Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (11ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 29, 2016 6 Mins Read
24 Comments

“ތިހެން އިންޒާރު ދިނަކަސް މަށެއް ބިރެއް ނުގަންނާނެ. ކިތަންމެ އިންޒާރެއް ދިނަސް އެއީ ނުވާ ކަމެއް ކަމަކަށް ނުވާނެ. އެހެންނޫނަސް އަހަރެން މިއުޅެނީ މާ ރީތި މަންޒަރުތަކެއް ފެނިގެނެއް ނޫން މުޅި މާލޭގަ އެވާހަކަ ދައްކަމުން ދުވާކަށް. މަށަށް ކެރޭތަ ރޭގަ މަގޭ މަންމަ ހިލޭ ފިރިހެނެއް ގޮވައިގެން ހިތު ހުރިހާ ގޮތަކަށް އުޅުނޭ ބުނަން. އަހަރެން ލަދުގަނޭ މަންމަ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީމަ.” ރިޔާޝާ އޭނާގެ ހިތުގައިވާ އެއްޗެއް ފުރަތަމަ ފަހަރަށް އަމީނާއާއި ދިމާއަށް ބުނެލިއެވެ. އަމީނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުރީގައި އޭނާ ކޮންމެ ގޮތެއް ހެދިޔަސް އަޅާވެސްނުލާ މަޑުމަޑުން ހުންނަ ރިޔާޝާ މިއަދު އޭނާއަށް އެދިނީ ކޮންފަދަ ފުރިހަމަ ރައްދެއް ހެއްޔެވެ؟ ރިޔާޝާއަށް އެއްލުނު ކަޅިއަކުން ބަދިގެ ދޮރުމަތީގައިހުރި ރަޝީދު ފެނުމުން ބޭއިޚްތިޔާރުގައި “ބައްޕާ” އޭ ބުނެލެވުނެވެ.

ރިޔާޝާގެ އަޑަށް އަމީނާ ދޮރާއި ދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި ރުޅިއައިސް ރަތްވެފައިހުރި ރަޝީދު ފެނުމުން އަމީނާ ބިރުން ރޫރޫ އަޅައިގަތެވެ. އޭނާގެ ދެލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ނަފުރަތެވެ. ރަޝީދު ބޭރަށް ގޮސްގޮސްފައި އެނބުރި އައިސް އެތެރެއަށް ވަނީކީ އެފަދަ ވާހަކަތަކެއް އިވިދާނެ ކަމަކަށް ނޫނެވެ. އޭނާ އައީ ފެން ނުބޮއި ދެވޭ ހަނދާންވެގެން ފެން ބޯށެވެ. ނަމަވެސް އޭނާ ބަދިގެއަށް ވަންނަން ދިމާކުރި ވަގުތު ރިޔާޝާގެ އަޑު އިވިގެން މަޑުކުރީއެވެ. އޭނާ މަޑުން ވާހަކަދެއްކި ނަމަވެސް ރަޝީދަށް އެއަޑު އިވުނީއެވެ.

ރަޝީދު ބަދިގެ ތެރެއަށް ވަނުމުގެ ބަދަލުގައި ހިނގައިގަތީ ބޭރަށެވެ. މިވަގުތު އޭނާ އެތެރެއަށް ވަދެއްޖެނަމަ އައިސްފައި ހުރި ރުޅީގައި އަތުންފައިން ގޯހެއް ހެދިދާނެއެވެ. އޭނާ ދިޔުމުން އަމީނާ ރިޔާޝާއަށް ބަލާލީ ނުރުހުންވެފައެވެ. އޭރު ރިޔާޝާ ހުރީ ކަންބޮޑުވެފައެވެ. އަމީނާ އޭނާއާއި ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އޭނާ އަބަދުވެސް އަމީނާއަށް ހެޔޮއެދެއެވެ. ލޭގެ ގުޅުމަކީ އެއީއެވެ. އަމީނާގެ ހިތުގައި މައިވަންތަ ކުލުނު ނެތްނަމަވެސް ރިޔާޝާގެ ހިތުގައި ދަރި ކުލުނު އެބަހުއްޓެވެ.

ބަދިގޭގެ މަސައްކަތްތައް ނިންމާލާފައި ރިޔާޝާ ބޭރަށް ނުކުމެ ޝިފާނަށް ގުޅިއެވެ. ދެފަހަރަކު ރިންގުވީތަނާ ޝިފާން ފޯނު ނެގިއެވެ. “ކީއްވެތަ ފޯނު ނިއްވާލައިގެން ތިއުޅެނީ؟ މިހާރު ކޮންއިރެއް ނުގުޅިގެން އުޅޭތާ.” ޝިފާނަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ރިޔާޝާ ވާހަކަދެއްކިއެވެ. “ވަރަށް ބޮޑަށް ސޮރީ އިނގޭ ރިޔާ. އަސްލު އަހަރެން ފޯނު ޗާޖް ހުސްވީ.” ޝިފާން މާފަށް އެދުނެވެ. “ހޫމް. ދެން އެންމެ ރަނގަޅޭ. އަޔާގެ ޚަބަރެއް ލިބިއްޖެތަ؟” ރިޔާޝާ އަހާލިއެވެ.

“އާނ. އަޔާ ހަމަ ބަރާބަރު. އޭނަ ފޯނު ވަގަށް ނަގައިގެން އުޅެނީ. އެހެންވެ ނުގުޅިގެން އުޅެނީ. މަށަށްވެސް އެންގީ ފޭސްބުކުން. މަ ތިގޭ ނަމްބަރު ފޮނުވާފަ އިންނާނެ. އަޔާ ރިޔާއަށް ވަރަށް ގިނައިން ސަލާމް ބުނި.” ޝިފާން އެހެން ބުނެލުމުން ރިޔާޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. “އަދި ބުނި ވަރަށް ބިޒީކޮށޭ މި އުޅެނީ. ރިޔާ ކައިރީ ބުނެދެއްޗޭ ފަހަރެއްގަ ނުގުޅިދާނެއޭ. ހަފްތާއެއް ވަރު ވާނެޔޯ.” ޝިފާން ކުއްލިއަކަށް ހަނދާންވެގެން ބުނެލިއެވެ. “އެހެންތަ؟ ދެން އިންތިޒާރު ކުރާނީ ދޯ؟” ރިޔާޝާ އެހެން ބުނެފައި ފޯނު ބޭއްވިއެވެ. “އައިމް ސޮރީ ރިޔާ. އައިމް ރިއަލީ ވެރީ ސޮރީ.” ޝިފާން ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ބުނެލިއެވެ. އޭނާގެ ލޮލުން ކަރުނަ އައީ މީގެ ތިރީހަކަށް މިނެޓު ކުރިން އަޔާޒްގެ ބައްޕައަށް ގުޅުމުން ދެއްކި ވާހަކަތައް ހަނދާންވުމުންނެވެ.

**********

ތިރީހަކަށް މިނެޓު ކުރި

“ހަލޯ. ބޭބޭ! ކޮބާ އަޔާ؟ އަޔާގެ ފޯނަކަށް ނުގުޅުނު. ނިއްވާލާފަ އޮންނަނީ.” ޝިފާން ވާހަކަދެއްކީ އަޔާޒްގެ ބައްޕަ ވަހީދުއާއެވެ. ކުއްލިއަކަށް އިވުނީ ވަހީދު ރޯންފެށި އަޑެވެ. “ބޭބޭ! ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟ އަޔާއަށް ކަމެއްވީތަ؟ ނޫނީ ދައްތައަށް ކަމެއްވީތަ؟” ކުއްލިއަކަށް ވަހީދު ރޯން ފެށުމުން ޝިފާންއަށް ވީ ކަންބޮޑުން އަވަސްއަވަހަށް ސުވާލުތައް ކޮށްލެވުނެވެ. “މަގޭ ދަރިއެއްވާ ނެތޭ.” ވަހީދަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އޭނާއަށް އިތުރަށް ވާހަކަ ނުދެއްކުމުން އޭނާ ފޯނު ކަނޑާލިއެވެ.

ޝިފާންގެ ހިތުގައި ސުވާލުތައް އުތުރި އަރައިގަތެވެ. އޭނާގެ ލޮލުން ކަރުނަވެސް އައީ އިޚްތިޔާރަކާނުލައެވެ. އެކުވެރިޔާ ނިމިދިޔަ ވާހަކަ އަޑުއިވުމުން އޭނާއަށް ފުން އަސަރުތަކެއް ކުރިއެވެ. ނަމަވެސް އަޔާޒަށް ވީގޮތެއް އޮޅުންފިލުވަން އޭނާ ބޭނުންވިއެވެ. އެހެންކަމުން އޭނާ ހިތްވަރުކޮށްފައި އަނެއްކާވެސް ވަހީދަށް ގުޅިއެވެ. ވަހީދު ވަރަށް އުނދަގުލުން ވީގޮތް ކިޔައިދިނެވެ.

“އިއްޔެ ހަވީރު އަޔާޒް އުޅުނީ ހުސޭނާއެކު ގޭތެރޭގައި ހުރި ފަންކާތައް ފޮހެން. އޭރު ބޭބެއާއި ދައްތަ އުޅުނީ ކޮޓަރީގައި. އުޅެނިކޮށް ކުއްލިއަކަށް އިވުނީ އަޔާޒް ހަޅޭއްލަވައިގަތް އަޑު. ބޭބެމެން ބޭރަށް ނުކުތްއިރު އަޔާޒް އޮތީ އެތާ ހުރި ކަބަޑު ދަށުވެފައި. ހުސޭނު ބުނީ އަޔާޒް ވެއްޓެން ފެށީމަ ކަބަޑުގައި ހިފެހެއްޓިގެން ކަބަޑު ވެއްޓުނީޔޯ. ދެން އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީ. ޑޮކްޓަރު ބަލާފަ ބުނީ ފައި ބުރިކޮށްލާށޯ ޖެހޭނީ.” ވަހީދު ވާހަކަ ހުއްޓާލިއެވެ. “އަދި އެއްވާހަކަ އެބައޮތް. މީ އަޔާޒްގެ ވަރަށް ބޮޑު އެދުމެއް. އޭނާ އެދެނީ އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއަށް މިކަންތައް ސިއްރުކޮށްދިނުމަށް.” ވަހީދު އެހެން ބުނުމުން ޝިފާން ކަންބޮޑުވިއެވެ.

އޭނާ ރިޔާޝާއަށް އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލާނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން ޙަޤީޤަތަށް ބުނާކަށްވެސް އޭނާއަކަށް ނުކެރޭނެއެވެ. އޭނާއަށް ދެފަރާތްވެސް ވަރަށް މުހިންމެވެ. ދެމީހުންނަކީވެސް އޭނާ ކޮއްކޮއެއް ފަދައިން ދެކޭ ދެމީހުންނެވެ. ތެދަށް ކިޔައިދީގެން ރިޔާޝާގެ ހިތް ހަލާކުކޮށްލާކަށް އޭނާއަކަށް ނުކެރޭނެއެވެ. އަނެއްކޮޅުން އަބަދު އޮޅުމެއްގެ ތެރޭގައި އޭނާ ބަހައްޓާކަށްވެސް ބޭނުމެއްނޫނެވެ. އެންމެފަހުން ޝިފާން ވަހީދު ބުނިފަދައިން ކަންތައް ކުރުމަށް އެއްބަސްވީ ކޮންމެވެސް ދުވަހަކުން ޙަޤީޤަތާއި ކުރިމަތިލާން ޖެހޭނެކަން އެނގިހުރެއެވެ.

**********

މެންދުރު ނަމާދު ކޮށްގެން ނުކުމެ ރިޔާޝާ ސޯފާގައި އިނީ ވާހަކަ ފޮތެއް ހިފައިގެން ކިޔާށެވެ. އޭނާގެ ނަޒަރު ފޮތަށް ހުއްޓިފައި ހުރިނަމަވެސް އޭނާގެ ހިތާއި ސިކުނޑި ވަނީ މުޅިން އެހެން ދިމާލެއްގައެވެ. އޭނާގެ ހުރިހާ ވިސްނުމެއް ވަނީ އަޔާޒަށް ހުސްކުރެވިފައެވެ. އަޔާޒް އެހާ ބިޒީވާން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އަނެއްކާ އަޔާޒް އެކޮޅުން ވަޒީފާއެއް ހޯދީބާވައެވެ. ރަޝީދު އައިސް އެއްވެސް އެއްޗެކޭ ނުބުނެ ގޮސް ކޮޓަރިއަށް ވަނެވެ. އެހެން އިންދާ ރިޔާޝާ ސިހުނީ އަމީނާ ރޮއިގަތް އަޑަށެވެ.

ރިޔާޝާއަށް ސޯފާއިން ތެދުވެވުނީ ރަޝީދު އަމީނާއަށް އަނިޔާ ކުރަނީ ކަމަށް ހީކޮށެވެ. އޭނާ އަވަސްއަވަހަށް ގޮސް އަމީނާގެ ކޮޓަރި ދޮރުގައި ހިފާލި ވަގުތު ރަޝީދު ބުނި އަޑު އިވުނެވެ. “ކަލޭ ތިހިރީ ވަރިކޮށްފަ. ދޫކުރޭ! އަހަރެން ދާންވެއްޖެ.” “ނޫން. އަހަރެން ދޫކޮށްލާފަ ނުދޭ. ދެން އަހަރެން ދުވަހަކުވެސް އެހެނެއް ނޫޅޭނަމޭ.” އަމީނާ ރޮމުން ބުނެލިއެވެ. “ބުނަން ރަނގަޅު ވާހަކައެއް. ކަލޭގެ ތި މަކަރުވެރިކަން ގޮސް ކޮންމެވެސް އެހެން މީހަކަށް ދައްކާ. ތިކަހަލަ މުޑުދާރު އަންހެނަކާ ވައިވެސް އެޅޭކަށް މަ ބޭނުމެއް ނޫން. މަގޭ އަތުންފައިން ގޯހެއް ނުހެދެނީސް ދުރަށްދޭ!” ރިޔާޝާ ދޮރުމަތީގައި ހުއްޓާ ރަޝީދު އައިސް ދޮރު ހުޅުވާލިއެވެ.

“ދަރިފުޅާ! ބައްޕަ ދަނީ. ބައްޕައަށް ހިތްހެޔޮކުރާތި.” ރިޔާޝާގެ ބޮލުގައި ފިރުމާލަމުން ރަޝީދު އެހެން ބުނެލިއިރު އެދެލޮލުން ކަރުނަ ހިލިއްޖެއެވެ. އޭނާގެ ދަރިއަކު ނެތް ދުނިޔޭގައި އަމިއްލަ ދަރިއެއް ފަދައިން ގެންގުޅުނު ރިޔާޝާ ދޫކޮށްލާފައި ދާންޖެހުނީމައެވެ. ރިޔާޝާއަށް ބޯޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. ސަލާމް ކޮށްލާފައި ރަޝީދު ގޮސް ގޭ ދޮރުން ނުކުންނަންދެންވެސް ރިޔާޝާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާގެ ލޮލުންވެސް ކަރުނަ ހިލުނީ އޭނާދެކެ އިންތިހާއަށް ލޯބިވި ދޮންބައްޕަ ވަކިވެ ދިޔުމުންނެވެ. އަމީނާގެ ހާލަށް ހަމްދަރުދީ ވެވުނެއްކަމަކު ރަޝީދު ހުއްޓުވާކަށް އޭނާ އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. އެހެން އެކަން އެވީ އަމީނާގެ ވިޔާނުދާ އުޅުމުގެ ސަބަބުންކަމަށް ރިޔާޝާ ޤަބޫލުކުރެއެވެ.

ރަޝީދު އެގެއިން ދިއުމުން ރިޔާޝާ އަމީނާގެ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު އަމީނާގެ އަޑު އިވިފައި މަޑުމަޑުން ދޮރުން އެތެރެއަށް ބޯ ދިއްކޮށް ބަލާލިއެވެ. މީގެ އިރުކޮޅެއް ކުރިން ރޮއިރޮއިފައި ރަޝީދު ކައިރީގައި އާދޭސްކުރި މީހާ މިހާރު އެއިނީ ހެވި ދިއްލިފައި ފޯނުން މީހަކާ ވާހަކަދައްކާށެވެ. އަމީނާ ރަޝީދު ކައިރީގައި އާދޭސް ކުރިއިރު އެއީ އޭނާ ހެދި މަކަރެއްކަމެއް ބަލާލާ މީހަކަށް ނޭނގޭނެއެވެ. އަމީނާގެ ޑްރާމާ ބައި މޮޅުކަމުން ރިޔާޝާ ހުރީ އަންތަރީސްވެފައެވެ. އެވޯޑެއް ބާއްވައިފިއްޔާ އަމީނާ އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލްކުރާނެއޭ ރިޔާޝާގެ ހިތަށްއެރިއެވެ. އެހާވެސް އޭނާ މޮޅެވެ.

“ބުނަން. ދެން މިކަން އަވަސްކުރަންވީ. މިހާރު އެ ރަޝީދުގަނޑުވެސް އެފޮނުވާލެވުނީ. ދެން ނެތް އިހަކަށް އެއްވެސް ކަހަލަ ހުރަހެއް އަޅާނެ މީހަކު. މިހާރު މިކަން ނުކުރެވުނިއްޔާ ދެން މިކަން އެނުވީ. އެހެންވީމަ މިކަން ވީހާވެސް އަވަސް ކުރަންވީ.” އަމީނާ އޭނާ އެ ގުޅައިގެން އުޅޭ މީހަކާ ވާހަކަދައްކަމުން ދިޔައެވެ. އަމީނާއަށް ފެނުމުގެ ކުރިން ރިޔާޝާ އަވަހަށް އެތަނުން ދިޔައީ އަމީނާއަށް އޭނާއަށް އެވާހަކަތައް އަޑު އިވުނުކަން އެނގިދާނެތީއެވެ. އޭނާ ކޮޓަރިއަށް ގޮސްވެސް ވިސްނެމުން ދިޔައީ އަމީނާ ދެއްކި ވާހަކަތަކާއި މެދުއެވެ. އަނެއްކޮޅުން އަޔާޒްގެ ހަނދާންތައް ހިނދުކޮޅަކަށްވެސް އެއްފަރާތަކަށް ޖައްސައެއް ނުލެވުނެވެ. މާބޮޑަށް ވިސްނެން ފެށުމުން އޭނާގެ ބޮލުގައި ރިއްސަން ފެށިއެވެ. ބޭސް ކައިގެން އޭނާ އޮށޯވެލީ ކުޑަކޮށް އަރާމުކޮށްލާށެވެ.

ކުއްލިއަކަށް ރިޔާޝާއަށް ހޭލެވުނީ ފެނުނު ބިރުވެރި ހުވަފެނެއްގެ ސަބަބުންނެވެ. މުޅި މީހާ ވަނީ ދަލުން ފޯވެފައެވެ. “މާތްކަލާކޯ! މިފެނުނީ ކޮންކަހަލަ ހުވަފެނެއް. އަނެއްކާ އަޔާއަށް ބަޔަކު… ނޫން ނޫން. އަޔާއަކަށް އެއްވެސް ކަމެއް ނުވާނެ. ޝިފާންވެސް ބުނި އަޔާ ހަމަ ބަރާބަރޭ. އެކަމަކު މިކަހަލަ ހުވަފެނެއް… އެވާނީ މާބޮޑަށް ހިތް ނުތަނަވަސްވާތީ ވީގޮތެއް ކަމަށް. އެހެންނޫނަސް ހުވަފެނަކީ ޙަޤީޤަތެއް ނޫން. ބިލާހެއް.” ރިޔާޝާ އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. އެވަގުތު އޭނާގެ ކަންފަތުގައި ޖެހުނީ އަޞްރު ނަމާދު ބަންޤީގެ އަޑެވެ. “އެވާނީ ނަމާދަށް ހޭލެވެންވެގެން ވީގޮތެއްކަމަށް.” ދެފަރާތަށް ބޯހޫރާލަމުން ރިޔާޝާ ފާޚާނާއަށް ވަނެވެ. ފެންވަރައިގެން ނުކުމެ ނަމާދުކޮށްލުމުން ހިތަށް ހަމަޖެހުން ލިބުނެވެ.

ދުވަސްތައް ފާއިތުވަމުން ދަނީ ނުލާހިކު އަވަހަށެވެ. ރަޝީދު ދިޔަ ފަހުން ރިޔާޝާއަށް ވަރަށް ގިނައިން އަމީނާއާއެކު އެގެއިން ފިރހެނަކު ފެނެއެވެ. އޭނާ ކޮންމެވެސް ތާކުން އެމީހާ ދެކުނު ހަނދާނެއްވެއެވެ. ނަމަވެސް ހަނދާން ކޮށްކޮށްވެސް އޭނާއަށް އެމީހާ ފެނުނު ތަނެއް ހަނދާނެއް ނުވިއެވެ. އެދެމީހުން ވަރަށް ސިއްރުވެރި ވާހަކަތަކެއް ދައްކަމުންދާކަން ރިޔާޝާއަށް ފާހަގަކުރެވުނެވެ. އަނެއްކާ އެމީހުން އެހާ ސިއްރުން އެދައްކަނީ ކޮން ވާހަކައެއްބާވައެވެ. ދޭތެރެ ދޭތެރެއިން އެމީހާ ރިޔާޝާއަށް ދަހިވެތިކަމާއެކު ބަލާލައެވެ. އެމީހާގެ އެ ދަހިވެތި ބެލުންތަކުން ސަލާމަތްވުމަށް ރިޔާޝާ އެމީހާގެ ކުރިމައްޗަށް ނައިސް ވޭތޯ ބަލައެވެ.

މަސްދުވަސް ވީއިރުވެސް ރިޔާޝާއަކަށް އަޔާޒްގެ ޚަބަރެއް ނުވިއެވެ. އަނެއްކޮޅުން ޝިފާންއަށް ގުޅާގުޅާ ފޯނުވެސް ނެގީކީ ނޫނެވެ. ދެތިން ފަހަރަކު ޝިފާންއާއި ބައްދަލުކުރަން ރިޔާޝާ އެގެއަށް ދިޔައެވެ. ނަމަވެސް އެގެއިންވެސް ޝިފާންއާއި ދިމާވީއެއް ނޫނެވެ. ޝިފާންގެ މަންމަގެ ފަރާތުން ޝިފާން މާލޭގައި އުޅޭކަން ވަނީ އެނގިފައެވެ. އެހެންކަމުން ޝިފާން ފޯނު ނުނެގުމާއި އަޔާޒްގެ ޚަބަރެއް ނުވުމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ރިޔާޝާއަށް މިހާރު ވިސްނިއްޖެއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ޝިފާންއާއި ބައްދަލުކުރަން ދިޔައެވެ.

ރިޔާޝާ ޝިފާންގެ ގެއަށް ދިޔައިރު ޝިފާން ގެއަކު ނެތެވެ. ނަމަވެސް ރިޔާޝާ މިއަދު ހުރީ މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން ނިންމައިގެންނެވެ. އޭނާ ބޭނުންވާ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް އޭނާ އެގެއަކުން ނުދާނެއެވެ. ރިޔާޝާ އެގޭގައި އިންނަތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވީފަހުން ޝިފާން އައިސް ގެއަށް ވަނީ ތުނބުން ފުމެމުންނެވެ. އޭނާއަށް ރިޔާޝާ ފެނުމުން ތެޅިގަތެވެ. ދެފަރާތް ހޯދާލީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. “ދަރިފުޅާ! މިހާރު ރިޔާޝާ ކިތަންމެ އިރެއް ދަރިފުޅު ހޯދަން އައިސް އިންނަތާ. ހިނގާ އިހަށް ކާން. ރިޔާޝާވެސް އާދޭ.” ޝިފާންގެ މަންމަ ކޮޓަރިން ނުކުތް ވަގުތު ޝިފާން ފެނުމުން ބުނެލިއެވެ. ރިޔާޝާވެސް ދެބަހެއްނުވެ ކާން ދިޔައެވެ. ކައިގެން ނުކުމެފައި ޝިފާން ގޯތިތެރެއަށް ނުކުތީ ރިޔާޝާ ގާތު ބޭރަށް އައުމަށް އިޝާރާތް ކޮށްލާފައެވެ.

“ރިޔާ ކީއްކުރަން މިގެއަށް ތިއައީ؟” ޝިފާން ކުޑަކޮށް ކަންބޮޑުވެފައި އަހާލިއެވެ. “އަހަރެން މިއައީ ކީއްކުރަންކަން ޝިފާނަށް އެނގޭނެ. އަހަރެން މިއައީ އަހަރެންނަށް ތި ސިއްރުކުރާ ކަންތައް އޮޅުންފިލުވަން.” ރިޔާޝާ އޭނާ އައި ބޭނުން ސީދަލަށް ބުންޏެވެ. “ތިއަށް ދޭނެ ޖަވާބެއް އަހަރެން އަތަކު ނެތޭ ބުނެފިއްޔާ؟” “ކިތަންމެ އިރެއް ވިޔަސް މިގެއަކުން ނުދާނަން.” ރިޔާޝާ ހުރީ އޭނާގެ ގޮތުގައެވެ. ޝިފާން ވިސްނާލިއެވެ. ރިޔާޝާއަށް އޮޅުވާލައިގެން އުޅެންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ އެކަން ކުރާކަށް އޭނާއަކަށް ފަސޭހައެއްވެސް ނޫނެވެ. ނަމަވެސް އަޔާޒް ގާތުގައި އަހާނުލާ ރިޔާޝާއަށް އެވާހަކަ ކިޔައިދިނުން ގޯހަކަށް ނުވެދާނެބާވައެވެ.

“އަހަރެން މިރޭ ރިޔާގެ ހުރިހާ ސުވާލަކަށް ޖަވާބުދޭނަން. އިހަށް ދޭ ގެއަށް.” ޝިފާން ރިޔާޝާގެ ކޮނޑުގައި އަތް ބާއްވާލުމުން ރިޔާޝާ ޝިފާންގެ އަތް ފޮޅުވާލިއެވެ. “ކީއްވެ މިރޭ؟ ކާކުގެ ހުއްދައެއް ހޯދަން؟ އިތުރަށް ކޮން ދޮގެއް ހަދަން؟ ބުނެބަލަ. މިހާރު އަހަރެންނަށް ކިހާ ދޮގެއް ހަދައިފިން؟ ބަލަ އަހަރެން މީ ކުޅޭކުޅޭ އެއްޗެއް ނޫނޭ ބޭނުންވީމަ ކުޅެލާފަ ބޭނުން ނެތުނީމަ އެއްލާލާކަށް. ޝިފާން އަހަރެންނާ ގުޅުން ބާއްވަން ބޭނުމިއްޔާ ހަމަ މިހާރު ހުރިހާ އެއްޗެއް ތެދަށް ކިޔައިދީ!” ރިޔާޝާ ގާތަށް ރުޅިއައެވެ. އެވަރުންވެސް ޝިފާން އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ހުރީ ހަދާނެ ގޮތެއް ނުނިންމިފައެވެ.

“މިހާރު އެނގިއްޖެ މިހުރިހާ ކަމަކީވެސް ތިދެމީހުންގެ ރޭވުމެއްކަން. އަޅެ އެންމެ ފަހަރަކުވެސް އަހަރެންނަށް ވެދާނެ ގޮތަކާމެދު ވިސްނާލީންތަ؟ އަހަރެންނަށް އޮޅުވާލައިގެން އަހަރެންގެ އިހުސާސްތަކާ ތިކުޅުނީ ކީއްވެ؟ ކީއްވެ؟ ބުނެބަލަ. ޖަވާބުދީބަލަ. އަހަރެން މިއަހަނީ ކީއްވެހޭ؟” ޝިފާންގެ ގަމީހު ގިރުވާނުގައި ހިފާ ތަޅުވައިގަންނަމުން ރިޔާޝާ އަހަމުން ދިޔައެވެ. އޭނާ އައިސްފައިވާ ރުޅިއާއި އެއްވަރަށް ދެރަވެސްވިއެވެ. އިސާހިތަކު އޭނާގެ ދެލޮލުން ހޫނު ކަރުނަތައް އޮހިގަތެވެ. އޭނާއަށް ޝިފާންގެ މޭގައި ބޯ ޖައްސާލެވުނެވެ.

ޝިފާން ރިޔާޝާގެ ދެކޮނޑުގައި ހިފަހައްޓާލުމުން ރިޔާޝާ ޝިފާންއާއި ދުރުވެލަމުން ޝިފާންގެ އަތް ފޮޅުވާލިއެވެ. “އަތްނުލާ އަހަރެން ގައިގައި. އަހަރެން ދެކުނީ ތީ އަހަރެންގެ ބޭބެއެއް ކަމަށް. އެކަމަކު ތީ ބޭބެއެއް ނޫން. މަކަރުވެރިއެއް. ދުޝްމަނަކަށްވެސް ނުފުދޭ މީހެއް. ދެން އަޔާޒް. އޭނާއަކީ ނިކަމެތިންގެ އިހުސާސްތަކާ ކުޅެ ނާޖާއިޒް ފައިދާ ނަގަމުންދާ ހިލަ ހިތެއްގެ ވެރިއެއް. އަނިޔާވެރިއެއް. ބޭވަފާތެރިއެއް. އަހަރެން ދުވަހަކުވެސް ތި ދެމީހުންނަކަށް މާފެއް ނުކުރާނަން.” ޝިފާން ހުރީ ކުރާނެ ހަރަކާތެއް، ބުނާނެ އެއްޗެއް ނޭނގިފައެވެ. ރިޔާޝާ މިއަދު ދުވަހަކުވެސް ނުވާހާ ދެރަވެއްޖެއެވެ. ޝިފާންގެ އެހަމަހިމޭންކަން އޭނާގެ ހިތަށް ތަދުކުރަމުން ދިޔައެވެ. އެންމެފަހުން އޭނާއަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން އެގެއިން ނުކުތުމަށް ދުއްވައިގަތެވެ.

(ނުނިމޭ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ލީމިންހޯ 5

Next

ލީމިންހޯ 6

Next
October 29, 2016

ލީމިންހޯ 6

Previews
October 28, 2016

ލީމިންހޯ 5

24 Comments!

  1. Aish says:
    October 29, 2016 at 9:13 am

    Salhi???

    1. Saandy says:
      October 29, 2016 at 7:55 pm

      ޝުކުރިއްޔާ

  2. Metal 0-1 says:
    October 29, 2016 at 9:33 am

    U have the talent of writing a story
    Story is nice

    1. Saandy says:
      October 29, 2016 at 7:55 pm

      ޝުކުރިއްޔާ

  3. Navya says:
    October 29, 2016 at 10:00 am

    Story vvv habeyss?.. next part ah v inthixaaru kuran… v kiyaahithun indha a nimunyy… saandy next part avahah up kohdhyba…?

    1. Saandy says:
      October 29, 2016 at 7:56 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 12ވަނަ ބައި ގެނެސްދޭނަން

  4. Geela says:
    October 29, 2016 at 6:24 pm

    Haadha dheragothekey dhoa e v. Dhen kihinebba vaanee inthithizaaru kurevey eba varah bodah. Thanx you.

    1. Saandy says:
      October 29, 2016 at 7:56 pm

      ޝުކުރިއްޔާ

  5. NAIN says:
    October 29, 2016 at 6:58 pm

    vaahaka varah reethi..hurihaa part akah comment nukurevunas mi storyge hurihaa part evves kiyan….keep it up.

    1. Saandy says:
      October 29, 2016 at 7:57 pm

      ޝުކުރިއްޔާ

  6. xprincess says:
    October 29, 2016 at 7:03 pm

    Wowow??

    1. Saandy says:
      October 29, 2016 at 7:57 pm

      ޝުކުރިއްޔާ

  7. Kiyaa Meehaa says:
    October 29, 2016 at 7:53 pm

    Vaahaka v v reethi.. I like it.. dhen Shifaan alhe Riyaashaa ah hageegaiy kiyaidheebala avahah.. next part kon irakun up kollaanee.. next part avahah up kollahchey.. 🙂

    1. Saandy says:
      October 29, 2016 at 7:58 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 12ވަނަ ބައި ގެނެސްދޭނަން

  8. Anonymous says:
    October 30, 2016 at 1:59 pm

    alhey….riyaage mom ge reyvun complete viya nudechey plex….ayaa ehen veemahaada dera ey dhw…

    miga nethenu bunefae shifan male’ avaahakaey…hama bunelii ingey

    1. Saandy says:
      October 31, 2016 at 7:03 pm

      ޝުކުރިއްޔާ! އާނ ޝިފާން އައި ވާހަކައެއް ނުލިޔަން… އެކަމު ޝިފާން އަޔާޒްމެން ގާތުގައި ބުންޏެއްނު ހަފްތާއެއްހާ ދުވަހު މަޑުކޮށްލެވިދާނެޔޭ… އެހެންވެ އަސްލު ސާންޑީ ހީކުރީ ޝިފާން އައި ވާހަކަ ނުލިޔުނަސް ކިޔުންތެރިންނަށް އެނގޭނެޔޭ… ރަނގަޅު ޚިޔާލެއް ތިދިނީ… ތިކަހަލަ ޚިޔާލު ގިނަގިނައިން ބޭނުން… އޭރުން އަސްލު ރަނގަޅުކުރަން އިނގޭނީ… އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ

  9. raf says:
    October 30, 2016 at 4:09 pm

    alhey riyaage mom ge nubaa kandhw….e thi complete viya nudechey…i hope ayaa annaane kame riyaa kariah…n i think riyaa ah aisha ge help beynun vaane kan….

    1. Saandy says:
      October 31, 2016 at 7:04 pm

      ޝުކުރިއްޔާ! ވާގޮތެއް ބަލަމާ ދޯ

  10. someone says:
    October 30, 2016 at 4:11 pm

    saandy akee girl etha nunii boy e tha…?..

    1. Saandy says:
      October 31, 2016 at 7:04 pm

      ބޯއީ އެއް

    2. Aish says:
      January 4, 2017 at 7:46 pm

      What? Ma mioh hurihaa dhuvahu mi hykurany girl eh kamah.. ???

    3. Saandy says:
      January 21, 2017 at 3:03 pm

      ހެހެހެ… ނޯ އައިޝް

  11. Shailaa says:
    December 3, 2018 at 11:28 pm

    Varah salhi?????

    1. Saandy says:
      December 10, 2018 at 10:11 am

      Thank You Shailaa 🙂

Comments are closed.


All Right Reserved!