Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (10ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 27, 2016 5 Mins Read
19 Comments

އަމީނާ އޭނާގެ މޯބައިލް ފޯނު ހިފައިގެން ކޮޓަރީގައި އިނީ ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. “ކަލޭ އަވަހަށް މިކޮޅަށް އަންނަން އުޅޭ. އެހެންނޫނީ އަހަރެމެންގެ ހުރިހާ ރޭވުމެއް ފެނަށް ވެދާނެ.” ރިޔާޝާ ބަދިގެއަށް ދިއުމަށްޓަކައި އަމީނާގެ ކޮޓަރި ހުރަސްކުރި ވަގުތު އަމީނާ ބުނި އަޑު އިވުނެވެ. އޭނާ މަޑުކޮށްލީ އިތުރު މީހެއްގެ އަޑު އިވޭތޯއެވެ. ނަމަވެސް އިތުރު މީހެއްގެ އަޑު ނީވުމުން ފޯނުން ވާހަކަދައްކަނީކަން އެނގުނެވެ. އޭނާގެ ހައިރާންވީ އަމީނާ އެހާ ސިއްރުވެރި ގޮތަކަށް ފޯނެއް ގެންގުޅޭތީއެވެ. އަދި އެދެއްކި ވާހަކައަކުން އޭނާގެ ހައިރާންކަން އިތުރުވިއެވެ. ރިޔާޝާގެ ހިތަށް އެރިއެވެ. މަންމަ އެހާ ސިއްރުން އެ ވާހަކަދެއްކަނީ ކާކާބާވައެވެ؟ އެދެއްކީ ކޮން ރޭވުމެއް ފެނަށް ވެގެން ހިނގައިދާނެ ވާހަކައެއްބާވައެވެ؟

ރިޔާޝާ ބަދިގެއަށް ވަދެގެން ދިޔައިރުވެސް ހުރީ ދެންމެ އެއިވުނު ވާހަކަތަކުން ހާސްވެފައެވެ. ކޮންމެވެސް ގޯހެއް އުޅޭ ކަމުގައި ހިތް އަންގަމުން ދިޔައެވެ. އަނެއްކާ ކުރިމަތިވާން މިއުޅެނީ ކޮންފަދަ ކަންތައްގަނޑެއްބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ ފެންބޮއިގެން އައިސް ކޮޓަރިއަށް ވަންތަނާ ފޯނު ރިންގުވާ އަޑު އިވުނެވެ. އަވަސްއަވަހަށް ދުވަމުން ކަހަލަ ގޮތަކަށް އޭނާ ކޮޓަރިން ނުކުމެގެން ގޮސް ފޯނު ނެގީ އަޔާޒަށް ވެދާނެ ކަމަށެވެ. ނަމަވެސް ފޯނުކުރީ ދިޔާނާއެވެ. ޖެހިގެން ގެ ހުރިއިރުވެސް ދިޔާނާ ފޯނުކުރުމުން ރިޔާޝާ ހައިރާންވި ނަމަވެސް އޭނާ އެކަމާ ސުވާލު ނުކުރީ ދިޔާނާ އެގެއަށް ނައީ އަމީނާ އުޅޭތީކަން އޭނާއަށް ވިސްނުމުންނެވެ. ޢައިޝާ ވަރަށް ބަލިވެ އުޅޭ ވާހަކަ ދިޔާނާ ބުނުމުން ރިޔާޝާ ބުނީ ޢައިޝާ އޭނާ ގާތުގައި އެކަހަލަ އެއްވެސް ވާހަކައެއް ބުނެފައި ނުވާކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެގެއަށް ދާނެ ވާހަކަ ބުނެފައި ރިޔާޝާ ފޯނު ބޭއްވިއެވެ.

ހަވީރުގެ ވަގުތެވެ. ރިޔާޝާ ޢައިޝާއާއި ބައްދަލުކުރުމަށް އެގެއަށް ދިޔައީ ހަދިޔާއެއް ހިފައިގެންނެވެ. އެކަމާ ޢައިޝާ ޝަކުވާކުރިއެވެ. އަދި އޭނާ ގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ކަމަށްވެސް ބުންޏެވެ. އަދި އޭނާ ގާތުގައި އަމީނާ ދެއްކި ވާހަކަތައް ރިޔާޝާ ގާތުގައި ބުންޏެވެ. އަދި އަޔާޒާއި ރިޔާޝާ ދުރުކުރުމުގައި އޭނާއަށް އެހީތެރިވުމަށް އެދުނުކަމަށް ބުންޏެވެ. އޭނާ އެގެއަށް ނުދަނީ އަމީނާއަށް އެހީތެރިވުމަށް އޭނާ ދެކޮޅު ހެދުމުން އަމީނާ އޭނާ އެގެއަށް ވަނުން މަނާކުރުމުން ކަމަށްވެސް ބުންޏެވެ. “ޢައިޝާ! ދެން އަހަރެން ކިހިނެއް ހަދާނީ؟ އަހަރެންނަކަށް އަޔާއާ ވަކިންނެއް ނޫޅެވޭނެ.” ރިޔާޝާއަށް ރޮވުނެވެ.

“ރިޔާ! ނުރޮއި. އިރާދަކުރެއްވިއްޔާ ރިޔާއަށް އަޔާއާ ވަކިވާކަށް ނުޖެހޭނެ. އަހަރެން ބުނަންތަ ރިޔާ ހަދަންވީ ގޮތެއް؟” ރިޔާޝާ ބޯޖަހާލިއެވެ. “އަޔާ ރިޔާއަށް ގުޅާނެއެއްނު ދޯ؟ ދެން ރިޔާއަށް އަޔާއާ ގުޅޭ ފަހަރަކުން އަވަހަށް ހުރިހާ ވާހަކައެއް ކިޔައިދީ. ނޫނީ މާ ލަސްވެދާނެ.” ޢައިޝާ ރިޔާޝާއަށް ލަފާދިނެވެ. “އާނ. އަހަރެން އަޔާ ގާތު ތިވާހަކަ ދައްކާނަން.” “އަދި ބުނަން. ކޮންމެވެސް ރިޔާއަށް މިއިން އެއްވެސް ކަމެއް އެނގުނުކަމަށް ނުހަދާތި. އެހެންނޫނީ މާ ގޯސްވެދާނެ.” ރިޔާޝާ ޢައިޝާއާއި ވާހަކަދައްކަން އިނުމަށްފަހު ގެއަށް ދިޔައީ އިރުވެސް އޮއްސުނު ފަހުންނެވެ. އޭރު އޭނާ ދިޔައީ ޢައިޝާ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނަމުންނެވެ. އަމީނާގެ އުޅުން މަޑުމަޑުން ކުރީގެ އުޅުމަށް ބަދަލުވަމުން ދިޔަކަން ރިޔާޝާއަށްވެސް ފާހަގަކުރެވިފައިވެއެވެ. އޭގެ ސަބަބަކީ މިއީތާއޭ ރިޔާޝާގެ ހިތަށްއެރިއެވެ.

އަމީނާ ސިޓިންގްރޫމް ސޯފާގައި އިނީ އަދިވެސް ރިޔާޝާ ގެއަށް ނާންނާތީއެވެ. “ކޮންތާކުން ތިއައީ؟” ރިޔާޝާއަށް ގޭދޮރުން ރަނގަޅަށް ނުވަދެވެނީސް އަމީނާގެ އަޑު އިވުނެވެ. އޭނާގެ އަޑުންވެސް އޭނާ އެހުރީ ވަރަށް ހިތްހަމަނުޖެހިފައިކަން އެނގެއެވެ. “ބޭރުން. ކިހިނެއްވީ؟” ރިޔާޝާ ހަމަޖެހިލަމުން އަހާލިއެވެ. “ބޭރު ކޮންތާކުން؟” އަމީނާ ހީވަނީ ރިޔާޝާ ދިޔަތަނެއް ހޯދާފައި ނޫނީ ހުއްޓާނުލަން ނަދުރެއް ބުނެގެން އުޅޭހެންނެވެ. “ފިނިކޮށްލަންވެގެން އާޓިފިޝަލް ބީޗަށް ގޮއްސަ މިއައީ. ކިހިނެއްވީތަ މަންމާ؟” ފުރަތަމަ ފަހަރަށް އަމީނާއަށް ދޮގެއް ހަދަން ޖެހުމުން ރިޔާޝާ ދެރަވިއެވެ. “މިހާރު ކޮންއިރެއް ބޭރަށް ދިޔަތާ؟ މީގެ ފަހުން ހަނދާންކުރާތި ބޭރަށް ދިޔަޔަސް އިރު އޮއްސުމުގެ ކުރިން ގެއަށް ވަންނަން. އަޑު އިވިއްޖެތަ؟” އަމީނާ ހަރުކަށިކަމާއެކު އެހެން ބުނެލުމުން ރިޔާޝާ ކިޔަމަންތެރިކަމާއެކު ބޯޖަހާލިއެވެ.

އަޔާޒްގެ އެއްވެސް ޚަބަރެއް އެދުވަހަކު ނުވެއެވެ. އެހެންކަމުން ރިޔާޝާ ޝިފާނަށް ގުޅިއެވެ. “ޝިފާން! އަޔާގެ ޚަބަރެއް ވިތަ؟ މިއަދަކު ނުވެސް ގުޅާ.” ރިޔާޝާ ޝިފާންގެ ގާތުގައި އަހާލިއެވެ. “ނޫން. މިއަދަކު މަށަކަށްވެސް ނުގުޅާ. މަ ދެފަހަރަކު ގުޅާލިން. އެކަމަކު ނުގުޅުނު. ރޭންޖް ނުލިބޭ ހިސާބެއްގައި ކަންނޭނގެ.” ޝިފާންވެސް އަޔާޒަށް ނުގުޅުނު ވާހަކަ ބުނުމުން ރިޔާޝާ ކަންބޮޑުވިއެވެ. “ކަންބޮޑުނުވޭ. އިރާދަކުރެއްވިއްޔާ އަޔާއަކަށް އެއްވެސް ގޮތެއް ނުވާނެ. އަހަރެން އަޔާގެ މަންމައަށް ގުޅާ ޚަބަރު ބަލާލާނަން.” ރިޔާޝާ ކަންބޮޑުވީކަން އެނގުމުން ޝިފާން ބުނެލިއެވެ. “އަހަރެންނަށް ވާނުވާ އަންގާލައްޗޭ.” ރިޔާޝާ އެހެން ބުނެލުމުން ޝިފާން “އާނ” އެކޭ ބުނެލިއެވެ.

“ހޫމް. ދެން ބުނެބަލަ. ކޮންއިރަކުންތަ ބޭފުޅާގެ ކައިވެނި އޮތީ؟” ރިޔާޝާ ސަމާސާ ރާގަކަށް އަހާލިއެވެ. “މަގޭ ކައިވެނި ދޯ؟ ދޯނީގަ ރިޔާ ނެގީމަ. ހެހެހެ.” ޝިފާން އެހެން އެބުނީ އޭނާއަށް ޖެއްސުމަށްކަން އެނގުމުން ރިޔާޝާގެ ގާތަށް ވަރަށް ހިނިއައެވެ. “ބަލަ މޮޔަޔާ! މީ ރިޔަލު ދޯނީގެ ޒަމާނެއް ނޫނޭ. މީ އިންޖީނު ދޯނީގެ ޒަމާނޭ.” ރިޔާޝާ ހިނިގަނޑު މަތަކުރަމުން ބުނެލިއެވެ. “ހޫމްހޫމް. މިހާރު މަގޭ ކޮއްކޮވެސް ބޮޑުވެ ތަސައްރަފު ފުދެމުން އަންނަކަމަށް އެބަ ލަފާކުރެވޭ.” ޝިފާން އަނެއްކާވެސް ރިޔާޝާއާއި ސަމާސާކޮށްލިއެވެ. “ހޫމް. ދެން އޯކޭއޭ. އޭތް. އަޔާގެ ޚަބަރެއް ބަލާލާފަ ކޮންމެވެސް އަންގާލައްޗޭ. ޕްލީޒް އިނގޭ.” ރިޔާޝާ ސީރިއަސްވެލިއެވެ. ޝިފާން އާނއެކޭ ބުނުމުން ފޯނު ބާއްވާފައި އެނބުރިލިއިރު އަމީނާ ހުރީ އޭނާއާއި ނުހަނު ގާތުގައިކަމުން އޭނާ ސިހުނުވަރުން އަނގައިން އަޑެއްވެސް ބޭރުވިއެވެ.

“މަންމަވެސް ދޯ؟ ކިރިޔާއޭ ބިރުން ހަލާކުނުވީ.” ރިޔާޝާ ހަމަޖެހުމުގެ ނޭވައެއްލަމުން ބުނެލިއެވެ. އަދި ދާން ހިނގައިގަތް ވަގުތު އަމީނާގެ އަޑު އިވިފައި ހުއްޓެވުނެވެ. “ބަލަ މަމީ އަރާކާ އެއްޗެއްތަ މަ ފެންނައިރަށް ބިރުން އުޅެގަންނަން؟” ރިޔާޝާއަށް ހައިރާންވެފައި ބަލާލެވުނެވެ. އަމީނާ އެހެން ބުނުމުން ރިޔާޝާ ވަރަށް ދެރަވިއެވެ. އަމީނާގެ މޫނުމަތިން ފެންނަނީ މީގެ ކުރިންވެސް ފެންނަފަދަ ނުރުހުންވުމުގެ ކުލަވަރެވެ. “މަންމާ! އެހެނެއް ނޫނޭ. ނޭނގި ހުއްޓާ ކުއްލިއަކަށް އެހާ ކައިރިން ފެނުނީމަ ބިރުގަތީއޭ.” ރޮވިދާނެތީ އޭނާ އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އަމީނާ އޭނާއަށް އެތައް ފަހަރަކު ގޮވިނަމަވެސް އަޑު އިވޭކަމަށް ނުހަދާ އޮތީ އަމީނާގެ ވިހަގަދަ ބަސްތަކުން ހިތަށް ލިބޭ ވޭން ބޮޑުވުން ނޫންކަމެއް ނުވާނެތީއެވެ.

އަޔާޒްގެ ޚަބަރެއް ނުވިތާގައި ޝިފާންގެ ޚަބަރެއްވެސް ނުވިއެވެ. އަނެއްކާ އަޔާޒަށް ކަމެއް ވީބާވައޭ ރިޔާޝާގެ ހިތަށް އަރަމުން ދިޔައެވެ. އެހެންނޫނީ އަޔާޒް އޭނާއަށް ނުގުޅާ ހުރެދާނެ ކަމަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. އޭނާގެ ހިތް އަންގަނީ ކޮންމެވެސް ގޯހެއް ވެއްޖެކަމުގައެވެ. އޭނާ ކޮޓަރިން ނުކުތީ ޝިފާނަށް ގުޅާލުމަށެވެ. އޭނާ ގަޑި ބަލާލިއިރު މެންދަމުން އަލިވެ އެކެއްވެސް ޖަހައިފިއެވެ. އެހާ ދަން ގަޑިއެއްގައި ޝިފާނަށް ގުޅަން އޭނާ ޖެހިލުންވެސްވިއެވެ. ނަމަވެސް ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭތޯ އޭނާ ޝިފާނަށް ގުޅާލިއެވެ. ޝިފާންގެ ފޯނު ނިއްވާލާފައި އޮތުމުން އޭނާގެ ނުތަނަވަސްކަން އިތުރުވިއެވެ. ޗާޖު ހުސްވީކަމަށް ވެދާނެއޭ ހިތަށް އެރުމުން ރިޔާޝާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ކޮޓަރިއަށް ވަދެވަދެ ހުރެފައި ރިޔާޝާ މިސްރާބު ބަދަލުކޮށްލީ ބަދިގެއާއި ދިމާއަށެވެ. ބަނޑުހައިވެފައި ހުރުމުން ކޮންމެވެސް އެއްޗެއް ކެވޭތޯއެވެ. އޭނާ ބަދިގެއާއި ގާތްވީ ވަރަކަށް ކޮންމެވެސް މީހަކު މާނޭވާ ލާއަޑު ކަހަލަ އަޑެއް އިވެމުން ދިޔައެވެ. ރިޔާޝާ ބިރުންހުރެ ބަދިގެއަށްވަދެ ހޮޅިބުރި ދިއްލާލި ވަގުތު ފެނުނު މަންޒަރަކުން އޭނާއަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ. އެއާއެކު އެއް ހިޔަނިހެން އެކަކު އަނެކެއްގެ ގައިގައި ތަތްވެފައި ތިބި އަމީނާއާއި ދާދި އެއުމުރުގެ އެފިރިހެންމީހާ ސިހިފައި ބަލާލިއެވެ. ފޭރާމެއް ނެތް ދެހަށިގަނޑު ފެނިފައި ބިރުންނާއި ލަދުން ރިޔާޝާގެ ދެފައިން ވާގި ދޫވާހެން ހީވިއެވެ. އޭނާ އަވަސްއަވަހަށް ދުވެފައި ބަދިގެއިން ނުކުމެގެންގޮސް ކޮޓަރިއަށް ވަނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ.

ދެންމެ އެފެނުނު މަންޒަރަކުން ރިޔާޝާ ކާހިތްވެސް ފިލައިފިއެވެ. ބަނޑުހައިވެފައި ހުރިނަމަވެސް ބޭރަށް ނުކުންނާކަށް ނުކެރުނެވެ. އަމީނާ އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަކަށް ރިޔާޝާ ހިއެއް ނުކުރެއެވެ. އެއީ ކޮންފަދަ ބޮޑު ފާފައެއްކަން އަމީނާއަށް ނޭނގެނީ ހެއްޔެވެ؟ އެކަމުގެ އާޚިރު ނަތީޖާއާއި ދޭތެރޭ ވިސްނާލިނަމަ އެފަދަ ކަމެއް ނުކުރީހެވެ. އަނެއްކޮޅުން އެއީ ކޮން ފިރިހެނެއްބާވައޭވެސް ރިޔާޝާގެ ހިތަށް އަރަމުން ދިޔައެވެ. ކޮޓަރި ހުއްޓާ ބަދިގޭގައި އެފަދަ ބަދުއަޚްލާޤީ ޢަމަލެއް ހިންގަން ދިޔުމުގެ ބޭނުމެއް ރިޔާޝާއަކަށް ނުވިސްނުނެވެ. ރަޝީދަށް އެކަން އެނގިއްޖެނަމަ ވާނީ ކިހިނެއްބާވައޭ އޭނާގެ ހިތަށްއެރިއެވެ. ރަޝީދު އެހާ ރަނގަޅުއިރުވެސް އަމީނާ އެގޮތަށް އުޅުމުން އޭނާގެ ހިތް އަމީނާގެ މައްޗަށް އިތުރަށް ކިލަނބުވެގެން ދިޔައެވެ.

ހެނދުނު ހެނދުނާ ރިޔާޝާ ނުކުމެ ޝިފާނަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް ދެތިން ފަހަރު ގުޅިއިރުވެސް ފޯނު އޮތީ ނިއްވާލާފައެވެ. “އަޅެ ޝިފާން. ތިފޯނު ހުޅުވާބަލަ.” ރިޔާޝާ އަމިއްލައަށް ހުރެ ކިޔާލިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ނުކުތް ރަޝީދު ރިޔާޝާއަށް ގޮވާލިއެވެ. “ބައްޕާ! ބައްޕަ ކޮންއިރަކު އައީ؟” ރިޔާޝާ ހައިރާންވެފައި އަހާލިއެވެ. “ރޭގައި. ބައްޕަ އައިއިރު ދަރިފުޅު ނިދާފަ އޮތީ.” ރަޝީދު ހިނިތުންވެލިއެވެ. “އެހެންތަ؟ އާނ. އަހަރެން ރޭގަ ވަރަށް އަވަހަށް ނިދައިފިން.” ރިޔާޝާ ދޮގެއް ހަދާލިއެވެ. އޭނާ ހޭލާ އޮތްނަމަވެސް ރަޝީދު އައިކަމެއް އޭނާ ނުދެނަހުއްޓެވެ. “މިއީތާ މަންމަމެން ބަދިގެއަށް ދިޔަ ކަމަކީ. އެކަމަކު ދެން އެއީ މީހުން އުޅެންވާނެ ގޮތްތަ؟” ރިޔާޝާ ހިތާހިތުން ވާހަކަދައްކަމުން ބަދިގެއާއި ދިމާއަށް ހިނގައިގަތީ ރަޝީދު ކޮފީއެއް ހަދައިދޭން ބުނުމުންނެވެ.

“މަންމަ އަދި ނުހޭލަނީތަ؟” ރިޔާޝާ ގިރި ކޮފީތަށި ގެނެސް ރަޝީދުގެ ކައިރީގައި ބަހައްޓަމުން ވަރަށް ނޫން ގޮތަކަށް އަހާލިއެވެ. “އާނ. މާބޮޑަށް ވަރުބަލިވީ ކަންނޭނގެ.” ރަޝީދު އެހެން ބުނުމުން ރިޔާޝާ ފާޑަކަށް ބަލާލިއެވެ. އަދި ހިތާހިތުން އަމީނާއާއި ދިމާއަށް އެތިވަރު ގޮވައިގަތެވެ. ވަރުބަލި ވާނެތާއެވެ. ރޭގައި އެހާ ކަންތައް ހިންގާލައިފި ވިއްޔާއެވެ. ހުންނަ ވިޔާނުދާކަމާއެވެ. ބައްޕައަށް ޙަޤީޤަތް އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާވައެވެ. މަންމަ ދޫކޮށްލާފައި ދާނެކަން ގައިމެވެ. އެފަދަ މުޑުދާރު އަންހެނަކާއި އިނދެގެން އުޅެން ބޭނުންވާނީ ކާކު ހެއްޔެވެ؟ ރިޔާޝާ އޭނާ ގިރި ކޮފީތަށި ހިފައިގެން އައިސް މަޑުމަޑުން އިނދެ ކޮފީތަށި ބޮއި ނިންމާލިއެވެ. އަދި އަވަސްއަވަހަށް ރޮށި ފިހަން ތައްޔާރުކުރަން އަވަސްވެގަތެވެ.

ރިޔާޝާގެ ހަރަކާތްތަކަށް ބަލަން ރަޝީދު ހުރިކަމެއް ރިޔާޝާ ނުދެނަހުއްޓެވެ. އޭނާއަށް މިއަދު ރިޔާޝާގެ ކިބައިން ކުރިން ނުފެންނަ ތަފާތުކަމެއް އެބަ ފާހަގަކުރެވެއެވެ. ރިޔާޝާ ކޮންމެވެސް ކަމަކާއި ކަންބޮޑުވެފައި ހުންނަހެން އޭނާއަށް ހީވެއެވެ. ނަމަވެސް އޭނާ އެކަމާ ބެހޭގޮތުން ސުވާލުނުކުރީ އޭނާއަށް އަދި މުޅިން އެކަން ޔަޤީން ނުވާތީއެވެ. އޭނާ ކޮފީތަށި ބޯލައިގެން ބޭރަށް ނުކުންނަން ދިޔައިރު އަމީނާ އައިސް ބަދިގެއަށް ވަންނަނީއެވެ.

“ކޮފީ ބުއީތަ؟ ކީއްވެ އަހަރެންނަށް ގޮވާނުލީ؟” އަމީނާގެ އަޑަށް ރިޔާޝާ ބަލާލިއެވެ. “އަހަރެން ގޮވިން. މާގަދަޔަށް ވިއްޔަ ނިދާފަ އޮތީ.” ރަޝީދު ހިނިތުންވެލަމުން ބުނެލިއެވެ. އަމީނާ ރިޔާޝާއަށް ބަލާލުމުން ރަޝީދުވެސް ބަލާލިއެވެ. އެވަގުތު ރިޔާޝާ އަމީނާއަށް ބަލާލީ ތަފާތު ނަޒަރަކުންކަން ރަޝީދު ފާހަގަކުރިއެވެ. އެކަމާ ސުވާލު އުފެދުނު ނަމަވެސް އެއްޗެކޭ ނުބުނެ ބޭރަށް ނުކުންނަން ހިނގައިގަތެވެ.

އަމީނާއާއެކު އެކަނިވުމުން ރިޔާޝާ ކުޑަކޮށް ހާސްވިއެވެ. ނަމަވެސް އޭނާ އެކަން މޫނުމަތިން ނުދައްކާ ވޭތޯ މަސައްކަތްކުރިއެވެ. ރޭގައި އޭނާއަށް ފެނުނު މަންޒަރުގެ ސަބަބުން އަމީނާ އޭނާއަށް ރޯޅި ބާލާނެކަން އޭނާއަށް އެނގުނެވެ. އަމީނާ އައިސް ހުއްޓުނީ އޭނާއާއި ދާދި ކައިރިއަށެވެ. އަދި ވަށައިގެން ދެކޮޅު ހޯދާލާފައި އޭނާ ރިޔާޝާއާއި ވާހަކަދައްކަން ފެށީ މަޑުންނެވެ. ނަމަވެސް އެ އަޑުގައި ހުރީ ހަރުކަށިކަމެވެ. “ކަލޭއަށް ރޭގަ ފެނުނު ކަންތަކުގެ ވާހަކަ އެއްވެސް މީހެއް ކައިރީ ބުނަން ހިތަށްވެސް ނާރުވާތި! އެކަން އެހެން މީހަކަށް އެނގިއްޖެއްޔާ ކުޅި ދައްކާލާނަން. ހަނދާންކުރާތި! ނަމަނަމަ މީހެއްގެ ކައިރީ ނުބުނާތި!” އަމީނާ ދިން އިންޒާރަކަށް ރިޔާޝާ ޖެހިލުމެއް ނުވެއެވެ. އޭނާ ފުރަތަމަ ފަހަރަށް އަމީނާއާއި ކުރިމަތިލިއެވެ.

“ތިހެން އިންޒާރު ދިނަކަސް މަށެއް ބިރެއް ނުގަންނާނެ. ކިތަންމެ އިންޒާރެއް ދިނަސް އެއީ ނުވާ ކަމެއް ކަމަކަށް ނުވާނެ. އެހެންނޫނަސް އަހަރެން މިއުޅެނީ މާ ރީތި މަންޒަރުތަކެއް ފެނިގެނެއް ނޫން މުޅި މާލޭގަ އެވާހަކަ ދައްކަމުން ދުވާކަށް. މަށަށް ކެރޭތަ ރޭގަ މަގޭ މަންމަ ހިލޭ ފިރިހެނެއް ގޮވައިގެން ހިތު ހުރިހާ ގޮތަކަށް އުޅުނޭ ބުނަން؟ އަހަރެން ލަދުގަނޭ މަންމަ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީމަ.” ރިޔާޝާ އޭނާގެ ހިތުގައިވާ އެއްޗެއް ފުރަތަމަ ފަހަރަށް އަމީނާއާއި ދިމާއަށް ބުނެލިއެވެ. އަމީނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރީގައި އޭނާ ކޮންމެ ގޮތެއް ހެދިޔަސް އަޅާވެސްނުލާ މަޑުމަޑުން ހުންނަ ރިޔާޝާ މިއަދު އޭނާއަށް އެދިނީ ކޮންފަދަ ފުރިހަމަ ރައްދެއް ހެއްޔެވެ؟ ރިޔާޝާއަށް އެއްލުނު ކަޅިއަކުން ބަދިގެ ދޮރުމަތީގައިހުރި ރަޝީދު ފެނުމުން ބޭއިޚަތިޔާރުގައި “ބައްޕާ” އޭ ބުނެލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

މިހިތުގެ ފަސާނާ 13

Next

ނޭނގޭހެ ހާދަ ލޯބިވޭ 30 (ފަހުބައި)

Next
October 27, 2016

ނޭނގޭހެ ހާދަ ލޯބިވޭ 30 (ފަހުބައި)

Previews
October 27, 2016

މިހިތުގެ ފަސާނާ 13

19 Comments!

  1. Ammuty says:
    October 27, 2016 at 7:43 pm

    Oh fakkaa..curious to read the next part..plx up kurahchey avahah..

    1. Saandy says:
      October 28, 2016 at 5:40 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ 11ވަނަ ބައި ގެނެސްދޭނަން

  2. Adam says:
    October 27, 2016 at 8:16 pm

    Varah salho. But maa las update vaa leh. Than kolheh avas kohlaa baa update…

    1. Saandy says:
      October 28, 2016 at 5:42 pm

      ޝުކުރިއްޔާ! ލަސްތަ އަޕްވާލެއް؟ ދެބައެއް ނޫނީ ކޮންމެ ދުވަހަކުވެސް ގެނެސްދެން އެބަ… އިރާދަކުރެއްވިއްޔާ މިރޭ 11ވަނަ ބައި ގެނެސްދޭނަން

  3. a₩mm says:
    October 27, 2016 at 8:26 pm

    waiting 4 next part.

    1. Saandy says:
      October 28, 2016 at 5:43 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ 11ވަނަ ބައި ގެނެސްދޭނަން

  4. Love says:
    October 27, 2016 at 9:21 pm

    Wow wow kiyaa barthu hay

    1. Saandy says:
      October 28, 2016 at 5:43 pm

      ޝުކުރިއްޔާ

  5. imagination says:
    October 27, 2016 at 10:11 pm

    yes..ameena ehlaala ehehehehh

    1. Saandy says:
      October 28, 2016 at 5:44 pm

      ޝުކުރިއްޔާ! ހެހެހެ… އެނގިދާނެތާ އަމީނާއަށް ވާގޮތެެއްވެސް

  6. anu says:
    October 27, 2016 at 11:00 pm

    Salhi ey… V majaa…

    1. Saandy says:
      October 28, 2016 at 5:45 pm

      🙂 ޝުކުރިއްޔާ

  7. raf says:
    October 28, 2016 at 12:50 pm

    gadaingey mi part…ameena ge reyvun fenadiya yaa varangalhu…n anekaa ayaa ah kihiny veeba….??…ayaa n riyaa vakivejeyaa v sakaray vaane….ao
    aisha v rangalhu dhw….gud frnd riyaa ah…avaha 11th vna bai up kadeeebaaaaa…….

    1. Saandy says:
      October 28, 2016 at 5:46 pm

      ޝުކުރިއްޔާ! އަޔާއަށް ވީގޮތެއްވެސް އަދި އިނގޭނެ… އިރާދަކުރެއްވިއްޔާ މިރޭ 11ވަނަ ބައި ގެނެސްދޭނަން

  8. raf says:
    October 28, 2016 at 12:56 pm

    ur a good writer saandy…goog luck…!best wishes go forward in ur life…..

    1. raf says:
      October 28, 2016 at 12:57 pm

      good**

    2. Saandy says:
      October 28, 2016 at 5:47 pm

      🙂 ޝުކުރިއްޔާ!

  9. raf says:
    October 28, 2016 at 1:00 pm

    guys if u dnt read mansha vaahaka plex read it…and kandhufen vaahaka ves…its nice srories…ekam mi writer ge vaahaka e nu eii…..

    1. Saandy says:
      October 28, 2016 at 5:48 pm

      އާނ… ވަރަށް ރީތި ދެވާހަކައިގެ ނަން ތިބުނީ… ސާންޑީ ކީން އެ ދެވާހަކަވެސް

Comments are closed.

Next Episodeރިޔާޝާ (11ވަނަ ބައި)←


All Right Reserved!