އަހަރެން އިނީ މޭޒުކައިރީ ފަހާށެވެ. ހައިލަމް ވަރަށް ބާރަށް މަންމާއޭ ކިޔާފަ ގޮވައިލިއެވެ. އަވަހަށް ކޮޓަރިއަށް ދިޔައީމެވެ. އޭނާ އޮތީ ކޮޓަރި ތެރެއަށް ވެއްޓިފައެވެ. އަވަހަށް އައިޝާއަށް ގުޅީމެވެ. ހޮސްޕިޓަލުގެ އިމަޖިންސީ ބަޔަށް ހައިލަމް ވެއްދިއިރު އަހަރެންގެ ލޯފުސްވަމުން ދިޔައެވެ. މަޑުމަޑުން މަންޒަރުތައް ގެއްލެމުން ދިޔައެވެ. އަހަރެންހޭއެރިއިރު އޮތީ ހޮސްޕިޓަލްގެ އެދެއްގައި ބާއްވާފައެވެ. ހައިލަމް ގޮވާލި އަޑު އަހަރެންނަށް ތަކުރާރު ވަމުންދިޔައެވެ. އަހަރެން ބާއްވާފައި އޮތް އެދުން ތެދުވަން މަސައްކަތް ކުރީމެވެ. އެކަމަކު ކައިރީގައި ތިބި މީހުން […]
އަހަރެން ވިސްނާ ވިސްނާ ސިކުޑި ސުމަކަށްދާން ފެށިއެވެ. ގޭގެކުލި ފުރަތަމަ ދެމަހު ދެއްކިއެވެ. ތިންވަނަ މަހު ލޯނަށް ފައިސާ ދައްކަން ދަތިވެގެން ދިނީ ކުލީގެ އެއްބައެވެ. ދަރިފުޅުގެ ޓިއުޝަން ފީ ދައްކަން އެތައްވަރަކުން ގުޅައިގެން އޯލެވެލް ނިމެންދެން ދައްކައިދިނެވެ. އަހަރެންގެ ބައްޕްމެންގެ އެހީތެރިކަން ހޯދައިގެން އެއަހަރު ޑިސެމްބަރ މަހާއި ހަމައަށް ކުލިދެއްކުމާއި ބިލްތައްދައްކަމުން ދިޔައީމެވެ. އެމީހުންނަށްވެސް ހަރަދު ކުރެވޭނީ ވަކިވަރަކަށްކަން އަހަރެން އަބަދުވެސް ގަބޫލު ކުރަމެވެ. އެކަމަކު އެނޫން ގޮތެއްވެސް އެވަގުތުނެތެވެ. ފައިސަލްއަށް ގުޅިއަސް އޭނަ ފަހުން […]
އަހަރެންގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަން އުޅޭކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއްދުވަހަކު ހަވީރު އަހަރެންގެ ރައްޓެއްސެއް ފައިސަލް އަންހެނަކާއި އެކު ލަންކާގެ ހޮޓަލަކަށް ވަންނަނިކޮށް ފެނުނު ވާހަކަ ބުންޏެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ފައިސަލް މާލޭގައި ހޭދަ ކުރާ ދުވަހަށް ވުރެ ލަންކާގައި ހޭދަކުރާ މުއްދަތު އިތުރުވުން ފިޔަވައި އެހެން ބަދަލެއް އޭނަގެ ފަރާތުން ނުފެނެއެވެ. އަނެއްކާވެސް ހަމަ އެފޯން ކޯލް އޭގެ މަސްދުވަސް ފަހުން އައެވެ. އަހަރެން ފައިސަލްއަށް ކުރަމުންއައި އިތުބާރަށް […]
މަގު…… ހަމަ ޔަގީނުންވެސް އަހަރެންގެ އުއްމީދަކަށް ދުވަހަކުވެސް ބަދަލެއް ނުގެންނަމެވެ. ހެޔޮލަފާ ދިރިއުޅުމެއް އުޅުމަކީ އަހަރެންގެ އަޒުމެވެ. އަދި އަހަރެންނަށް ލިބުނު 2 އަންހެން ދަރިންނާއި 2 ފިރިހެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކޮއްކޮއް އަހަރެން ފޫއްސެއްވެސް އަދި ވަރުބަލި ވުމެއްވެސް ނެތެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވުމަކީ ހެޔޮ މިންވަރަށް އީމާންވާ ފަދައިން ނުބައި މިންވަރަށްވެސް އީމާންވެގެން ނޫނީ ފުރިހަމަ ނުވާނެ ކަމެކެވެ. އެނޫން ގޮތެއް ނެތީމައެއް ނޫނެވެ. އަހަރެންގެ ވެރި […]
އަހަރެން ކުރިން ނިންމައިގެން ހުރީ ޓްރެއިނިން ހަނދަމުންދިޔަ ތަނުގައި ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް ރިސޯޓްތަކުގައި މަސައްކަތްކުރަން ޖެހޭނެތީ އެވިސްނުން ބަދަލު ކުރީމެވެ. ދޮޅު މަސްދުވަހުގެ އިންޑަސްޓްރިއަލް ޓްރެއިނިން ނިންމުމަށްފަހު އަހަރެން ނިންމީ ކޮލަޖަށް ހުށަހަޅަންޖެހޭ ޓްރެއިނިން ފޯމްތައް ހުށަހެޅުމަށްފަހު ރަށަށް ދާށެވެ. ރަށަށް ދެވުނީ އެއަހަރުގެ ރޯދަމަހަށެވެ. އެއަށްފަހު ރަށުގައި ދިރިއުޅެން ފެށީމެވެ. އަހަރެން ކިޔެވި ދާއިރާއާއި ގުޅުން ހުރި ކުންފުންޏަކުން ވަޒީފާއެއް ހުސްވީ ހަމަ އެދުވަސްކޮޅެވެ. އަހަރެން އެޕްލައި ކުރި ވަޒީފާއަށް ވުރެ މަތީ މަގާމެއްގެ […]
އަހަރެން ބިރުން ހަލާކު ވާވަރު ވިއެވެ. ކުރެވިފައިވާ ފާފަތަކުގެ ސަބަބަން ބިރުން ހަދާނެ ގޮތް ހުސްވިއެވެ. އެރޭ އަހަންނަށް ނިދުނީވެސް މަންމަމެން ކައިރީގައި ބައިތިއްބައިގެންނެވެ. ޖެހިގެން އައިދުވަހު މެންދުރު ނަމާދު ކުރި ގަޑީގައި ރޮވޭވަރުން އަހަރެންގެ ލޮލުން ކަރުނަތައް އައެވެ. ބިރުންހުރެ ނަމާދު ކުރެވެމުން ދިޔައީވެސް ވަރަށް އަވަސް ކޮށެވެ. ނަމާދަށް ހުރެ ދުއްވައި ގަނެވެން އުޅޭހެން ހީވާ ފަހަރުވެސް އައެވެ. އަހަރެނަށް ކެއްނުކުރެވިގެން ބައްޕަމެން ގާތު އެދުނީ އަހަރެން ޝެއިހް އާއި ބައްދަލު ކުރަން އެރަށަށް […]
ދުޢާ އަހަރެންނަށް އުފަލުން ރޮވެއެވެ. ރަހްމާން ވަންތަ ރަހީމް ވަންތަ ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދު ހުއްޓެވެ. ކެތްތެރި ވުމުގެ އަގު ވަރަށް ބޮޑެވެ. އެކަމުގެ ފަހަތުގައިވާ ފޮނި މީރުކަން އަހަރެންގެ މުޅި ނަފްސުގައި ލެއްވި މާތް ﷲއަށް އަދިވެސް އެއްފަހަރު ހަމްދު ކުރަމެވެ. އަހަރެންގެ މާޒީއަކީ އަހަރެންގެ ކުރިމަގު ބައްޓަން ކުރުމުގެ ސަމުގާ އެއްކަމުގައި އަހަރެން ނަހަދާނަމެވެ. މާތްވި އިސްލާމް ދީނަކީ އަހަރެންގެ ކުރިމަގު ބައްޓަން ކުރާ ނިޒާމުކަމުގައި ބެލުމުން ނޫނީ ހިތައް އުފާވެރިކަމެއް ނެއްކަން […]
ސްމައިލީގެ ބައްޕަ އަހްމަދު ހަސަން އަދި އޭނާގެ އަންހެނުން އަފީފާއާއި ދެމީހުން ތިބީ ގޭގެ ޓެރަސްގައި ބަހައްޓައިފާވާ އުދޯލީގައެވެ. ހަނދުގެ އަލިން އެޅިފައިވާ ރިހިދޯދިތަކުން މުޅިތަންވަނީ އުޖާލާކޮށް ފައެވެ. އެތަނުގައި ހައްދާފައިވާ މީރުވަސްދުވާ މާގަސްތަކުގައި އަޅާފައިވާ މާމަލުގެ ފޮނިމީރުވަސްތައް މަޑުމަޑު ވައިރޯޅި ތަކުގެ އެހީގައި އެދެމަފިރިންގެ ހަށިގަނޑު ތާޒާކޮއްދެމުން ދިޔައެވެ. ނަމަވެސް އެހިތްގައިމު މާހައުލުން ވެސް ހަގީގީ އުފާވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް އަހްމަދު ހަސަންގެ ހިތައް ލިބޭ ހެނެއް ހިއެއްނުވެއެވެ. އޭނާ މިހައިރުން މިހާރަށްވެސް ބޭނުންވަނީ ބޭކަރީގައި […]
ޝައިހާގެ ނޭވާވެސް ދުމުގެ ސަބަބުން ހާސްވަމުން ދިޔައެވެ. އަދި ކޮށިއަރަމުން ކެއްސަމުން ދިޔައެވެ. އެކޮޓަރިން ނިކުމެވޭނެ ގޮތެއް ފެނޭތޯ އޭނާ އުޅެގަތެވެ. ސްމައިލީގެ މޭޒުމަތީގައި އޮތް ބަރު އޭނަ ލޮލުގައި އަޅައިގަތެވެ. އަވަހަށް އެއާއި ދިމާލަށް ދުއްވައިގަތެވެ. ސްމައިލީގެ ފޯނު ފެނުނީ ބަރުނަގަން މޭޒުކައިރިއަށް ދިޔަ ވަގުތެވެ. އަވަހަށް ފޯނުނަގައި އަލިފާން ގަނޑުތެރެއަށް އެއްލައިލިއެވެ. ބަރުން އަތުގައި ހުރި ބާރެއްލައިފައި ދޮރުފަތުގެ ތިރީބައިގެ ބިއްލޫރި ގަނޑުގައި ޖެހިއެވެ. ދޮރުފަތުން ހެދުނު ބާގަނޑުން އޭނާއަށް ނިކުމެވޭ ވަރެއް ނުވިއެވެ. […]