މަނިކު އެމީހަކާއި އެކު އިނީ ރެސްޓޯރަންޓެއްގެ ވިއައިޕީ ބައިގައެވެ. އެއީ އާންމުކޮށް މުއްސަނދިން އައިސް އުޅޭތަނެއްކަން ބަލައިލި ކޮންމެ ދިމާލަކުން އެނގެއެވެ. އެލުވާފައިވާ ޖަވާހިރުގެ އަގުބޮޑެތި ޗާންދަލިއާތަކެވެ. އަގުބޮޑެތި މޭޒު ގޮނޑިތަކާއި އެހެނިހެން ތަކެއްޗެވެ. “މިކަން ފަށަންވީ މިހާރުވެސް.. މަށަށް މިވަރުވެސް ލަސް.. މަ ބޭނުން އަވަހަށް ފަށައިފަ އަވަހަށް ނިންމާލަން..” އެމީހާ ނުރުހުންވެފައި މަނިކުއަށް ބުނެލިއެވެ. “ނޫނޭ… އެހާ އަވަސް އަރުވާލައިގެން ވާނެ ކަމެއް ނޫން މިކަހަލަ ކަންކަމަކީ.. ދުރާލައި އުޅެގެން ކުރީމަ އެކަކަށްވެސް ޝައްކު […]
ހިޔަޅެއްގެ ކަރުގައި ކަށްޓެއް ޖެހުނެވެ. ހިންވެސް ދިރުވައިނުލެވި ކަންބޮޑވެގެން އެކަށި ނެގޭނެ ގޮތެއް ފެނޭތޯ ކޮޅުކޮޅަށް ދުވަނިކޮށް މާކަނައަކާ ދިމާވެ، އެކަށިނަގާދެވިދާނެތޯ ސުވާލު ކުރި އެވެ. މިހާރު ވަރަށްގިނަ ޖަނަވާރާ ދޫނިތަކަށް އާދޭސް ކުރެވިއްޖެ ވާހަކައާއި ކަށިނައްޓާލަ ދީފިނަމަ ވަރަށް ރަނގަޅު ހަދިޔާއެއް ދޭނެކަމަށް ބުނުމުން މާކަނާ އޭތީގެ ތުންގަނޑަ ބޮލާއެކު ހިޔަޅުގެ އަނގައިގެ ތެރެއަށް ބާނައިގެން ކަރުގައިހުރި ކަށި ތުނބުން ހިފައި ނައްޓާލައިގެން ނަގައިފިއެވެ. މާކަނާ ހިޔަޅުގާތު އަހާލިއެވެ.”ކަލޭ ދޭން ބުނި ބޮޑު ހަދިޔާ ކޮބައި […]
ކޯތާފަތުން ތިރިއަށް ކަރުނައިގެ ރޮނގެއް ފައިބަމުން ދިޔައެވެ. އެސްފިޔަތަކުގައިވަނީ ތެތްކަމެވެ. އަޅާފައިވާ އަނދުން ތައް ކަރުނައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޭޑް ވެފައި ވެއެވެ. ބައެއްފަހަރު ހިން ދިރުވާލާ ގޮތުން އެ ހުރީ ވަރަށް ދެރަވެ ހިތަށް އަސަރު ކޮށްފައި ކަން އެނގެއެވެ. އެ އަންހެން ކުއްޖާގެ ވިސްނުން ދަތުރުކުރަމުން ދިޔައީ ކޮން ދިމާލަކަށް ކަން ލަފާ ކޮށްލާކަށް ނޭނގެއެވެ. މޫނު މަތީގައިވި އަސަރުތަކުން އެނގޭހާވެސް އެއްޗަކީ އެ ހިތުގައި ހިނގަމުން ދިޔައީ އާދައިގެ ހަނގުރާމައެއް ނޫންކަމެވެ. […]
އެ ކޮޅުން ބުނާ ވާހަކައިން އީނާލް ގެ ތުންފަތް މައްޗަށް ވެރިވަމުން ދާ ހިނިތުންވުމާ ވާހަކަދައްކަމުން އަތަށް ގެންނަ ހަރަކާތް ތަކުން އޭނާ އެ ވާހަކަ ދައްކަމުން ދަނީ ވަރަށް ގަޔާވާ މީހަކާ ކަން އެނގެއެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އީނާލް ފޯން ބޭއްވިއެވެ. އަދި އަލުން އޭނާ ލެޕްޓޮޕުން ކުރަން އިން މަސައްކަތަށް ސަމާލް ވިއެވެ. ކޮފީތަށި ހުސްވުމާއެކު އީނާލް އެ ހިފައިގެން ކައްކާ ބަޔަށް ވަތް އިރު ސާމިރާ އެހާ އަވަހަށް ބަދިގެ ތެރޭގައި […]
“އިވާން އަކީ ތި ހީކުރާކަހަލަ މީހެއް ނޫނެވެ”. މީ އަހަރެންގެ ބައްޕަގެ އިތުރުން އަހަރެންގެ އެކުވެރިން ކައިރީ ވެސް ވަރަށް ގިނައިން އަހަރެން ދައްކަން ޖެހޭ ވާހަކައެކެވެ. އިވާން އާ ދުރުހެލިވެގެން އުޅުމަށް އަހަރެންގެ އެކުވެރިން އަބަދުމެ އަހަރެން ކައިރީ ބުނެއެވެ. އެމީހުން ބުނާ ގޮތުގައި އިވާން އުޅެނީ ޕާޓޭ ގޭންގަކާ ގުޅިގެންނެވެ. އަހަރެންގެ އެކުވެރިން އަހަރެން ގާތު އިވާން އޭ ކިޔައިގެން ދައްކާ ފާޑުފާޑު އަހަރެން ފަރުވާލެއް ނުބަހައްޓަމެވެ. އަދި އިވާން ކައިރީ އަހައިގެން އެ […]
” އަހަންނަށް އަބަދުވެސް ފެންނަނީ މައު ކޮންމެވެސް ހިޔާލެއްގަ ހުއްޓަ.. ކޮންކަމަކާތަ އެހާވަރަށް ވިސްނަނީ؟؟؟ އަނެއްކާ ބޯއީފްރެންޑް އެއް ހުންނަނީތަ؟؟؟…” ތެޅިތެޅީ އޮތް ހިތަކާއިއެކު ޒަކްވަން މިހެން އަހާލިއެވެ… މައުރިން ޒަކްވާން އާއި ދިމާއަށް ބަލައިލިއިރު އެ މޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ. ” ބޯއީފްރެންޑެއް ނުހުރޭ..، އެކަމުވެސް އެހެން ކުޑަކޮށް ވިސްނާލަން ޖެހޭ ބައެއްކަހަލަ ކަންތައްތައް ހުންނާނެއެއްނު ދޯ..” މައުރިން ގެ ވާހަކަ ނިންމާލީ ހިނިތުންވެލަމުންނެވެ. ޒަކްވާން އަށް ވެސް ހީލެވުނީ މައުރިން ގެ ޖަވާބުން […]
” މަލާމަތް ކުރާނެކަމެއް ނެތް.. އަހަރެން އަދި އަލަށޭ މި ރަށަށް މި އައީ… ދެން މި ރަށުގަ އުޅޭ މީހުންގެ ގޭގެއެއް ނޭނގޭނެ އެއްނު.. ދޯ މައުރިން..” ޒަކްވާން މިހެން ބުނުމުން މައުރިން ހިނިތުންވެލާފައި ނިކުމެގެން ހިނގައްޖެއެވެ. މައުރިން ދިއުމުން ޒަކްވާން އާއި ޝައިމް ވެސް ކޮޓަރިއަށް ވަނެވެ. ރޭގަނޑުގެ ކެއުމަށްފަހު ޒަކްވާން އާއި ޝައިމް، އަތިރިއަށް ދިޔައެވެ. ވައި ޖައްސާލާ ހަށިގަނޑަށް ފިނިކޮށްލުމަށްޓަކައެވެ. ” މައުރިން ވެސް ގޮވައިގެން އައިނަމަ…” އުނދޯއްޔެއްގައި އިށީންނަމުން ޒަކްވާން […]
“ޒައިން ޕްލީޒް… އެންމެ ފަހު ފަހަރަށް ވިޔަސް އަހަރެން ދައްކާ ވާހަކަ އަޑު އަހާ ފާނަންތަ؟.” އީނާލް ވަހަކަ ދެއްކިއެވެ. ބަނދަރުގެ އެއްފަރާތުގައި ވި ގޮނޑުދޮށުގައި ހުރި ޒައިން ގެ ނަޒަރު ހުއްޓިފައި ހުރީ އީނާލް އާއި އޭނަގެ ގުޅުން ފުރަތަމަ ފެނުނު ތަނާ ދިމާލަށެވެ. އެދިމާލަށް ބަލަން ހުރި އިރު އެ ދެލޮލުން ކަރުރުނައިގެ އަސަރު ފެންނަހެން ހީވެއެވެ. އީނާލް ގުޅުމުން ކިތަންމެ ވާހަކަ ދައްކަން ބޭނުންވެފައި ހުރި ނަމަވެސް ޒައިން ގެ ހިތުގައި އަޅަމުން […]
ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. ކޮންމެ މީހެއްގެވެސް ހުންނަނީ ތަފާތު ވިސްނުމެވެ. އަދި ހަމައެހެންމެ ކޮންމެމީހެއްގެ ސިފަވެސް ތަފާތެވެ. މިވެނި މީހަކު ފަލައޭ އެވެނި މީހަކު ދޮނޭ ކިޔާފަ އިނގިލި ދިއްކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ކިޔެވުމުގެ މައިދާނަށް ބަލައިލި ކަމުގައި ވިޔަސް އެއްފެންވަރެއްގެ ކުދިންނެއް ނުތިބޭނެއެވެ. ބައެއް ކުދިންނަކީ ވަރަށް ފަސޭހައިން ކަންކަން ނަގައިގަންނަ ވަރަށް މޮޅެތި ކުދިންނަށް ވެދާނެއެވެ. ނަމަވެސް އަނެއްބައި ކުދިންނަކީ ކިޔެވުމުގައި ވަރަށް ކޮށި ކުދިންނަށް ވެދާނެއެވެ. […]