އައިސްލީން މިގަސްތުކުރަނީ ވާހަކަ ތިން އެޕިސޯޑަކަށް ބަހާލުމަށްފަހު ގެނެސްދިނުމަށް. މިގޮތަށް ނިންމީ ވާހަކަ އަވަހަށް ނިންމާލުމަށާއި ކިޔުންތެރިންގެ އިންތިޒާރަށް އަވަސް ނިމުމެއް ގެނެސްދިނުމަށް. މިވާހަކައިގެ އާބައެއް ވަރަށް އަވަހަށް ގެނެސްދެވޭނެ.
އައިސްލީންގެ ‘ލޯބިން ލޯބިވާއޭ’ މިވާހަކަ ދުވަސްކޮޅަކަށް މެދު ކަނޑާލަން ޖެހޭތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. މިފަދައިން މިވާހަކަ މިވަގުތަށް މެދުކަނޑާލަން ޖެހޭ ސަބަބަކީ މިވަގުތު އަޅުގަނޑު އިވެންްޓްތަކެއްގެ މަސައްކަތުގައި ބިޒީ ވުމުގެ ސަބަބުންނެވެ. 10 ވަރަކަށް ދުވަހަށް މެދުކެނޑުނަމަވެސް ދެން ގެނެސްދޭން ފަށާނީ ކޮންމެ ދުވަހަކު އެޕިސޯޑެއް ގެނެސްދޭ ގޮތަށެވެ. ހުރިހާ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. އުއްމީދަކީ ވާހަކަ އަލުން ގެނެސްދޭން ފެށުމަށްފަހުވެސް ތިޔަ ބޭފުޅުންގެ ސަޕޯޓް ކުރިއެކޭ އެއްފަދައިން ލިބިގެން […]
ޝަންހާއީގެ މައިގޭޓުން ވަދެގެން އިވާން އާދެއެވެ. ސިންގަޕޯރަށް އެއްކޮށް ބަދަލުވާން ހިތުލައިގެން ދިޔަނަމަވެސް އެކޮޅުގައި ހުންނަން ބޭނުންނުވުމުން ހަފްތާއެއްހާ ދުވަސްފަހުން އަނެއްކާ މާލެއަށް އައީއެވެ. ވަގުތާއެކު ހުރިހާ ކަމެއް ބަދަލުވާނެކަން އިވާން ޤަބޫލުކުރެއެވެ. ދިރިއުޅުމުގައި ކުރިއަށް އެގެން އޮތް ހިތި ޙަޤީޤަތުގެ އެއްވެސް ހިލަމެއްނެތް އިވާން އަދިވެސް އިންތިޒާރުކުރަމުން ދަނީ އަރޫޝާއަށެވެ. ކޮންމެވެސް ދުވަހަކުން ބައްޕަގެ ރުހުން ލިބޭނެކަމުގެ އުއްމީދު އިވާންއަށް އޮތްކަހަލައެވެ. ނަމަވެސް ކަންތައްވާން އޮތްގޮތުން މުޅި ޢާއިލާގެ އެންމެންވެސް ހިތްހަލާކުވެގެންދާނެކަން ގައިމެވެ. ޢުބައިދުﷲ އޭނާގެ […]
“މަންމާ” ވޭނީ އަޑަކުން ގޮވާލި އަޑުއިވުމާއެކު ސަމީނާއާއި ޢުބައިދުﷲ އާއި ދެމީހުންނަށް ބަލައިލެވުނީ އެކުއެކީގައިކަހަލަ ގޮތަކަށެވެ. “ދަރިފުޅާ، އަރޫޝާ؟ ކިހިނެއް؟ ކޮންއިރަކު ދަރިފުޅު އައީ؟” ސަމީނާ ވާހަކަ އޮޅުވާލެވޭތޯ ބަލަމުން ސުވާލުކޮށްލިއެވެ. “މަންމާ، އަޅުގަނޑަށް ހުރިހާ ކަމެއް އެނގިއްޖެ. އެންމެ ކަމެއް ފިޔަވާ. މިހުރިހާ ދުވަހު އަޅުގަނޑަށް ބައްޕައެއްގެ ލޯބި އުނިވިޔަނުދީ އެލޯބިދިން ފަރާތަކީ ކާކުކަން؟” އަރޫޝާ ރޮމުން ސުވާލުކުރަމުން ދިޔައިރު ޢުބައިދުﷲގެ ނަފްސަށްވަނީ ފާޑެއްގެ ސިހުމެއް ލިބިފައިކަން މޫނުމަތިން ފެންނަމުން ދިޔަ ކުލަތަކުން އެގެއެވެ. ސަމީނާގެ […]
ޝަންހާއީގައި ހިނގާދިޔަ ކަންތައްތަކަށްފަހު މިއަދު އެގޭގެ އެންމެން ހެނދުނުގެ ނާސްތާގައި ބައިވެރިވިއެވެ. ނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެވެ. އެއްވެސް މީހަކު އަކަކު އަނެކަކާއި އަނގައިން ބުނުމެއްވެސް ނެތެވެ. އެހަމަހިމޭންކަން ފުރަތަމަ ފޫދުއްވާލި މީހަކީ އިވާންއެވެ. “މަންމާ. އަޅުގަނޑު މިވިސްނަނީ ސިންގަޕޯރއަށް ބަދަލުވާން. އެބްރާންޗްގެ މެނޭޖަރާއިވެސް ވާހަކަ ދައްކާލައިފިން. ބުނި އަންގާލާނަމޯ ހަމަޖެހުނީމަ. ހީވަނީ ވަރަށް އަވަހަށް ހަމަޖެހޭނެހެން.” އިވާން ދެއްކި ވާހަކައިގެ ސަބަބުން އެތާގައި ކުޑަވަރެއްގެ ބޮމެއް ގޮވިފަދައެވެ. “ކީއްވެތަ ދާންވީ؟ އެވެސް ހަމަކުއްލިއަކަށް” މޫމިނާ […]
އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ޝަންހާއީގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ އާރޯކަމެވެ. ހޭލަމޭލައަށް އެންމެންވެސް ތައްޔާރުވަމުންދަނީ މިރޭ އެގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ކެއުމަށެވެ. މައިރާ ބަދިގޭގައި މަސައްކަތް ހިނަގމުންދާގޮތް ބަލާލުމަށް ބަދިގޭގައި ޙަރަކާތްތެރިވަމުން ދަނިކޮށް މޫމިނާ ގޮވާލި އަޑު އިވުނެވެ. ކަންކުރަންވީގޮތް ކިޔައިދިނުމަށްފަހު މައިރާ މިސްރާބުޖެހީ މޫމިނާ ކައިރިއަށެވެ. މައިރާ ފެނުމާއެކު އިށީނުމަށް މޫމިނާ އެދުނެވެ. ކައިރީގައި ބަހައްޓާފައި ހުރި ފޮށިން ކޮތަޅެއް ނެގުމަށްފަހު މައިރާއާއި ދިމާލަށް ދިއްކޮށްލުމުން ކޯޗެއްހޭ އަހާލާފަދަގޮތަކަށް މައިރާ އިޝާރާތްކޮށްލިއެވެ. “މިއީ […]
ޒޯއީ އައުމާއެކު އެގޭތެރޭގެ މާހައުލު ހަލަބޮލިވެގެން ދިޔައެވެ. ޒޯއީއާއި އެންމެންވެސް ވާހަކަ ދައްކަމުން ދިޔައީ ދަރިއެއް ފަދައިންނެވެ. ވާހަކައިގައި ތިއްބާ އެތެރެއަށް ވަދެގެންއައި މައިރާ ފެނި ސުވާލުކޮށް ނުލާ ޒޯއީއަކަށް ނުހުރެވުނެވެ. “މީކާކު؟ އޯހް… އިވާންގެ ޖީ.އެފް/ ވައިފް ؟ އާން.. އެހެންޏާ މިކަހަލަ ކަޓުގޮތަކަށް އިންނާނީ އޭނަގެ ޗޮއިސްވިއްޔާ” “ނޫނޭ. ތިއީ މިގޭގައި މަސައްކަތްކުރާ ކުއްޖެއް. އެހެން ނޫނަސް، ދެން ކޮއްކޮގެ ޗޮއިސްވެސް ތިހާ ގޯހެއް ނުވާނެ.” އިމްޔާންއާއި ޒޯއީގެ ވާހަކަ އިވުމުން މައިރާގެ ހިތުގައި […]
ނޭގިނަމަވެސް އިވާންގެ އަތުން އޭނާގެ ހިތްދޫވެ ހިނގައްޖެއެވެ. އެރީތި ސާދާ އަންހެން ކުއްޖާގެ އެންމެ ބެލާލުމަކުން އެހިތް ތެޅިގެން ދިޔައީ އޭގެ އެންމެ އިންތިހާ އަށެވެ. މައިރާ ޝަންހާއީގައި މަސައްކަތްކުރާތާ މަސްދުވަސް ވެއްޖެއެވެ. ޢުބައިދުﷲ އާއި އިމްޔާން ފިޔަވާ އެންމެންވެސް އޭނާއާއި ވާހަކަ ދައްކާ އުޅެއެވެ. ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ސަޔަށް އެންމެން ހަމަވުމާއެކު މައިރާ އެންމެންނަށް އަތްގާތްކޮށްދޭން ފެށިއެވެ. އެހެން އުޅުމުގެ ތެރޭގައި މައިރާގެ އަތުންޖެހި އިމްޔާންގެ ގަޔަށް ޖޫސްތަށްޓެއް ބަންޑުންވިއެވެ. އިމްޔާން ވަރަށް ރުޅިއައިސްފައި […]
މަޑުމަޑުން ހިގާލާފައި އައި އަންހެން ކުއްޖަކު ޝަންހާއީގެ ބޮޑު ގޭޓުން ވަދެގެން ދިޔައެވެ. ފެންނަ ފެނުމަށް ވަރަށް ސާދާ އަންހެން ކުއްޖެކެވެ. މައިދޮރު މައްޗަށް އަރާ އެއަންހެން ކުއްޖާ ދެފަހަރަކު ސަލާމް ގޮވާލިއެވެ. ނަމަވެސް ސަލާމް ބަލައިގަންނާކަށް އެއްވެސް މީހަކު ނާދެއެވެ. ތިންވަނަފަހަރު ސަލާމް ގޮވާލަން އުޅެނިކޮށް ސަލާމް ބަލައިގަތް އަޑު އިވުނެވެ. މޫމިނާ އައީ އޭނާގެ މާމަ ދަރިން ކަމަށްވާ އިވާން އާއި އިމްޔާން އާއި އެކުގައެވެ. އަޅައިގެން ހުރި ނަންބަރު އައިނު މަތިން މޫމިނާ […]