މަތިވެރިވީ ދޭހުން ލިބިފައިވީ މީ ނިޢުމަތެކޭ
މައިން ބަފައިން ބެލުމުގެ މާތް ނިޢުމަތެކޭ
ރަންމުތަކަސް ވަކިކޮށް މީ ނުކިރޭނެ ލޮތްބެއްދީ
ރަން މިރަނަށް ހަދައިދިން މޮޅުވި ޖަވާހިރެކޭ
އިސްލާމީ ހިދާޔަތު ބުނެދޭން އިސްކަމެއްދީ
އިސްވެ ބުނީ މިސްކީނުން،ފަޤީރުން ރަޙުމަތެކޭ
ރިވެތި ހުލްޤުން އުޅެން މިތާ މަގުކޮށައިދީ
ރިވެތިކަމާއެކު ބުނެދިން އެއްވަނަ ހަމަ ނޫރެކޭ
ބަލިވެ މުސްކުޅި ހާލުގައި ވާނަމަ ހައްޤުދީ ބަރިބަރިއަށް ދުވެ ނަގަމުން ފުމުނަސް އުފަލެކޭ
ނުރުހޭހެން ރުޅިދައްކާ އަޅައިނުލައި ބަސްދީ
ނުރުހުނަކަސް މައިން ބެލުން މިއީ އަމާނާތެކޭ
ޤުރުބާނީގައި ދިން ލޯބި އެދަރިންގެ ހަނދާނުން
ޤުރުބާންވިއެ އަގު އަދާކުރުން ނިންމީ ތެދެކޭ
31 ޖުލައި 2026
(ކިޔުންތެރިންގެ ސަމާލުކަމަށް)
ވާހަކައިގެ ބޭރުގަނޑުގައި އެވަނީ އަސްލު ފޮޓޯއެއް ނޫނެވެ. އޭއައިން ހަދާފައިވާ ފޮޓޯއެކެވެ. މި ޅެންވެސް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.





