Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އެ ހަނދާން – 1

Ushaali Level 810 Stories100 Comments100 Stories500 Comments
June 7, 2015 5 Mins Read
16 Comments

“މަރުހަބާ ދަރިފުޅާ މިއަދު މަންމަ ވަރަށް އުފާވެއްޖެ….ތިދެކުދިންގެ ކައިވެނީގައި ބަރަކަތް ލައްވާށި”…. އަހަރެންގެ ބޮލުގައި ފިރުމާލަމުން އަހަރެންގެ މަންމަ ބުންޏެވެ. ބަދަލުގައި އަހަރެން ހީލީމެވެ. އެވަގުތު އަހަރެންގެ އެއްބަނޑުއެއްބަފާ ދެ އަންހެން ކޮއްކޮ ސަލާ އާއި ޒިލާ އަހަރެންގެ ގައިގާ ބައްދާލިއެވެ. އަދި އަހަރެންގެ ފިރިހެން ކޮއްކޮ އަލާން ވެސް ބޮޑުވައި އިނގިލީގެ އިޝާރާތުން އޯލް ދަ ބެސްޓް އޭ ބުނެލިއެވެ. އަހަރެންނައް ބަލާލެވުނީ ކައިރީގައި ހުރި އަހަރެންގެ އަލަތު ފިރިމީހާ އަރޫން އާއި ދިމާލަށެވެ. އެވަގުތު އޭނާ ވެސް ހީލާފައި އަހަރެންގެ ކޮނޑުގައި ހިފާ ގަޔާ ކައިރިވެލިއެވެ. ހިނދުކޮޅަކައް ނަމަވެސް އަހަރެންގެ ލޮލުން ކަރުނަ ހިލުނީ އަހަރެންގެ ލޯބިވާ ބައްޕަ މަތިން ހަނދާންވެފައެވެ. މިއަދު އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރިނަމަ އެ ބައްޕަ އުފަލުން މަރުވީހެވެ. އެ ބައްޕަގެ އެންމެ ލޯބިވާ ދަރިފުޅުގެ އީނާލް ގެ ކައިވެނި ކުރެވުނީއެވެ. އެވެސް ބައްޕަ އެންމެ ލޯބިވާ ދަރިފުޅައް ލޯބި އެއީ ކޯއްޗެއްކަން ދަސްކޮށްދިން ލޯތްބަށް ގަދަރުކުރަން އެނގޭ ހުލްގު ހެޔޮ ފިރިއަކާއެވެ. އަހަރެންގެ އިންތިހާއަށް ލޯބިވާ އަހަރެންގެ އަރޫން އާއެވެ. އަހަރެންނާއި ދާދި ގާތުގައި ހުރި އަރޫންގެ އަތް ތިލައިގެ ތެރެއަށް އަހަރެންގެ އަތްތިލަ މަހާލައި އެއަތައް ބާރުކޮށްލީމެވެ. އޭރު އަހަރެންގެ ލޮލުން ވެއްޓުނު ކަރުނަތިކި އަރޫން އަށް ފެންނާނެއެވެ. އަހަރެންނައް އަރޫންގެ މޫނައް ބަލާލެވުނެވެ.

” މަންޖޭ ރޮމޭންސް ކުރާނީ ކޮޓަރިއަށް ވަދެފަ” އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ނަހާ އެވެ. ނަހާ އަހަރެންގެ އަތުގައި ހިފައިގެން ދުރުގައި ހުރި ގޮނޑިަތަކާއި ދިމާލައް ދާން ފެށުމުން އަހަރެންނައް ފަސް އެނބުރި އަރޫންއަށް ބަލާލެވުނެވެ. އޭރު އަރޫން ވެސް އަހަރެންނައް ބަލާލުމައްފަހު ތަންކޮޅެއް ދުރުގައި ހުރި އޭނާގެ ދެ އެކުވެރިންނާއި ދިމާލައް މިސްރާބު ޖެހިއެވެ.

“އަސްލުވެސް ވަރަށް ރީތި… އަހަރެން އެންމެ ބޭނުންވި ކުލަ މީ” ކޮޓަރިއަށް ވަނުމައްފަހު އަރޫްން އަހަރެންގެ އަތުގައި އަޅުވައިދިން ހުދުރަނުގެ ކެވެލިގަނޑު ފެނުމުން އިންތިހާއަށް އުފާވެ ހުރެ އަހަރެންނައް ބުނެވުނެވެ.

“ތީ ވެޑިންގް ގިފްޓް. އީންގެ އަތާއި ވަރަށް ގުޅޭ.. އަދި ދުވަހަކުވެސް އީންގެ އަތާއި ތި ވަކިނުކުރައްޗެ. ތީ އަހަރެން ވަރަށް ލޯބިން އީން އަށް ދިން އެއްޗެއް” އެ ކެވެލިގަނޑުގައި ޖަހާފައި އިން “ރޫނާލް” ގެ ނަމުގައި އަރޫން ބޮސްދިނެވެ. އެވަގުތު އަހަރެންނައް އަރޫންގެ މޭގައި ބޯ އަޅާލެވުނެވެ. އަރޫންގެ އަތް ދަނޑިމައްޗައް އަހަރެން އުފުލާލައިގެން ގޮސް އެނދުގައި ބޭއްވިއެވެ. މީހެއްގެ އަންބަކައް ވުމަށްފަހު ކޮންމެ އަންހެންކުއްޖެއްވެސް ކުރިމަތިލާން ޖެހޭ އެ ވަގުތު ކޮޅު އަހަރެންނައް ވެސް އަތުވެއްޖެކަން އެނގުނު ހިނދު ހިތް ބިރު ގަންނަ ގޮތް ވިޔަސް އަރޫންއަށް ފުރުސަތު ދެމުން ދެލޯ މަރާލީމެވެ.

ކުއްލިއަކައް އަހަރެންނައް ހޭލެވުނީ ފަތިސްނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ ނިދިބަރުވެފައި ހުއްޓަސް ދެލޯ ބޮޑު ކޮށްލަމުން އަހަރެން އަވަސްވެލީ ނަމާދުކޮށްލުމައްޓަކައެވެ. ވަގުތުން ވަގުތައް ނަމާދުކުރަން ޖެހޭނެކަން ކޮންމެ ދުވަހަކުވެސް އަހަރެންގެ މަންމަ ހަނދާންކޮށްދެއެވެ. ކައިރީގައި އަރާމު ނިންޖަކުން ނިދާލައިފައި އޮތް އަރޫން އަށް ބަލާލުމުން އަހަރެންނައް ހީލެވުނީ  މީގެ ގަޑީރުތަކެއް ކުރިން އަރޫން އުޅުނު ގޮތް ހިތައް އެރުމުންނެވެ. ނަމާދުކޮށް ނިމުމާއެކު މާތް ރަސްކަލާނގެ ހަޟްރަތައް ދެއަތް ނަގާ ދުޢާ ކުރަން ފެށީމެވެ. އަހަރެންގެ ބައްޕަގެ ފާފަތައް ފުއްސަވާ ސުވަރުގެ މިންވަރުކުރެއްވުމައް އެދިއެވެ. އަދި އަހަރެން މިފެށި ދިރިއުޅުން ބާއްޖަވެރި ކުރައްވާތޯއެވެ. އަހަރެންގެ މަންމަ އާއި ތިން ކޮއްކޮ ހެޔޮހާލުގައި ލައްވާތޯއެވެ. އަދި އަހަރެންގެ ބައްޕަގެ ހުވަފެންތައް ހަގީގަތައް ހަދާދިން އެ ކަލާނގެ އަށް ހަމްދުކރީމެވެ.

ކޮޓަރިތެރެއިން ނިކުމެވެން ހުންނަ ބެލްކަންޏައް އަހަރެން ނިކުމެލީ އަލިވަމުން އަންނަ އުޑުމަތި ބަލާލުލުގެ ބޭނުމުގައެވެ. ދުނިޔެމައްޗައް ކިރިޔާ އަލިވާން ފަށާފައިވާއިރު ދުރުދުރުން ފެންނަ ހުރި ގަސްތައް ސިފަވަނީ ބިރުވެރިގޮތަކަށެވެ. އެވަގުތު ތިރީގައިހުރި ފިހާރައެއްގެ ދޮރުމައްޗައް އެޅިފައި ހުރި ހުދުއަލިން އަހަރެންނައް ފެނުނީ ދެބައި އުމުރުގެ ފިރިހެނެއް ހުއްޓިލައިގެން ހުއްޓައެވެ. ބަލާބެލުމައް އެއީ ދެންމެއަކު ކޮންމެސް ދަތުރެއް ނިންމާފައި އައިސް ހުރި މީހެއްކަން އަންގައިދެނީ އެމީހާގެ އަތުގައި އޮތް ދަތުރުމަތީގެ ދަބަހުންނެވެ. އެއީ ކާކުތޯ ބެލުން އަހަރެންނައް މުހިއްމެއް ނޫނެވެ. ޔަގީނުންވެސް އެމީހާގެތުގައި އޮތް ދަބަސް މީގެ އެތައް އަހަރެއް ކުރިއަށް އަހަރެންގެ ވިސްނުން ގެންގޮސްފިއެވެ.

އެއީ މީގެ 12 އަހަރު ކުރިއެވެ. އަހަރެންނަކީ އުމުރުން އެންމެ 15 އަހަރުގެ އަންހެން ކުއްޖެކެވެ. އަހަރެންގެ އާއިލާގައި ތިބެނީ މަންމަ އާއި ބައްޕަ އާއި ދެ އަންހެން ކޮއްކޮއާއި އެންމެ ފިރިހެން ކޮއްކޮއެކެވެ. ފިރިހެން ކޮއްކޮގެ އުމުރުން 10 އަހަރެވެ. ދެ އަންހެން ކޮއްކޮއަކީ އެއްމާބަނޑު ދެ ކުދިންނެވެ. އެމީހުންނައް 06 އަހަރެވެ. އަހަރެންގެ ރަށަކީ ރާއްޖޭގެ ދެކުނައް ނިސްބަތްވާ ރަށެކެވެ. ދިރިއުޅުމުގެ ފެންވަރައް ބަލާއިރު ރަށުގައި އުޅޭ ނިކަމެތި އާއިލާތަކުން އެއް އާއިލާއޭ ބުންޏަސް ދޮގަކައް ނުވާނެއެވެ. އެއްފަހަރު ކެއިއްޔާ އަނެއް ފަހަރު ކާން ލިބެނީ ގޭ ދޮށުގައި އުޅޭ އަވަށްޓެރިންގެ ހެޔޮ ކަމުންނެވެ. އަހަރެމެންގެ ޒަރޫރީ ބޭނުންތައް ފުއްދުމައްޓަކައި އާމްދަނީ ހޯދަން ބައްޕަކުރާ މަސައްކަތަކީ މާލެއާއި ރަށާ ދޭތެރެ ދަތުރުކުރާ ބޯއްޓަކުން ކަނޑުދަތުރުކުރުމެވެ. ބައްޕަ އަށް ލިބޭ މަދު ލާރިކޮޅުން އޮންނަނީ ދެކޮޅުނުޖެހިފައެވެ. އެއްފަހަރު ލާރިި ފަސް ހަ ދަތުރު އަޅާއިރު ވެސް ބައްޕައަށް ނުުދޭއެވެ. މި ދުވަސްތަކުގައި ގޭގެއަށް ގޮސް މަސްކަނޑާ ދީގެން މަދުމަދުން ލާރި ހޯދައެވެ. މަންމަ ވެސް ދޭތެރެއަކުން ފަރަށް ގޮސްގެން އެހެންނޫނީ ގޭދޮށު މީހުންނައް ހަވާދު ފުނޑާދީގެން ލާރި ހޯދައެވެ. މުއްސަނދިންނަކީ ހިތްމޮޅު ބޮޑާ ބައެއް ނަމަވެސް އޭގެތެރެއިން އަނެއް މީހާގެ އިހްސާސްތަކައް ގަދަރުކުރާ ހިތްހެޔޮ އެކަކު ހުރެދާނެކަން އެއީ އަބަދުވެސް ބައްޕަ ބުނާ ވާހަކައެކެވެ.

ދުވަސްވަރަކީ ސްކޫލްތައް ބަންދުވެ އަހަރުގެ ބޮޑު ޗުއްޓީތެރެއެވެ. ފެށޭ އަހަރަކީ އަހަރެންގެ ސްކޫލް ހަޔާތުގައި ރަށުން ކިޔެވޭނެ އެންމެ ފަހު އަހަރުކަމަށްވާތީ މަންމަ އާއި ބައްޕަ ބޭނުންވީ އައިޑީކާރޑް ހެއްދުމައްޓަކައި އަހަރެން މާލެ ފޮނުވާށެވެ. އެއީ އަހަރެން ހަނދާން ހުންނަން ފެށީއްސުރެ މާލެ ދެވޭ ފުރަތަމަ ފަހަރު ކަމަށްވާތީ އަހަރެން ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އަހަރެން އަތުގައި އެންމެ އާކޮށް އޮންނަ   03 ހެދުމަކީ ގެއާއި ޖެހިގެން ހުންނަ ގޭ އައިސައްތަގެ ދަރިފުޅައް ނުލެވި ބާރުވެގެން އަހަރެންނައް ދިން ހެދުން ތަކެކެވެ. އެ ތިން ހެދުން  ކުޑަ ފޮށްޓަކައްލާ ވަރަށް ރަނގަޅައް މަންމަ އަހަރެންނައް ދަތުރައް ތައްޔާރުކޮށްދިނެވެ. ބައްޕަ މަސައްކަތްކުރާ ލަކީސްޓަރ ބޯޓް ފުރަން ހަމަޖެހިފައި އޮތީ އެރޭ ފަތިހުއެވެ.

ވަގުތަކީ ރޭގަނޑުގެ އިރާކޮޅުގެ ވަގުތެކެވެ. އަހަރެން ކުޑަ ދެ ކޮއްކޮ ސަލާ އާއި ޒިލާ ގޮވައިގެން ކޮޓަރިތެރޭގައި ފޮތެއް ކިޔަން އޮތްއިރު އަލާން އިނީ މާލެއަށް ކޮންމެ ދަތުރަކު ބައްޕަ ދާއިރު އެއްޗިހިލާން ގެންގުޅޭ ދަތުރުމަތީ ދަބަސް ހާވާށެވެ. ބައްޕަ މާލެއިން އަންނަ ފަހަރެއް ވިއްޔާ އަހަރެމެން ހުރިހާ ކުދިންވެސް އެންމެ ފުރަތަމަ ހާވާނީ ބައްޕަގެ ދަބަހެވެ. އެއީ އެދަބަހުން ވަކިލާރި ހޮވައިގެން ގޮސް ޖޫސްޕެޓީ ބޯންވެގެންނެވެ. އަދި މާލޭގައި ހުންނައިރު އެކި ފަހަރު މަތިން ބައްޕަ މަންމައަށް ގުޅާފައި ހުންނަ ފޯނުކާރޑްތައް އެއީ އަލާން ކުޅެން އެންމެ ބޭނުންވާ އެއްޗެއްސެވެ.

“ދަރިފުޅާ އީނާލް… ކޮއްކޮމެން ގޮވައިގެން ބަދިގެއަށް ގޮސް ކާންހަދާލަބަލަ. މަންމަ މިދަނީ ނަމާދުކޮށްލަން. ބައްޕަވެސް ނަމާދުން އައިއިރު ކާނެ މިރުހެއް ނެތިގެން މިރުހެއް ލިބޭތޯ ބޭރަށް ނިކުމެއްޖެ” މަންމަ އެހެން ބުނުމުން އަލާން ކައިރީގައި އަންނަން ބުނުމައްފަހު ސަލާ އާއި ޒިލާ އަތުގައި ހިފައިގެން އަހަރެން ބޭރަށް ނިކުތީމެވެ. ދިރިއުޅުމުގެ ފެންވަރު ކިތަންމެ ދަށްވި ނަމަވެސް އަހަރެމެންގެ މި ކުޑަ ކުޑަ އާއިލާ ކަނީ އަބަދުވެސް އެއްކޮށެވެ. އަހަރެމެން ނިދާ ކޮޓަރިއާ އިން ވެގެންހުރި ކައްކާ ކޮޓަރީގެ ތަރުފާލުގަނޑު މައްޗައް ކާން ހަދަން ފެށީމެވެ. އަހަރެންގެ މަންމައަކީ ސާފުތާހިރު ކަމަށް ލޯބިކުރާ މީހެއް ކަމަށްވާތީ ގޭތެރޭގެ ކޮންމެ ތަނެއް ފެންނަނީ އެހާމެ ސާފުކޮށެވެ. ބައްޕަ މަންމަ ދެކެ ލޯބިވާ އެއް ސިފައަކީ އެއީ ކަމުގައި އަބަދުވެސް ބުނާނެއެވެ.

ފަތިހު ފަސްގަޑިބައިވިއިރު އަހަރެމެންތިބީ ރަށުގެ ފާލަންމަތީގައެވެ. ބޯއްޓަން އަރަން ދިޔައިރުވެސް މަންމަ އަހަރެންނައް ވިސްނައި ދެމުންދިޔައެވެ. ކުޑަދުވަސްކޮޅަކައް ނަމަވެސް މަންމައާއި ވަކިން އަހަރެން ފުރައިގެންދާތީ މަންމަ ހިތައް ކުރާނެ އަސަރު އަހަރެންނައް އިހުސާސް ކުރެވުނެވެ. “ހިނގާ ދަރިފުޅާ … ނަސީމާ ކުދިންނައް ރަނގަޅައް ބަލައިގެން އުޅެއްޗެ. ދަރިފުޅުމެންވެސް ދައްތި އަންނަންދެން މަންމަގެ ބަސް އަހައިގެން އުޅެންވާނީ” ބައްޕަ ލައިގެންހުރި ޓީޝާޓް ކުރިމަތީ ޖީބުން ފަސް ސަތޭކަ ރުފިޔާ މަންމަ ގެ އަތައް ލައިދެމުން ބައްޕަ ބުންޓެވެ. އަދި އަހަރެން އަތުގައި ހިފައިގެން ބޯއްޓާއި ދިމާލައް ހިނގައިގަތެވެ.

ސާދަ ގަޑީރުގެ ނިޔާމަ ދަތުރަކައްފަހު މާލޭ ފަޅައް ބޯއްޓު ވަދެގެން އައިއިރު މާލޭގެ ހަލަބޮލި މަގުމަތި ފެނިފައި އަހަރެންހުރީ އަޖައިބު ވެފައެވެ. ބާރު ސްޕީޑުގައި ދެކޮޅައް ދުއްވާ އެއްޗެހި ފެނުމުން އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

“ދަރިފުޅާ އަވަހައް ހިނގާ ފައިބަން” އަހަރެންގެ ފައިދަށުގައި ފައިވާން ބަހައްޓަމުން އަހަރެންގެ ހެދުން އަޅާފައިހުރި ކުޑަފޮށި ހިފަމުން ބައްޕަ ބުންޏެވެ.

“އެކޮއެ މިކަހަލަ ތަނެއްގަ އުޅޭއިރު ވަރަށް ބަލައިގެން އުޅެންވާނީ… އަދި އަމުދުން މަންމަ ނެތް އިރު ވަރަށް ވިސްނައިގެން އުޅެންޖެހޭނީ” ބޯއްޓުމަތީގައި އަހަރެން ކަންތައްތައް އެންމެ ގާތުން ބަލާދިން ހައްވަދައްތަ އަހަރެން ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. އަހަރެންވެސް ހައްވަދައްތައަށް ހީލުމައްފަހު ބޯއްޓުން ފައިބަން ބައްޕަ ފަހަތުން ހިނގައިގަތީމެވެ.

ބަސްބުނާހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކާރުގޮސް މަޑުކޮށްލީ ބޭރު ފުށުން ފެންނަ ފެނުމައް ވަރަށް ރީތިކޮށް ހަދާފައި ހުރި ގެއެއްް ކައިރިއަށެވެ. އަހަރެން އެގޭ ނަންބޯޑް ބަލާލިއިރު އެގެއަށް ކިޔަނީ “ހެވަންރޫން” އެވެ.

“ބައްޕާ މީ ކޮން ގެއެއް؟” އަހަރެންނައް އަހާލެވުނީ ބައްޕަ އެކަހަލަ ގެއަކައް ގެންނަ ވާހަކަ ބައްޕަ ކުރިން ބުނެފައިނުވާތީއެވެ. “މީ އެއްކަލަ ބައްޕަ ރައްޓިހި އަރުޝަދު ކިޔާ މިހެއް އާދޭއެއްނު ދަރިފުޅު ތަންކޮޅެއް ކުޑައިރު ގެއަށް. ހަނދާން އެބަހުރި ދޯ. ދަރިފުޅުމެންނައް އެޕޯލޯ ވެސް ގެނެސްެދެއެއްނު. މީ އެބޭބެ އުޅޭ ގެ” އެވަރައް ކިޔާ ދިނުމުން އެއީ ކޮން ބޭބެއެއްކަން އަހަރެންނައް ވަރަށް ރަނގަޅައް އެނގުނެވެ. ގޭޓުން ވަދެގެން ދާއިރު މައިދޮރާ ހަމައަށް އޮތީ ހިމަ ގޯޅިގަނޑެކެވެ. މަގުގެ ދެފަރާތުގައި ވިނަ ހައްދާލާފައި ހުރުމުން އަހަރެންނައް ސިފަ ކުރެވުނީ ދެފަރާތުން ފުޓްބޯޅަ ކުޅޭ ދެ ދަނޑު އޮންނަ ކަހަލަ ގޮތަކަށެވެ. ބެލް އަޅާލުމާއެކު ދޮރު ހުޅުވާލި ދެބައި އުމުރުގެ އަންހެނެކެވެ. “ކޮބާ އަރުޝަދުގެ ދެމަފިރިން” ބައްޕަ އެ އަންހެންމީހާ ކައިރިން އަހާލިއެވެ.” އެބަ އުޅުއްވާ . އެތެރެއަށް ދުރުވެ އިށިންނަވަން ވީ ނުންތޯ. އަޅުގަނޑު ގޮވާލާނަން” އެ ތަނަވަސް ބޮޑު ސިޓިންގްރޫމްގައި ހުރި ސޯފާ ގޮނޑީގައި އިށީނުމާއި އެކު އަހަރެންނައް ފުންމައިގެން ތެދުވެވުނީ ގަނބައިގެން ދާ ކަހަލަ އިހުސާސްއެއް ކުރެވުމުންނެވެ. “ކިހިނެއްވީ ދަރިފުޅާ” އަހަރެން ދެ ލޯ ބޮޑުކޮށްލުމާއެކު ބައްޕަ އަހާލިއެވެ. “ގޮނޑިގައި އިށީނީމަ މަޑުކަމުން ހީކުރީ ގަނބައިގެންދަނީ ކަމަށް” އަހަރެން އެހެން ބުނުމުން ބައްޕަ ހީލާފައި އެއްވެސް ކަމެއް ނުވާނޭ އިށިންނާށޭ ބުންޏެވެ. އަހަރެންނައް ހީވި ގޮތައް ބައްޕަ އަށް ހީނުވީ ކުރިންވެސް ބައްޕަ މިގެއަށް އައިސްފައި ވުމުންކަން އަހަރެންނައް އެނގުނެވެ. ‘އަރުޝަދުބެ ފެނުމާއެކު ބައްޕައަށް ވުރެ ކުރިން ގޮނޑިން ތެދުވެވުނީ އަހަރެންނަށެވެ. ނުދައްނަ ބަޔަކު ކުރިމަތިން ފެނުމުން ކުޑަކޮށް ރަކިވެ ޖެހިލުންވާގޮތް ވިއެވެ.

“އަނހާ އުމަރު އައީދޯ. މީތަ އެމަންޖެ އަކީ. ހާދަ ބޮޑުވެއްޖޭ ދޯ” އަރުޝަދުބެ އަހަރެންގެ ބޮލުގައި ފިރުމާާލާ ބައްޕަގެ ގައިގާ ކުޑަކޮށް ބައްދާލުމުން އަރުޝަދުބެއާއި ބައްޕައާ ދެމެދު އޮތް ގުޅުން އަހަރެންނައް އިހުސާސް ކުރެވުނެވެ. އަރުޝަދުބެއަށް ވުރެ ގިނައިން އަހަރެންނައް ބެލެނީ އަރުޝަދުބެ ކައިރީގައި ހުރި އަންހެންމީހާއަށެވެ. މޫނުމަތީގައި މޭކަޕެއް ނެތަސް އެ އަންހެންމީހާ އަހަރެންނައް ވަރަށް ރީތިވިއެވެ. މޫނުމަތިން ވަރަށް ހެޔޮ ފާޑު ޖަހައެވެ. އަހަރެންނައް އިހުސާސް ކުރެވުނީ ވަރަށް ގާތް ބައެއްގެ ގޮތުގައެވެ. “ދަރިފުޅާ އީނާލް އެއީ އަރުޝަދުބެގެ އަންހެނުން ސަނާ ދައްތަ. ދަރިފުޅު މަންމަ ފަދައިން ހެޔޮ ވާނެ” ބައްޕަ އެހެން ބުނުމުން އަހަރެން ވަރަށް އުފާވިިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ކަޅު ފިނިފެންމާ… 14 ވަނަ ބައި

Next

ކަޅު ފިނިފެންމާ… 15 ވަނަ ބައި

Next
June 7, 2015

ކަޅު ފިނިފެންމާ… 15 ވަނަ ބައި

Previews
June 6, 2015

ކަޅު ފިނިފެންމާ… 14 ވަނަ ބައި

16 Comments!

  1. mh5524 says:
    June 7, 2015 at 12:55 am

    nice starting keep it up. Looking forward for next episode

  2. naani says:
    June 7, 2015 at 12:39 pm

    Woww….. Nice starting…. Hope upcoming parts …will aslo be nice 🙂

  3. MARY says:
    June 7, 2015 at 1:35 pm

    FESHUN V REETHI. FASHAA VAAHAKA NUNIMENIS HUHTAA NULUMAH EDHEN. VVVVV REETHI. KURIAH OIY BAIVES REETHIVAANEKAMAH DHEKEN. 🙂 KEEP IT UP.

  4. faai says:
    June 7, 2015 at 1:38 pm

    A nice starting,, hope u will upload next part soon

  5. Ushaali says:
    June 7, 2015 at 1:46 pm

    THNX EVERY1 🙂

  6. nihaa says:
    June 7, 2015 at 3:01 pm

    Nice… Waitingggg

  7. neem says:
    June 7, 2015 at 8:21 pm

    V v nice
    Heve v rethi vaanehen dhn oi baithah x
    Dhn kn dhuvahakun up vaany
    Waitinggg

  8. shiaa says:
    June 7, 2015 at 8:22 pm

    when next part

  9. shaa says:
    June 7, 2015 at 8:32 pm

    Boatu kiyaany boaahtu eh noon

  10. naj says:
    June 7, 2015 at 8:48 pm

    Interesting…vara reethi mi baa..waiting 4 next part

  11. Aloo says:
    June 7, 2015 at 9:44 pm

    Varah shalhi vaanehen heevanee.

  12. Oh says:
    June 8, 2015 at 12:31 pm

    Oshaali that might vaahaka liyany

  13. shiaa says:
    June 8, 2015 at 6:33 pm

    nice starting ushaaly . hy way story rythi war nehen. when next part

  14. Vaahaka kiyaa meehaa says:
    June 8, 2015 at 7:09 pm

    Varah reethi

  15. ifaa says:
    June 9, 2015 at 11:59 am

    V v salhi vaahaka eh

  16. cute says:
    June 12, 2015 at 12:44 pm

    v. reethi

Comments are closed.

Next Episodeއެ ހަނދާން – 2←


All Right Reserved!