Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (12ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 30, 2016 6 Mins Read
32 Comments

ރިޔާޝާ މިއަދު ދުވަހަކުވެސް ނުވާހާ ދެރަވެއްޖެއެވެ. ޝިފާންގެ އެހަމަހިމޭންކަން އޭނާގެ ހިތަށް ތަދުކުރަމުން ދިޔައެވެ. އެންމެފަހުން އޭނާއަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން އެގެއިން ނުކުތުމަށް ދުއްވައިގަތެވެ.

ރިޔާޝާ ހުއްޓުވަން އޭނާ ކިތަންމެ ބޭނުންވި ނަމަވެސް އެވަގުތު ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންކަމުން އޭނާއަށް ރިޔާޝާ ދިޔަ ދިމާއަށް ބަލަން ހުރެވުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވުނެވެ. ކުއްލިއަކަށް މި ކުރިމަތިވީ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟ އެއްކޮޅުން ތެދަށް ކިޔައިދީގެން ނިކަމެތި އަންހެންކުއްޖެއްގެ ހިތް ހަލާކުކޮށްލަންވީއެވެ. އަނެއްކޮޅުން އެންމެ ގާތް އެކުވެރިޔާއަށް ވީ ވަޢުދު އުވާލަންވީއެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. އެންމެފަހުން އޭނާގެ ކޮއްކޮއެއްފަދަ އެ އަންހެންކުއްޖާ އެދިޔައީ އޭނާއާއި އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައެވެ.

ޝިފާން ގޭތެރެއަށް ވަނުމަށް ހިނގައިގަތް ވަގުތު ދޮރުމަތީގައި ހުރި އޭނާގެ މަންމަ ޚާލިދާ ފެނިފައި އޭނާއަށް ހުއްޓެވުނެވެ. ޚާލިދާގެ މޫނުމަތިން ފެންނަންހުރި އަސަރުތަކުން ދެންމެގައި ހިނގި ކަންތައްތައް އޭނާއަށް އެނގުނީކަން ޝިފާނަށް އެނގުނެވެ. އެހެންކަމުން ޚާލިދާ އޭނާއާއި އެއްވެސް ސުވާލެއް ކުރުމުގެ ކުރިން އޭނާ އަވަސްއަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަނުމާއެކު އޭނާއަށް ވިސްނާލެވުނީ ދެންމެގައި ހިނގި ހާދިސާއާއި ދޭތެރޭގައެވެ. އޭނާގެ ލޮލުން އެއްވެސް އިޚްތިޔާރަކާނުލާ ކަރުނަ އައީ އޭނާއަށް ރިޔާޝާ ގެއްލުމުންނެވެ.

**********

“ދަރިފުޅާ! މިހާރު މަހެއް މިވަނީ ދަރިފުޅު ތިހެން ރަނގަޅަށް ނުކައި ނުބޮއި އުޅޭތާ. ބަލާބަލަ ދަރިފުޅަށް ވަމުން ތިދާ ގޮތް. ދުވަހެއް ދުވަހަކަށް ތިދަނީ ހިކެމުން. ދަރިފުޅުގެ ތިހާލު ދެކޭކަށް މަންމައަކަށް ކުޅަދާނައެއް ނޫން.” ހަސީނާއަށް އޭނާގެ ދަރިފުޅުގެ ހާލު ފެނުމުން ރޮވުނެވެ. އަޔާޒަކީ މިހާރު ދުނިޔޭގައި ނެތް މީހެއް ފަދައެވެ. ކެއިންބުއިމުން ދުރުވުމުގެ ސަބަބުން މީހާ ވަނީ ހިކި އަނަރޫފަވެފައެވެ. ރިޔާޝާގެ ޚަބަރެއް ނުވާތީ އޭނާގެ ހިތަށް ލިބެމުންދިޔަ ވޭން އިތުރުވަމުން ދިޔައެވެ. އޭނާގެ ހާލަތު އެނގުމުން ރިޔާޝާ އޭނާ ދޫކޮށްލީއެވެ. އެހެން ނޫންނަމަ ޝިފާން މެދުވެރިކޮށް ނަމަވެސް އޭނާއަށް ރިޔާޝާ ގުޅީހެވެ.

ހަސީނާގެ އެތައް އާދޭހަކާއި ނަޞޭޙަތަކުން އަޔާޒް ކެއީ ހަމަ ނަމަކަށެވެ. އޭނާގެ ހުރި ނުކުޅެދުންތެރިކަމާއި ދޭތެރޭ ވިސްނޭތީ ހިތްދަތިވަނީއެވެ. އަނެއްކޮޅުން މިހާރު ރިޔާޝާވެސް އޭނާ އެ ދޫކޮށްލީއެވެ. އަޔާޒްގެ ކޮޓަރިން ދެލޯ ފޮހެމުން ނުކުތް ހަސީނާ ފެނި ވަހީދު ސުވާލުކުރިއެވެ. “ވަހީދު! އަހަރެންނަކަށް މިވަރަކުން ކެތެއް ނުކުރެވޭނެ. މަގޭ ދަރި… މަގޭ ދަރި އެހެރަ ހަލާކުވަނީ. ކާއެއްޗެއް ނުކާ ތާނގައި މީހަކާ ވާހައެއްވެސް ނުދައްކާ. އަވަހަށް މިކަމަށް ހައްލެއް ހޯދަމާ ހިނގާ.” ހަސީނާ ރޮއިރޮއިފައި ވަހީދު ކައިރީގައި ވާހަކަދެއްކިއެވެ. ވަހީދުވެސް އެވާހަކަތަކާއި ވިސްނަމުން ދާކަމަށް ބުންޏެވެ.

**********

“ރިޔާޝާ!” ރޮމުން އައިސް ގެއަށް ވަންތަނާ އަމީނާގެ ހަރުކަށި އަޑު އިވިގެން ދިޔައެވެ. “ކޮންތާކުން ތިއައީ؟” އަމީނާގެ އަޑު ފަހަރެއް ފަހަރަކަށްވުރެ ދިޔައީ ބާރުވަމުންނެވެ. ރިޔާޝާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. “ބަލަ މަ މިވާހަކަ ދައްކަނީ ކަލެޔާއޭ. މަ ހިތަށް އަރާ މި ސުންޕާ އަންހެނާއަށް އަޑުވެސް ނީވެނީބާއޭ. އަދި މާ މައުސޫމު ފާޑަކަށް ބަލަހައްޓައިގެން އެބަ ހުއްޓެއްނު.” ކުއްލިއަކަށް ރިޔާޝާގެ އިސްތަށިގަނޑުގައި ހިފަމުން އަމީނާ ބުނެލިއެވެ. “ބުނަން ރަނގަޅު ވާހަކައެއް؟ މީގެ ފަހުން ފޯނުގަ އަތްލައިގެން ނުވާނެ. އަދި ކަލޭ މިގެއިން ބޭރަށް ނުކުމެގެންވެސް ނުވާނެ. ކަލޭ މިގޭ ހަތަރު ފާރުން ބޭރަށް އެންމެ ފިޔަވަޅެއް އެޅިއަސް ކުޅި ދައްކާލާނަން.” އަމީނާ ކުއްލިއަކަށް ރިޔާޝާ ކޮއްޕާލުމުން އޭނާ ގޮސް ޖެހުނީ ފާރުގައެވެ.

“ދާނަން. އަދިވެސް ދާނަން. ފޯނުވެސް ކުރާނަން. މީ މަގޭ ބައްޕަގެ ގެ.” ރިޔާޝާ އޭނާގެ އިސްތަށިގަނޑުގައި އަތް އުނގުޅާލަމުން ހަޅޭއްލަވައިގަތެވެ. “ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ. ދާނަމޭ؟” އަމީނާ ރިޔާޝާއާއި ދިމާއަށް އަންނަމުން ބުނެލިއެވެ. “އާނ. އަހަރެން އަދިވެސް…” ރިޔާޝާއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ އަމީނާ އޭނާގެ އަނގަމަތީގައި ފިތައިގަތުމުންނެވެ. “ކަލޭ ޖެހޭނީ މަބުނާ ގޮތެއް ހަދަން. އެހެންނޫނީ މަގޭ ނުބައިކަން ދައްކާލާނަން. ކަލޭ ބަފައެއް ނާންނާނެ ކަލޭ ޖައްސާ ވައްތަރުތައް ބަލާކަށް.” އަމީނާ ރިޔާޝާގެ އަނގަމަތިން އަތް ނަގަމުން ގޮސް ކޮޓަރިއަށް ވަނެވެ.

**********

ރޭގަނޑު ދިހައެއް ޖަހާ ބޮޑުވީއިރުވެސް ޝިފާން ކޮޓަރިން ނުނިކުތުމުން ޚާލިދާ ކަންބޮޑުވިއެވެ. ނަމަވެސް ޝިފާންގެ ކޮޓަރިން ދޭތެރެ ދޭތެރެއިން އޭނާގެ އަޑު އިވޭތީ ހޭލާ އުޅޭކަން ޚާލިދާއަށް އެނގުނެވެ. އޭނާ ދެތިން ފަހަރަކު ގޮވުމުންވެސް ޝިފާން ކާހިތް ނުވާކަމަށް ބުނެ ކާކަށް ނުނިކުތެވެ. އޭރު އާމިރު ވީ އޭނާގެ އޮފީހުގެ އަހަރީ ޖަލްސާއަށް ގޮހެވެ. އެންމެފަހުން ޚާލިދާއަށް ޖެހުނީ އޭނާގެ ފިރިމީހާ އާމިރަށް ގުޅައިގެން ގެންނާށެވެ. އާމިރު އައިސް ގޮވުމުންވެސް ޝިފާން ދޮރެއް ނުހުޅުވިއެވެ. “ޝިފާން! މިދޮރު ހުޅުވާނީތަ ނޫނީ ދޮރު ވައްޓާލަންވީތަ؟” އާމިރު ގާތަށް އައި ރުޅީގައި ދޮރުގައި ތަޅައިގަތެވެ.

ޝިފާން ދޮރު ހުޅުވަން ބޭނުން ނުވިނަމަވެސް އާމިރު ގޮވުން ނުހުއްޓާނެތީ އައިސް ދޮރު ހުޅުވިއެވެ. “ކީއްވެތަ މިދޮރު ނުހުޅުވިގެން ތިއުޅެނީ؟ ހަމަ މިހާރު ގޮސް ކައިގެން އާދޭ! ކައިގެން އައިސް ތިކުރާ ކަމެއް ކުރަން އޮވޭ!” އާމިރު ގާތަށް އައިސްފައިވާ ރުޅީގައި އޭނާއަށް ވާހަކަދެއްކުނީވެސް ވަރަށް ބާރަށެވެ. އާމިރު އެހާ ރުޅިއައިސްފައި ހުރުމުން ޝިފާން ޖެހިލުންވެ ދެރަވެސްވިއެވެ. މިވީހާ ތަނަށް ދުވަހަކުވެސް އާމިރު އޭނާއާއި އެގޮތަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ކާހިތް ނެތްނަމަވެސް އޭނާ ބަދިގެއަށް ދިޔައީ މައިންބަފައިންގެ ހިތް ރުއްސުމަށެވެ. ޝިފާން ކައި ނިމެންދެން ޚާލިދާއާއި އާމިރު އެތާނގައި ތިއްބެވެ.

ގަދަކަމުން ކައި ނިންމައިގެން އެއްވެސް އެއްޗެކޭ ނުބުނެ އެދެމީހުންނަށް ބަލާވެސްނުލާ ޝިފާން ދިޔުމުން އާމިރު ޚާލިދާއާއި ސުވާލުކުރިއެވެ. “އެސޮރަށް ކިހިނެއްތަ ވެފަ އެހެރީ؟” “އެއީ މިއަދު ދިމާވި ކަމަކުން.” އެހެން ބުނެފައި ޚާލިދާ އޭނާއަށް ފެނުނު މަންޒަރާއި އިވުނު ވާހަކަތައް އާމިރަށް ކިޔައިދިނެވެ. “ކޮން ރިޔާޝާއެއް؟” އާމިރު އަހާލިއެވެ. “އިހަށް ދުވަހަކު ޝިފާން ހޯދަން އައެއްނު.” “އާނ އާނ. ހަނދާންވެއްޖެ.” އާމިރު ކުއްލިއަކަށް ހަނދާންވުމުން ބުނެލިއެވެ. “އެމަންޖެ ހުރީ ޙަޤީޤަތުގަވެސް ވަރަށް ދެރަވެފަ. އެކަން އޭނާގެ މޫނުމަތިންވެސް ވަރަށް ސާފުކޮށް އެނގޭ.” ޚާލިދާ ދެރަވެލާފައި ބުނެލިއެވެ.

“ހިނގާބަލަ އެސޮރު ނެރެގެން އެވާހަކަ ދައްކާލަމާ.” އާމިރު އެހެން ބުނުމުން ޚާލިދާ ވަގުތުން އެކަމާ ދެކޮޅުހެދިއެވެ. “ދެން މިހާރަކު ނޫން. މާދަމާ ތަންކޮޅެއް ހަމަޖެހިލައިގެން އެވާހަކަ ދައްކާނީ. އަސްލު ދެންމެ އާމިރު ތި ކަންތައް ކުރީވެސް ރަނގަޅަކަށް ނޫން.” “އަހަރެންނަށްވެސް އިނގޭ ރަނގަޅަކަށް ނޫންކަން ކަންތައް އެ ކުރެވުނީ. އެކަމު އެހެންދޯ ވާނީ. އަހަރެން އިނީ ކިހާ މުހިންމު ޖަލްސާއެއްގައިކަން އެނގެއެއްނު. އެހެންވެ އަސްލު ރުޅި އާދެވުނީވެސް. ގަސްތަކު ނޫން.” އާމިރުވެސް އިނީ އޭނާއަށް ޝިފާންއާއި ވާހަކަ ދެއްކުނު ގޮތުން ދެރަވެފައެވެ. “ދެން އެކަމާ ނުވިސްނާ. މާދަމާ ވާއިރަށް ހުންނާނީ ހަމައަކަށް އެޅިފަ. ދެން ހިނގާ އޮށޯންނަން ދަމާ.” ޚާލިދާ އެހެން ބުނުމުން އާމިރުވެސް ހިނގާށޭ ބުނެފައި ނުކުތެވެ.

**********

މެންދަން ވެގެން ދިޔައިރުވެސް ދެފަރާތަށް ފުރޮޅިފުރޮޅި ރިޔާޝާ އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. އޭނާގެ ހިތާއި ސިކުނޑިގައި އެނބުރެމުންދަނީ އަޔާޒާއި ޝިފާންގެ ޚިޔާލުތަކެވެ. އެމީހުން އޭނާގެ ނިކަމެތިކަމުގެ ނާޖާއިޒް ފައިދާ ނެގި ގޮތުން އޭނާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އެންމެ ފުރަތަމަ ކުލާސް ތެރެއިން އަޔާޒް އޭނާއަށް ތަފާތު ގޮތްގޮތަށް ގޯނާކުރަމުން ދިޔައެވެ. ފަހުން މަގުމަތިންވެސް ދިމާކުރަން ފެށީއެވެ. އޭރުވެސް ޝިފާން އޭނާއަށް މާހެޔޮ އެދިގެން އުޅެން ފެށީއެވެ. އެންމެފަހުން އަޔާޒް މާފަށް އެދި އެކުވެރިކަންވެސް އުފެއްދީއެވެ. މާގިނަ ދުވަސްތަކެއްނުވެ ލޯބިވެސް ހުށަހެޅީއެވެ.

އެކަކަކީ އޭނާގެ މުޅި ދިރިއުޅުމަށް އެންމެ ދުއްތުރާތައް ކުރިމަތި ކުރުވި މީހާއެވެ. އަދި ކުއްލިއަކަށް މާފަށް އެދި އެކުވެރިވީ މަކަރުވެރިޔާއެވެ. އަދި ލޯބިވެޔޭ ބުނެ އޮޅުވާލި ބޭވަފާތެރިޔާއެވެ. އަނެކަކަކީ އޭނާގެ ބޭބެއެއްގެ ގޮތުގައި އޭނާއަށް އިހުސާސްކޮށްދިން މީހާއެވެ. އެމީހެއްގެ އެހީ އެންމެ ބޮޑަށް ބޭނުންވި ދުވަހު ފިލާ ރައްކާވި ހަތުރެވެ. ދެމީހުންވެސް އޭނާ މޮޔަ ހެއްދީއެވެ. ކުރިން އޭނާއަށް އެކަން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ ނޫންނަމަ މިއަދު މިހިތާމައެއް ކުރާކަށް ނުޖެހުނީހެވެ. ރިޔާޝާއަށް އޭނާގެ މޮޔަކަމާއި ހުރެ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. އޭނާ ދުވަހަކުވެސް އެދެމީހުންނަކަށް މާފެއް ނުކުރާނެއެވެ. އެގޮތަށް އޮއްވާ ރިޔާޝާއަށް ނިދުނު އިރެއްވެސް ނޭނގެއެވެ.

ރިޔާޝާއަށް ހޭލެވުނީ ހެނދުނު އަށެއްވެސް ޖެހި ފަހުންނެވެ. އޭނާ އަވަސްއަވަސް ކޮށްލައިގެން ނުކުތްއިރު އަމީނާ އުޅެނީ ރޮށި ފިހާށެވެ. އޭނާ ކަންބޮޑުވެފައި ހުރެ އަމީނާގެ ގާތަށް ދިޔައެވެ. “ކަމަނާއަށް ހޭފުޅުލެވިއްޖެ ދޯ؟ އެނގޭތަ ގަޑިން ވީއިރެއް؟ ބޮޑު ސިންގާ އަންހެނަކަށް ވީމަވެސް ނޭނގޭ ފަތިހު ތެދުވަން ޖެހޭނެ ކަމެއް. މަ ހިތަށްއަރާ މީނަ މީހަކާ އިނދެގެން އުޅޭނީ ކިހިނެއްބާއޭ؟” އަމީނާ އޭނާގެ ގޮވެލިފަތި އިއްވަން ފެށިއެވެ. “މަންމާ! ގެނޭ އަހަރެން އަތަށް.” ރިޔާޝާ ދޭފަތާއި ދިމާއަށް އަތް ދިއްކުރުމުން އަމީނާ ހޫނު ދޭފަތް ރިޔާޝާގެ އަތުގައި ޖެއްސިއެވެ. ރިޔާޝާއަށް ހަޅޭއްލަވައިގަނެވުނީ އަތުން ނަގައިގަތް ދިލައިންނެވެ.

ރިޔާޝާ އަވަސްއަވަހަށް ގޮސް އިސްކުރު ދޫކޮށް އަތަށް ފެންއެޅިއެވެ. ކަރުނަވީ ދެލޮލުން އޭނާ އަމީނާއަށް ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ. މަންމާއެވެ! އަހަރެންނަށް ތިހެން ނުހަދާށެވެ. ތިހެން ތި ހަދަނީ އަހަރެންނަށް ކޮންކަމެއް ގޯސްކޮށް ކުރެވިގެން ހެއްޔެވެ؟ އަހަރެންނަށް އެނގިގެން ގޯސްކޮށް ކަމެއް ނުކުރަމެވެ. އަހަރެންނަށް ގޯސްކޮށް ކަމެއް ކުރެވިފައި ވާނަމަ އެކަމެއް ބުނެދޭށެވެ. އޭރުން އަހަރެން އެކަމެއް ރަނގަޅު ކުރާނަމެވެ. ރިޔާޝާ ހިތާހިތުން ޝަކުވާ ކުރަމުން ދިޔައެވެ. އޭނާގެ އަތުން ފިހިފައި ހުރި ތަނުގައި ބޭސް އުނގުޅާލައިގެން އައިސް ސައި ހެދުމުގައި މަސްއޫލުވިއެވެ.

ސައި ހަދާ ނިމުނުތަނާ ބޭރުން ސަލާމް ގޮވާލި އަޑު އިވިފައި އަމީނާ ސަލާމް ބަލައިގަންނަމުން ބަދިގެއިން ނުކުތެވެ. “އަނހާ އިމާދު. ހާދަ ހެނދުނަކާ.” އަމީނާގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން ބުނެލިއެވެ. “އާނ. މިދެން ހަމަ ހެނދުނު ސައި ގަޑިއަށް ޖައްސާލީ. ކޮބާ އެމަންޖެ؟” އިމާދު އަހާލިއެވެ. “އެބަ އުޅޭ ބަދިގޭގައި.” “ކޮބާ މިހާރު އެމަންޖެ ކައިރީ އެވާހަކަ ދައްކައިފިންތަ؟” އިމާދު އަނެއްކާވެސް އަހާލިއެވެ. “ޝްޝްޝް. ހިނގާ ކޮޓަރިއަށް.” އިމާދުގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް އަމީނާ އިމާދު ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ރިޔާޝާއަށް އެމަންޒަރު ފެނުމުން ތުން އަނބުރާލީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ.

ރިޔާޝާ ބަދިގެއިން ނުކުމެގެން މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. އެވަގުތު އިމާދު ބުނި އެއްޗަކުން އޭނާއަށް ހުއްޓެވުނެވެ. އެދައްކަނީ ކާކުގެ ކައިވެންޏެއްގެ ވާހަކައެއްބާވައެވެ. ތަނެއްގައި މީހަކު ކައިވެނި ކުރަންޏާ އޭނާއަށް ކޮންކަމެއް ހެއްޔެވެ؟ ކޮންމެހެން އެކަން އޭނާއަށް އެނގެން ޖެހޭ ހެއްޔެވެ؟ އަނެއްކާވެސް އަމީނާ އެއުޅެނީ އެމީހާގަނޑާ އިންނަންބާވައެވެ. ދަރިން ބޮޑެތިވީމަވެސް އެހެން އުޅޭކަށް ލަދެއް ނުގަނޭ ހެއްޔެވެ؟ އަނެއްކާ؟ ކުއްލިއަކަށް ރިޔާޝާގެ ހިތަށް އެރި އެއްޗެއްގެ ސަބަބުން ރިޔާޝާގެ ބޮލުގައި ރިއްސާލިއެވެ. އޭނާ އަވަސްއަވަހަށް ކޮޓަރިއަށް ވަނީ އެވާހަކަތައް އިތުރަށް އަޑުއަހަން ބޭނުން ނުވާތީއެވެ.

“އަހަރެން ބޭނުން ވީހާވެސް އަވަހަކަށް އަމީނާއާ އިންނަން. އެކަމު އަދި އެބައޮތް ދޯ ދުވަސްކޮޅެއް.” އިމާދު އަމީނާގެ އަތުގައި ހިފައިގެން އިނދެ ބުނެލިއެވެ. “ހޫމް. އަހަރެންވެސް. އެކަމު މިހާރު ރަތީބާ ކައިރީ އެވާހަކަ ދައްކައިފިންތަ؟” އަމީނާ އަހާލިއެވެ. “އަދި ނުބުނަން. އެކަމު އޭނަ އެއްބަސްވާނެހެން ހީވަނީ. އެއްބަސް ނުވެއްޖެއްޔާ ވަރިކޮށްލީމަ ނިމުނީނު.” އިމާދު އެހެން ބުނެލި ގޮތުން ހީވަނީ އެއީ ކުޅޭ ކުޅިވަރެއް ހެންނެވެ. އެކަން އޭނާއަކަށް އެއްވެސް ކަމަކަށް ނުވިއެވެ. “އަސްލުގަވެސް؟ އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ؟” އަމީނާ އެހެން އަހާލުމުން އިމާދު އަމީނާގެ މޫނާއި އޭނާގެ މޫނު ކައިރިކޮށްލިއެވެ. “ޝައްކުތަ؟” އަމީނާ ބޯ ހޫރާލީ ނޫނެކޭ ބުނެލަމުންނެވެ.

“އަހަރެން ބޭނުން ރިޔާޝާގެ ކައިވެނި ވީހާވެސް އަވަސްކުރަން. އޭރުން އެއަންހެނާގެ ކިބައިން މަށަށް ސަލާމަތްވެވޭނީ. އޭނަޔާހެދި ނޯވޭ އެއްވެސް މިނިވަންކަމެއް. ހުރިހާ ތަނެއް އޭނައަށް ފެންނާނެ. ހީވަނީ މަށަށް ފާރަލައިގެން އުޅޭހެން.” އަމީނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. “ހޫމް. ތިކަން މިއަދުވެސް ހަމަޖެހިދާނެ.” އިމާދު އެހެން ބުނެލަމުން އަމީނާއަށް ބަލާލިއެވެ. އަމީނާގެ ދެލޮލުން ފެންނަމުން ދިޔަ އަސަރުތަކުން އިމާދުގެ ހިއްސުތައް ހޭލިއެވެ. ދެޖިސްމު އެކަތިގަނޑަކަށް ވާކަށް ގިނަ ވަގުތެއް ނުނެގިއެވެ. އެކަކު އަނެކެއްގެ ފަރާތުން އުފާ ހޯދަމުން ދިޔައިރު މިކުރެވެނީ ކިހާ ބޮޑު ފާފައެއް ކަމެއް ޚިޔާލަކު ނެތެވެ. އާޚިރަތަށްވުރެ ދުނިޔޭގެ އުފާ އިސްވެއްޖެނަމަ އެއީ ކަންނުވެ ނުދާނެ ގޮތެވެ.

**********

ޝިފާން އިނީ ފުން ވިސްނުމެއްގައެވެ. އޭނާގެ ބައްޕަ ހެނދުނު ދެއްކި ވާހަކަތަކާމެދު އޭނާ އިނީ ގޮތެއް ނުނިންމިފައެވެ. ނަމަވެސް އޭނާގެ ބައްޕަވެސް އެދެއްކީވެސް ދޮގު ވާހަކަތަކެއް ނޫނެވެ. އެއްވެސް ކަމަކީ އަބަދަށް ސިއްރުކުރެވޭނެ ކަމެއް ނޫނެވެ. އަދި ސިއްރުކުރުމަކީ ދާއިމީ ހައްލެއްވެސް ނޫނެވެ. ރިޔާޝާއަށް އެކަން ސިއްރުކުރާނަމަ އޭނާއަށް ޖެހޭނީ ދޮގު ހަދާށެވެ. ދޮގު ހެދުމަކީ އޭނާ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެއްދޮގު ހަދައިފިނަމަ އެދޮގު ފޫބެއްދުމަށް އެތައް ހާސް ދޮގެއް ހަދަން ޖެހޭނެކަން އޭނާއަށް އެނގެއެވެ. އަނެއްކޮޅުން އޮޅުވާލުމަކީ ނުޙައްޤުން އެތައް ބަޔަކަށް އަދަބު ލިބޭނެ ކަމެކެވެ. އެކަން މިވީ ކުޑަ ވަގުތުކޮޅު ތެރޭވެސް އޭނާއަށް އިހުސާސް ކުރެވިއްޖެއެވެ. އެހެންކަމުން އޭނާ ރިޔާޝާއަށް ޙަޤީޤަތް ކިޔައިދިނުމަށް ނިންމިއެވެ.

ޝިފާން ރިޔާޝާއަށް ގުޅީ ކައިގެން ކޮޓަރިއަށް އައިސްފައެވެ. ފޯނު ރިންގުވީ ރިޔާޝާ ކާން އިށީންނަނިކޮށެވެ. “އެމީހަކަށްވެސް ނޭނގުނު ދޯ މިނޫން ގަޑިއެއްގަ ގުޅާކަށް.” ރިޔާޝާ ކުދި ކިޔަމުން ގޮސް ފޯނު ނެގިއިރު މިއަދު ހެނދުނު އަމީނާ އޭނާ ގާތުގައި ފޯނުގައި އަތް ނުލުމަށް ބުނި ހަނދާނެއް ނެތެވެ. “ހަލޯ.” “ހަލޯ ރިޔާ! އިހަށް ފޯނު ނުބާއްވައްޗޭ. އަހަރެން މިގުޅީ ވަރަށް ބޮޑު ކަމަކު. ޙަޤީޤަތް އެނގެން ބޭނުމިއްޔާ މިއަދު ހަވީރު ފަހެއް ޖަހާއިރަށް އާޓިފިޝަލް ބީޗަށް ގޮސްދޭތި. އަހަރެން އެތާ ރިޔާއަށް އިންތިޒާރު ކުރާނަން.” ރިޔާޝާއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ ޝިފާން ފޯނު ކަނޑާލިއެވެ. އޭނާ ފޯނު ބާއްވާފައި އެނބުރި ބަދިގެއަށް ދިޔައީ ބަނޑުހައިވެފައި ހުރިވަރުން އަވަހަށް ކެވޭތޯއެވެ.

ރިޔާޝާ ކާން އިންއިރު ވިސްނެމުން ދިޔައީ އޭނާ ޝިފާންއާއި ބައްދަލުކުރަން ދާނެ ގޮތަކާމެދުއެވެ. އޭނާ ހުރީ ޝިފާންއާވެސް ވާހަކަ ނުދައްކަން ނިންމައިގެންނެވެ. ނަމަވެސް ޙަޤީޤަތަކީ ކޮބައިކަން އެނގެން އޭނާވެސް ބޭނުމެވެ. ނަމަވެސް އޭނާ ގެއިން ބޭރަށް ދިއުން އޮތީ މަނާކޮށްފައެވެ. އޭނާ ބޭރަށް ގޮސްފިނަމަ އަމީނާ އޭނާއަށް ހަދާލާނެ ގޮތެއްވެސް ނޭނގެއެވެ. އޭނާ ކައި ނިމެނިކޮށް އަމީނާއާއި އިމާދު އައިސް ބަދިގެއަށް ވަނެވެ. އިމާދު ރިޔާޝާއަށް ބަލާލާފައި ވަރަށް ގާތް ގޮތަކަށް ހާލު ކިހިނެއްތޯ އަހާލިއެވެ. ރިޔާޝާ އިމާދަށް ބަލާވެސްނުލާ ހާލު ރަނގަޅުކަމަށް ބުނެފައި އަވަހަށް ތެދުވިއެވެ. އަތް ދޮވެ ތަށި ދޮވެ ހަދައިގެން ގޮސް ބަދިގެ ދޮރުން ނިކުމެ ނިކުމެ ހުއްޓާ އަމީނާ އޭނާއަށް ގޮވިއެވެ.

“އިހަށް އައިސް މިތާ އިށީންދެބަލަ.” އަމީނާ ތަންކޮޅެއް މަޑުމައިތިރިކޮށް ބުނުމުން ރިޔާޝާ ކިޔަމަންތެރިކަމާއެކު އައިސް އިށީނެވެ. “ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން.” އަމީނާ އެހެން ބުނެލުމާއެކު ރިޔާޝާގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ކޮންމެވެސް ބޮޑު ކަމެއް ވާންއުޅޭ ކަމުގައި އޭނާގެ ހިތް ބުނަންފެށިއެވެ. ހަމަ އެވަގުތު އޭނާގެ ހިތަށް ފޫހިކަން ވެރިވީ ހެނދުނު އޭނާއަށް އިވުނު ވާހަކަތައް ހަނދާންވުމުންނެވެ. “ރިޔާޝާވެސް މިހާރު ތިހިރީ ބޮޑުވެފައި. މީހުންނާ އިންނަވަރުވެފައި. އަންހެންކުދިން ނުވާނެ އެހާ ގިނަ ދުވަހު މީހުންނާ ނީނދެ ތިބޭކަށް. އެހެންވީމަ އަހަރެން ރިޔާޝާގެ ކައިވެނި ހަމަޖައްސައިފިން.” އަމީނާ އެހެން ބުނެލުމުން ރިޔާޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލިބުނު ސިހުމުގައި އޭނާއަށް ކޮޅަށްވެސް ތެދުވެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

މިހިތުގެ ފަސާނާ 17

Next

ފުރަތަމަ ނަޒަރުން 3

Next
October 30, 2016

ފުރަތަމަ ނަޒަރުން 3

Previews
October 30, 2016

މިހިތުގެ ފަސާނާ 17

32 Comments!

  1. yaana says:
    October 30, 2016 at 7:22 am

    v reethi

    1. Saandy says:
      October 31, 2016 at 2:35 am

      ޝުކުރިއްޔާ 🙂

  2. khajja says:
    October 30, 2016 at 7:43 am

    Wow v rythi v furihama keep it up n waiting for next part

    1. Saandy says:
      October 31, 2016 at 2:36 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 13ވަނަ ބައި ގެނެސްދޭނަން

  3. Aish says:
    October 30, 2016 at 8:03 am

    V Salhi…

    1. Saandy says:
      October 31, 2016 at 2:36 am

      ޝުކުރިއްޔާ

  4. Zaany says:
    October 30, 2016 at 9:14 am

    V salhi

    1. Saandy says:
      October 31, 2016 at 2:39 am

      ޝުކުރިއްޔާ 🙂

  5. Navya says:
    October 30, 2016 at 9:45 am

    Vvv reethi?

    1. Saandy says:
      October 31, 2016 at 2:40 am

      ޝުކުރިއްޔާ 🙂

  6. Azuna says:
    October 30, 2016 at 9:47 am

    Nice

    1. Saandy says:
      October 31, 2016 at 2:41 am

      ޝުކުރިއްޔާ 🙂

  7. LiaaSher says:
    October 30, 2016 at 3:15 pm

    V reethi mi vaahaka <3
    Alhe Riyaashaa libenjeheynii Ayaaz ah ingey.. E dhe meehun varah lowbi

    1. Saandy says:
      October 31, 2016 at 2:47 am

      ޝުކުރިއްޔާ 🙂

  8. Anonymous says:
    October 30, 2016 at 3:16 pm

    obinxx 2 tha max….dhn kon irakunn tha aneh baii up vaanee…………

    1. Saandy says:
      October 31, 2016 at 2:41 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 13ވަނަ ބައި ގެނެސްދޭނަން

  9. xim says:
    October 30, 2016 at 3:17 pm

    obinxx 2 tha max….dhn kon irakunn tha aneh baii up vaanee…………

    1. Saandy says:
      October 31, 2016 at 2:42 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 13ވަނަ ބައި ގެނެސްދޭނަން

  10. raf says:
    October 30, 2016 at 5:35 pm

    thithi kadaey….den riyaage mulhi life halaakuvi e thi mihaa gandakaa hedi…riya n ayaa durunukurachey eyrah v hadivaane…n shifaan kariah riyaa ah devey goy hadaadii..n i hope aisha help kodeyne kama…

    1. raf says:
      October 30, 2016 at 5:36 pm

      mihaaru vaahaka kiyaahives kedije ameena yaka hedi…but i will read masha allah

    2. Saandy says:
      October 31, 2016 at 2:46 am

      ޝުކުރިއްޔާ ތިދެއްވާ ސަޕޯޓަށް

    3. Saandy says:
      October 31, 2016 at 2:47 am

      އުންމީދުކުރަން ވާހަކަ ނިމެންދެން ކިޔާލާނެކަމަށް 🙂

    4. raf says:
      October 31, 2016 at 1:51 pm

      yes ill read this story nimenden insha allah…

    5. Saandy says:
      October 31, 2016 at 7:06 pm

      ޝުކުރިއްޔާ ރަފް

  11. Akky says:
    October 31, 2016 at 9:44 am

    Vv rythi commenteh nukurevunas mi vaahaka kiyan. Adhi kithah prt ebaoytha saandy

    1. Saandy says:
      October 31, 2016 at 7:07 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލާތީ… އަދި ނޭނގެ ބާކީ އޮތީ ކިތައް ބައިކަމެއް… ކޮންމެ ދުވަހަކުވެސް ލިޔެފަ އަޕްކޮށްލަނީ

  12. someone says:
    October 31, 2016 at 1:52 pm

    saandy akee girl etha nunii boy etha???

    1. Saandy says:
      October 31, 2016 at 7:05 pm

      ފިރިހެނެއް

  13. Qeen says:
    October 31, 2016 at 7:51 pm

    Ahaadhalahey saandy thankolheh avahah up vaanegothenetheethahama keekeraani mikudhin bunaagotha hadhaaigen inthizaaru kurunnoongothe dhen neh

    1. Saandy says:
      October 31, 2016 at 9:09 pm

      ޝުކުރިއްޔާ! މިހާރު އަޕްކޮށްލާފަ އިންނާނީ

  14. ލިކާމާ އަކްމަލައި says:
    November 5, 2016 at 2:16 pm

    ވަރަށް އަސަރު ގަދަ ވަރަށް ސަޅި

    1. Saandy says:
      November 6, 2016 at 1:09 am

      ޝުކުރިއްޔާ

Comments are closed.

Next Episodeރިޔާޝާ (13ވަނަ ބައި)←


All Right Reserved!