Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (20ވަނަ ބައި)

Saandy
November 10, 2016
6 Mins Read
67 Views
38 Comments

އަޞްރު ނަމާދުކޮށްގެން ރިޔާޝާއާއި ފަޔާޒް ތައްޔާރުވަމުން ދިޔައީ ފިޔާޒާ ގޮވައިގެން ޕާކަށް ދާށެވެ. އެދަރިފުޅު އުފަލުގައި ބެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް އެދެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. “ދަރިފުޅުމެން ކޮންތާކަށް ދާން ތިއުޅެނީ؟” ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ކޮޓަރިން ނުކުތްތަން ފެނިފައި އިމާދު އަހާލިއެވެ. “ކާފާ! މިއުޅެނީ ޕާކަށް ދާން. ކާފަވެސް ދާން އާދޭ. މާމަވެސް އާދޭ.” ފިޔާޒާ ބުނެލިއެވެ. “ދަރިފުޅުމެން ގޮސްލާ. ކާފަމެން ދާނަން އެހެން ދުވަހަކުން.” އިމާދު ފިޔާޒާގެ ގެނެސް އުނގަށްލަމުން ބުނެލިއެވެ. “ދަރިފުޅުމެން ބޭރަށް ދިޔަޔަސް އިރު އޮއްސެންވާއިރަށް ގެއަށް އަންނަންވާނެ އިނގޭ.” އިމާދު ހީލާފައި އެހެން ބުނެލުމުން ފަޔާޒް ބޯޖަހާލިއެވެ. އަދި ފިޔާޒާ ގޮވައިގެން ގެއިން ނުކުތެވެ.

ފަޔާޒާއި ރިޔާޝާ ފިޔާޒާގެ ދެއަތުގައި ހިފާލައިގެން މަޑު ހިނގުމެއްގައި ގޮސް ޕާކަށް ވަނެވެ. ޕާކަށް ވަދެވުމާއެކު ފަޔާޒާއި ރިޔާޝާގެ އަތުން ދޫކޮށްލާފައި ފިޔާޒާ ދުވެގަތެވެ. އެ ކުޑަކުޑަ ދަރިފުޅުގެ އުފާވެރިކަން އިންތިހާއަށް ގޮސްފައިވާތަން ފެނުމުން ރިޔާޝާއާއި ފަޔާޒަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. “ދަރިފުޅާ ފިޔާޒާ. ދުރަށް ނުދައްޗޭ.” އުފަލުން ދުވެދުވެފައި އުޅުނު ފިޔާޒާއަށް ގޮވާލާފައި ރިޔާޝާ ބުނެލިއެވެ. “ރިޔާ! އަހަރެން އެބަ އަންނަން އިނގޭ ފެންފުޅިއެއް ގަނެގެން.” ރިޔާޝާވެސް ފެން ބޮވައިގަނެފައި އިނުމުން އަވަސްއަވަހަށް އާނއެކޭ ބުނެލިއެވެ. ކުއްލިއަކަށް ރިޔާޝާ އިށީނދެ އިން ބެންޗުން ތެދުވެ ހިނގައިގަތީ، ދުވަމުން ގޮސް މީހެއްގެ ގައިގައި ޖެހިފައި ފިޔާޒާ ވެއްޓުނުތަން ފެނުމުންނެވެ.

ރިޔާޝާއަށް އެހިސާބަށް ދެވުނުއިރު އެމީހާ ފިޔާޒާ ނަގައިފިއެވެ. “ކޮއްކޯ! ތަދުވިތަ؟” ފިޔާޒާގެ ގައިން ތަނެއް ހަލާކުވިތޯ ބަލާލަމުން އެމީހާ އަހާލިއެވެ. “ނޫން ބޭބޭ. ފިޔާއްކޮއަކަށް ތަދެއް ނުވޭ.” ފިޔާޒާ ހީލަމުން ބުނެލިއެވެ. “ދަރިފުޅާ!” ރިޔާޝާ ގޮވާލުމުން އެމީހާ ފަސްއެނބުރި ބަލާލީ އެއީ ދަންނަ އަޑަކަށް ވާތީއެވެ. “ރިޔާ!” “އަޔާޒް!” ލިބުނު ހައިރާންކަމުގައި ދެމީހުންނަށްވެސް ބުނެވުނެވެ. “ދަރިފުޅާ! އާދޭ އަވަހަށް ދާން.” އަޔާޒް ފެނުމުން ވަގުތުން ރިޔާޝާގެ މޫޑް ހަރާބުވިއެވެ. އެއީ ފަޔާޒްވެސް ފެންފުޅި ހިފައިގެން އެތަނަށް އައި ވަގުތެވެ. “ރިޔާ! ކިހިނެއްވީ؟” ރިޔާޝާގެ މޫޑް ގޯސްވެފައި ހުރިތަން ފެނުމުން ފަޔާޒް އަވަސްއަވަހަށް އަހާލިއެވެ.

ފަޔާޒަށް އަޔާޒް ފެނުނީ އެވަގުތުއެވެ. ފަޔާޒަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. އަޔާޒަށްވެސްވީ ހަމަ އެވަރެވެ. ހައިރާންވެފައި ފަޔާޒަށް ބަލަން ހުރެވުނީ އޭނާއާއި ވައްތަރުކަމުންނެވެ. “ތީ؟ ތީ އަޔާޒްތަ؟” ފަޔާޒް ޔަޤީންކުރުމަށްޓަކައި އަހާލިއެވެ. ހައިރާންވި ނަމަވެސް އަޔާޒް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. “މީ ފަޔާޒް. ރިޔާޝާގެ ފިރިމީހާ.” ފަޔާޒް ތަޢާރަފުވެލިއެވެ. “އެކަމަކު ކިހިނެއް އަހަރެންގެ ނަން އެނގުނީ؟” އަޔާޒް ހައިރާންވެފައި ހުރެ އަހާލިއެވެ. ކުރިމަތީގައި މިހުރި ޒުވާނާއަކީ އޭނާ ދަންނަ މީހެއް ނޫނެވެ. ސިފައާއި ނަންވެސް އެހާ ވައްތަރެވެ. “އަހަރެންނަށް…” “ފަޔާ! އާދޭ ދާން.” ފަޔާޒްގެ އަތުގައި ހިފަމުން ރިޔާޝާ ބުނެލިއެވެ. ފަޔާޒާއި ރިޔާޝާ ފިޔާޒާގެ އަތުގައި ހިފައިގެން ދިޔަ މަންޒަރު ބަލަން އަޔާޒް ހުރީ ފެންކަޅިވެފައެވެ.

އަޔާޒް އިންޑިޔާއަށް އައީ އޭނާގެ ރައްޓެއްސެއް ކަމަށްވާ ޖުމާންގެ ކައިވެންޏަށެވެ. ނަމަވެސް އޭނާގެ މަޤްސަދުވެސް ހާސިލްވީއެވެ. ރިޔާޝާ ވީތަން މިވަނީ ހޯދިފައެވެ. އިންޑިޔާގެ ކޮންމެ ހިސާބެއްގައި ރިޔާޝާ އުޅުނު ނަމަވެސް އޭނާ ރިޔާޝާ ހޯދާނެއެވެ. އަދި އޭނާގެ ޙަޤީޤަތް އަންގާނެއެވެ. އޭނާވެސް ކައިވެންޏާމެދު ފޮނި ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް އެހުރިހާ ކަމެއް ބިލާހަކަށް ވެގެން ދިޔައީ ރިޔާޝާއާއި ޝިފާންގެ ސަބަބުންނެވެ. އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި ހުރެ ޝިފާން އޭނާއަށް ކެހި ދިނީމައެވެ. އަދި ރިޔާޝާ އޭނާއަށް އިތުބާރު ނުކުރުމުންނެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރިޔާޝާގެ މަތިން ހަނދާން ނައްތާލެވޭތޯ އަޔާޒް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އެދުވަސްތަކުގައި އަޔާޒްގެ މަންމައާއި ބައްޕަ ވަނީ އޭނާގެ ކައިވެނި ކުރުވުމަށް އެތައް ފަހަރަކު މަސައްކަތް ކޮށްފައެވެ. ރިޔާޝާގެ ބޭވަފާތެރިކަން ހަނދާން ނައްތާލެވޭނީ އޭރުން ކަމުގައި އެމީހުން ބުނެއެވެ. އަޔާޒާއި އެއް ފެންވަރެއްގެ ކިތަންމެ އަންހެންކުދިންނެއް ގެނައި ނަމަވެސް އެއިން ކުއްޖަކަށް އަޔާޒްގެ ހިތް ލެނބޭ ގޮތެއް ނުވިއެވެ. ދެތިން ފަހަރަކު ކައިވެންޏަށް އެއްބަސްވުމަށްފަހު ފަހު ވަގުތު ކައިވެނި ކެންސަލްވެސް ކުރިއެވެ. އެކަމާއި ހިތްހަމަނުޖެހިގެން އޭނާގެ މަންމައާއި ބައްޕަ ވަނީ އެމަސައްކަތް ހުއްޓާލާފައެވެ. އަޔާޒް ބޭނުންވި ދުވަހަކުން އެކަން ކޮށްދޭނެކަމަށް އެމީހުން ބުންޏެވެ.

އަޔާޒްގެ ހިތުގައި އިތުރު ސުވާލުތަކެއް ފުނިޖެހިގެން ދިޔައީ ދެންމެގައި އެފެނުނު ފަޔާޒްގެ ސަބަބުންނެވެ. ފަޔާޒް އޭނާއާއި އެހާ ވައްތަރުވާންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ ވައްތަރީ ހަމައެކަނި ސިފައެއްވެސް ނޫނެވެ. ނަންވެސް ހަމަ އެހާ ވައްތަރީއެވެ. އަނެއްކާ އެއީ އޭނާގެ މަންމަ ނޫނީ ބައްޕަގެ ދަރިއެއް ހެއްޔެވެ؟ އެކަމަކު އެހެން ވާނީވެސް ކިހިނެއް ހެއްޔެވެ؟ އޭނާގެ މައިންބަފައިންނަށް ދުވަހަކުވެސް އޭނާ ނޫން ދަރިއަކު ނުލިބޭކަމަށް އެމީހުން ބުންޏެވެ. މިފަދަ ޚިޔާލުތަކެއްގައި ހުރެ އަޔާޒް އޭނާ ހުންނަ ގެއަށް ދާން ހިނގައިގަތީ އުޑުމަތިން ވިއްސާރައިގެ އަސަރު ފާޅުވާން ފެށުމުންނެވެ.

ހަވީރުއްސުރެ ފެށިގެން އުޑުމަތި ބޯކުރަމުން ދިޔައީ ވިއްސާރަ ވިލާތަކުންނެވެ. ވައިރޯޅި ބާރުވަމުން ދިޔައީ މިރެއަކީ ތޫފާނީ ރެއަކަށް ވާނެކަމުގެ އިންޒާރު ދެމުންނެވެ. ދޭތެރެ ދޭތެރެއިން ވިދާލާފައި ޖަހާލާ ބާރު ގުގުރިން ހިތްތަކަށް ބިރުވެރިކަން ވައްދައެވެ. “އިމާދު! ދެން މިރޭ ފުރަން ނޫޅެ މިކޮޅުގައި މަޑުކުރަންވީނު. ހާދަ ވިއްސާރައޭ.” ރަތީބާ ވާހަކަދެއްކީ އިމާދުއާއެވެ. “އަހަރެންވެސް ބޭނުމީ މަޑުކުރަން. އެކަމު މިރޭ އަހަރެން ދިއުން ވަރަށް މުހިންމު.” އިމާދު ބުނެލިއެވެ. “އެކޮންކަމަކާތަ އެހާ މުހިންމުވަނީ؟ އިމާދު އުޅެނީ އެކޮޅުން ވަޒީފާއަކުވެސް ނޫނެއްނު.” ރަތީބާއަށް ކޮންމެވެސް އެއްޗެއް ހީވެގެން އިމާދުއަށް ހީވިއެވެ. “އެއީ އަހަރެން މީހަކާ ހަދާފަ އޮތް ޑީލްއެއް ނިންމާލަންވެގެން. ވަރަށް އަވަހަށް އަންނާނަން. އަހަރެން އައިސްފައި ރަތީއަށް ކިޔައިދޭނަން.” އިމާދު އެހެން ބުނެލުމުން ރަތީބާ އިތުރަކަށް ސުވާލެއް ނުކުރެއެވެ. އެކަމާ އިމާދު ވަރަށް ހިތްހަމަޖެހުނެވެ.

“ފަޔާ! ކިހިނެއްވެފަތަ މިރޭ ތިއޮންނަނީ؟ މިއަދު ޕާކުން އައީއްސުރެ ތިނޫން ގޮތަކަށް އޮއްވައެއް ނުފެނޭ.” ފަޔާޒް ވިސްނުމެއްގައި އޮތްތަން ފެނުމުން ރިޔާޝާ އަހާލިއެވެ. “ރިޔާ! އަހަރެންނަށް މި ވިސްނެނީ…” “އަޔާޒާއި ދޭތެރޭގައި ދޯ؟ އެކަމާ ނުވިސްނާ. ކޮންމެ ގޮތެއްވިޔަސް އަހަރެން ދެން އޭނަގެ ގާތަކަށް ނުދާނަން. އަހަރެން ލޯބިވަނީ ހަމައެކަނި ފަޔާދެކެ.” ފަޔާޒްގެ ޖުމްލަ މެދުކަނޑާލާފައި ރިޔާޝާ ބުނެލިއެވެ. “އާނ. އަޔާޒާއި ދޭތެރޭ މި ވިސްނެނީ. އެކަމު އަހަރެން ރިޔާ އޭނަ ކައިރިއަށް ގޮސްފާނެތީ ކަންބޮޑެއްނުވޭ. އަހަރެންނަށް ރިޔާއާ ދޭތެރޭ އެޔަޤީންކަން އެބައޮތް. އަހަރެން ރިޔާއަށް އިތުބާރު ކުރަމޭ.” ފަޔާޒް އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ މޭގައި ބޯ އަޅާލިއެވެ.

“ދެން އޭނަގެ ކޮންކަމަކާ ތިވިސްނަނީ؟ ފަޔާ އޭނަ ދަންނަންތަ؟” ހައިރާންވެފައި ރިޔާޝާ އަހާލިއެވެ. “ނޫނޭ. އަހަރެންނަށް އަދި ފުރަތަމަ ފަހަރަށް އޭނަ ހަމަ ލޮލަށް މިފެނުނީ. ކުރިން ރިޔާ ދެއްކީމެއްނު ފޮޓޯއެއް. އެހެންވެ ތީ އަޔާޒްހޭ އަހަން ހިތަށްއެރީ. އޭނަ އަހަރެންނާ ވައްތަރުކަމުން އެކަމާ މި ވިސްނެނީ.” ފަޔާޒް އޭނާ ވިސްނަމުން އެދާ ކަންތައް ރިޔާޝާއާއި ހިއްސާކުރިއެވެ. “އެއީ ދެން މީހަކު އެހާ ވިސްނާވަރުގެ ކަމެއްތަ؟ ދުނިޔޭގައި ވައްތަރު މީހުން އުޅޭނެއެއްނު.” ރިޔާޝާ ފަޔާޒްގެ މޭމަތީގައި ހުރި އިސްތަށިތަކާއި ކުޅެލަމުން ބުނެލިއެވެ. “ތިނޫން ވާހަކައެއް ނޫން. އެކަމު އަހަރެންނަށް ހީވަނީ އޭނައާއި އަހަރެންނާއި ވަރަށް ގާތް ގުޅުމެއް ވާހެން. އޭނަ ފެނުނީމަ އަހަރެންނަށް ވަރަށް އެކަހަލަ އިހުސާސްތަކެއް ކުރެވުނު.” ފަޔާޒް އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ މޫނަށް ބަލާލިއެވެ.

“ތިބުނީ؟ ތިބުނީ އެއީ ފަޔާގެ ޓްވިންސްއަކަށް ވެދާނެއޭތަ؟” ރިޔާޝާ އެހެން އަހާލުމުން ފަޔާޒް ބޯޖަހާލިއެވެ. “އެކަމު ކިހިނެއް އެހެން ވާނީ؟ ތިދެމީހުން ޓްވިންސްއަކަށް ވެއްޖެއްޔާ މައިންބަފައިން ތަފާތުވާނެތަ؟” ރިޔާޝާ އޭނާއަށް ވިސްނޭ ގޮތް ބުންޏެވެ. “ތިއޭ މިވިސްނާ އެއްޗަކީ.” ފަޔާޒް ރިޔާޝާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ. “ދެން މިވަގުތު ތިވާހަކަ ނުދައްކަބަލަ.” ރިޔާޝާގެ ރާގު ބަދަލުވިއެވެ. ފަޔާޒް ރިޔާޝާގެ މޫނަށް ބަލާލިއިރު އެދެލޮލުން ފެނުނީ މަސްތުކަމެވެ. ފަޔާޒްވެސް ވަނީ މިފިނި ރޭ އެފަދަ ހޫނަކަށް ބޭނުންވެފައެވެ. އެހެންކަމުން ސިކުނޑީގައިވާ އެހެން ހުރިހާ ކަމެއް އެއްފަރާތް ކޮށްލަމުން ރިޔާޝާ ގައިގައި ބައްދާލިއެވެ. ބޮސްދިނުންތަކާއި ބީހުންތަކުން ދެޖިސްމު އެކަތިގަނޑަކަށް ވެގެންދާކަށް ގިނަ ވަގުތެއް ނުނެގިއެވެ.

ހެނދުނުގެ ވަގުތެވެ. ރިޔާޝާ ސައި ހެދުމުގައި އަވަދިނެތި އުޅުނުއިރު ފިޔާޒާ އޭނާގެ ކުލަޖައްސާ ފޮތް ހިފައިގެން ސިޓިންގރޫމްގައި އުޅުނެވެ. އޭރު ފަޔާޒް ވީ އޮފީހަށް ގޮހެވެ. ގޭގެ ބެލް ޖަހާލި އަޑު އިވުމުން ރިޔާޝާ ގޮސް ދޮރު ހުޅުވިއެވެ. “ޖުމާން! ހާދަ ހެނދުނަކާ! މިގަޑީގައި ކޮން ވަޑާމެއް؟” ހިނިތުންވެލަމުން ރިޔާޝާ ޖުމާން އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. “ފިޔާއްކޮވެސް މިހާރު ހާދަ މޮޅުވެއްޖޭ ދޯ؟” ޖުމާން އެހެން ބުނެލުމުން ފިޔާޒާ ހީލިއެވެ. “ޖުމާން! ހާދަ ދުވަހެއް ވެއްޖޭ މިގެއަށް ނާންނަތާ. ފަޔާވެސް ދެއްކިއޭ އެވާހަކަ. މިއަދު އޮފީހަށްވެސް ނުގޮސް މާ ހެނދުނަކާ ތި އައީޔޯ؟” ރިޔާޝާ އަހާލިއެވެ. “އޮފް ނަގައިގެން މިއުޅެނީ. މިއައީ މި ހަވާލުކޮށްލަންވެގެން. އަހަރެން ހިތަށްއެރީ އަހަރެންގެ އަތުންނޭ ފަޔާމެންނާ ކާޑް ހަވާލުކުރާނީ.” ޖުމާން އޭނާގެ އަތުގައި އޮތް ކައިވެނީގެ ދަޢުވަތު ކާޑް ރިޔާޝާ އަތަށް ދިނެވެ.

“އޭތް. ބަލާބަލަ ވަގުކަން. އެންމެ ފަހު ވަގުތު ދޯ އަހަރެމެންނަށް މި އެނގުނީ. މިރޭތަ ވެޑިންގ އޮތީ؟” ރިޔާޝާ ލޯ ހަނިކޮށްލަމުން ދިމާކޮށްލިއެވެ. “ހެހެހެ. ބިޒީކަމުން ދޯ؟ އާނ. މިރޭ ޕާޓީ އޮތީ. އިރާދަކުރެއްވިއްޔާ މިކަންވެސް މި ނިމެނީ. ފަޔާއާ ރިޔާ ކޮންމެހެންވެސް ވާނެ އަންނަން.” ޖުމާން އެހެން ބުނެލުމުން ރިޔާޝާ އާނއެކޭ ބުނެލިއެވެ. “ފިޔާއްކޮވެސް ގޮވައިގެން އަންނައްޗޭ. ދެން އަހަރެން މިވަގުތު ގޮސްލަނީ. އަދި އެބަހުރި ކުރަންޖެހޭ ބައިވަރު މަސައްކަތް.” ޖުމާން އެހެން ބުނެލާފައި ދާން ނުކުތެވެ. ކާޑް ސޯފާ މަތީގައި ބާއްވާފައި ރިޔާޝާ އަނެއްކާވެސް ގޮސް ބަދިގެއަށް ވަނީ ސައި ހަދާށެވެ. ހަމަ އިރުކޮޅެއްނުވެ ބެލް ޖެހި އަޑު އިވުނެވެ.

ރިޔާޝާ ގޮސް ދޮރު ހުޅުވާލިއިރު ހުރީ ފަޔާޒެވެ. “އޭތް ފަޔާ. އެއްކަލަ ޖުމާން އައި ދެންމެ. އޭނަގެ ވެޑިންގ މިރޭ އެބައޮތޯ. ކާޑް ދީފަ ހިނގައްޖެ. ބުނި ކޮންމެހެންވެސް ދާންވާނެޔޯ.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒް ހައިރާންވެފައި މީ “ނޮވެމްބަރ ދިހައެއް”ހޭ އަހާލިއެވެ. ރިޔާޝާ ބޯ ޖަހާލިއެވެ. “އޭނަ މަ ކައިރީ ބުންޏޭ ނޮވެމްބަރ ދިހައެއްގައި ސައިބޯން ތައްޔާރުވާށޭ. މަމިހިރީ ހަނދާންނެތިފަ.” ފަޔާޒް ބުނެލިއެވެ. “އެހެންތަ؟ ފަޔާ ނުވެސް ބުނޭ ވިއްޔަ.” ރިޔާޝާ އެހެން ބުނެފައި ބަދިގެއަށް ދިޔައީ އަނެއްކާވެސް ބަދިގެއަށެވެ. ފަޔާޒް އައިސް ސޯފާގައި ޖައްސާލީ ވަރުބަލި ފިލުވާލުމަށެވެ.

“ޑެޑީ! ބަލާބަލަ. ފިޔާއްކޮ ކުލަ ޖެއްސި އެއްޗިހި.” ފިޔާޒާ އައިސް ފަޔާޒްގެ އުނގަށް އަރަމުން ފޮތް ދައްކާލިއެވެ. “ވަރަށް ރީތި. ޑެޑީގެ ދޫނި ހާދަ މޮޅޭ.” ފިޔާޒާގެ ކޮލުގައި ބޮސްދެމުން ފަޔާޒް ބުނެލިއެވެ. “ތެންކް ޔޫ ޑެޑީ. ހިނގާ މަޖާކުރަން.” ފިޔާޒާ ލޯބިން ބުނެލުމުން ފަޔާޒް ވަރަށް ލޯބިން ފިޔާޒާއަށް ވިސްނައިދިނެވެ. “ދޫނީ! އިހަށް ދޭ އިނގޭ އެކޮޅަށް. ޑެޑީ ވަރަށް ވަރުބަލިވެފައި މިއިނީ. އިރުކޮޅަކުން ޑެޑީ ދާނަން މަޖާކޮށްލަން.” ފަޔާޒް އެހެން ބުނެލުމުން ހެމުން ހެމުން ފިޔާޒާ އޭނާގެ ފޮތް ހިފައިގެން ދިޔައެވެ. އެދަރިފުޅުގެ ކޮންމެ ހަރަކާތަކުން ފަޔާޒަށް ހިތްހަމަޖެހުން ލިބެއެވެ.

ފަޔާޒް އެއްޗެހި ބަދަލުކުރަން ހުއްޓާ ރިޔާޝާ ގޮސް ކޮޓަރިއަށް ވަނެވެ. “ފަޔާ! ހިނގާ ސައިބޯން.” “އާނ. ހިނގާ. ވަރަށް ހައިވެފައި މިހުރީވެސް. މިއަދު ކޮން އެއްޗެއްތަ ހެދީ؟” ފަޔާޒް އެހެން އަހާލުމުން ރިޔާޝާ ބުނެލިއެވެ. “ހުންނާނެ ޓޮމާޓޯ ބަތް ހަދާފައި. ފަޔާއަށް އެންމެ މީރު އެއްޗިހި.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒް “ވާވް” އޭ ބުނެލިއެވެ. އަދި އަވަސްއަވަސް ކޮށްލައިގެން ކޮޓަރިން ނުކުތެވެ. “މަންމަމެންނަށް ގޮވާފައި އާދޭ އިނގޭ.” ރިޔާޝާ ބަދިގެއަށް ވަދެގެން ދިޔައެވެ. ފަޔާޒްވެސް ރަތީބާމެންނަށް ގޮވާލާފައި ސައިބޯން އެދުނެވެ. “ކޮބާ ބައްޕަ؟” ރަތީބާ އެކަނި އައިސް ވަނުމުން ފަޔާޒް އަހާލިއެވެ. “ބައްޕަ ރޭގައި ގޮއްސި އެކޮޅަށް. ވިއްސާރަކަމުން މަންމަ ނުދާށޭ ބުނީމަވެސް ވަރަށް މުހިންމޭ ކިޔާފައި ގޮއްސި.” ރަތީބާ އެހެން ބުނެލުމުން ފަޔާޒް ބޯހޫރާލާފައި ތަށްޓައް ކާއެއްޗެހި އަޅަން ފެށިއެވެ.

ރެޔާއި ޚިލާފަށް އެދުވަސްވީ ހޫނުގަދަ ދުވަހަކަށެވެ. ދީފައިވާ އަވިން ހަންގަނޑު ފިއްސާލަން އުޅޭ ކަހަލައެވެ. އެދިލަ ހޫނުގެ ތެރޭގައި ޖުމާންއާއި އޭނާގެ އެކުވެރިންނާއި ޢާއިލާ ގޯތިތެރޭގައި ހޭލަމޭލަވަމުން ދިޔައީ މިރޭގެ ޕާޓީއަށް ގޯތިތެރެ ތައްޔާރުކުރުމަށެވެ. އަޔާޒް އައިސް އެގެއަށް ވަނީ ޖުމާން ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ފޯނުން ކޮންމެވެސް މީހަކާއި ވާހަކަދައްކަން އިންދައެވެ. “އޭތް ބްރޯ. ތިއައީ ދޯ؟ ހިނގާ އަވަހަށް އެތެރެއަށް.” ޖުމާން ވާހަކަދެއްކީ އަވަސްއަވަހަށެވެ. “އާނ. ހިނގާ. މަ ހަމަ ހިއްލާލި ގޮތަށް މިކޮޅަށް މިއައީ.” އަޔާޒް އެހެން ބުނެލުމުން ޖުމާން އޭނާ ސައި ބުއިންތޯ އަހާލިއެވެ. “އާނ. މަށަށް ސައި ނުބޮއި ހުރެވޭނެތަ؟” “އާނ ދޯ. ހެހެހެ.” ޖުމާންއާއެކު އަޔާޒްވެސް އެތެރެއަށް ވަދެގެން ދިޔައީ އެކުވެރިޔާގެ ކައިވެނި ހަފްލާއަށް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމަށެވެ.

“މަންމާ! އަހަރެން ވަރަށް ބޮޑު ވާހަކައެއް އަހާލަންތަ؟” ފަޔާޒް އެހެން އަހާލުމުން ރިޔާޝާ ފަޔާޒަށް ބަލާލީ ޝައްކުގެ ނަޒަރަކުންނެވެ. ހީވާގޮތުން ފަޔާޒް އެއަހަން އުޅޭ ވާހަކަ ރިޔާޝާއަށް އެނގެނީއެވެ. “އާނ. އަހާބަލަ. ހުއްދަ ނުހޯދިޔަސް ދަރިފުޅު ބޭނުން ވާހަކައެއް މަންމަ ކައިރީގައި އެހޭނެ. ދެއްކޭނެ.” ރަތީބާ އެހެން ބުނެލުމުން ފަޔާޒަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. “ނޫން. އެހެނެއް ނޫން. މިދައްކަން އުޅޭ ވާހަކައިގެ ގޮތުން އަސްލު.” ފަޔާޒް އެހެން ބުނެލުމުން ރަތީބާ އިޝާރާތްކޮށްލީ ވާހަކަ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ. “މީ… މީ އަހަރެން އަހަން އުޅުނީ… މީ…” ފަޔާޒް އެވާހަކަ އަހަން ޖެހިލުންވިއެވެ. “ދަރިފުޅު ކޮން ވާހަކައެއް ދައްކަންތަ ނުކެރިގެން ތިއުޅެނީ؟ ބުނެބަލަ. ބުނީމައެއްނު މަންމައަށް އެނގޭނީ.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިއްތާލިއެވެ. އެކަމުން ފަޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ. ފަޔާޒް ސީދާ ރަތީބާގެ މޫނަށް ބަލަން އިނދެފައި އަހާލިއެވެ. “މަންމަމެންނަށް އަހަރެން ނޫން އިތުރު ދަރިއަކު ނުލިބޭތަ؟”

(ނުނިމޭ)

23
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

މިހިތުގެ ފަސާނާ 22

Next

މިހިތުގެ ފަސާނާ (ރިވެންޖް ކޮންޓިނިއުސް)

Next
November 10, 2016

މިހިތުގެ ފަސާނާ (ރިވެންޖް ކޮންޓިނިއުސް)

Previews
November 10, 2016

މިހިތުގެ ފަސާނާ 22

38 Comments

  1. Aishu says:
    November 10, 2016 at 6:26 am

    Alheyyyyu emme muhimmu hisaabun thi nimmaaly. Next part avas pleeeezzz.

    1. Saandy says:
      November 10, 2016 at 11:30 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ހޮނިހިރު ދުވަހު 21ވަނަ ބައި ގެނެސްދޭނަން

  2. Anonymous says:
    November 10, 2016 at 7:18 am

    Saandy ekamaku dho dhen thihen nahadhabala konmefaharakuveshama enmekiyaahivvaahisaabunney thininmaalanee mi part v kuru 21 bai dhigukohgenesdheythi ingey vv reethi

    1. Saandy says:
      November 10, 2016 at 11:31 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ 21ވަނަ ބައި ދިގުކޮށް ހޮނިހިރު ދުވަހު ގެނެސްދޭނަން

  3. Asadey says:
    November 10, 2016 at 7:30 am

    vrh rerthy..vaahaka dhigukohlan feney…

    1. Saandy says:
      November 10, 2016 at 11:33 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ކުރިއަށްހުރި ބައިތައް ދިގުކޮށްލެވޭތޯ މަސައްކަތް ކުރާނަން

  4. Regards says:
    November 10, 2016 at 7:53 am

    Tomato rice for tea?

    1. Shaa says:
      November 10, 2016 at 4:00 pm

      aan dhw .. shaa ves hithah ery thihenn ?

    2. Saandy says:
      November 10, 2016 at 11:34 pm

      ޔެސް… އެބުނީ 9 ގަޑި ސައިގެ ވާހަކަ… އެގަޑީގައި ވަރަށް ގިނަ ގޭގޭގައި ހަދާ އެއްޗެއް އެއީ

  5. Maree says:
    November 10, 2016 at 8:14 am

    Konirakuntha next part v salhi
    ????

    1. Saandy says:
      November 10, 2016 at 11:34 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ހޮނިހިރު ދުވަހު

  6. Axee says:
    November 10, 2016 at 9:09 am

    Wow varah salhi mi part ves….waitin for next part….pls up soon…thikahala thanthanun ninmanyaa haadha udhaguley wait kuran.hehe….

    1. raf says:
      November 10, 2016 at 3:19 pm

      dhw axee enme kiyaa hivaa than kolun saandy vaahaka nimaalaa fa bunaanii adi nunimey…hehehe….

    2. Saandy says:
      November 10, 2016 at 11:35 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ހޮނިހިރު ދުވަހު 21ވަނަ ބައި ގެނެސްދޭނަން

  7. Naadhi says:
    November 10, 2016 at 9:47 am

    V reethi

    1. Saandy says:
      November 10, 2016 at 11:36 pm

      ޝުކުރިއްޔާ

  8. Anonymous says:
    November 10, 2016 at 10:12 am

    V reethi

    1. Saandy says:
      November 10, 2016 at 11:36 pm

      ޝުކުރިއްޔާ

  9. Anonymous says:
    November 10, 2016 at 11:00 am

    vvvvvvvvv ves reeeeeeeeeethii

    1. Saandy says:
      November 10, 2016 at 11:36 pm

      ޝުކުރިއްޔާ

  10. Anonymous says:
    November 10, 2016 at 11:02 am

    Konirakun dhen upload kuranee

    1. Saandy says:
      November 10, 2016 at 11:38 pm

      އިރާދަކުރެއްވިއްޔާ ހޮނިހިރު ދުވަހު

  11. Anonymous says:
    November 10, 2016 at 11:03 am

    V kiyaahivvi hisaabunnimunee

    1. Saandy says:
      November 10, 2016 at 11:39 pm

      ޝުކުރިއްޔާ

  12. Dhondhooni says:
    November 10, 2016 at 11:48 am

    V REETHI…

    1. Saandy says:
      November 10, 2016 at 11:39 pm

      ޝުކުރިއްޔާ

  13. lee says:
    November 10, 2016 at 12:41 pm

    VVVVVVVVVVVVV reethi…..

    1. Saandy says:
      November 10, 2016 at 11:40 pm

      ޝުކުރިއްޔާ

  14. ant says:
    November 10, 2016 at 2:18 pm

    Tomato baiy tha sayah hedhy.

    1. raf says:
      November 10, 2016 at 3:11 pm

      lol

    2. Saandy says:
      November 10, 2016 at 11:40 pm

      ޔެސް… ޓޮމާޓޯ ބަތް ހެދީ 9 ގަޑި ސަޔަށް

  15. raf says:
    November 10, 2016 at 3:17 pm

    wow varah salhi mi part….i love this……raf hitha ves eri ey ayaa n riyaa badal vaaney park teren..v furihama…..umeedu kuran ayaa n riyaa friends vaanekama hageegay ingunii ma..kurige kiyunteri e buni hen riyaa ahh enme gulhenii hama fayaa…..hope maadama ane baa up kodey ne kama..ane kaa 10 november akee ma special day etha….???????hama ahaalii ingey saandy

    1. Saandy says:
      November 10, 2016 at 11:43 pm

      ޝުކުރިއްޔާ! މާދަމާ ސާންޑީ ވަރަށް ބިޒީވާނެ… އެހެންވީމަ ހޮނިހިރު ދުވަހު އަޕްކޮށްލެވޭނީ
      ނޮވެމްބަރ 10 ދޯ؟ އާނ… ވަރަށް ޚާއްސަ ދުވަހެއް… ހެހެހެ

  16. Saandy says:
    November 10, 2016 at 11:46 pm

    މާދަމާ ސާންޑީ ވަރަށް ބިޒީވާނެ… އެހެންވީމަ އިރާދަކުރެއްވިއްޔާ 21ވަނަ ބައި ހޮނިހިރު ދުވަހު ގެނެސްދޭނަން… މިވާހަކައިގެ ކިޔުންތެރިން ހޮނިހިރު ދުވަހަށް އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަން

  17. raf says:
    November 11, 2016 at 4:26 pm

    ekam eii haada digu intizaarekey……

    1. Saandy says:
      November 11, 2016 at 7:30 pm

      ހަމަ މާ ބިޒީވީމަ ވާހަކަ ލިޔެލާނެ ވަގުތެއް މިއަދަކު ނުވި… މިރޭ ދަން ގަޑީގައި ލިޔެލެވޭނީ… ސޯ މާދަން އަޕްކޮށްލަދޭނަން

    2. raf says:
      November 12, 2016 at 5:39 pm

      hank you

    3. raf says:
      November 12, 2016 at 5:41 pm

      thank you****

Comments are closed.

All Right Reserved!