Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އިންސާނަކީމެވެ.

zaisha Level 210 Stories
March 22, 2015 3 Mins Read
19 Comments

*މިއީ ހަޤިޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.*

މުޅި މާހައުލަށް ރަސްކަން ކުރަމުންދަނީ ރޭގަނޑުގެ ކަނު އަނދިރިކަމެވެ. މި ފުރަ މާލޭގެ މަގުތަށް ހަމަހިމޭންވެފައި ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. ފަތިސް ނަމާދުގެ ބަންގީގެ އަޑު މުޅިފަޒާގައި ގުގުމާލިއެވެ. އަހަރެން މަގުގެ އެއްފަރާތުން ހިނގަމުންދިޔައިރު މިސްރާބު ހުރީ މިސްކިތާއި ދިމާއަށްށެވެ. އާދައިގެ މަތިން ފަތިސް ނަމާދު ކޮއްލައިގެން އަވަހަށް މަސައްކަތަށް ދިއުމަށްށެވެ.

އަހަރެންނަކީ ބަންލަދޭޝް މީހަކީމެވެ. އަމިއްލަ އުފަންޤައުމު ދޫކޮށް ރާއްޖެއައީ މަސައްކަތެއްގެ ބޭނުމުގައެވެ. އަމިއްލަ ޤައުމުން ކުރާނެ މަސައްކަތެއް ނުލިބުނީކީއެއް ނޫނެވެ. ނަމަވެސް ބައްޕަގެ ބަލިހާލު ހުރިގޮތުން މީހަކު ހުށައެޅި ލޯނެއްގެ އެހީގައި ރާއްޖެއަށް އައީއެވެ. އެ ލޯނުން ބައްޕަގެ ބައްޔަށް ފަރުވާކޮށް މުސްކުޅިވި ދުވަހު މައިންބަފައިންނަށް ދިރިއުޅެވޭނެ ގޮތް ތަނަވަސް ކޮއްދިނުމަށްޓަކައެވެ.

ފަތިސް ނަމާދުކޮށް ނިމިގެން އަހަރެން މިސްރާބު ޖެހީ އަހަރެން މަސައްކަތް ކުރާ ހޮޓާއާއި ދިމާއަށްށެވެ. އެތަނުގައި ވޭޓަރެއްގެ މަސައްކަތް ކުރަމުންދާތާ މިހާރު ދެއަހަރު ވަނީއެވެ. ދެން އޮތީ އެންމެ އަހަރެކެވެ. މިއަހަރު ނިމުމުން އަހަރެން ހަދާފައިވާ އެގަރީމެންޓުގެ ދަށުން މިތަނުގައި މަސައްކަތް ކުރާ ދުވަސް ހަމަވާނެއެވެ. މިހާރުވެސް މިހުންނަނީ މިއަހަރު ނުނިމިގެންނެވެ. އޭރުން މަންމަމެން ކައިރިއަށް ގޮސް ހަމަޖެހިލައިގެން ދިރިއުޅޭވެނެއެވެ. އެވަރަށް މިހާރު ފައިސާވެސް ވަނީ އެއްކުރެވިފައެވެ.

މަޑުހިނަގުމެއްގައި ގޮސް އަހަރެން މަސައްކަތް ކުރާ ހޮޓަލަށް ވަންއިރު ގަޑިން ފަހެއްޖަހަނީއެވެ. ހަގަޑި ފަނަރައިގައި ހޮޓާ ހުޅުވާނެތީ ގޮނަޑިތަކާއި މޭޒުތަށް އެތުރުމަށް އަހަރެން އަވަސްވެގަތީމެވެ. އޭރު އަހަރެންނާއި އެކީ މަސައްކަތް ކުރާ އެހެން ދެ މީހަކުވެސް ތަން ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެއެވެ.

މޭޒުތަށް އަތުރާލުމަށްފަހު އަހަރެން އެތެރެއަށްވަނީމެވެ. އޭރުގަޑިން ފަސްގަޑި ފަނަރަވެއްޖެއެވެ. އަހަރެން ބަންޑުންޖަހާފައިވާ ސައިބޯ ޖޯޑުތަކާއި ތަށިތަށްނަގައި އެތަކެތި ތަރުތީބުކުރުމައިގެން އުޅުނީމެއެވެ. އޭރު ބޭރުގައި ތިބި ދެމީހުން އެތެރެއަށްވަދެ އެތަނުން އެކަކު ފޯނުން ބަންގްލަދޭޝީ ލަވައެއް ޖަހާލިއެވެ. އެންމެން ވާހަކަދެއްކުމާއި ސަކަރާތުގައި ތިބީމެވެ. އަދި އެހާ ހެނދުނު ނޫންކަމުން ތަނުގައި ތިބީ އަހަރެންނާއި އެ ދެމީހުންނެވެ. އެހެންނޫނަސް އެހާ ހެނދުނާ އަދި މީހުން ނާންނާނެތީވެ އެމީހުން ވާހަކައިގައި ތިބީއެވެ.

އަހަރެން ފޯއްކޮޅަކާއި ބިލައްކޮޅެއް ހިފައިގެން ނިކުތީ ބޭރަށްށެވެ. ކައުންޓަރު ކައިރީގައި އިށީދެއިނދެ ފޯއްކޮޅު ކޮށާލުމަށްފަހު ވަތްގަނޑުން ބޮޑު ކަތުރެއްނަގައި ބިލަތްކޮޅު ކަފަންފެށީމެވެ. އަހަރެންގެ ޚިޔާލުގައި އެނބުރެމުން ދިޔައީ އަހަރެންގެ މި ދިރިއުޅުން މިދާ ގޮތާއިމެދުއެވެ. ކޮންމެ ދުވަހަކު މިގޮތަށް އެހެން ބަޔަކަށް މަސައްކަތް ކޮއްދެމުން ދިޔަނަމަވެސް ކޮންމެވެސް ދުވަހަކުން އަމިއްލަ ހޮޓަލެއް ހުރުމަކީ އަހަރެންގެ އުއްމީދެވެ. އަދި އުމުރުން އެންމެ 25 އަހަރުވިޔަސް ކޮންމެވެސް ހިސާބަކުން އަމިއްލަ ފައިމައްޗަށް ތެދުވާނަމެވެ. މި ތިން އަހަރު އާއިލާއާއި ދުރުގައި މަސައްކަތް ކޮއްގެން އެއްކުރެވުނު ފައިސާއިން އެކޮޅަށް ގޮސް ކުޑަވަރެއްގެ ހޮޓައެއް ހުޅުވާނީއެވެ. އެއަށްފަހު ﷲގެ އިރާދުފުޅުން އެތަން ކުރިއެރައިފިނަމަ ވިޔަފާރި ބޮޑުކޮށް ކުރިއެރިދާނެއެވެ.

ކުރި މަގަށްޓަކައި ކުރެވެމުން ދިޔަ ފޮނި އުއްމީދުތަކުން ހިތަށް  އުފާވެރިކަމެއް ގެނުވިއެވެ. ނަމަވެސް އެ ޚިޔާލުތަކާއި ދުރުވާންޖެހުނީ ކުއްލިއަކަށް ބަޔަކު ހޮޓާތެރެއަށް ވަދެގެން އައުމުންނެވެ. ބޯ ދިގުކޮށް ކޮއްލާފައިތިބި ތިންމީހުން އައިސް ކައުންޓަރުކައިރީގައި ހުއްޓެލިއެވެ. އެތަނުން އެކަކު އަތުގައި ސިގިރޭޓު ފޮއްޓެއް އޮތްއިރު އަނެކަކު ހުރީ ސިގިރޭޓެއް ބޯށެވެ.

“އޭތް! ތިން ކޮފީ ހަދައިބައެ.” އެތަނުން އެކަކު އަހަންނާއި ވާހަކަދެއްކިއެވެ. އަހަރެން ކަފަންހުރި ބިލަތްގަނޑު ބޭއްވުމަށްފަހު ކަތުރު މޭޒުމަތީގައި ބާއްވާލީމެވެ. އެއަށްފަހު ގަނޑިއަށް ނަޒަރު ހިންގައިލިއިރު އަދިކިރިޔާ ފަސްގަޑި ބައިވަނީއެވެ. ހޮޓާ ހުޅުވަނީ ހަ ގަޑި ފަނަރައިގައި ކަމުން އެ ގަޑީގެ ކުރިން އެއްވެސް މީހަކަށް ހިދުމަތް ދިނުންވަނީ މަނާކޮއްފައިވެއެވެ.

“މިގަޑީގައި ކޮފީ ނުދެވެނީ.” އަހަރެން ދިވެހިން އެމީހާއަށް ޖަވާބުދިނީމެވެ. ކުއްލިއަކަށް އެމީހާ އަހަރެންގެ ޓީޝާޓުގެ ކަރުވަޅުގައި ހިފައިގަތެވެ.

” ނުދެވެނީއްޔޭ! ދޭން ޖެހޭނީ!” އެމީހާ އަޑުގެ ނެއްތަނަށް ހަޅޭލަވައިގަތުމުން އަހަރެންގެ ގައިގައި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އެ މީހުން އެތިބީކީވެސް ހަމަހޭގައި ނޫންކަންއެގި ބިރުން ދުލުން އެއްވެސް ބަހެއް ބޭރެއްނުވިއެވެ.

“މީއަދި ކާކުތަ ކޮފީ ނުދޭން! ހުރެބަލަ ނިކަން” އޭނާގެ ފަހަތުގައި ސިނގިރޭޓު ބޯން ހުރިމީހާ ހަޅޭލަވައިގަނެފައި މޭޒުމަތީގައި އޮތް ކަތުރު ނެގިއެވެ. އަހަރެންގެ ބިރުން ރޫރޫއަޅައިގަތެވެ.

އެއްވެސް ޖެހިލުމެއްނެތި އެމީހާ އަހަރެންގެ ކަރަށް އެ ކަތުރު ހަރާލުމާއި އެކީ ތޫނުތަދެއްވެ ލޭތަށް އޮހޮރިގަތެވެ. ނޭވާ ހޮޅި ބުރިވެ ނޭވާއަށް އެދި އަހަރެން ތެޅިގަތީމެވެ. ހަމައެހިނދު އަނެއްކާވެސް އެ ކަތުރުން އަހަރެންގެ މެއާއި ދިމާއަށް ހަރާލިއެވެ. އެއްވެސް ހިފަހެއްޓުމެއްނެތި އަނގައިން ލޭތައް ހޯސްލާފައި އޮހިގަތެވެ. އަދިވެސް އެ ކަތުރުން އަހަރެންގެ ގައިގެ އެކި ތަންތަނަށް ހަރަމުން ދިޔަކަމުގެ އިހުސާސް ވަމުން ދިޔައެވެ. އޭރު ދޮލޯ ފުސްވެ ގައިން ވަރުދޫވެގެން އަހަރެން ތިރިވަމުން ދިޔައެވެ. ހަޅޭލަވަން ބޭނުންވިއެއް ކަމަކު ކަރުތެރެއިން އާހެއްގެ އަޑުވެސް ނުނިކުތެވެ.

އަހަރެން އެ ހުދު ޓައިލްސްތަކުގެ މައްޗަށް ދެމުނެވެ. ލޮލުން ފެންނަމުން ދިޔައީ ބިންމަތީގައި ހެދިފައިވާ ލޭގެ ކޯރެވެ. ހިތަށް އަރަމުން ދިޔައީ އާއިލާގެ މަތިންނެވެ. މަންމައެވެ. ބައްޕައެވެ. އެމީހުން އަހަރެންނާއި ނުލާ ދިރިއުޅޭނީ ފަހެ ކިހިނަކުންބާއްވައެވެ. މަންމާއެވެ. އެންމެ ފަހުވަގުތު މަންމަގެ ތި ސޫރަ ނުފެންނާނެބާއްވައެވެ.

އަޅަމުންދިޔަވޭނުންނާއި އޮހޮރެމުން ދިޔަލެއިން އަހަރެންގެ ގައިން ހަކަތަ ހުސްވަމުން ދިޔައެވެ. ލޯމައްޗަށް ކަނު އިނދިރިކަން ވެރިވަމުން ދިޔައިރު މި ހަށިގަނޑުން ފުރާނަ ނިކުންނަމުން ދިޔަ ކަމުގެ އިހުސާސް ވާންފެށިއެވެ. ހަނދުމަކުރެވުނީ ހެއްދެވެ ފަރާތްމަތިންނެވެ. ލޯމެރުނެވެ. އެންމެ ފަހުނޭވާ ދޫކޮއްލެވުނެވެ. މި ފުރާނަ ދުނިޔެއާއި ވަކިވެގެން ދިޔައެވެ.

ކުރެވުނީ ކޮންކުށެއް ބާއްވައެވެ؟ އެބަޔަކަށްޓައި ދިރިއުޅުމުގެ ދުވަސްތައް ހޭދަކޮއްލާއިރު ލިބެންޖެހޭ އިނާމަކީ މިއީހެއްޔެވެ؟ މަރުވެ ދާންވީވެސް ބިދޭސީ ފަސްގަނޑެއްގައިހެއްޔެވެ؟ ރަހުމެއް ކޮބައިހެއްޔެވެ؟ އިންސާފެއް ކޮބައިހެއްޔެވެ؟ މިއީވެސް ހަމަ އިންސާނަކީމެވެ.

-ނިމުނީ-

Share Article

Follow Me Written By

zaisha

Level 210 Stories

ވާހަކައަށަް ހިޔާލު ހުށައެޅުމަކީ އަޅުގަނޑަށް ލިބޭ ކުރިއެރުމެއް ކަމުގަަދެކެމެވެ. މި ވާހަކަ ކަމުދާނެކަމަށް އުއްމީދު ކުރަމެވެ

Other Articles

Previous

ކިޔާރާ

Next

ނަމަވިޔަސް… (1 ވަނަ ބައި)

Next
March 23, 2015

ނަމަވިޔަސް… (1 ވަނަ ބައި)

Previews
March 22, 2015

ކިޔާރާ

19 Comments!

  1. athoo says:
    March 23, 2015 at 1:34 am

    Mi dhivehigaumu halaaku vehje nubaa nulafaa janavaaruhakh veri kammaa fenbovaagen fahu hayaakuda bayaku ulhey nulafaa bodu gangeh male fasgandaky mihaaru meeheh ge furaana dhuhvaalaairu nuvisnaa thimaa mre fuhtakeh jahaalairah maru aisjehi dhaahaa gaathuga vaa baeh kan.
    Mai allah mi binmatheega aniyaa verivaa meehun nethi kurahvaa bodu vegen vaa museebaathrh enubai nulafaa meehunan jahsavaa nethi fana kurah vaadheynve. Adhi mi gaumu halaaku kohlaa islaamee sariah gaaimu nukurhvi huriha raeesunge nimun hithi gothrhga gehdhavaan dhynve
    Ameen.
    Dhivehinan jehifavaa enme bodu museebaathakee verikan kuraa male enubai fasgadaa ethaaga ulhey jaahilun thah neythey dhuvas e yee mi dhivehi fasganda amaankan libey dhuvas.

  2. Hajja says:
    March 23, 2015 at 7:19 am

    True bt aharen kiyaigen liyefa othyma ehaaa ehhhnun

  3. athoo.. says:
    March 23, 2015 at 10:58 am

    reader athoo ge vaahaka varah thedhu.. mee dhaadhi fahun higaafa vaa aslu haadhisaa eh dhw… v furihama.. hajja buni hen aharen kiyaigen liyefa othyma varah ehen kahala… mi buny aharen eba maruvey mi vaahakaiga.. anenhen marunuve zakhamve ekahala gotheh vaanama okay ekam seedhaa maruveema dhw ey e maru vi meehaa gaathuga thibey meehunge expression ves genainama… anen hen v kamudhey.. wish u luck your first story was quite amazing and this story is also… hope to see another story of yours, zaishaa.

  4. zilaa says:
    March 23, 2015 at 11:18 am

    athoo hama best. vrh furihama

  5. don't care says:
    March 23, 2015 at 2:03 pm

    *** This Comment has been removed due to violation of Esfiya rules. ***

  6. Shamahk says:
    March 24, 2015 at 9:58 am

    I do support you don’t care

  7. Baby says:
    April 5, 2015 at 5:48 pm

    v nice story

  8. nillu says:
    April 16, 2015 at 3:54 pm

    dhivehi rajjeyge adhuge haalathu dhw… feel so sad about it.. but warah reethi waahaka..

  9. shisha says:
    April 17, 2015 at 11:29 am

    Mi hama ekani in hagygy vaahaka akyyyy…?

  10. shisha says:
    April 17, 2015 at 11:30 am

    Myy hama ekani in hagygee vaahaka akyy

  11. ayli says:
    May 26, 2015 at 3:45 am

    ? miadhu mi gaumuge haaalath visnaa fikuru kuraany kithah meehunbaaa

  12. Malisha says:
    June 7, 2015 at 11:59 am

    This small world of ours is getting destroyed by bad people from our world

  13. Imattey says:
    July 5, 2015 at 8:47 pm

    Mi varah fahun male ga higi hasdhisa eh n mi story genes dhyfai thivany v furihama ah..i like it n imattey bunan othy aslu mikahala kanthah huhteyny baaru veri faraathakah e baaru aslu dhygenkan..badi othas adhi nueh jehey..muguri othas nueh thelhey..

  14. shaffa says:
    August 8, 2015 at 12:56 pm

    Salhi vaahaka eh..good work girl..

  15. shaffa says:
    August 8, 2015 at 12:58 pm

    Ey true story ga kathurakun tha eyna maraaly??

  16. marry says:
    September 1, 2015 at 7:41 pm

    v salhi

  17. arex says:
    August 18, 2016 at 10:31 pm

    V heart warming mashaa Allah v.salhi

  18. Varah eythi...woow says:
    January 28, 2018 at 7:34 pm

    Woow…varah rythi

  19. Kyleen says:
    June 30, 2018 at 3:32 pm

    furathama meehaage nazarun liyaa vaahaka thakugai maruvegen ninmeema ehaa ehaa eh nun.. but varah reethi.. varah iburaiiytheri vaahaka eh mee… athoo e buni vaahaka ves varah thedhu

Comments are closed.


All Right Reserved!