Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (18ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
November 6, 2016 7 Mins Read
50 Comments

“ޝިފާން! ކީކޭ ތި ކިޔަނީ؟ ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ. ރިޔާއަށް ކަމެއްވީތަ؟ ކީއްވެ އަހަރެންނާހެދި؟” އަޔާޒް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. “ރިޔާ މެރީކޮށްފި.”

“ކީކޭ؟” އަޔާޒް ޔަޤީން ނުވެފައި އަހާލިއެވެ. “އާނ އަޔާ. ރިޔާ މެރީކޮށްފި.” ޝިފާން ވަރަށް ސީރިއަސްވެފައި ބުނެލިއެވެ. “ޝިފާން! ތީ ސަމާސާއެއް ދޯ؟ ތިކަހަލަ ސަމާސާ ނުކުރޭ. އަހަރެންނަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.” އަޔާޒް ޝިފާންގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. “ނޫން އަޔާ. މީ ސަމާސާއެއް ނޫން. މީ ހަމަ ޙަޤީޤަތެއް. ނިކަން އަހަރެންގެ މޫނަށް ބަލާބަލަ. ހީވޭތަ އަހަރެން މިކުރަނީ ސަމާސާއެއްހެން؟” ޝިފާން އަޔާޒަށް ބަލަން އިނދެ ބުނެލިއެވެ. ޝިފާންގެ މޫނުމަތީގައިވާ އަސަރުތައް ތަރުޖަމާކުރަން އަޔާޒަށް ވަގުތުކޮޅެއް ނެގިއެވެ.

“ކީއްވެ؟ ކީއްވެ ރިޔާ އެގޮތަށް އެކަންތައް ކުރީ؟ ކީއްވެ ރިޔާ އަހަރެންނަށް އިންތިޒާރު ނުކުރީ؟ ކީއްވެ ރިޔާ އަހަރެންނަށް ބޭވަފާތެރިވީ؟” އަޔާޒްގެ ލޮލުން ކަރުނަ ހިލުނީ ބޭއިޚްތިޔާރުގައެވެ. އޭނާ ސޯފާއިން ތެދުވެ ޝިފާންއަށް ފުރަގަސްދިނެވެ. “އަޔާގެ ސަބަބުން އެހެން އެވީ.” ބުނަން އުނދަގޫވީ ނަމަވެސް ޝިފާން އެންމެފަހުން އެހެންވެސް ބުނެފިއެވެ. “ކީއްވެ އަހަރެންނާ ހެދި؟” އަޔާޒަކަށް ޝިފާން އެހެން އެބުނާ ސަބަބެއް ނުވިސްނުނެވެ. “އާނ. އެހެން ކަންތައް އެވީ އަޔާ އޭނާއަށް ހުރިހާ ކަމެއް ސިއްރުކުރީމަ. އޭނަ ހީކުރީ އަޔާ އޭނަދެކެ ލޯބިވެޔޭ ކިޔާ އޮޅުވާލީ ކަމަށް. އަދި އެކަމުގައި އަހަރެންވެސް ބައިވެރިވި ކަމަށް. އެހެންވެ އޭނަ އަހަރެންނާވެސް ގުޅުން ކަނޑާލީ. އެއީ އަހަރެން އަޔާދެކެ ހިތްހަމަނުޖެހުނު ސަބަބަކީ.” ޝިފާން ޙަޤީޤަތް ހާމަކުރިއެވެ.

ޝިފާންގެ ވާހަކަތަކުން ހައިރާންވެފައި އަޔާޒަށް ހުރެވުނެވެ. ޝިފާން އެދެއްކި ވާހަކަތަކަކީ އޭނާ ދަންނަ ވާހަކަތަކެއް ނޫނެވެ. “ކީކޭ؟ އަހަރެން އޮޅުވާލީއޭ؟ ސިއްރުކުރީއޭ؟” ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން ޝިފާންއަށް ބަލަމުން އަޔާޒް އަހާލިއެވެ. ކަންތައްތައް ވީގޮތް އަޔާޒް ކިޔައިދީ ނިމުމާއެކު އަޔާޒަށް ބޮލުގައި ދެއަތުން ހިފަހައްޓާލަމުން ސޯފާއަށް ތިރިވެވުނެވެ. “ނޫން. އެހެނެއް ނުވާނެ. ބައްޕަ އަހަރެންނަކަށް އެވަރުގެ ބޮޑު ކެއްސެއް ނުދޭނެ.” “އަޔާ! ޤަބޫލުކުރަން ދަތިވިޔަސް މީ ކަން ހިނގި ގޮތަކީ.” ޝިފާން އަޔާޒްގެ ކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “އަހަރެން ބައްޕަ ކައިރީ އެދުނީ ޝިފާން މެދުވެރިކޮށް ރިޔާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށް. އޭރުން ރިޔާ އަހަރެންދެކެ ލޯބިވަންޏާ އަހަރެންނަށް އިންތިޒާރު ކުރާނެކަމަށް އަހަރެން ބުނިން. އެކަމަކު ބައްޕަ ކަންތައްކުރި ގޮތް ދެކިބަލަ. ދެން އަހަރެން މިދުނިޔޭން އިތުބާރުކުރާނީ ކާކަށް؟” އަޔާޒް މޫނުގައި އަތް އަޅަމުން ރޯން ފެށުމުން ޝިފާންވެސް ވަރަށް ދެރަވިއެވެ.

“އަޔާ! މިވަގުތު އަޔާ ދެރަވާނެވަރު އަހަރެންނަށްވެސް ވިސްނޭ. އެކަމަކު ދެން ކެތްކުރުން ނޫން ގޮތެއްނެތް. ހިތްވަރާއެކު ކުރިއަށްދޭ. ރިޔާގެ މަތިން ހަނދާން ނައްތާލާފައި ދިރިއުޅުމެއް ފަށާ. މިހެން ބުނާއިރުވެސް އެނގޭ އެއީ ފަސޭހަކަމެއް ނޫންކަންވެސް. އެކަމަކުވެސް ދެން ކުރެވޭނެ އިތުރު ކަމެއްނެތް. އަޔާވެސް ރިޔާއަށް ރަނގަޅު ގޮތެއް ވާން އެދެންޏާ ދެން ރިޔާ މަތިން ހަނދާން ނައްތާލާ.” ޝިފާން އެހެން ބުނެ އަޔާޒްގެ ކޮނޑުގައި ޖަހާލާފައި ގެއަށް ދިއުމަށް ހިނގައިގަތެވެ. ޝިފާން ދޮރުން ނުކުންނަންދެން އަޔާޒަށް ބަލަހައްޓައިގެން އިނދެވުނެވެ. އަޔާޒްގެ ހިތަށް އަރަމުން ދިޔައެވެ. ޝިފާންއަށް ހަމަ އޭނާ ރިޔާޝާދެކެ ލޯބިވާވަރު ނޭނގެނީ ހެއްޔެވެ؟ ހަނދާން ނައްތާލާށޭ ދުލުން ބުނެލަން ހާދަހާ ފަސޭހައެވެ. ކިތަންމެ ދުވަހެއްވިޔަސް އޭނާއަކަށް ރިޔާޝާގެ މަތިން ހަނދާން ނައްތައެއް ނުލެވޭނެއެވެ. ކޮންމެފަދަ ހުރަހެއް ގިރާކޮށްފައި ނަމަވެސް އޭނާ ރިޔާޝާ ހާސިލްކުރާނެއެވެ.

އަޔާޒް އޭނާގެ ބައްޕަ ވަޙީދަށް ގުޅީ އެރޭ ދިހައެއް ޖަހަން އުޅެނިކޮށެވެ. އެހާ ދަންވެފައި ހުއްޓާ އަޔާޒް ގުޅުމުން ވަޙީދު ވަރަށް ހައިރާންވިއެވެ. ވަޙީދު ފޯނު ނެގުމާއެކު އަޔާޒް ރޯން ފެށިއެވެ. “ދަރިފުޅާ! ކިހިނެއްވީ؟ ކީއްވެ ތިރޮނީ؟” ވަޙީދު ކަންބޮޑުވެފައި އަހާލިއެވެ. “ބައްޕަ ކީއްވެ އެގޮތަށް ތިކަންތައް ކުރީ؟” “ދަރިފުޅާ! އިހަށް ހުއްޓާލަބަލަ. ހުއްޓާލާފަ ވީގޮތެއް ބުނެބަލަ. ބައްޕަ ކޮންކަމެއްތަ ކުރީ؟” ވަޙީދު ވަރަށް އާދައިގެ ގޮތަކަށް އަހާލިއެވެ. އަޔާޒް ޝިފާން ދެއްކި ވާހަކަތައް ކިޔައިދިނުމުން ވަޙީދަށް ޝިފާންދެކެ ރުޅިއާދެވުނެވެ. އޭނާ ވަނީ މާކުރީއްސުރެ އަޔާޒްގެ ކައިވެނި އޭނާގެ ވިޔަފާރި ޕާޓްނަރުގެ ދޮށީ އަންހެން ދަރިފުޅާ ހަމަޖައްސާފައެވެ. ނަމަވެސް ޝިފާންގެ ސަބަބުން އެކަމަށް ހުރަހެއް އެޅިދާނެކަމުގެ ބިރު އޭނާގެ ހިތުގައި އަށަގަތެވެ.

“ދަރިފުޅާ! ދަރިފުޅަށް ހީވޭތަ ބައްޕަ އެކަހަލަ ކަމެއް ކޮށްފާނެހެން؟ ބައްޕަ އަބަދުވެސް ވިސްނަނީ ދަރިފުޅުގެ އުފަލަށް. ބައްޕަ ވަރަށް ދެރަވެއްޖެ ދަރިފުޅު ބައްޕައަށް އިތުބާރު ނުކުރާކަން އެނގުނީމަ.” އަޑަށް މޮޅިވެރިކަން ގެންނަމުން ވަޙީދު ވާހަކަދެއްކިއެވެ. “ބައްޕައަކަށް ނޭނގެ ޝިފާން ބޭނުންވެގެން އެއުޅެނީ ކޮންކަމެއް ކަމެއް. ނޫނީ ކީއްވެ އެހާ ބޮޑު ދޮގެއް ހަދަންވީ؟” އަނެއްކާވެސް ވަޙީދު ވާހަކަދެއްކިއެވެ. “ބައްޕާ! އަހަރެން ބައްޕައަށް ވަރަށް އިތުބާރުކުރަން. އަހަރެންނަށް މާފްކުރޭ. އަހަރެންނަށް ނުވިސްނުނީ.” އަޔާޒް އަވަސްއަވަހަށް ފޯނު ކަނޑާލިއެވެ. ވަޙީދުގެ މޫނުމަތީގައިވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އަޔާޒް ރަނގަޅަށް އޭނާގެ ޖެހި މަޅީގައި ބެދިއްޖެއެވެ. ދެން އޭނާގެ މަޤްސަދަށް ހުރަސް އަޅާނެ އެކަކުވެސް ނުހުންނާނެއެވެ.

އަޔާޒަށް ވަޙީދުގެ ވާހަކަތަކާމެދު ވިސްނާލެވުނެވެ. ތެދެކެވެ. މިހާތަނަށް ދުވަހަކުވެސް ވަޙީދު އޭނާގެ އެދުމަކަށް ފުރަގަސްދީފައެއް ނުވެއެވެ. ވަޙީދު އަބަދުވެސް އިސްކަންދިނީ އޭނާގެ އުފާތަކަށެވެ. އެބައްޕަގެ އެތައް އުފަލެއް އޭނާއަށްޓަކައި ޤުރުބާންކުރިއެވެ. އެހެންވީއިރު މިއަދު އެފަދަ ގޮތަކަށް ކަންތައް ކޮށްފާނެ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އަނެއްކޮޅުން ޝިފާން ކުއްލިއަކަށް އެފަދަ ބޮޑު ދޮގެއް ހަދަން ޖެހުނު ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. އެކުވެރިޔާއަށްވުރެ ބޮޑަށް އޭނާއަށް އިތުބާރުކުރެވުނީ ބައްޕައަށެވެ. އޭނާގެ ހިތް ޝިފާންގެ މައްޗަށް ކިލަނބުވެގެން ދިޔައީ އެފަދަ ބޮޑު ތުހުމަތެއް އޭނާގެ ބައްޕަގެ ބޮލުގައި އެޅުވީމައެވެ.

ރިޔާޝާގެ ކައިވެނީގެ ޚަބަރުން އަޔާޒަށް ފުން އަސަރުތަކެއް ކުރުވިއެވެ. ރިޔާޝާ އެގޮތަށް އެކަންތައް ކުރީ ކީއްވެ ހެއްޔެވެ؟ އޭނާ ރިޔާޝާދެކެ ވީ ލޯބީގައި އެއްވެސް ބާރެއް ނެތީ ހެއްޔެވެ؟ އެލޯބީގައި އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ ރިޔާޝާއަށް އޭނާގެ ލޯތްބަށް އެއްވެސް އިތުބާރެއްވެސް ހަމަ ނެތީހެއްޔެވެ؟ ރިޔާޝާ އޭނާދެކެ ލޯބިނުވަނީއެވެ. އެހެން ނޫންނަމަ އެހާ ފަސޭހައިން އޭނާ ދިރިއުޅުމެއް ނުފެށީހެވެ. ނަމަވެސް އޭނާ ރިޔާޝާ އެގޮތަށް ކަންތައްކުރި ސަބަބު އޮޅުންފިލުވަން ބޭނުންވިއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟ ރިޔާޝާއާއި ބައްދަލުކުރަން އެގެއަށް ދާންވީ ހެއްޔެވެ؟ އޭރުން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެފަހުން މާދަމާގެ ވަގުތެއްގައި ރިޔާޝާއާއި ބައްދަލުކުރަން އަޔާޒް އެގެއަށް ދާން ނިންމިއެވެ. ވާނެގޮތެއް ވެދާނެ ނޫންހޭ އޭނާގެ ހިތަށް އެރިއެވެ.

**********

“މުޢީ! އަހަރެން ބުނީ މަންމަމެން ގާތުގައި ބުނެގެން އިޔާން މިކޮޅަށް ގެންނަންވީ ނޫންހޭ ކިޔަވަން. އޭރުން އިޔާންއަށް ރަނގަޅު ތަޢުލީމެއްވެސް ދެވޭނީ. މަންމަމެންވެސް ބޭނުންވާނެ ދޯ އިޔާން މޮޅު ކުއްޖަކަށް ހަދަން.” ކަލީމް އޭނާގެ އަންހެނުން މުޢީނާއާއި ވާހަކަދެއްކީ ނިދަން އޮށޯވެ ތިބެއެވެ. “އަހަރެންވެސް ވަރަށް ބޭނުން ތިކަން ކުރަން. އަހަރެންނަކަށް ނޭނގެ މިހާރު ތިވާހަކަ ދެއްކުނު އަދަދެއްވެސް. އެކަމަކު މަންމަމެންގެ ގޮތް އެނގެއެއްނު. ގޮތްދޫނުކުރަންވެގެން. މަންމަމެން ބުނަނީ މާލެ އައިމަ ވާގޮތް ފެނޭ ނޫންހޯ. ރަށަށް ޚިދުމަތެއް ކޮށްދޭކަށް ރަށަކަށް ނުދާނެޔޯ. ދެތިން ދުވަސް ނުވެ މަގު އޮޅޭނެޔޯ. އަހަރެން ބުނިން މަގު އޮޅެނީ ވަކި މާލެ ވީމައެއް ނޫނޭ. ގިނަ ފަހަރަށް ކުދިން މަގުން ކައްސާލަނީ އެކުދިން މާބޮޑަށް ދޫކޮށްލެވޭތީއޭ.” މުޢީނާގެ ވާހަކައިގައި ހުރި އަސަރުންވެސް އޭނާ އެކަމަށް ވަރަށް އެދޭކަން ދޭހަވެއެވެ.

“އާނ. ތިބުނީ ރަނގަޅަށް. މަންމަމެންވެސް ދެން މާ ބޯހަރީއޭ އަސްލު. މާލެ ވިޔަސް ރާއްޖެތެރެ ވިޔަސް މިހާރަކު ތަފާތެއް ނޯންނާނެ. މުޅި ޤައުމު ވަނީ ކުށުން ފޯވެފައި. މިހާރު ކުއްޖަކު މަގުން ކައްސާލިޔަނުދީ ބޮޑުކުރެވޭނީ ވަރަށް ރަނގަޅަށް ބަލައިގެން. ބުނެއެއްނު ނަރެއްހާތަން ދޫކޮށްލިއްޔާ ކެނބެއްހާތަން ދަމައިގަންނާނެއޭ. އެކަހަލަ ކަމެއް އެއީވެސް. އަހަރެން އަދި މަންމަމެންނާ އެވާހަކަ ދައްކާނަން.” ކަލީމް މުޢީނާއަށް ބަލާލާފައި ހިނިތުންވެލިއެވެ. “ކަލީމް ވާހަކަދެއްކިއްޔާ އެމީހުންގެ ނިންމުން ވަކި ބަދަލުވާނެތަ؟” މުޢީނާ މާޔޫސްވެފައި އަހާލިއެވެ. “އެނގިދާނެތާ. ދެން ހިނގާ ނިދަމާ. މަގޭ ފުށްގަނޑުވެސް ދެރަވާނެއެއްނު މުޢީ ދެރަވަންޏާ.” މުޢީނާގެ ބަނޑުގައި ފިރުމާލަމުން ކަލީމް އެހެން ބުނެލުމުން މުޢީނާއަށް ހެވުނެވެ.

**********

“ފަޔާ! އަދިވެސް ނިދާކަށް ނުވޭތަ؟ މިހާރު އެހެރަ އެކެއް ޖަހަނީ.” ގަޑިއަށް ބަލާލަމުން ސޯފާގައި ލެޕްޓޮޕް ހިފައިގެން އިން ފަޔާޒަށް ގޮވާލަމުން ރިޔާޝާ ބުނެލިއެވެ. “ނޫނޭ. ދެން ނިދަންވެސް ވީ؟ އެކަމު މި މަސައްކަތް ކޮންމެހެންވެސް އެބަޖެހޭ މާދަމާއަށް ނިންމަން. އަދި ކުޑައިރުކޮޅެއް ވާނެ.” ފަޔާޒް މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ. ފަޔާޒް އެހެން ބުނެލުމުން ދެފަރާތަށް ބޯހޫރާލާފައި ރިޔާޝާ ފާޚާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްގެން ނުކުމެ އެނދުގައި އޮށޯތެވެ. އެނދުގައި އޮށޯތް ނަމަވެސް އޭނާއަކަށް ނިދޭ ގޮތެއް ނުވިއެވެ. އިރުއިރުކޮޅުން އޭނާ ފަޔާޒަށް ބަލާލައެވެ. ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން ފަޔާޒަށް މިއިން ކަމެއްގެ ހިލަމެއްވެސް ނުވެއެވެ.

މިއީ އަޖައިބެއް ކަހަލަ ފިރިހެނެކެވެ. މަސައްކަތް ފިޔަވާ އެހެން ކަމެއް އޭނާގެ ހަޔާތުގައި ނުވަނީ ހެއްޔެވެ؟ އަނތްބަކު ހުރިކަންވެސް އޭނާ ހަނދާން ހުންނަހެނެއް ހިއެއް ނުވެއެވެ. އެހެން ހިތަށް އެރުމާއެކު ރިޔާޝާއަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. ފަޔާޒްގެ ވާހަކަދައްކާއިރު އޭނާ މާ ރަނގަޅީ ހެއްޔެވެ؟ އަނތްބަކަށްވެހުރެ ފިރިއަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އޭނާއަކަށް ފުރިހަމައަށް އަދާކޮށެއް ނުދެވެއެވެ. ކައްކާ ކާންދީ ދޮވެ އިސްތިރިކޮށްދިނަސް އެއީ އަދި އަނތްބެއްގެ ވާޖިބު އަދާކުރެވުނީއެއް ނޫނެވެ. ދެމަފިރިންނެއް ކަމަކު އެއް އެނދުގައި ނިދުމަކީވެސް ޙަރާމްކަމެއް ފަދައެވެ. ފަޔާޒް އޭނާއާއި އެއް އެނދުގައި ނުނިދަނީވެސް އޭނާއަށް އިތުރު ތަކުލީފެއް ނުޖައްސަން ވެގެންނެވެ.

އަމިއްލަ ނަފްސު ކުށްވެރިކުރެވުނު ވަރުން ރިޔާޝާގެ ލޮލުން ކަރުނަ ހިލުނެވެ. އަޑު ބޭރުވެދާނެތީ އޭނާ އަވަސްއަވަހަށް އަނގަމަތީ އަތްއެޅިއެވެ. އިރުކޮޅެއް ފަހުން އޭނާ ރުއިން ކޮންޓްރޯލުކޮށް ދެލޯ ފޮހެލިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އޭނާ ސޯފާއަށް ބަލާލިއިރު ފަޔާޒް ނިދަންވެގެން އެއްޗެހި ބަދަލުކުރަނީއެވެ. ފަޔާޒްގެ ހާމައަށް ހުރި ކަސްރަތީ ހަށިގަނޑު ފެނުމުން ރިޔާޝާއަށް ކަޅިޖަހާނުލާ ބަލަން އޮވެވުނެވެ. އެހެން އޮއްވާ ކުއްލިއަކަށް ފަޔާޒް އޭނާ ލައިގެންހުރި ޖަނގިޔާގައި ހިފާލުމުން ރިޔާޝާއަށް ލޯމަރާލެވުނެވެ. އެވަގުތު އޭނާގެ ގައިން ހީބިހި ނަގައިގަތީ ހިތަށްއެރި އެއްޗަކުންނެވެ. އަވަސްއަވަހަށް ދުރަށް އެނބުރުނީ އޭނާ ބަލަން އޮތްކަން ފަޔާޒަށް އެނގިދާނެތީއެވެ. އޭނާ އަނގައިން ކަންނެތް ގޮތަކަށް އަޑެއް ލައްވާލުމުން ފަޔާޒް ތެޅިގަނެފައި އަވަސްއަވަހަށް ނިދަންލާ ސޯޓު ލިއެވެ.

ރިޔާޝާ ލޯ ހުޅުވާލިއިރު ފަޔާޒް އައިސް ސޯފާގައި އޮށޯންނަނީއެވެ. “ފަޔާ! އަދިވެސް ނުނިދަންތަ؟” ރިޔާޝާ ލޯ އުނގުޅާލަމުން އެހެން ބުނެލީ ފަޔާޒަށް އޭނާ މިހުރިހާއިރު ހޭލާ އޮތްކަން އެނގުނަ ނުދިނުމަށެވެ. “މިހާރު ނިދަން މިއުޅެނީ. ދެންމެ މި ނިމުނީ. ރިޔާވެސް އަދި ނުނިދަނީތަ؟” ފަޔާޒް އެހެން އަހާލުމުން ރިޔާޝާ އަވަސްއަވަހަށް ނޫނެކޭ ބުނެލިއެވެ. “ފަޔާ! އަހަރެން ބޭނުން ވާހަކައެއް ދައްކާލަން.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒްގެ ހިތް ތެޅިލިއެވެ. ރިޔާޝާ އެބުނަން އުޅެނީ ކީކޭބާވައޭ ފަޔާޒްގެ ހިތަށް އެރިއެވެ. “ހޫމް. ބުނެބަލަ. ކޮން ވާހަކައެއް؟” ސޯފާގައި އިށީންނަމުން ފަޔާޒް އަހާލިއެވެ.

“ފަޔާ އަންނަންވީނު އެނދުގައި އޮންނަން. އަހަރެންނަށް ވަރަށް އުނދަގޫވޭ ފަޔާ ސޯފާގައި އޮންނަތަން ފެނުނީމަ.” ރިޔާޝާ ޖެހިލުންވެފައި އިނދެ ބުނެލިއެވެ. “ދެން ރިޔާ ކޮންތާކު؟” ފަޔާޒް އަވަސްއަވަހަށް އަހާލިއެވެ. “ބިންމަތީގައި.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒްގެ މޫނުގައި ހީވީ މީހަކު ބާރު ބޮނޑިއެއް އެޅިހެންނެވެ. “އެއްގޮތަކަށްވެސް ކަމަކު ނުދާނެ.” ފަޔާޒް އެހެން ބުނެލުމުން ރިޔާޝާ ހީގަތެވެ. “ސާބަސް! ހާދަ ސީރިއަސްއެއް ތިވީ. އަހަރެންވެސް މިތާ އޮންނާނީ.” ރިޔާޝާ އެހެން ބުނެލުމާއެކު ފަޔާޒްގެ ހިތް އުފަލުން ނަށައިގަތެވެ. އެއީ ރިޔާޝާގެ ހިތް ބަދަލުވާން ފަށައިފިކަމުގެ ޢަލާމާތެއްގެ ގޮތުގައި ފަޔާޒް ދެކުނެވެ. “ރިޔާއަކަށް އުނދަގުލެއް ނުވާނެތަ؟” “އުނދަގޫވާނަމަ އަންނާކަށް ނުބުނީހެއްނު.” ރިޔާޝާ އެހެން ބުނެ ހީލުމުން ފަޔާޒް އައިސް އެނދުގައި އޮށޯވެލިއެވެ.

ފަޔާޒަށް ރިޔާޝާއާއި އެހާ ކައިރީގައި އޮންނަންވުމުން އުނދަގޫވިއެވެ. އޭނާގެ ޒުވާންކަމުގެ ހިއްސުތައް ކުރަމުންދިޔަ ގޯނާތަކަށް އޭނާ ބާރު ފޯރުވަމުން ދިޔައެވެ. ރިޔާޝާގެ ފަރާތުން އޭނާއަށް މިލިބުނު ދަޢުވަތުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެއެވެ. ކެތްތެރިކަމުގެ މޭވާ ވަރަށް ފޮނިވާނެއޭ މީހުން ބުނާތީ އޭނާވެސް އަހައެވެ. މިހާރުވެސް އޭނާއަށް އެފޮނިކަން އިހުސާސްކުރެވެން ފަށައިފިއެވެ. ރިޔާޝާގެ ރުހުން މަޑުމަޑުން ލިބެމުންދާކަން އޭނާއަށް އިހުސާސްކުރެވެއެވެ. ރިޔާޝާގެ ފުރިހަމަ ރުހުން ލިބެންދެން އޭނާ އަދިވެސް ކެތްކުރާނެއެވެ.

**********

ހެނދުނު ހޭލީއްސުރެ އަޔާޒްގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ކޮންމެވެސް ނުބައެއް ވާން އުޅޭކަމުގެ އިހުސާސް އޭނާއަށް ކުރެވެނީއެވެ. އޭނާ ކޮފީ ޖޯޑު ހިފައިގެން ބެލްކަނީގައި އިންއިރު އޭނާއަށް ވިސްނެމުން ދިޔައީ ރިޔާޝާއާއި ބައްދަލުކުރަން ދިއުމާމެދުއެވެ. އޭނާ ނިންމީ ނުވަގަޑި ސައިގެ ފަހުން އެގެއަށް ދިއުމަށެވެ. އިރުގެ ދޯދިތައް މޫނަށް އެޅެން ފެށުމުން އޭނާ އެތެރެއަށް ވަދެ ސޯފާގައި އިށިނދެލިއެވެ. ޓީވީ ހުޅުވާލީ ކަމުދާ ޕްރޮގްރާމެއް އާދޭތޯއެވެ. ޗެނަލް ބަދަލުކުރަމުން ދަނިކޮށް އޭނާގެ ޝަޢުޤުވެރިކަން ދަމައިގަތީ އަމިއްލަ ޖަމިއްޔާއަކުން އުފައްދާފައިވާ ޗެނަލްއަކުން ފޮނުވަމުންދިޔަ ލަވަ ޕްރޮގްރާމެކެވެ.

“ކީއްވެހޭ ވީ ކަލާ ބޭވަފާ ލޯބިވާ، ވަޢުދުތައް ލީ އުވާ ފާޅުގާ ކޮށް ހުވާ

ކެތްނުވާ ހިތި އަނިޔައިގާ، ހިތް ފަނާވެއްޖޭ ލިބި ސިހުމެއްގާ

އެހެނަސް ހަމަ ލޯބިވެޔޭ”

އިވެމުންދިޔަ ލަވައިގައި ކިޔަމުން ދިޔައީ އޭނާގެ ހިތުގެ ހާލެވެ. އޭނާއަށް ޚާއްސަކޮށް ހަދާފައިވާ ލަވައެއްހެން އޭނާއަށް ހީވިއެވެ. އޭނާއަށް ވީޑިއޯއިން ފެންނަމުން ދިޔައީ އޭނާއާއި ރިޔާޝާއާ ރިޔާޝާގެ ފިރިމީހާހެން އޭނާއަށް ސިފަވިއެވެ. ލަވައަށް ހިތް ދޫވެގެން ދިޔައީ އެލަވަ އޭނާގެ ހަޔާތާއި ނުހަނު ގުޅޭތީއެވެ.

“އުންމީދު އެތަކެއް އަހަރެން ކުރީމޭ، ފޮނި އިންތިޒާރެއްގާ ރޭތައް ގުނީމޭ

ނުކުރަން ޤަބޫލެއް ކެހިވެރިއަކަށް ތީ، އެހެނެއްކަމަކު ވޭނުން އެކަނިވެ މަ ރުއީމޭ

ބުނެވޭހޭ މީ ތަޤުދީރޭ، ބަދުނަސީބު ގެނުވީ ތަދުބީރޭ

ކަރުނުން ފުރި މި ދެޔޭ، އެހެނަސް ހަމަ ލޯބިވެޔޭ

———————–

ވާންނެތް ކަމެއްގާ ހުވަފެން މިދައްކާ، އޮޅުވާ ތިލީ ނޫންހޭ ހަމަ ފާޅުގާ

އިންސާނަކީމޭ އިހުސާސްތަކެއްވޭ، އިންސާފަކަށް ވޭހޭ ރޯން ވޭނުގާ

ލޯތްބަކީ އަނިޔާއެއް ނޫންހޭ، ދުނިޔޭގާ މިގޮތަށް ކެތްކުރެވޭހޭ

ކަރުނުން ލޯ ފުރި މިދެޔޭ”

ލަވަ ނިމުނުއިރު އޭނާއަށް ވަނީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. ކުރިން ކަރުނައަކީ އޭނާ ދަންނަ އެއްޗެއް ނޫނެވެ. ކުރީގައި މީހުން ރޯތަން ފެނުނަސް އޭގައިހުރި ވޭނެއް އޭނާއަކަށް އިހުސާސެއް ނުވެއެވެ. ނަމަވެސް ކަރުނައަކީ ކިހާ ވޭން ދެނިވި އެއްޗެއްކަން އޭނާއަށްވެސް މިހާރު އިހުސާސް ކުރެވިއްޖެއެވެ.

ނުވައެއް ޖެހުމުން އަޔާޒް އަވަސްވެގަތީ ސައި ބޯން ދިއުމަށެވެ. އޭނާ ހޮޓަލަކަށް ގޮސް ވަރަށް ކުޑަ ގޮތެއް ހަދާލައިގެން ރިޔާޝާއާއި ބައްދަލުކުރަން އެގެއަށް ދާން މިސްރާބުޖެހިއެވެ. ސައިކަލުގައި ގޮސް އެގޭ ދޮރުމައްޗަށް މަޑުކޮށްލިއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އޭނާ ވަދެ ސަލާމް ގޮވާލުމާއެކު ސަލާމް ބަލައިގަންނަމުން ނުކުތީ މެދު އުމުރުގެ އަންހެނެކެވެ. “އަނހާ ފަޔާޒް. ކޮންއިރަކު މިކޮޅަށް އައީ؟” ހައިރާންވެފައި އަޔާޒް ބަލަހައްޓައިގެން ހުރީ އެމީހާ އޭނާއަށް ފަޔާޒްގެ ނަމުން މުޚާތަބު ކުރީމައެވެ. “ދައްތާ! މީ… ރިޔާޝާ ކޮބާ؟” އަޔާޒް ވަރަށް ޖެހިލުންވެފައި އަހާލިއެވެ.

“ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ؟ ކަލޭ ހަމައިގަތަ ތިހިރީ؟ ބަލަ ފަޔާޒަކަށްނު އެނގޭނީ އޭނަ ވީތަނެއް. މިގޭގައި އުޅޭނަމަތާ މަށަށް އިނގޭނީ.” އަމީނާ ނުރުހިފައި ބުނެލިއެވެ. “އެކަމަކު ދައްތާ! އަޅުގަނޑުގެ ނަމަކީ އަޔާޒް. އަޅުގަނޑު މިއައީ ރިޔާޝާ…” “އަޔާޒޭ!!؟ އެކަމަކު… އޯހ. ތީދޯ ރިޔާޝާ ހިތާވެގެން އުޅުނު މީހާއަކީ. ބަލަ ރިޔާޝާއަކީ މިހާރު މީހެއްގެ އަނތްބެކޭ. މީގެ ފަހުން އޭނަގެ މަޢުލޫމާތު ހޯދަން މިގެއަށް ނާންނާތި!” އަމީނާ އެހެން ބުނެފައި ދޮރު ލެއްޕިއެވެ. ދޮރު ލައްޕާލި އިރަށް އަނެއްކާވެސް ޓަކި ޖަހާލި އަޑު އިވުމުން އަމީނާ ކުދި ކިޔައިގަތެވެ.

“މީ ދެން ކިހާ ދެރަ ކަމެއްތަ؟” ދޮރު ހުޅުވާލި ގޮތަށް އަމީނާ ބުނެލިއެވެ. “ދައްތާ! ރިޔާޝާ ވީތަނެއް ބުނެދީފާނަންތޯ؟” އަޔާޒް އެހެން ބުނެލުމުން އަމީނާ ދެއުކުޅުގައި އަތް ވިއްދާލާފައި ރުންކުރު ގޮތަކަށް ބުނެލިއެވެ. “އޭނަ ވީތަނެއް މަށަށް ބުނެވޭނީ ފުރަތަމަ މަށަށް އެނގިގެނެއްނު. މަށެއް ނުވެސް އުޅެން އޭނަ ވީތަނެއް ބަލާކަށްވެސް. އޭނަ ވީތަނެއް މަށަށް ނޭނގުނިއްޔާ ރަނގަޅީވެސް.” “ކިހާވަރެއް ދިނިއްޔާ ދައްތަ ރިޔާޝާ ވީތަނެއް ބުނެދޭނީ؟ ދިހަ ހާސް؟؟ ވިހި ހާސް؟؟” އަޔާޒް އަހާލިއެވެ. “މީހަކު އަޅެ އަޖައިބެއް ނުވާނެތަ؟ ކަލޭ މަށަށް މުޅި ދުނިޔެ ހިބަކޮށްދިނަސް މަށަށް ނޭނގޭ އެއްޗެއް ބުނެދޭނީ ކިހިނެއް؟ މަށަށް އިނގޭހާވެސް އެއްޗަކީ އެމީހުން މި ދިވެހި ފަސްގަނޑުގައި ނެތްކަން. ދެން ތި ބޭކާރު މަސައްކަތް ހުއްޓާލާފަ ދާންއުޅޭ.” އަމީނާ އެހެން ބުނެފައި ދޮރު ޖެހުމުން އަޔާޒް އިސްޖަހައިގެންހުރެ ގެއަށް ދާން ހިނގައިގަތެވެ.

ދޮރު ލައްޕާލާފައި އަމީނާއަށް އަޔާޒާއި ދޭތެރޭ ވިސްނާލެވުނެވެ. އެއީ ހަމަ އަޔާޒްބާވައެވެ. އެކަމަކު ފަޔާޒާއި ހާދަ ވައްތަރެވެ. ޔަޤީނެވެ. އެވާނީ އެއްމާބަނޑު ދެބެންނަށެވެ. އެހެންނޫނީ އެކެއްގެ ދެކުދިންނަށެވެ. އެހެންނޫނީ ވަކިކުރަން ނޭނގޭހާ ވައްތަރެއް ނުވާނެއެވެ. ނޫނެކެވެ. އެހެނެއްވެސް ނޭނގޭނެތާއެވެ. ދުނިޔޭގައި އެއްވައްތަރުގެ އެތައް ބަޔަކު އުޅެއެވެ. މީހުން ބުނާގޮތުގައި ކޮންމެ އިންސާނެއްގެ ސިފައިގައިވާ ހަތްމީހުން ދުނިޔޭގެ އެކި ހިސާބުގައި އުޅޭނެއެވެ. ނޭނގެނީ އެއީ ކޮންއިރަކު ކޮން ޒަމާނެއްގައި އުޅޭނެ ބައެއްކަމެވެ. އަމީނާ އޭނާގެ ހިތަށް ވިސްނައިދިނެވެ.

އަޔާޒް އެގެއިން ނުކުތްއިރު ހުރީ ވަރަށް ހައިރާންވެސް ވެފައެވެ. އަމީނާ އޭނާއާއި ފަޔާޒްގެ ނަމުން މުޚާތަބުކުރީ ކީއްވެބާވައެވެ. އެފަޔާޒަކާއި އޭނާއާއި ވައްތަރީ ހެއްޔެވެ؟ އަނެއްކާ އެބުނާ ފަޔާޒަކީ ރިޔާޝާގެ ފިރިމީހާބާވައެވެ. ޔަޤީނެވެ. އެހެންނޫންނަމަ ރިޔާޝާ ވީތަނެއް އެނގޭނީ ފަޔާޒަކަށް ނޫންހޭ އެކޭ އެ އަންހެންމީހާއެއް ނުބުނީހެވެ. އެ އަންހެންމީހާއަކީ ރިޔާޝާގެ މަންމަބާވައެވެ. އެހެންކަމަށްވާނަމަ އޭނާއަށް ރިޔާޝާ ވީތަން ނޭނގެންވީ ކީއްވެ ހެއްޔެވެ؟ ދެން ރިޔާޝާ ވީތަނެއް ހޯދަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި ގޮސް އޭނާ ސައިކަލަށް އަރާ ނައްޓާލިއެވެ. “މަގު އޮޅުނީތަ؟” ގާތްގަނޑަކަށް މަސް މާރުކޭޓާއި ހަމައަށް ދެވިފައި ހުއްޓާ އޭނާއަށް ކުއްލިއަކަށް ސައިކަލު ހުއްޓާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ސޫރަ (1ވަނަ ބައި)

Next

ހިތް ބޭނުމޭ ..2

Next
November 6, 2016

ހިތް ބޭނުމޭ ..2

Previews
November 6, 2016

ސޫރަ (1ވަނަ ބައި)

50 Comments!

  1. Aish says:
    November 6, 2016 at 7:35 am

    Wow vvv reethi

    1. Saandy says:
      November 6, 2016 at 11:34 pm

      ޝުކުރިއްޔާ

  2. ? says:
    November 6, 2016 at 7:35 am

    Saandy kihinethihadhanee konmefaharakuves enmekiyaahivvahisaabunney thininmaalanee

    1. Saandy says:
      November 6, 2016 at 11:34 pm

      ހެހެހެ… ޝުކުރިއްޔާ

  3. Khajja says:
    November 6, 2016 at 7:38 am

    Wow masha allah v rythi fainaly fayaaz n riyaashaage gulhun madu madun eba rangalhuvey n ayaage bappa aee aslu ayaage dad eh noon dhw ehennoon nama eheneh nahadhaane dhari akah anyway stry v furihama v inteligent waitin waitin nxt prt

    1. Saandy says:
      November 6, 2016 at 11:35 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 19ވަނަ ބައި ގެނެސްދޭނަން

  4. ދޮންކަމަ says:
    November 6, 2016 at 8:15 am

    v reethi

    1. Saandy says:
      November 6, 2016 at 11:35 pm

      ޝުކުރިއްޔާ

  5. Nee says:
    November 6, 2016 at 8:38 am

    Wow reethi

    1. Saandy says:
      November 6, 2016 at 11:36 pm

      ޝުކުރިއްޔާ

  6. shile says:
    November 6, 2016 at 9:05 am

    why all stories are same now.
    New thoughts netheetha?
    Mihaaru esfiya ga mi up vaa hurihha story eh ga hama mi vanee mihen
    writers!
    Find smthing intersting for the readers

    1. Saandy says:
      November 6, 2016 at 11:37 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ތަފާތެއް ފެންނާނެ

  7. Dhon hiyala says:
    November 6, 2016 at 9:29 am

    Wow varah reethi

    1. Saandy says:
      November 6, 2016 at 11:37 pm

      ޝުކުރިއްޔާ

  8. Geela says:
    November 6, 2016 at 9:41 am

    Oh wow haadha reechey. Miulhey Fayaz aa Ayaz akihaavarehge gulhumehvaa dhemeehunehbaa. Thank you

    1. raf says:
      November 6, 2016 at 8:24 pm

      Iradakureviyaa mi srory nimen vaairan ingeyne kama saandy buni…

    2. Saandy says:
      November 6, 2016 at 11:37 pm

      ޝުކުރިއްޔާ

    3. Saandy says:
      November 6, 2016 at 11:39 pm

      އިރާދަކުރެއްވިއްޔާ ވާހަކަ ނިމުމުގެ ކުރިން ތިސުވާލުގެ ޖަވާބުވެސް ލިބޭނެ

  9. Angela says:
    November 6, 2016 at 9:42 am

    Shifan ah ayax ves fayaz ves ingey. Ehnveema dhemeehun vahtharu kan ves ingeyne. Hithah arany kiyyve baaey shifaan ah ekan ehaa nagainuganevunee. N nagaiganevun nama kiyyve baaey ehaa vahtharuvi sababu hoadhan noolhunee..?!!!!

    1. Saandy says:
      November 6, 2016 at 11:38 pm

      ޝުކުރިއްޔާ! ތިކަމުގެ ޙަޤީޤަތްވެސް އަދި އެނގޭނެ

  10. Qeen says:
    November 6, 2016 at 10:06 am

    V reethi

    1. Saandy says:
      November 6, 2016 at 11:39 pm

      ޝުކުރިއްޔާ

  11. naxy says:
    November 6, 2016 at 10:39 am

    Vvvvv reethi…. kon irakun next part

    1. Saandy says:
      November 6, 2016 at 11:40 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 19ވަނަ ބައި ގެނެސްދޭނަން

  12. koo says:
    November 6, 2016 at 11:15 am

    Wow..vrh reethi. .waiting for next part. …

    1. Saandy says:
      November 6, 2016 at 11:41 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 19ވަނަ ބައި ގެނެެސްދޭނަން

  13. Zaany says:
    November 6, 2016 at 11:24 am

    V reethi

    1. Saandy says:
      November 6, 2016 at 11:42 pm

      ޝުކުރިއްޔާ

  14. ?? says:
    November 6, 2016 at 2:39 pm

    v reethi

    1. Saandy says:
      November 6, 2016 at 11:42 pm

      ޝުކުރިއްޔާ

  15. Kiyaa Meehaa says:
    November 6, 2016 at 7:54 pm

    Alhey haadha reehchey mivaahaka. Waiting for the next part

    1. Saandy says:
      November 6, 2016 at 11:43 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 19ވަނަ ބައި ގެނެސްދޭނަން

  16. raf says:
    November 6, 2016 at 8:11 pm

    Ayaa v dera vaane dhw…..i hope every thing will be fine and veegoy ayaa n riyaa ah ves ingeyne kama….next part avaha up kodechey…

    1. raf says:
      November 6, 2016 at 8:20 pm

      Saandy keentha e 2 vaahaka..? I love it…:)

    2. Saandy says:
      November 6, 2016 at 11:43 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 19ވަނަ ބައި ގެނެސްދޭނަން

    3. Saandy says:
      November 6, 2016 at 11:44 pm

      އާނ… ކީން އެ ދެވާހަކަވެސް… ވަރަށް ރީތި އެދެވާހަކަވެސް

    4. raf says:
      November 7, 2016 at 4:53 pm

      Yer mansha vaahaka is my 1st story in this site

  17. annonymous says:
    November 7, 2016 at 9:17 am

    mee kurin liyefa in story ehtha??
    heevey kurin kiyunu hen.
    ekams varah reethi..
    i love the way hurihaa scene thakeh kiyaa dheefa hunna gothun.

    1. Saandy says:
      November 8, 2016 at 1:01 am

      ޝުކުރިއްޔާ! ނޫނޭ… މީ ކުރިން ލިޔެފައި އިން ވާހަކައެއް ނޫން

  18. Mau says:
    November 7, 2016 at 10:11 am

    Saandy then thi up kuran v ehnu. I am waiting…???

    1. raf says:
      November 7, 2016 at 4:53 pm

      Same

    2. Mai says:
      November 7, 2016 at 6:33 pm

      Same here

    3. Saandy says:
      November 8, 2016 at 1:03 am

      ސޮރީ ހުރިހާ ކުދިން… މިއަދު އަމިއްލަ ކަމެއްގައި މާބޮޑަށް ބިޒީވެގެން ހަމަ ލެޕްގައި އަތްލާނެ ވަގުތެއް ނުވީ… އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 19ވަނަ ބައި އަޕްކޮށްލަދޭނަން

  19. someone says:
    November 7, 2016 at 5:44 pm

    Kon irakun tho vaahakaa ge next part up kodeyvaanii

    1. Saandy says:
      November 8, 2016 at 1:03 am

      އިރާދަކުރެއްވިއްޔާ ހެނދުނު 19ވަނަ ބައި އަޕްކޮށްލަދޭނަން

  20. raf says:
    November 7, 2016 at 5:45 pm

    Yer konirakun next part???

    1. Saandy says:
      November 8, 2016 at 1:04 am

      އިރާދަކުރެއްވިއްޔާ ހެނދުނު 19ވަނަ ބައި ގެނެސްދޭނަން

    2. Saandy says:
      November 8, 2016 at 1:05 am

      މިއަދު ހަމަ ބިޒީކަމުން ލެޕްގައި އަތްލާނެ ވަގުތެއް ނުވީ

  21. SoMeOnE says:
    November 7, 2016 at 7:10 pm

    Mi vaahakaiga innany kithah part tha ?

    1. Saandy says:
      November 8, 2016 at 1:06 am

      އެހެން ނޭނގެ ބުނާކަށް… ކޮންމެ ދުވަހަކުވެސް ލިޔެފައި އަޕްކުރަނީ… ހީވަނީ އަދި ދިހަ ވަރަކަށް ބައި އުޅޭނެހެން

Comments are closed.

Next Episodeރިޔާޝާ (19ވަނަ ބައި)←


All Right Reserved!