އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެވަގުތު އެ ލާންޗުންފޭބީ ޒުވާން ފިރެހެން ކުއްޖެކެވެ. އިސްކޮޅުން ދިގު، ބާމަތިފުޅާ ޒުވާނެކެވެ. މާ ދިގު ނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސަޓައިލް ކޮށްލާފައެވެ. އޭނާ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކީނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮން ނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށް ފަހު، ނޫ ކުލައިގެ ލެންސް ލައްވާފައިވާ އެ […]
އިވެމުން ދިޔަ ވާހަކަ އިން ޒައިން ގެ ހިތަށް އެތަކެއް ޒަހަމެއް ލިބެމުން ދިޔައެވެ. މޭތެރޭގައި އޮތް ހިތަށް ތޫނު ހަންޖަރެއް ހަރައިލިޔަސް އެހާ ތަދުވާނޭކަމެއް ނޭނގެއެވެ. އިހްތިޔާރަކާ ނުމެލާ އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. އިތުރަށް އެތަނުގައި ހުރުމުގެ ހިޔާލް ދޫކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކުގައި ޒައިން މިސްކިތުން ބޭރަށް ދިޔައެވެ. އަތުގައި އޮތް ފޯން އެވަގުތު ރިންގް ވަމުން ދިޔަނަމަވެސް ޒައިން ފޯނަށް ބަލާލުމަށްފަހު ސައިލެންޓަށް ލަމުން ޖީބަށް ކޮށްޕައިލިއެވެ. ގުޅަނީ އީނާލް […]
“މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ… ފަހަތުގައި ވަނީ… އަޔާން ގެ… އަޔާން ގެ އާއިލާ…” ލޯ މަރާލުމަށްފަހު މަލަކް ހާމަ ކޮށްލި ހަޤީގަތުން އަޔާން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ކީކޭ ހޭ އަދި އެއްފަހަރު އަހާލެވުނީ ހައިރާންވެފައި އިނދެއެވެ. “އާނ… އަޔާން ގެ އާއިލާ… އަހަރެންނާ އަޔާން އާ ދުރުކުރުވީ އަޔާން ގެ އާއިލާ” މަލަކް ބުނެލިއެވެ. “މަލަކް ތި ބުނަން އުޅެނީ އަހަރެންގެ އާއިލާ މަލަކް އާއި ދުރު ކުރުވީ މަލަކް އަކީ…” އަޔާން […]
ނިޔަފަތިތައް އެހެރަ ހުރެގެން ދިގުވަނީއެވެ. ދެލޯ ހުރީ ރަތް ކުލައިންދިއްލިފައެވެ. ދެއަތް މުށްކެވިފައި ހުރިއިރު އަތުގެ ނާރުތަށް ހުރީ ފުފިފައެވެ. އެއި އިިންސާނެކޭ ބުނާނީ ވެސް ކިހިނަކުން ހެއްޔެވެ؟ފެންނަ މީހަކު ބިރުން ހޭނެތޭ ހާ ވެއެވެ . އޭނާ މުޅި ތަނަށް ވަށައިގެން ބަލާލުމަށްފަހު އަތުޖެހުނު އެއްޗެއްވިއްޔާ އުކައި ގަތެވެ. މުޅި ކޮޓަރިތެރެއަށް ހީވަނީ ނަގޫ ރޯޅިއެށް އަރާފައި އޮތްހެންނެވެ. މިއީ ކަމަކާ ހިންހަމަ ނުޖެހި ރުޅިގަދަ ވެއްޖެނަމަ އޭނާގެ ހާލެވެ. ރުޅި ކޮންޓްރޯލް ކުރުމަށް އޭނާ ވަނީ ނުކުޅެ ދިފައެވެ. ފުންމައިގެން ގޮސް އެނާ ޖެހެގަތީ ފާރުގައެވެ. ދެއަތް ފާރުގައި ވިއްދާ ލުމަށްފަހު ދެފައިގެ އެހީގައި އޭނާ މަށްޗަށް އަރަމުން ދިޔައެވެ. ސީލިންގާއި ފާރާއި ދެމެދު ކިރިޔާ ބުރަކަޝި ގެހޭ ނުޖެހޭގައި ހުށްޓައި ދޮރުގައި ތަޅާގަތް އަޑު އިވުނެވެ. ދޮރާާ ދިމާލަށް ބަލާލުމަށްފަހު ދެއަތް ދޫކޮށްލާފައި އޭނާ މަތިން ތިރިއަށް ފުންމާލިިއެވެ. ފުންމާލިއިރު އޭނާހުރީ ކޮޅަށެވެ. އެ ބިޔަ ހަށިގަނޑަށް އެއްވެސް ގުޑުމެއް ނާރައެވެ. ބިމުގައި ދެފައި ޖެހުމާއިއެކު އޭނާ ފުންނޭވައެއްލާ ދެލޯ މަރާލިއެވެ.ދެލޮ ހުޅުވުންއިރު މުޅިމީހާގެ ސިފަ އަށް ވަނީ ބަދަލު އައިސްފައެވެ.އެއީ ކުރިން ފެނުނު ބިރުވެރި ސޫރައެކޭ މީހަކު ނުބުނާނެއެވެ.މިހާރު އެތާ ފެންނަން އެހުރި އަންހެން ކުދިންގެ ހިތްތަށް ކަތިލާފަދަ ރީތި ސިފަތަކެއް ލިބިގެންވާ ޒުވާނެކެވެ. ބާމަތިފުޅާ ރީތި ކަސްރަތީ ހަށިގަނދެކެވެ. އޭނާގެ ފަން ބޯ އިސްތަށިގަނޑު ހުރީ ކަނދުރާ އާއި ހަމާލަށް ދިގުވެފައެވެ. ކުޑަދޮރު ހުޅުވާފައި ހުރުމުގެ ސަބަބުން ކޮޓަރި ތެރެއަށް ޖެހިލާ މަޑު ވާރޯޅިއާއި އެކު ެ ޒުވާނާގެ ފަންދިގު އިސްތަށިގަނޑު އުދުހިލާ ގޮތުން ހިތްތަށް ލަންބުވާލައެވެ. މަޑު މުށި ކުލަިގެ ކަޅިރަވަ އަކައި ރީތި ދެލޮލެވެ. މަޑުމަޑުން އޭނަގެ ދެފައި ހަރަކާތް ކުރަން ފެށި އެވެ. އެފުން މިފުށަށް ޖެހިފައިވާ ކޮޓަރި ތެރެއަށް ބަލަމުން މަޑު ހިނގުމެއް ގައި ގޮސް ދޮރުހުޅުވާލިއެވެ.
އަކްރަމް ސައިނާ އާއި ކައިވެނިކޮށްގެން އެއްމަސް ދުވަހުގެ ޗުއްޓީއެއް ނެގުމުން ދެންކަންތައްވެގެންދާނެ ގޮތް މި ވާހަކައިން ވިދާޅުވާނެއެވެ. އިންތިޒާރުކޮށްލައްވާ!!! ނޯޓް:މި ވާހަކައިގެ ފުރަތަމަ ބައި އަންނަ ހަފްތާގައި އަޕްލޯޑް ކޮށްދެވޭނެ ވާހަކަ ހުރިހާ ކިޔުންތެރިންގެ ސަމާލުކަމަށްޓަކައި ބުނެލަމެވެ.
ވަރަށް އަވަހަށް އަޕްކޮށް ދޭނަން އިން ޝާ ﷲ… އިންތިޒާރު ކޮށްލަށްވާ…
ޖެހެމުންދާ މަޑުވައިރޯޅިން ވަށައިގެންވާ ގަސްތަކުގައި ހީވަނީ ލުއި ނާނާއެއް އަޅުވާހެންނެވެ. ހުދުބޯ ކިރުކޮޅެއްފަދަ ދޮންވެލިގަނޑުގައި ބޮސްދެމުން ދިޔަ ކުދި ރާޅުތަކުގެ ހިތްގައިމު އަޑުން މުޅި އަތިރިމަތީގެ ހިމޭންކަން މުގުރާލަމުން ދިޔައެވެ. ވަގުތަކީ ރޭގަނޑުގެ ހިތްގައިމު ވަގުތުކަމުން ރޭގަނޑުގެ ރާނީކަމަށްވާ ހަނދު އޭގެ ދަރުބާރުގައި ހިނިތުންވެލައިގެން އިންއިރު ތަރިތައް އެދަރުބާރުގެ އަމީރުންގެ ގޮތުގައި ކުދި މުތީތަކެއްހެން އޭގެ އޭގެވާޖިބު އަދާކުރުމުގައި ދެމި ތިއްބެވެ. ހަނދުގެ ރިހި އަލިން މުޅި އަތިރިމަތި ހީވަނީ ހުދު ފަނޑު ބޮތްކަކުން ދިއްލާލާފައިވާހެންނެވެ. […]
ހެނދުނުގެ އަރާމު ނިދި ގެއްލުވައިލައިފައި މިއަދުވެސް އޯކިޑުމާގޭ ތެރޭގައި ދެތިން ބިދޭސީން މަސައްކަތް ކުރަމުން ގެންދިޔައެވެ. އަންހެނަކާއި ދެފިރިހެނުންނެވެ. ލަކްޝްމީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރަމުން ދިޔައިރު ބިލާލުއާއި ވިޖޭ އުޅުނީ ގޭތެރެ ފޮޅައި ސާފުކުރުމުގައެވެ. އެއީ ޒަމާނީ ފެންވަރަށް ހަދައިފައިވާ ބޮޑު ގަނޑުވަރެއް ފަދަ ގެޔެކެވެ. ގޭގައި ދިރިއުޅެނީ ތިން މީހުން ކަމުގައި ވީނަމަވެސް އެގޭގައި ބޮޑު އަށް ކޮޓަރި ހުރެއެވެ. އޭގެ ތެރެއިން ފަސް ކޮޓަރި ބޭނުން ކުރަނީ ގެސްޓްރޫމްގެ ގޮތުގައިއެވެ. ބޭރުން އަންނަ […]
“އަހަރެން މިއުޅެނީ މީހަކާ އިންނަން” މާ ގިނަ ވާހަކަ ދިގު ކުރާކަށް އަޔާން ނޫޅުނެވެ. ސީދާ ވާހަކަ އަށް އޭނާ ދިޔައެވެ. އަޔާން ބުނެލި އެއްޗަކުން މަލަކް އަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އަޔާން މަލަކް އަށް ފުރަގަސް ދިނެވެ. “އަހަރެންނަށް މަލަކް ގާތު އާދޭސް ކުރާވަރަށް އާދޭސް ކުރެވިއްޖެ ދޯ މިހާރު… ދެން މަލަކް ގެ ފަހަތުން ދުވާކަށް އަހަރެން ނެތިން… މަލަކް ގެ ތި ގޮތް ދޫ ނުކުރުމާ… މަލަކް އަހަރެން ދޫކޮށްލި ސަބަބާ… […]