Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (9ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
October 26, 2016 6 Mins Read
16 Comments

އަމީނާ ކޮޓަރިން ނުކުތް ވަގުތު ފޯނު ރިންގުވީ އަޑު އިވުނެވެ. އޭރު އަދި ރިޔާޝާއެއް ނުނިކުމެއެވެ. އަމީނާ ގޮސް ފޯނު ނެގީ އެހާ ހެނދުނާ ގުޅީ ކާކުތޯ ބެލުމަށެވެ. “ކޮން ބޭފުޅެއްތޯ؟” ޝިފާން އަދަބުވެރިކަމާއެކު އެހީ އެއީ ރިޔާޝާ ނޫންކަން އެނގުމުންނެވެ. “ތީ ކާކު؟” އަމީނާ އެހިއެވެ. “ޝިފާން.” “ކޮން ޝިފާނެއް؟” އަމީނާ އެހެން އަހާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. “މީ ރިޔާޝާގެ އެކުވެރިއެއް. ތީ ރިޔާޝާގެ މަންމަތޯ؟” ޝިފާން ހަމަޖެހިލާފައި ބުނެލިއެވެ. “އާނ. ކިހިނެއްވީ؟” އަމީނާގެ ރާގު ހުރިގޮތުން ޝިފާން އަވަހަށް ފޯނު ބާއްވަން ގަސްތުކުރިއެވެ. “ރިޔާޝާ ނުކުތީމަ…” “މަންމާ!” ދޮރު ހުޅުވާލާފައި ރިޔާޝާ ނުކުތީ އެވަގުތުއެވެ.

“އަން. މިއޮތީ ދަރިފުޅަށް އައި ފޯނެއް.” އަމީނާ ހިތްހެޔޮ ހިނިތުންވުމަކާއެކު ރިޔާޝާއަށް ފޯނު ދިއްކޮށްލިއެވެ. “ކާކު؟ ޢައިޝާތަ؟” ރިޔާޝާ ފޯނާއި ދިމާއަށް އަންނަމުން އަހާލިއެވެ. “އުހުނ. ޝިފާން.” އަމީނާ ދިއްކުރި ފޯނުގައި ރިޔާޝާ ހިފުމުން އަމީނާ ބަދިގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ރިޔާޝާއަށް ފަސްދީފައި ދެބުމަ ގޮށްޖަހާލަމުން އަނގައަށް ވައްތަރެއް ޖައްސާލިއެވެ. އޭނާ ރޭވި ގޮތަށް ކަންތައް ނުދިޔުމުން ހިތާހިތުން ރިޔާޝާއަށް އެއްޗެހި ގޮވައިގަތެވެ. އޭނާ އެނބުރި މާލެ އައި މަޤުސަދު ހާސިލްކުރުމަށް ރިޔާޝާ ޝިފާންމެންނާއި ދުރުކުރަން އެބަ ޖެހެއެވެ. ކޮންމެހެން ހަދާފައިވެސް އޭނާ އެކަން ކާމިޔާބު ކުރާނެއެވެ.

“ހަލޯ ޝިފާން. އަޅެ ކީއްވެތަ އިއްޔެ ނުގުޅީ؟ ކޮބާ އަޔާ؟ ރަނގަޅުތަ؟ ޝިފާން ރަނގަޅުތަ؟ އަޔާގެ ބައްޕަ ކިހިނެއް؟ އަޔާގެ މަންމަ ރަނގަޅުތަ؟” އެކޮޅުން އެއްވެސް އެއްޗެއް ނުބުނެވެނީސް ރިޔާޝާ އޭނާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. “އޯހ މައި ގޯޑް! ރިޔާ! ތީގެން ކޮން ސުވާލަކަށްތަ ފުރަތަމަ ޖަވާބު ދޭންވީ؟” ޝިފާން އެހެން އަހާލީ ރިޔާޝާ ރުޅިއަރުވާލުމަށެވެ. “ދެން ޝިފާން. ދެން ބުނެބަލަ.” ރިޔާޝާ އަކުރުތަކަށް ބާރުލަމުން ބުނެލިއެވެ.

“އޯކޭ އޯކޭ. އެންމެންވެސް ރަނގަޅު. އިއްޔެ ހަމަ އުޅެން ޖެހުނުލެއް ބިޒީކަމުން ނުގުޅުނީ. އަހަރެން އައިއިރު ވަރަށް ސީރިއަސް. ހާސްވެގެން އުޅެން ޖެހުނީމަ އަސްލު ހަނދާންވެސް ނެތުނީ.” ޝިފާން އޮޅުންފިލުވައިދިނެވެ. “އަލްޙަމްދު ﷲ. ތީ ހާދަ އުފާވެރި ޚަބަރެކޭ. ކޮބާ އަޔާ؟” ރިޔާޝާ އުފަލުންހުރެ އަހާލިއެވެ. “އަޔާ ވީ ހޮސްޕިޓަލުގަ. އަހަރެން މިއިނީ ބޭރުގަ. އަޔާ ކައިރީ ބުނާނަން ގުޅާލާށޭ.” ޝިފާން އެހެން ބުނެފައި ފޯނު ބޭއްވިއެވެ.

ފޯނު ބާއްވާފައި ރިޔާޝާ ދާން ހިނގައިގަތްތަނާ އަނެއްކާވެސް ފޯނު ރިންގުވިއެވެ. “ހަލޯ.” އަޔާޒްގެ އަޑު އިވުމުން ރިޔާޝާގެ ހިތަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ އެއަޑު އަހާލަން އެދި ހުންނަތާ ކިހާ އިރެއް ހެއްޔެވެ؟ “އަޔާ! އަހަރެން ވަރަށް އުފާވެއްޖެ ހުރިހާ ކަމެއްވެސް ރަނގަޅުވީމަ. އިއްޔެ ނުގުޅީމަ އަސްލު އަހަރެން ވަރަށް ހާސްވި. ކަމެއް ގޯސްވެގެން އުޅޭހެން ހީވީ. އެހެންވެ ރޭގަ ރަނގަޅަށް ނުވެސް ނިދުނު.” ރިޔާޝާގެ އަޑުންވެސް އޭނާ ހިތްހަމަޖެހިފައި ހުރިވަރު ހާމަވެއެވެ.

“އާނ. އަހަރެންވެސް ވަރަށް އުފާވެއްޖެ. އެކަމު ވަރަށް ދެރަވޭ އެހާ އަވަހަށް ރިޔާ ފެންނަ ހިސާބަށް ނުދެވޭނެތީ. ބައްޕަ މުޅިން ރަނގަޅު ނުވަނީސް ދެވޭކަށް ނެތް.” އަޔާޒްގެ ވާހަކައިން ރިޔާޝާ ދެރަވިއެވެ. ނަމަވެސް އޭނާ އެކަން އަޔާޒަށް ފާހަގަވިޔަކަ ނުދިނެވެ. “އަޔާގެ ޚަބަރު އަހަންނަށް ބަރާބަރަށް ލިބެންޏާ އަހަރެން ހުންނާނީ ހިތްހަމަޖެހިގެން. ކިތަންމެ ދުވަހެއް ވިޔަސް އަހަރެން އިންތިޒާރު ކުރާނަން.” ރިޔާޝާ އެހެން ބުނުމުން އަޔާޒް ހީލިއެވެ. އެކަން ރިޔާޝާއަށް އިހުސާސްކުރެވުނެވެ. “ރިޔާ! ދެން އިހަށް ބާއްވަނީ އިނގޭ. ފަހުން ގުޅާނަން.” އަޔާޒް އެހެން ބުނުމުން ރިޔާޝާވެސް އެއްބަސްވެލިއެވެ.

“ސާބަހޭ ޝިފާން. މީނަޔާހެދި ނޯންނާނެ ވާހަކަވެސް ދައްކާލެވޭކަށް.” ޝިފާންގެ ކޮނޑުގައި ޖަހާލަމުން އަޔާޒް ބުނެލިއެވެ. “އެންމެފަހުން މަ ދޯ މި ގޯސްވީ؟ ބަލަ ބޭފުޅާ އަމިއްލައަކަށް ދޯ ތިފޯނު ބޭއްވީ؟ މަށެއް ނުބުނަން ފޯނު ބާއްވާކަށް.” ހެވިފައި އިނދެ ޝިފާން ބުނެލިއެވެ. “ބަލަ ދިމާކުރާ ވަރުންނޭ މި ބޭއްވުނީވެސް. ދެން އެހުރިހާ ވައްތަރުތަކެއް ނުޖެއްސިޔަކަސް ވެދާނެއެއްނު. ހަމަ މަ މަގޭ ސްވީޓްހާރޓަށް ގުޅީމަތަ އެނގުނީ ދިމާކޮށްގަންނަން.؟” އަޔާޒް ރުޅިއަންނަ ކަމަށް ހަދާލަމުން ބުނެލިއެވެ.

“އޭތް ހަލޯ. މަށަށް އެނގޭ އިނގޭ ތީނީ ރުޅިއައިސްފައެއް ނޫންކަން.” ޝިފާން އެހެން ބުނެލުމުން އަޔާޒަށް ހެވުނެވެ. “ދެން ތިހާ ލަދުރަކި މީހުން އެކަހަލަ ކަންތައް ނުކުރާނީ. އެހެންނޫނަސް މަގޭ ކައިރީ އިނދެގެން މާ ފޮޅުވަން އުޅެންޏާ ވާނީ އެހެންނޭ. ހަމަ ބޭނުންނަމަ ދުރަށްވެސް ދެވިދާނެ ދޯ ވާހަކަދައްކަން. އެކަމު ހަމަ މަ ދިމާކުރޭތޯ ކައިރީގައި އިނީ.” ޝިފާން ގަދަކޮށްލިއެވެ. “ދެން އެންމެ ރަނގަޅޭ. ހިނގާ އެތެރެއަށް ދާން. މިހާރު އެހެރަ ހަތެއް ޖަހަނީ.” ޝިފާންގެ ކޮނޑުގައި ޖަހާލަމުން އެހެން ބުނުމުން ޝިފާންވެސް އެތެރެއަށް ވަންނަން ހިނގައިގަތެވެ.

**********

ރިޔާޝާ ގޮސް ބަދިގެއަށް ވަންއިރު އަމީނާ ހުރީ ރޮށި ފިހަން ފުށް މޮޑެންނެވެ. އޭނާ ހުރީ ޚިޔާލަކަށް ގޮސް ހުސްވެފައެވެ. އޭނާއަށް ރިޔާޝާ ބަދިގެއަށް އައި ކަމެއްވެސް ނޭނގުނެވެ. އޭނާ ވިސްނަމުން ދިޔައީ ކުރިއަށް އޮތް ތާނގައި އޭނާ ކަންތައްތައް ކުރާނެ ގޮތެވެ. އޭނާ މާލެ އައީ ވަރުގަދަ ޕްލޭނެއް ކޮށްގެންނެވެ. އެ ޕްލޭން ތާކުންތާކު ނުޖެހިދިޔަ ނުދިނުމަށް ކުރެވުނުހާ މަސައްކަތެއް އޭނާ ކުރާނެއެވެ. އޭނާއަށް ކުރިމަގުގައި އޭނާ އުޅޭނެ ގޮތް ސިފަވަމުން ދިޔައެވެ. އޭނާއަށް ބޭއިޚަތިޔާރުގައި ހިނިތުންވެލެވުނެވެ. އަމީނާގެ ހަރަކާތްތަކަށް ބަލަން ރިޔާޝާ ހުރީ ހައިރާންވެފައެވެ. ނަމަވެސް އޭނާއަށް އަމީނާގެ މޫނުމަތީގައިވާ އަސަރުތަކުން ނަގަންވީ މާނައެއް ނޭނގުނެވެ.

“މަންމާ!” ރިޔާޝާ ގޮވާލި އަޑަށް އަމީނާއަށް ތެޅިގަނެވުނެވެ. އޭނާއަށް ތެޅިގަނެވުނު ގޮތަކުން އަތުގައި ހުރި ފުޅި ވެއްޓުނެވެ. “ކީއް ތިކުރީ؟” ރިޔާޝާ ފުޅި ނަގަން ތިރިވި ވަގުތު އޭނާއަށް ރަނގަޅަށް އެފުޅި ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. “މަންމާ! ހަކުރު އަޅައިގެންތަ ތި ފުށް މޮޑެނީ؟” ރިޔާޝާ ހައިރާންވެފައިހުރެ އަހާލިއެވެ. އަމީނާއަށް ހަމަބިމަށް އާދެވުނީ އަދި ކިރިޔާއެވެ. އޭނާ މޮޑެފައިވާ ފުށްގަނޑަށް ބަލާލިއެވެ. އެއްވެސް އޮމާންކަމެއްނެތް އެފުށްގަނޑަށް ހީވަނީ ކަށިވެލި އަޅާފައި ހުރިހެންނެވެ. އޭނާއަށް ނިތުގައި އަތް އެޅުނީ ކުރެވުނު ކަންތައް ހިތަށް އަރާފައެވެ. އޭނާއަށް ވީގޮތް ފެނުމުން ރިޔާޝާއަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. ނަމަވެސް އަމީނާ ރުޅިއައިސްފާނެތީ އަވަހަށް ހިނިގަނޑު މަތަކުރެވޭތޯ މަސައްކަތްކުރިއެވެ. އަދި އަވަސްއަވަހަށް ފިހިގަނޑު ހިފައިގެން އައިސް ހަކުރުތައް ބަންޑުންވެފައި ހުރިތަން ކަހާ ސާފުކޮށްލިއެވެ.

**********

“މިއަދު ހާދަ ލަހޭ ދޯ ގަޑި ހިނގާލެއްވެސް.” ގަޑިން ހަތެއް ނުޖަހައިގެން އިން ހަސީނާ އަމިއްލައަށް އިނދެ ބުނެލިއެވެ. އަޔާޒް ހެނދުނު ހަތެއް ޖަހާއިރު އޭނާ ގޮވައިގެން ވަހީދު ކައިރިއަށް ދާން އަންނާނެ ކަމަށް ބުނެފައި ބޭރަށް ދިޔައީ އެކަނި އެތަނަށް ނުދިޔުމަށް އެދިފައެވެ. އޭނާއަށް އެކަނި ދާން އެނގުނުނަމަވެސް އޭނާ ނުގޮސް މަޑުކުރީ ހުރި ހަމައެކަނި ދަރިފުޅުގެ އެދުމުގައި ކޮޅުފައިން ނުޖެހުމަށެވެ. އަޔާޒް ދިޔައީއްސުރެ އޭނާ އެއިނީ ގަޑި ގުނާލަ ގުނާލައެވެ. އޭނާ އެހެން އިންދާ އަޔާޒާއި ޝިފާން އައިސް އެކޮޓަރިއަށް ވަނީ އެކުއެކީގައެވެ.

ހަސީނާ ފެނުމުން ދެމީހުންވެސް ހިނިތުންވެލިއެވެ. އަޔާޒް ކުރިއަށް ހިނގައިގަތްއިރު ޝިފާން ހުރީ އެދެމައިންނަށް ބަލަހައްޓައިގެންނެވެ. ހަސީނާއަށް ޝޮކް ޖެހުނުކަން އެނގުނު ވަގުތު އޭނާއަށް ފުން އަސަރުތަކެއް ކުރިއެވެ. އޭނާގެ މަންމަ ނޫނަސް އޭނާ ދެކެނީ އެއީ ހަމަ އޭނާގެވެސް މަންމަގެ ގޮތުގައެވެ. ހަސީނާ އޭނާއާއި ދޭތެރޭ ކަންތައް ކުރަނީ ހަމަ އެހާ ގާތްކޮށެވެ. ޑޮކްޓަރ އެވާހަކަ ބުނެލި ވަގުތު އަޔާޒަށް ކުރާނެ އަސަރު ޝިފާންއަށް އިހުސާސްކުރެވުނެވެ. ނަމަވެސް މާތް ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ޑޮކްޓަރ ބުނި ފަދައިން ހަސީނާއަށް ލިބުނު ޝޮކުން އާންމު ހާލަތަށް ރުޖޫޢަވާކަށް ސައުވީސް ގަޑިއިރުވެސް ބޭނުމެއްނުވިއެވެ.

“ދަރިފުޅާ! ދެން ހިނގާބަލަ ހަތެއް ނުޖެހިއަކަސް މަންމަ ގޮވައިގެން.” ހަސީނާ ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. “މަންމަވެސް ދޯ. ހެހެހެ. ދެން ނުވާނެޔޭ މާ ގިނައިރެއް.” އަޔާޒް ހަސީނާ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ތެދެއް ދައްތާ. ދެން ނެތޭ މާ ގިނައިރެއް.” ޝިފާންވެސް އައިސް ކައިރީގައި އިށީނދެލިއެވެ. “ޝިފާން ކޮންއިރަކު ރާއްޖެ ދަނީ؟” ހަސީނާ ހިނިތުންވެލާފައި އަހާލިއެވެ. “އަދި ދެދުވަހަކު މަޑުކޮށްލާފަ ދާނީ.” ޝިފާން ބުނެލިއެވެ. “ހަފްތާއެއްހާ ދުވަހު މަޑުކޮށްލަންވީނު.” ހަސީނާ އެހެން ބުނެލުމުން އަޔާޒް ޝިފާނަށް ބަލާލިއެވެ.

“މަންމާ! ޝިފާން ކިހިނެއް މަޑުކުރާނީ؟ އޭނަގެ މަންމަވެސް ނުލާހިކު ބަލި. އޭނަގެ ބައްޕަ އެކަނި ކިހިނެއް ހުރިހާ މަސައްކަތް ކުރަމުން އޭނަގެ މަންމަ ބަލާނީ؟ އެހެންވީމަ ޝިފާން ދާން ޖެހޭނެއެއްނު.” އަޔާޒް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. “ނޫނޭ އަޔާ! އަހަރެން މަޑުކޮށްލަފާނަން ހަފްތާއެއްހާ ދުވަހު. އަހަރެން އަންނަ ވާހަކަ ބުނީމަވެސް ބައްޕަ ބުނި ދުވަސްކޮޅަކު މަޑުކޮށްލާފަ އަންނާށޭ.” އަޔާޒް އެހެން ބުނިއިރު އޭނާ އިނީ ހިތްހަމަނުޖެހިފައެވެ. އޭނާއަށް ހީވަނީ އަޔާޒަށް އޭނާއާއި ހެދި އުނދަގޫވާހެންނެވެ. އޭނާ ފޮނުވާލަން އެއުޅެނީ އެހެންވެގެން ކަމަށެވެ. އޭނާއަށް މި ލިބުނީ ފެނުކައްކާ ބޮލީގެ އިއްޒަތޭވެސް އޭނާއަށް ހީވިއެވެ.

“ހިނގާ ދަމާ. މިހާރު އެހެރަ ހަތެއް ޖަހާ ބޮޑުވަނީ.” އަޔާޒް އެހެން ބުނެލުމުން ހަސީނާއާއި ޝިފާންވެސް ތެދުވެ ހިނގައިގަތެވެ. “އިހަށް މަޑުކޮށްބަލަ. ދައްތާ! ވަރަށް ހިތްވަރު ގަދަވާންވާނެ އިނގޭ. އެތަނަށް ވަދެފަ ރޮއިގެން ނުވާނެ އިނގޭ. އޭރުން ވަހީދުބެ މާ ދެރަވާނެ. ދައްތައަށްވެސް އެނގެއެއްނު ވަހީދުބެ އެއޮތީ ވަރަށް ބޮޑު އޮޕަރޭޝަނެއް ކޮށްގެންކަން. އެހެންވީމަ ރުއީމަ ކަމަކު ނުދާނެ.” ޝިފާން އެބުނި ވާހަކައަށް ހަސީނާވެސް އެއްބަސްވިއެވެ. އޭނާ ހިނިތުންވެފައިވާ މޫނަކައިގެން އައިސީޔޫގެ ތެރެއަށް ވަނެވެ. އަޔާޒް ވަންނަން އުޅުމުން ޝިފާން އޭނާ ހުއްޓުވީ އެދެމަފިރިންނަށް ވަގުތުކޮޅެއް ދިނުމަށްޓަކައެވެ. އަދި ބޯޖަހާލީ އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނެލާފަދަ ގޮތަކަށެވެ.

ހަސީނާ އެތެރެއަށް ވަންއިރު ވަހީދަށް އޮތީ ނިދިފައެވެ. ހަސީނާ މަޑުމަޑުން ގޮސް ވަހީދުގެ އެނދު ކައިރިއަށް ހުއްޓި ލޯބިވާ ފިރިމީހާގެ މޫނަށް ބަލާލިއެވެ. އެމޫނުގައި ކުރިން ހުންނަ ތާޒާކަމެއް މިއަދަކު ނެތެވެ. އެމޫނުން ފެނުނީ ވަރުބަލިކަމެވެ. ހަސީނާ އޭނާގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ. އަދި މަޑުމަޑުން ވަހީދުގެ އަތުގައި ހިފާލިއެވެ. ވަހީދަށް ހަސީނާގެ އެ ބީހުން އިހުސާސް ކުރެވުނީ ކަންނޭނގެއެވެ. މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭނާއަށް ފުރަތަމަ ފެނުނީ ފުސްކޮށެވެ. ދެލޯ މަރާލާފައި ދެން ލޯ ހުޅުވާލިއިރު، އޭނާގެ ކުރިމަތިން ސާފުކޮށް ފެންނަން އެހުރީ ލޯބިވާ އަނބިމީހާއެވެ.

“ހަސީ!” ވަހީދު މަޑުމަޑުން ހަސީނާއަށް ގޮވާލާފައި ހިނިތުންވެލުމުން ހަސީނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އައެވެ. ވަހީދުގެ ހަނދާން ހުރުމުން އޭނާއަށް ﷲއަށް ޙަމްދުކުރެވުނެވެ. ނަމަވެސް ހިތުގައި ބިރުވެރިކަމުގެ އޮއިވަރެއް ހިނގާލީ ވަހީދުގެ ހަނދާންހުރި މިންވަރެއް ނޭނގޭތީއެވެ. އޭނާއަށް އިވިފައިހުރި ވާހަކަތަކުން އެނގުނު ގޮތުގައި ބޮލަށް ބޮޑެތި ގެއްލުންތައް ލިބޭ މީހުންގެ ހަނދާނަށް ބަދަލު އާދެއެވެ. ބައެއް މީހުންގެ ހަނދާން އެއްކޮށް ފިލާދެއެވެ. އަނެއްބައި މީހުންގެ ހަނދާން ބަލިވެ ބައެއް ކަންތައްތައް ހަނދާނުން ފޮހެވެއެވެ. ވަހީދަށް އެފަދަ ގޮތެއް ނުވުމަށްއެދި ހިތާހިތުން ދުޢާ ކުރަމުން ވަހީދުގެ ގައިގައި ބައްދާލިއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ ވަހީދު ރަނގަޅުވީމަ. އަދި އަހަރެންދެކެ އެހާ ލޯބިވާތީވެސް. އަހަރެން ވަރަށް ބިރުގަތް އަސްލު. ދެން އެހެން ނުހަދައްޗޭ.” ހަސީނާ ވަހީދާއި ދުރުވެލަމުން ބުނެލިއެވެ. “އަހަރެން ފަޚުރުވެރިވަން ތިކަހަލަ އަނތްބަކު ލިބުނީމަ. އަހަރެން ކިހިނެއް ހަސީނާ އެގޮތަށް މަރުވާން ދޫކޮށްލާނީ؟ ހަސީނާއަށްޓަކައި ފުރާނަ ދޭންވެސް އަހަރެން މިހިރީ ތައްޔާރަށް.” ހަސީނާގެ މޫނަށް ބަލަންއޮވެ ވަހީދު ބުނެލިއެވެ. “ދެން ތިހެން ނުބުނައްޗޭ. ވަހީދު ނެތް ދުނިޔެއެއްގަ އަހަރެންވެސް ހުންނާކަށް ބޭނުމެއްނޫން.” ވަހީދުގެ އަނގަމަތީ އަތް އަޅަމުން ހަސީނާ ބުނެލިއެވެ. “ދެން އަވަހަށް ރަނގަޅުވެގެން ގެއަށް ހިނގާ. އަހަރެމެންގެ ކުޑަކުޑަ ޢާއިލާ އުފާވެރިކަމާއެކު ނިމިދިއުމަށް އަހަރެން އަބަދުވެސް އެދެން.” ހަސީނާ ވަހީދުގެ އަތުގައި ހިފާލައިގެން އިނދެ ބުނެލިއެވެ.

މަންމައާއި ބައްޕަގެ ދެމެދުގައިވާ މަތިވެރި ލޯބި ފެނިފައި އުފަލުން އައިސީޔޫގެ ބޭރުގައި ހުރި އަޔާޒްގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އެލޯބި އަބަދުގެ އަބަދަށް ދެގޮތެއްނުވެ ދެމެހެއްޓެވުމަށް ﷲގެ ހަޟްރަތަށް ދުޢާ ދެންނެވިއެވެ. އޭނާ ވަނީ އެފަދަ ތެދުވެރި ލޯތްބަކަށް ފެންބޮވައިގަނެފައެވެ. އިރާދަކުރެއްވިއްޔާ މާގިނަ ދުވަހެއްނުވެ އޭނާއަށްވެސް އެފަދަ ލޯތްބެއް ލިބޭނެއެވެ. ބައްޕަ ރަނގަޅުވީހާ އަވަހަކަށް އޭނާ ރިޔާޝާގެ ވާހަކަ ބައްޕަމެން ގާތުގައި ދައްކާނެއެވެ. އޭނާގެ އުފަލަކަށް ބައްޕަމެން ހުރަސް ނާޅާނެކަމުގެ ޔަޤީންކަން އޭނާއަށް އެބައޮތެވެ. ރިޔާޝާއަކީ އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ވާން އެންމެ އެކަށޭނެ ކުއްޖާކަމަށް އަޔާޒް ޔަޤީންކުރެއެވެ. ރިޔާޝާއާއި އޭނާގެ ކައިވެނި ކުރެވި ދަރިއަކު ލިބޭ ދުވަހަކުން އޭނާގެ ދިރިއުޅުން ފުރިހަމަވާނެ ކަމުގައި އަޔާޒް ދެކެއެވެ.

**********

ދުވަސްތައް އޭގެ ހަލުވި މިނުގައި ދައުރުވަމުން ގޮސް މިހާރު އަޔާޒް ސިންގަޕޫރަށް ދިޔަތާ މަސްދުވަސްވީއެވެ. އަދިވެސް އޭނާގެ ބައްޕަގެ ހާލަތު މުޅިން ރަނގަޅު ނުވާތީ އޭނާއަށް ރާއްޖެ އާދެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް އޭނާ ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު ރިޔާޝާއަށް ގުޅާ ވާހަކަދައްކައެވެ. މިކަމުން އަމީނާގެ މާޔޫސްކަން އިތުރުވަމުން ދިޔައެވެ. އޭނާގެ ހުރިހާ ހުވަފެނެއް ބިލާހަކަށް ވެގެން ދަނީ ހެއްޔެވެ؟ ނޫނެކެވެ. މިފަހަރު އޭނާ އެހުރީ ދޭތިން އެކައްޗަށް ހިފައިގެންނެވެ. ކޮންމެ ފަދަ ހުރަހެއް ކުރިމަތިވިޔަސް ފޫދުއްވާލާފައި މަޤްސަދު ހާސިލްކުރުމަށް އޭނާ ހުރީ ފޫގަޅައިގެންނެވެ. އަމީނާ ރޭވުންތައް ރާވަމުންދާއިރު ރިޔާޝާއަށް އޭނާގެ ދިރިއުޅުމަށް ކުރިމަތިވާން އުޅޭ ތޫފާނުގެ ހިލަމެއްވެސް ނުވެއެވެ.

އަމީނާ އޭނާގެ މޯބައިލް ފޯނު ހިފައިގެން ކޮޓަރީގައި އިނީ ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. “ކަލޭ އަވަހަށް މިކޮޅަށް އަންނަން އުޅޭ. އެހެންނޫނީ އަހަރެމެންގެ ހުރިހާ ރޭވުމެއް ފެނަށް ވެދާނެ.” ރިޔާޝާ ބަދިގެއަށް ދިއުމަށްޓަކައި އަމީނާގެ ކޮޓަރި ހުރަސްކުރި ވަގުތު އަމީނާ ބުނި އަޑު އިވުނެވެ. އޭނާ މަޑުކޮށްލީ އިތުރު މީހެއްގެ އަޑު އިވޭތޯއެވެ. ނަމަވެސް އިތުރު މީހެއްގެ އަޑު ނީވުމުން ފޯނުން ވާހަކަދައްކަނީކަން އެނގުނެވެ. އޭނާގެ ހައިރާންވީ އަމީނާ އެހާ ސިއްރުވެރި ގޮތަކަށް ފޯނެއް ގެންގުޅޭތީއެވެ. އަދި އެދެއްކި ވާހަކައަކުން އޭނާގެ ހައިރާންކަން އިތުރުވިއެވެ. ރިޔާޝާގެ ހިތަށް އެރިއެވެ. މަންމަ އެހާ ސިއްރުން އެ ވާހަކަދައްކަނީ ކާކާބާވައެވެ؟ އެދެއްކީ ކޮން ރޭވުމެއް ފެނަށް ވެގެން ހިނގައިދާނެ ވާހަކައެއްބާވައެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ސޫރަ

Next

އެފިނިމެންދަން 8

Next
October 26, 2016

އެފިނިމެންދަން 8

Previews
October 25, 2016

ސޫރަ

16 Comments!

  1. Azu says:
    October 26, 2016 at 12:47 am

    Pis pis…ameena ge dhefuh dhegoiyy kamaa eve.eynage reyvun kaamiyaabu viya nudhehchey….ehen hadhaifiyya aya kihaa dheravaane….v reethi vaahaka .??

    1. Saandy says:
      October 26, 2016 at 10:08 pm

      ޝުކުރިއްޔާ! އަސްލުވެސް ދޯ

  2. ..... says:
    October 26, 2016 at 6:51 am

    Same thing happening in every story Anhen kujja faisaa ah vikkalun
    Story vs honey main characters akee abadhuves raped abused baeh
    Dhemeehunah gulhe veynee villian hadhaane eccheh hadhaafa nagaa faidhaa eh nagaa fahun

    1. raf says:
      October 26, 2016 at 9:52 pm

      yer thivaahaka gabulu kuran most of the stories are like that…..

    2. Saandy says:
      October 26, 2016 at 10:09 pm

      ޝުކުރިއްޔާ ވާހަކަ ކިޔާލީމަ

    3. Saandy says:
      October 26, 2016 at 10:47 pm

      ރަނގަޅު ވާހަކައެއް ތިބުނީ

  3. khajja says:
    October 26, 2016 at 7:25 am

    Alhey amynaage reyvunkaamiyaabu viyanudheythi mi stry ga v rythi mi stry avahah up kolladhybala

    1. Saandy says:
      October 26, 2016 at 10:46 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 10ވަނަ ބައި ގެނެސްދޭނަން

  4. anu says:
    October 26, 2016 at 7:32 am

    Story reethi.

    1. Saandy says:
      October 26, 2016 at 10:09 pm

      ޝުކުރިއްޔާ

  5. changed says:
    October 26, 2016 at 9:38 am

    ameena maru vaan v

    1. raf says:
      October 26, 2016 at 9:50 pm

      yer…raf ves brynumii thigoy….not bad…

    2. Saandy says:
      October 26, 2016 at 10:10 pm

      ސުބުޙާނަﷲ… ބަދު ދުޢާ ނުކުރޭ… ހެހެހެ

    3. Saandy says:
      October 26, 2016 at 10:13 pm

      އެނގިދާނެތާ ކުރިއަށް އޮތްތާ ވާގޮތެއްވެސް

  6. raf says:
    October 26, 2016 at 9:50 pm

    ameena fanihadani dhw…riyaa n aya durunukurachey..ameena ge reyvun riyaa sh falhaa aruvaala…ersh salhivaane…n i think eii riyage frnd n riyage mom vegen kura kamekan…but egotha fanihadayaa sakaraay…
    keep it up….10th vana bai up kodecey avaha

    1. Saandy says:
      October 26, 2016 at 10:13 pm

      ޝުކުރިއްޔާ! އެނގިދާނެތާ ފަނި ހަދަނީ ކޮން ބައެއްކަން ދޯ؟ އިރާދަކުރެއްވިއްޔާ މާދަމާ 10ވަނަ ބައި ގެނެސްދޭނަން

Comments are closed.

Next Episodeރިޔާޝާ (10ވަނަ ބައި)←


All Right Reserved!