Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

އަލްވަދާޢު

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
November 2, 2016 4 Mins Read
17 Comments

(މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ލިޔެފައިވާ ލިޔުމެކެެވެ. އެ ކުއްޖާގެ އެދުމުގެ މަތިން މި ލިޔުން އަޕްލޯޑްކޮށްލީއެެވެ.)

ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓި ހުރީމެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެ ލޯގަނޑު ތަޅާލާށެވެ. އަހަރެންގެ ސިފައަށް އަހަރެން ނަފުރަތު ކުރަމެވެ. ރުޅިއައިސްގެން ޑްރެސިންގް ޓޭބަލްގެ މަތީގައި އަހަންނަށް މުއްކެވި އަތުން ޖެހުނެވެ. މޭޒުމަތީގައި ހުރި ބައެއް ފުޅިތައް ވެއްޓި ތަޅައިގެން ވެސް ހިނގައްޖެއެވެ. ނަމަވެސް އެކަމާ ވިސްނާ ވަރަށް ވުރެ އަހަރެންގެ ސިކުނޑި ވަނީ ބަލިވެފައެވެ. މިއީ ކޮންމެ ދުވަހަކު އަހަރެން ސްކޫލުން އައިސް އުޅެންޖެހޭ ހާލެވެ.

އަހަރެން ގޮސް އެނދުމައްޗަށް ވެއްޓިގަތީމެވެ. ރޮއި ރޮއި ވަރުބަލި ވިޔަސް އަހަރެންގެ ހިތް ނުފުރޭނެކަން ވެސް އެނގެއެވެ. ބައެއް ފަހަރު އަހަރެންގެ ކަލާންގެ އަހަރެން މި ސިފައިގައި ހެއްދެވީ ކީއްވެގެންބާއޭ ވެސް ހިތަށް އަރައެވެ. މި ސިފައިގައި ހެއްދެވުމަށްވުރެ އަހަރެން ދުނިޔެއަށް އުފަންނުވިނަމަ ރަނގަޅެވެ.

މުޅި ސްކޫލުގައި ވެސް އަހަރެންހާ ފަލަ ކުއްޖަކު ނޫޅެއެވެ. ކުޑައިރުއްސުރެ އަހަރެން ހުންނަނީ އެހެން ކުދިންނަށް ވުރެ ފަލަކޮށް، ހަށިގަނޑު ބޮޑުކޮށެވެ. ބޮޑުވާވަރަކަށް އެހެން ކުދިންގެ ހަށިގަނޑު ބައްޓަން ރީތިވެ ލޫޅާފަތި ވަމުން ދާގޮތަކަށް އަހަރެންގެ ހަށިގަނޑަކަށް ނުވެއެވެ. އުމުރުން 17 އަހަރު ވީއިރު އަހަރެންގެ ހަށިގަނޑު ވަރަށް ވެސް ފަލައެވެ. އިސްކޮޅުން ދިގުވެފައި ފަލަވުމުގެ ސަބަބުން އަހަންނާ އެއްއުމުރުގެ ކުދިން ގާތު ހުންނައިރު އަހަރެން ޖަހަނީ ‘ޖަޔަންޓެއް’ ވައްތަރެވެ.

ގުދުރަތުން އަހަންނަށް ދޮން ހަންގަނޑަކާ ރީތި ދެލޯ ދެއްވާފައި ވީނަމަވެސް އެއްވެސް ފިރިހެން ކުއްޖެއްގެ ސަމާލުކަމެއް އަހަންނަކަށް ދުވަހަކުވެސް ނުލިބެއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ އެންމެ ފުރަތަަމަ ވެސް އެމީހުންގެ ލޮލުގައި އަޅައިގަންނަނީ އަހަރެންގެ ބިޔަ، މަސްޖަހާފައިވާ ހަށިގަނޑެވެ. ބަރުދަނުގައި 95 ކިލޯ ހުންނަ އަންހެން ކުއްޖަކާ މި ޒަމާނުގެ ފިރިހެން ކުދިން ލޯބީގެ ނަޒަރަކުން ބަލާލާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ނަމަވެސް އަހަންނަކީ ވެސް ހަމަ އެހެން އަންހެން ކުދިން ފަދަ އިންސާނެއްކަން އެމީހުންނަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ވެސް އޮންނަނީ ހިތެކެވެ. އެއްވެސް މީހަކު ދެެކެ ލޯބިނުވާން އަޒުމު ކަނޑައަޅައިގެން ހުއްޓާ އަހަރެންގެ ބަސްނާހާ ހިތް އަހަންނަށް ނުކިޔަމަންތެރިވީއެވެ. އަހަންނަށް ލޯބިވެވުނީ ވަރަށް ވެސް ރީތި ފިރިހެންކުއްޖެއް ދެކެއެވެ. އެއީ އަހަރެންގެ ކުލާހުގައި އުޅޭ އަރުޝަލް އެވެ. އެ ކަހަލަ ރީތި ކުއްޖަކު އަހަންނާ ދިމާއަށް ބަލާވެސްލާނެ ހެއްްޔެވެ؟ އަހަރެން އުމުރަށް އެ ލޯބި ފޮރުވާނަމެވެ. އެއްވެސް މީހަކަށް އަހަރެން އަރުޝަލް ދެކެ ލޯބިވާކަން ހާމައެއް ނުކުރާނަމެވެ.

ކޮންމެ ދުވަހަކު ކުލާހަށް ވަންނައިރަށް އަހަރެންނަށް އެތަށް ކުއްޖެއްގެ މަލާމާތްތައް އަމާޒުވެއެވެ. އެއް ކުއްޖަކު އަހަރެން ބަރުކަމުން އިންނަ ގޮނޑީގެ ފައި ބިނދިދާނެ ބުނާއިރު އަނެއް ކުއްޖަކު އަހަރެންގެ ހެދުމެއް ފެހެނީ ކިތައް ފޮތިގަނޑު ގަނެގެންތޯ އަހާލާނެއެވެ. އެ މީހުން ހިތުން އެކުރެވެނީ ސަމާސާއެވެ. ނަމަވެސް އެ ސަމާސާ ތަކުން އަހަރެންގެ ހިތަށް ވާ ތަދު އެ މީހުންނަށް އަންދާޒާ ނުކޮށްލެވެނީއެވެ.

ކޮންމެ ދުވަހަކު ވެސް އަރުޝަލް އެހެން އަންހެން ކުދިންނާ ވާހަކަ ދައްކާ ސަމާސާ ކޮށް ހަދާތަން އަހަންނަށް ފެނެއެވެ. ނަމަވެސް އޭނާ އަހަންނާ ދިމާއަށް އެއްފަހަރުވެސް ބަލާ ނުލައެވެ. އަހަންނަށް ކުށްވެރި ކުރެވެނީ އަމިއްލަ ނަފްސެވެ. އަހަންނަށް ދިމާވާ ދަތި ކަންތަކުގައި އެހީވެދޭނެ އެކުވެރިންނެއް ނުހުރެއެވެ. ކުލާހުގައި އުޅޭ ކޮންމެ ކުއްޖަކުވެސް ‘ބެސްޓް ފްރެންޑެއް’ ގެންގުޅެއެވެ. ނަމަވެސް އަހަރެންނާ އެކުވެރިވެލާނެ ކުއްޖަކު މުޅި ސްކޫލުގައިވެސް ނޫޅެއެވެ. އަހަރެން ކަހަލަ ބިޔަ، ފަލަ މީހަކާއެކީ އުޅެން ބޭނުންވާނި ވެސް ކާކު ހެއްޔެވެ؟

އެއްދުވަހު ކުލާހުގެ މުދައްރިސް އަހަރެން އެ ކުލާހުގެ އެންމެންގެ ކުރިމައްޗަށް ގެންދިއައެވެ. އެންމެންގެ ނަޒަރު އަހަންނަށް އަމާޒުވަމުން ދިޔައިރު އަހަރެންގެ ދެއަތް ފިނިވަމުން ދިޔައެވެ. ދެން މުދައްރިސް ގެނައީ ކުލާހުގައި އުޅޭ އެންމެ ހިކި އަންހެން ކުއްޖާ ކަމަށްވާ ރިފާއެވެ. އޭނާ ހިކިކަމުން ހީވާނީ ހަމަ ދަނޑިބުރިއެއް ހެނެވެ. ނަމަވެސް އޭނާގެ ވެސް ރީތި ލޫޅާފަތި ހަށިގަނޑެއް އޮވެއެވެ. އޭނާ ގެނެސް އަހަރެން ކައިރީ ބެހެއްްޓުމާއެކު ކުދިންތައް އެކަކު އަނެކަކު ކަންފަތް ދޮށުގައި ހީހީފައި އެއްޗެހިތަކެއް ކިޔަމުން ގެންދިޔައެވެ. އެމީހުން އެ ދައްކަނީ ރިފާއާ އަޅާ ބަލާއިރު އަހަރެންގެ ފަލަކަމުގެ ވާހަކަކަން އަހަންނަށް އެނގުނެވެ. ރިފާ ގާތު ހުންނަން ޖެހުމުން އަހަންނަށް ވެސް އަހަންނަކީ ކިހާ ފަލަ މީހެއްކަން އިހުސާސްކުރެވުނެވެ. އެވަގުތު ބިންފަޅާ އަޑިއަށް ދެވޭނެ ނަމައޭ ވެސް އަހަރެންގެ ހިތަށް އެރިއެވެ.

“ހިކި!” މުދައްރިސް ރިފާއަށް އިޝާރާތްކޮށްލަމުން ކޮންމެވެސް އެއްޗެއްގެ މިސާލެއް ދައްކަމުން ދިޔައެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި ކޮޅަށް ހުންނަން ޖެހުމުން ލިބިފައިވާ ހާސްކަމުގެ ސަބަބުން އަހަންނަށް މުދައްރިސް އަސްލު އެކިޔަނީ ކީކޭކަމެއް ސާފެއް ނުވިއެވެ.

“ފަލަ!” ކުއްލިއަކަށް މުދައްރިސް އަހަންނަށް އިޝާރާތްކޮށްލަމުން އެހެން ބުނެލިގަޑީގައި އަހަރެންގެ މެއަށް ފިނިވެގެން ދިޔައެވެ. ބައެއް ކުދިން އަހަންނާ ދިމާއަށް އިޝާރާތްކޮށްފައި ހޭތަން ވެސް ފެނުނެވެ. މުދައްރިސް ކޮންމެވެސް އެއްޗެއް ކިޔާ އަޑުވެސް އިވެމުން ދިޔައެވެ. ނަމަވެސް، މުދައްރިސް އެހާ ކައިރީގައި ހުރި އިރުވެސް އަހަންނަށް އެއެއްޗެއް އަޑުއިވެމުން ދިޔައީ ވަރަށް ފުސްކޮށެވެ.

“އެކަމުގެ ސަބަބުން އޭނާގެ ފަލަކަން ހާމަވެއެވެ..” މުދައްރިސް އެހެން ބުނެލި ގަޑީގައި އަހަންނަށް ބަލާލެވުނީ އަރުޝަލްއާ ދިމާއަށެވެ. އަރުޝްލްވެސް އަހަންނަށް ބަލަބަލާފައި ކައިރީގައި ހުރި ކުއްޖާއާ އެކު ހެމުން ދިޔަތަން ފެނުމުން އަހަރެން ދެރަވިއެވެ. މުޅި ކުލާހުގެ އެންމެން އަހަންނަށް މަލާމާތްކުރަމުން ދިޔައެވެ. މުޅި ތަން އެނބުރޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވެމުން ދިޔައެވެ. ދެލޮލުން ހޫނު ކަރުނަތައް ވެސް ފައިބައިގަތީ ބޭއިޚްތިޔާރުގައެވެ. މުދައްރިސް އަހަންނާ ކޮންމެވެސް ސުވާލެއް ކުރަމުން ދިޔަކަން ވެސް އެނގުނެވެ. ނަމަވެސް އަހަންނަށް އެ ކިޔާ އެއްޗެއް ސާފެއް ނުވިއެވެ. މުދައްރިސް ގޮވަ ގޮވާ އޮއްވައި އަހަރެން ކުލާހުން ނިކުމެގެން ދިއައީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ.

އޭގެ ފަހުން އަހަރެން ކާހިތްވެސް ކެނޑުނެވެ. އެއްވެސް އިރަކު އެހެން ނުކައި ހުންނަން ފެށުމުން މަންމަ ވެސް އަހަންނަށް ވަރަށް އެއްޗެހި ކިޔައެވެ. ނަމަވެސް ކަރުތެރެ ހިކިގެން ގޮސް ކެއް ނުވާވަރުވީމަ ނޫނީ އަހަރެންނަކަށް ފެނެއް ވެސް ނުބޮވެއެވެ. އެހާ ވެސް އަަހަރެން ދެރަވިއެވެ. އެންމެން ވެސް އަހަންނަށް ކުރަނީ މަލާމާތެވެ. އަހަރެންގެ ސިފައިގެ ސަބަބުންނެވެ. އަހަރެން މިހާރު ބޭނުމީ މަރުވާށެވެ. އަހަރެން ދިރި ހުރުމުގެ ބޭނުމެއް ނެތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އަހަރެންގެ ހަށިގަނޑު ދެރަވެ ނިކަމެތިވަމުން ދިޔައެވެ. މަންމަ އާދޭސްކޮށްކޮށް ވެސް ކާކަށް އަހަރެން އެއްބަހެއް ނުވީމެވެ. ދުވަސްކޮޅެއް ފަހުން އަހަންނަށް މާގަދައަށް ހޮޑު ލެވެން ފެށިއެވެ. އަބަދުވެސް ހުންނަނީ މޭ ނުބައިކޮށް ހޮޑުލަވާ ގޮތްވެފައެވެ. ބަނޑުގައި ވަރަށް ގަދައަށް ރިހޭ ހެން ވެސް ހީވެއެވެ. ޑޮކްޓަރަށް ދެއްކުމުން އަހަންނަށް އެނގުނީ އަހަރެންގެ ގޮހޮރުގައި ފާރު އުފެދި ކެންސަރަށް ބަދަލުވެފައިވާ ކަމެވެ. އެހާ ގިނަ ދުވަހު ނުކައި ހުރުމުގެ ސަބަބުން އަހަންނަށް ލިބުނު ޝަޒާ އަކީ އެޔެވެ.

އަހަރެން ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނީ އޭގެ އަނެއް ދުވަހުއެވެ. އަހަރެން ކާން ވެސް ޖެހުނީ ބަނޑަށް ހޮޅިއެއް ގުޅައިގެންނެވެ. މެޑިކަލް ޗެކަޕެއް ހެދުމުން އެނގުނީ އަހަރެންގެ އެއްކިޑްނީ ފެއިލް ވެފައިވާ ކަމަށެވެ. އަނެއް ކިޑްނީވެސް ފެއިލްވާން ކައިރިވެފައިވާ ކަމެވެ. މި ހުރިހާ ކަމެއްގެ ސަބަބުން އަހަރެން ދެރައެއް ނުވެއެވެ. ވަނީ އުފަލެވެ. އަހަރެން މި ދުނިޔެއާ އަލްވަދާއު ކިޔަން ކައިރިވެއްޖެކަމުގެ ސިގްނަލް ލިބުނުމުން އަހަރެންވީ އުފަލެވެ. ދުނިޔެމަތީގައި އުޅެން ފޫހިވެފައިވާ މީހަކަށް އެއީ ކިހާ ބޮޑު އުފަލެއް ކަމެއް އެހެން މީހުންނަކަށް ނޭނގޭނެެވެ. އަހަރެން ހަމައެކަނި ދެރަވީ ކޮންމެ ދުވަހަކު މަންމަ އަހަރެން ކައިރިއަށް އައިސް ރޯ ރުއިން ފެންނާތީއެވެ. މަންމަ އެކަނި ކޮށްލާފައި ދާކަށް ވެސް އަހަރެން ބޭނުމެއް ނުވެއެވެ.

އެޑްމިޓު ކުރިތާ ދެމަސް ފަހުން އަހަރެންގެ ކުލާސް ބައެއް ކުދިން އަހަރެންގެ ހާލު ބަލާލަން ހޮސްޕިޓަލަށް އައެވެ. އެ އެންމެންގެ ތެރޭގައި ހުރި އަރުޝަލް ފެނުމުން އަހަރެންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ކުލާސްކުދިންތައް ދެރަވެފައި ހުރެ އަހަންނަށް ހިތްވަރު ދެމުން ދިޔައިރު އަހަރެންގެ ރުޅި ގަދަވަމުން ދިޔައެވެ. ނަމަވެސް އަހަރެން މޫނުމަތިން އެކަން ނުދައްކާ ވޭތޯ ބެލީމެވެ. އަހަރެން މި ބަލި އެނދުގައި އޮންނަން ޖެހުނީ ހަމަ އެމީހުންގެ ސަބަބުންނެވެ. އަހަރެން މި ހާލަށް ވައްޓާލީ ހަމަ އެ މީހުންނެވެ. އެމީހުން ދިޔުމާއެކު އަހަރެންގެ ދެލޯ ފެންކަޅިވެގެން ދިއައެވެ. ދުވަސްކޮޅަކުން އަހަރެން އެއެންމެނާ މާ ދުރަށް ދާނެއެވެ. އަބަދުގެ އަބަދަށް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާނެވެ.

**ނިމުނީ**

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އެ ލޯބި އަސްލު ހައްޤޭ (3 ވަނަ ބައި)

Next

މިހިތުގެ ފަސާާނާ 19

Next
November 2, 2016

މިހިތުގެ ފަސާާނާ 19

Previews
November 2, 2016

އެ ލޯބި އަސްލު ހައްޤޭ (3 ވަނަ ބައި)

17 Comments!

  1. kayashandy says:
    November 2, 2016 at 12:53 pm

    alhey haadha dhera ey dhw…ekam thikamuga e gal ge kuhves ebaoi…hiyvaraa eku azumeiga huregen hashigandah badhalu genevidhaane…nukai nuboe huttakas hitaamathah lui nuvaane…dn thi teacher kairyga buney class kudhin govaigen mahah gossa hiki mahaa fala mas baanaigen theyolaashey…aarn ehenyaa ekujaa fakeerah nuvaane ehen hadhaakah…??

    1. LiaaSher says:
      November 2, 2016 at 2:36 pm

      Yess.. Kayashandy… She also should have tried by exercising and by diet changes…. 🙁

  2. Kudakamana says:
    November 2, 2016 at 1:02 pm

    Salhi! Liaasher mi story ithurah dhigukollinama! Eyrah adhi maa salhivees!!

  3. Lu chan says:
    November 2, 2016 at 1:07 pm

    Hiken beynumiyya nukai hunnaakah nuvaane. Konme gadi aku vs kaan vaane. Ekm vaki varakah. Dhn exercise kuraany. Klass kudhin vs malaamaiy nukoh hiyvaru dheyn jeheyny. Like masahkaiy kohfiyya hikeyne ey. Hurihaa kudhin vs friendly vaan vaane. Sifa ah balaigen kamaku nudhaane. Ehn kudhinge ihsaas thah vs dhanegen ulhen jeheyny. Hama ekani rythi kudhin neh noon dhw mujuthamau ga ulhen jeheyny. Konme insaanaku vs hahdhavaafa vany enme furihama sifaiga. So just stop thafaathukurun thah.

    1. LiaaSher says:
      November 2, 2016 at 1:09 pm

      I agree with you Lu chan..

    2. no phone says:
      November 2, 2016 at 5:26 pm

      i agree with u

    3. lai says:
      November 22, 2017 at 1:38 pm

      I Agree with you

  4. eee says:
    November 2, 2016 at 2:18 pm

    nice

  5. Appy says:
    November 2, 2016 at 3:30 pm

    Haadha dhera gothekey

  6. no phone says:
    November 2, 2016 at 5:24 pm

    mihaaru ge gina teachers ge vattharu thiyaki………..molhuvefa hiki vefa rich vyma nooniya nuvaane studentakah………………….being a fat girl, i understand her. sorrows and sadness

  7. Mary says:
    November 2, 2016 at 8:39 pm

    Mihaaru e kuhjaa Koba? Adhi ves v bali tha. Avas shifaaeh dhevvaashi….

  8. I far says:
    November 3, 2016 at 12:05 am

    V retractable.

  9. Fala beru says:
    November 3, 2016 at 4:36 pm

    Hiki kamun hyvani dhandi buri eh hen?? I guess body shaming has it’s own standards. Fala meehun ge ekani hitheh onnani. Hats off to the writer.

    1. someone says:
      October 5, 2017 at 11:02 am

      Sifa kohdheyn eyny ehn liyefa…myhakah malaamaiy kuraakah nun…evvx myheh furihama eh nuvaane…massala aky baeh myhunah ekaku fennaathy emmen nufene…ragalhu gothaky nubune hurun..thimaa bunaa ehchakun anekakau vaa dhera eh neyngeyne 🙂

  10. faathimaa says:
    November 4, 2016 at 5:04 pm

    hey why everyone see outside beauty? this is something we should be shamful.. mi adhi konmes ehkuhjehge vaahaka think how many teenagers and students are facing this.. mihen nyvi huna vaahaka thah ginaee.. liaa thank u that u shared this.. aslu friend eh nagaa iruvx eaky rangalhu friend akh vun eme molhy.. outside beauty ah balaa nagaa friends nue dhaane eme rangalhu friend ah.. no humanity dhoa.. sad to here this..

  11. annonymous says:
    November 7, 2016 at 1:45 pm

    Bullying kills..alhugandu men hurihaa enmen ves vee bully nukoh veythoa balan…

  12. fary says:
    December 23, 2016 at 2:58 pm

    a story with a moral.. but i noticed one thing. you were body shaming too. you claim that its bad to bully.. but eben bunefa hikikamun dhandiburiekey.. ei ves hama bullying ingey.. next time pls keep that in mind.. but good work.

Comments are closed.



All Right Reserved!