އާއެކޭ ލޯބިވޭ… ފަސްދޮޅަސްދެވަނަބައި ( އެ ޚިޔާލާއި އިފުރީތުގެ ސޫރަ)
“ޝިރުހާ: އާނއެކޭ އެކަމަށް ހަމަ ދެއިރު އެފަރިތަކުރަނީ ޚުބޭއަށް އިނގޭތަ!” ޝިރުހާ ހެމުން ހެމުން އިއްވާލިއެވެ.
“ޚުބާބު: ސާބަސް އިއްލޭ. ފުރަތަަމަ ތިހެންޔާ ކިޔަނީ ޝިރޫއަށް މަންމަ.” ޚުބާބަށް ވެސް ހެވޭވަރުން ނޯއެވުނެވެ. ބާލީސް ފަޑީގައި ޖައްސާފައި ހަށިގަނޑު ސީދާ ކޮށްލިއެވެ.
“ސާއިލު: ހުސީއްތަ ކައިރީ ތިބެލާފައި މިއައީ ކުރިއަށް ވުރެ ރަނގަޅުތަން ފެނުނީމަ ވަރަށް އުފާވި. ހާދަ ހިތްވަރުގަދަ އޭ އަސްލު ވެސް.” ސާއިލު ޚުބާބު މަންމަގެ ހިތްވަރުގަދަކަން ފާހަގަކޮށްލިއެވެ.
މަންމައިންނަކީ އަބަދުވެސް ކެތްގަދަބައެކެވެ. ވިހެއުމުގެ ވޭނުގައިވެސް އެކަން އެނގޭނެއެވެ. ނުވަމަހާއި ނުވަދުވަހު އެ އުފުލާ ތަކުލީފުތަކަކީ ހާދަހާ ހިތްވަރެއް ނޫން ހެއްޔެވެ؟ މިފަދަ ދަނޑިވަޅެއްގައި ވަކި ފިނޑިވާނެ ވާނެ ހެއްޔެވެ؟ ކުރިމަތީ މިއޮތީ އަދި ވާއެއް ނުވާއެއް ނޭނގޭ އޮޅިގަނޑެއް ނޫންތޯއެވެ؟ ކެތްނުވެ ވާނެ ހެއްޔެވެ؟ ********************************************************************
ސާއިލުމެން ހަސްފަތާލުން ނިކުމެގެން ދިޔައީ ބާޒާރަށް ދާށެވެ. ބަދިގެއަށް ބޭނުންވާނެ ބައެއް ތަކެތި ހުސްވެފައި ހުރުމުންނެވެ. މަގުތަކުގައި އެކިވަރު ވަރުގެ ފެން ގަނޑު ގަނޑު ހެދިފައި ހުއްޓެވެ. ވިއްސާރަ ވިލާތަކުން އުޑުމަތި އޭރުވެސް ދިޔައީ ބަނަކުރަމުންނެވެ. ވަރުބަލި ފިލުވާލުމަށް ކެފޭއެއްގެ ތެރެއަށް ދެމަފިރިންނަށް ވަދެވުނީ ހަމަ ކިރިޔާއެވެ. ވާރޭ އޮއްސާލައިފި އެވެ.
ހަމަހިމޭންކަން ރަސްކަން ކުރަމުންދިޔަ ކޮޓަރިތެރޭގަ ޚުބާބު އެކަނިވެރިވިއެވެ. ދޮންތަވެސް އަންނާނީ ދެން ނިވީމެން ނިންދަވާފައެވެ. ބައްޕަ ވާނީ މަންމަ ކައިރީއެވެ. އެހީއަށް އެންމެ އެދިގެން މިއަދު އެވަނީ މަންމައެވެ. މިރޭ ގެއަށް މަންމަ ފޮނުވާލާނޭ ބައްޕަވަނީ ބުނެފަ އެވެ. ވާއެއް ނުވާއެއް ނޭނގިފައި އޮންނަން މިޖެހެނީ އޭނާއަށެވެ. ނަރުހުން ބޭސް ގެނެއެވެ. ޑޮކްޓަރަކު ވަދެ ނުލައެވެ.
ސާއިލާއި ޝިރުހާ ގެނެސްދިން “މެގްނަމް ޕުޑިން” ތަށި ނަގައި ޚުބާބު ބަލާލިއެވެ. މައްޗަށް އަޅާފައި ހުރި ޗޮކްލެޓުތައް ފެނި ތުންފަތުގައި ދޫ ކާއްތާލިއެވެ. އެތިކޮޅެއް އަނގައަށް ލަމުން ޚުބާބު އެނދުގެ ބާލީސްފަޑީގައި ޖައްސާލަމުން ބޯއަޅާލިއެވެ.
ކުރިން އެލިބޭހައި އުފާވެރި އިޙްސާސެއް ނުލިބުނެވެ. އެކުވެރި ބާސީލުގެ ކުއްލިވަކިވުމާއެކު މެޔަށް ހެރުނީ މިޔަ ތޫނު ހަންޖަރެކެވެ. އެ ދިލަ ތަދު ފިލާނީ ކިހިނެއް ހެއްޔެވެ؟ ގެއްލިގެން އެދިޔައީ އަތްފައެވެ.
ޚުބާބުގެ ފިކުރުތަކުން ރަޚުމަތްތެރިޔާއާއެކު ވީ ފޮނި ދުވަސްތައް ފިލާނެ ހެއްޔެވެ؟ ތުއްތު އިރުން ސުރެއް ދެކެފަރިތަ ކުދިންނެވެ. ތަސްވީރުތައް އެހެރީއެވެ. ދޮގެއް ނުކުރެވޭނެ ތާއެވެ.
ގަޑިން ހައެއް ޖަހަނީއެވެ. އިރުއޮއްސެން ކައިރިވަނީއެވެ.
“ސިހުމާ: ޚަބީބު ބަލައިލިންތަ އެސޮރުގެ ހާލެއް؟” ސިހުމާ, އެނދު ކައިރީގައި އިން ފިިރިމީހާ ޚަބީބަށް ބަލާލަމުން އަހާލިއެވެ.
ކިޔަން އިން ނޫސް ދުއްވާލަމުން ޚަބީބު ބަލާލިއެވެ. ” ޚަބީބު: އާ އެސޮރު ރަނގަޅު. މިއަދު ވެސް ކިތަންމެ އިރަކު އިނިން. މިހާރު އެތައެއްނު ސާއިލުގެ ދެމަފިރިންވެސް ވާނީ. ފޫހިފިލާނު. އަނެއްކާ އެސޮރަށް އެންމެ މީރު މެގުނަމް ހިފައިގެން އެއައީ.” ޚަބީބު ހުސީއަށް ބަލާލާފައި ދަރިފުޅުގެ ކައިރިއަށް ދިޔަކަން އަންގާލިއެވެ.
ވާހަކައިގައި ތިއްބާ ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ޓަކިދޭން ފެށިއެވެ. “ޓޮއް، ޓޮއް، ޓޮއް!” ގަޑިން އޭރު ހަގަޑި ފަނަރަވަނީއެވެ. އެއީ އިރުއޮއްސޭނެ ކަމަށް އަލިފުޅުބޭ ވިދާޅުވި ގަޑިވެސްމެވެ. އާދައިގެ ޓަކެއް ހެންނެއް ހިޔެއް ނުވެއެވެ. ދޮރުގެ ލަކުޑިގަނޑު ނައްޓާލަފާނެހެންވެސް ހީވާ ކަހަލައެވެ. ބާރުމިނެއްގައި ޚަބީބުގެ ކަންފަތަައް އަޑުއަންނަމުން ދިޔަޔަސް ސިހުމާއަށް ރޭކާނުލައެވެ. އޭނާ ހަމަ ވާހަކަ ދައްކާލާ ދައްކާލަ އޮތެވެ.
ޚަބީބު ބިރު ކަނޑުވާލާފައި ތެދުވެގެން ގޮސް ދޮރުގެ ތަޅު ހުޅުވާލިއެވެ. ދޮރު ހުޅުވިއިރު ދޮރުމަތީގައި ހުރީ ޑޮކްޓަރެވެ. ފަހަތުގައި ނަރުސް މަލާހާވެސް ހުއްޓެވެ. އޭނާގެ ބުރުގާ އޮތީ ކުޑަކޮށް ތެމިފައެވެ. މޫނުމަތިން ހީގަނެފައިވާ އަސަރުތައް ފެންނަމުންދިޔައެވެ. އެކަމަކު އެތުންފަތުން ފެންނަަނީ ފަނޑުވުމެއް ނެތް ހިނިތުންވުމެކެވެ.
“ޑޮކުޓަރު: ބޭބޭ… ސިހުމާ ދައްތަގެ އޮޕަރޭޝަން ކާމިޔާބުވީ! ގެއަށް ދާންވީ ދެން ހަމަ.” ޑޮކްޓަރުގެ އަޑު އައީ ކޮށިކޮންނެވެ. ދިވެހި ބަހަށް މާ ފަރިތައެއް ނޫނެވެ. އެދެން މައްސަލައެއް ނޫންތާއެވެ. ބިދޭސީ ޑޮކްޓަރެއް ވިއްޔާއެވެ.
ޚަބީބުގެ ހިތައް ފިނިކަން ގެނެސްދިނެވެ. “ޚަބީބު: އަލްޙަމްދު ﷲ ޝުކުރު. ގެއަށް ފޯނުވާލާ ވަރު ވީމާ.” އުފަލާއެކު ޚަބީބު މާތް ﷲ ގެ ޚަޞްރަތުގައި ޙަމްދު ކުރިއެވެ.
“ނަރުސް: ބޭބެމެން ދެން ގެޔަށް ދުރުވިޔަސް އެންމެ ރަނގަޅު. އެކަމަކު ދައްތައަށް ވަރަށް ރަނގަޅަށް ބަލާތި. އެކަނި ކޮށް ނުލާ ތި.” މަލާހާ އެހެން ބުނެލާފައި ސިހުމާއި ސަލާމް ކޮށްލިއެވެ. އަދި ފަހުން ދިމާވާނެ ކަމަށް ހީކުރާ ކަމުގައި ބުނެލިއެވެ.
މަންމަ ދޫކޮށްލި ވާހަކަ ބައްޕަ ގުޅާފައި ބުނުމުން ހުއްބާ ކާރުގައި ދިޔައެވެ. ޗުއްޓީ ނަގައިގެން މުލްހަމުވެސް އައިސް އުޅޭތީއެވެ. ދިޔައިރު ދަބަސްތައް ހިފައިގެން ބައްޕަމެން ތިބީ ދޮރުމަތީ އެވެ. ޑިކީތެރެއަށް އެއްޗެހި ލައިގެން ކާރު ދުއްވީ މަޑުމަޑުންނެވެ. ގޮތެއް މަންމައަށް ވެދާނެތީއެވެ. އެހާ މަޑުން ދުއްވުމުން ގެއާއި ހަމާލަށް ދެވުނީ ގަޑިއިރެއް ވާން އުޅެނިކޮށެވެ.
“މުލްހަމު: މަންމާ! މިއާދެވުނީ ގެއަށް؟ އަވަހަށް ފައިބަން އުޅޭދޯ!” މުލްހަމު ކާރު މަޑުކޮށްލަމުން މަންމައަށް ބުނެލިއެވެ.
“ހުއްބާ: މަންމާ އެކަނި ފައިބޭނެތަ… މިއަތުގައި ހިފާލާއި.” ދޮރު ހުޅުވާލަމުން ހުއްބާ އަތްދިއްކޮށްލިއެވެ.
“ސިހުމާ: ބައްޕަ ވާނީ ދޮންބެ ކައިރީ ދޯ. މިރޭ ދޫކޮށްލާނެބާ. އެ ދަރި ހުން ގަނޑު ދަށް ނުވައްޔާއި ހަފްތާއެއްވެސް ވެދާނެ. ހާދަ ބައްޔެކޭ އެވަނީ މަގޭ އެދަރި މިހާރު. ކީއްކުރާނީ ދޯ. ” ސިޓިންރޫމު ސޯފާގައި އިށީދެލަމުން މަންމަ ކިއެވެ. ޚުބާބު ދޫކޮށްލާނެ ދުވަހެއް ނޭނގެއެވެ.
ޚަބީބު ޚުބާބު ކައިރިއަށް ދިޔައީ މަޤްރިބު ކޮށް ހަދައިގެންނެވެ. ޚުބާބު އިނީ ނަމާދަށް އަރައެވެ. ދެ ނަމާދު އެއްކޮށް ކޮއްލައިގެން ޒިކުރުތައް ކިޔައިލިއެވެ. މިކަންތައްގަނޑު މިންޖުކުރަށްވާތޯ މާތް ﷲ ގެ ޚަޞްރަތުގައި ހުޝޫއަތްތެރިކަމާއެކު ދުޢާ ދެންނެވިއެވެ.
ދީނީ ކަންތަކައް ޚަބީބުގެ ތިން ދަރިންވެސް ފަރުވާތެރިވާނެއެވެ. އޭގެތެރޭންވެސް ޚުބާބު ފާހަގަކޮށްލެވޭނެއެވެ. ފަތިހަށްވެސް ތެދުވާނީ ތެދުވާ ހިތުންނެވެ. ގޮވާކަށް ނުޖެހޭނެއެވެ. އެހާ ސާފުތާހިރު ވާނެއެވެ. ނީދާނީވެސް ވުޞޫމަތީއެވެ.
“ޚަބީބު: ދަރިފުޅާ ޚުބާބު!”ޚަބީބު ގޮވާލިއެވެ. ” ޚަބީބު: ދަރިފުޅާ! މަންމަ ދޫކޮށްލައިފި. ޑޮކްޓަރުން ބުނަނީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް. ވަރަށް ބަލައިގެންނޯ ދެން މަންމަ އުޅެންވާނީ އެކަމު. އެކަނި ނުކުރައްޗޯ.” ބައްޕަ ފައްޗަކަށް ޑޮކުޓަރުގެ ހުރިހާ ބަސްތަކެއް އަމުނާލިއެވެ.
“ޚުބާބު: ބައްޕާ، އެވަރަށް ހާސްވެ ނުލައްވާ! މަންމައަށް ދެރަ ގޮތެއް ނުވާނެ. ދާނީ ހުރިހާ ކަމެއް ހެން ރަނގަޅުވަމުން.”
ޚުބާބު އަވަހަށް ބައްޕައަށް ޖަވާބުދާރީ ވިއެވެ. މަންމަ ދެން ދާނީ ރަނގަޅު ވަމުންކަމަށް ބުނެދިނެވެ.
އެކި މައުލޫތަކަށް ދެބަފައިން މަސްވަރާކުރަން ފެށިއެވެ. ގޭގެ ހާލަތެވެ. މިލީހަމްގެ ކަންތަކެވެ. ބާސިލުގެ މަރެވެ. ވީ ތަނެއްވެސް ނުހޯދުނު ލީނިޔާއެވެ. ފަންޑިތައިގެ ކާމިޔާބީތަކާއި ނާކާމިޔާބު ތަކެވެ.
“ޚަބީބު: ދަރިފުޅާ ބުނަން ފަންޑަތަވެރިޔާ މަރާލެވޭ ފަހަރުވެސް އަންނާނެ.” ސީރިޔަސްވެލާފައި އޭނާ ކުރިއަށް ދިއައެވެ.
މިޝްރު، އިރާނު ހިސާބުގެ ފިލްމުތައް ބެލޭ ހެއްޔެވެ؟ ސިޚުރު ހާހޫރައިގެ ކަންތައްތައް ފެނިގެންދޭ ނޫން ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ ގެއަކުވެސް ދިރިނޫޅެވޭނެއެވެ. ނިދާފައި އޮންނައިރު ފަޔަށް އެއަރަނީ ބޮޑެތި ހަރުފައެވެ. ތަށިތައް ބަންކިޔާފައި ތަޅައިގެން ދާ އަޑު އިވޭނެއެވެ.
“ޚަބީބު: އެނގެއެއްނު އެ ފަތިސްހަނދުވަރުގެ ފެށުމުގައިވެސް ފަންޑިތަވެރިޔާ މަރާލައެއްނު.”
ބައްޕަ ދަރިފުޅަށް މިސާލު ޖަހައިދިނެވެ.
ފަތިސް ހަނދުވަރަކީ ބިންމާ އިބްރާހީމް ވަހީދު ވާހަކައެކެވެ. ފިލްމަކީ ޔޫސުފް ސަފީޢު އެވާހަކަ ނަކަލުކޮށްގެން ހަދާފައިވާ ފިލްމެއް ކަމަށް ވެއެވެ. ދިވެހިންގެ ތެރޭގައި ޔޫއްޕެއަކީ މަޤުބޫލު މޫނެކެވެ. ރާއްޖޭގެ ‘ޝާރުކުހާނު’ ގޮތުގައި ވެސް ޔޫސުފް ސިފަކުރޭތާއެވެ.
“ޚުބާބު: ބައްޕާ… ގެއަށް ދެވޭނީ ކޮން އިރަކުންތަ. މިތާ އޮވެ އޮވެ ފޫހި ވެއްޖެ.” މޫނަށް ފޫހިކަން ވެރިކުރު ޚުބާބު މައުލޫ އޮޅުވާލިއެވެ. ދެން ބައްޕަ އެނޫން ވާހަކައެއް ނުދައްކާނެތީއެވެ.
ވަކި އެއްޗެއް ނުބުނެވި އުޅެނިކޮށް ބަންޤި ގޮވައިފިއެވެ. ޚަބީބު ތެދުވެގެން ދިޔައީ ނަމާދުކުރަން މިސްކިތަށޭ ކިޔާފައެވެ. ” ޚަބީބު: ބައްޕަ މިދަނީ މިސްކިތައް އިނގޭ.” އަރާމުކޮށްލުމަށް ބުނެފައި އޭނާ އަވަހަށް ހިނގައިގަތެވެ.
ބައްޕަ ދިޔުމާއެކު ޚުބާބު ދެލޯ މަރާލީ ނިދާލެވޭތޯއެވެ. އޭނާއަށް ނިދާ ނުލެވޭތާވެސް ތިން ރޭ ތިން ދުވާލު ވީއެވެ. ނިދިޖެހުމާއެކު އެހެން ދުނިޔެއަކަށް ދެވުން ކަހަލައެވެ.
ސާފު ރީތި ދުވަހެކެވެ. އުޑުމަތީ އޮތީ ހުދު ވިލާތަކެވެ. ދިގު މަގަކުން ލާފައި މިލީހަމްގެ އަތުގައި ހިފާލައިގެން ޚުބޭދިޔައެވެ. ހިނގަމުން ގޮސް ވަދެވުނީ ގަސްގަހާގެހި ހައްދާފައި އޮތް ޕާކަކަށެވެ.
އިށީދެވޭ ގޮތަށް ހުރި އަށްޓެއްގައި ދެމީހުން އިށީނދެލިއެވެ. ކަރުގައި އަޅުވާފައި އޮތް ދަބަހުން މިލީ ފޮތަކާއި ގަލަމެއް ނެގިއެވެ. ވަށައިގެން ބަލާލަމުން ލިޔަންފެށިއެވެ.
“ޚުބާބު: ކޮންޗެއްތަ ތިލިޔަނީ.” ޚުބާބަށް ގުދުވެލަމުން މިލީހަމްގެ ފޮތަށް ބޯ ދިއްކޮށްލިއެވެ. ބަލާކަށް ނުހުރެ މިލީ ދުއްވައިގަތެވެ.
” ތިޔަ ހުވަފެންވެސް ދެކެމޭ
ތިޔަ ލޯބިވި ތި ހިޔާލުން
ތިޔަ ހުވަފެންވެސް ދެކެމޭ
ތިޔަ ލޯބިވި ތި ހިޔާލުން
މިހިތަށްމެ ޒަޚަމް ލިބެޔޭ
ފެނިގެން އެދާ ހުވަފެނުން
ތިޔަ ލޯބިވި ތި ހިޔާލުން”
ދުވެފައި ގޮސް ޚުބޭ މިލީހަމް އަތުލައިގަތެވެ. ލަނދުރަކި ކަމާއެކު މިލީ ދައްކާލިއެވެ. ޚުބާބު ބަލާކަށް ނުހުރެ ހަރު އަޑުން ކިޔާލިއެވެ.
ތިޔަ ހުވަފެންދެކެވެ. ލޯބިން ޚިޔާލުވެސްކުރަމެވެ. އެ ހުވަފެނާއެކު އެކަމަކު މި ލިބެނީ ޒަޚަމެވެ.
“ގިނި ހިތުގައި އަންދަނީއޭ
ފިނި ލޭގައި ފޫދެނީއޭ
ގިނި ހިތުގައި އަންދަނީއޭ
ފިނި ލޭގައި ފޫދެނީއޭ
ނިދިނެތި ލޮލަށް ނުނިދިފައި
ޔާރާ ހިޔާލު ކުރަމޭ
ޔާރާ ހިޔާލު ކުރަމޭ ”
ދެން އެއްޗެއް ލިޔެފައެއް ނެތެވެ. ހުރީ ހުސް ސޮފްހާތަކެވެ.
ދުރަށް ނަޒަރު ދެމުން މިލީ އެ އަޅުވާލީއެވެ. ގިނި ހިތުގައި އަދައި ފިނިމޭގައި ފޫދެނީއެވެ. ލޮލަކަށް ނިއްޖެއް ނާދެއެވެ. ނުއެއް ނިދެއެވެ. ކުރެވެނީ ޔާރު ޚިޔާލެވެ. ހަމަ ޔާރުގެ ޚިޔާލެވެ.
“ތިޔަ ލޯ އެދޭ ފަރާތުން
ކުރެވޭ މި ފޮނި ހަނދާނުން
މިހިތަށްމެ ޒަޚަމް ލިބެޔޭ
ފެނިގެން އެދާ ހުވަފެނުން
މިހިތަށްމެ ޒަޚަމް ލިބެޔޭ
ފެނިގެން އެދާ ހުވަފެނުން”
މިލީ ނިންމާލުމާއި ޚުބާބު ފެށުމާ ދޭތެރޭ ސިކުންތެއްވެސް ނެތެވެ. ފާރައަށް މީހަކު އުޅޭކަމެއް ދެމީހުން ކުރެ އެކަކަށް ރޭކާނުލައެވެ.
ބެހިގެން ހިތާ އެކީގައި
ކޮށިގެން ދަނީ މިޖިސްމޭ
ތިޔަ ހުވަފެންވެސް ދެކެމޭ
ތިޔަ ލޯބިވި ތި ހިޔާލުން
މިހިތަށްމެ ޒަޚަމް ލިބެޔޭ
ފެނިގެން އެދާ ހުވަފެނުން”
ހިތާއެކު ޖިސްމު ކޮށެނީއެވެ. އެހެނަސް އެދެވެނީ ތިޔަ ހުވަފެނެވެ. ޒަޚަމު ލިބެމުން ދިޔަޔަސް ތި ޚިޔާލުތަކެވެ.
“އެ ފުރުސަތުމެ ދެން ނެތީމާ
އެފުރުސަތުމެ ދެން ނެތީމާ
ފިރުމާލިޔަސް މި މޭގައި
ކުރެވޭ އެތައް ހިޔާލުން
ފިރުމާލިޔަސް މި މޭގައި
ކުރެވޭ އެތައް ހިޔާލުން”
ތިންވަނަ ފަރާތުން އެހިތުގެ ޝުއޫރުތައް ފާޅުކޮށްލީ ކަހަލައެވެ. ޚުބާބުމެން ކޮޅުކޮޅަށް ދުވަން ފެށިއެވެ. ކާކުގެ އަޑެއް ތޯ ބެލުމަށެވެ.
އެ ފުރުސަތު ލިބޭނެ ހެއްޔެވެ؟ މިމޭގައި ފިރުމާ ލެވިއްޖެއެވެ. ކުރާނީ ކީއްހެއްޔެވެ؟ ކުރެވެނީ ފިރުމާލިޔަސް އެތައް ޚިޔާލެވެ.
“މިހިތަށްމެ ޒަޚަމް ލިބެޔޭ
ފެނިގެން އެދާ ހުވަފެނުން
މިހިތަށްމެ ޒަޚަމް ލިބެޔޭ
ފެނިގެން އެދާ ހުވަފެނުން
ތިޔަ ލޯބިވި ތި ހިޔާލުން ”
ދެ ލޯބިވެރިން ގޮސް ހުއްޓާލި އެވެ. ރަތް ފިނިފެންމަލުން ބަރާވެފައިވި ސަރަހައްދެކެވެ. މަލުގެ ފިޔަތަކުންވެސް ބިންގަނޑު އޮތީ ފޮރުވުފައެވެ. ކޮޅަށް ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައި ހުރި ފިރިހެނެކެވެ.
“ޚުބާބު: ތީކާކު އަހަރުމެންނަށް ފާރަލަނީ ކީއްވެ؟” ހާސްކަމެއްނެތި ޚުބާބު އަހާލިއެވެ. އޭނާ ކުރިއަށް އެނބުރިލި އެވެ.
އަޑުގެ ކޮޅަށް ޚުބާބު ހަޅޭތްލަވައިގަތެވެ. ވީ ގޮތެއްވެސް މާ ބޮޑަކަށް އޭނާއަކަށް ނޭނގެއެވެ. ވާނުވާ ނޭނގިފައި ބައްޕަ އިނެވެ.
ޚުބާބަށް ވީގޮތް ފެނިފައި ޚަބީބުގެ ދެފައިން ވާގިދޫވި ފަދައެވެ. ދަރިފުޅަށް އެވީ ގޮތުން އޭނާއަށް އިނދެވުނީ އަންތަރީސްވެވިފައެވެ. ކަމެއް ނުވެ އެހާ ބާރަށް ޚުބާބު ހަޅޭތްލައިނުގަންނާނެކަން ޚަބީބަށްވެސް އެނގެއެވެ.
“ޚަބީބު: ދަރިފުޅާ! ކިހިނެއްވީ!” ޚަބީބު ހިތް ނުތަނަވަސްވެ ހުރެ އަހާލިއެވެ.
“ޚުބާބު: ބައްޕާ، މި ހުވަފެނެއް ފެނުނީ.” އަސްލު އެ ފެނެނު ސޫރައަކުން ތަބީޢަތަށްވެސް ބުރޫއަރައިފި އެވެ. އިންސާނެއް ކަމާމެދު އެޒުވާނާ ސައްކެވެ. ދެފައި ބިމުގައި ޖެހޭހެންނެއް ހިއެއްނުވެއެވެ.
ޚަބީބު އިތުރު އެއްޗެއް ނުބުނެއެވެ. ވިސްނާލަން އިނީއެވެ. އަލިފުޅުބޭއަށް ކިޔައިދޭނޭ ގޮތަކާ މެދު އެވެ. މެސެޖެއް ލިޔެލާފައި އަޒީލަށް އޭނާ ފޮނުވާލި އެވެ. ބޭބެއަށް ގުޅައި ކިޔައިދޭށޭ ކިޔާފައެވެ.
ކާން އިން އަޒީލުގެ ފޯނު ރިންގުވިއެވެ. ޒާއިނާ ބަލާލިއިރު ޚަބީބުގެ މެސެޖެކެވެ. އޭނާ ކިޔާލިއެވެ.
“ޒާއިނާ: މިރޭ މިއުޅެނީ ކަމެއް ވެގެން ޚުބާބު އޮތީ ނަމާދުން އައިރު ނިދާފަ. ހަމަ ކުއްލިއަކަށް އޭނާ ހަޅޭތްލަވައިގަތީ ބާރަކަށޭ. އަލިފުޅުބޭ ކައިރީ ގުޅާލާފައި ބުނެދީބަލަ. މިވަނީ ކިހިނެއް ތޯ؟” އަޒީލުގެ ފޯނު ކަމުން ޒާއިނާ އަޒީލަށް ދައްކާލިއެވެ.
އަތް ދޮއެ ހަދައިގެން ދުފާލައިގެން އަޒީލު އަލިފުޅުބޭއާއި ގުޅާލިއެވެ. މާ ގިނައިރެއް ނުވެ ބޭބެ ފޯނު ނެގިއެވެ. ވެގެން އުޅޭގޮތް ލަސްނުކޮށް އަޒީލު ކިޔައިދިނެވެ. އަލިފުޅުބޭ ފުރަތަމަވެސް ބުނީ “ސުބުޙާނަ ﷲ ” އެވެ.
ކައިރީގައި ވާނުވައި ބަލަން ޒާއިނާވެސް އިނެވެ. އެ ކިޔާފައި އޭނާވެސް ބިރުގަނެއްޖެއެވެ. މިލީހެން ޚުބާބުވެސް ޖިންނި އަވަލީއޭ ހިތަށް އަރައި ޒާއިނާއަށް ރޮވެން އުޅުނެވެ. އޭނާއަށް ކަމެއް ވެދާނެތީވެސް ހުރެވެނީއެއް ނޫނެވެ. ޖިންނި އަވަލައިގެން އުޅޭ ކުއްޖާގެ މީ މަންމަތާއެވެ. ސަލާމާތްކުރަން ފަންޑިތަ ހަދާތީ އެކުއްޖާގެ ސިފައިގައި އައިސް މަރާވެސް ލާފާނެއެވެ.
“އަލިފުޅުބޭ: ތިވާނީ އެ ސޮރަށް މި މިލީހަމާއި އަވަލަވައިގެން މިއުޅެނީ އިފުރީތުގެ ސޫރަ ހުވަފެނުގައި ފެނުނީކަމަށް. ކުއްލިއަކަށް ފެނުނީމަ ލިބުން ސޮކުގައި ބިރުން ހަޅޭތް ލަވައިގަނެވުނީ ކަމަށް ވަނީ.”
އަލިފުޅުބޭއަށް ޚުބާބަށް ވީ ހުރިހާ ކަމެއް އެނގޭ ކަހަލައެވެ. އެކިޔާލީ ކުށެއްވެސް ނެތި ހަޤީޤަތެވެ. ފަންޑިތަވެރިން ކުޅަދާނަތާއެވެ.
އިޝާ ގަޑި އެހާވެސް ނާމާންވީތާއެވެ. މިފެންނަނީ އަދި ކުދިކުދި ޢަލާމާތްތާއެވެ. ބޮޑު ކަމެއް ފެނިއްޖެއްޔާއި ކިހާ ވަރެއް ވާނެ ބާއެވެ؟ ދެލޯ މަރާވެސް ނުލެވޭނެއެވެ. ބިރުން ތުރުތުރު އަޅާވަރުން ކެތްކޮށްލަށްވެސް ދަތިވާނެއެވެ. ނޭވާ އަޔަސް ވެދާނެއެވެ.
“އަޒީލު: ޒާއީ ރޮނީތަ! ތި ހުއްޓާލަބަލަ ދެރަ ގޮތެއް ނުވާނޭ. އަހަރުމެންގެ މިލީ ސަލާމާތްވާނެ” އަޒީލު ޒާއިނާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
ގިސް ޖަހަމުން ދިޔަ އަނބިމީހާ ފެނި އަޒީލުވެސް ދެރަވިއެވެ. އެހިތަށްވެސް ތަދުވެލިއެވެ. ކައިވެންޏަށް ތިރީސްއަހަރު ވިއިރުވެސް މިވަރު ކަމަކާ ދިމާނުވެއެވެ. މިކަމާ ހެދި ކަންބޮޑުވުން ފިލައިގެން ނުދެއެވެ.
“ޒާއިނާ: މިއީ އެންމެ ނުރައްކާތެރި ވަގުތުތައްދޯ ” ޒާއިނާ މަޑުމަޑުން ބުނެލިއެވެ. ” އަޒީލު: އާ އެހެން ކަންތައްތައް މިވަނީދޯ.” އަޒީލު ވަކި މިކަމުގައި ކުރާނީ ކީއްހެއްޔެވެ؟
ފަހުން ވާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟ މި މުސީބާތުން މާދަށްވެސް އަލިވިވެދާނެ ނޫން ހެއްޔެވެ؟ މިވޭތުވައި ކަޅު ދުވަސްތައް ބަދަލުވާނެ ގޮތަކީ ފަހެ ކޮބައި ބާއެވެ؟
ނުނިމޭ
(ކިޔުންތެރިންގެ ސަމާލުކަމަށް)
މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދައިގައެވެ. ހޯމަ ދުވަހު ޝާއިރު ނުވިއްޔާ އަންގާރަ ދުވަހު ވާނެއެވެ. ބުދަދުވަހު ޝާއިރު ނުވިއްޔާ ބުރާސްފަތި ދުވަހު ވާނެއެވެ. މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ.
😊🫶🥀♥️🥰
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





