Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (14ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
November 1, 2016 5 Mins Read
28 Comments

ރިޔާޝާ އެނދުމަތީގައި ބަންޑުން ރޯން އޮއްވާ ދޮރު ހުޅުވާލި އަޑަށް ސިހިފައި ރިޔާޝާ ދެލޯ ފޮހެލިއެވެ. އަދި އަވަސްއަވަހަށް ދޮރާއި ދިމާއަށް ބަލާލިއެވެ. އެއާއެކު އޭނާއަށް ލިބުނު ހައިރާންކަމުގައި “އަޔާ” އޭ ބުނެލެވުނެވެ.

ދޮރުމަތީގައި އެހުރީ ހަމަ އަޔާޒްގެ ސޫރައެވެ. ރިޔާޝާއަށް ބޭއިޚްތިޔާރުގައި ދުވެފައިގޮސް އެޒުވާނާ ގައިގައި ބައްދާލިއެވެ. އަދި ރޯން ފެށިއެވެ. ރިޔާޝާއަށް ވީގޮތް ފެނިފައި އެޒުވާނާ ހުރީ ހައިރާންވެފައެވެ. އަދި އޭނާއަށް “އަޔާ” އޭ ކިޔާ މުޚާތަބުކުރުމުން އޭނާގެ ހައިރާންކަން ދެގުނައަށް އިތުރުވިއެވެ. އެޒުވާނާ ރިޔާޝާގެ ކޮނޑުގައި ހިފާ ގަޔާއި ދުރުކޮށްލަން އުޅުމުން ރިޔާޝާ ބޮޑަށް އޭނާ ގައިގައި ހިފައިގަތީއެވެ. “ޕްލީޒް. އަހަރެން ދޫކޮށްލާފަ ނުދޭ. އަހަރެންނަކަށް އަޔާއާ ނުލައެއް ނޫޅެވޭނެ.” ރިޔާޝާ ރޮމުން ބުނެލިއެވެ.

“ރިޔާޝާ ޕްލީޒް.” އެޒުވާނާ ރިޔާޝާ އޭނާގެ ގަޔާއި ދުރުކޮށްލަމުން އެހެން ބުނެލާފައި ލޯތްބާއެކު ރިޔާޝާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލައިދިނެވެ. “އަހަރެން މީ ރިޔާޝާ ތިހީކުރާ މީހާއެއް ނޫން. އަދި އަހަރެންގެ ނަމަކީ އަޔާއެއްވެސް ނޫން. އަހަރެންގެ ނަމަކީ ފަޔާޒް. އަހަރެންނަކަށް ނޭނގެ ރިޔާޝާ އަހަރެންނަށް އަޔާ ކިޔަން ޖެހުނު ސަބަބެއް. އަހަރެން ތިބުނާ މީހަކާ މާ ވައްތަރީތަ؟” ފަޔާޒްގެ މޫނުމަތިން ފެންނަންހުރީ ސީރިއަސްކަމެވެ. “ނޫން. އަޔާ! ތީ ކޮންކަހަލަ ސަމާސާއެއް. ތިކަހަލަ ސަމާސާ ނުކުރޭ. އަހަރެންނަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.” ރިޔާޝާ ފަޔާޒްގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ.

ފަޔާޒް ރިޔާޝާގެ ދެއަތުގައި ހިފާ އޭނާގެ މޫނާއި ދުރުކޮށްލިއެވެ. “މީ ސަމާސާއެއް ނޫން. އަހަރެން ރިޔާޝާއަށް އެއްވެސް އެއްޗެއް އޮޅުވާލާކަށް ބޭނުމެއް ނޫން. އަހަރެން ރިޔާޝާއަށް ހުރިހާ އެއްޗެއްވެސް ކިޔައިދޭނަން. އެކަމަކު މިހާރަކު ނޫން. މާދަމާ ހަވީރު ހަތަރެއް ޖަހާއިރަށް ތައްޔާރުވެގެން ހުރޭ. އަހަރެން ރިޔާޝާ ބަލާ އަންނާނަން.” ފަޔާޒް އެހެން ބުނެފައި ގޮސް ކޮޓަރިން ނުކުތުމުން ރިޔާޝާއަށް ހުރެވުނީ އެދެއްކި ވާހަކަތައް ޤަބޫލު ނުކުރެވިފައެވެ. އެކަން ޤަބޫލުކުރާނީވެސް ކިހިނެއް ހެއްޔެވެ؟ ދެންމެ އޭނާގެ ކުރިމަތީގައި އެހުރީ އަޔާޒް ނޫން ދެވަނަ މީހެއް ނޫނެވެ. މިއީ ރޭގަނޑުކަން ޔަޤީންވާ ފަދައިން އެއީ އަޔާޒްކަން އޭނާއަށް ޔަޤީންވެއެވެ.

ރިޔާޝާއަށް އެރޭ އެންމެ ލޮލު ފިޔައެއްވެސް ނުޖެހުނެވެ. ނިދި ވަނީ އޭނާގެ ލޮލާއި އެތައް ހާސް މޭލެއް ދުރުގައެވެ. އަދިވެސް މިރޭ ފަޔާޒް އެދެއްކި ވާހަކަތައް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ. ދެން އޮތް ގޮތަކީ މާދަމާ ހަވީރަށް އިންތިޒާރު ކުރުމެވެ. އެކަމުގައި ފޮރުވިފައިވާ ޙަޤީޤަތް އެނގޭނީ އޭރުންނެވެ. އަނެއްކާ އަޔާޒް އެއުޅެނީ ފަޔާޒްގެ ނަމުގައި އައިސް ހެއްޔެވެ؟ ނޫނީ މި ކައިވެންޏަކީވެސް ރޭވުމެއް ހެއްޔެވެ؟ ބޮޑު އޮޅުވާލުމެއް ހެއްޔެވެ؟ ފަޔާޒް އޭނާއާއި ކައިވެނިކޮށްފައި ބޭރު ބަޔަކަށް ވިއްކާވެސް ލާފާނެއެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ މާތްކަލާކޯއެވެ! އަހަރެންގެ ހިތަށް މިއަރަނީ ކޮންފަދަ ނުބައި އެއްޗެހިތަކެއް ހެއްޔެވެ؟

ފަތިސް ނަމާދު ބަންޤި ގޮވުމުން ރިޔާޝާ ނަމާދުކޮށްލައިގެން ނުކުމެ ސައި ހެދުމުގައި އަވަދިނެތި އުޅުނެވެ. އޭނާ ރޮށި ފިހަން ހުއްޓާ އަމީނާ އައިސް ބަދިގެއަށް ވަދެފައި ހިނިތުންވުމެއް ރައްދުކޮށްލެވުނެވެ. ބަދަލުގައި ރިޔާޝާއަށް ފޫހިކަމާއެކު ދުރަށް މޫނު އަނބުރާލެވުނީއެވެ. އޭނާގެ ހިތް ވަނީ ދުވަހަކުވެސް އަމީނާގެ މައްޗަށް ހެޔޮނުވާނެ ވަރަށް ކިލަނބުވެފައެވެ. އޭނާއަށް އިހުސާސްކުރެވެނީ ބަގީޗާއެއްގައި އިން މަލެއް ކަށިކުނބުރު ޖަންގައްޔަކަށް އެއްލާލީކަމުގައެވެ. އަމީނާ އޭނާ ދިރިހުއްޓާ ވަޅުލީ ކަމުގައެވެ. އަމީނާއަށް އެކަން މާބޮޑު ކަމަކަށް ނުވިއެވެ. އޭނާގެ މަޤްސަދު ހާސިލްވާކަށް މާގިނަ ދުވަހެއް ނެތެވެ. ނަމަވެސް އޭނާއަށް މިހާރުވެސް ހީވަނީ އެއްއަހަރު ވެއްޖެހެންނެވެ. އެހާވެސް އޭނާ ހުންނަނީ ކެތްތެރިކަން ކުޑަވެފައެވެ.

ސައި ހަދާ ނިމުމުން ރިޔާޝާ ބޭރަށް ނުކުތީ އަމީނާގެ ކުރިމަތީ ހުންނަން ބޭނުން ނުވާތީއެވެ. އަމީނާގެ ސޫރަދެކެވެސް އޭނާ މިހާރު ނަފުރަތު ކުރެއެވެ. އެވަގުތު އިމާދު އައިސް ވަދެފައި ރިޔާޝާއާއި މުޚާތަބުކުރީ ދަރިފުޅުގެ ނަމުންނެވެ. ރިޔާޝާއަށް ބޭއިޚްތިޔާރުގައި ހީލެވުނީ އޭނާ އެކަމަށް އެދިއެދި ހުރިވަރުންނެވެ. އޭނާގެ ބައްޕަގެ ވަކިވެދިޔުމާއެކު އޭނާ ހުރީ ބައްޕައެއްގެ ލޯތްބަށް ފެންބޮވައިގެންފައެވެ. އެހެން ހުއްޓާ ރަޝީދު އައިސް އޭނާއަށް އަމިއްލަ ދަރިއެއްހެން ކަންތައްތައް ކޮށްދޭން ފެށުމުން އޭނާއަށް ކުޑަކުޑަ އުފަލެއް ލިބުނެވެ. ނަމަވެސް އަމީނާގެ ނުލަފާކަމުން އޭނާ އެލޯބިންވެސް މަޙުރޫމުކޮށްފިއެވެ.

“މާދު!” އަމީނާއަށް އިމާދުގެ އަޑު އިވިގެން ބަދިގެއިން ނުކުތެވެ. އަދި އައިސް އިމާދުގެ ގައިގައި އޮޅުލައިގަތެވެ. ރިޔާޝާއަށް މޫނު އަނބުރާލެވުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އިމާދަށް ރިޔާޝާއަށް ބަލާލެވުނެވެ. އޭރު ރިޔާޝާ ދުރަށް އެނބުރި ހުރިތަން ފެނުމުން އޭނާ ލަދުގަތީކަން އިމާދަށް އެނގުނެވެ. އަމީނާ ބޭރުތެރޭގައި އެހާ ގައިގޯޅިވެގެން އުޅޭތީ އިމާދު ވަރަށް ހިތްހަމަނުޖެހެއެވެ. ނަމަވެސް އޭނާ ހިމޭނުން އެހުންނަނީ އޭނާގެ މަޤްސަދު ހާސިލް ނުވެދާނެތީއެވެ. އޭނާގެ މަޤްސަދު ހާސިލްވުމާއެކު އޭނާ އަމީނާގެ މައްޗަށް އަތްގަދަކުރާނެއެވެ.

އިމާދު އަމީނާ އޭނާއާއި ދުރުކޮށްލީ އުނދަގޫވެގެންނެވެ. ނަމަވެސް އޭނާ އެކަން މޫނުމަތިން ނުދައްކާ ވޭތޯ ބެލިއެވެ. މީހުންގެ ކުރިމަތީގައި އެހެން އުޅެގެން ނުވާނެކަން އޭނާއަށް ވިސްނެއެވެ. އަދި ޚާއްސަކޮށް ދަރިންގެ ކުރިމަތީގައެވެ. އެހެންކަމުން އޭނާ އަމީނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. “އަމީ! އަހަރެން ކިތައް ފަހަރު ބުނެފިންތަ ކޮޓަރިން ބޭރުގައި ތިހެން ނޫޅޭށޭ. އަދި އަހަރެމެން ދެމީހުން ނުވެސް އިންނަމެއްނު. މީހަކަށް ފެނިއްޖެއްޔާ ކީކޭ ހިތަށް އަރާނީ؟” އިމާދު އަމީނާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“އަސްލު އަހަރެމެން ދެމީހުންނަށްވެސް އެނގެއެއްނު އަހަރެމެންނަށް މިއުޅެވެނީ އަދި ރަނގަޅަކަށް ނޫންކަން. އަހަރެމެންނަކީ އަދި ހިލޭ ދެމީހުން. މިހާރުވެސް އުޅެން ނުވާ ކިތަންމެ ގޮތަކަށް އުޅެވިއްޖެ. ދެން ހިނގާ އިނދެވެންދެން ތަންކޮޅެއް ދުރުގައި އުޅެން. ދެން މާގިނަ ދުވަހެއްވެސް ނެތެއްނު. ހަމަ އަމީގެ ޢިއްދަ ހަމަވާއިރަށް އެކަން ނިންމާނަން.” އިމާދުގެ ވާހަކަދެއްކުމުގެ ރާގު ބަދަލުވެފައި ހުރިވަރުން އަމީނާ ހައިރާންވިއެވެ. ކުރިންވެސް އިމާދު ވަނީ އަމީނާ ގާތުގައި ކޮޓަރިން ބޭރުގައި ގައިގޯޅިވެގެން ނޫޅުމަށް ބުނެފައެވެ. އެކަމަކު މިއަދު އެވާހަކަ ދެއްކި ގޮތުން އަމީނާ މާބޮޑަށް ހައިރާންވީއެވެ. އަމީނާވެސް އެކަމާ އެއްބަސްވީ އޭނާގެ މަޤްސަދު ހާސިލްވާން އޮތީ ހަމައެކަނި އިމާދު ރުއްސައިގެންކަން އެނގޭތީއެވެ.

ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން އަމީނާ ހައިރާންވިއެވެ. އަދި ހުޅުވާށޭ ބުނެލީ ރިޔާޝާއަށް ވެދާނެ ކަމަކަށް ނޫނެވެ. ރިޔާޝާ ދޮރު ހުޅުވާލުމުން އަމީނާގެ ހައިރާންކަން އިތުރުވީ އޭނާ ރަޝީދުގެ ރަށަށް ގޮސްފައި އައިފަހުން މިނޫނީ ރިޔާޝާ އޭނާގެ ކޮޓަރިއަށް ވަދެފައި ނުވާތީއެވެ. “ހިނގާ ސައިބޯން.” އަދަބުވެރިކަމާއެކު ރިޔާޝާ އެހެން ބުނެލުމުން އަމީނާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެންމެފަހުން ރިޔާޝާވެސް އިމާދުއާއި ރުހުނީއެވެ. އެހެން ނޫންނަމަ މިއަދު އައިސް އެމީހުންގެ ގާތުގައި ސައިބޯން ދާކަށް ނުބުނީހޭ އޭނާގެ ހިތަށްއެރިއެވެ. “މިދަނީ.” ރިޔާޝާ ނިކުންނަން ހިނގައިގަތުމުން އަމީނާ ބުނެލިއެވެ.

ސައި ބޮއިގެން ނުކުތް ގޮތަށް ރިޔާޝާ ވަނީ ކޮޓަރިއަށެވެ. އޭނާ އިމާދަށް އިޙްތިރާމްކުރީ އެއީ ހަމައެކަނި އޭނާގެ ވާންއުޅޭ ބަފައިބެއަށް ވާތީއެވެ. އޭނާގެ ހިތް އަދިވެސް މުޅިއަކުން އިމާދަކަށް ހެވެއްނުވެއެވެ. އޭނާ އަމީނާއާއެކު އެއުޅޭ ގޮތް ރިޔާޝާއަށް ކަމުނުދަނީއެވެ. ހިލޭ ދެމީހުންގެ މެދުގައި އެފަދަ ގުޅުމެއް ހިންގައިގެން ނުވާނެއެވެ. އަމީނާގެ ޢިއްދަ ހަމަވަންދެންވެސް ކެތްނުކުރެވެނީ ހެއްޔެވެ؟ ޢިއްދަ ހަމަވުމުން ކައިވެނި ކޮށްގެން ކުރާކަމެއް ކުރަން މައިތިރިވެގެން ތިބެންވީ ނޫންހެއްޔޭ ރިޔާޝާގެ ހިތަށްއެރިއެވެ.

ގަޑިން ހަތަރެއް ޖެހިއިރު ރިޔާޝާ ހުރީ ތައްޔާރުވެގެންނެވެ. އޭނާ ހުރީ ޙަޤީޤަތް އޮޅުންފިލުވަން ނުހަނު ބޭނުންވެފައެވެ. އެހްނަމުން އޭނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ އަމީނާ ގޮވާލި އަޑު އިވުމުން އަވަސްއަވަހަށް ނުކުތީ ފަޔާޒް އައީކަމަށް ހީކޮށެވެ. ރިޔާޝާ ނުކުތުމުން އަމީނާ ހައިރާންވެފައި ބަލާލިއެވެ. “ކޮންތާކަށް ދާން ތިއުޅެނީ؟” “މި… މި… މި ފަޔާޒް ގުޅާފައި ބުނީ… ހަތަރު ގަޑި ބައިގައި އަންނާނަމޭ ބަލާ. ތައްޔާރުވެގެން… ހުންނައްޗޭ. ކޮންމެވެސް ތަނަކަށް… ދާންވެގެންނޯ.” ރިޔާޝާއަށް އެހެން ބުނެވުނީ އަޅައަޅައިގަންނަމުންނެވެ. އޭނާ ހުރީ އަމީނާ ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ ޖެހިލުންވެފައެވެ.

“އެހެންތަ؟ އާނ. އެހެންވިއްޔާ އަޅާނުލާ.” އަމީނާ ހިނިތުންވެލަމުން ބުނެލިއެވެ. “ކޮބާ ތައްޔާރުތަ؟” އެވަގުތު އެތެރެއަށް ވަދެގެން އައި ފަޔާޒް ބުނެލިއެވެ. “ދައްތާ! އަހަރެން އަންނާނަން ރިޔާޝާ ގޮވައިގެން ބޭރަށް ގޮސްލާފައި. އެންމެ ރަނގަޅުތަ؟” ފަޔާޒް އަމީނާގެ ހުއްދައަކަށް އެދުނެވެ. “އާނ. އެކަމަކު ދެން ފަޔާޒްވެސް ކިޔަންވާނީ މަންމަ.” އަމީނާ އެހެން ބުނެލުމުން ފަޔާޒް ހީލާފައި އާނއެކޭ ބުނެލިއެވެ. އަމީނާގެ ކަންތައް ހުރިގޮތުން ރިޔާޝާ ހައިރާންވިއެވެ. އިއްޔެގައި ގެއިން ބޭރަށް ދިޔުން މަނާކޮށްފައި މިއަދު އެހާ ފަސޭހައިން ހުއްދަ ދިނީތީއެވެ. މިއީ އަޖައިބެއް ކަހަލަ މީހެކޭ ރިޔާޝާގެ ހިތަށްއެރިއެވެ. ހައިރާންވެފައި ހުރެ ފަޔާޒްގެ ފަހަތުން ރިޔާޝާ ހިނގައިގަތެވެ.

ފަޔާޒްގެ ސައިކަލު ފަހަތުގައި އިނުމުން ރިޔާޝާގެ ހިތް ނުތަނަވަސްވިއެވެ. ރިޔާޝާ ޚިޔާލެއްގައި އިންދާ ފަޔާޒް ކުއްލިއަކަށް ބުރަކި ޖެއްސުމުން އެރި ކުއްލި ލޮޅުމުގައި ރިޔާޝާ އައިސް ތަތްވީ ފަޔާޒްގެ ބުރަކަށީގައެވެ. “ސޮރީ!” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. ޓްރެފިކް ލައިޓްގެ ފެހި ބޮކި ދިއްލުމުން ފަޔާޒް ސައިކަލު ދުއްވާފައި ގޮސް މަޑުކުރީ އާޓިފިޝަލް ބީޗް ކައިރިއަށެވެ. ރިޔާޝާ ފޭބުމުން ފަޔާޒް ސައިކަލު ޕާކުކޮށްލާފައި އައިސް ރިޔާޝާއާއެކު ހިލަ ގޮނޑިތަކާއި ދިމާއަށް ހިނގައިގަތެވެ. “ހިނގާ އެއްޗެއް ކާލަން ދަމާ.” ފަޔާޒް އެހެން ބުނެލުމުން ރިޔާޝާވެސް ދެކޮޅެއް ނުހަދައެވެ. ދެމީހުން ކައިރީގައި ހުރި ޑައިނަމޯ ތެރެއަށް ވަދެ ޚިޔާރުކުރީ ވީހާވެސް މީހުން މަދު ހިސާބެކެވެ.

“ކޮން އެއްޗެއް ގެންނާނީ؟” ފަޔާޒް އެހެން އަހާލިއިރު ރިޔާޝާ އިނީ ސީދާ ފަޔާޒްގެ މޫނަށް ބަލާށެވެ. “ފަޔާއަށް ރަނގަޅު އެއްޗެއް އަހަރެންނަށްވެސް ހަމަ ރަނގަޅުވާނެ.” ރިޔާޝާ ހަމަ އެއިންގޮތަށް އިނދެ ބުނެލިއެވެ. “އަހަރެންނަށް ރަނގަޅު ކޮންމެ އެއްޗެއްވެސް ރިޔާއަށް ކަމުދާނެތަ؟” ފަޔާޒްވެސް ރިޔާޝާއަށް ބަލަން އިނދެ ބުނެލިއެވެ. ރިޔާޝާ ހޫމް އަޅުވާލިއެވެ. އޭރުވެސް އޭނާ ފަޔާޒްގެ މޫނުން ނަޒަރު ވަކިކޮށެއް ނުލައެވެ. ހީވަނީ ފަޔާޒްގެ މޫނުން އޭނާ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ދިރާސާއެއް ކުރަމުންދާހެންނެވެ.

ފަޔާޒް ވެއިޓަރަކަށް ގޮވާލުމާއެކު ވެއިޓަރ އައިސް އޯޑަރު ނަގައިގެން ދިޔައެވެ. “ތިހާ ވަރަށް ނުބަލަބަލަ. މަ ފިރިހެނަކަސް ލަދުގަންނާނެ ދޯ ތިހާ ވަރަށް ބަލަންޏާ.” ރިޔާޝާ ބަލާވަރުން ފަޔާޒް ލަދުގަންނަ ގޮތްވިއެވެ. ކުއްލިއަކަށް ފަޔާޒް އެހެން ބުނުމުން ރިޔާޝާއަށްވެސް އޭނާއަށް ކުރެވުނު ކަންތަކާއި ދޭތެރޭ ވިސްނާލެވުނެވެ. އިސާހިތަކު އޭނާގެ މޫނަށް ޖަންބުކުލަ ވެރިވެގަތެވެ. ފަޔާޒަށް ހައިރާންވެފައި ބަލަހައްޓައިގެން އިނދެވުނެވެ. އޭނާގެ ކުރިމަތީގައި މިއިނީ އެންމެ ދެބައްދަލުވުމުން އޭނާގެ ހިތް އަތުލި އަންހެންކުއްޖާއެވެ. ނަމަވެސް އެކަން ހާމަކުރަން އޭނާ ފަސްޖެހެނީއެވެ. އެއަންހެންކުއްޖާއާއި ކައިވެނިކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އެއަންހެންކުއްޖާގެ ހިތް ދެވިފައިވަނީ އެހެން މީހަކަށްކަން އެނގުމުން އޭނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ.

“ކޮން ވާހަކައެއް ދައްކަން އަހަރެން މިތަނަށް ތިގެނައީ؟” ރިޔާޝާ އެހެން އަހާލިއިރު އޭނާ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. “އަސްލު އަހަރެން މިދައްކާ ވާހަކައަކުން ރިޔާ ރުޅި ނާންނައްޗޭ.” ފަޔާޒް އެހެން ބުނެލުމުން ރިޔާޝާ ބޯޖަހާލީ އެކަމާއި އެއްބަސްވުމުގެ ގޮތުންނެވެ. “އަސްލު އަހަރެން ރިޔާޝާގެ ކައިވެންޏަށް އެދުނީ އަހަރެން ރިޔާޝާދެކެ ލޯބިވާތީ. އަހަރެން ރިޔާއާއި ބެހޭ މައުލޫމާތު ހޯދި ހޯދުމުން އެނގުނީ ތީ ވަރަށް ނިކަމެތި ހާލުގައި އުޅޭ ކުއްޖެއްކަން. ރިޔާޝާގެ މަންމަ ކަންތައް ކުރާ ގޮތްވެސް އަހަރެންނަށް އޮތީ އެނގިފައި. އެހެންވެ އަހަރެން ނިންމީ ރިޔާޝާ ތި ގައިދުހާނާއިން ސަލާމަތްކޮށް ތަންކޮޅެއް މިނިވަން ޖައްވަކަށް ނޭވާލާނެ ފުރުސަތު ދޭން. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ރިޔާޝާއާ ކައިވެނިކުރުން. އަހަރެންގެ ގެއިން ރިޔާޝާއަށް ފުރިހަމަ މިނިވަންކަން ލިބޭނެ.” ފަޔާޒް ބުނެލިއެވެ.

ރިޔާޝާ އެއްޗެކޭ ބުނަން އުޅެނިކޮށް ވެއިޓަރ އައިސް ޕިއްޒާއާއި ދެ ކޯކްފުޅި ބެހެއްޓުމުން ފަޔާޒް “ތޭންކްސް” އޭ ބުނެލިއެވެ. “އަދި އަހަރެންނަށް އެނގިފައި އޮތްގޮތުން ރިޔާޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އެހެންވީމަ ރިޔާޝާއަށް އަހަރެންނާ ގުޅެން އުނދަގޫވާނެކަންވެސް އެނގޭ. އެކަމަކު އަހަރެން ހީކުރަން ރިޔާޝާ މިކައިވެންޏާ ދެކޮޅު ނުހަދާނެކަމަށް. އަދި އެއްވާހަކަ. ރިޔާޝާގެ ނުރުހުމުގައި އަހަރެން ރިޔާޝާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނަން.” ފަޔާޒް ރިޔާޝާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ރިޔާޝާ ފަޔާޒަށް ބަލާލީ ހައިރާންވެފައި އިނދެއެވެ. ފަޔާޒް ބޯޖަހާލީ އަހަރެންނަށް އިތުބާރުކުރާށޭ ބުނާފަދަ ގޮތަކަށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އެހަނދާން ހިތަކުން ނުފިލާނޭ….

Next

އެފިނިމެންދަން 17

Next
November 1, 2016

އެފިނިމެންދަން 17

Previews
November 1, 2016

އެހަނދާން ހިތަކުން ނުފިލާނޭ….

28 Comments!

  1. kayashandy says:
    November 1, 2016 at 8:51 pm

    is this a true story or de idea is based on a true story. …??
    nice…keep gng…☺

    1. Saandy says:
      November 2, 2016 at 12:12 am

      ޝުކުރިއްޔާ! ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައި

  2. Shara says:
    November 1, 2016 at 8:59 pm

    V reethi mi baa vx!!!??? Ekn haadha kurey!!?

    1. Saandy says:
      November 1, 2016 at 10:24 pm

      ޝުކުރިއްޔާ! ކުރުތަ؟ 15ވަނަ ބައި ދިގުކޮށްލެވޭތޯ ބަލާނަން

  3. Siyaa says:
    November 1, 2016 at 9:03 pm

    13vana part kobaaaa

    1. Saandy says:
      November 1, 2016 at 10:25 pm

      އަޕްކޮށްލާފަ އިންނާނެ

  4. Siyana Binth Ahmed says:
    November 1, 2016 at 9:11 pm

    13vana part kiyeyne gotheh buneba

    1. Saandy says:
      November 1, 2016 at 10:26 pm

      ސާންޑީ އަށް ކްލިކް ކޮށްލީމަ މިވާހަކައިގެ ހުރިހާ ބައެއް ފެންނާނެ

  5. Zaany says:
    November 1, 2016 at 9:21 pm

    V v reethi mi baives

    1. Saandy says:
      November 1, 2016 at 10:26 pm

      ޝުކުރިއްޔާ 🙂

  6. rose says:
    November 1, 2016 at 9:38 pm

    Matheega ebaineh nun .loabi/hithama/hageegee ethanun hithaama ah loading kureema update vaane

    1. Saandy says:
      November 1, 2016 at 10:27 pm

      ޝުކުރިއްޔާ

  7. raf says:
    November 1, 2016 at 9:38 pm

    Thihedii kihiney…riya lobivanii ayaadeke enu ….kon fayaaze tha….v fuhivey….raf ah rangalhii fayaz ahh nuindevuniyaa ….den ayaaah vaanii kihiny…i hope inshalllah ameena ge reyvun hama fenadaane kama ….. nice mi part ves….

    1. Saandy says:
      November 1, 2016 at 10:28 pm

      ޝުކުރިއްޔާ! ރަފް! އަދިވެސް ފަޔާޒްގެ ޙަޤީޤަތެއް ނޭނގެއެއްނު… އިންތިޒާރުކޮށްލާ ކުރިއަށް ހުރި ބައިތަކަށް… އުންމީދުކުރަން ކުރިއަށް ހުރި ބައިތައްވެސް ކަމުދާނެކަމަށް

    2. raf says:
      November 2, 2016 at 5:46 pm

      yer insha allah

    3. Saandy says:
      November 2, 2016 at 7:27 pm

      ޝުކުރިއްޔާ

  8. Qeen says:
    November 1, 2016 at 11:16 pm

    Saandy haadha kurey ekamves v reethi

    1. Saandy says:
      November 2, 2016 at 12:13 am

      ޝުކުރިއްޔާ! ކުރުތަ؟ ހަމަ އެހެން ބައިތައްވެސް ގެނެސްދޭ ވަރަށް މި ގެނެސްދެނީ… އިރާދަކުރެއްވިއްޔާ 15ވަނަ ބައި ދިގުކޮށްލެވޭތޯ މަސައްކަތް ކުރާނަން

  9. fazy says:
    November 2, 2016 at 1:01 am

    Kon irakun up kollany.

    1. Saandy says:
      November 2, 2016 at 4:14 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ހެނދުނު 15ވަނަ ބައި އަޕްކޮށްލާނަން

  10. mezzo says:
    November 2, 2016 at 11:03 am

    wow v v v reethi

    1. Saandy says:
      November 2, 2016 at 7:25 pm

      ޝުކުރިއްޔާ

  11. no name says:
    November 2, 2016 at 1:32 pm

    Dhivehi film Ethoofaanee rey ge copy eh

    1. Saandy says:
      November 2, 2016 at 7:26 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލީތީ… އެކަމަކު މީ އެތޫފާނީރޭ ފިލްމުގެ ކޮޕީއެއް ނޫން… މީ ތެދެއް ކަމަށް ޤަބޫލު ނުކުރާނަމަ އެފިލްމު ބަލާލިއްޔާ ރަނގަޅީ

  12. someone says:
    November 2, 2016 at 5:47 pm

    ehennuvaane mivahaka nice

    1. Saandy says:
      November 2, 2016 at 7:26 pm

      ޝުކުރިއްޔާ

  13. Efayayaaz says:
    November 4, 2016 at 11:17 pm

    Fayaazakee kaaku baa

    1. Saandy says:
      November 5, 2016 at 7:52 am

      ފަޔާޒްގެ ޙަޤީޤަތްވެސް އެނގޭނެ ވަރަށް އަވަހަށް

Comments are closed.

Next Episodeރިޔާޝާ (15ވަނަ ބައި)←


All Right Reserved!