Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެން

ފިޔަވަޅު

lyn Level 110 Stories
May 24, 2015 3 Mins Read
13 Comments

ފިޔަވަޅު

ލޯބިވާ މައިންބަފައިންނާއި އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށް މާލެ ބަދަލުވީ ނަރސިން ދާއިރާއިން ލިބުނު ކޯހެއް ހެދުމަށެވެ. ކުރިމަގަށްޓަކައި ކުރެވުނު ފޮނިފޮނި ހުވަފެން ތަކެއްގައި ކުލަ ޖެއްސުމުގެ ހެޔޮ އަޒުމުގައެވެ. އަދި ހަތަރު އަހަރުގެ ޑިގްރީ ކޯސް ނިންމުމަށް ފަހު އަވަހަށް ގޮސް ރަށުގެ މީހުންނަށް ހިދުމަތް ކުރުމުގެ އުއްމީދުގައެވެ. ބޮޑު ގެއެއްގައި ތަނަވަސް ކޮޓަރިއެއް ދޫކޮށް ދެތިންހަތަރު ކުދިންނާއި އެކު ރޫމްއެއް ޝެއަރ ކޮއްގެން އުޅެވޭނެ ކަމުގެ ޔަގީން ކަމާއި އެކުއެވެ.

ކޯހުގެ ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމި ނަތީޖާތައް ނޯޓިސް ބޯޑަށް ނެރޭނެ ވަގުތެއްގެ އިންތިޒާރުގައި ޝައިހާހުރީ ފޮނި އިންތިޒާރެއްގައެވެ. އޭނާ ކުރި މަސައްކަތުގެ ނަތީޖާ ފޮންޏެވެ. ހުރިހައި މާއްދާ އަކުން ހައި ޑިސްޓިންގް ޝަނެވެ. ވަގުތުން ނޯޓިސް ބޯޑު އަރާގޮތައް ސެލްފީ އެއް ނަގާލިއެވެ. ހިނިތުން ވުމާއި އެކު ކޮލެޖުން ގެއަށް ދިޔައީ ވަރަށް އުފަލުންނެވެ. ލިބިފައި ހުރި އުފަލެއްގެ ބޮޑުކަމުން، ހަމަޖެހިލާ އޮށޯވެލުމަށް ފަހު އެފްބީ އަށް ފޮޓޯ އަޕް ލޯޑް ކޮއްލިއެވެ. އޭނަގެ ފޮޓޯއެއް މީގެ ކުރިއަކުން ދުވަހަކުވެސް އެފްބީއަކަށް ނުލައެވެ.

ތަފާތު ކޮމެންޓްތައް އަންނަން ފެށިއެވެ. ތައުރީފުގެ ބަސްތަކެވެ. ” ކޮންގްރ….ވަރަށް ރީތި” ޝައިހާ އެފްބީ ޔޫސް ކުރަން ފެށި އިރު ފްޜެންޑް ރިކުއެސްޓެއް ފޮނުވި ކުއްޖަކު މެސެޖް އެއް ކޮއްފައި އިނެވެ. އޭނަގެ ނަމަކަށް އިންނަނީ “ސްމައިލީ” އެވެ. ޝުކުރު އަދާ ކުރުމުގެ ގޮތުން ތެންކްސް ޖަހާފައި ޝައިހާވެސް ރިޕްލައި ކޮއްލިއެވެ. އޭނަ ދަންނަ މީހަކަށް ނުވިއަސް ކޮންގްރާ ކިޔާފައި އޮތުމުން ރިޕްލައި ކުރީ މާބޮޑު ކަމަކަށް ނުވާތީއެވެ.

ދެތިން ދުވަސް ފަހުން ސްމައިލީގެ މެސެޖްތައް މަދުމަދުން ޝައިހާ އަށް ލިބެމުން ދާންފެށިއެވެ. ދެމީހުންގެ މެދުގައި ކުޑަވަރެއްގެ ފްރޭޑްޝިޕެއް އުފެދެން ނެގީ ކުޑަ ދުވަސް ކޮޅެކެވެ.  ކޯހުގެ ދެވަނަ ސެމިސްޓާގެ ކިޔެވުންވެސް ފެށިގެން ކުރިއަށް ދެއެވެ. ފުރަތަމަ ސެމްއިން ލިބުނު ނަތީޖާ ތަކުރާރު ކުރަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ހަގީގަތުގައި އޭނާގެ ކިޔެވުމަށް ހުރަހެއް ނެތެވެ. އެކަމަކު އޭގެ އިތުރުން އެހެން މީހާކާއެކު އެފްބީ މެދުވެރިކޮށް ކޮންމެވެސް ވަރެއްގެ ވަގުތުތަކެއް ހޭދަކުރެވެމުން ދިޔުމުން ބައެއް ވަގުތުތައް ބޭކާރު ކުރެވެމުން ދިޔައެވެ. އެކަމަކު ސްމައިލީގެ މަޖާ މެސެޖްތަކުން ލިބޭ އުފާތައް ބޮޑެވެ. އޭނަގެ އަޅާލުން އެހާބޮޑެވެ. ކިޔެވުމަށް ހިތްވަރުދެއެވެ. ޝައިހާގެ ރީތިކަމަށް ތައުރީފް ކުރެއެވެ. ސްމައިލީ އާއި ޗެޓް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ބަދަލުވިއެވެ.

” ސްމައިލީގެ އަސްލުނަން ބުނަން ވީނުދެން” ޝައިހާ މެސެޖް ކޮއްލިއެވެ.  ޝައިހާ ބޭނުންވިކަހަލަ މެސެޖް އެއް ސްމައިލީ ކޮއްލިއެވެ.” އިސްމާއިލް ސްމައިލީ” . ”  ވަރަށް ސަޅި ނިކްނޭމެއް ދޯ. އަމިއްލައަށް ހެދި ނަމެއްތަ ތީ ” ޝައިހާ ރިޕްލައި ކޮއްލިއެވެ. ” ތޭންކސް .. ދޮންކަމަނަ،   އެފްބީ އައިޑިއެއް ހަދަން ޖެހިނަމެއް ދެން އެއީ” ޝައިހާގެ ދޮންކަމަށް ތައުރީފު ކުރަމުން ސްމައިލީ ބުނެލިއެވެ. ފޮނި ފޮނި އިބާރާތްތަކުން ޝައިހާގެ ހިތާ މަޑުމަޑުން ސްމައިލީ ކައިރިވަމުން ދިޔައީ ވަރަށް އަވަހަށެވެ. ޝައިހާއާއި ބައްދަލު ކުރެވޭނެ ގޮތެއް ހޯދަން ސްމައިލް ވަރަށް އުޅެނެވެ. ނަމަވެސް ޝައިހާ އެކަމަށް ފުރުސަތެއް ދޭކަށް ބޭނުމެއް ނުވިއެވެ. ކޮލެޖަށް ދާގަޑިވެސް އޮޅުވާލައިގެން އުޅެނީ ހަމަ ސްމައިލީ ފެނިއްޖިއްޔާ ލަދު ގަންނާނެ ވަރު އެގޭތީއެވެ.

ނަތީޖާ ކުރިއަށްވުރެ ތަންކޮޅެއް ދައްވިއަސް ގޯހެއް ނޫނެވެ. ދެވަނަ ސެމިސްޓަރ ނިމުނުއިރު ޝައިހާގެ ކޮއްކޮއެއް މާލެއަށް ކިޔަވަން  ބަދަލު ވިއެވެ.  އެކަމުގެ ސަބަބުން ބައްޕަމެންނަށް ދެކުދިންނަށް ހަރަދުކުރަން ތަންކޮޅެއް ދަތިވާނެތީ ޝައިހާ ޖޮބަކަށް އެޕްލައި ކުރިއެވެ. ޕާޓްޓައިން ތަނަކަށެވެ. ހެނދުނު އަށަކުން ބާރައަށެވެ.

ޖޮބައްއެޕްލައި ކުރިތަން ހުންނަނީ ގެއާއި ވަރަށް ދުރުގައެވެ. ދާންޖެހޭނީވެސް ހިނގާފައެވެ. ނަމަވެސް މައިންބަފައިންގެ ތަނަވަސްކަން ނެތިއްޔާ  ރާއްޖެތެރެއިން އައިސް އުޅެން ޖެހިފައިވަނީ މިކަހަލަ ދިރިއުޅުމެއްކަން ގަބޫލު ކުރުން ނޫންގޮތެއް ނެތެވެ. ހަޔާތުގެ ބޭނުންވާ މަންޒިލަށް ދެވޭނީ ހިތްވަރެއްވެސް ކޮއްގެންނެވެ. ޝައިހާ އޭނާގެ އަމިއްލަ ނަފްސައް ހިތްވަރު ދެމުން އިންޓަވިއުއަށްދާން ބުނެފައިވާ ގަޑިއަށް އެތަނަށް ދިޔައެވެ.

އިންޓައިވިއުއަށް ބައިވަރު ކުދިން ގޮސްތިއްބެވެ. މިކަމުގެ ސަބަބުން ޝައިހާގެ މޫނުމަތިން ނުތަނަވަސްކަން ހިނގާލިއެވެ. އޭނާގެ ނަން ގޮވައި ލުމާއި އެކު އިންޓަވިއު ރޫމަށް ވަނެވެ. މަޑުމަޑުން ހިނގަމުން ގޮސް ގޮޑީގައި އިށީނެވެ. އިންޓަވިއު ކުރަން އިން މީހާފެނި އޭނާ ލަދުން ފަހަތައް ޖެހިލެވުނެވެ. ސްމައިލީއެވެ. އިއްތިފާގަކުން މިއާދެވުނީ ސްމައިލީގެ އޮފީހަށެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނެވެ. އެފްބީން ކޮންމެވެސް ވަރަކަށް ފޮޓޯ ޝެއަރ ކުރެވިފައިވާތީ އޭނާއަށް ސްމައިލީ ފާހަގަ ކުރާކަށް އުދަގުލެއް ނުވިއެވެ. ސްމައިލީއަށް އިންޓައިވިއު ފޮމް ގައި އިން ފޮޓޯ ފެނިފައި ސްމައިލީއަށްވެސް އެއީ ޝައިހާކަން އެގިއްޖެއެވެ.

” ބޭކަރީގައި ކޭކް އަޅާ މީހުންގެ ސިއްހީ މިންގަނޑުތައް ސްޕަވައިޒް ކުރަން ޖެހޭނީ. ވަރަށް ޗެލެންޖިންވާނެ ފުރަތަމަ. އެކަމު ދުވަސް ކޮޅަކު ހިތްވަރު ކޮއްފިއްޔާ ދުވަހެއް ދުވަހަކަށް އީޒީ ވަމުން ދާނީ. ” ޝައިހާގެ މޫނަށް ޝައުގު ވެރިކަމާއިއެކު ބަލައިލަމުން ސްމައިލީ ބުނެދިނެވެ. ޝައިހާގެ ރީތިކަން ފެނި ސްމައިލީއަށް ޝައިހާއަށް ހިތްކިޔާ ލެވުނެވެ. “ބޭނުމިއްޔާ މިޖޮބް ހަމަޖައްސައި ދޭނަން. މިއީ އަހަރެންގެ ބައްޕަގެ ކުންފުންޏެއް. އެމީހުން ރާއްޖެއިން ބޭރުގައި އުޅޭތީ އަހަރެން ބިސްނަސް ހިންގަނީ” ފަހުރު ވެރިގޮތަކަށް އޭނާ ކިޔައިދެމުން ދިޔައެވެ. އިއުލާނު ކޮއްފައިވާ ވަރަށްވުރެ ތަންކޮޅެއް ބޮޑު މުސާރައަކަށް ޝައިހާއަށް ވަޒީފާ ހަމަޖައްސައި ދިނީ ޝައިހާގެ ނަޒަރުން ސްމައިލީގެ ހިތްހެޔޮ ކަމުންނެވެ.

އޮފީހަށް ދާންފެށިތަނާ މަސްދުވަސް ވީއިރު ސްމައިލީ ދެކެމުން އައި ގޮތް ބަދަލު ކުރަން ފެށިއެވެ. މުވައްޒަފަކާއި ބޮސް އާއި ދޭތެރޭ އޮންނަން ޖެހޭ ގުޅުން ޝައިހާއަކަށް ނޯޅެއެވެ. ސްމައިލީގެ ކެބިންއަށް ޝައިހާ އަންނަން ޖެހޭ ނިސްބަތް އިތުރުވެ ކޮންމެވެސް ވަރަކަށް އެކިއެކި ކަންކަމާ ހީސަކަރާތް ޖެހޭ ނިސްބަތް އިތުރު ވަމުން ދިޔައެވެ. ނަމަވެސް ހިފަހައްޓަންޖެހޭ ލިމިޓެއްވާކަން އޭނާ ހަނދާން ބަހައްޓައެވެ. ޝައިހާއަށްވެސް ސްމައިލީގެ ސިފަތައް މަޑުމަޑުން ދަސްވާން ފެށިއެވެ. އެއީ އެއްމެ ހިތްހެޔޮ ޒާތުގެ ފިރހެނެއް ނޫންކަން އެނގުނީ އޭނާއާއި މާބޮޑަށް ކައިރިވަމުން ދާން ފެށުމުންނެވެ. ކޮންމެވެސް ގޮތަކުން އޭނާ ޝައިހާގެ ފަރާތުން ނުބައި ލައްޒަތެއް ހޯދަން އުޅެފާނެތީ އޭނާ ބިރުގަންނަށް ފެށިއެވެ. އެހެންކަމުން އެވަޒީފާ ދޫކޮއްލަން ސިޓީއެއް ލިޔެވެ.

ޖެހިގެން އައި ދުވަހަކީ އެއޮފީހަށް އަންނަން އޮތް އެންމެ ފަހު ދުވަހެވެ.ބޭކަރީގެ ޕޭސްޓްރީ ޔުނިޓްގައި ހުއްޓައި ކެޑި ޓޮމާޓޯ ދަޅެއް ބަންޑުންވީ ޝައިހާގެ ހެދުމަށެވެ. އެތަނުގެ ފާހާނާއަށް އޭނާ ދުވަހަކުވެސް ނުވަދެއެވެ. ގިނަ ބަޔަކު އެއްފާހާނާއެއް ބޭނުން ކުރަން އޭނާއެހާ ހިތްހަމައެއް ނުޖެހެއެވެ. ނަމަވެސް އެދުވަހު އޭނާ އެތަނުގެ ފާހާނާއަށް ވަންނަން މަޖުބޫރުވީއެވެ. ފެންވަރައިގެން ނުކުންނަނިކޮށް ފެނުނު އެއްޗަކުން ކުއްލި ސިހުމެއް އޭނާއަށް ލިބުނެވެ. ފާހާގައި ހަރުކުރެވިފައިވާ ސީކްރެޓް ކެމެރާއެއް އޭނާއަށް ފެނުނީ ނުކުންނަމުން މޫނުބަލާލަންވެގެން ލޯގަޑަށް ބަލައިލި ގަޑީއެވެ.

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lyn

Level 110 Stories

އިބްރަތާއި އެކު ދިވެހިބަހުން ރީތި ވާހަކަ ލިޔުމަކީ ވަރަށް ބޮޑު ޢަޒުމެކެވެ.

Other Articles

Previous

ކަޅު ފިނިފެންމާ… 1 ވަނަ ބައި

Next

އިންތިޒާރު 28

Next
May 24, 2015

އިންތިޒާރު 28

Previews
May 24, 2015

ކަޅު ފިނިފެންމާ… 1 ވަނަ ބައި

13 Comments!

  1. iba says:
    May 24, 2015 at 11:16 am

    Wow…v v v interesting..i t so nice..when u re going to upload next part…

  2. Ulnaa says:
    May 24, 2015 at 11:37 am

    ……Seriously pastry unit gai to tomato use kureytha

  3. swyty girl says:
    May 24, 2015 at 11:44 am

    Wow soooo nice when next part.. Avas khbala plx

  4. nihaa says:
    May 24, 2015 at 2:46 pm

    Superb… Avahah up kurahchayyy…

  5. xilaa says:
    May 24, 2015 at 4:44 pm

    Wow nice

  6. story says:
    May 24, 2015 at 4:58 pm

    Reethi ingey.next part avahah up kohlahchey
    ..
    .

  7. sam says:
    May 24, 2015 at 5:17 pm

    Ebunaahen…… hama nujehey tyan kilhu kokhu eba huri……. ekamu vx reethi… dhn v shauguveri….. aneh bayah inthizaaru kuran

  8. marikko. says:
    May 25, 2015 at 9:43 am

    V reethi..next part avahah up kohdhy plxx

  9. me says:
    May 25, 2015 at 5:49 pm

    tomato kekuran garudhiya bandunviyas goi neyngey thanegge faahana aharen use nukuraanan gotheh nethas. aharen dhaany geah.. offyce faahana ah vaanan ves aharen jehilunvey.. myhegge gotheh neyngeyne dhw…..aharemenge aburaa izzathah nuvisnaane offyhuge verinneh… aee aharemen visnan v kameh… shaiha thi dhimavi gothun dheravehjje

  10. i says:
    June 19, 2015 at 11:53 pm

    v interesting.waiting for the next part

  11. Zaahee says:
    June 24, 2015 at 2:57 pm

    good… zahee akee dhagatha publishurs faraathun vaahaka liyaa kujjeh

  12. shaffa says:
    August 8, 2015 at 12:45 pm

    Hahahahaha..?pastry unit ga tomato paste??..? But habeys vaahaka eh. .serious koh true story eh tha mii…

  13. Faz says:
    July 16, 2016 at 8:45 pm

    Mi vaahakaage anehbaa koba

Comments are closed.

Next Episodeފިޔަވަޅު 2ވަނަ ބައި←


All Right Reserved!