Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާދީނީލޯބި

އާއެކޭ ލޯބިވޭ… ފަންސާސްނުވަވަނަބައި (ނާމާންކަމުގެ ފިނި އުދާސް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
August 18, 2026 5 Mins Read
0 Comments

ސޫރަތުލް ބަޤަރާ ނިމުންތަނާ އަނެއް ސޫރެއް ފެށިއްޖެއެވެ. ހަމާލަތައް ބާރު ވެގެން ދިޔައީ ދެނެވެ. ދެނަކާ ދެނެއް ނެތެވެ. ގެވެސް ދެންމެ ދެންމެ މައްޗަށް އަރާފަނެ ކަހަލައެވެ. ވެއްޓޭ އަޑާއި ތެޅޭ އަޑުން ހީވަނީ އެހެންފަދަ  ކަމެއް ހެންނެވެ.

“އަލިފުޅުބޭ: އަދިވެސް… ދޮގޭ ތިހަދަނީ.. އެއްބަސްވާ ކަށް ނޫޅެއޭ.”

ފިރިހެނެއްގެ ވޭނީ ގިސްލުމުގެ އަޑު ކެނޑި ކެނޑި ގެން އިވެންފެށިއެވެ. މިލީގެ ކައިރިން ފިރިހެނެއް ވީއޭ ހިތާއި ޚުބާބަށް ގޮށްމުށް ކަވާލެވުނެވެ. އޭނާގެ އަންހެނުން ބޭވަފާތެރި ވާނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެ އިވުނީ އެ އަވަލައިގެން އުޅޭ ޖިންނީގެ ވޭން ބާއެވެ؟ ހިލޭ ފިރިހެނެއް އެތާ އުޅެނީ ބާއެވެ؟ ވާން މިއުޅެނީ ކޮން ގޮތެއް ހެއްޔެވެ؟

********************************************************************ވާނުވާ ނޭނގޭ ކަންތައް ގަނޑެއް އެބައުޅެއެވެ. ޚުބާބަށް އިހްސާސް ވިއެވެ. މައިންބަފައިން ކިޔައިދިނަސް މީ އެވަރު ބޮޑު ހައިޖާނެއް ކަމެއް އޭނާ ނުދެނަ ހުއްޓެވެ.

މާނޭވާ ލެވޭވަރުންވެސް ވާކަށްނެތެވެ. މެންދަމުން އަލިވެ ދޭއް ޖެހީވެސް ޚުބާބު އެތާ ކޮޅަށް ހުއްޓައެވެ. އަޑުތައް މަޑުވެ ތަން ހަމަހިމޭންވީ ބަރާބަރު ދެގަޑި ފަނަރައިގައެވެ. ފަނަރަ ވުމަށްފަހު އެއްވެސް އަޑެއް ބަނޑެއް ނީވެއެވެ.

ކޮޓަރިއާއި ދިމާލަށް ޚުބާބު ދިޔައީ ދެނެވެ. އެނދުގައި އޮށޯތަސް ދެލޯ މެރިޔަސް އޭނާއަށް ނިދޭ ގޮތެއްނުވިއެވެ. ވިސްނެނީއެވެ. ބާސީލުގެ މަރުގެ ފަހަތުގައި ވެސް ރޫޚާނީ ކަމެއް ނުވެ ނުދާނެއެވެ. އިންސާނަކަށް އޭހާ ފެންވަރަށް އަނިޔާއެއް ނުކުރެވޭނެއެވެ. އަތް ފައިގައި ހުރި ނިޝާންތަކަކީ ވަޅިއެއް ކިއެއްތަ ކަޓަރަކުންވެސް ދެވޭނެ އަނިޔާ ތަކެއް ނޫނެވެ. އެއަށް ވުރެ ޒަޚަމު ގިނައެވެ.

ގޭތެރޭގައި މިއުޅެނީ ވަކި އާދައިގެ ކަމެއް ހެއްޔެވެ؟ އަނބިމީހާއާއި ހަތަރުކަޅި ހަމަ ކޮށްލުމުގެ ފުރުސަތެއްވެސް މިއުޅެނީ އިންފަހުން ނުލިބިއެވެ.

ޒަވާޖަށް ކުރެވުނު ފޮނި އުންމީދުތައް އެވަނީ ފޮއްޓެއްގެ ތެރޭ ބަންދުވެފައި ކަހަލައެވެ. އެ ފޮށި ހުޅުވޭއިރު ހާލަތު ބަދަލުވެފައި އޮތުމަކީ އެކަށޭނަ ކަމެކެވެ. ތަޤުދީރުގެ ނިޔާއެއް ކިޔާކަށް ނޭނގޭނެއެވެ. ބާސީވެސް އުމުރުން ތިރީސްއަހަރު ނުވެއުޅެނިކޮށް ގެންދެވީ ތާއެވެ. ޚުބާބަށް ވާނެ ގޮތެއް ކިޔޭނީ ކިހިނެއް ހެއްޔެވެ؟

ސައްކެއްވެސްނެތް ގޮތުގައި މަރަކީ ވާނެ އެއްޗެކެވެ. މަރުގެ މަލަކޫތު މަރު ހިއްޕަވާނެއެވެ. ތަޢުބާ ވާންވާން ނުތިބެމާހެވެ. ވަގުތު ޖެހޭނީ ބުނެފައެއް ނޫނެވެ. ކަންކަން ފަހަށް ލަސްކުރުން ދޫކޮށްލާށެވެ. ލިބިފައި މިވާ ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭ ތޯ އުޅެމާހެވެ.

އަލިވެ ފޮޅެމުން ފަތިހަކަށް އަލިވިލުނު އިރުވެސް ޚުބާބު އޮތީ “ސީލިންގ” އަށް ބަލާށެވެ. އެ މޫނު މަތިން ނިދީގެ ކުލަވެސް ނުފެނެއެވެ. ދެއަތް ދިއައީ ހަރާކަތްތެރި ކުރަމުންނެވެ. ދެފައި  ދިޔައީ ކޮޅު ކޮޅަށް ތަޅުވަމުންނެވެ.

ކައިރީގައި އެނދުގެ އަނެއްފަޅީގައި މިލީހަމް އޮތްފަދަ އެވެ. އެވަރުން ނިދޭނެ ހެއްޔެވެ؟ ދެލޯ މަރާލިޔަސް ފެންނަނީ ރޭގެ ހާދިސާއެވެ. އަލިފުޅުބޭގެ އަޑު ކަންފަތުގެ ހިދުރިން ފިލާނުދެއެވެ.

ކުއްލި ފިނި ކަމެއް ކޮޓަރިތެރޭގައި އުފެދިއްޖެ އެވެ. އޮށޯވެ އޮތް ޚުބާބަށް ކެތެއް ނުވިއެވެ. ފޮރޮޅި ފޮރޮޅިފައި ކޮޅަށް ޖެހިއްޖެ އެވެ.

ހެނދުނު ހައެއް ޖަހާ ބޮޑުވީ ޚުބާބު ސައި މޭޒު ދަށުގައި ކޮފީ ބޯން އިންދައެވެ. ނާސްތާ ހަދަން ސާމާނު ގަންނަން މަންމަ ކަންމަތީ ފިހާރައަށް ދިޔައީވެސް ދަރިފުޅު އެހެން އިންދައެވެ. އެނބުރިއައި އިރުވެސް އޭނީ އެ ގޮނޑީގައެވެ. ކޮފީތަށި ހުރި ގޮތަށް ހުރީއެވެ. ބޮއެފަކާއި ނެތެވެ.

” ސިހުމާ: ދަރިފުޅާ، ކިހިނެއް ވެފަތަ ތީނީ. ކޯފީ ނުބައީތަ.” ކޮތަޅުތައް ބަހައްޓާލަމުން މަންމަ ކައިރީ ހުއްޓާލިއެވެ.

ޚުބާބަށް ރޭކާނުލައެވެ. ސިހުމާ ތަކުރާރުކޮށްލިއެވެ. ސިއްސައިގެ ދިޔަ ދަރިފުޅަށް ވީ ގޮތުން ހުސީ ހާސްވިއެެވެ. ޖިންނިއެއް އަވަލީއޭ ހިތާއި ޚަބީބު ނެރުނެވެ. ތުރުތުރެއްވެސް ޚުބާބުގެ ހަށިގަނޑުގައި ހުއްޓެވެ.

“ޚަބީބު: ދަރިފުޅާ، ކިހިނެއް ވީއޭ. މަންމަ މި ކިޔަނީ.” ޚުބާބުގެ ނިތްކުރީގައި ޖައްސާލި އަތާއެކު ޚަބީބުވެސް ދިޔައީ ފިހިމާލައިގެންނެވެ. ހާދަހާވާއި ހޫނެވެ. ފިރިމީހާއަށް ވީގޮތެއް ނުބަލާ ސިހުމާވެސް އަތް ޖައްސާލިއެވެ. އޭނާއަށް ވީވަރު މާ ބޮޑެވެ. ހޭ ހުސްވެގެން ހުރިތަން ވެއްޓުނީއެވެ. ދަރިއާއި ގާތްވާކަށް ބައްޕަ އަކަށް ނުކެރުނެވެ. ޖެހިލެވުނީ ދުރަށެވެ. ތިރީގައި ވެއްޓިފައިވާ އެއޮތީ އަންހެނުންނެވެ. ނަގާކަށް ތިރިވާކަށްވެސް ނުކެރުނެވެ.

އަޒީލު ގުޅިކަން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ކަސްރަތަށް ނިކުމެގެން އުޅެފައި އެގޭ ދަށަށް މަޑުކޮށްލީ ކަމަށް ވިއެވެ. އެތެރެއަށް ވަންނާށޭ ޚަބީބަށް ބުނެވުނީ ރޮއެ ގެންފައެވެ. ކަންތައް ބޮއްސުން ލާފައިވާ ވާވަރު މިދަނީ ފެންނަމުންނެވެ.

ޒާއިނާއަށްވެސް ތިރީގައި އޮތް ސިހުމާ ފެނި އެދިމާލަށް ދުއްވައިގަނެވުނެވެ. ޚުބާބު އެއިން ގޮތަށް އިނީއެވެ. އަޒީލަށްވެސް އެވަރެވެ. ހަދާނެ ގޮތް ހުސްވެގެން ޚަބީބު ސޯފާގައި އިނދެ ރޮނީއެވެ.

“ޒާއިނާ: ހުސީ ހުސީ ތި ލޯ ހުޅުވާލަބަލަ!” މޫނުގައި ޖަހާލަމުން ޒާއިނާ ދިޔައެވެ. ބަލާކަށް ނުހުރެ އަޒީލުވެސް ގޮވަންފެށިއެވެ.

“އަޒީލު: ސިހުމާ، ސިހުމާ… ހުސީ.” ގޮތަކުން ކުރެ ގޮތެއް ސިހުމާއަކަށް ނުވިއެވެ. ވިންދެއް ވެސް ޖަހާނުލައެވެ.

ރަތްވެފައި އިން ޚުބާބުގެ ދެލޯ ފެނުނި އަދި މާފަހުންނެވެ. ބިރުން އަޒީލަށްވެސް ފަހަތަށް ޖެހިލެވުނެވެ.

ހަސްފަތާލަށް ގެންދަން ޒާއިނާ އެދުނެވެ. ވެފައި އޮތް ގޮތެއް ވެސް އެނގެނީ އެއް ނޫން ވިއްޔާއެވެ. މާގިނައިރު ވެގެން ފުރާނަ ވެސް ގެއްލި ހިނގައި ދާނާއެެވެ.

ކުއްލި ނުރައްކާ އިއުލާނުކޮށް ސިހުމާ ބެލުމަށް ޑޮކުޓަރުން އަވަސްވެލިއެވެ. ސާޅީސް ‘ޕޮއިންޓް’ ފަހެއް ‘ސެލްސިޔަސް’ގައި ހުން މަތިވެފައި ހުރުމުން ޚުބާބު އެނދުމަތި ކުރުވިއެވެ. އެހާ ދަރަޖަ މަތިކޮން ހުން ހުރުމުން ޑޮކްޓަރުން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ޑޮކްޓަރުން ބެލި ބެލުމުން އެނގުނު ގޮތުގައި ހަ “ބޮލޮކް” ހުސީގެ ހިތުގައި އިނެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް އޮޕަރޭސަނަށް ވެއްދިއެވެ. ރަނގަޅު ކުރެވޭނެ އެއްވެސް “ބޮލޮކެއް” ނެތެވެ. ސާފުކޮށްލައިގެން ހަމަޔަކަށް އަޅުވާލެވޭ ވަރަށް ވުރެ ހުރީ ބޮޑު ވަރު ވެފައެވެ. ހޮޅިކޮޅު ލެއްވުން ނޫން އިތުރު ގޮތެއް ޑޮކްޓަރުންނަކަަށް ފާހަގައެއް ނުވިއެވެ. އެހެންކަމުން ނިންމުނީ ހަ ހޮޅިކޮޅު ލައްވާށެވެ.

ބިން ގަނޑުފަޅާފައި އަޑިއަށް ދެވޭނެނަމަ ޚަބީބު އެކަންވެސް ކުރީހެވެ. އޭނާގެ ހަތަރު އުދަރެސް އެކުގައި ފެނު ޖެހުނު ކަހަލައެވެ.

ލިބިގެން ދިޔަ ޚަބަރާއެކު ހުއްބާވެސް އަތުވެއްޖެއެވެ. ބައްޕަގެ މިލާފާއިވި މޫނު ފެނި ހުއްބާގެ ލޯ ތެންމާލިއެެވެ. ދޮންބެގެ ހުމަކަށް ބަދަލެއް ނާދެެއެވެ. އެހެން އޮވެ ލާފައި މަޖާ އެއްޗެހިވެސް ބުނާނީއެވެ.

އަލިފުޅުބޭ ގެނައީ “އިންޖިކުޝަނަ”ކަށްވެސް ނުގުޑައިގެންނެވެ. ބޭބެ އައިސް ފެންކިޔަވާލަފައި ދިނުމުން ހުން މަޑުވެލާއި ހަމައަކަށް އެޅި ޚުބާބަށް ނިދިއްޖެއެވެ.

“އަލިފުޅުބޭ: ހިތްވަރުކުރޭ، ބޭބެއަށް ވީވަރަކުން ތިކަމުން މިންޖުކޮށް ދެވޭތޯ އުޅޭނަން.” މާޔޫސްކަމުގައި ފަތަމުން ދިޔަ ޚަބީބުގެ ބުރަކަށީގައި އަލިފުޅުބޭ ފިރުމާލިއެވެ. ހިތްވަރުގެ ދެތިން ބަސްބުނެލާއި ހަދާލިއެވެ.

އައިސީޔޫއަށް ނުވަދެވޭނެތީ ޒާއިނާގެ ދެމަފިރިންނާއި ޚުއްބާވެސް ކުދިވެރިން ގާތަށް ފޮނުވާލީއެވެ. ޚަބީބު ޚުބާބު ކައިރީ މަޑުކުރީއެވެ.

ލީނިޔާގެ ޖާނުއެކީ ގެއްލިގެން ގޮއްސިއެވެ. އެއިން ކަމެއް މާއިޒު ދެނަހުރި ކަމެއް ނޭނގެއެވެ.  އެ ޖާނު ހޯދާކަށްވެސް ނޫޅެއެވެ.

މަރުވާން މިހިތް ދޫކޮށްފައި  ދިޔަފަދައެވެ. މިހިތް  އެކަމަކު ކަފުނަކަށް އަދި ނުލައެވެ.

ބަލާބަލާށެވެ. ދިންހާއި އުފަލުގައި ނަސީބެއްނެތެވެ. އެހެނަސް އެދިން އަނިޔާގައި އުފަލެވެއެވެ.

ކަލާގެ ބޭނުމަކީ މި ޒިންދަޤީ ދުއްވާލުން ހެއްޔެވެ؟ ދިރި ހުއްޓައި ފަނާކޮށްލަން ހެއްޔެވެ؟ އެހާ ދުރަށް ގެނެސްލާފައި އަޅާލުމެއް ބަލާލުމެއް ނެތެވެ. ވިހަން ކައިިރިވީއެވެ. ބޭނުންވާނެ އެއްޗެހި ބައިވަރެވެ. އަތުގައި އޮތީ ސަތޭކައެއްހައި ޑޮލަރެވެ. އެޔަށް ލިބޭނީ ކޮން އެއްޗެއް ހެއްޔެވެ؟ ނިންދަވާލާނެ އެނދު ގަނޑެއްގެވެސް ކުޑަމިނުން ނުލިބޭނެއެވެ. ނެޕީއާއި އަންނައުނު ގައިމުވެސް ބޭނުންވާނެއެވެ.

ހިލޭ ފަރުވާ ކުރެވުނަސް ބައިވަރު ހަރަދުތައް ކުރަން ޖެހޭނެއެވެ. ހިލޭ މިޒަމާނުގައި އަރުތެރެއަށް ލާނެ ފެން ފޮދެއް ވެސް ނުލިބޭނެއެވެ. އެވެސް ޖެހޭނީ އަގު ދީފައި ގަންނާށެވެ. ހިލޭ ލިބޭނެ ހަމަ އެއްކައްޗެއްވެސް ނުހުންނާނެއެވެ.

ނިކަމެތިންނާއި މުއްސަންދިން ތަފާތުވާނެއެވެ. ރައްޓެހިންވެސް ވާނީ މުއްސަނދިވި ވަރަކުންނެވެ. ހަމަ އެފަދައިން ކަނބުރު ގެއަށް ވަދެވުނީއްޔާ ނޫނީ އަޅިބުރާނެ ހެއްޔެވެ؟

މަތިން ބައިން ޖެހިގެން ބައިވެރި ނުކުރާ ކަންކަމުގައި ބައިވެރިވެ ހެދުމާކީ ދެރައެކެވެ. ދުރުކޮށްލީމައި ދުރުވާން އެކަނިވާން ދަސްކުރަންވާނެއެވެ. ލިނީ އެހެރީ އެ ފިލާވަޅު ފަސްކޮށްފައެވެ. މާއިޒުގެ އަމަލުތަކާއި އަޅާލުމެއް ނެތް ސިފަ އޭނާއަށް އެކަނި އުޅެން މަގުކޮށައިދީފިއެވެ. އެކަނިވެގެން ފަސްޖެހުމެއް ދެން ނެތެވެ. ކަރުނަ ފުހޭލާފަވެސް ހިނިތުންވެލެވޭނެއެެވެ. ވަކި ދެރަވާން ޖެހޭ ހެއްޔެވެ؟ ލޯބީގެ މޭވާ ހެވަށް ވާން އުޅެނީއެވެ.  މަސްދުވަސްވެ މި އިންތިޒާރަށް ބާކީ ނެތެވެ. އަންނަމަ މަހު ހަތަރަކަށް ދުވަސް ފުރޭނެއެވެ.

ދަރިންނަކީ ބޮޑުވެގެންވީ ނިޢުމަތެކެވެ. ދީންވެރި ސޯލިޚު ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ޒިންމާ ކުޑައެއް ނުވާނެއެވެ. މަންމަ އެކޭ އެއްވަރަށް ބައްޕަގެ ހިއްސާއެއް ވެސް އޮންނާނެއެވެ. ކުދިން ބެލުމަކީ ހަމައެކަނި މައިމީހާގެ ޒިންމާއެއް ނޫނެވެ. އެ ފިކުރު ދޫކޮށްލަން ވެއްޖެއެވެ. ވަކި ކޮޅަކަށް ބަރޯސާނުވެ ދެމީހުންނަށް ކަންކަން ބަހާލުމަކީ ކިހާ ލުއި ފަސޭހަ ގޮތެއް ދޯއެވެ.

ދިރިއުޅުމުގެ ހާސަރުގައި ނުދަމާނީ ކޮން ހަވާސާއެއް ހެއްޔެވެ؟ އުދުހޭ މަތިންދާ ބޯޓެއްގެ ފިޔައަކަށް ވުރެ ދިގުވާނެއެވެ.

މާ ބުލްބުލާތަކުން ރޯޒަރީގެ މޫސުން އައިއިރު މިވަނީ ފަޅުވެރިންނާއެކު ދޯނި ކަނޑުވެފައެވެ. ސަލާމަތް ކޮށްދޭނެ ފައުޖެއް ފެންނާކަށް ނެތެވެ. ދެން އޮތީ ކަނޑުވުން ތާއެވެ. ހަޔާތުގެ ދަތުރުގައި ފަތަން ނޭނގުމަކީ ވެދާނެ ކަމެކެވެ. އަޑި ގުޑަނަކުން އުސް ގުޑަނަކަށް އަރާއިރު އަރިއަޅާވެސް ލާފާނެއެވެ. އަރި އަޅާލާ ކޮންމެ ފަހަރަކީ ނާކާމިޔާބީއަށް އިތުރުވާ ބޮޅެކެވެ. ކާމިޔާބީއަށް ވާސިލުވާން އެދޭނަމަ ލިބޭނެ ހިތްވަރެއްވެސް މެއެވެ.

ވޯޑަށް ސިހުމާ ނެރުނީވެސް އަނެއްދުވަހު ހެނދުނު އެވެ. ދޫކޮށްލާނީ ދެތިން ދުވަހު ބެލުމަށްފަހު ކަމަށް ނަރުހުން އެންގި އެވެ. ހަމަޖެހުމެއް ވެސް ޚަބީބަށް ލިބުނީ އޮޕަރޭޝަން ނިމުމުންމެވެ.

ވޯޑުގެ ހަލަބޮލިގެ ތެރެއިން ޚުބާބު އޮތް އެނދުގެ މޮނިޓަރުގެ “ބީޕް” އަޑު ކެނޑުނެވެ. މުޅި ތަން މަރުސީނުވި ފަދައެވެ.

ކައިރީގައި އިން ހުއްބާއަށް އިހުސާސްވީ ފިނިހޫނުމިން ބަދަލުވިކަމެވެ. ހެޔޮ ވަރު ވަރެއްގައި ހުރެ ފައި ފިނި ބޮޑުވީއެވެ. އަނގަޔާއި ނޭފަތުން އާވި ނުކުންނަން ފެށީއެވެ. ނަމަވެސް، އޭސީތަައް ހުރީ އެވަރުގައެވެ. ބަދަލެއް ނުކުރެއެވެ. މީހަކު ރިމޯޓާ ނުވެސް ކުޅެއެވެ. މޭޒުމާތީ އެ އޮތީއެވެ.

ސިހުމާގެ ހިތުގެ ވިންދު ދައްކާ މޮނިޓަރުން އަޑު ކިޔާލިއެވެ. ރޫހު ނެތް  އެއް ރީނދޫ ރޮނގުތައް،  ވާހަކަ ދައްކަން ފެށިއެވެ. އެއީ ދިވެހި ބަހުން މޮނިޓަރު ބުނި ކަހަލައެވެ.

” މޮނިޓަރ: ހިތުން ހަ ބްލޮކް ނެގިޔަސް… ހަ ހޮޅި ތިހުރީ ލައްވާފައޭ. ” ރަޚުމެތް އެ ބަސްތަކުގައި ނެތެވެ.

ހަޅޭއް ލަވައި ގެންފައި ދުއްވާއިގަންނަށްވީއޭވެސް ހުސީ ހިތަށް އެރިއެވެ. އަތުގައި އައިވީ ގުޅާފައި އޮތުމުން ދެވޭ ގޮތެއް ނުވިއެވެ. މެޝިނުތައް ވާހަކަ ދެއްކުމަކީ  ބިރު ކުޑަ ކަމެއް ހެއްޔެވެ؟ ބޮކިތަކަށް ވާނެ ގޮތެއްވެސް ބުނާކަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ މީހެއްގެ ނޭވާވެސް ހުއްޓި ދާނެ ނޫން ހެއްޔެވެ؟

 

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިވާހަކަ ގެނެސްދޭނީ ހަފްތާއަކު ދެދުވަހުއެވެ. ހޯމަ ބުދަގައެވެ. މިއީ ހޯމައިގެ ބައެކެވެ. އެންމެ ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަމެވެ. ވާހަކައިގެ “ކަވަރ ފޮޓޯ” އިން އެފެނި ވަޑައި ގަންނަވަނީ މިލީހަމް އާއި އޭނާއާއި އަވަލަވައިގެން އުޅޭ ޖިންނި މާއިޒުގެ އިތުރުން ޚުބާބެވެ.  ޕެންޑިންގައި ވަގުތު ކޮޅެއް ހޭދަ ނުވެ ވާހަކަ ޝާއިރެއް ނުވާނެއެވެ. އެހެން ކަމުން ހުރިހާ ކިޔުންތެރިންވެސް އިންތިޒާރުގައި ކޮށްލާށެވެ. ހޯމަ ދުވަހު ޝާއިރު ނުވިއްޔާ އަންގާރަ ދުވަހު ވާނެއެވެ. ބުދަ ދުވަހު ނުވިއްޔާ ބުރާސްފަތި ދުވަހު ވާނެއެވެ. ތިދޭ ތަރުހީބާއި އެއްބާރުލުން އަބަދުވެސް އުފަލާއެކު ފާހަގަކޮށް ޝުކުރުވެރިވަމެވެ.

🫶😊🥀♥️🥰

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (31)

Next

ނޭދެން ވަކިވާކަށް 32 ވަނަ ބައި

Next
August 18, 2026

ނޭދެން ވަކިވާކަށް 32 ވަނަ ބައި

Previews
August 18, 2026

މި ލޯތްބާއި ތި ވަޢުދު (31)



All Right Reserved!