Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ޑައިރީއިން ސޮފްހާތަކެއް

Aislin Level 110 Stories
October 26, 2016 3 Mins Read
7 Comments

*މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ.     * މިވާހަކަ ލިޔެފައިވާނީ ސޮފްހާތަކެއްގެ ގޮތުގައެވެ.

އަބަދުވެސް ބުނާތީ އަހަނީ ލޯބިވެރިންގެ ޖޯޑުތަކަކީ ތަގްދީރުގައި ލިޔެވިފައިވާ ކަމެކެވެ. އެކަން އޮންނަނީ ހަމަ ހަގީގަތުގައިވެސް އެގޮތަށެވެ. ލޯތްބަށްޓަކައި މީހުން ޖާނާއި ފުރާނަދޭ ވާހަކަ ވަރަށް ގިނައިން އަހަމެވެ. އަދި އެފަދަ ލޯތްބަކަށް އަހަރެމެން އެންމެން ވެސް އެދެމުއެވެ.

މިއީ އަހަރެންގެ ވާހަކައެވެ. މަތީގައި ބަޔާން ކުރެވި ދިޔަފަދަ ވާހަކައެކެވެ. އަހަރެންގެ ދިރިއުޅުން މުޅިން އާމިސްރާބަކަށް ދަތުރުފެށީ 2002 ވަނަ އަހަރުގެ ޖެނުއަރީގައެވެ. އަހަރެންގެ ނަމަކީ ޝުއާއެވެ. އަހަރެން އެއަރފޯސް އެކެޑެމީއާއި ގުޅުނީ  ޓްރެއިނިންގގެ ދެވަނަ ޓާރމް ފުރިހަމަ ކުރުމަށްޓަކައެވެ. އޭރު ޝާހިގަކީ ޓްރެއިނިންގެ ފަހު ޓާރމް ފުރިހަމަ ކުރަމުން ދިޔަ އަދި އެންމެ ސީނިއަރ ކެޑޭޓުންގެ ތެރެއިން އެކެކެވެ. ޝާހިގް ބުނެފައިވާ ގޮތުންނަމަ އޭނާއަށް އެންމެ ފުރަތަމަވެސް ފާހަގަ ކުރެވުނީ ރެއިލްވޭ ސްޓޭޝަންގެ އެރައިވަލް ލިސްޓްގައި އޮތް އަހަރެންގެ ނަމެވެ. ދުވަސްތައް ފާއިތުވަމުންގޮސް ތަފާތު އެކި ވާހަކަތަކުގެ މެދުން އަހަރެމެން ދެމީހުންގެ ލޯބީގެ ކުރިފެޅިއެވެ. މިކުރި ފަޅައިގެން އައީ މެސްކައިރިން ދިމާވުމާ، ދެކޭ ހުވަފެންތަކާއި ކުރެވޭ އުއްމީދު ތަކުގެ ވާހަކައިގެ ތެރެއިންނެވެ. ޝާހިގުއާއި ވާހަކަ ދައްކަން ބޭނުންވާތީ ވަރަށް ގިނަ ރޭތަކުގެ ރޭގަނޑުގެ ކެއުން އަހަރެން ދޫކޮށްލަމެވެ. ސަބަބަކީ ޝާހިގާއި ވާހަކަދައްކާލުމަށް އަހަންނަށް ލިބޭ ހަމައެކަނި ވަގުތަކީ އެއީ ކަމަށްވާތީއެވެ.

ކޮންމެ އުފާވެރިކަމަކަށްވެސް ނިމުން އަންނަ ފަދައިން އަހަރެމެންގެ އުފާވެރިކަމަށްވެސް ނިމުންއައެވެ. ނަމަގެސް ވަކިވީ އަހަރެމެން ދެމީހުންނެއް ނޫނެވެ. ވަޒީފާގެ ގޮތުން އަހަރެމެން ދެމީހުން ދެތަންވީއެވެ. އަދި އޭގެ ފަހުން ދުވަހަކުވެސް ދެމީހުން އެއްތަނެއްގައި މަސައްކަތް ކުރަން ޖެހިފައެއްނެތެވެ. ދުރުގައި ތިބި ނަމަވެސް ހަފްތާ ބަންދު ޗުއްޓީއަށް ލިބޭތީ އެދުވަސްތަކުގައި އަހަރެމެން ބައްދަލުކުރަމެވެ.

މަސައްކަތް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ދެމީހުން އަމިއްލައަށް ވަގުތު ހުސްކޮށްގެން އަހަންނާއި ޝާހިގު ކައިވެނީގެ މާތް ގުޅުމުން އެޕްރީލް 2006 ގައި ގުޅުނީމެވެ. އޭގެ ފަހުންވެސް ދެމީހުން މަސައްކަތް ކުރަން ޖެހުނީ ތަފާތު ދެބޭސްއެއްގެއެވެ.  ޝާހިގުއާއި ބައްދަލު ކުރުމަށް ކޮންމެ ހަފްތާ ބަންދެއްގައި  ތެޒްޕޫރު ނޫނީ އަންބާލާއަށް އަހަރެން ދަމެވެ. ހަމައެފަދައިން އަހަންނާ ބައްދަލުކުރުމަށް ބެންގަލޫރަށް ޝާހިގު އާދެއެވެ.

ޝާހިގުއާއި ދިމާވުމުން އަހަންނަށް ހީވީ ފެއަރީޓެލްއެއްގައި އުޅެވޭ ހެންނެވެ. ޝާހިގުއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަންނަށް  މަގުދައްކައި ދިން އަހަރެންގެ މުދައްރިސެވެ. ކިޔަވަމުން ދިޔައިރުވެސް ޕައިލެޓެއްގެ ގޮތުގައި ހުރެ އެގެންޖެހޭ އެއްޗެއްސަވުރެ ގިނަ އެއްޗެހި މުދައްރިސެއްގެ ގޮތުގައި ހުރެ ޝާހިގުވަނީ ކިޔަވާދީފައެވެ. އޭނާ އަކީ ހިންގުންތެރިއެކެވެ. އަންހެނުންނަށް ކަމޭހިތަން ދަންނަ ފިރިހެނެކެވެ. އެކު އުޅުނު މީހުންނަށް ހަނދާން ނައްތާލަން އުދަނގޫވާނެ ފަދަ ރަހުމަތްތެރިއެކެވެ. އެއީ އަހަރެންގެ ޝާހިގެވެ. ކެޕްޓަން ހުސައިން ޝާހިގު އަލީއެވެ.

އަހަންނާއި ޝާހިގު ބެންގަލޫރަށް ދިޔައީ 10 ޖެނުއަރީ 2007 ގައެވެ. އަހަރެން ބޭނުންވީ ކުރިއާލާ ޝާހިގުގެ އުފަންދުވަސް ފާހަގަ ކުރާށެވެ. ސަބަބަކީ ދެމީހުންގެ މަސައްކަތް ހަމަޖެހިފައިވާ ގޮތުން އެދުވަހަކު ދެމީހުން ދިމާނުވާނެތީއެވެ. އޭނާގެ 26 ވަނަ އުފަންދުވަހަކީ ޖެނުއަރީ 17 އެވެ.

ދުވަސްތައް ފާއިތުވަމުންގޮސް މިއަދަކީ 17 ޖެނުއަރީ 2007 ވަނަ ދުވަހެވެ. އަންނަން އޮތް ކޮޅިގަނޑުގެ ހިލަމެއްވެސްނެތި ތިބެ އަހަރެމެން ދެމީހުން އެދުވަހު ވަރަށް ގިނައިރުވަންދެން ފޯނުން ވާހަކަ ދެއްކީމެވެ. ޝާހިގު ބުނިގޮތުންނަމަ މިއީ އޭނާގެ އެންމެ ހާއްސަ އުފަންދުވަހެވެ. އެދުވަހުގެ ފޯންކޯލު އެއީ އަހަރެމެން ދެމީހުން ވާހަކަ ދައްކާނެ ފަހު ފަހަރުކަން އެގޭނީ ކިހިނެއް ހެއްޔެވެ؟

ޖެހިގެން އައިދުވަހަކީ އަހަރެންގެ އޮފް ދުވަހެވެ. ޝާހިގުހެ ހަބަރެއް ނުވެގެން އޭނާގެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. އަހަރެންގެ ހިތްރޫރޫ އަޅަން ފެށުމުން ހިތަށް ފިނިކަމެއް ލިބޭތޯ މެސްއާއި ދިމާލަށް ދާން ހިގައިގަތް ވަގުތު ކޮމާންޑިންގ އޮފިސަރ އާއި ފްލައިޓް ކޮމާންޑަރ އަދި އެދެބޭފުޅުންގެ އަބިކަބަލުންވެސް އަހަންނާއި ދިމާލަށް އަންނާތީ ފެނުނެވެ. އެހާ ހިސާބުން ކޮންމެވެސް ކަމެއް ގޯސްކަން އަހަރެންގެ ހިއްސުތައް ބުނެދިނެވެ. އަހަރެން ކައިރީ އިށީނުމަށް އެމީހުން އެދުމުން އަހަރެން އިށީނީމެވެ. އެހާ ހިސާބުން އެމީހުން ބުނަން އައިވާހަކަ ބުނެލިއެވެ. އަދި ހިތްވަރުކުރުމަށް އެދުނެވެ. ޝާހިގު ދުއްވަން އިން ކޮމްބެޓް ޖެޓް ރާޖިސްތާން އާއި ދިމާލުން ވައިގެ ތެރެއަށް ގޮވީއެވެ.

އަހަންނަށް ހީވީ ދުނިޔެ ފުޑުފުޑުވެގެން އަހަރެންގެ ބޯމައްޗަށް ވެއްޓުނުހެންނެވެ. މިއަދާއި ހަމައަށްވެސް އަހަންނަށް އެހަނދާންތަކުން އަރައިގަނެވިފައެއް ނުވެއެވެ. ރަސްމީ އިއްޒަތުގައި ވަޅުލުމަށްޓަކައި ހާއްސަ އައި.އޭ.އެފް ފްލައިޓެއްގައި ހަށިތައް  މަންގަލޯއަށް ގެނެވުނެވެ. އެދުވަހު މުޅި ދުނިޔެއަށް ފެނިގެން ދިޔައީ ތަފާތު ޝުއާއެކެވެ. އަހަރެން ޔުނިފޯމްގައި ހުރިއިރު ފެނިގެން ދިޔައީ އިންތިހާއަށް ކެތްތެރި ހިތްވަރުގަދަ އަންހެނަކު އޭނާގެ ނިޔާވެފައިވާ ފިރިމީހާއަށް ފަހުގެ އިހްތިރާމް އަދާ ކުރިތަނެވެ. ނަމަވެސް ހަގީގަތަކީ ހާދިސާގެ ހަބަރު ލިބިގެން 12 ގަޑިއިރަށްވުރެ ގިނައިރުވަންދެން އަހަރެން  ޝޮކެއްގައި ހުރިކަމެވެ. ނިންޖާއި ވަރުގަދަ ހަގުރާމައެއް ކުރަން ޖެހުނުކަމެވެ. ހަގީގަތަކީ ޝަހީދެއްގެ އަންބެއްގެ ދަރަޖަ ބަލައިގަތުމަށް އަހަންނަށް ވަރަށް ވަގުތު ބޭނުންވިކަމެވެ. މިއަދު މިއީ އަހަރެންގެ އައިޑެންޓިޓީއެވެ. މިއަދު އަހަންނަކީ ޝަހީދު ހުސެއިން ޝާހިގު އަލީގެ ހުވަފަތް އަބިމީހާއެވެ.

މިއަދު އަހަރެން މިއެދެނީ ކޮންމެ މީހަކުވެސް އެމީހެއްގެ އެންމެ ދަރިއެއް ނަމަވެސް ގައުމީ ހިދުމަތަށް ނެރެދިނުމެވެ. ދިމާވާ ހާދިސާތަކާ އެކު ނަމަވެސް އެކުދިން އިސްޖަހާލައިގެން ނުދާނެކަން އަހަންނާއި ދިމާވި ހާދިސާއިން އަހަންނަށް ޔަގީންވެއެވެ. އަހަރެންގެ ދަރިއެއް ހުރިނަމަ ގައުމީ ހިދުމަތަށް އެދަރިއެއް ނެރެދީ އަދި އެޔުނީފޯމަކަށްޓަކައި ފަހުރުވެރިވި ޔުނީފޯމް ލައިގެން ހުއްޓާ ދެކޭނެކަން ގައިމެވެ.

ނިމުނީ

Share Article

Follow Me Written By

Aislin

Level 110 Stories

Other Articles

Previous

މިހިތުގެ ފަސާނާ 12

Next

އަހަރެންގެ ކުށް (ތިންވަނަ ބައި)

Next
October 26, 2016

އަހަރެންގެ ކުށް (ތިންވަނަ ބައި)

Previews
October 26, 2016

މިހިތުގެ ފަސާނާ 12

7 Comments!

  1. Aislin says:
    October 26, 2016 at 10:43 pm

    Dear All.
    Mee Aislinge furathama kuruvaahaka. Mistakes huredhaane. Story reethi waane kamah unmmeedhu kuran. Mee diary ehgge sifaiga liyefa oih vaahaka eh.
    Adhi Aislinge aneh vaahakaige part eh maadhamaage konmmes vaguthehggai upload kohdheynan.
    Have a pleasent night everyone! ❤

  2. Saandy says:
    October 26, 2016 at 10:43 pm

    ވަރަށް ރީތި މިވާހަކަވެސް…. މިކަހަލަ ރީތި ވާޙަކަތައް ގިނަގިނައިން ގެނެސްދޭނެ ކަމަށް އުންމީދުކުރަން… އަދި އައިސްލިންގެ ދިގު ވާހަކައެއް ކިޔާލަން ލިބޭނެކަމަށް އުންމީދުކުރަން

  3. Mary says:
    October 26, 2016 at 11:08 pm

    Nice

  4. nayha says:
    October 27, 2016 at 6:17 am

    Hahahaaa. Vara kiyaa hithun indhaa nimije

  5. Lovely girl says:
    October 27, 2016 at 10:01 am

    Mikahala thafaathu vaahaka thah kuriah oiy thaangai kiyaalan libeyne kamah heekuran… story varah reethi ?

  6. Boakiba says:
    October 27, 2016 at 8:54 pm

    Hubbul vathan hedhigen vany kon kameh??

  7. Anonymous says:
    November 17, 2016 at 5:28 pm

    mi e hama aslu vaahakaeh tha?
    vaahka v reethi iburahtheri

Comments are closed.



All Right Reserved!