Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (19ވަނަ ބައި)

Saandy
November 8, 2016
8 Mins Read
66 Views
54 Comments

އެގެއިން އަޔާޒް ނުކުތްއިރު ހުރީ ވަރަށް ހައިރާންވެސް ވެފައެވެ. އަމީނާ އޭނާއާއި ފަޔާޒްގެ ނަމުން މުޚާތަބުކުރީ ކީއްވެބާވައެވެ. އެބުނާ ފަޔާޒަކާއި އޭނާ ވައްތަރީ ހެއްޔެވެ؟ އަނެއްކާ އެބުނާ ފަޔާޒަކީ ރިޔާޝާގެ ފިރިމީހާ ހެއްޔެވެ؟ ޔަޤީނެވެ. އެހެންނޫންނަމަ ރިޔާޝާ ވީތަނެއް އެނގޭނީ ފަޔާޒަކަށް ނޫންހޭއެކޭ އެ އަންހެންމީހާއެއް ނުބުނީހެވެ. އެ އަންހެންމީހާއަކީ ރިޔާޝާގެ މަންމަބާވައެވެ. އެހެންކަމަށްވާނަމަ އޭނާއަށް ރިޔާޝާ ވީތަން ނޭނގެންވީ ކީއްވެ ހެއްޔެވެ؟ ދެން ރިޔާޝާ ވީތަނެއް ހޯދަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި ގޮސް އޭނާ ސައިކަލަށް އަރާ ނައްޓާލިއެވެ. “މަގު އޮޅުނީތަ؟” ގާތްގަނޑަކަށް މަސް މާރުކޭޓާއި ހަމައަށް ދެވިފައި ހުއްޓާ އޭނާއަށް ކުއްލިއަކަށް ސައިކަލު ހުއްޓާލެވުނެވެ.

އަޔާޒަށް ދެކޮޅު ހޯދާލެވުނީ ރިޔާޝާގެ އަޑު އިވިގެންނެވެ. ނަމަވެސް ރާއްޖޭގައިވެސް ނެތް މީހަކު ފެންނާނެ ހެއްޔޭ ހިތަށް އެރުމުން އޭނާ ގާތަށް ހިނިވެސް އައެވެ. އޭނާ ސައިކަލު ދުއްވާލީ މަޖީދީ މަގުގެ މެދެއްހާ ހިސާބުގައި ހުރި އޭނާގެ ގެއަށް ދިއުމަށެވެ. ނަމަވެސް އޭނާއަށް މި ހުރެވުނީ މަސް މާރުކޭޓު ކައިރީގައިކަން އެނގުމުން އޭނާއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ރިޔާޝާ ބުނިހެން މިއަދު އޭނާއަށް އެވަނީ ހަމަ ރަނގަޅަށްވެސް މަގު އޮޅިފައެވެ. ދެފަރާތަށް ބޯ ހޫރާލާފައި އޭނާ އެންމެ ކައިރީގައި އޮތް ގޯޅިން ލަނބާލައިގެން ގެއަށް ދިއުމަށް ސައިކަލު ދުއްވާލިއެވެ.

ގެއަށް ވަދެވުމާއެކު އޭނާގެ ލޮލުން އޮހިގަންނަން ތައްޔާރުވެފައިހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް އޭނާގެ ކޯތާފަތްމަތިން ދާން ފެށިއެވެ. ސޯފާ މައްޗަށް ވެއްޓިގަންނަމުން ސޯފާގައި އޮތް ބާލީސް ނަގާ މޫނުގައި އަޅާފައި ހަޅޭއްލަވައިގަތީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ތަރުތީބުކޮށްފައި އޮތް ގޭތެރެ ފަނުމުން އޭނާގެ ބޮލަށް އުނދަގޫވިއެވެ. ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ހުރި މާޖަހާ ޓުކުރިއާއި ޓީވީ ރިމޯޓަށް ދާންދެން އުކާލުމުންވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ވަނީ ހަމައިން ނައްޓާފައެވެ.

ކޮޓަރިއަށް ވަދެ ޑްރެސިންގ ޓޭބަލް މަތީގައިހުރި ސެންޓު ފުޅިތަކާއި އެއްޗެހިތައް ބުރުއްސާލުމާއެކު ސެންޓު ފުޅިތައް ތަޅައިގެން ދިޔަ އަޑު އިވުނެވެ. އައިސްފައިވާ ގަދަ ރުޅީގައި، އެނދުގައި އަޅާފައި އޮތް ބެޑްޝީޓާއި ބާލީސްތަކާއި ފޯނުވެސް ނަގާ ހޫރާލިއެވެ. ފޯނު ގޮސް ފާރުގައި ޖެހުމާއެކު ބައިބައި ވަކިވެގެން ހިނގައްޖެއެވެ. އެނދުމައްޗަށް އުއްޑުން ވެއްޓިގަތުމާއެކު ވަރުބަލިކަން އިހުސާސްކުރެވިގެން ދިޔައީ އިންތިހާއަށެވެ. ލިބުނު ވަރުބަލިކަމާއެކު އޭނާއަށް ނިދުނީ ދާދި ފަސޭހައިންނެވެ.

ރިޔާޝާ އަޔާޒަށް ގޮވަން ފެށުމުން ކަންނެތް ގޮތަކަށް އަޔާޒް ދެލޯ ހުޅުވާލިއެވެ. “ދެން ތެދުވެބަލަ. މިހާރު އެހެރަ އިރުއޮއްސެނީ.” ރިޔާޝާ އެހެން ބުނެލުމާއެކު އަޔާޒަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. “ހިނގާބަލަ އަތިރިމައްޗަށް ހިނގާލަން. އަހަރެން އަޔާއާއެކު ހިނގާލަން ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރާތާ ކިހާ ދުވަހެއް.” ރިޔާޝާ އެހެން ބުނަމުން އައިސް އަޔާޒްގެ ގައިގައި ބައްދާލާފައި ބުރަކަށީގައި ފިރުމަން ފެށިއެވެ. ރިޔާޝާގެ އެ ގައިގޯޅިކަމުން އަޔާޒަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ރިޔާޝާގެ އެ ޢަމަލުތަކުން އޭނާގެ ޒުވާންކަމުގެ ހިއްސުތައް ގޯނާކުރަން ފެށީ ކެތްނުކުރެވޭހާ ބޮޑަށެވެ.

އަޔާޒް ރިޔާޝާގެ ގައިގައި ބައްދާލަން މަސައްކަތް ކުރިނަމަވެސް އަތެއް ނުލެވުނެވެ. “ދެން ހިނގާ ދާން. އޭރުން އަޔާ ބޭނުން ކޮންމެ ކަމެއް ކޮށްދޭނަން.” ރިޔާޝާގެ ކިބައިގައި ދަމާ ބާރެއް ވާކަން ޔަޤީނެވެ. ރިޔާޝާ އެހެން ބުނެލާފައި އަޔާޒްގެ އަތުގައި ހިފާލުމާއެކު އެއްވެސް ދެކޮޅު ހެދުމެއްނެތި އަޔާޒްވެސް ދާން ހިނގައިގަތެވެ. “ލޯ މަރާލަބަލަ.” މަގުގެ މެދެއްހާ ތަނަށް ގޮސްފައި ރިޔާޝާ އެހެން ބުނެލުމުން އަޔާޒަށް މަގަށް ބަލާލެވުނެވެ. އެބޮޑު މަޖީދީ މަގުގެ ސީދާ މެދުގައި އެދެމީހުންނަށް ތިބެވުނުކަން އެނގުމުން އަޔާޒްގެ ހަށިގަނޑު ރޫރޫ އަޅައިގަތެވެ.

“މިތާ ތިއްބާ ދެމީހުން އެކީގައި މަރުވާނީ. ހިނގާ އެއްފަރާތަށް.” ކާރުބާރު ބޮޑު މަގަށް ބަލާލަމުން އަޔާޒް ބުނެލިއެވެ. “އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟” އަޔާޒް ބޯ ހޫރާލަމުން ލޯ މަރާލުމާއެކު ރިޔާޝާ އޭނާ ގައިގައި ބައްދާލިކަމުގެ އިހުސާސް ކުރެވުނެވެ. ސިހިފައި ދެލޯ ހުޅުވާލެވުމާއެކު ހައިރާންކަން އިތުރުވީ މުޅިތަން އަނދިރިވެފައިވާލެއް ބޮޑުކަމުންނެވެ. އަނދިރިއަށް ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. އޭނާއަށް މި ހުރެވުނީ ގަސްބޯ ޖަންގައްޔެއްގެ ތެރޭގައިކަން އެނގުމުން އޭނާގެ ހިތަށ ބިރުވެރިކަން ވަދެގެން ދިޔައީ އިންތިހާއަށެވެ.

“ރިޔާ!” އަޔާޒްގެ ގައިގައި ބައްދާލައިގެންހުރި ރިޔާޝާއަށް ގޮވާލުމާއެކު ރިޔާޝާ އަޔާޒްގެ މޫނަށް ބަލާލިއެވެ. އަނގުރު އަލިފާން ކުލައިގެ އެބޮޑު ދެލޯ ފެނުނު ވަގުތު އަޔާޒަށް ހަޅޭއްލަވައިގަނެވުނެވެ. ކުރިމަތީގައިހުރީ ރިޔާޝާ ނޫންކަން ޔަޤީންވުމާއެކު ގަނެފައިވާ ބިރެއްގެ ސަބަބުން އަޔާޒަށް ދުއްވައިގަނެވުނެވެ. ދުވެދުވެވެސް އޭނާއަކަށް އެވަލަކުން ނުނިކުމެވުނެވެ. ކޮންމެ ދިމާލަކަށް ދުވަމުން ގޮސްވެސް އޭނާއަށް ނުކުމެވެނީ ހަމަ ރިޔާޝާގެ ސިފައިގައި ހުރި ޖިންނީގެ ކުރިމައްޗަށެވެ. އެޖިންނީގެ ގަދަ އަޑުން ހޭން ފެށުމާއެކު ބިންގަނޑުވެސް ގުޑައިގެން ދިޔައެވެ.

ރިޔާޝާގެ ސިފަ މަޑުމަޑުން ބަދަލުވާން ފެށިއެވެ. ހަށިގަނޑު ފުފެމުން ދިޔައިރު ލައިގެންހުރި ހެދުން އެކި ދިމަދިމާއިން އިރައިގެން ދާން ފެށިއެވެ. މޫނުމަތިން ކެހެރިގަނޑު ބޯވާން ފެށި ވަގުތު އެބޮޑު އަނގައިގެ ތެރެއިން ފާޅުވީ ތޫނު ދަތްޕިލައިގެ ސަބަބުން އަނގަ ރީއްޗަކަށް ނުލެއްޕެއެވެ. މޫނުމަތިން ހަތަރު ލޯވެސް ފާޅުވީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަތާއި ފައިގެ ދިގު އިނގިލިތަކުގެ ވަކިތައް ދިގުވެގެން ދިޔައީ އަޔާޒް ބަލަބަލާ ހުއްޓައެވެ. އަނެއްކާވެސް އަޔާޒް ދުއްވައިގަންނަން މަސައްކަތް ކުރިނަމަވެސް އޭނާއަށް ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލެވުނެވެ. އަޔާޒް ބަލަބަލާ ހުއްޓާ އެ ޖިންނި އައިސް އޭނާއާއި ދާދި ކައިރިއަށް ހުއްޓުނެވެ. ގަތް ބިރެއްގެ ސަބަބުން އިސާހިތަކު އަޔާޒަށް ދެކަމު ދެވިއްޖެއެވެ. އެޖިންނި އުފުލާލި ކަނާއަތުގެ ދިގު ވަކިތައް އަޔާޒްގެ ބަނޑުގައި ޖެހުމާއެކު އަޔާޒަށް “ނޫން” އޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ.

ގަދަ ހަޅޭކާއެކު އަޔާޒަށް ނިދިން ހޭލެވުނުއިރު މުޅި މީހާ ދަލުން ފޯވެއްޖެއެވެ. މުޅި ހަށިގަނޑު ތުރުތުރުލަމުން ދިޔައިރު އޭނާއަށް މާނޭވާ ލެވެމުން ދިޔައެވެ. ފެނުނީ ހުވަފެނެއްކަން އެނގުމުންވެސް އޭނާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުން އޭނާ ތެދުވީ ފެންފުޅި ހުސްވެފައި ހުރުމުން ބަދިގެއަށް ފެންފުޅިއެއް ބަލައި ދިއުމަށެވެ. އެވަގުތު ފަޔަށް ތޫނު ތަދެއް އެރުމުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް އެނދުމަތީ އިށީނދެވުނެވެ. ފަޔަށް ބަލާލެވުނުއިރު ފައިން ލޭތައް ފައިބާތަން ފެނުމުން އޭނާއަށް ކޮޓަރި ތެރެއަށް ނަޒަރެއް ހިންގާލެވުނެވެ. ކޮޓަރި ތެރެއަށް ހީވަނީ ނަގޫ ރޯޅިއެއް އައިސްފައި ވާހެންނެވެ. ކޮޓަރީގެ އެކި ހިސާބު ހިސާބުގައި ބިއްލޫރިތައް ކުދިކުދިވެފައި ހުއްޓެވެ.

އަޔާޒަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނީ ކުރެވުނު ކަންތައް ހިތަށް އެރުމުން ވީ ދެރައިންނެވެ. އޭނާއަކީ މީގެ ކުރިން ދުވަހަކުވެސް މިކަހަލަ ތާކުންތާކު ނުޖެހޭ ކަންތައްކުރި މީހެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ ގެއެވެ. އެގޭގައި ހުރި އެއްޗެހިތައް ހަލާކު ކުރުމުން ގެއްލުންވާނީ ކާކަށް ހެއްޔެވެ؟ ހަމަ އޭނާއަކަށް ނޫން ހެއްޔެވެ؟ އެހެނެއްކަމަކު އޭނާއަށް ރިޔާޝާ ލިބޭނެ ހެއްޔެވެ؟ ނުލިބޭނެއެވެ. ރިޔާޝާއަކީ މީހެއްގެ އަނތްބެކެވެ. އަޔާޒް އޭނާގެ މޮޔަކަމާއި ދޭތެރޭ އަމިއްލަ ނަފްސަށް މަލާމާތްކުރިއެވެ. އަޔާޒް ވަރަށް ބަލައިގެން ގޮސް ސައިޑް ކަބަޑް ތެރެއިން ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ވަރަށް އުނދަގުލުން ހަލާކުވި ތަން ސާފުކޮށް ބޭސް އަޅާލިއެވެ. އަދި މުޅި ގޭތެރެއާއި ކޮޓަރި ސާފުކުރިއިރު އޭނާގެ ހިތުގައި ޢަޒުމެއް ކަނޑައެޅިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ރިޔާޝާ ހާސިލްކުރުމެވެ.

ދުވަހެއް ދުވަހަކަށް އަޔާޒާއި ޝިފާންގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ. ޝިފާން ގުޅިނަމަވެސް އަޔާޒް ފޯނަށް ޖަވާބުދެނީ މަދު ފަހަރަކުއެވެ. ޝިފާން އެގެއަށް އަޔަސް އަޔާޒް އުޅެނީ އަވަހަށް އޭނާ ފޮނުވާލެވޭތޯއެވެ. އެކަން ޝިފާންއަށް ފާހަގަކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ފުރަތަމަކޮޅު އޭނާ ހީކުރީ އަޔާޒް ރިޔާޝާގެ ކައިވެނީގެ ވާހަކަ އަހާފައި ބޯ ގޮވައިގެން އުޅެނީކަމުގައެވެ. ނަމަވެސް ފަހުން އޭނާއަށް އަޔާޒް ބުނެލާ އެއްޗެހިން އަޔާޒަށް އައިސްގެން އުޅޭ ބަދަލަކީ ރިޔާޝާ ނޫންކަން އެނގުނެވެ. އޭނާ އަޔާޒާއި އެކަމާ ބެހޭގޮތުން ވާހަކަދައްކަން މަސައްކަތް ކުރިނަމަވެސް އަދި އަލި މަގެއް ފެންނަގޮތް ވަނީ ނުވެފައެވެ.

ޝިފާން އަޔާޒަށް ގުޅާގުޅާ ފޯނު ނުނެގުމުން އޭނާ އަޔާޒްގެ ގެއަށް ދިޔައެވެ. ގޭ ދޮރުގައި ޓަކި ޖަހާލުމާއެކު އަޔާޒް ދޮރު ހުޅުވާލިއެވެ. ޝިފާން ފެނުމުން އޭނާ އަވަހަށް ދޮރު ލައްޕަން އުޅުނެވެ. ނަމަވެސް ޝިފާން މާ ހުޝިޔާރެވެ. ދޮރުގައި ހިފަހައްޓާފައި އޭނާ ދޮރު އެތެރެއަށް ކޮށްޕާލިއެވެ. ޝިފާންގެ މި ހަރަކާތުން އަޔާޒަށް ސިހުމެއް ލިބުނެވެ. އެއީ ކުރިން ދުވަހަކުވެސް ޝިފާން ކަންތައް ކޮށްފައިވާ ގޮތެއް ނޫނެވެ. އަޔާޒް ގާތަށް ރުޅި އައި ނަމަވެސް އޭނާ ރުޅިގަނޑު ހިންދާލެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

“އަޔާ! އަހަރެން ބޭނުން ވާހަކައެއް ދައްކާލަން. ވަރަށް މުހިންމު ވާހަކައެއް. ޕްލީޒް.” ޝިފާން އަޔާޒްގެ ކޮނޑުގައި އަތް ބާއްވާލުމާއެކު އަޔާޒް ޝިފާންގެ އަތް ފޮޅުވާލިއެވެ. “ޝިފާން އިތުރަށް އަހަރެން ކައިރީ ކޮން ވާހަކައެއް ދައްކަން އޮތީ؟ އަހަރެންނަކަށް ޝިފާންގެ ތި ބޭކާރު ވާހަކަތައް އަޑުއަހާކަށް ވަގުތެއް ނެތް.” އަޔާޒް ރުންކުރު ގޮތަކަށް އެހެން ބުނެލުމުން ޝިފާން ވަރަށް ދެރަވިއެވެ. “ކީކޭ!!؟ ބޭކާރު ވާހަކައޭ!!؟” ލިބުނު ހައިރާންކަމުގައި ޝިފާންއަށް ބުނެވުނެވެ. “އާނ. އަހަރެންނަކަށް މިހާރު ޝިފާން ދައްކާ އެއްވެސް ވާހަކައެއް މުހިންމެއް ނޫން.” އަޔާޒް ކުރިންވެސް އޭނާ ވާހަކަދެއްކި ރާގުގައި ބުނެލިއެވެ.

“އަޔާ! ކީއްވެ ތިހެން ތި ކަންތައް ކުރަނީ؟ އަހަރެން ކޮންކަމެއް ކޮށްގެން؟” ޝިފާން ދެރަވެފައި ހުރެ ވާހަކަދެއްކިއެވެ. “ކޮންކަމެއްހޭ ކުރީ؟ ކަމެއްވާ ނުކުރޭ. ޝިފާން ހީކުރީތަ ޝިފާން ދައްކާ ކޮންމެ ވާހަކައެއް އަހަރެން ޤަބޫލުކުރާނެއޭ. އެއީ ކުށްހީއެއް. އަހަރެން ކުރިން ޝިފާންއަށް ވަރަށް އިތުބާރުކުރިން. އެކަމަކު އަހަރެންގެ ބައްޕަގެ ބޮލުގައި އެވަރުގެ ބޮޑު އިލްޒާމެއް އެޅުވި ހިސާބުން އަހަރެން ޝިފާންއަށް ކުރި އިތުބާރު ގެއްލިއްޖެ. ސާފުވެއްޖެ؟” ޝިފާން ހަރުކަށިކަމާއެކު ބުނެލިއެވެ. “އަޔާ! މާތް ރަސްކަލާނގެ ގަންދީ ބުނަން. އަހަރެން އަޔާގެ ބައްޕަގެ ބޮލުގައި އެއްވެސް އިލްޒާމެއް ނާޅުވަން. އަހަރެން ބުނީ ހަމަ އަޔާގެ ބައްޕަ…” ޝިފާންއަށް އޭނާގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އަޔާޒްގެ އަތުން ހުއްޓާށޭ ބުނުމުންނެވެ.

“އަޔާ ޕްލީޒް. އަހަރެން މިދައްކާ…” އަނެްކާވެސް ޝިފާން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. ދުވަސްވީ އެކުވެރިޔާ ވަކިވެ ދިއުމަކަށް އޭނާއެއް ނޭދެއެވެ. “އަހަރެން ޝިފާން ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއްނޫން. އެހެރީ ވަތް ދޮރު. ހަމަ މިހާރު ނުކުމޭ!” އަޔާޒް އަމުރުކުރިއެވެ. “އަޔާ!” “ނުކުންނާށޭ!” ޝިފާންގެ މޭގައި އަޅާ ކޮށްޕާލަމުން އަޔާޒް ބާރަށް ބުންޏެވެ. “އަޔާ ޕްލީޒް.” އަޔާޒްގެ ގައިގައި ޖަހަން މަޅާލި އަތުގައި ހުޝިޔާރުކަމާއެކު ޝިފާން ހިފެހެއްޓިއެވެ. “އެންމެ ރަނގަޅު. އަހަރެން ހިނގައިދާނަން. އެކަމަކު އަޔާ ތި ކަންތައް ކުރީ ރަނގަޅަކަށް ނޫން. އެއްވެސް ކަމަކީ އަބަދު ސިއްރުކޮށް އޮޅުވާލެވޭނެ ކަމެއްނޫން. އަދި އަޔާއަށްވެސް ޙަޤީޤަތް އެނގޭނެ. އެދުވަހަކުން އަޔާ ހިތާމަކުރާނެ.” ޝިފާން އެހެން ބުނެ އަޔާޒްގެ އަތް ފޮޅުވާލާފައި ބާރުބާރަށް ގޮސް އެގެއިން ނުކުތެވެ.

ޝިފާން އެގެއިން ނުކުތްއިރު އޭނާގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އޭނާގެ ކޮއްކޮއެއްގެ ގޮތުގައި ދެކެމުން އައި ދުވަސްވީ އެކުވެރިޔާ އޭނާއާއި އެ ވަކިވީއެވެ. ވަޙީދުގެ ނުބައިކަމުން އޭނާ ހަމަ ރަނގަޅަށްވެސް ހައިރާންކޮށްލައިފިއެވެ. އޭނާގެ ހިތް ވަޙީދުގެ މައްޗަށް ކިލަނބުވީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ވަޙީދު ރިޔާޝާއާއި ދޭތެރޭ ނުރުހޭނަމަ ހަމަ ރީތިކޮށް އެވާހަކަ ބުނަންވީ ނޫން ހެއްޔެވެ؟ ކޮންމެހެން އޭނާއާއި އަޔާޒްގެ ދުވަސްވީ އެކުވެރިކަން ފުނޑުފުނޑުކޮށްލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާއާއި ދޭތެރޭ ވަޙީދުގެ ހިތް ނުބައިކަން މިއޮތީ އެނގި ސާފުވެފައެވެ. އަޔާޒަށް އޭނާއާއި ދޭތެރޭ އެއްވެސް އިތުބާރެއް ނެތްކަންވެސް މިއޮތީ ކަށަވަރުވެފައެވެ. ދެން އޭނާވެސް އެކަން ދަންނާނެއެވެ.

**********

ފަސް އަހަރު ފަސް

“މަންމީ!” ކެއްކުމުގައި އަވަދިނެތި އުޅުނު ރިޔާޝާއަށް ގޮވަމުން އޭނާގެ ހަތަރު އަހަރުގެ އަންހެން ދަރިފުޅު ފިޔާޒާ އައީ ކުލަޖައްސާ ފޮތެއް ހިފައިގެންނެވެ. “ކީކޭ ދޫނީ؟” ރިޔާޝާ ތަރުކާރީ ކޮށަން ހުރެފައި ފިޔާޒާއަށް ސަމާލުކަން ދިނެވެ. “މަންމީ! ރީތިތަ؟” ފިޔާޒާ ކުލަ ޖައްސާފައި އިން ސާމަރާދޫނި ދައްކާލަމުން ލޯބި އަހާލިއެވެ. “އާޗާ. މަންމިގެ ދޫނި މިހާރު ހާދަ މޮޅުވެއްޖޭ ދޯ؟” ގުދުވެ ފިޔާޒާގެ ކޮލަށް ދޮނެއް ދެމުން ރިޔާޝާ ބުނެލިއެވެ. “ދޭ އަވަހަށް މާމައަށް ތި ދައްކާލަން. މާމައަށް ދައްކާލާފަ އަނެއްކާ އެހެން އެއްޗެއްގައި ކުލަ ޖައްސާ އިނގޭ. މަންމިގެ ދޫނި ޖެހޭނެ ވަރަށް މޮޅު ކުއްޖަކަށް ވާން.” ރިޔާޝާ ފިޔާޒާގެ ބޮލުގައި ފިރުމާލަމުން އެހެން ބުނެލުމުން ފިޔާޒާ ދުވެލާފައި ދިޔައީ ރަތީބާގެ ކޮޓަރިއާއި ދިމާއަށެވެ.

ރިޔާޝާ ތަރުކާރީކޮޅު ކޮށާލާފައި ރިހަ ކައްކަން އުނދުން ކައިރިއަށް ޖެހިލިއެވެ. ކުއްލިއަކަށް ފަހަތުން އޭނާ ގައިގައި މީހަކު ބައްދާލަމުން ސިހުނުވަރުން އަތުގައި އޮތް އުނދުޅި ވެއްޓުނެވެ. “ފަޔާ! އަހަރެން ބުނީމެއްނު ކައްކަން ހުންނައިރު ތިކަހަލަ ސަމާސާ ނުކުރާށޭ. ތިހެން ގޮސް ސިއްސައިގެން ދާގަޑީ ތެލީގައި ޖެހި އަތް ފިހިއްޖެއްޔާޔޯ؟ ނޫނީ އެއްޗެއް ކޮށަން ހުއްޓާ އިނގިލި ކެނޑިއްޖެއްޔާޔޯ؟” ރިޔާޝާ އުނދުޅި ނަގަން ގުދުވަމުން ބުނެލިއެވެ. “ރުޅިއައީތަ؟” ފަޔާޒް އެހެން އަހާލުމުން ރިޔާޝާ ބަލާލިއެވެ. “އާނ. ވަރަށް ރުޅިއައިސްފައި މިހިރީ.” ރިޔާޝާއަށް އެހެން ބުނެވުނުއިރު ހެވިއްޖެއެވެ. “ތީ އާދަޔާ ޚިލާފު ރުޅިއެއް. ގިނަގިނައިން ތިހެން ރުޅި އަންނައްޗޭ.” ފަޔާޒް ރިޔާޝާ އޭނާއާއި ދިމާއަށް އަނބުރާލަމުން ބުނެލިއެވެ. “ދެން… ވަރަށް ފޫހިވޭ.” ރިޔާޝާ ތުން އަނބުރާލާފައި އުނދުނާއި ދިމާއަށް އެނބުރުނެވެ.

“އޭތް. އަސްލުވެސް ރުޅިއައީތަ؟ ސޮރީ އިނގޭ.” ރިޔާޝާގެ ކޮނޑުގައި ހިފައި ފަޔާޒާއި ދިމާއަށް އަނބުރާލަމުން ފަޔާޒް ބުނެލިއެވެ. “ދައްކަބަލަ.” ރިޔާޝާގެ މޫނާއި މޫނު ކައިރިކޮށްލަމުން ފަޔާޒް ބުނެލިއެވެ. “ދެން ފަޔާ. މީހަކަށް ފެނިދާނެ. ފިޔާވެސް އައިސްދާނެ.” ފަޔާޒްގެ މޭގައި އަތްއަޅާ ދުރުކޮށްލަމުން ރިޔާޝާ ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް ރިހަތެލިން ފޮނުގަނޑު މައްޗަށް އަރާތަން ފެނުމުން އަވަސް ހަރަކާތަކާއެކު ފަޔާޒް އުނދުން ނިވާލިއެވެ. “ކޮބާ؟ ދެންވެސް ދޭބަލަ މިގަޑީގައި އުނދަގޫނުކޮށް. ތިހެން އުޅެގެން މެންދުރު ކާންވާއިރަށް ނުވެސް ކެއްކޭނީ އިނގޭ.” ފަޔާޒްގެ ކޮނޑުގައި ޖަހާލަމުން ރިޔާޝާ ބުނެލިއެވެ. “ކައްކާފައި އަވަހަށް އަންނައްޗޭ.” އެހެން ބުނެލާފައި ފަޔާޒް ދިއުމުން ރިޔާޝާ ދެފަރާތަށް ބޯ ހޫރާލަމުން ހިނިތުންވެލާފައި އުނދުނާއި ދިމާއަށް އެނބުރި ކެއްކުމައިގެން ކުރިއަށް ދިޔައެވެ.

“މަންމާ! ބައްޕަ އަންނާކަށް ނޫޅޭތަ އަދިވެސް؟ މިހާރު ކޮން ދުވަހެއް ބައްޕަ ދިޔަފަހުން. ފިޔާއަށް އަހަރު ވީތަނާ ދިޔަގޮތަށް އަދި އެއްފަހަރުވެސް ނާދޭ.” މެންދުރުގެ ކެއުމުގެ ވަގުތުގައި ފަޔާޒް ރަތީބާ ގާތުގައި އެހިއެވެ. “ނޭނގެ. ނުވެސް ގުޅާ އެހާ ވަރަކަށް. މަންމައަކަށް ނޭނގެ ބައްޕަ އެކޮޅަށް ގޮސް ގުޅާވެސް ނުލެވޭހާ ބިޒީވެގެން އެކުރާ ކަމެއް. އެންމެފަހުން ގުޅިތާވެސް މިހާރު ހަފްތާއެއް ވެދާނެ.” ރަތީބާ އެހެން ބުނުމާއެކު ރިޔާޝާ ކޮށިއެރިއެވެ. “ކިހިނެއްވީ؟” ފަޔާޒް އަވަސްއަވަހަށް ރިޔާޝާއަށް ފެންތައްޓެއް ދީފައި ބުރަކަށީގައި ފިރުމާލިއެވެ. “އެހެންވީމަ މަންމައަށްވެސް ބައްޕަ އެއުޅޭ ގޮތް ނޭނގެނީތާ؟ އަނެއްކާ އަހަރެންގެ މަންމައާ އިންކަން އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާ؟” ރިޔާޝާއަށް ހިތާހިތާ ކިޔާލެވުނެވެ.

“ސަޕްރައިޒް! އަހަރެންގެ ވާހަކަ ދޯ ތިދައްކަނީ؟” ކުއްލިއަކަށް އިމާދުގެ އަޑު އިވުމުން ތިން މީހުންނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު އިމާދު ބަދިގެއަށް ވަންނަނީއެވެ. “ކާފާ!” ރިޔާޝާގެ އުނގުގައި އިން ފިޔާޒާ ދުވެލާފައި ގޮސް އިމާދުގެ ގައިގައި ބައްދާލިއެވެ. އިމާދު ފިޔާޒާ އުރާލާފައި ކޮލަށް ދޮނެއް ދިނެވެ. “ކާފަގެ ދޫނި މިހާރު ހާދަ ބޮޑުވެއްޖޭ ދޯ؟” ފިޔާޒާގެ ކޮލުގައި ހިފާލަމުން އިމާދު ބުނެލިއެވެ. “ކާފާ! ހޯހޯ ކަމެއް. މަންމި ރުޅި އަންނާނެ ކޮލުގައި ހިފަންޏާ.” ފިޔާޒާ އެހެން ބުނެލުމުން ފަޔާޒާއި ރަތީބާ ހޭންފެށިއެވެ. އިމާދުވެސް ހުނުމުގައި ބައިވެރިވަމުން ރިޔާޝާއަށް ބަލާލިއެވެ. އެންމެން ހޭން ފެށުމުން ރިޔާޝާ ރަކިވިއެވެ. “އެހެންތަ؟ ސޮރީ! ކާފަ ދެން އެހެނެއް ނުހަދާނަން.” ގޮނޑިއެއް ދަމާލާފައި އިށީނދެ ފިޔާޒާ އޭނާގެ އުނގުގައި ބައިންދަމުން އިމާދު ބުނެލިއެވެ.

“ބައްޕަ ކައިގެންތަ ތިއައީ؟” ފަޔާޒް އަހާލިއެވެ. “ހޫމް. ބައްޕަ ކައިގެން މިއައީ. އެހާ ދުވަސް ވަންދެން ދަރިފުޅު ކައްކާ މީރު އެއްޗެހި ނުކައި ހުރެފައި ފެނުނީމަ އަނެއްކާ ބަނޑުހައިވެއްޖެ.” އިމާދު އެހެން ބުނެލުމުން ރިޔާޝާއާއި ފަޔާޒަށްވެސް ހެވުނެވެ. “ދެން އަހަރެން ކައްކާ އެއްޗެހި ނުބައޭ ދޯ ތިބުނީ؟ އެންމެ ރަނގަޅޭ.” ރަތީބާ ދެރަވާކަމަށް ހެދިފައި އެހެން ބުނެލުމުން ރިޔާޝާ ފަޔާޒަށް ބަލާލިއެވެ. އޭނާ ގާތަށް ހިނިއައި ނަމަވެސް އިމާދު އިނުމުން ހޭކަށް ނުކެރުނެވެ. “ދެން ރަތީ ކައްކާ އެއްޗެހި ނުބައިވާނެތަ؟ ތީ މަގޭ މާސްޓަރ ޝެފެއްނު.” އިމާދު އެހެން ބުނެލުމުން ފަޔާޒާއި ރިޔާޝާއަށް އެއްފަހަރާ ހީގަނެވުނެވެ. ރަތީބާއާއި އިމާދުވެސް އެމީހުންގެ ހުނުމުގައި ބައިވެރިވީ ޢާއިލާ އެއްކޮށް މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ.

އިމާދުއާއި ރަތީބާ ކައިގެން ދިއުމުން ރިޔާޝާއާއި ފަޔާޒް އެކަނިވީއެވެ. އޭރު ފިޔާޒާ ސިޓިންގރޫމްގައި ޓީވީ ބަލަން އިނެވެ. “މަންމައާއި ބައްޕަ ހާދަ މަޖަލޭ ދޯ އަދިވެސް. ހީވަނީ ސާދަ ފަނަރައިގެ ޒުވާން ކުދިންތަކެއްހެން.” ރިޔާޝާވެސް އެކަމާއި އެއްބަސްވިއެވެ. “އާނ. އަހަރެންވެސް ހިތަށް އެރީ ހަމަ ތިހެން. ބަލާބަލަ ދެންމެގައިވެސް މަންމަ އެޖައްސާލި އެކްޓެއް ދޯ؟ މާސްޓަރ ސެފޯ. ހެހެހެ.” ރިޔާޝާގެ ހުނުމުގައި ފަޔާޒްވެސް ބައިވެރިވިއެވެ. “ޑެޑީ!” ފިޔާޒާ ދުވަމުން އައިސް ފަޔާޒްގެ އުނގަށް ވަނެވެ. “ކީކޭ ދަރިފުޅާ؟” “ޑެޑީ! ފިޔާއްކޮ ބޭނުމީ ޕާކަށް ދާން.” ފިޔާޒާ އޭނާގެ ލޯބި ޅައަޑުން ބުނެލިއެވެ. “އެހެންތަ؟ އެހެންވިއްޔާ މިއަދު ހަވީރު ޕާކަށް ދާންވާނެ ދޯ މަންމިއާ ޑެޑީއާ ފިޔާއްކޮއާ.” ފަޔާޒް އެހެން ބުނެލުމުން ފިޔާޒާ އުފަލުން ފަޔާޒްގެ ގައިގައި އޮޅުލައިގަތެވެ.

ދެބަފައިންގެ ސަކަރާތް ބަލަން ހެވިފައި ރިޔާޝާ ހުއްޓެވެ. ހިތާމައާއި ވޭން ފިޔަވާ އެއްވެސް ކަމެއް ނުވާ ރިޔާޝާގެ ޙަޔާތް މިއަދު މިވަނީ މުޅިން ބަދަލުވެފައެވެ. މިވަގުތު މުޅި ދުނިޔޭގައިވެސް ހުރި އެންމެ އުފާވެރި މީހުންގެ ތެރޭގައި އޭނާ ހިމެނޭނެއެވެ. މިހާރު ހިތާމައަކީ އޭނާއަށް ބީރައްޓެހި އިހުސާސެކެވެ. މިއީ އޭނާގެ ކެތްތެރިކަމުގެ ފޮނި މޭވާއެވެ. އަޔާޒްގެ ހަނދާންތައް ހިތުން ނުފިލިއަސް މިހާރު އަޔާޒަށްޓަކައި އޭނާގެ ހިތުގައި ނަފުރަތު ފިޔަވާ އެއްވެސް އިޙުސާސެއް ނުވެއެވެ. އެފަދަ ކެހިވެރިއެއްގެ އަތްދަށުން އޭނާ ސަލާމަތް ކުރެއްވީތީ އޭނާ މާތް ﷲއަށް ޝުކުރުވެރިވެއެވެ. އަދި އޭނާގެ ދިރިއުޅުން މިހާ ފުރިހަމަ ކުރެއްވީތީ އޭނާ ﷲއަށް ޙަމްދުކުރެއެވެ. އޭނާގެ މިއުފާވެރިކަން ދަމަހައްޓަވާތޯ އޭނާ އަބަދާއި އަބަދު ﷲގެ ޙަޟްރަތަށް ދަންނަވައެވެ.

އަޞްރު ނަމާދުކޮށްގެން ރިޔާޝާއާއި ފަޔާޒް ތައްޔާރުވަމުން ދިޔައީ ފިޔާޒާ ގޮވައިގެން ޕާކަށް ދާށެވެ. އެދަރިފުޅު އުފަލުގައި ބެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް އެދެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. “ދަރިފުޅުމެން ކޮންތާކަށް ދާން ތިއުޅެނީ؟” ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ކޮޓަރިން ނުކުތްތަން ފެނިފައި އިމާދު އަހާލިއެވެ. “ކާފާ! މިއުޅެނީ ޕާކަށް ދާން. ކާފަވެސް ދާން އާދޭ. މާމަވެސް އާދޭ.” ފިޔާޒާ ބުނެލިއެވެ. “ދަރިފުޅުމެން ގޮސްލާ. ކާފަމެން ދާނަން އެހެން ދުވަހަކުން.” އިމާދު ފިޔާޒާގެ ގެނެސް އުނގަށްލަމުން ބުނެލިއެވެ. “ދަރިފުޅުމެން ބޭރަށް ދިޔަޔަސް އިރު އޮއްސެންވާއިރަށް ގެއަށް އަންނަންވާނެ އިނގޭ.” އިމާދު ހީހާފައި އެހެން ބުނެލުމުން ފަޔާޒް ބޯޖަހާލިއެވެ. އަދި ފިޔާޒާ ގޮވައިގެން ގެއިން ނުކުތެވެ.

(ނުނިމޭ)

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

މިހިތުގެ ފަސާނާ 21

Next

އެފިނިމެންދަން 24

Next
November 8, 2016

އެފިނިމެންދަން 24

Previews
November 8, 2016

މިހިތުގެ ފަސާނާ 21

54 Comments

  1. Samee says:
    November 8, 2016 at 7:08 am

    Reethi ekam ayaaz ah haadha dheragothekey thihedhee riyaa ah ehaaufaaveri dhiriulhumeh libigennuvaane

    1. Saandy says:
      November 8, 2016 at 9:14 am

      ޝުކުރިއްޔާ! ފަހުން ވާގޮތެއްވެސް އެނގިދާނެތާ

  2. Windy says:
    November 8, 2016 at 7:10 am

    Varah reehi

    1. Saandy says:
      November 8, 2016 at 9:14 am

      ޝުކުރިއްޔާ

  3. Aish says:
    November 8, 2016 at 7:10 am

    Story vrh reethi..bt thankolheh kuruhen heevey..

    1. Saandy says:
      November 8, 2016 at 9:15 am

      ޝުކުރިއްޔާ! އެހެންތަ؟ އެކަމު މީ މިހާތަނަށް މިވާހަކައިގެ ގެނެސްދިން އެންމެ ދިގު ބައި

  4. Shile says:
    November 8, 2016 at 8:54 am

    Haadha hevva kamekey mivee 5 years of happiness for Riyasha and no life for Ayaz who doesn’t have done anything wrong this is like a Hindi series when you don’t know what to do with the story after 5 years or after 10 years. Not a nice turn at all

    1. Saandy says:
      November 8, 2016 at 9:17 am

      ޝުކުރިއްޔާ ވާޙަކަ ކިޔާލީތީ އަދި ތިޔަ ފާޅުކޮށްލެއްވި ޚިޔާލަށް… އަދިވެސް ކަންތައްތައް ކުރިއަށް އޮތީ… އުންމީދުކުރަން ކުރިއަށްހުރި ބައިތައް ކަމުދާނެކަމަށް

  5. ?? says:
    November 8, 2016 at 9:04 am

    vvv reethi haadha dheragothekey Ayaz ah miveedho asluehenvegennuvaane ayaz ah riyasha eulheneeufaluga ayaz ah hurtihaahithaamaeh

    1. Saandy says:
      November 8, 2016 at 9:19 am

      ޝުކުރިއްޔާ! ހޫމް ދޯ؟ ބައްޕަ ކުރި ކުށުގެ ސަޒާ މިލިބުނީ ދަރިފުޅަށް ދޯ؟ އުންމީދުކުރަން ކުރިއަށްހުރި ބައިތައްވެސް ކަމުދާނެކަމަށް

  6. sonaalee says:
    November 8, 2016 at 9:18 am

    Alhey riyaasha happy..ayaaz hithaamaaga…v kada..ayaaz ge evves kusheh nethi eyna hithaamaaga..kamaku nudhey..anekkaa fayaaz ge dharieh riyaashaa ah libijjje ..mihen ve mihaar mistory dhaa goiy reecheh noon

    1. Saandy says:
      November 8, 2016 at 9:20 am

      ޝުކުރިއްޔާ! ބައްޕަ ކުރި ކުށުގެ އަދަބު މިލިބުނީ ދަރިއަށް ދޯ؟ އުންމީދުކުރަމާ އަދި ފަހުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް… ކުރިއަށްހުރި ބައިތައް ކަމުދާނެކަމަށް އުންމީދުކުރަން

  7. Qeen says:
    November 8, 2016 at 9:23 am

    Saandy ayaaz ah ehennahadhabala v reethi

    1. Saandy says:
      November 8, 2016 at 9:28 am

      ޝުކުރިއްޔާ! ދެން ކީއްކުރާނީ ދޯ؟ މިވަގުތަށް ހުރިގޮތް… ފަހުން ރަނގަޅުވާނެ ކަމަށް ބަލަމާ ހިނގާ

  8. Qeen says:
    November 8, 2016 at 9:25 am

    Aharen enme dharavee riyaasha ah kujjelibuneema

    1. Saandy says:
      November 8, 2016 at 9:29 am

      އެހެންތަ؟ އެކަމު ރިޔާޝާއަށްވެސް އުފާ ޙައްޤުވާނެއެއްނު

  9. MM says:
    November 8, 2016 at 9:49 am

    Riyasha aa emme gulheny fayaaz. Ayaz aa gulhigen eyna ah dhaaimee ufaaveri kameh nulibeyne. Mihaaruves ehery appa buni bas gaboolu kollaigen. Anekka emyhun ehaa nugaboolu. Mihaaru kihaa salhi

    1. Najju says:
      November 8, 2016 at 10:14 am

      Hmm.u are certainly right…..the perfect man for riyasha is fayaz

    2. raf says:
      November 8, 2016 at 10:17 am

      thee ves thede…..ekam riyaa aslu lobivii ayaa deke enu….am i correct

    3. shile says:
      November 8, 2016 at 10:28 am

      Mihaaru ammen milianee loabeege vaahaka eh noon. Uffaveri foaraa dhiriulhumeh foaru koddhenya komme meehakas okey Eyrakah huri gothey kiyaafa amilla life adjust kuranee.
      Loabeege vaahaka aharemen kiyaa ulheny loibattaka qurbaan ve ethah dhathi thakaka kurimathi laigen e loabi haasil kuran masakkai kurumah

    4. Saandy says:
      November 8, 2016 at 2:16 pm

      ޝުކުރިއްޔާ ހުރިހާ ކުދިންނަށް
      ރަފް! ރިޔާޝާ މިހާރު ލޯބިވަނީ ފަޔާޒް ދެކެއެއްނު… އެހެންވީމައެއްނު އެދެމީހުން މިހާރު އެހާ ގުޅެނީ

    5. Saandy says:
      November 8, 2016 at 2:23 pm

      ޚިޔާލަކީ ތަފާތު އެއްޗެއް… އެހެންވީމަ ޝައިލްގެ ޚިޔާލަށްވެސް އިޙްތިރާމްކުރަން… ޝުކުރިއްޔާ ތިޔަ ދެއްވި ޚިޔާލަށް

    6. Saandy says:
      November 8, 2016 at 2:26 pm

      އެމްއެމްއާ ނައްޖުގެ ޚިޔާލަށް ވަރަށް ތާއީދު ކުރެވޭ… ސާންޑީއަށްވެސް އެއްބަސްވެވެނީ ހަމަ ތިގޮތަށް

  10. raf says:
    November 8, 2016 at 10:16 am

    v dera veje ayaanah veegothun….riyaa ah ves adi ayaanaves visney ne fahun….kantha veegoy ingunii ma….i hope ayaa n riyaa jaa demihun dimaa vegen veegoy olhun filaane kama…..

    1. raf says:
      November 8, 2016 at 10:19 am

      i hope konmes gotha kun ayaa n riyaa badal vaane kama…..n fiyaa..lol…eii adi miviiha thana raf adu naahaa name e

    2. Saandy says:
      November 8, 2016 at 2:18 pm

      ޝުކުރިއްޔާ! ކުރިއަށް ހުރި ބައިތައް ކިޔާލީމަ އެނގިދާނެތާ ވާގޮތެއް
      ރަފް! ފިޔާގެ އަސްލު ނަމަކީ ފިޔާޒާއޭ… ކުރުކޮށްލާފަ ލޯބިން ކިޔަނީ ފިޔާ

  11. raf says:
    November 8, 2016 at 10:21 am

    mi vaahakaa ge pp ga enii ayaann fayaa tha..??

    1. Saandy says:
      November 8, 2016 at 2:21 pm

      އާނ… އޭގައި އެއިނީ ހަމަ އަޔާޒްއާއި ފަޔާޒް
      އެކަމު ތަންކޮޅެއް ފަރުވާކުޑަކޮށްލެވިފައި އިންކަމެއް ފާހަގަކުރެވިއްޖެ މިހާރު… އެދެމީހުން ކަވަރގައި ވައްތަރު ނުވިކަން އެއީ މާބޮޑަށް ވިސްނާނުލެވި އިން ކަމެއް

  12. MM says:
    November 8, 2016 at 2:30 pm

    Fiyaazaaves ae edhemeehun mihaaru lobivaa kamuge hekkennu

    1. Saandy says:
      November 8, 2016 at 10:45 pm

      ހޫމް ދޯ

  13. rainbow says:
    November 8, 2016 at 2:52 pm

    may be fayaa ah veggen aya dhaanee and no one knows since they look alike…nice story

    1. Saandy says:
      November 8, 2016 at 10:45 pm

      ޝުކުރިއްޔާ

  14. haii says:
    November 8, 2016 at 3:25 pm

    riyaa ge mom aa fayaa ge bahpayaa eyonnanee kon kulhi gan dehtha

    1. Saandy says:
      November 8, 2016 at 10:46 pm

      ޝުކުރިއްޔާ! އެކަންވެސް އެނގޭނެ އަދި

  15. Kiyaa Meehaa says:
    November 8, 2016 at 3:28 pm

    V furihama. Twisteh annan ulheyhen v heevey

    1. Saandy says:
      November 8, 2016 at 10:46 pm

      ޝުކުރިއްޔާ

  16. Zaany says:
    November 8, 2016 at 8:47 pm

    V hiygaimu. V reethi

    1. Saandy says:
      November 8, 2016 at 10:47 pm

      ޝުކުރިއްޔާ

  17. Sheen says:
    November 8, 2016 at 11:03 pm

    Vvvvv reethi? Next bai up kurany konirakuntha???

    1. Saandy says:
      November 8, 2016 at 11:31 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ބުރާސްފަތި ދުވަހު 20ވަނަ ބައި ގެނެސްދޭނަން

  18. Enaal says:
    November 8, 2016 at 11:20 pm

    Ahareh beynumy ayaaxah riya liben but saandyge nihmumah masheh dekolhen nuhadaanah. I ❤ it

    1. Saandy says:
      November 8, 2016 at 11:31 pm

      ޝުކުރިއްޔާ

  19. ?? says:
    November 8, 2016 at 11:40 pm

    Haadha dheraey saandy dhenmijehunee inthizaarkurantha

    1. Saandy says:
      November 9, 2016 at 5:38 pm

      ސޮރީ! މިއަދާއި މިރޭ ވަރަށް ބިޒީ އެހެންވެ

  20. raf says:
    November 9, 2016 at 10:54 am

    Keeve maa lahun up kodeve nii…

    1. Saandy says:
      November 9, 2016 at 5:39 pm

      ސޮރީ! މިއަދާއި މިރޭ ވަރަށް ބިޒީވާނެ. އެހެންވެ

  21. raf says:
    November 9, 2016 at 10:56 am

    I me duvaheves hivanii 1 year hen vaahaka nukiyaa….

    1. Saandy says:
      November 9, 2016 at 5:39 pm

      ޝުކުރިއްޔާ ތިޔަ ދެއްވާ ސަޕޯޓަށް

  22. Aloo says:
    November 9, 2016 at 12:24 pm

    Raf 1 yeareh nooney heevany 1 century hen!!!!! ????

    1. Saandy says:
      November 9, 2016 at 5:40 pm

      ޝުކުރިއްޔާ ތިޔަ ދެއްވާ ސަޕޯޓަށް

    2. raf says:
      November 10, 2016 at 2:47 pm

      dhw

    3. Saandy says:
      November 10, 2016 at 11:49 pm

      ޝުކުރިއްޔާ

  23. Shiffu says:
    November 9, 2016 at 12:29 pm

    Saandy lusvaanvi sababeh ohnaane dho????? ??????

    1. Saandy says:
      November 9, 2016 at 5:41 pm

      ސޮރީ! މިއަދާއި މިރޭ ވަރަށް ބިޒީވާނެ… އެހެންވެ

Comments are closed.

All Right Reserved!