ދެރަ ގޮތެއް ނުވުމަށް ހިތާހިތުން ދުޢާކުރަމުން އޭނާ ބައްޕައަށް ގުޅާލިއެވެ. ދެފަހަރަކު ގުޅާލުމުންވެސް ފޯނު ނުނެގުމުން އަޔާޒް އިތުރަށް ކަންބޮޑުވާގޮތްވިއެވެ. ތިންވަނަ ފަހަރަށް ގުޅައިގެން ގޮސް ރިންގް ކެނޑެން އުޅެނިކޮށް ފޯނު ނެގިއެވެ. “ހަލޯ.” ހާސްވެފައިހުރެ އަޔާޒް ބުނެލިއެވެ. “ދަރިފުޅާ! ހަމަ މާދަމާ މިކޮޅަށް އާދޭ. ބައްޕަގެ ހާލު ވަރަށް ސީރިއަސް.” ރޮވިފައިވާ އަޑަކުން އޭނާގެ މަންމަ ހަސީނާ ބުނެލި ވާހަކައިން އަޔާޒަށް ލިބުނީ ޝޮކެކެވެ. “ކީކޭ؟ ބައްޕައަށް ކިހިނެއްވީ؟” ހާސްވެފައި އަޔާޒް އަހާލިއެވެ. އޭރު އޭނާގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. “އެކްސިޑެންޓެއްވީ. […]
“އޭރުން މާ ސަކަރާތެއްނު. އޭނަ މޮޔަވެއްޖެއްޔާ މަށަށް…” އަޔާޒަށް މި ބުނެވެނީ ކީކޭކަން އެނގުމުން ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ. “ކީކޭ؟” ޝިފާން ލާނެތް ފާޑަކަށް ހީނފައި އިނފެ އެހިއެވެ. “އެއްޗެކޭ ނޫން. ޝިފާނަށް ކިހިނެއް އެނގެނީ އޭނަ އަހަރެންދެކެ ލޯބިވާކަމެއް؟” އަޔާޒް ވަރަށް ގަޔާވެފައި އިނދެ އަހާލިއެވެ. މިހާރަކަށް އައިސް އަޔާޒަށް ރިޔާޝާގެ ކޮންމެ ކަމަކާ ގަޔާވެވެނީ އިޚްތިޔާރުން ބޭރުގައެވެ. “މަ ކައިރީތަ ތި އަހަނީ؟” ޝިފާން އަމިއްލަ ނަފްސާމެދު ފަޚުރުވެރިވާފަދަ ގޮތަކަށް އަހާލިއެވެ. އަޔާޒް ބޯޖަހާލިއެވެ. […]
“ނޫން. އުނދަގުލެއް ނުވޭ. މިހާރު ވަރަށް ހިތްހަމަޖެހިއްޖެ އަޔާޒް މާފަށް އެދުނީމަ.” ރިޔާޝާ އިރުކޮޅަކު ވިސްނާލުމަށްފަހު ބުނެލިއެވެ. އެކަމުގެ ސަބަބުން އަޔާޒަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. “އަސްލުވެސްތަ؟ ހާދަ ރަނގަޅޭ. ވަރަށް ބޮޑަށް ތޭންކްސް.” އަޔާޒް ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލަމުން ބުނެލިއެވެ. “އަދި 1 ވާހަކަ. އަޔާޒް ދެން އެއްވެސް މީހަކާ އެގޮތަށް ދިމާކޮށް ނުހެދުމަކީ އަހަރެން ވަރަށް ބޮޑަށް އެދޭ އެދުމެއް.” ރިޔާޝާ ބުނެލިއެވެ. އަޔާޒް ބޯޖަހާލިއެވެ. “އަހަރެންނަކީ ގާތް އެކުވެރިއެއް […]
ހިތްގައިމު ދުވަހެކެވެ. ރޭގަ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި މާހައުލުގަ ވަނީ ތެތްފިނިކަމެއް ހިފާފައެވެ. ފިޔާތޮށި ކުލައިން ޖަރީކޮއްފަވާ ކޮޓަރީގެ އެ ބޮޑު އެނދުގަ ނިދާލާފަ އޮތް ބުދެއްފަދަ އޭނަގެ ދަރިފުޅުގެ ބޮލުގަ ފިރުމާލަ ފިރުމާލާ ސަނާ އިނީ ނުހަނު ލޯބިންނެވެ. “ދަރިފުޅާ ނާލް ތެދުވޭ އަވަހަށް. ބައްޕަ މިހާރު އަންނާނެ އޮފީހުން. އިނގެ އެއްނު ބައްޕައަށް ދަރިފުޅު ނެތިއްޔާ ނުކެވޭކަން” ސަނާ އޭނަގެ ނާލްއަށް ގޮވާފަ އަވަސްވެގަތީ ގަފޫރު އާ އޭނާގެ ފިރިހެން ދަރި […]
ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް އަޔާޒަށް ރިޔާޝާދެކެ ލޯބިވެވިއްޖެއެވެ. އެހެންކަމުން އޭނާގެ ލޯބި އަތުން ބީވެއްޖެކަން އެނގުމުން އޭނާއަށް އިސްޖަހާލެވުނެވެ. އަވަހަށް ޝިފާނާށް ފުރަގަސްދިނީ އޭނާގެ މޫނު ދައްކަން ބޭނުންނުވާތީއެވެ. އޭނާގެ ލޮލުން ފޭދުނު ކަރުނަތިކި، ކިތަންމެ ސިއްރުން ފޮހެލިނަމަވެސް ޝިފާނަށް އެމަންޒަރު ފެނުނެވެ. ޝިފާން ގާތަށް އައި ހިނި ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނާ ބާރުބާރަށް ހޭންފެށުމުން އަޔާޒް ފަހަތަށް އެނބުރި ހައިރާންވެގެން ބަލަން ހުއްޓެވެ. “ބަލާބަލަ މީހާއަށް ވެފަ ހުރިގޮތް. މީ ކޮން އެއްޗެއް؟” އަޔާޒްގެ ލޮލުގެ […]
މި ވާހަކައަކީ އަޅުގަނޑުގެ ހަޔާތުގަ ދިމާވި ހާދިސާތަކެއްގެ މައްޗަށް އަޅުގަނޑު ލިޔާ ވާހަކައެކެވެ. މިއީ ޒުވާން ކޮންމެ އަންހެންކުއްޖެށްވެސް އިބުރަތް ލިބިގަންނަންވީ ވާހަކައެކެވެ. ކިޔުންތެރިންގެ ސަމާލްކަމަށް! އަޅުގަނޑު ތައުލީމްހާސިލްކުރީ ރާއްޖޭންބޭރުން ކަމަށްވުމުން އަޅުގަނޑަށް އަދިވެސް އެންމެ ފުރިހަމައަށް ދިވެހި ގަވައިދުތަކާއެއްގޮތަށް ލިޔަން ނޭންގެއެވެ. ވީމާ ވާހަކަ ކިޔަމުންދާއިރު އެކަހަލަ ތަންކޮޅެށް ފެނިއްޖެނަމަ ކޮމެންޓް ކޮށްދެއްވުން އެދެމެވެ. ކިޔުންތެރިނގެ ފާޑުކިޔުމަކީ އަޅުގަނޑަށް ލިބޭ ހިތްވަރެކެވެ.
“ނޫނޭ. އަސްލު މަށަށް ހެވުނީ އަޔާ އަދިވެސް އެއްބަސްނުވާތީ.” ޝިފާން ލާނެތް ގޮތަކަށް ބުނެލިއެވެ. “ކޮންކަމަކާތަ މަ އެއްބަސްނުވެގެން ތިއުޅެނީ؟” އަޔާޒް ރުންކުރު ގޮތަކަށް އަހާލިއެވެ. “އޭނަދެކެ ހޫމްހޫމް ވާކަމަށް.” “އަޅެ ކަލެއަށް ތިނޫން އެއްޗެއް ކިޔާކަށް ނޭނގޭތަ؟ ދާންއުޅޭ މިތަނުން. މަ ބޭނުމީ އެކަނިވެލަން.” އަޔާޒް ހަޅޭއްލަވައިގަތެވެ. “އޯކޭ އޯކޭ. މަމިދަނީ. ފަހުން އަންނާނަން އިނގޭ ތިކަމަށް ހައްލެއް ހޯދޭތޯ މަސައްކަތްކޮށްލާފަ. އެހެން ކުއްޖަކު ހޯދައިގެން.” ޝިފާން ދޮރު ލައްޕަމުން ބުނެލި ޖުމްލައިން އަޔާޒްގެ ލޭ […]
އަޔާޒް ގޮސް ރިޔާޝާގެ ކުރިމައްޗަށް ވާގޮތަށް ސައިކަލު ހުރަސްކޮށްލިއެވެ. ފިކުރެއް ޚިޔާލެއްނެތި ހިނގަމުންދިޔަ ރިޔާޝާ ސިހުނުވަރުން އަތުގައި އޮތް ކޮތަޅުވެސް އަތުން ދޫނުވީ ކިރިޔާއެވެ. ލާނެތް ގޮތަކަށް ހީލައިގެން ސައިކަލުގައި އިން އަޔާޒް ފެނުމުން ތުން އަނބުރާލާފައި ދާން ހިނގައިގަތްއިރު، މިރޭގެ ހަތަރެސްކަން ހަމަވީއޭ އޭނާގެ ހިތަށް އެރިއެވެ. ރިޔާޝާގެ މިހަރަކާތް އަޔާޒަށްވީ ވަރަށް މަޖާ ކަމަކަށެވެ. އެހެންކަމުން އޭނާ ސައިކަލު ބަހައްޓާފައި ހިނގާފައި ގޮސް ރިޔާޝާއާ އަރާ ހަމަކުރިއެވެ. މީ ދެން ކިހާ ދެރަކަމެއް ހެއްޔެވެ؟ […]
ހަނދާން ހުންނަން ފެށި އިރުވެސް ރިޔާޝާގެ ދިރިއުޅުން ވަރަށް ނިކަމެއްޗެވެ. ދިރިއުޅެމުން ދިޔައީ މާލޭގައި ހުންނަ ރިޔާޝާގެ ބައްޕަ ހަމީދުގެ ގޭގައެވެ. ނަމަވެސް ރިޔާޝާގެ އުމުރުން އެންމެ 7 އަހަރުގައި އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ދެން ހުރީ އޭނާގެ މަންމަ އަމީނާއެވެ. އަމީނާ ފިޔަވައި އޭނާގެ އެކަކުވެސް މިދުނިޔެއަކު ނެތެވެ. ނަމަވެސް އަމީނާއަށްވެސް ރިޔާޝާ ވެފައިވަނީ ބޮޑު ބުރައަކަށެވެ. އޭނާ އަބަދުވެސް އުޅެމުންދަނީ އޭނާގެ އަމިއްލަ އުފާތަކައިގެންނެވެ. ހަމީދު ނިޔާވި ފަހުން އެއްވެސް އިރެއްގައި ރިޔާޝާއަކާއި […]