Skip to content
އެސްފިޔަ

ވަކިވީ ލޯބިން…

ނޯޓު: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

ހެނދުނުގެ ވަގުތު ކަމުން މަގުމަތީގައި މާ ގިނަ މީހުންގެ ހިލަމެއް ނުވެއެވެ. ލަންޑަން ގައި އާންމުކޮށް މީހުންހޭލާ އުޅެނީ މެންދުރު އަނބުރާލާ ފަހުންނެވެ. މި ހަމަހިމޭން މާހައުލުގައި އަޔާނާއި ތިފާހް މަޑުމަޑު ން ހިނގާފައި އެދަނީ ލަންޑަން އޮކްސްފޯރޑް ޔުނިވަރސިޓީ އާ ދިމާލަށެވެ.

އަޔާނާއި ތިފާހަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެކުދިންގެ އާއިލާ އަކީވެސް އެއް ފެންވަރެއްގެ ނުހަނު ގުޅޭ ދެ އާއިލާއެވެ. މާލެއިން އޭލެވެލް ހެދުމަށް ފަހު އިތުރު ތަޢުލީމް ހާސިލް ކުރުމަށް ލަންޑަން އަށް ދިޔައީ މައިންބަފައިންގެ ވެސް އެދުމުގެ މަތިންނެވެ.

އުމުރުން 19 އަހަރުގެ މި ދެ ޒުވާނުން ހިނގަމުން ދިޔައިރު އެތައް ވާހަކަ ތަކެއް ހިއްސާ ކުރެވުނެވެ. އެއީ އެޒުވާނުންނަށް ހިތްހަމަ ޖެހުން ލިއްބައިދޭ ކަމަކަށް ވާތީއެވެ.

މިކަހަލަ އެތައް ވާހަކަ ތަކެއް ދައްކަމުން ދަނިކޮށް ކުއްލިއަކަށް އަޔާންގެ ލޮލުގައި އަޅައިގަތީ އަޔާންމެންނާ އެހާ ދުރުނޫން ހިސާބެއްގައި މަގު ހުރަސް ކުރަމުން ދާ މުސްކުޅިއެކެވެ. ނޫނެކެވެ. އެ މީހާގެ ފަހަތުން ބާރު ސްޕީޑެއްގައި އަންނަ ކާރެކެވެ. އަޔާން ފައިގައި ހުރި ހުރިހާ ބާރެއް ލާފައި ދުއްވައިގަތީ އެމީހާ ސަލާމަތްކުރުމަށެވެ. ކާރު އައިސް އެމީހާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓާ އަޔާނަށް އެމީހާ ސަލާމަތް ކުރެވުނީ ހަމަ ކިރިޔާއެވެ.

ތިފާހަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. އަޔާން މެންނާ ދިމާލަކަށް ނޫނެވެ. ކާރުތެރޭގައި އިން ޕަރީއެއް ފަދަ އަންހެން ކުއްޖާ އާ ދިމާލަށެވެ.

އެކުއްޖާ ކާރުން ފައިބައިގެން ހަލުވި ފިޔަވަޅު ތަކެއްގައި ދިޔައީ އަޔާން މެން ކައިރިއަށެވެ. ނޫކުލައިގެ ކުރުތާ އަކާއި ޖިންސެއްގައި ހުރިއިރު ބޮޑަށް ވައްތަރީ ޕާކިސްތާނު ކުއްޖަކާއެވެ. އެ ދޮން ދޮން މައުސޫމް މޫނުގައި ފަން އިސްތަށިގަނޑު ބީހިލާ އިރު ކޮންމެ ފިރިހެނަކު ވެސް ދީވާނާ ވާވަރު ވެއެވެ.

“އަ..އަހަރެން.. ވަރަ..ވަރަށް އަވަހަށް.. ތާކަށް.. ދާން..ދާންވެގެން ބާ..ރަށް.. ދުއްވާ..ފައި ދަނިކޮށް… ފޯނު ރިންގު…ވާން..ފެށީ..ފެށިމަ.. އެ ނަގަން އުޅެނި…އުޅެނިކޮށް ޖެހުނީ.. އަހަރެން ގަސްތުގަ.. އެއް ނޫން… އަހަރެން..ނަށް..މަޢާފު ކުރޭ… ” ތުރުތުރުލާ އަޑަކުން އެ އަންހެން ކުއްޖާ އެހެން ބުނިއިރު މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖަ އަށް ހާސްކަމާއި ނުތަނަވަސް ކަމެވެ. “ހާސްނުވޭ! ނަސީބަކުން ނުއެއް ޖެހޭ! ﷲ ގެ އިރާދަ ފުޅުން ހުރިހާ ކަމެއް ވެސް ރަނގަޅު…” އަޔާން ރައްދުގައި މިހެން ބުނިއިރު އަޔާން ހުރީ އެއީ ދިވެއްސަކަން އެނގި ހައިރާން ވެފައެވެ. އެ ކުއްޖާ ދިވެއްސަކާ ވައްތަރެއް ވެސް ނޫނެވެ.

އަޔާން އެމީހަ އަށް މަގު ހުރަސސކުރުމަށް އެހީވުމަށް ފަހު ތިފާހް އާ އެއްކޮށް އަވަހަށް ދިޔައީ ޔުނިވަރސިޓީ އަށް ދާން ގަޑި ޖެހޭތީއެވެ.

އެރެއެވެ. އަޔާން ކައިގެން ނިދަންވެގެން ކޮޓަރި އަށް ވަތްއިރު ތިފާހް އޮތީ ކޮންމެސް އެއްޗެއް ކުރަހާށެވެ. އަޔާން ސިއްރު ސިއްރުން ދާން ފެށުމުން ތިފާހަ އަށް އެކަނ އިނގި އަވަހަށް އޭތި ފުރަގަހަށް ލިއެވެ.  އަޔާން އަށް ނުދައްކަން ވެގެން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއީ މިވީ ހާތަށް ދުވަހު އަލަށް ވީ ކަމެކެވެ. އޭނާ އައިސް ތިފާހަ ކައިރީގައި އިށީނީ އެއީ ކޯއްޗެއް ހޭ އަހަމުންނެވެ. ތިފާހް ޖަވާބުގައި ބުނީ އެއި ސްކެޗެއް ކަމުގައެވެ. ކާކުހޭ އަހާފަދަ ގޮތަކަށް އަޔާން ބަލާލުމުން ތިފާހް ކޮންމެސް ވަރަކަށް ކިޔައިދޭން ފެށިއެވެ. ރަހުމަތްތެރިޔާ އަށް އިޝާރާތެއް ދޭންވެގެންނެވެ. ” އަންހެން ކުއްޖެއް.. އަހަންނަކަށް ނެނގެ އޭނަ ފެނުނީމަ އިހަންނަށް މިވާގޮތްތަކެއް.. ބުނެދޭން ނޭނގޭ ކަހަލަ އިހުސާސް ތަކެއް ކުރެވެނީ.. އަހަންނަށް ހީވަނީ އަހަންނަށް އޭނާ ދެކެ ލޯބިވެވިއްޖެ ހެން… ”

ކުއްލިއަކަށް ގޭ ފޯނު ރިންގްވާން ފެށިއެވެ. އަޔާން ދިޔައީ އެ ފޯނަށް ޖަވާބު ދޭށެވެ. ގުޅީ އަޔާންގެ މަންމަ އެވެ. މަންމަ އާއި ވާހަކަ ދެއްކުމަށްފަހު ކޮޓަރިއަށް ދިޔައިރު ތިފާހް އޮތީ ނިދާފައެވެ. މާދަމާ ޔުނިވަރސިޓީ އަށް ދާން ޖެހޭތީ އަޔާން ވެސް އަވަހަށް ނިދަން އޮށޯތެވެ.

އޭގެ ދެތިން ދުވަސް ފަހެވެ. މުޅި ޔުނިވަރސިޓީގައިވެސް ލައިބްރަރީ ފިޔަވައި އަޔާން ނުހޯދާ އެންމެ ތަންކޮޅެއް ވެސް ނެތެވެ. ތިފާހް ވީ ތަނެއް ނޭނގިގެންނެވެ. އެންމެ ފަހުން ލައިބްރަރީ އާ ދިމާލަށް މިސްރާބު ޖެހީ އެތާގައި އޭނަ ހުރެދާނެ ކަމަށް ހީކޮށްފަކާ ނޫނެވެ. ތިފާހްއަކީ ކިޔެވުމަށް މާބޮޑު ޝައުގުވެރިކަމެއް ހުންނަ ކުއްޖަކަށް ނުވާތީ އެތާގައި އޭނަ ހުންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.

ލައިބްރަރީ އަށް ވަންނަންވެގެން އެޅި ފިޔަވަޅު ހުއްޓުނީ އެވަގުތު އެތަނުން ނިކުތް އަންހެން ކުއްޖެއްގެ ގައިގައި ޖެހި އެކުއްޖާގެ އަތުގައި ހުރި ބައެއް ފޮތްތައް ވެރުމުންނެވެ. އަޔާން އަވަހަށް އެ ފޮތްތައް ނަގައިދިނުމަށްޓަކައި ތިރިވިއެވެ. އަދި މައާފަށް އެދުމުގެ ގޮތުން ‘ސޮރީ’ އޭ ބުނެލިއެވެ. އަޔާން އަށް އެކުއްޖާއާ ދިމާލަށް ރަނގަޅަށް ބަލައިލެވުނީ ފޮތްތައް ހިފައިގެން ތެދުވި ގަޑީގައެވެ. އެއި މީގެ ދެތިން ދުވަސް ކުރިން މަގުމަތިން އެކްސިޑެންޓެއްގައި ދިމާވި ކުއްޖާއެވެ. އެއީ މީގެ ކުރިން އެ ޔުނިވަރސިޓީއިން ފެނިފައި ނުވާ ކުއްޖެއްކަމުން ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ އާ ދިމާލަށް ބަލާލިއެވެ. އެއީ ކުރީ ދުވަހަކު އެ ޔުނިވަރސިޓިއާއި ގުޅުނު ކުއްޖެއް ކަމުގައި ބުނެ ނޫރާ އާއި އަޔާންކުރުގޮތަކަށް ތައާރަފް ވެލިއެވެ. ތައާރަފަށް ފަހު އަޔާން އަވަސްވެގަތީ ލައިބްރަރީ އަށްވަނުމަށެވެ.

ލައިބްރަރީ އަށް ވަތްއިރު އެތާ ގޮނޑިއެއްގައި ތިފާހް އިނުމުން ސިކުނޑީގައި އެތައް ސުވާލެއް އުފެދުނެވެ. ނަމަވެސް އެ ސުވާލުތައް އެއްކައިރި ކޮއްލާފައި ގޮސް ތިފާހްއާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ވަރަށް ހައިރާންވެފަ ދޯ ތިހުރީ އަހަރެން މިތަނުން ފެނުނީމަ.. އަސްލު އަހަރެން މިތަނަށް އަންނަން ފެށީ އޭނަ މިތަނަށް އަންނާތި.. މިއަދު އޭނަ އިނީ އަހަރެންގެ ކައިރީގަ.. އެކަމަކު އެއްގޮތަކަށްވެސް ވާހަކަ ދެއްކޭ ގޮތެއް ނުވި.. ނޭނގެ ކީއްވެ ކަމެއް ވެސް.. އަހަރެން ވަރަށް ހާސްވެފަ ހުރީ.. ވާހަކަ ފަށާނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނޭނގުނު.. އަހަރެންގެ ހިތަށް މިކުރާ އާދަޔާ ހިލާފް އިހްސާސްތައް ވަކި ކިޔައިދޭނީ ކިހިނެއް؟؟” އަޔާން ސުވާލު ކުރާނެތީ އަވަހަށް ތިފާހް ކިޔައިދިނެވެ. ތިފާހް “އޭނާ” އޭ ކިޔާފައި ވާޙަކަ ދެއްކުމުން އެއީ ސީދާ ކޮން ކުއްޖެއް ކަމެއް ނޭނގުނެވެ. ނަމަވެސް އެއީ ކުރިން ދުވަހު ތިފާހް ބުނި ކުއްޖާ ކަން ނަގައިގަނެވުނެވެ. އެއީ ކާކުތޯ އިތުރަށް ސުވާލު ނުކުރީ ރަނގަޅު ވަގުތު އައިސް ޖެހުމުން ތިފާހް އެއީ  ކާކުކަން ބުނާނެކަން އިނގޭތީއެވެ.

ތިފާހް އަށް އޭނާގެ ލޯބި ލިބޭނެ ކަމަށް އަދި އެކަމަށް އެދި ދުޢާ ކުރާނަން ކަމަށް އަޔާން ބުނުމުން ތިފާހް ހިނިތުންވުމެއް ރައްދުކޮށްލިއެވެ

އެ އަންހެން ކުއްޖާ ދެކިލުމަށްޓަކައި ތިފާހް ލައިބްރަރީ އަށް ދިއުން އާދައަކަށް ވެއްޖެއެވެ. ނަމަވެސް ދާ ކޮންމެ ފަހަރަކު އަޔާން ދިއުމަށް އިންކާރު ކުރިއެވެ. އަޔާންވެސް ސުވާލެއް ނުކޮށް އެކަމަށް އެއްބަސްވިއެވެ.  ތިފާހްއަށް އެކުއްޖާ އާ ވާހަކަ ދައްކާލާނެ ހިތްވަރެއް ނުލިބެއެވެ. ދުވަސްކޮޅެއް ފަހުން ވަރަށް ހިތްވަރު ކޮށްފާވާހަކަ ދައްކާ ރަހުމަތްތެރި ވިއެވެ.

އޭގެ އަނެއް ދުވަހެވެ. ހެނދުނު ތަންކޮޅެއް އަވަހަށް ހޭލެވުމުން ތިފާހް ނުތެދުވާތީ ފިނިކޮށްލަން ވެގެން އަޔާން ކައިރީގައި ހުރި ޕާރކަށް ދިޔައެވެ. ނޫރާ މެންގެ ހުންނަނީ ޕާރކް ތެރެއަށް ވާކަހަލަ ގޮތަކަށް ވުމުން ޕާރކުގައި އުޅޭ މީހުން ވަރަށް ރީތިކޮށް ފެނެއެވެ. ނޫރާއަށް ޕާރކުތެރޭގައި މަޑުމަޑުން އިށީނދެލައިގެން އިން އަޔާން ފެނިފައި އަވަހަށް ތައްޔާރު ވެލައިގެން ޕާރކަށް ދިޔައެވެ. އޭނާގެ އަތުގައި 2 ކޮފީ މަގު ހުއްޓެވެ. އަޔާން ކައިރިއަށް ގޮސް އެއް ކޮފީ މަގު އަޔާން އަތަށް ދިއްކޮށްލިއެވެ. ހިނތުންވެލަމުން އަޔާން އެ ކޮފީ މަގުގައި ހިފީ ޝުކުރު އަދާ ކުރަމުންނެވެ. “ނޯ ތޭންކްސް އިން ފްރެންޑްޝިޕް..” ނޫރާ އިނގިރޭސިންބުނެލި ބަސްކޮޅާއެކު އަޔާންއަށް “ސޮރީ” އޭ ބުނެވުނީ ބޭއިޚްތިޔާރުގައެވެ. “އާހްހ… ނޯ ސޮރީ އެންޑް ތެންކިޔޫ…” ނޫރާ އެހެން ބުނުމާއެކު ދެމިހުންނަށްވެސް ހިނިތުންވެވުނެވެ. ހަތަރު ކަޅި ބައްދަލުވެގެން ދިޔައިރު ދެމިހުންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރުވިއެވެ. އެދުވަހު އެތައް ގަޑިއީރެއް ވާނދެން އެމިހުން އެތާގައި ވާހަކަ ދައްކަން ތިއްބެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ދިޔަހެން ދެމިހުންގެ ރަހުމަތްތެރިކަން ދިޔައީ އިތުރުވަމުންނެވެ.

ނޫރާ އާއި އަޔާން ގިނަވަގުތު ހޭދަކުރަމުން ދަނީ އެކަކު އަނެކަކާ ވާހަކަ ދެއްކުމުގައެވެ. އެންމެ ކުދި ކުދި ވާހަކަ ތައްވެސް ހިއްސާ ކުރިއެވެ. އެތައް ގަޑިއީރެއް ވާންދެން ވާހަކަ ދެއްކުން އާދަ އަކަށް ވެއްޖެއެވެ. އެކަކު އަނެކަކާ ދޭތެރޭ ކުރެވޭ އިހްސާސް ތައް ދެގުނައަށް އިތުރުވިއެވެ. މިހެން ވަގުތުތައް ހޭދަ ކުރަމުން ދިޔައިރު އެކަކު އަނެކަކު ދެކެ ލޯބިވެވިއްޖެއެވެ. އެކަކު އަނެކަކާ ނުލާ ނޫޅެވޭ ވަރަށެވެ. މިވަރަށް ލޯބިވާއިރުވެސް ހިތުގެ ހާލަތު ބަޔާންކުރަން ހަމަ ދަތިވަނީއެވެ. އެކަމުގެ ސަބަބުން އެމީހުންގެ ރަހުމަތްތެރިކަމަށް ބުރޫ އަރާ ފާނެތީއެވެ.

ދުވަސްތައް މަސްތަކަށް ބަދަލުވެގެން ދިޔައީ ނުހަނު ހަލުވިކަމާއެކުގައެވެ. އެންމެފަހުން ނޫރާ އަށް ނުހުރެވިގެން އަޔާން އަށް ގުޅިއެވެ. އަދި ވަރަށް ބޮޑު ވާހަކަ އެއް ބުނަން ބޭނުންވާ ކަމުގައި ބުންޏެވެ. އަޔާންވެސް ހަމަ އެ ޖުމްލަ ތަކުރާރު ކޮށްލިއެވެ. މާދަމާ ހެނދުނު ޕާރކަށް ދިއުމަށް ބުނެފައި އަޔާން ފޯނު ކަނޑާލީ ކޮޓަރިން ބާރު އަޑެއް އިވުމުންނެވެ.

އަޔާން ދުވެފައި ގޮސް ކޮޓަރި ދޮރު ހުޅުވާލުމުން ލިބުނީ ބޮޑީ ޝޮކެކެވެ. ތިފާހް އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭނާގެ އެއް މިޔަކަނުން އޭރުވެސް ލޭ ފައިބަ ފައިބާ ހުއްޓެވެ. އަޔަން އަވަހަށް ތިފާހް ކައިރިއަށް ގޮސް އެމްބިއުލަންސް އަށް ގުޅިއެވެ.

2 ގަޑިއިރުގެ ފަރުވާ އަށް ފަހު ތިފާހް ދެލޯ ހުޅުވާލިއެވެ. އަޔާން އަވަހަށް ތިފާހް ކައިރިއަށް ގޮސް ހާލު އޮޅުންފިލުވަން މަސައްކަތް ކުރިއެވެ. ތިފާހް ހިނިތުން ވެލުމަށްފަހު އޭނާގެ ވާހަކަ ފެށިއެވެ. “އަހަރެންނަށް އޭރުވެސ އިނގޭ އަހަރެންނަކީ ހިތުގެ މައްސަލަ ހުންނަ މީހެއްކަން… އަހަރެންގެ ހިތުގައި 2 ލޯވަޅު އިންނަކަން ވެސް އިނގޭ… އެކަން އަޔާން އަށްވެސް އިނގެ އެއްނު.. އެކަމަކު އަހަރެން ހިޔެއް ނުކުރަން އަހަރެންނަށް އޮތީ މިހާ ކުޑަ ވަގުތު ކޮޅެއް ކަމަކަށް.. ” މިހިސާބަށް ވާހަކަ ދިޔަތަނާ ޑޮކްޓަރ އިތުރަށް ވާހަކަ ނުދެއްކުމަށް އިރުޝާދު ދެއްވިއެވެ. ނަމަވެސް ތިފާހް އެކަމާ ދެކޮޅު ހަދާ އިންކާރު ކުރުމަށްފަހު އަނެއްކާ ވާހަކަ ދައްކަން ފެށިއެވެ.

“ޑޮކްޓަރ ޕްލީޒް… މިއަދު އަހރެން ނުހުއްޓުވާ.. އަހަރެން މަރުވުމުގެ ކުރިން ކިޔައިދޭން ޖެހޭ ވަރަށް ބައިވަރު ވާހަކަ އެބަހުރި.. އަޔާން އަޑުއަހާ!! އަހަރެންމި ދުނިޔެ ދޫކުރުމުގެ ކުރިންކުރަން ޖެހޭ ވަރަށް މުހިއްމު ކަމެއް އެބައޮތް..  އެކަމަކު އަހަރެންނަށް މި ހާލަތުގައި އޮވެގެނ އެކަމެއް ނުކުރެވޭނެ.. ހީކުރަން އަޔާން އަހަރެންނަށް މިކަން ކޮށްދޭނެކަމަށް.. ” އަޔާން ތިފާހްއަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރު ކަމަށް ބުނުމުން ތިފާހް ވަރަށް އުފާ ވިއެވެ. އަދި ފުންނޭވާ އެއް ލުމަށްފަހު އިތުރަށް ކިޔައިދޭންފެށިއެވެ.

“އަހަރެން މުޅި ހަޔާތުގައިވެސް ލޯބިވީ އެންމެ ކުއްޖެއްދެކެ.. އެކަމް މިއަދު އަހަރެންގެ ހަޔާތް އެކަން ހާސިލް ކުރުމަކަށް ތަނެއް ނުދޭ.. އަހަރެން މިދޭ ފިނިފެންމަލާއި މި އަނގޮޓި އަހަރެންގެ ފަރާތުން އޭނާ އަށް ހަވާލު ކޮށްލަ ދީފާނަންތަ؟؟ ” ތިފާހް މިހެން ބުނަމުން އަނގޮޓިއަކާއި ރަތް ފިނިފެންމަލެއް އަދި ސްކެޗެއް އަޔާން އަތަށް ދިނެވެ. އަޔާން އެ ސްކެޗަށް ބަލާލުމުން ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަޔާން ހުރީ ބުނާނެ އެއްޗެއް ވެސް ނެނގިފައެވެ. މިހެން ހުއްޓާ އަޔާން ސިއްސައިގެން ދިޔައީ ތިފާހް ވާހަކަ ދައްކަން ފެށުމުންނެވެ. ” އާންން.. އެކުއްޖާއަކީ ނޫރާ… އަޔާން އަހަރެންނަށް މިކަންތައް ކޮށްދޭނަންތަ؟” ތިފާހް ގެ ބަސްތައް އަޔާންގެ ކަންފަތަށް އިވުނީ ހޮނު ގުގުރި އެއް ފަދައިންނެވެ. ނަމަވެސް ރަހުމަތްތެރިޔާއަށްޓަކައި އެކަމަށް އެއްބަސްވިއެވެ.

ހެނދުނުއްސުރެ އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔަ ނޫރާ އަށް އެންމެ ސިކުންތެއްވެސް ހީވީ އެތައްހާސްއަހަރު ތަކެއް ހެންނެވެ. ސިކުންތު ތައް މިނެޓަށްވެ މިނެޓުތައް ގަޑިއީރަށްވީ އިރުވެސް އަޔާނެއް ނައެވެ. އަތުގައި އޮތް ފިނިފެންމާ ވެސ އެއްލާލެވުނީ އެއްވެސްއިޚްތިޔާރަކާ ނުލައެވެ. ގެއަށްދާންވެގެން އެނބުރިލި ވަގުތު އަޔާން އަންނަތަން ފެނުނެވެ.

އަޔާން އައުމުން ނޫރާ ކުޑަކުއްޖެއް ފަދައިން ޝަކުވާ ކުރަން ފެށިއެވެ. އެކަމަށް އެއްވެސް އެއްޗެއް ނުބުނެ އަޔާން އަނގޮޓި އާއި ފިނިފެންމަލެއް ނަގާފައި ނޫރާ އަތަށް ދިނެވެ. ނޫރާ އުފަލުން ފޮޅުނެވެ. ނަމަވެސް މި އުފާވެރިކަން ދެމިގެން ދިޔައީ ކުޑަ ހިނދުކޮޅަކަށެވެ. އަޔާންގެ ދުލުން ނިކުތް ޖުމްލަ ނޫރާގެ ހިތް ކުދި ކުދި ކޮށްލައިފިއެވެ. “މީ ނޫރާ އަށް ތިފާހް ދިން އެއްޗިހި”

ނޫރާގެ ޝަކުވާތައް ބަންޑުން ކޮށްލީ އެއްވެސް ވަރަކަށް ވިސްނުމެއް ނެތިއެވެ. ” އަޔާން.. އަހަރެން އަޔާން ދެކެ ވަރަށް ވަރަށް ލޯބިވޭ.. އަޔާން ވެސް އަހަރެން ދެކެ ލޯބި ވާކަން އަހަރެންނަށް އިނގޭ.. ދެން ކީއްވެ ތިގޮތަށް ތި ކަންތައް ކުރަނީ… ކީއްވެ..” އަޔާން ނޫރާ ދެކެ ލޯތްބެއް ނުވެޔޭ ބުނުމަށް ފަހު އަނެއް ފަރާތަށް އެނބުރި ހިނގައިގަތީ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮރުވުމަށެވެ.

ވަކި ހިސާބަކަށް ގޮސް އަޔާނަށް ފަހަތް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ޕާރކް އާ ޖެހިގެން އޮންނަ މަގުގައި ވަރަށް ގިނަ މީހުން ޖަމާވެފައި ތިއްބެވެ. ނޭނގޭ ބާރަކަން އަޔާން އެދިމާއަށް ގެންދާކަހަލަ އެވެ. ދުވެފައި ކަހަލަ ގޮތަކަށް އެ ދިމާލަށް ދެވުމުން ދެލޯ ބޮޑުވީ ލިބުނު ޝޮކެއްގެ ބޮޑު ކަމުންނެވެ. އެތާގައި ލެއިން ކަޅިވެފައި އެއޮތީދެވަނަ އެހެން މީހެއް ނޫނެވެ. ނޫރާއެވެ.

އަޔާން ވީ އެންމެ އަވަހަކަށް ނޫރާ ގޮވައިގެން އެތަނާ އެންމެ ކައިރި ހޮސްޕިޓަލަށް ދިޔައެވެ. އެއްފަރާތުގައި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ މަރާ ހަނގުރާމަ ކުރަނީއެވެ. އަނެއް ފަރާތުގައި އޭނާ އެންމެ ލޯބިވި އަންހެން ކުއްޖާ މަރާ ހަނގުރާމަ ކުރަނީއެވެ. މީ ކޮންކަހަލަ ހަޔާތެއް ހެއްޔެވެ؟ ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟

ހަޔާތާ މެދު ވިސްނަން އިންދާ ކުއްލިއަކަށް އަޔާން ސިއްސައިގެން ދިޔައީ  އޭނަގެ ފޮނު ރިންގު ވާން ފެށުމުންނެވެ. ދެލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމަށްފަހު ފޯނަށް ޖަވާބު ދިނެވެ. އެކޮޅުން ވާހަކަ ދެއްކީ ތިފާހް ގެ ޑޮކްޓަރ އެވެ. ތިފާހްގެ ހާލު ދަށްވަމުން ދާތީ ތިފާހް އޮތް ހޮސްޕޓަލް އަށް އައުމަށް ޑޮކްޓަރ އެދުނެވެ. އަޔާން އަވަސް އަވަހަށް ދިޔައީ އެ ހޮސޕިޓަލް އާ ދިމާލަށެވެ.

ހޮސްޕިޓަލް އަށް ވަދެވުމުން އަޔާން އަވަސްވެގަތީ ތިފާހް ކައިރިއަށް ދިއުމަށެވެ. އައި.ސީ.ޔޫ އަށް ވަތްއިރު ތިފާހް އޮތްހާލު ފެނިފައި އަޔާން އަށް ހަމްދަރުދީ ވެވުނެވެ. ތިފާހް ގެ އަނގައިގެ އެއް މިޔަކަނުން ލޭ ފައިބަމުން ދިޔައިރު މުޅި މީހާ ވަނީ ނޭވާ ނުލެވިގެން ދާހިއްލާ ފޯވެފައެވެ. އަޔާން ތިފާހް ކައިރިއަށް ދިއުމުން އަޔާންގެ އަތުގައި ހިފާ އަޔާން އާ ދިމާލަށް ބަލާލީ ދެން ވަގުތެއް ނެތޭ ބުނާފަދަ ގޮތަކަށެވެ.

އިރުކޮޅެއް ފަހުން ތިފާހް މި ދުނިޔެ އާ އަބަދުގެ އަބަދަށް އަލްވަދާއު ކީ ހިތާމަވެރި ގޮތަކަށެވެ. ކަރުނަތައް އެއްވެސް ހުއްޓުމެއް ނެތި އަޔާންގެ ކޯތާފަތް ތެންމަމުން ދިޔައެވެ. އަޔާން ސިހިގެން ދިޔައީ އަޔާންގެ ފޯނު ރިންގުވުމުންނެވެ. އެގުޅަނީ ނޫރަގެ ޑޮކްޓަރ އެވެ. ނޫރާގެ ހާލު މާބޮޑަށް ” ކްރިޓިކަލް ” ވުމުންނެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އަޔާން މިސްރާބު ޖެހީ ނޫރާ އޮތް ހޮސޕިޓަލް އާ ދިމާލަށެވެ.

ދުވެފައި ގޮސް އައި.ސީ.ޔޫ އަށް ވަތްތަނާ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. ކަނޑާލާފައިވާ އަތުން ހޯސްލާފައި ލޭ އާދެއެވެ. އަޔާން އަވަހަށް ދުވެފައި ނޫރާގެ ކައިރިއަށް ދިޔައެވެ. ނޫރާގެ ވިންދު ކޮންމެސް ވަރަކަށް ހުއްޓެވެ. ނަމަވެސް ދަނީ ދަށްވަމުންނެވެ.

އަޔާން އަކަށް މަޑަކުން ނުހުރެވުނެވެ. ނޫރާ ގައިގައި ބައްދައިގަނެފައި އަޑުން އަޑު ނަގާ ރޯންފެށިއެވެ. ނޫރާގެ އެންމެ ފަހު ނެވާ ދޫކޮށްލީ އަޔާންގެ އަތުތެރޭގައި އޮވެގެންނެވެ. އަޔާން ގެ ރުއިން އިތުރު ވިއެވެ. ހަތަރު އުދަރެސް ފެނު ޖެހިއްޖެ އެވެ. މި ފަހެ ދުނިޔެ އެއް ހެއްޔެވެ؟ ކެތްކުރުން ނޫން ގޮތެއް މިއަދަކު ނެތެވެ.

-ނިމުނީ-

Comments (32)

  1. aik

    Reethi

    1. detective
      aik

      thank you aik

  2. Thaathy

    V v rythi

    1. detective
      Thaathy

      thank you Thaathy 🙂

  3. detective

    heyy guyzz.. this is my very first story in esfiya site.. kiyuntheringe konme comment akah ves hama maruhabaa.. miistakes thah bunela dhinun edhen.. hope you enjoy this story

    1. chau
      detective

      woah..salhi

  4. Khajja

    Wow v rythi amazing

    1. detective
      Khajja

      Thank you.. 🙂

  5. Khajja

    Dhen thifaahuge family kobaa mivaru v iru n nooraage family avves neynguntha nooraa ge kairin accodent v maves but stry v rythi

  6. changed

    kuru vaahaka eh veema egothuga reethi ingey..
    dhigu koh part thakah bahaalain genesdheefa huri nama heevany adhi varah furihama vaane hen….
    ithuru vaahaka thakakah inthizaaru kuran..

    1. detective
      changed

      thank you.. 🙂 Exam nimunuhaa avahakah dhigu story eh liyeveythoa try kuraanan..

  7. #

    mi vaahaka ky konmes ehchakun..

    1. detective
      #

      mee hageegee haadhisaa eh.. you may have seen this from somewhere else too.. but nt this story..

  8. shaai

    asluves vvvvvv rythi. hama rohvaalafa thi ninmaali…

    1. detective
      shaai

      thank you # 🙂

    2. detective
      shaai

      sorry Shaai*

  9. Pandit

    ލަންޑަން އޮކްސްފޯރޑް ޔުނިވަރސިޓީއެވެ؟ އަޅުގަނޑު ދަންނަ ގޮތުގައި އޮކްސްފޯރޑް ޔުނިވަރަސިޓީ ހުންނަނީ އޮކްސްފޯރޑް ސަހަރުގައެވެ

    1. detective
      Pandit

      eii ves london ge baeh… eiii london ge north-west side in 90 km dhuruga hunna thaneh..

  10. ~minty~

    I have seen a video eh…hama mi story ei…anyways its a heart touching story

    1. detective
      ~minty~

      yahh.. Thank you.. 🙂

  11. Dady

    Vara vara reethi story vara furihama

    1. detective
      Dady

      thank you.. 🙂

  12. Mum

    Vara vara reethi story vara furihama

    1. detective
      Mum

      thank you.. 🙂

  13. chau

    haadha vaa reehchey mi story..and thifah is a nice name..it remind me somethin..hehe ekam varah habeys ingey

    1. detective
      chau

      hehe.. thank you 🙂 class mathin dhw.. 😉

  14. Lovely girl

    Rohvaalieenuthi.. ekamu story varah reethi.. hieh nukuran mihaa bodu dheraeh mieehakah libidhaane kamah ves..

    1. detective
      Lovely girl

      sorry rovvaalevuneethee.. hehe.. thank you lovely girl 🙂

  15. Shiru

    V v reethi vaahaka eh..

    1. detective
      Shiru

      thank you shiru.. 🙂 🙂

  16. harry

    vrh salhi dude 🙂

    1. detective
      harry

      thank you harry.. 🙂 🙂

Comments are closed.