi madhaha vx vrh Reethi and Aneh madhaha vs 💗
    Hama vrh Habeys ingey dear appreciate ur hard work
    Hope to read more from youuuuuu dear ❤️
    Lysmmm and Tc 💕

    1. Isnaa
      Shaba_17

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ

      އަޅުގަނޑުގެ ކުރުވާހަކައެއް ވަރަށް އަވަހަށް ޕޮރުގުރާމަކުން
      އަޑުއަހާލަން ލިބޭނެ ޑުރާމާއެއް ފަދައިން
      ވަގުތާއި ގަޑި ފަހުން އަންގާލަދޭނަށް
      ތިދޭ ލޯތްބާއި ތަރުހީބަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.
      ޝަބާގެ ވާހަކަތައްވެސް ވަރަށް ރީތި ތިގޮތުގައި ކުރިއަށް ދާނެ ކަމަށް އުންމީދުކުރަން އަދި ކޮމެންޓެއް ކޮށްލާނަށް އިނގޭ ވަހަކައަށް
      ވަރަށް ލޯބިވޭ
      ބަލައިގެން އުޅެއްޗޭ

      🫶❤️😊🥀🥰

  2. Shaba

    Awwn vrh Ufaavehje Shaba ge vhk thah vx rythi kan ingunyma 💗 rangalhu kohllan jehey kameh faahaga vehjehya bunela dhehchey 🤗

    1. Isnaa
      Shaba

      insha’Allah bunedeynan ♥️😘

  3. Anonymous

    Vrh rythi MA 🤗
    How old are you isnaa

    1. Isnaa
      Anonymous

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
      އަދިވީ ބާވިސް އަހަރު

      🫶❤️😊🥀🥰

  4. Alaika_22

    Vrh vrh vrh rythi MA 💕✨
    Mi madhaha vess vrh ryhti
    Lysm and tcc

    1. Isnaa
      Alaika_22

      ވީ އުފާ ބުނެދޭން ދުލާ ގަލަމުން ނުކުޅެދިއްޖޭ
      ހާސްފަށުން ޝުކުރުގެ ތަހާނީ އަރިއަހަށް ފޮނުވާލެވިއްޖޭ
      ވަރަށް ލޯބިވޭ
      ބަލައިގެން އުޅެއްޗޭ

      🫶❤️😊🥀🥰

Comments are closed.