Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (15ވަނަ ބައި)

Saandy
November 2, 2016
6 Mins Read
68 Views
44 Comments

ރިޔާޝާ އެއްޗެކޭ ބުނަން އުޅެނިކޮށް ވެއިޓަރ ޕިއްޒާއާއި ދެ ކޯކްފުޅި ބެހެއްޓުމުން ފަޔާޒް “ތޭންކްސް” އޭ ބުނެލިއެވެ. “އަދި އަހަރެންނަށް އެނގިފައި އޮތްގޮތުން ރިޔާޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އެހެންވީމަ ރިޔާޝާއަށް އަހަރެންނާ ގުޅެން އުނދަގޫވާނެކަންވެސް އެނގޭ. އެކަމަކު އަހަރެން ހީކުރަން ރިޔާޝާ މިކައިވެންޏާ ދެކޮޅު ނުހަދާނެކަމަށް. އަދި އެއްވާހަކަ. ރިޔާޝާގެ ނުރުހުމުގައި އަހަރެން ރިޔާޝާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނަން.” ފަޔާޒް ރިޔާޝާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ރިޔާޝާ ފަޔާޒަށް ބަލާލީ ހައިރާންވެފައި އިނދެއެވެ. ފަޔާޒް ބޯޖަހާލީ އަހަރެންނަށް އިތުބާރުކުރާށޭ ބުނާފަދަ ގޮތަކަށެވެ.

“އެކަމަކު ކިހިނެއް ފަޔާޒަށް ތިހުރިހާ އެއްޗެއް އެނގުނީ؟” އެންމެފަހުން ރިޔާޝާ އޭނާގެ ހިތުގައި އުފެދުނު ސުވާލުކޮށްލިއެވެ. “ހޯދަން އުޅޭ މީހަކަށް އެއީ މާ އުނދަގޫ ކަމަކަށް ނުވާނެއެއްނު. ދެން ބުނެބަލަ. އަހަރެންނާ ތިބުނާ އަޔާޒަކާ މާ ވައްތަރީތަ؟” ފަޔާޒްވެސް ސީރިއަސްވެލާފައި އަހާލިއެވެ. “ހޫމް. ހީވަނީ ކޮޕީއެއްހެން.” “ތިހެންވިއްޔާ އޭނަގެ ފޮޓޯއެއް ފެނިދާނެތަ؟” ފަޔާޒް އެވާހަކައާ ވަރަށް ޝަޢުޤުވެރިވިއެވެ. އޭނާއާއި އެހާ ވައްތަރުވެގެން އެއުޅޭ މީހާގެ ޙަޤީޤަތް ހޯދަން އޭނާވެސް ބޭނުންވިއެވެ.

“ގޭގައި އޮންނާނެ އަހަރެން އަޔާއަށް ސިއްރުން އެގެއިން ގެނައި ފޮޓޯއެއް.” ރިޔާޝާ ރަކި ގޮތަކަށް ހީލަމުން ބުނެލިއެވެ. “އެކީއްވެޔޯ ނޭނގި ގެނައީ؟ ހަމަ އޭނަ ކައިރީ ބުނެލިނަމަވެސް ދިނީހެއްނު.” “އޭރު ރައްޓެއްސެއް ނުވަން. އެހެންވެ ނުކެރުނީ ބުނަން. އޭރު ހަމަ ފްރެންޑްސް.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒް ބޯހޫރާލިއެވެ. “ދެން ހިނގާ ކާން އުޅެމާ. ލައްކަ އިރު އަނގަވެސް ތެޅިއްޖެއެއްނު. މިހެން ކާއެއްޗެހި ގެނައިސްގެން ބަލާކަށް ނީނދެވޭނެ.” ފަޔާޒް އެހެން ބުނެލި ގޮތުން ރިޔާޝާއަށް ހެވުނެވެ. ބޯހޫރާލާފައި އޭނާވެސް ކެއުމައިގެން ކުރިއަށް ދިޔައެވެ.

ޕިއްޒާ ފޮއްޗެއް ނަގަމުން ރިޔާޝާއަށް ކުރިމަތީ އިން ފަޔާޒަށް ބަލާލިއެވެ. އޭރު ފަޔާޒް ވަރަށް ގަޔާވެގެން ކަމުން ދިޔައެވެ. ކޭމާޓު މީހެއްތާއޭ ހިތަށް އެރުމުން ރިޔާޝާއަށް ހެވުނެވެ. އޭނާ ދުރަށް އެނބުރިލި ވަގުތު ޑައިނަމޯއަށް ވަދެގެން އައި ޝިފާން ފެނުނެވެ. ރިޔާޝާ މާވަރަކަށް ދޮރާއި ދިމާއަށް ބަލާތީ ފަޔާޒްވެސް ބަލާލިއެވެ. އޭނާ އަވަސްއަވަހަށްއޭނާ އިން މޭޒާއި ދިމާއަށް އެނބުރުނުއިރު ފަޔާޒް އިނީ ދޮރާއި ދިމާއަށް ބަލާށެވެ. އެހެންކަމުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. ޝިފާންއަށް ފަޔާޒް ފެނިގެން އަޔާޒް ކަމަށް ހީކޮށް އައިސްދާނެތީ އޭނާ ކަންބޮޑުވިއެވެ.

“ކޮން އެއްޗެއް ތިބަލަނީ؟” ރިޔާޝާ ހާސްކަން ފޮރުވަމުން މަޑުމަޑުން އަހާލިއެވެ. “ދެންމެގައި އެވަނީނު ނޫކުލައިގެ ޓީޝާޓަކާއި ކަޅު ޖިންސެއްގައި ހުރި ފިރިހެންކުއްޖެއް. އެއީ އަހަރެން ދަންނަ ކުއްޖެއް. އެކަމަކު ޔަޤީންކޮށްލަންވެގެން.” ފަޔާޒް އެހެން ބުނެލުމުން ފަޔާޒް އެބުނީ ޝިފާންގެ ވާހަކަކަން އެނގުނެވެ. “ޔެސް. އޭތް ޝިފާން.” ހަނާއަޅާލަމުން ފަޔާޒް ގޮވާލިއެވެ. ރިޔާޝާ އިނީ ދެލޯ ފިއްތާ ބާރުކޮށްލައިގެންނެވެ. މި ފަޔާޒްވެސް އޭނާއަށް ގޮވަންވެއްޖެ ހެއްޔެވެ؟ ވަރަށް ފޫހިވެއެވެ. މިދެން މުޅި ދުވަހުގެ މޫޑް ހަރާބުވީއެވެ. ޝިފާން އައިސް އަޔާޒްގެ ވާހަކަދައްކަން ފަށައިފިއްޔާ އެޖެހުނީ އަނެއް ހަ ކަންތަކެވެ. މިފަދަ ޚިޔާލުތަކެއްގައި އިންދާ ސިހުނީ ޝިފާންގެ އަޑުންނެވެ.

“ފަޔާ! ހާދަ ދުވަހެކޭ ދޯ ދިމާނުވާތާ؟ ކޮންއިރަކު ފަޔާ މިކޮޅަށް އައީ؟ އަޑުއެހިން ރަންކީ ވާހަކަ. މީހަކާ އިންނަން އުޅޭއިރު އަންގާވެސްނުލަމެއްނު.” އެހެން ބުނަމުން ޝިފާން ރިޔާޝާއާއި ދިމާއަށް ބަލާލިއެވެ. އެއާއެކު ހައިރާންވިވަރުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ރިޔާ!” “ޝިފާން ރިޔާޝާ ދަންނަންތަ؟” ފަޔާޒް ހައިރާންވެފައި އަހާލިއެވެ. “ހޫމް. އަހަރެމެން ދަންނަން ދޯ؟” ޝިފާން އެހެން ބުނެލުމުން ރިޔާޝާ ގަދަކަމުން ހީލިއެވެ.

“ދެން ތިއޮތީ އެނގިފަތާ. އަދި ރޭގަ ރަންކީ. އެހެންވީމަ އަދި ނެތްތާ ނުބުނެވިފައެއް. ޝިފާން ވާނެ އަހަރެމެންގެ ވެޑިންގއަށް އަންނަން. އަންނަ ހަފްތާގެ އަންގާރައިގައި އަހަރުން ގޭގައި. ވެޑިންގއޭ ބުންޏަސް ޕާޓީއެއް ނޫން އިނގޭ. ފްރެންޑްސްއާ ފެމިލީ މީހުންނަށް ކުޑަކުޑަ ސައެއް ދެނީ.” ފަޔާޒް ބުނެލިއެވެ. ޝިފާން އާނއެކޭ ބުނެލަމުން ރިޔާޝާއަށް ބަލާލީ ހައިރާންވެފައެވެ. ރިޔާޝާ ކުއްލިއަކަށް އެހާ އަވަހަށް ކައިވެނިކުރަން އުޅޭ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ރިޔާޝާ ޝިފާންއަށް ބަލާލާފައި ހިނިތުންވެލީ ފަޔާޒަށް އެދެމީހުންނާމެދު ޝައްކުވެދާނެތީއެވެ.

“އަހަރެން ދެން ގޮސްލީއޭ. މިއުޅެނީ ފްރެންޑަކާއެކީ އައިސް. އޭނައަށް ލަސްވާނެއެއްނު.” ޝިފާން ދާން ހިނގައިގަތުމުން ފަޔާޒް ގޮވާލިއެވެ. “ނަންބަރު ދީފަ ދޭބަލަ. އޭރުންނެއްނު ކޮފީއަކަށްވެސް ދާން ގުޅާލެވޭނީ. އަހަރެން އަތުން ޝިފާން ނަންބަރު ގެއްލިގެން މިއުޅެނީ ނަންބަރު ޗޭންޖް ކުރީމަ.” ފަޔާޒް އެހެން ބުނެލުމުން ޝިފާން ނަންބަރު ދިނެވެ. ފަޔާޒް އެނަންބަރަށް މިސްޑް ކޯލެއް ދިނީ އޭނާގެ ނަންބަރުވެސް ޝިފާނަށް އަންގާލުމަށެވެ. ހިނިތުންވެލާފައި ޝިފާން ދިޔައީ ފަހުން ދިމާކުރާނަމޭ ބުނެފައެވެ. އޭނާ ދިޔުމުން ރިޔާޝާ ފުން ނޭވައެއް ލިއެވެ.

“ރިޔާ ކިހިނެއް ފަޔާ ދަންނަނީ؟” ފަޔާޒް ހިނިތުންވެލާފައި އަހާލިއެވެ. “އެއީ އޭ’ ލެވެލް ކިޔެވިއިރު ކުލާހުން ދިމާވި ކުއްޖެއް. ވަރަށް ރަނގަޅު ކުއްޖެއް. ވަރަށް ހިތްހެޔޮވާނެ.” ރިޔާޝާ އެހެން ބުނެލީ ފަޔާޒަށް އެދެމީހުންގެ ދެމެދުގައި ޖެހުނު މައްސަލަ އެނގެން ބޭނުން ނުވާތީއެވެ. “ފަޔާއާ ޝިފާން ދިމާވީ ކިހިނެއް؟” ރިޔާޝާވެސް އެކަން އޮޅުންފިލުވާލާ ހިތްވިއެވެ. “އެއީ އަހަރެމެން ގޭދޮށުގައި އުޅުނު ކުއްޖެއް. އެމީހުން ގެ ހަދަންވެގެން އަހަރެމެން ގޭ ކައިރީ ހުންނަ އެޕާޓްމެންޓެއް ކުއްޔަށް ނަގައިގެން އުޅުނީ. ދެން އެހެން ދިމާވެ ދިމާވެ ފްރެންޑް ވެވުނީ.”

“ދެން ހިނގާ ގެއަށް ދަމާ. މިހާރު ވަރަށް ލަސްވެއްޖެއެއްނު. އެހާ ގިނައިރު ބޭރުގައި އުޅެންޏާ މަންމަ އެހާ ހިތްހަމައެއް ނުޖެހޭނެ.” ރިޔާޝާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. ފަޔާޒްވެސް ދެބަހެއްނެތި ބިލް ދައްކާފައި ރިޔާޝާ ގޮވައިގެން ނުކުތެވެ. އެމީހުން ދިޔަ ދިމާއަށް ބަލަން ޝިފާނަށް އިނދެވުނީ ހައިރާންވެފައެވެ. އެދެމީހުންގެ ގާތްކަން ފެނިފައި އެއީ އިއްޔެއަކު މިއަދަކު ގުޅުން އޮންނަ ދެމީހުންނެކޭ އެކަކުވެސް ނުބުނާނެއެވެ. ނަމަވެސް އެދެމީހުންގެ ހިތުގައި ހިނގާ ހައިޖާނުގަނޑުގެ ހިލަމެއްވެސް އެހެން މީހުންނަކަށް ނުވާނެއެވެ.

ރިޔާޝާ އެހާ އަވަހަށް އެހެން މީހަކާއި އިންނަން އެނިންމީ ކީއްވެބާވައެވެ. އޭނާއަށް އަޔާޒަށް ދިމާވިގޮތް ނޭނގެނީސް އެހާ ބޮޑު ނިންމުމެއް ނިންމީ ކީއްވެބާވައެވެ. އޭނާ ޙަޤީޤަތް އެނގެން ބޭނުން ނުވަނީ ހެއްޔެވެ؟ އޭނާ ދެކޭ ގޮތުގައި އަޔާޒަކީ ބޭވަފާތެރިއެކެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އަޔާޒްގެ މަތިން ހަނދާން ނައްތާލާށެވެ. ނަމަވެސް ފަޔާޒް ކުރިމަތީގައި ހުންނަހާ ހިނދަކު ރިޔާޝާއަށް އަޔާޒްގެ މަތިން ހަނދާން ނައްތާލެވޭނެ ހެއްޔެވެ؟ ޝިފާންއަކީ އަޔާޒްއާއި ބައިވެރިވި މިތުރެވެ. އެހެންކަމުން އޭނާއަށް މިހާރު ޝިފާނަށްވެސް އިތުބާރު ނުކުރެވެނީއެވެ. ރިޔާޝާ ޝިފާންއާއި ބައްދަލު ނުކުރި ސަބަބަކީ އެއީއެވެ. އެހެން ހިތަށް އެރުމުން ޝިފާން ވަރަށް ދެރަވިއެވެ.

“އޭތް ބްރޯ. ކަލޭ އޯކޭތަ؟” ޝިފާން އިންގޮތް ފެނުމުން އެކުވެރި ކަލީމް އަހާލިއެވެ. “އާނ. އަހަރެން އޯކޭއޭ.” ޝިފާން ހަމަޖެހެން މަސައްކަތް ކުރަމުން ބުނެލިއެވެ. “އެކަމު މަށަކަށް ހިއެއްނުވޭ ކަލޭ އޯކޭހެނެއް. ދެންމެ އެ އަންހެންކުއްޖާ ކައިރިއަށް ގޮސްފައި އައިފަހުން ތިއިންނަނީ ފާޑަކަށް. އެއީ އަނެއްކާ ކަލޭގެ ކަމެއްތަ؟” ކަލީމް ލާނެތް ފާޑަކަށް ހީނފައި އިނދެ ބުނެލުމުން ޝިފާން ދެފަރާތަށް ބޯހޫރާލިއެވެ. “ކަލޭ ނުވާނެ އިސްލާހެއް. އެއީ މަގޭ ފްރެންޑެއްގެ ވާންއުޅޭ އަންހެނުންނޭ. އެހެން ނޫނަސް މަމީ ކަލީމެއް ނޫނޭ އިރުކޮޅަކުން ބިޓުން ބަދަލުކުރާކަށް.” ޝިފާން ގަދަކޮށްލިއެވެ. “ހޫމް. ދެން މައްސަލައެއް ނެތޭ. އެކަމު ދެންމެ ތިވީ އާދައިގެ ކަމެއް ނޫން. ތިދެމީހުން ދޭތެރޭ ކޮންމެވެސް ކަމެއް އެބައުޅޭ.” ކަލީމް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ.

“ހާދަ ޔަޤީންކަމާއެކު.” ޝިފާން ބުނެލިއެވެ. “ޔެސް. މަ ތިކަމަށް ދީފާނަން އެއްހާސް ޕަސެންޓްވެސް. އެހާވެސް ޔަޤީން. އަޅެ މީ ދޮގެއްތަ؟” ކަލީމް އަހާލިއެވެ. ޝިފާން ބޯޖަހާލިއެވެ. “ކޮބާ؟ މަ ބުނީމެއްނު. ތެޔޮނާށި…” “ތިހީކުރާ ކަހަލަ ކަމެއް ނޫން.” ކަލީމްގެ ވާހަކަ މެދުކަނޑާލާފައި ޝިފާން ބުނެލިއެވެ. ކަލީމްއަކީ އަޔާޒް ފިޔަވާ ޝިފާން އެންމެ އިތުބާރުކުރާ މީހާކަމުން އޭނާ ކަންތައް ވީގޮތް ކަލީމްއާއި ހިއްސާކުރިއެވެ. “ހަމަ ތެދެއްތަ؟ ތީ އެހެންވިއްޔާ ވަރަށް ދެރަ ކަމެއް. އޭނައަށް ޙަޤީޤަތް އިނގެން ޖެހޭނެ ދޯ އަސްލު. އެކަމަކު ކީއްވެބާ ކުއްލިއަކަށް… ވެދާނެއެއްނު އޭނައަށް މަޖުބޫރުވީ ކަމަށްވެސް.” ކަލީމް ބުނެލިއެވެ.

“ތިބުނީ؟” ޝިފާންއަށް ކަލީމް ބުނި އެއްޗެއް ނުވިސްނިގެން އަހާލިއެވެ. “މިބުނީ ފަހަރެއްގައި އޭނަގެ ފެމިލީގެ ފަރާތުން ފޯސްކޮށްފާނެއެއްނު. އެކަހަލަ ކަމެއް ވެދާނެއެއްނޫންހޭ މިބުނީ. އެކަހަލަ ކަމެއް ނެތިއްޔާ އެއީ ފޭކް މީހެއް. މިސާލަކަށް އަޔާ ބޭވަފާތެރި ވިއްޔޯ. އެހެންވިޔަސް އޭނަ އެހާ ލޯބިވަންޏާ، އަޔާ މަތިން ހަނދާން ނައްތާލާށޭ ކިޔާފައި ކުއްލިއަކަށް މެރީއެއް ނުކުރާނެ ދޯ؟” ކަލީމް އެބުނި ވާހަކައަށް ޝިފާންއަށްވެސް އެއްބަސް ވެވުނެވެ. “އާނ. ތިބުނީ ތެދެއް. ވެދާނެ އޭނަގެ މަންމަ ކޮށްގެން އުޅޭ ކަމަކަށް. އެއީ އެއްދުވަހު އަހަރެން ރިޔާ ހޯދަން އެގެއަށް ގުޅިން. ގުޅީމަ ފޯނު ނެގީ އޭނަގެ މަންމަ. ނަގާފަ ވާހަކަދެއްކީވެސް ވަރަށް އެހެންކަހަލަ ގޮތަކަށް. އޭނަ އެހާ ޤަބޫލުހެނެއް ހިއެއްނުވޭ އަޔާއާ ރިޔާ ގުޅޭކަށް.” ޝިފާން ކުއްލިއަކަށް ހަނދަންވެގެން ބުނެލިއެވެ. “ތިހެންވިއްޔާ ހަމަ ޔަޤީން.” ކަލީމް ޔަޤީންކުރިއެވެ.

“އެކަމަކު ބަލާލާފައި ހީވޭތަ އެއީ އެކަހަލަ ކަމެއްހެން. ކިހާ ގުޅޭ. ކިހާ އެކުވެރި.” ޝިފާން އެހެން ބުނެލުމުން ކަލީމް ޗޮކެއް ކަނޑާލިއެވެ. “އެއީ ހަމައެކަނި މީހުންގެ ލޯމައްޗަށް. އެމީހުން ބޭނުންވާނެތަ އެއީ މަޖުބޫރުން ކުރެވޭ ކައިވެންޏެއްކަން މީހުންނަށް އަންގަން. އަނެއްކޮޅުން ރިޔާޝާ ހީކުރަނީ އަޔާ ބޭވަފާތެރިވީ ކަމަކަށްނު. އެހެންވީމަ އޭނަވެސް އެކަން ހަނދާން ނައްތާލަން ދޯ ބޭނުންވާނީ. އެހެންވީމަ އެވާނީ އޭނާއަށް ކިހާ ރަނގަޅު ފުރުސަތަކަށް. ނޫންތަ؟” ކަލީމް އޭނާގެ ތަޖުރިބާއަށް ބަލާފައި އޭނާއަށް ވިސްނޭ ގޮތް ބުނެދިނެވެ. “ތީވެސް ތެދެއް.” ކަލީމް ބުނި ކޮންމެ ޖުމްލައެއްވެސް ޝިފާންއަށް ޤަބޫލުކުރެވުނެވެ. ކަލީމްއަކީ ދިރިއުޅުމުގައި އޭނާއަށްވުރެ ތަޖުރިބާ ގިނަ ވިސްނުންތޫނު މީހެއްކަން އޭނާއަށް އެނގެއެވެ. އެހެންކަމުން އޭނާ ގިނައިން ލަފާ އަހަނީވެސް ކަލީމްގެ ގާތުންނެވެ.

ގެއަށް އައިއިރު ރިޔާޝާއާއި ފަޔާޒްގެ ދުރުކަން ކޮންމެވެސް ވަރަކަށް ގަތްވެފައިވެއެވެ. އެކަމުން ފަޔާޒަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާއަށް ރިޔާޝާއާއި ފުރަތަމަ ބައްދަލުވި ދުވަސް މަތިން އޭނާ އަދިވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ފަޔާޒް ފިހާރައަކުން ނުކުމެ ގެއަށް ދިއުމަށް ބާރު ހިނގުމެއްގައި ދިޔައީ ވިއްސާރަ ނަގާފައި އޮތުމުންނެވެ. އޭނާ އެދުވަހު ސައިކަލު ބަހައްޓާފައި ނުކުމެ އުޅުނީ ހިނގާނުލެވޭތާ ގިނަ ދުވަސް ވެގެންނެވެ. އޭނާ ތުނިތުނިކޮށް ވާރޭ ކަނިޖަހަމުން ދާތީ އޭނާގެ ހިނގުން އިހުނަށްވުރެ ބާރުކޮށްލިއެވެ. ގޯޅި އަޅާލި ވަގުތު ފޮތްތަކެއް ހިފައިގެން އައި އަންހެންކުއްޖެއްގެ ގައިގައި ލައިގަނެފައި ދެމީހުންވެސް ވެއްޓުނީއެވެ.

އޭނާއަށް އެއަންހެންކުއްޖާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނެވެ. އެއަންހެންކުއްޖާ އޭނާގެ މޫނަށް ބަލާވެސްނުލާ ތެދުވެގެން ހިނގައިގަތެވެ. އޭރު އޭނާއަށް ވަނީ ހަމަ ރަނގަޅަށް އެއަންހެންކުއްޖާގެ ޖާދޫގައި ޖެހެވިފައެވެ. އޭނާއަށް އަނގައިންވެސް ނުބުނެވުނީ އެހެންވީމައެވެ. މާފަށްވެސް ނޭދެވުނީ އެހެންވީމައެވެ. އެއަންހެންކުއްޖާ ގޮސް ލޮލު ކޮޅުން އޮބާލަންދެން ބަލަން ހުރެވުނެވެ. އޭނާއަށް މިހުރެވުނީ މަގުމަތީގައިކަންވެސް ރޭކާލީ އިރުކޮޅެއް ފަހުންނެވެ. އޭރު އޭނާ ގަތް އެއްޗެހި ކޮތަޅުން ބޭރަށް ވެރިފައި ހުއްޓެވެ. އަވަސްއަވަހަށް ކޮތަޅުން ބޭރަށް ވެއްޓިފައި ބޮކްސާއާއި ތުވާލި ކޮތަޅަށް ލައިގެން ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލިއިރު އޭނާއަށް ގެއަށް ވަދެވުނީ ކިރިޔާއެވެ. އޭރު އޭނާގެ އަތްފައި ގަނޑުފެންކޮޅެއްހާ ފިންޏެވެ. އެނޫނީ ދުވަހަކުވެސް އޭނާއަކަށް އަންހެންކުއްޖަކު ފެނިގެން އެކަހަލަ އިހުސާސްތަކެއް ނުކުރެވެއެވެ. އެދުވަހު ރިޔާޝާ ފެނުނު ފަހުން އޭނާގެ ހިތަށް އެރި ކަހަލަ ލޮޅުމެއް އެހެން އެއްވެސް އަންހެންކުއްޖެއް ފެނިގެނެއް ނާރައެވެ. އެދުވަހުގެ ފަހުން އޭނާ އައީ ރިޔާޝާގެ ހަރަކާތްތަކަށް ފާރަލައި ރިޔާޝާއާއި ބެހޭ މަޢުލޫމާތު ހޯދަމުންނެވެ. އެންމެފަހުން އޭނާ އެވަނީ ރިޔާޝާއަކީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ހެދުމުގެ އެންމެ ފަހު މަރުހަލާގައެވެ. ހަފްތާއެއް ފަހުން އޭނާއަށް އެކަން ކާމިޔާބުވެސް ކުރެވޭނެއެވެ.

ހަފްތާއެއް ވެގެންދިޔައީ ނުލާހިކު އަވަހަށެވެ. އަންގާރަ ދުވަހުގެ ރެއެވެ. ކައިވެނީގެ ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް ރިޔާޝާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އޭނާއަށް މިކުރެވެނީ ރަނގަޅު ކަމެއްބާވައޭ ހިތަށްއަރަނީއެވެ. އަނެއްކާ މިއީ އޭނާގެ ދިރިއުޅުން ބޮއްސުންލައިގެން ނުދާނެ ކަމެއްބާވައެވެ. މިހުރިހާ ކަމެއް މި ދިމާވީ އަޔާޒްގެ ސަބަބުން ކަމުގައި ރިޔާޝާ ދެކެއެވެ. ކޮންމެހެން އޭނާދެކެ ލޯބިވާކަމަށް ބުނެ އޮޅުވާލަން ޖެހޭ ހެއްޔެވެ؟ އެހެންނޫންނަމަ މިއަދު މިހާ ހިތް ނުތަނަވަހެއް ނުވީހެއް ނޫންހެއްޔެވެ؟ އޭނާ މިހެން އިންދާ އަމީނާ އައިސް އެންމެން ހަމަވެއްޖެކަމަށް ބުނެލިއެވެ. އަދި އަވަހަށް ނުކުތުމަށްވެސް ބުނެލިއެވެ.

ތެޅިތެޅި އޮތް ހިތަކާއެކު ރިޔާޝާ ނުކުމެގެން ގޮސް މޭޒު ކައިރީގައި އޭނާއަށް ހުރި ހުސް ގޮނޑީގައި އިށީނެވެ. ފަޔާޒާއި ނުހަނު ކައިރީގައި އިންނަން ޖެހުމުން އޭނާއަށް އުނދަގޫވިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ ފަޔާޒްގެ އަނތްބަކަށް ވާނެއޭ ހިތަށް އެރުމުން އޭނާގެ ހިތަށް ތަދުވިއެވެ. އޭނާ ބޭނުންވަނީ އަޔާޒްގެ އަނތްބަކަށް ވާށެވެ. އޭނާ ލޯބިވަނީ ހަމައެކަނި އަޔާޒް ދެކެއެވެ. ފަޔާޒްދެކެ ކިތަންމެ ދުވަހެއްވިޔަސް އޭނާއަކަށް ލޯތްބެއް ނުވެވޭނެއެވެ. އެކަމުން ފަޔާޒަށްވެސް ލިބޭނީ އިތުރު ވޭނެކެވެ. އަނިޔާއެކެވެ. މިހެން ވިސްނުމެއްގައި އިންދާ ކައިވެނީގެ ރަސްމިއްޔާތު ފެށިއްޖެއެވެ. ފަޔާޒްގެ ދުލުން އަނބި ޤަބޫލުކޮށްފީމޭ ބުނެލި ވަގުތު ރިޔާޝާގެ ލޮލުން ކަރުނަ އައެވެ. އޭނާ އަވަސްއަވަހަށް ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ.

ކައިވެނިކޮށްދީ ނިމުމުން ވަލީމާ ފެށިގެން ކުރިއަށް ދިޔައިރު ރިޔާޝާ ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ. ހިތުގެ އުދާސްތައް ފޮރުވަމުން ދިޔައީ އެހެން މީހުން ހީކޮށްފާނެ އެއްޗަކާމެދު ވިސްނާފައެވެ. ހުދުކުލައިގެ ދޯޕައްޓާ ހެދުމުގައި ރިޔާޝާ ހުރިއިރު ފަޔާޒް ހުރީ ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއްގައެވެ. ކިތަންމެ ސާދާކޮށް ވަލީމާގެ ކަންތައްތައް އޮތްނަމަވެސް ވަލީމާއަށް ހާޒިރުވި ކޮންމެ މީހަކުވެސް އެޖޯޑުގެ ފުރިހަމަކަމަށް ތަޢުރީފުކުރަމުން ދިޔައީ ހެޔޮދުޢާ ކުރަމުންނެވެ. އެއިން އެއްވެސް ކަމަކުން ރިޔާޝާއަކަށް އުފާވެރިކަމެއް ނުލިބުނެވެ. ނަމަވެސް ފަޔާޒަށް ލިބުނު އުފާވެރިކަން ބަޔާންކުރަންވެސް ދައްޗެވެ. އޭނާ މިދުވަހަށް އިންތިޒާރު ކުރާތާ ގާތްގަނޑަކަށް ދެއަހަރު ފަހުން އޭނާގެ ހުވަފެން ޙަޤީޤަތަކަށްވީއެވެ.

ވަލީމާގެ ކަންތައް ނިމުމުން ކައިގެން ރިޔާޝާ ކޮޓަރިއަށް ވަނުމާއެކު އެކޮޓަރި ތައްޔާރުކޮށްލާފައިވާލެއް ފުރިހަމަކަން ފެނި އޭނާގެ ދެލޯ ތަރަތަރަ ޖަހައިގަތެވެ. ހީވަނީ ހިންދީ ފިލްމުތަކުން ފެންނަހެން ކައިވެނީގެ ފުރަތަމަރެއަށް ކޮޓަރި ތައްޔާރުކޮށްފައި އޮތްހެންނެވެ. އޭސީކޮށްފައިހުރި ކޮޓަރީގައި ހިފާލާފައި ވަނީ މަސްތުކުރުވާހާ ހިތްގައިމު ވަހެކެވެ. ކިންގް ސައިޒުގެ ބޮޑު އެނދުގެ މެދުގައި ރަތް ފިނިފެންމާ ފިޔަތަކުން ވަނީ ހިތެއްގެ ބައްޓަމަށް ކުރެހުން އަޅާފައެވެ. އަދި ހިތުގެ ކައިރީގައި ރަތް ފިނިފެންމާ ފިޔައިން އައި ލަވް ޔޫ ޖަހާލާފައިވެއެވެ. ހުދު ލޭސްފޮތީގެ މަދިރިގެ ވަށައިގެން މިނާފަތިތައް އެލުވިފައިވެއެވެ. މުޅި ތަނަށް ވެރިވެފައިވަނީ ސްޓޭންޑްގައި ޖަހާފައިވާ އުއްބައްތިތަކުގައި ނަށަނަށާހުރި އުއްބައްތިތަކުގެ އޮރެންޖް އައްޔެވެ.

ރިޔާޝާ ގޮސް އެނދުގެ ކައިރިއަށް ހުއްޓި ރަނގަޅަށް އެނދަށް ބަލާލިއެވެ. އަދި މިނާފަތިތަކުގައި އަތް ހާކާލިއެވެ. އެވަގުތު އޭނާ ލޯ ފުރިގެން ދިޔައީ ހޫނު ކަރުނައިންނެވެ. އިސާހިތަކު އެދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. އޭނާ މިދުވަސް ނުހަނު ދެކެން ބޭނުންވިއެވެ. ނަމަވެސް މިދުވަސް އޭނާއާއި މި ބައްދަލުކުރީ އޭނާ އުންމީދުކުރި ގޮތަކަށް ނޫނެވެ. އޭނާ މިދުވަސް ދެކެން ބޭނުންވީ އަޔާޒާއި އެކުގައެވެ. ނަމަވެސް އޭނާއަށް މިޖެހުނީ އެހެން މީހެއްގެ ދިރިއުޅުމުގެ ހިއްސާއަކަށްވާށެވެ.

ކޮޓަރި ތެރެއަށް ބަލާލުމުންވެސް ފަޔާޒްގެ އުންމީދުތައް އެނގިގެންދެއެވެ. ނަމަވެސް އޭނާއަކަށް ފަޔާޒްގެ ހަޔާތުގެ ހުސްކަން ފިލުވައެއް ނުދެވޭނެއެވެ. އެކަން ހިތަށް އެރުމުން އޭނާއަށް އިތުރަށް ރޮވޭގޮތްވިއެވެ. ނަމަވެސް އެއީ ފަޔާޒަށް ލިބިގެންވާ ޙައްޤެކެވެ. ސަބަބަކީ މިހާރު އޭނާއަކީ ފަޔާޒްގެ ހަލާލު އަނބިމީހާއެވެ. ފަޔާޒަށް އޭނާގެ ކިބައިން ބޭނުން ކޮންމެ އުފަލެއް ހާސިލްކުރެވޭނެކަން ރިޔާޝާވެސް ޤަބޫލުކުރެއެވެ. އެއީ ފިރިމީހާއަށް އަނބިމީހާ އަދާކޮށްދޭންޖެހޭ ވާޖިބެކެވެ. މިފަދަ ޚިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް ދޮރު ހުޅުވާލި އަޑު އިވުމުން ސިހިފައި އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ. ފަޔާޒް ފެނުމާއެކު އޭނާގެ ހިތް ތެޅިގަތް ގޮތުން ހީވީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ދޮރު ތަޅުލާފައި ފަޔާޒް އޭނާއާއި ކައިރިއަށް އަންނަން ފެށުމުން އޭނާގެ ހާސްކަން އިތުރުވިއެވެ.

(ނުނިމޭ)

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ޤުރުބާން ވުމީ މިހިތުގެ އުފާ 34 ވަނަ ބައި

Next

އެ ލޯބި އަސްލު ހައްޤޭ (3 ވަނަ ބައި)

Next
November 2, 2016

އެ ލޯބި އަސްލު ހައްޤޭ (3 ވަނަ ބައި)

Previews
November 2, 2016

ޤުރުބާން ވުމީ މިހިތުގެ އުފާ 34 ވަނަ ބައި

44 Comments

  1. Fathun says:
    November 2, 2016 at 7:25 am

    Varah reethi….

    1. Saandy says:
      November 2, 2016 at 7:28 pm

      ޝުކުރިއްޔާ

  2. sonaalee says:
    November 2, 2016 at 10:10 am

    Mihaar hadi..riyaasha libenjehenee ayaaz ah dw

    1. Saandy says:
      November 2, 2016 at 7:30 pm

      އެހެންތަ؟ އަބަދު ހިތް އެދޭހާ ގޮތަކަށް ނުވާނެ ދޯ… އުންމީދުކުރަން ވާހަކަ އެއްކޮށް ނިމެންދެން ކިޔާލާނެ ކަމަށް

    2. Saandy says:
      November 2, 2016 at 8:00 pm

      އަދި ކަމުދާނެކަމަށްވެސް އުންމީދުކުރަން 🙂

  3. Navya says:
    November 2, 2016 at 10:18 am

    V salhi mibaives?.. next part ah v inthixaaru kuran…

    1. Saandy says:
      November 2, 2016 at 7:31 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 16ވަނަ ބައި ގެނެސްދޭނަން

  4. Qeen says:
    November 2, 2016 at 11:33 am

    vv reethi

    1. Saandy says:
      November 2, 2016 at 7:31 pm

      ޝުކުރިއްޔާ

  5. Naadhi says:
    November 2, 2016 at 11:43 am

    Reethi

    1. Saandy says:
      November 2, 2016 at 7:32 pm

      ޝުކުރިއްޔާ

  6. NAIN says:
    November 2, 2016 at 12:01 pm

    haadha emdhera gotheh thihedhee Riyaasha ah.dhen hurihaa faharaku loibehves nulibeynethaa.vvv reethi vaahaka.ummeedhu kuran vaahaka nimeyiru RIYAASHA ah eunage lobi libeyne kamah

    1. raf says:
      November 2, 2016 at 12:55 pm

      yer…raf ves ebas van thikama

    2. Saandy says:
      November 2, 2016 at 7:47 pm

      ޝުކުރިއްޔާ! އެނގިދާނެތާ ވާގޮތެއް

    3. Saandy says:
      November 2, 2016 at 8:01 pm

      ރަނގަޅު ވާހަކައެއް… އެންމެންނަކަށް ލޯތްބެއްވެސް ނުލިބޭތާ ދޯ

  7. binthi says:
    November 2, 2016 at 12:42 pm

    Riyaasha ah fayaaz dheke loabi vevuneema dhn enme salhi vaany.
    Ayaaz nujeheyne dhw sirru kuraakah. Sirru kureema veegouy. and shifaan jeheyne ayaaz kaari bunan riyasha ehi vahaka.
    So.. Riyasha and fayaaz ?

    1. Saandy says:
      November 2, 2016 at 7:47 pm

      ޝުކުރިއްޔާ! އެނގިދާނެތާ ވާގޮތެއް

  8. raf says:
    November 2, 2016 at 12:54 pm

    nice..ekam v deraveje….riyaa ah veegoy neyguniima…i hope fahun ayaa n riyaa gulheyne kama…but i think den ayaa ahh aisha aa kaneyge gulheynii…. but riyaa deraveene dhw…hope konmes duvahaku i means mi vaahakaa theren…e ulhey ameenaage kantha tha complete nuvaane kama…

    1. Saandy says:
      November 2, 2016 at 7:49 pm

      ޝުކުރިއްޔާ! ކުރިއަށް ހުރި ބައިތައް ކިޔާލީމަ އެނގިދާނެތާ ވާގޮތެއް

  9. Kind says:
    November 2, 2016 at 1:01 pm

    V REERTHI

    1. Saandy says:
      November 2, 2016 at 7:49 pm

      ޝުކުރިއްޔާ

  10. no name says:
    November 2, 2016 at 1:34 pm

    Ehvves site ehgga nethas mee copied story eh

    1. Saandy says:
      November 2, 2016 at 7:50 pm

      ޝުކުރިއްޔާ! އެކަމަކު މީ ކޮޕީ ވާހަކައެއް ނޫން

  11. Aishu says:
    November 2, 2016 at 2:44 pm

    Riya ah ayaaz n fayaaz eha wahtharu v iru shifan ah keevvebaa wahtharu nuvee…

    1. raf says:
      November 2, 2016 at 5:42 pm

      dhw??

    2. Saandy says:
      November 2, 2016 at 7:54 pm

      ޝިފާންއަށްވެސް ވައްތަރުވިއެއްނު… ޝިފާން ހިތަށްއެރި އެއްޗެހިތައް ލިޔެފައި އިންއިރު އިންނާނެ ބުނެފައި ފަޔާޒް ކުރިމަތީގައި ހުރިހާ ހިނދަކު ރިޔާޝާއަށް އަޔާޒް މަތިން ހަނދާން ނައްތާލެވިދާނެބާއޭ… އެބުނީ އެދެމީހުން އެހާ ވައްތަރު ވާހަކަ

  12. Zaany says:
    November 2, 2016 at 3:21 pm

    V salhi

    1. Saandy says:
      November 2, 2016 at 7:55 pm

      ޝުކުރިއްޔާ

  13. Kais says:
    November 2, 2016 at 3:29 pm

    Aadho aslu shifaan ah ves jeheene dho vatharu vaan…. Mihaaru aslu vaanuvaa ves neyge…. BT story v nice…

    1. Saandy says:
      November 2, 2016 at 7:58 pm

      ޝުކުރިއްޔާ! އަސްލު އަޔާޒާއި ފަޔާޒް ޝިފާންއަށްވެސް ވައްތަރޭ… އެވާހަކަ އިންނާނެ ބުނެލާފަވެސް

  14. someone says:
    November 2, 2016 at 5:44 pm

    sanndy akee girl etha nunii boy e tha…????……………?????….

    1. Saandy says:
      November 2, 2016 at 7:58 pm

      ބޯއީ އެއް

  15. confuse says:
    November 2, 2016 at 6:05 pm

    Ebunaahen ayaaz aa ehàa vahtharu nama shifaan ah nengenveee keeeve????big question???

    1. Saandy says:
      November 2, 2016 at 7:56 pm

      ޝިފާންއަށް އެނގެއެއްނު އެއީ ފަޔާޒްކަން… އެދެމީހުން ވައްތަރުކަން ޝިފާނަށް އެނގޭ ވާހަކަވެސް އިންނާނެ ބުނެލާފައި… ނޭނގުނިއްޔާ ތަންކޮޅެއް ވިސްނައިގެން އަލުން ކިޔާލުން ރަނގަޅު… 🙂

  16. Qeen says:
    November 2, 2016 at 8:53 pm

    Koniraku up kohdheynee

    1. Saandy says:
      November 3, 2016 at 7:30 pm

      ވަރަށް ބޮޑަށް ސޮރީ… މިރޭ ވަރަށް ބިޒީ… އިރާދަކުރެއްވިއްޔާ މާދަމާ ގެނެސްދޭނަން

  17. Marsha says:
    November 2, 2016 at 10:25 pm

    Mi vaahakaige 15 bai ehfaharaa mi kiyaaly.. v rythi… waiting for 16… i hope riyaa n fayas vaki nuvaane kamah.. fayaa v rangalhu veema dho riya aa marry kohgen eyna mamma ge kibain safe kohdhiny.. but i wonder…. imaadh n fayaa ge intentions aslu rangalhutha… engidhaanethaa dho… 16 ah inthizaaringgg

    1. raf says:
      November 3, 2016 at 1:38 pm

      Thee ves thedu vaahaka ey…ekam riyaa lobivanii ayaadeke enu…i want at least riyaa ah veegoy ingen…

    2. Saandy says:
      November 3, 2016 at 7:31 pm

      ޝުކުރިއްޔާ ވަރަށް ބޮޑަށް… ކުރިއަށް ހުރި ބައިތައް ކިޔާލީމަ އެނގިދާނެ ވާގޮތެއް… އިރާދަކުރެއްވިއްޔާ މާދަމާ 16ވަނަ ބައި ގެނެސްދޭނަން

    3. Saandy says:
      November 3, 2016 at 7:35 pm

      ރަފް! ރިޔާޝާއަށް ޙަޤީޤަތް އެނގޭތޯ ނޫނީ ނޭނގޭތޯ ބަލާލަން ކުރިއަށް ހުރި ބައިތައް ކިޔާލާ… އުންމީދުކުރަން ވާހަކަ ކަމުދާނެ ކަމަށް

  18. raf says:
    November 3, 2016 at 1:36 pm

    Konirakun 16th vanabaa up kodeynii….mihaaru anebaa kiyaahithun mihuriii…..

    1. Saandy says:
      November 3, 2016 at 7:33 pm

      މިރޭ ގެނެސްދޭން އުޅުނީ… އެކަމު މިރޭ ވަރަށް ވަރަށް ބިޒީ… އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 16ވަނަ ބައި ގެނެސްދޭނަން

    2. raf says:
      November 4, 2016 at 10:57 am

      Thankyou vaahaka genes diniima..

    3. Saandy says:
      November 5, 2016 at 7:53 am

      މަރުޙަބާ

Comments are closed.

All Right Reserved!