މާގަނޑުން ވެހެމުންދިޔަ ފެންތައް އަހަރެންގެ ހަށިގަނޑުގައި ބީހިލުމަށްފަހު ފައިބައިގެން ދެއެވެ. ލޮލުން އައި ކަރުނަތައްވެސް އެ ފެނާ އެކުވެ ވަންހަނާވެގެން ދިޔައީއެވެ. ހުރިތާ ގަނޑުވެފައި ހުންނަން ޖެހުނީ އަހަންނަށެވެ. ކޮންމެ ދުވަހަކު އިރުއަރާ އޮއްސެއެވެ. އެތައްބައެއްގެ ހިތަށް އުފާވެރިކަން ގެނުވައިދީފައެވެ. ހަމަ އެފަދައިން އެތައް ބަޔަކު ހިތާމައިން ރޮއްވާފައެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް އަހަންނަށް އޮތް ގޮތަކީ ހަމަ އެކަނި ރުއިން ހެއްޔެވެ؟ ތަޤުދީރުގެ މި ކުޅިގަނޑު ހުއްޓޭނީ ކޮންދުވަހަކުން ބާއެވެ؟ އުސްގަނޑަކަށް ފަހު އަޑިގަނޑެއް އަންނަކަން […]
ނޯޓް: މިއީ ހަޤީޤީ ހާދިސާއެކެވެ. ހަނގުރާމަ ފެށުމުގެ ކުރީން އަހަރެންނާއި އަހަރެންގެ ޢާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. އެހެނަސް، ހަނގުރާމަ ފެށުމުން ތަދުމަޑުކަމުގެ ހިތި ރަހަ ލާން ފެށިއެވެ. ކާނޭ އެއްޗެއް ނެތްތާނގައި ބޯނޭ ފެންފޮދެއްހާ ހިސާބުވެސް ލިބެނީ ވަރަށް ޙާލުންނެވެ. އެލިބޭ މަދު ފެންފޮދުވެސް އަހަރެމެން ބޮނީ ކިހިނެއް ކަމަށް ހެއްޔެވެ؟ ތުންފަތުގައި ފެންފޮދެއް ހަމައެކަނި ހޭކޭ ވަރަށޭ ބުންޏަސް ދޮގަކަށް ނުމެވާނެއެވެ. މިހެން އުޅެނިކޮށް، އަހަންނަށް ޚަބަރު ލިބުނީ ވަރަށް ދުރު ހިސާބެއްގައި […]
” ހެޕީތަ؟ ވަރަށް އުފާވެރި ޚަބަރެއްދޭން ވެގެން މިގެނައީ؟” ބޮސް އެހެން ބުނުމުން އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ” އަޅުގަނޑު އުފާވާންޖެހޭ ކަމެއް ނޭނގެ. މިދުވަސްވަރު މިދަނީ މުޅިން ހިތާމަވެރި ޚަބަރު ލިބެމުން. އަޅުގަނޑަށް އޮތީ ކެތްކުރުން.” މަޑުމޮޅިކަން އެކުލެވިގެންވާ ރާގެއްގައި އަހަރެން ބުނީމެވެ. ” ތީ ވަރަށް ބޮޑު ތެދެއް. އަހަންނަށް މިވިޔަފާރީގައި މިހިސާބަށްވެސް އާދެވުނީ ތިބުނާ ކެތްތެރިކަން އިސްކޮށްގެން. ސަލާމް ތިބުނީ ދޮގެއްނޫން.” ބޮސްވެސް އަހަރެންގެ ވާހަކަޔާއި އެއްބަހެވެ. ” ޙަޤީޤަތުގައި ބޮސްމެންނަކަށް […]
” ހިނގާ ކޮފީއަކަށް.” އަވަސް އަވަހަށް އޭނާ ބުނެލިއެވެ. ” މާލަސްނުކޮށް އަންނަވާނެ. ހެނދުނު ދަރިފުޅު ސްކޫލަށް ގެންދަން ޖެހޭނެ. އޮފީހަށްވެސް ދާންޖެހޭނެ.” އަހަރެން ބުނީމެވެ. ” މައްސަލައެއް ނޯންނާނެ. ހިނގާ އަވަހަށް ދަމާ.” އަހަރެންގެ ސައިކަލް ފަހަތަށް ނަވީން އަރަމުން ބުނެލިއެވެ. އަހަންނާއި ނަވީން ދިޔައީ ހާބަރަށެވެ. މާ އަބޮޑު ތަނަކަށް ދިއުމަކީ އަހަންނަށް މުހިއްމު ކަމެއް ނޫނެވެ. އަހަރެން ދެކޭ ގޮތުގައި ކޮފީގެ ބޭނުމަކީ ޚިޔާލު ބަދަލުކޮށްލުމެވެ. ރައްޓެހިކަން ބަދަހި ކޮށްލުމެވެ. އެކަމަށް […]
ފޯން ނަގާ މީހަކަށް ގުޅާލަން އުޅުނު ތަނާހެން އައީ އެސް.އެމް.އެސް އެކެވެ. އެ. އެސް.އެމް.އެސް ކިޔާ ނިމުނު އިރު އަހަރެންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. “ I swear by the mercy and grace of Almighty Allah that I will never see you, hear from you and will never aid you, help you or corporate no matter whatever happens in the future […]
ގަޑިން ދަންވަރު ބާރަ ޖަހައިފިއެވެ. މުޅި ރަށް ވަނީ ހިމޭނ ވެފައެވެ. އެއްވެސް ގެއެއްގަ ބޮއްކެތް ދިއްލާފައެއްނެތެވެ. އެދުމަތީގައި ދެކޮޅު ދެކޮޅަށް ފުރޮޅެމުން ދިޔަ ހިންދުގެ ލޮލަކަށް ނިދީގެ ކަންފުޅެއްވެސް ނެތެވެ. ދެލޯ މަރާލަން ބޭނުން ނުވެފައި އޮތެވެ. ބަލާ މީހަކަށް އޭނާ އެދަނީ ވަރަށް ބޮޑުކަމަކާ ފިކުރުކުރަމުން ކަންއެގޭނެއެވެ. ދެލޯ ފުރި ބަންޑުންވާ ހޫނު ކަރުނަތަށް ބާލީހުގައި ބޮސް ދިނުމަށްފަހު ކަޝްފުވެއެވެ. މަޑުމަޑުން އަޑު ބޭރުވާން ފެށިއެވެ. އަގައިގެ މަތީ ދެއަތް އެޅީ އަޑު ބޭރުކުރަން […]
އަހަރެންގެ އުމުރުން މިހާރު 23 އަހަރެވެ. އަދި މިހުރީ ހުސްހަށިބަޔަށްށެވެ. އެކުގައި އުޅުނު ގިނަ ކުދިން މިހާރު މިހުންނާއި އިނދެ ދަރިން އެބަ ތިބެއެވެ. މީހަކާ އިންނަން ބޭނުމެވެ. އެކަމަކު އިންނަން ބޭނުން ވާ މީހާ ލިބެންނެތީއެވެ. އަހަރެންނާއި އޭނަ އާއި ދިމާވީ މީގެ ގާތް ގަޑަކަށް 6 ވަރަކަށް އަހަރު ކުރިން މިގް33 އިންނެވެ. އޭރު އަހަރެންގެ އުމުރުން 17 އަހަރެވެ. މިގް33 ޒަރިއްޔާއިން އޭނަ އާއި ވަރަށް ގިނަ ވާހަކަތައް ހިއްސާ ކުރީމެވެ. އޭގެ […]
“އަހަރެން މި ކައިވެނި ކުރީ ހަމައެކަނި އަހަރެންގެ ދަރިފުޅަށްޓަކައި. އަހަރެން އާނާ ދެކެ ލޮތްބެއް ނުވޭ” ސުޖާއު ބަސްތައް އިއްވާލީ ހުދުކުލައިގެ ކައިވެނި ހެދުމުގައި އިން އޭނާ ގެ އަބިމީހާ އަށްށެވެ. “އަހަރެންނަށް އޮޅިފައި އޮތް ކަމެއް ނޫން ތިއީކީ. އަހަރެންނަށް އޮތީ މަސައްކަތް ކުރުން. ކޮންމެވެސް ދުވަހަކުން ސުޖާއު ގެ ތި ނިންމުން ބަދަލުވާނެ.” އާނާ ގެ ހިތުގެ އަޑު ޖެހިލުމެއް ނެތި ހާމަ ކުރިއެވެ. އާނާ އަކީ ރަށު ސްކޫލް ޓީޗަރެއްގެ މާޤާމު އަދާ […]
“މިއީ ފުލޯކު ވާހަކައެއް ނޫނެވެ. ނުވަތަ ހިޔާލުގައި ކުރަހާލެވޭ މަންޒަރުތަކުގެ ތަފްޞީލެއްވެސް ނޫނެވެ. މިއީ އަހަރެންގެ ހިތުގައި ޖަހަމުންދާ ކޮންމެ ވިންދަކާއެކު މިހަށިން ދޫކޮށްލާ ކޮންމެ ނޭވާޔަކާއެކު މި ސިކުނޑިޔަށް ވެރިވާ އިޙްސާސްތަކެވެ. މިހިތުގައި އުފެދޭ ޝުއޫރުތަކެވެ. ލޯބިވާ އިންސާނާއާއި ދުރުގައި އުޅުމަކީ ނުހަނު އުދަނގޫކަމެއްކަން އެންމެނަށްވެސް އެނގެއެވެ. ހުދު އަހަރެންނަށްވެސް ދެނެހުރީމެވެ. ނަމަވެސް ލޯބިވާ އިންސާނާއާއެކު އުޅުމަކީ މިހާ ދަތި އުދަނގޫ އިޙްސާސްތަކެއް ހިތަށް ވެރިކުރުވާ ކަމެއްކަން މިއަދު ތަޖުރިބާ ކުރެވިއްޖެއެވެ. އެކަނި ވަގުތުތައް ހޭދަކުރަމެވެ. […]