ނޯޓު: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ހެނދުނުގެ ވަގުތު ކަމުން މަގުމަތީގައި މާ ގިނަ މީހުންގެ ހިލަމެއް ނުވެއެވެ. ލަންޑަން ގައި އާންމުކޮށް މީހުންހޭލާ އުޅެނީ މެންދުރު އަނބުރާލާ ފަހުންނެވެ. މި ހަމަހިމޭން މާހައުލުގައި އަޔާނާއި ތިފާހް މަޑުމަޑު ން ހިނގާފައި އެދަނީ ލަންޑަން އޮކްސްފޯރޑް ޔުނިވަރސިޓީ އާ ދިމާލަށެވެ. އަޔާނާއި ތިފާހަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެކުދިންގެ އާއިލާ އަކީވެސް އެއް ފެންވަރެއްގެ ނުހަނު ގުޅޭ ދެ އާއިލާއެވެ. […]