Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އެ ހަނދާން – 2

Ushaali Level 710 Stories100 Comments100 Stories500 Comments
June 9, 2015 7 Mins Read
35 Comments

“ދަރިފުޅާ އީނާލް އެއީ އަރުޝަދުބެގެ އަންހެނުން ސަނާ ދައްތަ. ދަރިފުޅު މަންމަ ފަދައިން ހެޔޮ ވާނެ” ބައްޕަ އެހެން ބުނުމުން އަހަރެން ވަރަށް އުފާވިިއެވެ.

“ވަރަށް ބިރުން ހުރިހެން ހީވަނީ.. ދަތުރު ބަލިވެފަ ދޯ. ހިނގާ ކޮފީ ބޯން. ޕާންވެސް ހުންނާނެ. އީނާލް އަށް އެންމެ މީރު މަސްހުންޏާއި ރޮށި ވެސް ހުންނާނެ” ސަނާ ދައްތަ އަހަރެންގެ އަތުގައި ހިފުމުން އަހަރެންނައް ބަލާލެވުނީ ބައްޕައަށެވެ…… “އަރުޝަދު… އަހަރެންނައް ހުރެވޭކަށްނެތް. ތި ދެމަފިރިންގެ އަތް މައްޗައް އަހަރެން މި ދޫކޮށްލަނީ އަހަރެންގެ ދެލޮލުގެ ދެ ނޫރު. މި ދަރިފުޅައް އިހާނެތި ގޮތެއް ނުހަދާތި. މިގޭގައި މިމަންޖެ ހޭދަކުރާ ދުވަސްތަކުގައި އަރުޝަދުމެންގެ ދެމަފިރިން ހިތްހަމަނުޖެހޭ ކަމެއް ފެނިއްޖެނަމަ އަހަރެމެންގެ ޒަމާންވީ އެކުވެރިކަމަށްޓަކައި ނަމަވެސް އެދަރިފުޅައް މާފު ކޮށްދޭތި” ގޭ ދޮރާ ދިމާލައް ބައްޕަ ދާން ފެށުމުން އަހަރެން ދުވެފައިގޮސް ބައްޕަގެ އަތުގައިހިފީމެވެ. “ބައްޕަ ކޮންތާކައްދަނީ. ބައްޕަ ވެސް އުޅޭނީ މިގޭގައެއް ނޫންތަ. ބައްޕަ ދިޔައިމަ އަހަރެންކިހާ އެކަނިވާނެ”…. އަހަރެން ދެރަވީމަ ބައްޕަ ދެރަވާނެކަން އެނގޭއިރުވެސް އަހަރެން ބޭނުންވީ ބައްޕަ އެގޭގައި އަހަރެން ކައިރީގައި ހުންނާށެވެ. އަހަރެންނައް ހީލެވުނީ އަހަރެން އެއްކޮޅައް އަރުޝަދުބެ ވެސް ހުރީމައެވެ.

“ބައްޕަ ދާނީ ބޯޓައް. ވަރަށް ބައިވަރު މަސައްކަތް ވެސް ހުންނާނެ. އެކަމަކު ބައްޕަ ގިނަގިނައިން މިގެއަށް އަންނާނަން. މިފަހަރު ބޯޓުވެސް ރަށައް ދާނީ ތަންކޮޅެއް ފަހުން. އެހެންވީމަ އަވަހަށް ގޮސް މަސައްކަތް ނިންމާފަ އަވަހައް އާދެވޭނެ. ދަރިފުޅު ފޫހިފިލުވަން މިގޭގަ އަދި އެކަކު ހުންނާނެ”…..

ހެވަންރޫންގޭގައި އަހަރެން ބީރައްޓެއްސެއްހެން އުޅުނަސް މަޑުމަޑުން އެގެއަށް ހޭނެން ފެށިއެވެ. އެ ގެއަށް އައިފަހުން އަހަރެންނައް އާ ރައްޓެއްސެއް ވެސް ލިބިއްޖެއެވެ. އަރުޝަދުބެއާއި ސަނާ ދައްތަގެ ދަރިފުޅު އަރޫން އެދެމަފިރިންހާ ހެޔޮ ވެފާ ރައްޓެއްސެވެ. ފުރަތަމަ ތިން ދުވަހު އަރޫން އަށް އަހަރެން ފިލައިގެން އުޅުނީ ލަދުންނެވެ. އެކަމަކު ކޮންމެފަހަރަކުވެސް އަރޫން އިސްވެ ވާހަކަ ދައްކަން ފެށުމުން އަހަރެންގެ ހިތުގައި އަރޫން އާއި ދޭތެރެއޮތް ދުރުކަން ކެނޑި ވާހަކަދެކެވެން ފެށުނެވެ. އަހަރެންގެ އައިޑީކާރޑް ހެއްދުމުގެ ކަންތަކުގައި އެންމެ ގިނައިން އުޅުނީވެސް އަރޫންއެވެ. ކޮންމެ ދުވަހަކު ނާދެވުނަސް ބައްޕަވެސް އަހަރެންނާއި ބައްދަލްކުރަން އެގެއަށް އައިސް ހަދައެވެ. އެ ދުވަސްތަކުގައި ބައްޕަ އެނބުރިދަނީ އަހަރެންގެ އުފާވެރިކަން ފެނި ހިތްހަމަޖެހިގެން ހުރެއެވެ. އަރުޝަދުބެ އާއި ސަނާ ދައްތަގެ އެދުމުގެ މަތިން އަރޫން އަހަރެން ގޮވައިގެން ފިލްމު ބަލަން ދިޔުމާއި ހިނގާލަން ދިޔުމާއި އައިސްކްރީމް ބޯން ދާން ފެށިއެވެ. ސަނާދައްތަމެން އަހަރެންނައް އެންމެ ޖޯކް ޖެހީ އަރޫްންއާއެކު ބޭރަށް ދާން އޮތް ދުވަހެއްގައި އަހަރެން ބައްޕަ ކައިރީގައި ހުއްދަ ހޯދީމައެވެ. ދުވާލަކު އެއްފަހަރު ރަށު ބޫތައް ގުޅައިގެން އަހަރެން މަންމައާއި ކޮއްކޮމެންނާއި ވާހަކަދައްކާ ހަދަނީ އަރޫންގެ ފޯނުންނެވެ. ރަށުގެ ފޯނުބޫތާއި އެންމެ ކައިރީގައި އަހަރެމެން ގެ ހުރުން އެއީ ނަސީބެކޭ އަހަރެން ހިތައް އެރިއެވެ.

“މަންމާ…އުމަރުބެ ކައިރީގައި ބުނަންވީނުން އީން އެއްކޮށް މިގޭގަ ބަހައްޓަދޭށޭ”…. އެއްދުވަހެއްގެ ރޭގަނޑު ކެއުމުގައި އިނދެ އަރޫން ސަނާދައްތަ ކައިރީގައި ބުންޏެވެ. އަހަރެން އެންމެ ހައިރާންވީ އަރޫން އަހަރެންނައް އެހާ ލޯބި ނަމެއް ދިނީމައެވެ.

“ދަރިފުޅާ އީނާލް ވެސް ކިޔެވުން ނިމެނީނުން. ބައްޕަ އޮތީ މާކުރިންވެސް އުމަރުބެއާއި ވާހަކަދައްކާފަ އީނާލް ކިޔަވާ ނިމުމުން މިގެއަށް ގެންނަން” ސަނާދައްތަ އެހެންބުނުމުން އަރޫން އަހަރެންނައް ބަލާލަފަ ހީލިއެވެ. އަހަރެންވެސް ހީލީމެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ސްކޫލްތައް ހުޅުވެން ހަފްތާއަކައް ވުމުން ރަށައް ދިޔުމައްޓަކައި އަހަރެން ދަތުރައް ތައްޔާރުވާން ފެށީމެވެ. ފުރަން ހަމަޖެހިފައިއޮތް ދުވަސްނޫން އަނެއްދުވަހު އަރޫން އާއި ސަނާދައްތަ އަހަރެން ގޮވައިގެން ޝޮޕިންގްއަށް ދިޔައެވެ. އެތައް ބައިވަރު ހެދުމާއި ރީތިވާ ސާމާނާއި ކިޔަވަންބޭނުންވާ ސަމާނު އަހަރެންނައް ހަމަކޮށްދިނީ ސަނާ ދައްތައެވެ. އަރޫންގެ ފަރާތުން އަހަރެންނައް ބައެއް ޕާސްޕޭޕަރ ވެސް ލިބުނީ އަހަރެން އެކަމައް ނުވެސް އެދި ހުއްޓައެވެ. އަހަރެން ފުރުވަން އަރުޝަދުބެއާއި ސަނާދައްތަގެ އިތުރުން އަރޫން ވެސް އައިސްތިއްބެވެ. އަހަރެން އަރޫން އާއި ސަލާން ކޮށްލި ވަގުތު އަރޫން އަހަރެންގެ ފިނިވެފައިވާ އަތްތިލައަށް ފިތާލިއެވެ. އަހަރެން އިސް އުފުލާ އަރޫން އަށް ބަލާލުމުން އެއްލޯމަރާލި ގޮތުން ވަރަށް ލަދުގަތެވެ. ޢަރުޝަދުބެއާއި ސަނާދައްތަ ވެސް އަހަރެންގެ ބޮލުގައި ފިރުމާލާފައި އަދި އަވަހައް އަންނަންވާނޭ ބުނީ ނިކަން ލޯބިންނެވެ.

ބޯއްޓައް އެރިއްސުރެ ފެށިގެން އަހަރެންނައް ފާހަގަކުރެވުނު ކަމަކީ ބައްޕަ ވަރަށް މާޔޫސްވެފައި ހުރިކަމެވެ. އަހަރެން އަހާލުމުން އެއްވެސް ކަމެއް ނުވެއޭ ބުނެ ވާހަކަ އޮޅުވާލި ގޮތުން ބައްޕަ ކޮންމެވެސް ކަމެއް ސިއްރު ކުރާކަން އަހަރެންނައް އެނގުނެވެ. އަހަރެން ހިތްހަމަޖައްސާލީ ރަށައް ދެވުމުން އެކަންވެސް އެނގޭނެޔޭ ހިތާއެވެ. ހިތްހަމަޖެހުމާއެކު އަހަރެން ދެލޯ މަރާލީ ދެލޮލައް ބަރުވާން ފެށުމުންނެވެ. މާލެއަށް މިކުރެވުނު ދަތުރުގައި އަހަރެންނައް އެނގުނު އެއްޗަކީ ނިކަމެތި މީހާއަށް ގަދަރުކުރާ އެމީހާގެ އިހްސާސްތައް ދެނެގަންނަ އެކަކު ހުރެދާނެއޭ ބައްޕަ އެ ބުނިބުނުން އެއީ ވަރަށް ބޮޑު ތެދެއްކަމެވެ…… މަންމައަށް އަހަރެން ފެނުމާއެކު މަގޭ ދަރިފުޅާއޭ ކިޔާ އަހަރެން ގައިގާ ވަރަށް ބާރަށް ބައްދާލިއެވެ. ކޮއްކޮމެންވެސް ހީވަނީ އުފަލުން އެހެން ކަމެއްހެންނެވެ.

ބައްޕަގެ ދަބަސް ކޮޓަރީގައި ބެހެއްޓުމާއެކު ކޮއްކޮމެން އެ ދަބަސް ހާވަން ފެށީ ވަކިލާރި ހޯދުމަށެވެ. އެމީހުން ބޭނުންވާ ވަރަށް ވަކިލާރި ލިބުމާއެކު އަލާން ކުރީގައި ހުރެގެން ގެއިން ނިކުތުމައް ދުއްވައިގަތީ ކީއްކުރަންކަން އަހަރެންނައް އެނގެއެވެ. އަހަރެން ކޮއްކޮމެންނައް ގެނައި ހަދިޔާ އެމީހުންނައް ހަވާލުކުރީ ހަވީރު ސައި ބޯން އިނދެއެވެ. ސާއްކޮ އާއި ޒީއްކޮ އަށް ގެނެސްދިނީ ރަތްކުލައިގެ ސްކާރޓަކާއި ގަމީސްކޮޅަކާއި ހަމަ އެކުލައިގެ ބޮލުގަޖަހާ ދައްޗަކާއި ބޫޓެކެވެ. އަލާން އަށް ވެސް ސޯޓްބުރިއަކާއި ގަމީހެކެވެ. އަދި އަރުޝަދުބެއާއި ސަނާދައްތަ ވެސް މަންމަ އާއި ބައްޕައަށް ވަރަށް ބައިވަރު ހަދިޔާ ދިނެވެ. އެ ދެމަފިރިންގެ ހެޔޮ ކަން ފެނި މަންމަ ވެސް ހުރީ އަޖައިބު ވެފައެވެ. ކުއްލިއަކައް އަރޫން މަތިން ހަނދާންވެ އަހަރެންނައް ހިނިތުންވެލެވުނެވެ. މަންމައާއި ދިމާލައް ބަލާލެވުނީ އަރޫންގެ ވާހަކަ މަންމަ އަށް ކިޔައިދެންވީ ކަމަށް ހިތާއެވެ. ނަމަވެސް ފަސް ޖެހެވުނީ މަންމަ ހިތައް އަރާފާނެ އެއްޗެއް ނޭނގޭތީއެވެ.

އެރޭ ނިދަން އޮވެފައި އަހަރެންނައް ހޭލެވުނީ ވަރަށްބޮޑަށްް ފާހާނާއަށް ދާން ޖެހިގެންނެވެ. އެހެންނަމަވެސް އަހަރެންގެ ފިޔަވަޅުތަކައް ހުއްޓުމެއް އައީ މަންމަ އާއި ބައްޕަ ދައްކަމުންދިޔަ ވާހަކަ އަޑުއިވިފައެވެ. އެވަގުތު އަހަރެންގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ހުރި ފިޔަވަޅުމަތީގައި ހުރެ ކުރިއަށް ފިޔަވަޅު އަޅަން ފެށުނީ އެވާހަކަތައް އަޑުއިވޭ ހިސާބުގައި އަހަރެން ހުރިކަން މަންމަ އާއި ބައްޕައަށް އަންގާދިނުމުގެ ގޮތުންނެވެ. މަންމަ އާއި ބައްޕަ ދެއްކީ ސާއްކޮ އާއި ޒީއްކޮގެ ސްކޫލް ފޮތްތައް ނުލިބުނު ވާހަކައެވެ. އަލާން އަށް ވެސް ސްކޫލް އެއްޗެހި ހަމަނުވި ވާހަކައެވެ. ބޯޓު ބޮޑު މީހާއާއި ޖެހުނު މައްސަލައެއްގައި ޒުވާބުކޮށް އެ ބޯޓުން ފޭބި ވާހަކައެވެ.

“ބައްޕާ…. މަންމާ” ރޮވިފައިވާ އަޑަކުން އަހަރެންނައް މަންމަ އާއި ބައްޕަ އަށް ގޮވާލެވުނެވެ. “ކޮއްކޮމެން ސްކޫލައް ނުދަންޏާ އަހަރެން ވެސް ނުދާނަން ސްކޫލަކައް” މަންމަ އާއި ބައްޕަ ދެއްކި ވާހަކަ އަހަރެންނައް އަޑު އިވުނުކަން އެނގުމުން މަންމަ ބައްޕަ އާއި ދިމާލައް ބަލާލިއެވެ. ކޮޓަރިތެރޭގައި ހުރި ފަތްޖެހިއެނދެއްގައި މަންމަ އާއި ބައްޕަ އިށީނދެގެން އިންއިރު އަހަރެން އިށީނީ މަންމަ އާއި ބައްޕަގެ ދެމެދުގައެވެ.

“ނޫން ދަރިފުޅާ މި މަންމަ އާއި ބައްޕަގެ ހުރިހާވެސް އުންމީދަކީތީ. މީ ދަރިފުޅުގެ އެންމެފަހު އަހަރު. ދަރިފުޅު ސްކޫލައް ދާންވާނެ. ދަރިފުޅު ބުނީމެއްނު މަންމައާއި ބައްޕަ ފަހްރުވެރިވާފަދަ ވަނައެއް ހޯދާނަމޭ” މަންމަ ރޮމުން ވާހަކަދައްކަމުން ދިޔައިރު ބައްޕަ އިނީ އިސްޖެހިފައެވެ. “އެކަމަކު މަންމާ.. ކޮއްކޮމެން ހާދަ ދެރަވާނޭ. އަހަރެން މިފަހަރު ސަނާދައްތަމެން ގެއިން ކޮއްކޮމެންގެ ނަންކޮޅު ވެސް އެމީހުން އެންމެ ބޭނުންވާ ގޮތައް ނިންމައިގެން އައީ. އެހެންނޫނަސް ޕްރިފެކްޓެއް ގޮތައް އަހަރެން ހުންނަތާ ތިން އަހަރު ވިޔަސް މިފަހަރު އަލާން ވެސް މީ ޕްރިފެކްޓެއް ގޮތުގަ ސްކޫލައް ދާނެ ފުރަތަމަ އަހަރު. އަނެއްކޮޅުން ސާއްކޮ އާއި ޒީއްކޮ މުޅިން އަލައް ސްކޫލައް ދެވޭތީ ނުލާހިކު އުފަލުން ތިބީ. މިރޭވެސް ނިދަން އަރާ ތިބެ އަލާން ކައިރީގައި ކިޔާ އަޑުއިވޭ މިފަަހަރު އެމީހުންވެސް ދާނީ ދޮންބެއާއި ދައްތިއާއެކު ބޮޑު ސްކޫލަށޭ” އަހަރެން މިހެން ބުނުމުން ބައްޕަ ތެދުވެގެން ގޮސް ކޮޓރީގެ ދޮރުކަނީގައި އެއް އަތް ވިއްދައިގެން އަހަރެންނާއި މަންމައަށް ފުރަގަސް ދީގެން ހުއްޓުނެވެ. އަހަރެން ގޮސް ބައްޕައާއި ދާދި ކައިރީގައި ހުއްޓުމުން ބައްޕަ އަހަރެންނައް ބަލާލުމައްފަހު އަހަރެންނައް ވިސްނައިދިނީ މާތްﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު ކަމަށާއި ، ހުރިހާ ކަމެއްވެސް އެންމެ ގާތުން ދެކެ އަދި ދެނެ ވޮޑިގެންވަނީ އެކަލާނގެ ކަމެވެ. އަދި ކޮންމެ ކަމެއްވެސް މެދިވެރިވާނީ އޭގެ ފަހަތުގައި ރަނގަޅު ކޮންމެވެސް ސަބަބެއް އޮތުމުން ކަމުގައި ބުންޏެވެ. ފަގީރުންނަކީ މުއްސަނދިންގެ އަޅެއް ނޫންކަމަށާއި ދިރިއުޅުމަކީ އިމްތިހާނެއް ކަމެވެ. ކަމެއް ކުރިމަތިވާއިރަށް މާޔޫސްވެ ކަރުއެލުވާލުމުގެ ބަދަލުގައި ހިތްވަރާއެކު އެކަމަކާއި ކުރިމަތިލާން ޖެހޭނެކަމެވެ. ގޮތް ހުސްވާނީ މަރުވުން ކަމަށާއި ، އެއްދޮރު ބަންދުވިއްޔާ އަނެއްދޮރު ހުޅުވޭނެ ކަމެވެ. އެގޮތުން ބައްޕައަށް ވެސް ގޮތެއް ފެނިއްޖެ ކަމަށާއި އިރާދަކުރެވިއްޔާ ކުރިއަށް އޮތް ތަނުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުވާނެކަގައި ބައްޕަ ބުންޏެވެ. މިރޭ އިޝާ ނަމާދު ކޮށްގެން ބައްޕަ މަސައްކަތްކުރި ބޯޓުގެ ބޮޑުމީހާގެ ގެއަށް ދިޔައީ ފާއިތުވި ތިން ހަފްތާގައި ކުރި ތިން ދަތުރުގެ ލާރިބަލާ ކަމަށާއި އަދި އެކުގައި މުދިންބެވެސް ދިޔަ ކަމުގައި ބުންޏެވެ. ނަމަވެސް އަންނަން ޖެހުނީ ހުސްއަތާ ކަމުގައެވެ. ބޯޢްޓު ބޮޑުމީހާ ބުނާގޮތުން ވިއްޔާ ލާރި ހައްގުވާވަރަށް ބައްޕަ އަށް މަސައްކަތެއް ނުކުރެވެއެވެ. މުދިންބެ އެދުނީ މުދިންބެ ދޯނިން މާދަމާއިން ފެށިގެން މަހަށް ދާން ފަށަންވީކަމުގައި ބައްޕަ ބުންޏެވެ. ތަނަވަސްކަން ދެއްވާ ފަރާތުން އެ ނިގުޅައިގަތުމުގެ ބާރު ހަމަ އެފަރާތައް ލިބިގެން ވާކަން އެކަހަލަ ބޮޑާ މީހުންނައް ނުވިސްނޭނެ ކަމުގައި މުދިންބެ ބައްޕަ ގާތުގައި ބުނިކަަމަށް ބައްޕަ ބުންޏެވެ. ވީއުފަލުން އަހަރެންނައް ބައްޕަ އަތުގައި ބައްދާލެވުމުން ދުރުގައި ހުރި މަންމަ ވެސް އައިސް ފަހަތުން އަހަރެން ގައިގާ ބައްދާލިއެވެ.

 އަހަރެންނައް ހިނިތުންވެލެވުނީ މުދިންބެ ގޯތި މަސްދޯންޏަކީ މަސްވެރިކަން ކުރުމުގައި ރަށުގައި އެންމެ ކުރީގައި އުޅޭ ދޯނި ކަމުގައި މީހުން ބުނާ އަޑުއިވޭތީ އާއި ކުރިއަށް އޮތް ތަނުގައި ބައްޕައަށް ވަރަށް ލާރި ލިބޭނޭ ހިތައް އެރުމުންނެވެ. ނަމަވެސް ހަމަ އެހިނދުކޮޅުގައި އެ ހިނިތުންވުން ފިލައިގެން ދިޔައީ ކޮއްކޮމެންނައް ސްކޫލައް ނުދެވޭނެކަން އެނގުމުން އެކުދިން ދެރަވާނެވަރު ހިތައް އެރުމުންނެވެ. އަދި އަހަރެެމެން ނިކަމެތިިންނާއި ދޭތެރެ އެހާ އިހާނެތިކޮށް ކަންތައްކުރި އެ ބޯޓު ބޮޑު މީހާއަށް މިދުނިޔެމަތީގައި އެކަން ދެއްކެވުމައް އެދި ދުޢާ ކޮށްލެވުނެވެ. އަދި އަހަރެމެންގެ ހައްގު އަހަރެމެންނައް ލިބޭނޭ ދުވަހެއް އަންނާނެކަން އެމީހާއަށް ނޭނގެނީހޭ ހިތައް އެރުމުން ހިތާހިތުން އެމީހާއަށް މަލާމާތްވެސް ކޮށްލެވުނެވެ.

ޖެހިގެން އައި އާދީއްތަ ދުވަހު ސްކޫލައް ނުދެވުނު ސަބަބު އަލާން އަށް ވިސްނުނަސް ސާއްކޮ އާއި ޒީއްކޮއަށް ނުވިސްނުމުން އެހެންކުދިން ސްކޫލައް ދާ މަންޒަރު ބަލަން ގޭ ދޮރުމަތީގައި ދެކުދިން ތިބީ ތުންފިއްތާލައިގެންނެވެ. ސާއްކޮއަށް ރޮވިފައިހުރިއިރު ޒީއްކޮވެސް ހުރީ ހަމަ އެހާލުގައެވެ. މަންޒަރު ފެނުނު މީޙަކު ހިތްފަޅައިގެންދާ ވަރު ވާނެކަން ޔަގީނެވެ. އަހަރެން ސްކޫލައްދާން ތައްޔާރުވެގެން ކޮޓަރިން ނިކުތް އިރު ފަތްޖެހިއެނދުގައި ބޯމައްޗައް އެތް އަތް ލައިގެން އޮށޯވެގެން އަލާން އޮތް ގޮތުން އަހަރެންވެސް ވަރަށް ދެރަވިއެވެ. ގޭ ދޮރުމަތީގައި ތިބި ސާއްކޮ އާއި ޒީއްކޮ ގޭތެރެއަށް ވައްދާ ޗޮކްލެޓެއްދީ ހައްދާލީމެވެ. އަދި ދެކުދިންނައް ވަކިވަކިން ދޮނެއް ދިނުމައްފަހު ސްކޫލައް ދިޔުމައް އަހަރެން ގެއަށް ނިކުމެގެން ދިޔައިރު އަހަރެންގެ ހިތް އޮތީ ރޮއެލަރޮއެލައެވެ.

މުދިންބެ ދޯނިން ބައްޕަ މަހަށްދާން ފެށިތާ ދެ ހަފްތާވީއިރު އެ ދޯނީގެ މަސްވެރިކަން ރަނގަޅުކަމުން ބައްޕައަށް އެއްފަހަރާ ފަސް ހާސް ރުފިޔާ ލިބުނެވެ. އެއީ އެހާ ބައިވަރު ލާރި އެއްތަނަކުން ފެނުނު ފުރަތަމަ ފަހަރުކަމުން އަހަރެންހުރީ ހުޅުވުނު އަނގަ ލައްޕަން ނޭނގިފައެވެ. އިސާހިތަކު ކޮއްކޮމެންގެ ސްކޫލް ކަންތައް ހަމައަކައް އެޅި ސްކޫލައް ދެވޭ ވަރު ވިއެވެ. ކުޑަ ދެމީހުން އެއްތާކު ދެފައި ހަރުނުލައެވެ. އެކަކު އަނެކަކުގެ ފަންސޫރު ، ފުހާ ރަބަރު ، ތުނޑުޖަހާދަތި ހިފައިގެން އެމީހުންގެ ކުދި ދަތްތައް ފެންނަ ވަރަށް ހީލައިގެން ތިބިއިރު އަހަރެންގެ ހިތައް ބުނެދޭން ނޭނގޭ ހިތްމަޖެހުމެއް ލިބިގެންދިޔައެވެ. އަލާން އަށް ވެސް ގެއްލިފައިހުރި ބައެއް ފިލާވަޅުތައް ޓީޗަރުންނާއި އަދި އެ ގްރޭޑުގެ ބައެއް ކުދިންނާއި ވާހަކަ ދައްކައިގެން އަހަރެން ހޯދަދިނީމެވެ.

ދުވަހަކީ ފެބްރުއަރީ މަހުގެ ބާރަ ވަނަ ދުވަހެވެ. އެއީ އަހަރެންގެ ސޯޅަވަނަ އުފަންދުވަހެވެ. އަހަރެމެންގެ ކުޑަ އާއިލާ ތިބީ ހަވީރުގެ ސަޔައް އިންސާފުކުރާށެވެ. ކުޑަދެބެންގެ ފަރާތުން ބާރތްޑޭ ކާރޑްއެއް ލިބުނުއިރު އަހަރެން ހިނިއައީ އެކާރޑްގައި ހުރި އެމީހުންގެ އަތު ކުރެހުން ފެނިފައެވެ. އަދި އަހަރެން ކައިރިއަށް އެންމެ ހިނިއައީ އަލާން އަހަރެންނައް ދިން ހަދިޔާ ފެނުމުންނެވެ. ގެއާއި އެންމެ ދުރު ހިސާބުގައި ހުންނަ ހޮޓަލުން އަހަރެންނައް ބަޖިޔާ ގެނެސްދިީފައި ހުރުމުންނެވެ. އަލާން ގެނެސްދިން ހަދިޔާ ފެނުމުން އަހަރެންނައް ހީލެވުމުން މަންމަ އާއި ބައްޕަވެސް ހީލިއެވެ. މަންމަ އާއި ބައްޕަގެ ފަރާތުން އަހަރެންނައް ލިބުނީ ތަޅުދަނޑިއެކެވެ. އޭގެއާއި ބެހޭގޮތުން އަހަރެން ބައްޕާއާއި ސުވާލުކުރުމުން ބައްޕަ ބުނީ މިހާރު އަހަރެމެން ނިދާ ކޮޓަރިއާއި އިންވެގެން ހުރި ކައްކާ ކޮޓަރީގެ ކުރިމައްޗައް ހުރި ކޮޓަރި އެއީ އަހަރެންނައް ހާއްސަ ކޮޓަރިކަމުގައެވެ. އެ ކޮޓަރީގައި ސިންގަލް ބެޑެއް ހުންނާނެ ކަމަށާއި ކުޑަ އަލަމާރިއަކާއި ފޮތްކިޔާ މޭޒަކާއި ގޮނޑިއެއް ހުންނާނެ ކަމުގައި ބައްޕަ ބުންޏެވެ. އަދި ކޮޓަރިއާ އެއްކޮށް ފާހާނާ ވެސް ހުންނާނެ ކަމުގައި ބައްޕަ ބުންޏެވެ. އަހަރެން އެ ކޮޓަރި ދޮރު ހުޅުވައިގެން ބެލިއިރު ކޮޓަރީގެ ފާރުގައިވެސް ހުރީ އަހަރެންނައް އެންމެ ރީތި ފިޔާތޮށި ކުލައެވެ. އަހަރެން ހަނދާންވީ މިދިޔަ ދުވަސްތަކު މީހަކު ގެނެސްގެން ބައްޕަ އެ ކޮޓަރީގެ ބައެއް ތަންތަން މަރާމާތު ކުރިއިރު އަހަރެން ސުވާލު ކުރުމުން އެއީ ބޭނުމެއް ޖެހިދާނެކަމަށް މަރާމާތުކުރާ ކޮޓަރިއެއް ކަމަށް ބުނެ އެ ކޮޓަރީގެ ފާރުގައި ލާނެ ކުލަވެސް އަހަރެން ކައިރީގައި އެހި ހަނދާނެވެ. މަންމައާއި ބައްޕަ އަހަރެންދެކެވާ ލޯބި ފެނުމުން އަހަރެންނައް އުފަލުން ރޮވުނެވެ. އަހަރެންގެ އެދުމުގެ މަތިން މަންމާ އާއި ބައްޕަ އެއްބަސްވީ ކޮންމެރެއަކު ސާއްކޮ އާއި ޒީއްކޮ އަހަރެން ކައިރީގައި ނިންދެވުމަށެވެ.

އެރޭ ރޭގަނޑު ކާން އިނދެ ބައްޕަ އަހަރެން ކައިރީގައި ބުނީ އަހަރެންގެ ކޮޓަރީގައި ހުރި އަލަމާރީގެ ކުޑަ ވަތްގަނޑު ތެރޭގައި އަދި އެއް ހަދިޔާ އޮންނާނެ ކަމަށެވެ. ކައިގެން ގޮސް އެންމެ ފުރަތަމަ އަހަރެން ފާހާނާ އަށް ވަދެ ގައި ދޮވެލައިގެން ނިކުމެ ފޮތްކިޔާން ތައްޔާރު ވެލީމެވެ. މެންދުރުފަހު ސްކޫލުން އައިސް ހަދަން ޖެހޭ ހުރިހާ ހޯމްވޯރކްތައް ނިންމާތީ ރޭގަނޑުގެ ވަގުތު ތަކުގައި ދީފައި ހުންނަ ފިލާވަޅުތައް މުޠޯލިއާ ކުރުމުގައި އަހަރެން ހޭދަ ކުރަމެވެ. އަދި ކޮއްކޮމެންނަށް ފިލާވަޅުތައް ބުނެދީ ހަދަމެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ ބައްޕަ ބުނި ހަދިޔާ މަތިންނެވެ. ދުވެލާފައި ގޮސް އަހަރެން އެ ވަތްގަނޑު ހުޅުވާލިއިރު ސިލްވަރ ކުލައިގެ ގަނޑަކުން ޕާރުސަލް ކޮށްފައި އިން ގިފްޓެއް އޮތެވެ. މަންމަ އާއި ބައްޕަ މިފަހަރު މިދިނީ ކޯއްޗެއް ބާވައޭ ހިތާ އެނދައް އަރާ އަހަރެން އެނަގާ ކަނޑާލީމެވެ. އެންމެފަހުގެ މަޝްހޫރު މޯބައިލް ފޯނެއް ފެނުމުން މަންމަ އާއި ބައްޕަ މިވަރުގެ އަގުބޮޑު އެއްޗެއް އަހަރެންނައް ދިނީ ކީއްވެބާއޭ ހިތައް އެރިއެވެ. ފޯނުލާފައި އޮތް ފޮށި ތެރޭގައި އޮތް ކާރޑް އަހަރެންނައް ފެނުމުން އެނަގާ ބަލާލި އިރު “ހެޕީ ބާރތް ޑޭ އީން” ޖަހާފައި އޮށްވާ ފެނުމުން އެންމެ ފުރަތަމަވެސް އެއީ އަރޫންގެ ކަމެއްކަން އެނގުނެވެ. އަހަރެން ފޯނައް ބަލާލީމެވެ. އަދި ފޯނު އޮން ކޮށްލުމާއެކު މެސެޖްތަކެއް އަންނަން ފެށިއެވެ. އަރޫން ޖަހާފައި އިން ނަމުން އަންނަމުންދިޔަ މެސެޖްތައް އަހަރެން ކިޔާލީމެވެ. އަހަރންގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުން އަރޫން އަހަރެންނައް މިދިން ހަދިޔާ ވަރަށް ކަމުދިޔައެވެ. އެކަމަކު ވިސްނަމުން ދިޔައީ މަންމަ އާއި ބައްޕަ ސުވާލުކޮށްފިއްޔާ ދޭނެ ޖަވާބެއް އަހަރެންނައް ނޭނގޭތީއެވެ. ކުއްލިއަކައް އަހަރެން . ސިއްސައިގެންދިޔައީ ކޮޓަރީގެ ދޮރުހުޅުވާލާފައި ވަން މަންމަ އާއި ބައްޕަ ފެނުމުންނެވެ.

ނުނިމޭ

Share Article

Follow Me Written By

Ushaali

Level 710 Stories100 Comments100 Stories500 Comments

Other Articles

Previous

ކަޅު ފިނިފެންމާ… 17 ވަނަ ބައި (ފަހު ބައި)

Next

ރަޙީން

Next
June 10, 2015

ރަޙީން

Previews
June 8, 2015

ކަޅު ފިނިފެންމާ… 17 ވަނަ ބައި (ފަހު ބައި)

35 Comments!

  1. kudoo says:
    June 9, 2015 at 3:21 am

    Vaahaka v reethi……kudoo v gina vaahaka kiyan bt cmnt eh kuraa fst time mee mi part ga himanaafai va ibaraai kolhu v furihama adhi b meaning full….

  2. kudoo says:
    June 9, 2015 at 3:21 am

    Vaahaka v reethi……kudoo v gina vaahaka kiyan bt cmnt eh kuraa fst time mee mi part ga himanaafai va ibaraai kolhu v furihama adhi b meaning full….

  3. nihaa says:
    June 9, 2015 at 7:10 am

    Nice….

  4. shiaa says:
    June 9, 2015 at 9:26 am

    vvvvv reethi ingey mi part wex ushaali . plx avahah up koh dhyba. ehen noony kiyun therin fuuhi vedhaaneeh nu. BTW when next part . GOD LUCK . KEEP GOING

  5. Jenny says:
    June 9, 2015 at 10:13 am

    Vvvvvv nice mi. Part vzzz plzz update soon dear..

  6. nishy says:
    June 9, 2015 at 10:28 am

    Vvvvvvv reeethi Mi vaaahaka

  7. friend says:
    June 9, 2015 at 11:14 am

    Varah salhi

  8. zuha says:
    June 9, 2015 at 11:58 am

    Varah asaru kuri mi part kiyafa. Vaahaka varah reethi

  9. naff says:
    June 9, 2015 at 12:07 pm

    V reethi

  10. ifaa says:
    June 9, 2015 at 12:20 pm

    Mi part vex v v v v reethi.. Dhen anna part vex v nice vaane kamah ummeedhu kuran.. Best of luck 🙂

  11. shiaa says:
    June 9, 2015 at 12:24 pm

    🙂 alhe february 13 ah hadhaali nama . its my birthday. he he he he

  12. nnnnn says:
    June 9, 2015 at 2:09 pm

    nice

  13. Fan of storys says:
    June 9, 2015 at 2:35 pm

    Hoody example Akah nagaigen ushaali ves avahah story ge remaining part thah mi ah Vure dhigu koh up kuraane kamah hope kuran. BTW story is v.nice

  14. shiaa says:
    June 9, 2015 at 2:49 pm

    🙂 sorry god luck eh noo ingey. good luck

  15. ushaali says:
    June 9, 2015 at 3:27 pm

    Thnk you very much lovely ppl… ☺ v avahah up koh dheynan… insha allah…

  16. neem says:
    June 9, 2015 at 4:06 pm

    Vaahaka haadha reecheyy.. maasha allah
    Waiting 4 yhe nxt prt..
    Avahah up khdhehhey, plxxx

  17. shiaa says:
    June 9, 2015 at 6:14 pm

    kon iraku kan bune vi dhaane tha? USHAALI

  18. Jenny says:
    June 9, 2015 at 7:37 pm

    Mi site ga hoody. ekani. Dhw fast koh story kiyuntherin naai hisaaabah genes dheny….

  19. raya says:
    June 9, 2015 at 9:50 pm

    E eyee hama thi kahala adi nubai kiyuntheringe sababun mii sitega vaahaka up kuraahitheh nuvaane ehves liyuntheriaku.ma vaa salaam . Umeedh kuran ushaali ah vaahaka huttalan jehy varu nukuraane kamah.

  20. Jenny says:
    June 9, 2015 at 9:56 pm

    Aslu raaya bunan tha rangalhu vaahaka eh..aslu raaya aka neynge when myhun liyaahen reethi koh story liyakah..

  21. Jenny says:
    June 9, 2015 at 9:58 pm

    Ehen. Myhun ngey

  22. shiaa says:
    June 9, 2015 at 10:00 pm

    so that means, raya esfiya site ah story liyun huttaaly negetive comments maa ginain libei thyey dho? e kamu negetive comment ah nubalaa story liye nimaalaba . eyrun thimaa ah kurierun libeyny . plx luunaa story up koh dhy nimaalaba. varah reethi e story ge 2 vana bai

  23. makunudhoo nizar says:
    June 9, 2015 at 10:04 pm

    Raya thibunee thedhe mi meehunakah noon egeynee liyaane varakaai aharemenge ideas thaken.hurihaa kamakaa behenvee liyaa dhiguminaa liyaa gothaa hurihaa echehkaa medhu goi kiysnvee . Mimeehunakah nun dho egeynee liyevey vareh liyaane gotheh. Igey naa amila ah liyan veenu.ehn meehunves haadha time eh waste khgeney mikan kuranee evaru nuviney baeh mee.vvv foohi vey mi sitege kiyuntherin dheke.enme naky hoody fafha copy kuraa baeh nooneynu

  24. Jenny says:
    June 9, 2015 at 10:32 pm

    Thyves. Kiyun therieh nu tha????

  25. neem says:
    June 9, 2015 at 11:20 pm

    Hoody ei copy vaahakeh nun.. makunudhoo nixar kahala j va dhe thin meehaku bunefaane..
    N eha avahah up nukurevenya nuliuneema v nun.. nuny dhn up vaane dhuvaheh othubara eku bunan v nu.. aharemen bunegeneh nooney mi meehun mi sitah vaahaka up kirany.. emyhunge amilla kamekey ei, emyhunnah liyeveyne kamuge gerentee nethiiyya vaahaka up nukhbala.. eyrah negetive coments nuliyaanamey.. n negetive comments liyanee dhera kuraakah nun, emyhunge kuri erumah.. so moya vaahaka nidhahkka hurey.. n huriha kiuntherin ehbbas hoodyge vaahaka ei copy eh nun kamah.. thikahala j va 2 thin meeheh noony

  26. neem says:
    June 9, 2015 at 11:25 pm

    N adhi eh vaahaka, raaya liunu vaahaka vaahaka akah nuve.. heevany kuda kujjeh liya vaahakeh hen, aharemen adi nubai nama mi vaahaka hadi ey bunaane dhw..
    Mi vaahaka v v v reethi, genna goi vx v v reethi,, ehnve negetive koh comment eh nukiran
    N raaya liun vaahakaa ga note kurebaka negetive kh comment nukiraashey, eyrah nukiraanan.. n makunudhoo nizar, aharemen me hoody ge fans, so knme vaahkeh dhehkkius gabooleh nukuraanan, dhw shia n jeny.. just hajammmm

  27. Jenny says:
    June 9, 2015 at 11:30 pm

    I totally agree with you neem

  28. How says:
    June 10, 2015 at 1:13 am

    Kommehen negative commenteh kuraakah noon..ekamu sukun kurumuga massala ulhey eba.. Than kolheh molhu kujjeh lavvaa proof read kuruvan feney.. Shaviyani sukun kuraa thanthanah alif sukun koffa huree

  29. avik says:
    June 10, 2015 at 1:22 pm

    buneveyniyy storyyyy hama vrh vrh vrh vrh ves reechey.. ekam prblm akiy update vaa leh las viyyyyy ma… avahah up kurahcheyyyy. v vvvv inthizaaaru kuran… once again varah reeethi.. avahah up kurahcheyyyy

  30. avik says:
    June 10, 2015 at 1:24 pm

    and mistakes ebahuri ethankolhu correct kohlaa inge… eyrun vvvvv reethi vaane.. negetive comment kuraane furusatheh eyrun noannane

  31. shiaa says:
    June 10, 2015 at 10:33 pm

    i also agree with u neem

  32. azey says:
    June 11, 2015 at 12:43 am

    Mihaa had I vaakaeh dhuvahakuves nukiyan

  33. azey says:
    June 11, 2015 at 12:44 am

    Vara hadi. Vaahaka

  34. naani says:
    June 13, 2015 at 7:28 pm

    Masha Allah… vaahaka warah reethi … carrry on

  35. youha says:
    August 8, 2015 at 1:45 pm

    V v v v v obi mi vaahake. .v v salhi..Raya aky ves vaahaka Liya kuhjeh tha??

Comments are closed.


All Right Reserved!