ފޮޅޭމާ ޕުރައިވެޓު ލިމިޓެޑަކީ ވިޔަފާރީގެގޮތުން ރާއްޖެއިންވެސް ފާހަގަކޮއްލެވޭ ކޮންޕެނީއެކެވެ. މާލޭގެއިތުރުން ރާއްޖޭގެ ގިނަރައްތަކުގަވެސް ފޮޅޭމާގެ ވިޔަފާރި ފުޅާދާއިރާޔަކައް ކުރަމުންދެއެވެ. މީީގެ ދެއަހަރު ކުރިން ވީނުވީޔެއްނޭންގި މިކޮންޕެނީގެއެންމެ އިސްވެރިޔާ ސައުދު ވަނީގެއްލިފައެވެ. އެދުވަސްކޮޅު ނޫސްތަކުގެ ފަލަސުރިހީން މިކޮންޕެނީގެނަން ޖާގަހޯދިއިރު ހޮޅުއަށިތަކުގަޔާ ހޮޓާތަކުންވެސް އެންމެފޯރީގަ ދެކެވެމުންދިޔައީ މިވާހަކައެވެ. މިހާދިސާޔައްމަހެއް ފުރިގެންދިޔައިރު މިކޮންފުނީގެ ދެވަނަ ހިއްސާދާރު ސަލީމް ކޮންޕެނީ ހިންގުމާހަވާލުވެ ވެއްޓިފަވާފުން އަދަވަޅުން އަރައިގަތުމައްކުރި ބުރަމަސައްތުން ލިބިގެންދިޔަ ފުރިހަމަކާމިޔާބާއެކު ކޮންޕެނީގެ ހިންގުން ކުރިޔައްވުރެން ފުޅާވެގެންދިޔައެވެ. ގަޑިންހަވީރު 4:47 ހިނގީއެވެ. ދުވަހުގެ ބޮޑުބައި […]
އެންމެހާ ކިޔުންތެރިންގެ ސަމާލުކަމައް! މިވާހަކަޔަކީ ކުއްޖެއްގެ ހަޔާތުގަދިމާވެދިޔަ ކަންތައްތަކެއްގެ މައްޗައްބިނާކޮއް ގެނެސްދިނުމައް ހަމަޖެހިފަވާ ވާހަކައެކެވެ. ނަމަވެސް މިހާދިސާދިމާވި ކުއްޖާ ހިއްސާކޮއްފަވަނީ ވަރައްކުޑަ މައުލޫމާތުކޮޅެއް ކަމުން މިވާހަކަ ގެނެސްދިނުން ލަސްވާކަމައްޓަކައި ކިޔުންތެރިންގެ ކިބައިން މާފައްއެދެމެވެ. (ޔާނު)
މިޒަމާނު މިއުޅޭމީހުންނައް ހީވާކަހަލައެވެ. އަނިޔާގެ ވޭންތަހައްމަލު ކުރަމުންދަނީ ނުވަތަ އަނިޔާއާ ޖެއްސުމާ ފުރައްސާރަ (ބުލީ) ކުރުން ކުރިމަތިވަނީ ހަމައެކަނި އަންހެނުންނައް އެކަނިކަމަށެވެ. އަންހެނުންގެ ދިފާއުގަ އަންހެނުންނައް ކުރިމަތިވާ އެކިކަހަލަ ގޯނާތަކާ ފުރައްސާރަޔާ އަނިޔާ ދިނުން ހުއްޓުވަން ދުނިޔޭގެ އެކިއެކި ޖަމިއްޔާ ތަކުން އެއްއަޑުން ގޮވަމުންދާއިރު ފިރިހެނުންނައް ނުހައްގުންލިބޭ އަނިޔާއާވޭން ހުއްޓުވުމައް ދުނިޔޭގެ ޖަމިއްޔާތައް މިވަނީ ނުކުޅެދިފައޭ ބުނުމީ ގޯހަކައްނުވާނެއެވެ. މިއީ މިކުޑަ ކުޑަ ދިވެހިރާއްޖޭގަ ހިގަމުންދާ ހިނގާފަވާ ހާދިސާތަކުގެ މައްޗައް ލިޔެވިގެންދާ ވާހަކައެކެވެ. ނުވަތަ ހާދިސާއެކުވެ. މިހާދިސާ […]
ފެނުނު މަންޒަރުން ތަލީގެ ކުޅުހިކުނު ކަހަލައެވެ. މާވަރަކައް ބަލާތީކަން ނޭންގެއެވެ. ކުނިކަހަން އިލޮށިފަތި ހިފައިގެން އޮތް ފިރިހެންސޮރު އިސްއުފުލާ ބަލާލިއެވެ. އެވަގުތު އެމޫނުމަތިން ފެންނަމުންދިޔަ ކުލަވަރުން އެސޮރު ލަދުންހުރިކަން ހާމަވެއެވެ. އަހަރެން ހިނިތުންވުމެއް އެޒުވާނާޔައް ރައްދުކޮއްލީމެވެ.”ކަލޯ އިޔާނޫ’ ފަހަތުން ހުސޭނުބޭގެ އަޑާއެކު އަހަރެން ސިހުނުކަމަކު ވަގުތުން މީހާހަމަޔަކައް އެޅިލީމެވެ. އަހަ’ އެކޮއިވެސް އެބަހުރިންދޯ! ކަލޯ އިޔާން އަދިވެސް ތިޔަތަންކޮޅު ކަހާނުނިމޭ” ނިކަންއަވަސްކޮއް ތިޔަކަން ނިންމާލަބަލަ. ކުނިބަރޯ އުކާލަންދާއިރު މިސޮރުމެން ގޮވައިގެންދާތި” މިކުދިން ‘ ފޫހިވިޔަނުދޭތި ބޭބެމިދަނީ މުދިންސޮރު […]
ފަތިހުގެހިތްގައިމު ވަގުތެވެ. ލޯންޗުބާރު ސުޕީޑުގަ ލޮނުގަނޑު ކަފަމުން ހަލުވިދުވެލީގަ މަންޒިލައް ދަތުރުކުރަމުން ދިޔައެވެ. ޖައްވުގެތެރޭ ހިފާފައިވާ ތެތްފިނިކަން މަޑުމަޑުން ކެނޑި އަރާމު ހޫނަކައްބަދަލު ވަމުންދިޔައީ ހީވެސްނުކުރާހާ ފުރިހަމަޔަށެވެ. ރޭގަނޑުގެ އަދިރިޔައް އިރުގެއަލި ގަދަވެގަނެ ދުނިޔެމައްޗައް އަލިކޮއްލީ ގުދުރަތުގެ ފުރިހަމަކަން މީސްތަކުންނައް ދައްކަމުންނެވެ. ލޯންޗުގެ ހުޅުވާފަވާ ރޭޑީޔޯއިން އިވެމުންދިޔަ ލަވައިން މިމަންޒަރައް އިތުރުފުރިހަމަ ކަމެއް ގެނެސްދެމުންދިޔައެވެ. ވިންދުއެމާ ކަނޑުތެރޭ’ އަލިރަތްމުތްހެންދިރޭ މީމަގޭ އުފަންބިމޭ ދީބުދިވެހިމީ” ލޯންޗު ކުޅުދުއްފުށީ ބަދަރައް ލެފުމާއެކު ފަސިންޖަރުން ރަށައް ފައިބާން ފަށާފިއެވެ. އޭ ބަލަގަ […]