Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަޅެންއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ފަންސާސްފަސްވަނަބައި (ފަރިހީގެ ބަހާރުން ފޮޅުނު މާތައް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
August 3, 2026 5 Mins Read
0 Comments

ދުނބުރިކުލައިގެ ކައިވެނި ހެދުމުގައި އިޝްބާ ފެނިގެން ދަނީ ގަނޑުވަރު ތެރޭގެ ގޮމައެއް ހެންނެވެ. އެހާވެސް ރީތިވެފައި ފުރިހަމައެވެ. ކޯޓު ފަޓުލޫނު ގައި ހުރި ޒުކާން ހީވަނީ ގަނޑުވަރު ތެރޭގެ ރަސްދަރިކަލެއް ހެންނެވެ. އެހެރަ ރީތި ކަމެއްތާއެވެ. އެތައް އަންހެން ކުދިންނެއްގެ ހިތްތައް ފުނޑުފުނޑުވެގެން ގޮސްދާނެއެވެ. އޭނާގެ ފަން އިސްތަށިގަނޑާއި ކަސްރަތީ ހަށިގަނޑުގެ ޖާދޫގައި ނުޖެހޭނެ ކާކު ހެއްޔެވެ؟  ޒުކާނަކީ މިއަދު އިޝޫގެ ފިރިކަލުން މެއެވެ. އިޝްބާއަކީ ޒުކީގެ އަނބިކަނބަލުންމެއެވެ.

ގުރާ ޖޯޑުތަކުގެ ތައުރީފުތަކުން ހިނިތުވުން ފިލާނުދެއެވެ. އެކުވެރިންގެ މަޖާ ހަރަކާތްތަކާއި އިއްވަމުންދިޔަ ޝުކުރުގެ ބަސްތަކުގެ ނިމުމެއްނެތެވެ. ހައިރާކަން ގެނުވި ފޮޓޯއަކަށްވީ ނަޒާން އާއި އަޝްބާގެ ދެމަފިރިންގެ ދެކޮޅުގައި ތިބެ ނާގާލި ފޮޓޯއެވެ. އެންމެން ހައިރާން ވިއިރުވެސް ސޮފިއްޔާތަ އިނީއެވެ. މާކުރިންވެސް އޭނާއަށް އެނގޭ ކަހަލައެވެ.  އަޝޯހުވުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟

” މަންމަ، ސޮފިއްޔާތައް: މަންމަ މިއަދު ވަރަށް އުފާވޭ އަޝްބާވެސް މި މަންމަގެ ދަރިއަކާއި ގުޅުނީމަ. ހަމަ މަންމަގެ އުފަންދާރިއެއް ފަދަ އިޝްބާގެ ކުރިންވެސް އައީ ދަރިފުޅު. ވަކިވުމަށްފަހު އެނބުރި އަނެއްކާވެސް ތިއައީ ދަރިފުޅު. ބަރަކާތް ލެއްވުން އެދި މަންމަ އަބަދުވެސް ދުޢާކޮށްދޭނަށް.” ފެންކަޅިވެފައި ހުރި ދެލޮލުން މަންމަ ހިތުގައި ވި ކުލުނާއި ތެދުވެރި ލޯބި ފިޔަޖަހަމުން ދިޔައެވެ. ދަރިންނަށް ޓަކައި ޖާނު ދޭން އެތިބެނީ ހަށަން ބަދެލައިގެންނެވެ. މައިންބަފައިން އެވަނީ ކޮން ފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ މައިންގެ ކުރިމަގާއި ދިރުން ގުޅިފައި ވަނީ ދަރިންނާއި އެދަރިންގެ އުފަލާ ނޫން ހެއްޔެވެ؟ މި ދުނިޔޭގައި އެފަދަ ދެވަނައެއް ނެތް ލޯތްބެއް ވާނެތޯއެވެ؟

**************************************************************************************

މަންމައަކު ލިބުމަކީ ހާދަ ބޮޑު ނިޢުމަތެކެވެ. އެކަން ހަޤީޤަތުގައި އިހްސާސްވެގެންދާނީ ބީވެގެން ދިއުމުންނެވެ. ނޫނީ ދުވަހަކުވެސް ލޮލަށް ނުފެނުމުންނެވެ. މައިން ދުނިޔޭގައި ތިބެ އަޅާލުމެއްނެތި ބިކަވަނީ މިއަދު ކިތައް ކުދިން ހެއްޔެވެ؟ ބަފައިން ތިބެމެ ޔަތީމު ވެގެން އެދަނީ ކިތައް ދަރިންކަމެއް ވެސް ބުނާނީ ކިހިނެއް ހެއްޔެވެ؟

ފިހުނު ހެދިކާތައް ފެނި ކާހިތް ނުވާނީ ކާކު ހެއްޔެވެ؟ ފޮޅިފައި ހުރި އެހަރަ ފިންފެންމާތައް ކާން ދެރަވެސްވެއެވެ. އެކި ބައްޓަންތަކަށް ހަދާލައި އެހުރި ކޮންމެ އެއްޗަކުން ހުނަރުވެރިކަން ފާހަގަވަމުންދިޔައެވެ.

“ކެޓަޕިލަ” ތައް ހީވާނީ ދެންމެ ދެންމެ ކޮކާލަކަށް ބަދަލުވެދާނެ ހެންނެވެ. ކުދި ‘ޕިއްޒާ’، މަސްދަޅު ‘ޕައި’، ކުދި ‘ސަބްމެރީން’ އަކީ އެންމެވެސް ގަޔާވާނެ އެއްޗެއްސެވެ. ހާއްސަކޮން ކުޑަކުދިންގެ މަޤުބޫލު ކާނާއެވެ. ހަޔާތުން އެއްފަހަރު އަންނަ މިފަދަ ދުހުވަހަކު ގިނައިން ކެވުނަސް ކީން ހެއްޔެވެ؟ ހަށިގަނޑަށް ފައިދާ ނެތް އެއްޗެއް ކާލިޔަސް މައްސަލައެއް އޮންނާނެ ބާއެވެ؟ ދެވަނަ ފުރުސަތެއް ނުލިބޭނެވެ.

މޭޒުދަށުގައި ކާން އިންއިރުވެސް އަޝްބާގެ ސިކުނޑި ވިސްނަމުން ދިޔައީ ޖިންނި މާއިޒާ މެދުއެވެ. ހަދާނެ ފަންްޑިތައަކާމެދު އޭނާ ޚިޔާލު ކުރާތާއި ހަފްތާއެއް ފަހަނައަޅައިފިއެވެ. އެއްގޮތަކަށްވެސް ނޭނގުނެވެ. މާއިޒު މަރާލެވިގެން ނޫނީ ވާހަކަ ނިންމާލެވޭކަށްވެސް ނޯންނާނެއެވެ. ހައްޔަރުވެފައިތިބި މިލީހަމްއާއި ލީނިޔާ ސަލާމަތްކުރެވޭނީވެސް އޭރުންނެވެ.

” ނަޒާން: ޖާދޫގަރަކަށް ވެވޭނަމަ ތި ލިޔާ ވާހަކަތެރެއަށް ވަންނަން. ” ހޫމް އަޅުވާލަމުން ނަޒާން ކަރުކެހިލިއެވެ. އެހާ ފަސޭހައިން ޒާންއަށް އެގުނީތީ އަޝްބާ ސިހޭ ގޮތްވިއެވެ. ކައިރީއޮތް ފޯނު ފެނުނީ ދެނެވެ. ލިޔަން އޭނީ ވަދެވިފައެވެ. ކައިރިވެއްޖެޔާއި ނޭނގި ނުދާނެއެވެ.

ޕާޓީ ނިމޭ ވަގުތު ކުޑަތަންވަމުން ދިޔުމުން ނަޒާން އިޝާރާތްކޮށްލިއެވެ. އަޝްބާ އެއް ލޯ މަރާލަމުން ކޮޅަށް ތެދުވިއެވެ. އެއުޅެނީ މިއޮތް ހުރިހާ ދުވަހު ކެތްކުރި އިންތިޒާރު ނިންމާލާށެވެ. ދޮންތަ ލިޔުނު ފަރިހި ކޮއްކޮއަށް އިއްވާލަދޭށެވެ.  ޒުކާންގެ ދޮންބެވެސް އެއްބައި ކިޔާނެވެ. ހަފްލާގެ ފޯރި ގަދަކޮށްލާނެ ފުރިހަމަ ހުށައެޅުމަކަށް ވާނެ ކަމާމެދު ސައްކު ނުކުރާށެވެ. މޮޅު ދެ ޅެންވެރިންނެވެ. ރަން އަޑެއް ލިބިގެންވި ޗާލު ދެ ސޫރައެވެ.

މައިކު ހިފައިގެން އަޝްއާއި ޒާން ގޮސް ހުއްޓާލީ ކައިވެނީގެ ދެ އަރޫޝޫން ކައިރީއެވެ. ނަޒާން ސިއްރެއް  ޒުކާންގެ ކަންފަތްދަށުގައި ބުނެލިއެވެ. ލަސްކުރުމެއްނެތި އިޝްބާގެ އަތުގައި ހިފައިގެން ކުޑަކޮން ދުރަށް ޖެހިލި އެވެ.

އިސްޤީ މިހިތުގައި ގެ ރާގު އިވެންފެށުމާއެކު  އަޝްބާ ފެށިއެވެ. ނަށަން އެކުވެރިންގެ ބަރިތައް ހަދާލީ އެއްކުލައިގެ ފޭރާމުގައެވެ. އިސް ނެށުންތެރިންނަށް އެރީ ޒުކާނާއި އިޝްބާއެވެ. އެއަތުގައި ހިފާލައިގެން ފަރުވާތެރިކަމާއެކު ކުރިއަށް ދިއައެވެ.

ތަރުހީބުގެ އަޑުތަކާއި މަޖަލުގެ ހުނުން ގަދަވިއެވެ. ގަދަކަމުން ޒުކީގެ ބައްޕަ މަންމަ ދަމާފައި ހެން ގެނެސް ނަށަމުން ދިޔަ ކުދިންގެ މެދަށްވެއްދިއެވެ. ފޯރިގަދަ ވީ ތަނުގައި އަދި ދެނެވެ. ކުޑަކުދިންތައްވެސް ހޭން ފެށިއެވެ.

މާތައް ފަރިވެފައި ގުގުމާލި ކައުނާތު

ޗާލޫ މަލުން ފޮޅިލި ރަންރީތި ރަންހާތު

މާތައް ފަރިވެފައި ގުގުމާލީ ކައުނާތު

ޗާލޫ މަލުން ފޮޅިލި ރަންރީތި ރަންހާތު

ކައިވެނީގެ މީ އުފާވެރި ވަގުތެވެ. މުޅި ކާއިނާތު މިވަނީ ހިނިތުންވުމާއި އުފަލުން ގުގުމާލެވިފައެވެ. ބަގީޗާގައި ރީތި މާތައް ފޮޅިއްޖެއެވެ. އެ މާތަކުގެ ސަބަބުން މުޅި މާހައުލު ރަންރީތި ސިފައެއްގައި ފަވައިލެވެމުންދިޔަވެ. **********************************ރީތި ހަނދުވަރުގެ އަލިންކަން މުޅި މާހައުލަށް ވެރިވެގެން ވިއެވެ. ނަލަކަމާއި ސާފުކަމެވެ. މިހެން ކަމުން ހިތްގައިމު މަންޒަރެއް ދައްކުވައިދެމުން ދިޔައެވެ.

ނަލަ ހަނދުވަރުން ކުލަ އަރާ ރީތިމުލްހާތު

ނަލަކަން އެވާ އަލިފު ބޮޑުވެއްޖެ އިޝްބާތު

ލޯބީގެ ރީތި ފެށުން އަތުވެއްޖެއެވެ. އަލިފުން ފެށޭ ކޮއްކޮ މިއަދު ބޮޑުވެއްޖެއެވެ. ފުރިހަމަވެ، ހަގީގީ ސާބިތު ގުޅުމަކަށް އިޝްބާގެ ދިރިހުރުން ބަދަލުވީއެވެ.

(ބަރި ބަރި ހަދާލައިފި) 2x ފިނިފެނުގެ މަލުޒާތު

ލޯބިން ގެނެސްދޭށޭ އެދެވޭ މި ޖަންނާތު

މާތައް ފަރިވެފައި ގުގުމާލި ކައުނާތު

ޗާލޫ މަލުން ފޮޅިލި ރަންރީތި ރަންހާތު

މާހައުލުގައި ވަނީ ފިނިފެންމަލުގެ ބަރިތަކެއް ފަދައެވެ. ހަފްލާގެ ޒީނަތްތެރިކަމާއި އުފާ އެކަކު އަނެކަކާ ގުޅިފައިވެއެވެ. އަތާއި އަތް އެކުގައި ހެން އަތުރާލެވުނީއެވެ.

ދެމަފިރިންގެ ދިރިއުޅުމަކީ ކޮބާ ހެއްޔެވެ؟ ދުނިޔޭގައިވާ ސުވަރުގެއެކެވެ. ޖަންނާތެއްހާއި ހިތްހަމަޖެހުން ވާ ތަނެކެވެ. އަމާން ކަމާއެކު ދިރިއުޅުމެއްގެ ގޮތުގައި ލޯބިން ލައްވައިދިނުން އެދެވޭ ނޫން ތޯއެވެ؟

******************************************************************************

ނުވައެއް ނުވާއިން ވިހިވިހި އުގާސާތު

ދުނބުރީ ކުލާއިން ވިދާ ރީތި ސައުރާތު

މި ކައިވެނި ކުރެވުނު މޫސުމާއި ވަގުތުތެވެ. ސާއަތްތުން ކިޔައިދިން ދެހާހުގެ ނުވަވަނަ މަހުގެ ނުވަވަނަ ދުވަހެވެ. އޮގަސްޓު މަހެވެ.

ރީތި “ޗޮކުލެޓް” ކުލައިގެ އަލިންވީ މުޅި މަޖިލީހެވެ. މި މެހެފިލު އެދަނީ ވިދާ ބާބުޅާލަމުންދެއެވެ.

ކުލުނުން ލިބުނު ހިނިތުންވި ހަދިޔާތު

ޒުކާނާއި އަޝްބާގެ ނަންވީ މިދަރުބާތު

އެކަކު އަނެކަކަށް ހިތުގައިވަނީ ކުލުނާއި ލޯއެތްބެވެ. މިކަމުގެ ސަބަބުން، މިއަދު ލިބެނީ ހިނިތުންވުމުގެ އަގުހުރި ހަދިޔާއެވެ.

ޚާއްސަ، އުފަލެއްގެ ޖަލްސާއެކެވެ. މި ދަރުބާރަކީ ޒުކާން އަދި އަޝްބާގެ ނަމުން ނަންދެވުން މަންޒިލެކެވެ. އެ ލޯބިވެރިންގެ ކައިވެންޏަށް ޚާއްސަކުރެވިފައިވާ މަޖިލީހެކެވެ.

ދުޢާއި ތަހާނީގެ ބުލްބުލް އެ އުހުޒާރު

ލޯބިން ގެނެސްދޭށޭ އެދެވޭ އެ ޖަންނާތު…

މާތައް ފަރިވެފައި ގުގުމާލި ކައުނާތު

ޗާލޫ މަލުން ފޮޅިލި ރަންރީތި ރަންހާތު

ދަރުބާރުގެ ތެރޭގައި އެންމެން ކުރަމުންދާ ހެޔޮ ދުޢާތަކެވެ. ކިޔަމުންދާ މަރުޙަބާގެ ތަހާނީގެ އަޑުތައް ހެއްޔެވެ؟  އެއީ ބަގީޗާއެއްގެ  މެދުގައިވި ފެން އާރެކެވެ. އާދެ އުހުޒާރެއްގެ ތެރޭގައި ރީތިކޮށް ލަވަކިޔާ ބުލްބުލް ދޫނިތަކެވެ.

****************************************************************************

މާޒީގައި އުދުހުން ބަޅިދުތައް ކޮއްކޮގާތު

މާލުން ހަނދާންވީމަ ރާނީ ސުހާގާތު..

މާޒީގައި ކޮއްކޮއާއި ބައްދަލުވި މީހުނެވެ. އެއީ ލިބުނު ފިލާވަޅެކެވެ. އެ ދުވަސްވަރަކީ ޅަފުރާއެވެ. ކުރީގައި މި ދެމީހުންގެ މެދުގައި އޮތީ ލޯބެއް ނޫނެވެ. އެކުވެރި ކަމެވެ.

މި މާލަމުން ހަނދާން އާވާނެއެވެ. ކައިވެނީގެ ފުރަތަމަ ރެއެވެ. ރާނީއެއް ފަދަ ޝަރަފުވެރިކަން އެރެއިން ލިބިގެންދެއެވެ.

**********************************

ގާޒީ ވިދާޅުވި ބަހުން ލިބުން ޔަޤީންގާތު

ހާލުން މިމާލަމުގެ ކައިވެނި މުބާރާތު

ގާޒީ ކައިވެނީގެ ޢަޤުދު އިއްވީއެވެ. ދުޢާ ލައިދިނީއެވެ. މި ގުޅުމުގެ ސާބިތުކަމާއި ބަރަކާތްތެރިކަން ޔަޤީންވީއެވެ. ޝައްކުނުވެ ކަށަވަރުވެ ނިމުނީއެވެވެ.

އާލުންގެ ނިޔަނެތިވި ފުރިހަމަ ނަޔާގާތު

ލޯބިން ގެނެސްދޭށޭ އެދެވޭ މި ޖަންނާތު…

މި ތާނގައި މި ބޭއްވެނީ ކައިވެނީގެ ބަރަކާތްތެރި ހަފްލާއެކެވެ. ވަރަށްވެސް އުފާވެރިއެވެ. އެހާމެ ފާގަތި ހާލަތެއްގައި ބޭއްވިގެންދާ ބޮޑު މުނާސަބަތެކެވެ.

ހަފްލާއަށް ހާޒިރުވެ ތިބީ ގާތްތިމާގެ މީހުންނެވެ. އާއިލާއެވެ. އާލުންނޫން ހެއްޔެވެ؟ ތަނުގެ މަޑުމައިތިރި، ކަމާއި މީހުންގެ އަދަބުވެރިކަމެވެ. އަދި ފުރިހަމަ ރީތި ނަޔާ ސިފަތަކެވެ. މުޅި މާހައުލު މިވަނީ މިކަން ކަމުން އިތުރަށް ފުރިހަމަކޮށްދީފައެވެ.

*************************************

މާތައް ފަރިވެފައި ގުގުމާލި ކައުނާތު

ޗާލޫ މަލުން ފޮޅިލި ރަންރީތި ރަންހާތު

ނަލަ ހަނދުވަރުން ކުލަ އަރާ ރީތި މަލުހާތު

ނަލަކަން އެވާ އަލިފު ބޮޑުވެއްޖެ އިޝްބާތު

( ބަރި ބަރި ހަދާލައިފި ) 2x ފިނިފެނުގެ މަލުޒާތު

ލޯބިން ގެނެސްދޭށޭ އެދެވޭ މި ޖަންނާތު

ޗާލޫ މަލުން ފޮޅިލި ރަންރީތި ރަންހާތު

މާމެލާމެލީގެ އެންމެ ރީތި މަލަކީ ފިނިފެންމާ ނޫން ހެއްޔެވެ؟ ދިވެހިރާއްޖޭގެ ޤައުމީ މަލަކީވެސް އެއެވެ. ޗާލުކޮށް މާތަށް ފޮޅި ބަރިތަކަށް އެތުރި ލުމުން  މީރުވަސްގަނޑު ދޭހޫގައި ހިފާލިއެވެ. ބަލަން ނުހުރެ ދެން ލޯބިން ޖަންނަތު ގެނެސްދޭން އެދެމުން ފަރިހި ނިމިގެންދިޔައެވެ. ހޫނު އަތްތިލަބަޑިއަކާއެކުއެވެ. **********************************

ކުލަގަދަ އެމަނާޒިރު ނިމިގެންދިޔައީ ހިތްހަމަޖެހުމާއި ލޯބިންނެވެ. ރޭގަނޑު އޮތީ އާއިލާގެ ބޮޑު ކޭމެވެ.  ސަޤާފީ ހެދުމުގައި ކެއުން އޮންނާނީ ތާޒާ ވަޔާއެކު މޫދު ކައިރީ އެވެ.

ކައިވެނީގެ މަލިކާ ރަތްލިބާހުގައެވެ. ރާޖާ ހުދުގަމީހާއި ގޮޅިޖެހި މުންޑުގައެވެ. އާއިލާގެ އަންހެނުންތައް މަޑު ދަނބުކުލައިގެ ދިގު ހެދުުމުގައެވެ. ފިރިހެންވެރިން ކަޅު ގަމީހާއި އެކީގައެވެ. ކުޑަކުދިން ބޮލުފޮތި އަޅާފައި ހެދުން ބުރިއެވެ. ވަކި މީހަކަށް ބެލުމެއްނެތި ތިރި ތިރި ފޭވަނެވެ. އުސްވީމާ ޤަވާއިދާއި ޚިލާފު ވެވޭނެއެވެ. ކޮންމެ ކަމެއް ކުރިޔަސް އެކަމެއްގެ ޤަވައިދަށް ބޯ ލަބައި އިހްތިރާމު ކުރަންވާނެއެވެ. މިހެން ބުންޔަސް ނިތްތަކުގެ ތާޖަށް ބޫޑަށް އެރޭނެއެވެ. މި ބުނީ ކުދިވެރިންގެ ވާހަކައެވެ. އެކުދިންގެ ފައި ބިމުގެ ވެލީގައި ރޭގަނޑުގެ ޖެހުން އެހާ ރަނގަޅު ނުވާނެތީއެވެ.

 

ހައެއް ޖެހިއިރު ޕާޓީ އެއްކޮށް ނިމިއްޖެއެވެ. މީހުންތައް ހުސްވެ ތަން މަޑުމައިތިރިވެގެން ދިޔައެވެ.  އެތާ ނުތިބެ ވަރުބަލިކަން ފިލުވާލައި އަރާމުކޮށް ހަދާލައި ފަރިވާން ދިއައީއެވެ. އަށެއް ޖަހާއިރު  ކޭން ފަށަންވެސް އޮތުމާއެކުއެވެ.

މިރޭ ތައްޔާރުވާން ޖެހޭނީ އެމީހަކާއި އެމީހެކެވެ. އަޝް އޮތީ ހަމައެކަނި ކޮއްކޮ އާއި ކުޑަ ކޫދުން ނަލަކޮށްލުން އެކަންޔެވެ.

ދިވެހިންގެ އިހު ސަޤާފީ ހެދުން ލާއިރު މާ ގޮތް ބޮޑު މޭކަޕުތައް ކޮށް ހެދުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟ ރީތިކަންވެސް ގެއްލޭނެއެވެ. ހަމަ އެންމެ ބުއްދިވެރިވާނީ ފުއްކޮޅެއް ޖަހާލާފައި އަދުންކޮޅެއް އުނގުޅާލީމައެވެ. އިހުގައި ޒީނަތްތެރި ވުމަށް އެޅީ އަދުން ވިއްޔާއެވެ. ދެ ބުމަ އާއި ލޮލުގައި އަޅާފައި އެ ހުންނާނެއެވެ.

ރީތި ކޮންމެ ރެއަކު މިހިތުގެ ވިންދަކީ ކަލާއެވެ.  އެމުނެމުން ގުޅިގެން ދާއިރު މިނާރު ބުރިވާނެބާއެވެ؟ ވަޢުދާއި ޢަހުދުގެ ދަރުބާރުތައް ފެށެން އޮތީއެވެ. ދިރިއުޅުމުގެ ދަތުރު އެއުޅޭނީ ފެށޭށެވެ. ފަހުން ވާނެ ގޮތެއް ނޭނގުނަސް މިއަދަށް ހިނިތުންވަމާހެވެ. ލިބުނު ނިޢުމަތްތަކަށް ޝުކުރުވެރިވަމާހެވެ. އެއްވެސް ކަމެއް އަބަދު  އެއްގޮތަކަށް އޮތުން އެކަށޭނައެއް ނޫނެވެ. އެއްގޮތް ވާކަށްވެސް ނުޖެހޭނެއެވެ. ހިތާމާއިގެ ކަޑުގައި ފީނުން ހުއްޓާފައި އަމާން ބަނދަރަކަށް ދާންވެއްޖެއެވެ. ރެއާދުވާލު ރޮއެ ރޮއެ ދެލޯ ރަތްވެ ދުޅަވުން ނޫން ކަމެއް ނުވާނެއެވެ. ހެވިލާފައި މަޖާކޮށް އުޅެންވެސް ވާނެއެވެ.

ފަނާވެ ނުދަނީސް ހަލާކުވެ ހަނދާންތަކުން މިންޖުކުރަށްވާތޯ އަޝްބާއަށް ދުޢާކުރެވެއެވެ. ނޭވާ ހުއްޓުނަސް ކޮއްކޮއަށްޓަކައި މީ އޭނާ ކުރަން ޖެހޭ ކަމެކެވެ. މި ފިޔަވަޅުއަޅަށް އެހީވާން ނަޒާން ހުރީ އެއަތުގައި ހިފައިގެންނެވެ. އެ ޔަޤީންކަން ޒާންވަނީ ދީފައެވެ.  އެހަނދާނުން  އަޝްބާއަށް ލަނދުން އިސްޖަހާލެވުނެ ގޮތެއްވެސް ނޭނގެއެވެ.

” ނަޒާން: ތި ލޯބި ހަނދާންނައްތާލެވޭ ވަރަށް ލޯބި ދޭން މިހިރީ ތައްޔާރަށް.”  އަޝްއަށް ހިވީ ކަންފަތްދަށުގައި ނަޒާން އެ ބަސްތައް ތަކުރާރުކޮށްލިހެންނެވެ. އެހެން ބުންޔަސް އެކަން ވެދާނެ ބާއެވެ؟ އެވަރު ހިތްވަރު ހުރެދާނެއެވެ؟ ނަޒާންގެ ލޯބިން ޒުކާން ދެކެ އަޝްބާ އެވާ ލޯބި ފިލުވައިލެވިދާނެބާއެވެ؟

 

ނިމުނީ

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެކަމަށް އުންމީދުކުރަމެވެ. ކިޔާލަށް ދެކޭ ގޮތެެއް ކޮމެންޓު ގައި ހިއްސާކޮށްލާށެވެ. އޭރުން އަޅުގަނޑު ވަރަށް އުފާވެއެވެ.  ވާހަކަ ކަމުދިޔަޔަސް ނުދިޔަޔަސް އެނގޭނީ އޭރުންނެވެ.

😊♥️🫶🥀🥰

 

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

މަލާމާތް ލޯބި – 10

Next

ހިޔަނިހެން 7

Next
August 3, 2026

ހިޔަނިހެން 7

Previews
August 3, 2026

މަލާމާތް ލޯބި – 10



All Right Reserved!