ނޯޓް: 18 އަހަރުން މައްޗަށް: މިވާހަކަ އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ ފޯން ބޭއްވުމަށް ފަހު އަހަރެން ވަނީ ފާޚާނާއަށެވެ. ރޭގަނޑު ބޭރަށްދާން ތައްޔާރުވުމަށެވެ. ފެންވަރާ ނިމިގެން ނިކުތް އިރު ލިއުޝާ އޮތީ އަހަންނަށް އެސް.އެމް.އެސް ކޮށްފައެވެ. އޭގައިވަނީ ބިޒީ ނޫނިއްޔާ ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. އަހަރެން ރިޕްލައެއް ނުކުރަމެވެ. ގެއިން ނިކުމެ ސައިކަލަށް އަރާ ސްޓާޓްކޮށްލިތަނާހެން ރިޔާޒް އަހަންނަށް ގުޅިއެވެ. ” ކުޑަކަމެއް ޖެހިގެން މިއުޅެނީ އޮފީހަށް ޖައްސާލަބަލަ..” ރިޔާޒް ބުނެލިއެވެ. […]
އަހަރެންނަށް ހޭލެވުނީ ސިއްސައިގެން ގޮސްފައެވެ. ދޮރު ދާރައިން ގޭތެރެއަށް އެޅިފައި ވާ ރަން އަލި ފެނުމާއެކު އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. އަވަސް އަވަހަށް ތެދުވެ އިސްތަށިގަނޑު އޮޅަލަމުން ހުޅިއެއް ޖަހާލީމެވެ. ގިފިއްޔަށް ވަދެ މޫނު ދޮވެލައި ހަދާލައިގެން ލިބާސް ރީތި ކުރަމުން ކިޔަވަން ގެންދާ ފިލާ ހިފައިގެން ހިނގައިގަތީމެވެ. އެއިރު އަދި ގޭގެ އެކަކުވެސް ހޭނުލައެވެ. ގޭގެ ބޮޑު އުނދޯލީގައި ބައްޕަ ގަދައަށް ނިދާފާ އޮތެވެ. މަންމަ އޮތީ ދިމާ އެނދުގައެވެ. ކޮއްކޮމެންވެސް […]
“ދަރިފުޅާ… ބައްޕަ އަބަދުވެސް ބުނަމެއްނު ދުނިޔޭގައި އުޅޭއިރު ކަންތަކާއި ދިމާވާނޭ.. ހިތްވަރާއެކު ކޮންމެ ކަމަކައް ވެސް ކުރިމަތިލާށޭ. ދަރިފުޅު ތިހެން އުޅުނީމަ ކޮއްކޮމެންނައް ވާނީ ކިހިނެއް. މަންމަ އަށް ވާނީ ކިހިނެއް. ބައްޕަ މިހުރި މަގާމައް ދެން އަންނަން ޖެހޭނީ ދަރިފުޅު. ދަރިފުޅުގެ އާއިލާގެ ޒިންމާ ނަގަން ދެން ޖެހޭނީ ދަރިފުޅު. ދަރިފުޅަކީ މިހާރު ހެޔޮ ވިސްނޭ ބޮޑުވެފައިހުރި އަންހެން ކުއްޖެއް. މަންމައާއި ބައްޕަ ދަރިފުޅައް ދިން ތަރުބިއްޔަތުގެ ބޭނުންހެޔޮ ގޮތުގައި ހިފަންވާނެ. ކޮއްކޮމެން ބިކަ ވާން […]
“ދަރިފުޅާ… ކާކު ތިވަރުގެ ހަދިޔާއެއް ދިނީ” މާކުރިންވެސް މި ސުވާލު މަންމަމެންގެ ފަރާތުން އަހަރެންނައް އަންނާނެކަން އެނގެއެވެ. އެއަށް ދޭނެ ޖަވާބެއް ނުވިސްނާހުއްޓާ މި ސުވާލު އަހަރެންނާއި އަމާޒުވުމުން ކިޔާނެ އެއްބަހެއްވެސް އަހަރެންނައް ނޭނގުނެވެ. “އަ..އަ…”.. “އެއީ އަރުޝަދު ގެ ދަރިފުޅު އެ މަންޖެއަށް ދިން އެއްޗެއް” އަހަރެންނައް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަންމަގެ ސުވާލައް ބައްޕަ ޖަވާބުދިނެވެ. އެވަގުތު އަހަރެންގެ އަތުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުން އަހަރެން ސިއްސައިގެން ގޮސް ފޯނު ބަލާލިއިރު އޮތީ […]
“ދަރިފުޅާ އީނާލް އެއީ އަރުޝަދުބެގެ އަންހެނުން ސަނާ ދައްތަ. ދަރިފުޅު މަންމަ ފަދައިން ހެޔޮ ވާނެ” ބައްޕަ އެހެން ބުނުމުން އަހަރެން ވަރަށް އުފާވިިއެވެ. “ވަރަށް ބިރުން ހުރިހެން ހީވަނީ.. ދަތުރު ބަލިވެފަ ދޯ. ހިނގާ ކޮފީ ބޯން. ޕާންވެސް ހުންނާނެ. އީނާލް އަށް އެންމެ މީރު މަސްހުންޏާއި ރޮށި ވެސް ހުންނާނެ” ސަނާ ދައްތަ އަހަރެންގެ އަތުގައި ހިފުމުން އަހަރެންނައް ބަލާލެވުނީ ބައްޕައަށެވެ…… “އަރުޝަދު… އަހަރެންނައް ހުރެވޭކަށްނެތް. ތި ދެމަފިރިންގެ އަތް މައްޗައް އަހަރެން މި […]
“މަރުހަބާ ދަރިފުޅާ މިއަދު މަންމަ ވަރަށް އުފާވެއްޖެ….ތިދެކުދިންގެ ކައިވެނީގައި ބަރަކަތް ލައްވާށި”…. އަހަރެންގެ ބޮލުގައި ފިރުމާލަމުން އަހަރެންގެ މަންމަ ބުންޏެވެ. ބަދަލުގައި އަހަރެން ހީލީމެވެ. އެވަގުތު އަހަރެންގެ އެއްބަނޑުއެއްބަފާ ދެ އަންހެން ކޮއްކޮ ސަލާ އާއި ޒިލާ އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދި އަހަރެންގެ ފިރިހެން ކޮއްކޮ އަލާން ވެސް ބޮޑުވައި އިނގިލީގެ އިޝާރާތުން އޯލް ދަ ބެސްޓް އޭ ބުނެލިއެވެ. އަހަރެންނައް ބަލާލެވުނީ ކައިރީގައި ހުރި އަހަރެންގެ އަލަތު ފިރިމީހާ އަރޫން އާއި ދިމާލަށެވެ. އެވަގުތު […]
ފިޔަވަޅު ލޯބިވާ މައިންބަފައިންނާއި އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށް މާލެ ބަދަލުވީ ނަރސިން ދާއިރާއިން ލިބުނު ކޯހެއް ހެދުމަށެވެ. ކުރިމަގަށްޓަކައި ކުރެވުނު ފޮނިފޮނި ހުވަފެން ތަކެއްގައި ކުލަ ޖެއްސުމުގެ ހެޔޮ އަޒުމުގައެވެ. އަދި ހަތަރު އަހަރުގެ ޑިގްރީ ކޯސް ނިންމުމަށް ފަހު އަވަހަށް ގޮސް ރަށުގެ މީހުންނަށް ހިދުމަތް ކުރުމުގެ އުއްމީދުގައެވެ. ބޮޑު ގެއެއްގައި ތަނަވަސް ކޮޓަރިއެއް ދޫކޮށް ދެތިންހަތަރު ކުދިންނާއި އެކު ރޫމްއެއް ޝެއަރ ކޮއްގެން އުޅެވޭނެ ކަމުގެ ޔަގީން ކަމާއި އެކުއެވެ. ކޯހުގެ ފުރަތަމަ […]
*މިއީ ހަޤިޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.* މުޅި މާހައުލަށް ރަސްކަން ކުރަމުންދަނީ ރޭގަނޑުގެ ކަނު އަނދިރިކަމެވެ. މި ފުރަ މާލޭގެ މަގުތަށް ހަމަހިމޭންވެފައި ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު މުޅިފަޒާގައި ގުގުމާލިއެވެ. އަހަރެން މަގުގެ އެއްފަރާތުން ހިނގަމުންދިޔައިރު މިސްރާބު ހުރީ މިސްކިތާއި ދިމާއަށްށެވެ. އާދައިގެ މަތިން ފަތިސް ނަމާދު ކޮއްލައިގެން އަވަހަށް މަސައްކަތަށް ދިއުމަށްށެވެ. އަހަރެންނަކީ ބަންލަދޭޝް މީހަކީމެވެ. އަމިއްލަ އުފަންޤައުމު ދޫކޮށް ރާއްޖެއައީ މަސައްކަތެއްގެ ބޭނުމުގައެވެ. […]