Skip to content
އެސްފިޔަ

ދުނިޔޭގެ ކުރު ހަޔާތް

ދުނިޔޭގެ ދިރިއުޅުން ވަގުތީމި ދިރިއުޅުން

ދުނިޔެވީ މި ކާއިނާތުން ފަނާވާނެ ދިރިއުޅުން

ނެތި ރަޚަމު ދާނޭ ދިިރިހުރެ އެންމެން

މިހިތުގެ ކުށެއް ކަމުން މީ ދުނިޔޭގެ ފަލްސަފުން

ވަގުތާއި ހަލަތާއެކު ދާނޭ އެކީ ޒަމާންވެސް

ކުރެވޭ ޤަބޫލު ފަނިވީ ހިތި ވީ ހަޤީޤަތުން

އެކުގަވިޔަސް ދުރުގައިވިޔަސް ވަކިވާނޭ ހިތީ

މިކަމުން ރެކޭނެ އެއްގޮތް ނެތޭ މި އާލަމުން

ފެނި ފުރާނަދައި އިރެއްގައި ފޫހިވާމި ގޮތެއްގައި

ފެނިފައި ޒުވާން މި ހިތްތައް ރޯލާނެ ހަޔާތުން

އިހު ރަން ޒަމާނު ކަރައިން އާލާވި ދުވަހަކާ

ފުރިހަމަނުވާ މި ތަހުޒީބު ގެ ކޮޅެއްނެތުން

ގެއްލޭ ހިތެއް މިތާގައި ލިބުމެއް ނުވާނެމީ

ޝައްކާއި ވަޚުމްތަކުންވީ ކެހި އެކަނިވެރިކަން

15 ޖުލައި 2026

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

ވަރަށް އަވަހަށް އަޅުގަނޑު ލިޔަމުންމިދާ ވާހަކައިގެ ފަންސާސް އެއްވަނަބައި ކިޔާލަން ލިބޭނެއެވެ. އަޅުގަނޑުގެ މި ޅެންވެސް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ޅެން ކިޔާލާފައި “ކޮމެންޓް” އެއް ކޮށްލައްޗެވެ.